Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވަޢުދޭ ވެވޭމީ 9

Eesh
Eesh Level 4100 Login10 Stories
August 30, 2025 5 Mins Read
2 Comments
  • “ޒިޔާނާ…” ފާހަނައިން ނުކުތް ޒިޔާނާ ފެނިފައި ރިޒާމްއަށް ގޮވާލެވުނެވެ. “އެކުދިން އައީތަ؟… އާދޭ ދާން…” ކޮޓަރިން ނުކުންނަން ދިޔަ ޒިޔާނާގެ އަތުގައި ރިޒާމް ހިފެއްޓިއެވެ. “މިތާ އިށީންދެބަލަ… ޒިޔާ… ކޮންމެ ކަމެއްގެވެސް ހަގީގަތް ފާޅުވާ ދުވަހެއް އަންނާނެ… އިނގޭ މިދުވަހަށް ޒިޔާ ރެޑީ ނޫންކަން… ޚުދު އަހަރެންވެސް ރެޑީއެެއް ނޫން… ހީވެސް ނުކުރާ ގޮތަކަށް އެންމެފަހުން ކަންތައްތައް މިވީ…” ރިޒާމްގެ ވާހަކައިން ޒިޔާނާ ހާސްވަމުން ދިޔައެވެ. “ޒިޔާ… އެއީ ނައިނާ… ޒިޔާނާގެ ދަ-” ރިޒާމްއަށް ބުނެވުނީ އެހާ ވަރަށްށެވެ. ޒިޔާނާ ފުންމައިގެން ކަހަލަ ގޮތަކަށް ކޮޅަށްތެދުވިއެވެ. އަދި ކޮޓަރީގައި ދެކޮޅަށް ހިނގަން ފެށިއެވެ.
  • “އެއީ؟… އަހަރެންގެ ދަރިފުޅޭ؟… އަހަރެންގެ ނައިނާ؟…” ފެންކަޅިވެފައިވާ ލޮލަކުން ޒިޔާނާ ރިޒާމްއާ ދިމާލަށް ބަލާލިއެވެ. އެއާއެކު ރިޒާމް މަޑު މަޑުން ބޯ ޖަހާލީ ތެދެކޭ ބުނާ ފަދައިންނެވެ. “މާތްކަލާކޯ… ޒިޔާންއަށް އެ ލޯބިވެވުނީ އޭނާގެ އެއްބަނޑު ދޮންތަ ދެކެ؟…” ޒިޔާނާގެ ހަށިގަނޑުގައި މަޑު ތުރު ތުރެއް އެފެދެން ފެށިއެވެ. “ޒިޔާ… ހަމަ ޖެހިބަލަ އިހަށް… ޒިޔާން އަކީ ވިސްނޭ ކުއްޖެއް… ކޮންމެއަކަސް މިއަދު މަޖުބޫރު ވެއްޖެދޯ ހަގީގަތް ކިޔާދޭން… ޒިޔާނާ… ހުއްޓާލާ…” މަޑުމަޑުން ރޮވެމުން ދިޔަ ޒިޔާނާގައިގާ ރިޒާމް ބައްދާލިއެވެ. “މީ ހުސް އަހަރެންގެ ކުށް… ކުރިން ޒިޔާންއަށް އެ ވާހަކަތައް ކިޔައިދިން ނަމަ މިއަދު މިހިނެއް ނުވީސް…” ޒިޔާނާ ބުނެލިއެވެ. “ނޫން ޒިޔާ… ތިހެން ނުބުނޭ… މީ ޒިޔާގެ ކުށެއް ނޫން…” ރިޒާމް ބުނެލިއެވެ. ހަމަ އެވަގުތެވެ. ބާރަކަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޒިޔާންއެވެ. އެ ރީތި ދެލޯ ރަތްވެފައި ވާއިރު ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދެއެވެ. “ޒިޔާން…” ސިހިފައި ޒިޔާނާއަށް ރިޒާމްއާ ދުރު ވެވުނެވެ.
  • “ނައިނާއަކީ އަހަރެންގެ ކާކު؟… ކޮން ހަގީގަތެކޭ ތިކިޔަނީ؟…” ޒިޔާން ކަރުނަތައް ފޮހެލަމުން އެއްސެވެ. “ދަރިފުޅާ ޒިޔާން… މަންމައަށް މަޢާފު ކުރޭ…” އެންމެ ފުރަތަމަ ޒިޔާނާ ބުނެލީ މިފަދައިންނެވެ.”ނައިނާއާ އަހަރެންނާ އޮތީ ކޮން ގުޅުމެއްހޭ…” ޒިޔާން ހަޅޭއް ލަވައިގަތެވެ. އެއާއެކު ޒިޔާނާގެ އިތުރުން ރިޒާމްވެސް ދިޔައީ ސިއްސައިގެންނެވެ. ޒިޔާންގެ އަޑަށް ނައިނާވެސް ދުވެފައި އައިސް ޒިޔާންގެ ފަހަތު ހުއްޓުނެވެ. އެވަގުތު ޒިޔާނާގެ ލޮލުގައި ނައިނާ އަޅާގަތެވެ. ލަސްލަހުން ތެދުވެގެން ގޮސް ނައިނާގެ އަތުހިފާލުމާއެކު ޒިޔާން އަނެއްކާވެސް ސުވާލު ތަކުރާރު ކުރިއެވެ. “ނައިނާ އަކީ-…” ޒިޔާންއަށް މިހިސާބަށް ބުނެވުނުތަނާ ޒިޔާނާ ނައިނާގައިގާ ބައްދާލަމުން އަޑުންއަޑުނަގައި ރޯން ފެށިއެވެ. “ދަރިފުޅާ… މަންމަގެ ނައިނާ…” ސިހިފައި ނައިނާއަށް ޒިޔާނާއާ ދުރުވެވުނެވެ. “ކީކޭ… އަހަރެންގެ މަންމައެއް ނުހުންނާނެ…” ނައިނާ ބުނެލީ އެއްވެސް އަސަރެއް ނެތްފަދައިންނެވެ. އެއާއެކު ޒިޔާނާ ކުރިޔަށްވުރެ ބާރަށް ރޯން ފަށައިފިއެވެ. ރިޒާމްއަށް ކެތް ނުކުރެވިގެން ޒިޔާނާ މަސަލަސްކުރަން އުޅެގަތެވެ.
  • ޒިޔާނާ ހަމަ އަކަށް އެޅުމާއެކު ރިޒާމްގެ އެދުމުގެ މަތިން އެ އެންމެން ނުކުތީ ސިޓިންރޫމަށެވެ. ވާނުވާ ނޭންގި ހިތްބިރުގަނެފައި ނައިނާ އިނެވެ. އެވަގުތު ރިޒާމް ނައިނާއަށް ގޮވާލިއެވެ. އަދި ޒިޔާނާކައިރި އިށީންނަން ބުންޏެވެ. ޒިޔާންއަށްވެސް ގޮވާ ރިޒާމްކައިރިއަށް އަންނަން ބުނެލިއެވެ. “ދެކުދިން ކަނުލާ އަޑުއަހައްޗޭ…” ރިޒާމް ބުނެލީ ނައިނާއާއި ޒިޔާންއަށް ބަލާލަމުންނެވެ. “ނައިނާ… މަންމަ ކޮބާ؟…” ރިޒާމްގެ ފުރަތަމަ ސުވާލާއެކު ނައިނާއަށް ކުޑަ ސިހުމެއް ލިބުނެވެ. “މަންމަ؟… އަހަރެންނަކަށް ނޭންގެ މަންމަ ވީތަނެއް… ދުވަހަކުވެސް މަންމައެއް ނުދެކެން… ބައްޕަކައިރި އެހިޔަސް… އެދެވޭ ޖަވާބެއް ނުލިބޭނެ… ކުދިން މަންމަގެ އަތުގައި ހިފައިން ސުކޫލަށް ދާތަން ފެނުނީމަ މަންމަ މަތިން ވަރަށް ހަނދާންވޭ… އެކަމަކު ފަހުން ހިތަކަށް އެކައްޗެކޭވެސް ނާރާ… އަހަރެންދެކެ ލޯބި ނުވާތީތާ ރަހުމުކުޑަ ބައްޕައެއްގެ އަތްމައްޗަށް އަހަރެން ދޫކޮށްލާފަ ފިލާނީ… އެހެންނޫނަސް މަންމަ ފެނުނަސްވެސް އަހަރެންނަކަށް ނޭންގޭނެ…” މަޑުމައިތިރިކަމާއެކު ނައިނާ ބުނެލިއެވެ. އިސްޖެހިފައި އިން ޒިޔާނާއަށް ގިސްލެވެން ފެށީ ދެނެވެ. “ނައިނާ… ތިހެން ނުބުނޭ… މަންމަ ދަރިފުޅުދެކެ ލޯބިނުވާތީއެއް ނޫން ދަރިފުޅު ދޫކޮށްލީއެއް…” ޒިޔާނާ ބުނެލިއެވެ.
  • “ތީ… އަހަރެންގެ… މަންމަ؟…” ނައިނާ ފެންކަޅިވެފައި އެހިއެވެ. “އާން ދަރިފުޅާ… ތީ މި މަންމަގެ ދަރިޔޭ… މަންމަގެ އައިޝަތު ނައިނާ… ނާޒިހު…” ޒިޔާނާ ނައިނާގެ ފުރިހަމަ ނަން ކިޔާލިއެވެ. “ދަރިފުޅާ… މަންމަ ދަރިފުޅު ދޫކޮށްލީއެއް ނޫން… އެީ ދަރިފުޅަށް އަހަރެއް ވީތަނުން…”
    * * * * * * * * *
  • އާދައިގެ މަތިން ރެޔެކެވެ. ކުޑަކުޑަ ނައިނާ ނިންދަވާފައި ޒިޔާނާ ފަރިހިނގުމެއްގައި އެންދުމަތީއޮތް ނާޒިހު ކައިރީ އޮށޯއްތެވެ. އަދި ލޯތްބާއެކު ނާޒިހުގެ ގައިގާ ބައްދާލިއެވެ. އެއާއެކު ނާޒިހު ޒިޔާނާ ދުރުކޮށްލިއެވެ. ލިބުނު ސިހުމުގައި ޒިޔާނާއަށް ‘ވީ ކީއްތޯ’ އެހުނެވެ. “ޒިޔާނާ… އަހަރެން ބޭނުމީ ވަރިވާން…” ފުން ނޭވާއެއް ބޭރުކުރުމަށްފަހު ނާޒިހު ބުނެލިއެވެ. “ކީކޭ… އަހަރެން ކީއްކުރީ ނާޒިހު… އަހަރެންނަށް ކުށެއް ކުރެވުނީތަ؟… ނޫނީ… ނޫނީ ނާޒިހު ލޯބިވާ އެހެންކުއްޖެއް ހުރީތަ؟…” ނުރޯން ހިތްވަރަށް ޒިޔާނާ ވާހަކަދެއްކިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. އެދެމީހުންގެ ކައިވެންޏަކީ ނުލާހިކު ލޯބިން ކުރި ކައިވެންޏެކެވެ. މިހާރު ކައިވެންޏަށް 2 އަހަރުވެފައި ވާއިރު ލިބުނު ދަރިފުޅަށް އަހަރެކެވެ. ވީއިރު ކުށްލިއަކަށް ވަރިކުރާ ވާހަކަ ބުނުމުން ސިހޭނެ ނޫންހެއްޔެވެ؟
  • “ޒިޔާނާ… އިތުރު ވާހަކަ ނުދައްކާ… މާދަމާ ކޯޓަށް ދާން ތައްޔާރުވާތި… އަދި ބުނަން؟… ނައިނާ ހުންނާނީ އަހަރެން ކައިރީ…” ނާޒިހު އެންދުން ފައިބަމުން ބުންޏެވެ. “ނޫން ނާޒިހު… ތިހެން ނުހަދާ… އަހަރެން ދެކެ ލޯބި ނުވިޔަސް ވިސްނާލަބަލަ… ނައިނާ އަކަށް އަހަރެން ނުލައެއް ނޫޅެވޭނޭ… އެއީ އަދި އެންމެ އަހަރެއްގެ ކުއްޖެކޭ…” ޒިޔާނާ ރޮއެގަތެވެ. އެހެންނަމަވެސް ނާޒިހުގެ ހިތަށް އެކައްޗެކޭވެސް ނޭރިއެވެ.
  • ޖެހިގެންއައި ދުވަހު ވަރީގެ ކަންތައް ނިމި، ނައިނާގެ ބެލެނިވެރިކަންވެސް ފުރިހަމައަށް ނާޒިހުއަށް ދީފިއެވެ. ޒިޔާނާއަށް ރޯލަރޯލާ އިނުން ނޫން އިތުރު ކަމެއް ނުކުރެވުނެވެ. ނާޒިހުގެ އެ ރަހުމުކުޑަ އަމަލުގެ ސަބަބުން ޒިޔާނާ އެރަށުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. ވަރީގެ ކަންތައް ނިމުމާއެކު ފަހު ފަހަރަށް ނައިނާ ދެކިލުމަށްފަހު ޒިޔާނާ ފުރައިގެން ދިޔައީ މާލެއަށެވެ. އެފަހަރު ގެސްޓް ހައުސްއަކުން ކުއްޔަށް ކޮޓަރި ނެގުމަށްޓަކައި ޒިޔާނާއަށް ދެވުނީ ‘އާރް.އޭ. ރެސިޑެންސް’ އަށެވެ. އެއީ ރިޒާމް ހިނގަމުން އަންނަ ގެސްޓް ހައުސްއެކެވެ. ތަގުދީރުގައި ޒިޔާނާއަށް ރަނގަޅުގޮތެއް ދިމާވާން އޮތުމުން ރިޒާމްއާ ދިމާވީއެވެ.
  • * * * * * * * * *
  • “އިނގޭތަ އެ މީހަ އާއެކީ އަހަރެން އުޅުނު ހާލު؟… އަހަރެންނަށް 16 އަހަރުވަންދެން ވަރަށް ރަނގަޅަށް އަހަރެން ބެލި… އެކަމަކު… އެކަމަކު އަހަރެންނަށް 17 އަހަރުވީރޭ ހުރިހާ ކަމެއް ބަދަލު ވި… އެރޭގެ ފަހުން އަހަރެންނަކީ… އޭނާގެ އެދުން ފުއްދަން ގެންގުޅުނު… ނިކަމެތި އިންސާނެއް… ކޮންމެ ރެޔަކު ކަހަލަ ގޮތަކަށް އެވޭން އަހަރެން ތަހައްމަލު ކުރިން…” ރޮވޭ ވަރުން ނައިނާއަށް ވާހަކަދައްކަން އުނދަގޫ ވިއެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި އަނެއްކާވެސް ފެށިއެވެ. “ކެތް ނުވާވަރު ވުމުން އަހަރެން ގެއިން ނުކުތީ… އެވަގުތުވެސް އަހަރެންނާއެކީ ހުރީ ހަމަ އެންމެ މީހެއް… އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ހައިޒަލް… އެރޭ ގެއިން ނުކުމެގެން އަހަރެން ދިޔައީވެސް ހައިޒަލްމެން ގެޔަށް… ހައިޒަލްގެ މަންމަ ރިހާނާ އަކީ އަހަރެންނަށް ނުލިބުނު މަންމަ ފަދަ… އެހާ ލޯބިން ކަންތައްތައް ކޮށްދިނީ… އެކަމަކު… ދެން އިނގޭތަ ވީ ގޮތް؟… އަހަރެން ހިތުން އެ ދެން އޭނަ ކައިރިން ސަލާމަތް ވީކަމަށް… ގެއިން ނުކުތްތާ ދެވަނައަށް ވީ ދުވަހު… އަހަރެން ބަނޑުބޮޑުކަން އިނގުނު… ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ… އޭނަ ދެކެ ކިތަންމެ ނަފްރަތު ކުރިޔަސް ބަނޑުގައި އޮތީ އަހަރެންގެ ވެސް ލޭ…” ނައިނާގެ އަޑުގައި ވަނީ އިންތިހާ ވޭނާއި ކެކުޅުމެވެ.
  • ޒިޔާނާގެ ހާލަކީ ތޯއެވެ؟ ފުރާނަ ފަދައިން ލޯބިވާ ދަރިފުޅު ދޫކޮށްލެވުނީ ނުލަފާ އިންސާނެއްގެ އަތަށް ކަން އިނގުމުން ބަހެއް ބުނަން ނުކުޅެދިފައި އިނީއެވެ. އެއިރު ހުއްޓުމެއް ނެތި ޒިޔާނާއަށް ރޮވެމުން ދިޔައެވެ. “ދަރިފުޅާ… މަންމަ… މަންމައަށް މަޢާފު ކުރޭ…” ނައިނާގެ އަތުގައި ހިފާލަމުން ޒިޔާނާ ބުނެލިއެވެ. “މަންމައަށް އަހަރެން މަޢާފު ކޮށްފިން…” ނައިނާ ބުނެލުމާއެކު ޒިޔާނާ ނައިނާގެ ގައިގާ އޮޅުލައިގަތެވެ.
  • “ނައިނާ… ކޮބާ ދަރިފުޅު؟…” ރިޒާމް އަހާލުމާއެކު ޒިޔާންއަށް ފުންމައިގެން ތެދުވެވުނެވެ. “ނައި… ޒާން އެއީ؟…” ޒިޔާންއަށް ޖުމުލަ ފުރިހަމަ ކުރާކަށް ނުކެރުނެވެ. އެހެނެއްކަމަކު ނައިނާއަށް އެ ބުނަން އުޅުނު އެއްޗެއް ނަގައިގަނެވިއްޖެއެވެ. ލަސްލަހުން ބޯ ޖަހަލީ ‘އާން’ އެންކޭ ބުނާ އުސޫލުންނެވެ. އެއާއެކު ޒިޔާން އަނގަމަތީ އަތް އެޅިއެވެ. ނައިނާ ހީލަމުން ފޯނު ނަގާ ޒިޔާނާއާއި ރިޒާމްއަށް ޒާން ގެ ފޮޓޮއެއް ދައްކާލިއެވެ.
  • “ތި ދެކުދިން ވާހަކަ ދައްކާލާ… މަންމަ މިދަނީ ބަދިގެއަށް… ގޮވީމަ އާދޭ އިނގޭ ކާން…” އިންތަނުން ތެދުވަމުން ޒިޔާނާ ބުނެލިއެވެ. ޒިޔާނާގެ ފަހަތުން ރިޒާމްވެސް ބަދިގެއަށް ދިޔައެވެ.
  • “ނައިީ… ލުކް… އައިމް ސޮރީ…” ތަނުގައިވި އާދަޔާ ޚިލާފު ހަމަހިމޭންކަން ފޫއަޅުވާލީ ޒިޔާންގެ އަޑުންނެވެ. “އިޓްސް އޯކޭ… ޒިޔާންއަކަށްވެސް ނޭންގޭ ދޯ އަހަރެންމީ ޒިޔާންއާ އެއްލެއެއް ހިއްސާ ކުރާ މީހެއްކަން… އޭ ވެއިޓް… ސޯ… އައިލް ބީ ޔޯރ ސިސް ދޯ… ހަހަހަ…” ނައިނާގެ އަޑުގައި ލާނެތްކަން ވިއެވެ. ނައިނާ ބުނެލިގޮތުން ޒިޔާންއަށް ވެސް ހެވުނީ ބޭއިޚްތިޔާރުގައެވެ. “ޔާހް… ނައި ބޭނުމިއްޔާ ސިސް ކިޔާފާނެން…” ޒިޔާން ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. އެއާއެކު ނައިނާ ނޫނެކޭ ބުންޏެވެ. “ޑޯންޓް ކޯލް މީ ސިސް… ނައި ކިޔަސް އޯކޭ ހަމަ…” ނައިނާ ބުނެލިއެވެ. އެވަގުތު ޒިޔާނާ އައިސް ކާން އަންނަން ބުންޔެވެ.
  • “ނައި… ވާހަކައެއް ބުނަންތަ… އަހަރެންނަށް ހީވަނީ ހައިޒަލް ނައި ދެކެ ލޯބިވޭ ހެން…” ނުބުނަން ހުރެފައިވެސް ޒިޔާން ބުނެލިއެވެ. އެއާއެކު ނައިނާއަށް ލިބުނީ ފުން ސިހުމެކެވެ. “ހެހެ… ތި ކޮން ވާހަކައެއް؟… ހައި އަހަރެންދެކެ ލޯބި ވެއޭ؟… ނޯވޭ…” ލުއި ހީލުމަކުން ނައިނާ ހީލިއެވެ. އަދި ޒިޔާންއާ އެކީ ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. ކެއުމުގައި އެ ހޭދަވި ވަގުތު ތަކުގައި ޒިޔާނާ، ނައިނާ ކުރެން އެތައް ކަމެއް އޮޅުން ފިލުވިއެވެ. އަދި ޒިޔާނާ ކައިރިއަށް އެ ގެޔަށް ބަދަލުވާން ވެސް އެދުނެވެ. އެހެންނަމަވެސް ނައިނާ ބުނީ ރިހާނާއާއި ހައިޒަލް ކައިރި އަހާފައި ޖަވާބެއް ދޭނެކަމަށެވެ.
  • * * * * * * * * *
  • ގޭތެރެއަށް ވަދެގެން ދިޔަ ނައިނާއަށް މަރުހަބާ ކިއީ ހަމަހިމޭން ކަމެވެ. ކޮޓަރިއަށް ބޯ ދިއްކޮށްލިތަނުން ނިދާފައި އޮތް ޒާން ފެނި ނައިނާއަށް ހިނިތުންވެވުނެވެ. އެ ހިނިތުންވުން އިތުރަށް ފުން ވީ ޒާން ކައިރީ ނިދިފައި އޮތް ހައިޒަލް ފެނިފައެވެ. ލަސްހިނގުމެއްގައި ނައިނާ ގޮސް ހައިޒަލް ކައިރީ ހުއްޓުނެވެ. އެވަގުތު ނިދީގައި ހައިޒަލް ބުނެލި އެއްޗަކަށް ނައިނާގެ ސަމާލުކަން ހުއްޓުނެވެ. ދެވަނަ ފަހަރަށްވެސް ހައިޒަލް އެއްޗެކޭ ކިޔާހެން ހީވެ، ރަނގަޅަށް އަޑުއަހާލަންވެގެން ނައިނާ ތިރިވެލިއެވެ. “ނެއިން…” ހައިޒަލްގެ ދެ ތުންފަތް ފޫ އަޅުވާލައިފައި ނުކުތީ ނައިނާގެ ނަމެވެ. އެއާއެކު ނައިނާގެ ބޮލުތެރޭގައި މިއަދު ޒިޔާން ދެއްކި ވާހަކަ ގުގުމަން ފެށިއެވެ. “ނެއިން… އައި ލަވް ޔޫ…” ދެން ހައިޒަލް ބުނެލި އެއްޗަކުން ނައިނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
  • =ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Eesh
Follow Me Written By

Eesh

Level 4100 Login10 Stories

=A dreamer who loves reading stories and writing new ones. I write fiction as a creative outlet and hobby= Author of "NASEEBU HIFY ATHUGA" "ASARU KURY MASHASHEVE" "KOORUN" "IHUSAAS" "DHOAKAA LOABI" "LOABI EYGE INTHIHAA" "BEYVAFAATHERIYAA" "KUSHAKY KOBAA" "MARU YAGEEN VEEMAA" "VAKIVEE LOABIN" "NAMA" "VAUDHEY VEVEYMY" insta: craxy_baby.1724

Other Articles

Previous

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..15

Next

ހަވޭލީ – ނަވާރަވަނަ ބައި

Next
August 30, 2025

ހަވޭލީ – ނަވާރަވަނަ ބައި

Previews
August 30, 2025

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..15

2 Comments!

  1. Nayerr says:
    August 30, 2025 at 3:49 pm

    Mi part ves vrh reethi eesh avahah up kohdhehchey cux i can’t wait varah inthixaaru kuran eba jehey mi story kiyan 🥺 ziyan ge dhontha eyyy no way😊haixal and naina gulhuvahchey
    TC, LYSM ❤️❤️

    1. Eesh Eesh says:
      August 30, 2025 at 8:57 pm

      Thankiuu sooo muchhh Nayerr
      IA knme weekend aku up kohdheynan…cux free vanee hama ekani weekend thakuga
      hehe yes Naina is Ziyaan ge dhontha
      Balamaa dhw Naina and Haizal gulheythww
      tc and lym darlll

Comments are closed.

Next Episodeވަޢުދޭ ވެވޭމީ 10←


All Right Reserved!