Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 35

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
August 28, 2025 5 Mins Read
10 Comments

ސިޓިންރޫމްގެ ބޮކި ދިއްލުމުން އެތަން އަލިވެގެން ދިޔައެވެ. ސޯފާގައި އިށީނދެގެންއިން މީހާ ފެނި އަލިޝްކާގެ ދެބުމަ ގޮށްޖެހުނެވެ. “އައިދަން؟” އަލިޝްކާއަށް ގޮވައިލެވުނެވެ. އައިދަން ވަރުބަލި ގޮތަކަށް އިސްއުފުލައިލާ ބަލައިލިއެވެ. “މިހާރު ކާކު މަރާފަ މަގޭ ކައިރިއަށް ތިއައީ؟” ރުޅިވެރި ރާގަކަށް އަލިޝްކާ އަހައިލިއެވެ.

***ޕާޓް 35***

އަލިޝްކާގެ އަޑުގައިވި ނުރުހުން އިވި އައިދަންއަށް އިސްޖަހައިލެވުނެވެ. ދެބުމަ ގޮށްގަހައިލައިގެން އަލިޝްކާ ހުރިއިރު އޭނަގެ މޫނުމަތި ވަނީ މޫސުން ރީތި ދުވަހެއްގެ އުޑު މައްޗަށް އަޅި ވިލާގަނޑެއްވެރިވެފައިވާ ފަދައިން ބަނަވެފައެވެ. “ދޮން-” އައިދަންއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އަލިޝްކާ އަތް އުފުލައިލާ މަނާކުރިއެވެ. “ހަބަރުދާރު ކަލޭގެ މުޑަދާރު އަނގައިން މަށަށް ދޮންތާއޭ ކިޔާ ގޮވާލާ އަޑުވެސް އަހާކަށް ބޭނުމެއްނޫން.. ތިއީތަ އައިދަންއަށް އަހަރުމެންގެ ބައްޕަ ދިން ތަރުބިއްޔަތަކީ އޭނ؟؟ ފައިސާއަށްޓަކައި މީހަކު ބުނާ ކަމެއް ކުރަން؟ މީހެއްގެ ފުރާނަ ނަގައިލަން؟ އަހަންނަށް ހީވަނީ އައިދަންއަށް ލިބިފައިވަނީ ހަމައެކަނި މަންމަގެ ސިފަތަކެއް ނޫން ކަންނޭނގެ.. މަންމަގެ އުޅުންވެސް އައިދަންއަށް ލިބިފަ ތިހުރީ..” އައިސްފައި ހުރި ރުޅިން އައިދަންއާއި ދިމާލަށް އަލިޝްކާ ހަޅޭއްލަވަމުން ދިޔައެވެ.

އައިދަންއަށް ކަރުއެލުވައިލެވުނެވެ. “ދޮންތާ ޕްލީޒް.. ތިހެން ނުބުނޭ.. އަހަރެން މި މަސައްކަތް ކުރަނީ ޔާޝް ހޯދަންށޭ..” އައިދަން ދެރަވެފައި ބުނެލިއެވެ. “ތިހެން ކިޔާފަ ކިތައް ކުށަށް އައިދަން ތި އަރައިގަންނަނީ؟ ތިހެން މަސައްކަތް ނުކުރިއްޔާ ރަނގަޅުވާނީ.. އެހެންނޫނަސް ތޭރަ އަހަރު މިވަނީ ޔާޝް ގެއްލިގެން އުޅޭތާ.. ޔާޝް ނޭނގެ މިހާރު ދުނިޔޭގަ ހުރިކަމެއްވެސް..” އަލިޝްކާގެ އަޑު ކުރެހުނެވެ. “ދޮންތާ!!.. ތި.. ތިކަހަލަ ވާހަކަ ނުދައްކާ.. އަހަރެން ޔާޝް ހޯދާނަން.. ޔާޝް މަރެއް ނުވާނެ…” އައިދަން ހަރުކަށި ރާގަކަށް ބުނެލިއެވެ. އަލިޝްކާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ސޯފާގައި އިށީނދުނެވެ.

އަލިޝްކާ މަޑުމަޑުން އޭނާގެ ދެއަތުން މޫނު ފޮރުވައިލިއެވެ. ދެން އިވިގެންދިޔައީ އޭނަގެ މަޑު ގިސްލުމުގެ އަޑެވެ. އައިދަން މަޑުމަޑުން އަލިޝްކާއާއި ގާތްވެލިއެވެ. އޭނަގެ އަތް އަލިޝްކާގެ ކޮނޑުގައި އަތްލަން ހަރަކާތްކޮށްލިއެވެ. “ދޮންތާ..” އައިދަން މަޑުމަޑުން ގޮވައިލިއެވެ. “އައިދަން އާދޭސްކުރަން ތިހެން ނޫޅެބަލަ.. އައިދަން ތިއުޅެނީ ހާދަ ނުލަފާ ބަޔަކާއެކީގައޭ.. ބައްޕަ ނެތް ދުނިޔެއަކު އަހަރެންނޭ އައިދަންއާ ހަވާލުވެ މިހުރީ.. ތިހެން ކަންތައް ކުރީމަ ދޮންތަ ވާނެ ދެރަޔަކާމެދު ވިސްނާލިންތަ؟ އަހަރުންގެ މަންމަ ދުނިޔޭގަ ހުއްޓަކަސް ނެތް މީހެކޭ އެއްފަދަ..” އަލިޝްކާ ރޮމުން އައިދަންގެ ފައި ބުޑަށް ތިރިވިއެވެ. އައިދަން ސިހިފައި ދުރައްޖެހުނެވެ. އަދި އަލިޝްކާގެ ކޮނޑުގައި ހިފައި ސޯފާގައި ބޭންދިއެވެ. “އައިމް ސޮރީ ދޮންތާ.. އަހަރެން ޔާޝްއަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށް މިހުރީ..” އައިދަން މަޑުމަޑުން އެހެން ބުނެ އޭނަގެ ކޮޓަރިއަށް ވަދުނެވެ. އަލިޝްކާ ކަރުނަވީ ދެލޮލާއެކު އެމަންޒަރު ބަލަންއިނެވެ. އައިދަންއަށް ވިސްނައިދިނުމަކީ އުނދަގޫ ކަމެއްކަން އޭނައަށް އެނގެއެވެ.

ފަތިސް ނަމާދަށް ގޮސްފައި ޔާދިންއައިއިރު ދުންޔާ އިނީ މުސައްލަމަތީ ޤުރުއާން ކިޔަވާށެވެ. ޔާދިން ލުއި ހިނިތުންވުމަކާއެކު ދުންޔާ ކިޔަވާ އަޑުއަހަން ހުއްޓެވެ. ޤުރުއާން ކިޔަވާ ނިމުމުން ދުޢާއެއްކޮށްލުމަށްފަހު ދުންޔާ މުސައްލަ ފަތްޖަހައިލިއެވެ. “މޯރނިން ވައިފީ..” ޔާދިން އޭނަގެ ލާނެތް އަޑުން ބުނެލިއެވެ. ދުންޔާ ލުއި ހިނިތުންވުމެއް ޔާދިންއަށް ހަދިޔާކޮށްލިއެވެ. “ކޮންކަމަކަށްތަ ދުޢާކޮށްލީ..” ދުންޔާގެ ފަހަތުގައި ހުއްޓެމުން އުނަގަނޑުގައި އަތް އަޅުވައިލާ އޭނަޔާއި ދިމާލަށް އަބުރައިލަމުން ޔާދިން އެއްސެވެ. “ޔާދު ތިގޮތަށް އަބަދުގެ އަބަދަށް އަހަރެންނާއެކު ދެމި ހުރޭތޯ..” ޔާދިންގެ ޖާދޫވީ ދެލޮލަށް ނަޒަރު ހިންގައިލަމުން ދުންޔާ ލޯބިން ފުރިފައިވި ގޮތަކަށް ބުނެލިއެވެ.

ދުންޔާގެ ޖަވާބުން ޔާދިންގެ ހިތް ފުރިގެންދިޔައެވެ. ދުންޔާގެ މޫނާއި މޫނު ގާތްކޮށްލުމަށްފަހު ދުންޔާގެ ތުންފަތް ލޯބިކޮށްލަމުން ޔާދިން ދުރުވެލިއެވެ. އެއާއެކު ދުންޔާގެ ކޯތާފަތް ރަތްވިއެވެ. “އިރާދަކުރެއްވިއްޔާ އަހަރެން އަބަދުވެސްވާނީ ދޫނިއާއެކު.. އައި ލަވް ޔޫ..” ދުންޔާއާއި ހަތަރު ކަޅި ހަމަކޮށްލަމުން ޔާދިން ބުނެލިއެވެ. “އައި ލަވް ޔޫ މޯރ..” ދުންޔާވެސް ބުނެލިއެވެ. “ނުވާނެ އެހެނެއް.. އަހަރެން މާ ލޯބިވޭ..” ޔާދިން ލާނެތް ގޮތަކަށް ބުނެލިއެވެ. “އެކީއްވެ އެހެންނުވާންވީ؟ ޔާދު އަހަރެންދެކެ ލޯބިވުމުގެ ކުރިން އަހަރެން ޔާދުދެކެ ލޯބިވީން..” ދުންޔާ ހީލަމުން ބުނެލިއެވެ. އެފަދަ ގޮތަށް ދެމަފިރިން ކޯޅުމަށްފަހު ކުޑައިރުކޮޅަކު ނިދާލުމުގެ ގޮތުން އެނދަށް އަރައި އޮށޯތުނެވެ. ޔާދިން ދުންޔާއާއި ގާތްވެލުމަށްފަހު އޭނަގެ އަތުތެރެއަށް ދުންޔާ ގެނެސް ފަހަތުން ބައްދާލިއެވެ.

ކުޑަދޮރާއި ދިމާލުގައި ހުރި ސޯފާގައި އޮތް ކައިލްއަށް ލޯހުޅުވައިލެވުނީ ފަރުދާއިން ފޫއަޅުވާލާފައި އަންނަމުންދިޔަ އިރުގެ ދޯދިތައް އޭނަގެ މޫނަށް އެޅެން ފެށުމުންނެވެ. ނިދިމޮޅިކަންހުރި ފިރެހެންވަންތަ ދެލޯ ހުޅުވައިލުމުން އިރުގެ ރަން ދޯދިތައް ކައިލްގެ ދެލޮލަށް އެޅިގެންދިޔައެވެ. ގަދަ ޗޮކްލެޓްކުލައިގައި ހުރި ކަޅި މަޑު ކޮފީކުލައަކުން ދިއްލެމުން ދިޔައީ ސިހުރުވެރި ގޮތަކަށްށެވެ. ސޯފާގައި މޯޅިއަކަށް ދެމިލުމަށްފަހު ކައިލް ސޯފާގައި އިށީނެވެ. ނިދާހެލުމުން އޭނަގެ ބުޅި އިސްތަށިކޮޅުގެ ތަރުތީބުވަނީ ގެއްލިފައެވެ. ދެލޯ އުނގުޅައިލުމަށްފަހު ކައިލް ބަލައިލީ އެނދުގައި އަރާމްކޮށް ނިދަން މައިރީން އޮންނާނޭ ހިތާއެވެ. އެހެންނަމަވެސް މައިރީންގެ ޖެހިތާ ލަކުނެއްވެސްނެތެވެ.

އެނދުމަތި ވަނީ ތަރުތީބު ކުރެވިފައެވެ. ބާލީސްތައް ހެޑްބޯޑްގައި ތަރުތީބުން ލައްގާލާފައިވީއިރު ރަޖާގަނޑުވަނީ ފަތްޖަހާލެވިފައެވެ. “ޝިޓް އަނެއްކާ އެދައިތަ ފިލީކީ ނޫންބާ.. ޕިސް ރޭގަ ޗޭނުގަނޑު ޖަހާފަ ބޭއްވި ނަމައޭ ރަނގަޅީހީ.. މަގޭ މޮޔަކަން..” ކައިލް ސޯފާއިން ފުންމައިގެން ތެދުވެ ކުދިކިޔަން ފެށިއެވެ. ލައިގެން ހުރި ސޯޓުބުރިއާއިއެކީ އޭނަ ކޮޓަރިން ނިކުތުނެވެ. އޭނައަށް  ހަމަޖެހުމުގެ ނޭވާއެއްލެވުނީ ބަދިގޭގައި ސައި ހަދަން ހުރި މައިރީން ފެނިފައެވެ. “މޯރްނިންގ ޓައިނީ..” ހަމަޖެހިލަމުން ކައުންޓަރުގައި ލެގިލަމުން ކައިލް ބުނެލިއެވެ.

އެހެންނަމަވެސް މައިރީންގެ އެއްވެސް އިޝާރާތެއްނުވިއެވެ. ކައިލްއާއި އަނގައިން ނުބުނިތާގައި ބަލައިވެސްނުލިއެވެ. “ކީއްވެ އެހާ މަޑުން ތިހުންނަނީ.. މްމް ހަނދާންވޭތަ އަހަރެމެން އެންމެ ފުރަތަމަ ބައްދަލުވި ދުވަސްމަތިން؟ އެދުވަހު ޓައިނީ އަހަރެންގެ ފެމިލީ ޖްވެލްސްގަ ކަކުލުން ޖެހީމެއްނުން.. އެހެންވީމަ ދަރިން ނުލިބިގެން އަހަރެން ކައިރީ ޝަކުވާ ނުކުރައްޗޭ.. އިޓްސް ޔުއާރ ފޯލްޓް.. އެހެންވެއޭ އަތް އިސްކުރަން ނުވަނީ ފެންނަހާ މީހަކަށް.. ކިހިނެތް އެނގޭނީ އެންމެފަހުން އިންނާނީ އެމީހަކާ ނޫންކަމެއްވެސް،،” ލާނެތް ގޮތަކަށް ހެވިފައި ހުރެ މައިރީންއާއި ކައިލް ދިމާކޮށްލިއެވެ.

ކައިލްގެ ވާހަކަތަކުން މައިރީންގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. ކައިލްއާއި ދިމާލަށް އެއްޗެކޭ ބުނަން މައިރީން އެނބުރިލިއެވެ. އެހެންނަމަވެސް އޭނަގެ ބަސްހުއްޓިގެން ދިޔައީ ކައިލްގެ ފިރެހެންވަންތަ ބައިމަތި ފުޅާ ހަށިގަނޑު ފެނިފައެވެ. ކުޑަކޮށް ޓޭންވެފައި ހުރިއިރު ކައިލްގެ ހަށިގަނޑުން އޭނަ ގަވައިދުން ކަސްރަތުކުރާކަން އަންގައިދެއެވެ. ބަނޑުގައި ހަގޮޅިވަނީ ތަރުތީބުން އެތުރިފައެވެ. މުލައްދަނޑީގެ މަސްތައް އެތުރިފައި ހުރި ގޮތުން މުލައްދަނޑީގެ ބާރު އަންގައިދެއެވެ. ކައިލް ލާނެތް ގޮތަކަށް ހީލައިގެން އޭނަގެ ހަށިގަނޑު މައިރީންއަށް ދައްކަން އިސްތިހާރުކޮށްލައިގެން ހުއްޓެވެ.

“އޯހް ޝިޓް..” ކައިލް ކުއްލިއަކަށް މައިރީންގެ އަތުގައި ހިފައި އޭނަގެ ހަށިގަނޑާއި ދިމާލަށް ދަމައިގަތެވެ. މައިރީން ހުރީ ކައިލްގެ ކުއްލި ހަރަކާތުން ނޭވާލާން ހަނދާންނެތިފައެވެ. މައިރީންގެ އަތް ޖެހުނީ ކައިލްގެ މޭމަތީގައެވެ. ކައިލް އަވަސްއަވަހަށް އުނދުން ނިއްވައިލިއެވެ. އޭރު ތަވާ މަތީގައި އޮތް ރޮށިވަނީ އަނދާފައެވެ. އެނދިވަހުން މުޅި ބަދިގެ ވަނީ އެއްވަސްކޮށްފައެވެ. “މިހާރު އަހަރެން ފެނުނީމަ ކުރަން ހުންނަ ކަންކަންވެސް ހަނދާން ނެތޭދޯ.. ތިޔޮއް އަނގައިން ސޮނިވެސް ފައިބަނީ..” މައިރީން ވަގުތުން ކައިލް ކޮށްޕައިލިއެވެ. އަދި އޭނަގެ އަނގަމަތި ފޮހެލިއެވެ.

ކައިލް އޭރު ބަނޑުގައި އަތް އަޅައިގެން އޮވެ ހެމުން ދިޔައެވެ. “ދޮގޭ ހެދީ..” ދޭފަތް އަތަށް ނަގައިގެން ހުރެ މައިރީން ބުނެލިއެވެ. “މިތަނުން ދާން އުޅޭ ދޭފަތް ނުޖައްސަނީސް..” ދޭފަތް ދެއަތަށް ހޫރުވަމުން ރުޅިއައިސްފައިހުރެ މައިރީން ބުނެލިއެވެ. ކައިލް ހެމުން ދުވެފައި ކޮޓަރިއަށް ވަދުނެވެ. މައިރީން އެފަދައިން ވާހަކަ ދެއްކުމުން ކައިލްއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. މައިރީންއަކީ ދެރަވެއްޖެނަމަ ނުވަތަ ރުޅިއައިސްފިނަމަ އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ ހުންނަ ކުއްޖެއްކަން އޭނައަށް އެނގެއެވެ. އެހެންނަމަވެސް އެފަދަ ސަކަރާތެއްޖެހުމުން އޭނަގެ ހިތައްވެސް ހަމަޖެހުން ލިބުނެވެ.

ތުވަލި ހިފައިގެން ކައިލް ފާހަނައަށް ވަދުނެވެ. އެވަގުތަށް އިންތިޒާރުކޮށްގެން ހުރި މައިރީން ކައިވެނި ޕާޓީގައި ބޭނުންކޮށްފައި ހުރި ފުއްޕާ ހަންތަކު ތެރެއިން ހަމެއް ނަގައިގެން އައިސް އެޔަށް ފަސް ފުޅީގެ އެކި ކުލަކުލައިން ގްލިޓާރ އަޅައި، ހަން ފުއްޕައިލުމަށްފަހު ފާހަނައަށް ވަންނަ ދޮރުގައި އެލުވިއެވެ. އެއަށްފަހު ކައިލް ފާހަނައިގެ ދޮރުހުޅުވުމުން ޕިނެއް އެ ފުއްޕާ ހަމަށް ހެރޭނެ ގޮތަށް ހަދައިލިއެވެ. “ރިވެންޖް ފޯރ ލާސްޓް ނައިޓް އެންޑް ޓުޑޭ.. ލެޓްސް ސީ ހައު ޔޫ ވިލް ލައިކް ދިސް ހަބީ..” އެއްމިޔަކަނުން ހީލަމުން ދެއަތާ ދެއަތް އުނގުޅައިލަމުން މައިރީން އޭނަގެ އަމިއްލަ ނަފްސަށް އަޑުއިވޭ ފަދައިން ބުނެލިއެވެ.

ލިބިފައި ހުރި އަނިޔާގެ ސަބަބުން މަޔާން އޮތީ ހިރިލާންވެސް އުނދަގޫވެފައެވެ. މަޑުމަޑުން ކުކުރައިލަ ކުކުރައިލަ އޮތްއިރު އޭނަގެ ލޮލުގެ ކަނަކުން ކަރުނަތިއްކެއް ފޫއަޅުވައިލިއެވެ. މަޔާން ފުންކޮށް ނޭވާލަމުން ދެލޯ މަރައި ބާރުކޮށްލިއެވެ. ރޭގައި އޭނަ އެތަނުން ދާން މަސައްކަތް ކުރުމުން އޭނަގެ ފައިގައި އެމީހުންވަނީ ދޮންކޮށްފައި ހުރި ދަގަނޑު ޖައްސާފައެވެ. ފައިން ނަގަމުން ދިޔަ ދިލަޔަށް މަޔާން ދިޔައީ ކެތްކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އެހެން އޮއްވައި ވަރަށް ސިއްރުން މީހަކު ދޮރުހުޅުވައިލުމަށްފަހު އެތަނަށް ވަދުނެވެ.

އެމީހާ ފިޔަވަޅުތައް ނަގަމުން ދިޔަގޮތުން އުޅެނީ ވަރަށް ސިއްރުންކަން އެނގެއެވެ. އެމީހަ މަޔާންއާއި ކައިރިވުމުން މަޔާންއަށް އެއީ ކާކުކަން އެނގުނެވެ. މަޔާން ދެބުމަ ގޮށްޖަހައިލިއެވެ. އެއްޗެކޭ ބުނަން އުޅެނިކޮށް ލަޔާޝާ މަޔާންގެ ތުންފަތުގައި އިނގިލިޖައްސައިލިއެވެ. އަދި ފެންފޮތިގަނޑެއް މަޔާންގެ ފައިގެ ފިހިފައި އޮތް ތަނުގައި ޖައްސަން ފެށިއެވެ. “ޝްޝްޝް.. އެމީހުންނަކަށް ނޭނގޭނެ އަހަރެން މިތަނަށް އައި ކަމެއް.. މި އޮތީ ޕެއިންކިލާސް މި ކާލަބަލަ..” މަޔާންއަށް ބޭސްކާޑެއް ދިއްކޮށްލަމުން ލަޔާޝާ ބުނެލިއެވެ. “މަށަށް ކިހިނެތް އެނގެނީ ތިއީ ޑްރަގެއްނޫންކަމެއް؟” ނަގަމުން ދިޔަ ދިލަޔަށް ކެތްކުރަމުން ދަތްކުނޑިވިކައިލައިގެން ހުރެ މަޔާން އެއްސެވެ.

މަޔާންއާއި ދިމާލަށް ބަލައިލި ލަޔާޝާ އޭނަގެ ދެލޮލުން އޭނައަށް އިތުބާރުކުރުމަށް އާދޭސްކުރާ ފަދައިން ބަލައިލިއެވެ. “ކިހިނެތް އެމީހުންނަށް އަހަރެން ސަލާމަތްވާން އުޅޭކަންވެސް އެނގުނީ އޭނ؟ ހަމަ ތި ނުލަފާ އަންހެނާގެ ސަބަބުން..” މަޔާން ހަޅޭއްލަވައިގަތެވެ. “ޕްލީޒް ހަޅޭއްނުލަވަބަލަ އަހަރެންނަށް މަޖުބޫރުވީއޭ.. ތަންކޮޅެއް މަޑުން ވާހަކަދައްކަބަލަ އެމީހުން އައިސްދާނޭ..” ލަޔާޝާ މަޑުމަޑުން ބުންޏެވެ. “ކަލެޔަށް ކޮން މަޖުބޫރެއްވީ އޭނ.. ކަލެޔަށް ހަމައެކަނި މަ ފެނުނީ..” މަޔާން އައިސްފައި ހުރި ރުޅިން ލަޔާޝާގެ އިސްތަށިގަނޑުގައި ހިފައި އަތަށް އޮޅައިލިއެވެ. ލަޔާޝާގެ ނޭވަ ދިޔައީ އަވަސްވަމުންނެވެ.

މަޔާންގެ އަތުތެރެއިން ސަލާމަތްވާން ތެޅިގަތް ވަގުތު ލަޔާޝާގެ އަތުގައި އޮތް ބޭސްކާޑު އެނދުމައްޗަށް ވެއްޓުނެވެ. މަޔާން އައިސްފައި ހުރި ރުޅިން ލަޔާޝާ ކޮށްޕައިލިއެވެ. ލަޔާޝާ ތަޅުންގަނޑު މައްޗަށް ވެއްޓުނުއިރު މަޔާންގެ އަމަލުން އޭނަޔަށް ނޭވާލާން އުނދަގޫވެގެން ދިޔައެވެ. އިސްޖަހައިގެންއިންއިރު ލަޔާޝާގެ މުޅި ހަށިގަނޑު ތުރުތުރުއަޅަމުން ދިޔައެވެ. އޭނަގެ ދެލޯވަނީ ކަރުނުން ފުރިފައެވެ. މަޔާންގެ އަނިޔާވެރި އަމަލުން އޭނަގެ ސިކުނޑީގައި ފޮރުވާފައިވި މާޒީ ހަނދާނަށް އަންނަން ފެށިއެވެ. ކުރިމަތީގައި އޮތް ބޭސްކާޑު ފެނުމުން މަޔާންގެ ބޮލަށް ވަދުނީ އެންމެ ނުބައި ހިޔާލެވެ. މަޑު ތުރުތުރަކާއިއެކު މަޔާން އެ ބޭސްކާޑު ނެގީ މި ވަގުތީ ދުނިޔެއާ އަލްވަދާއު ކިޔަން ހިތައް އަރުވައިގެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

މާސްކު (ޕާޓް 11)

Next

ހިތުގެ ރިހުން (22)

Next
August 29, 2025

ހިތުގެ ރިހުން (22)

Previews
August 28, 2025

މާސްކު (ޕާޓް 11)

10 Comments!

  1. Aanaa says:
    August 28, 2025 at 6:43 pm

    Masha allah mi part vs vrh reethi
    Aidhan ah majubooru vii dhw ehuriha kmh kuran
    Layaasha hoadhan dhww aidhan eulheny?
    Dhunya n yaadhin haadha cuteee eyyy
    Mai r kail ge koalhun is the besttt
    Mayaan plzz…moya kmh nukuraa thi heyonuvaane
    Alhe haadha curious kohfa eyyy thi ninmaalyyy
    Curiously waiting
    When next?
    Lyyyysmmm🫶🏻

    1. Maash Maash says:
      August 29, 2025 at 10:09 pm

      Thank you soo much aanaa.. I’m happy U liked it..hehe let’s see dhw.. yeshhh yaadhin and dhunya is always cute.. hehe mai menge koalhin dhen gina vaany Hama.. let’s see mayaan hadhaa goii dhw. Next part insha Allah Monday ga.. love you moree💜🦋

  2. Oreo gurll says:
    August 28, 2025 at 8:14 pm

    Oohh yay next episode!!
    But SERIOUSLYYY … Kail ge family- what??? Like, kee gadeega i was thinking whatt is thatt? Dhen oi bai kiyaafa huvaa neyngey ladhu gai vareh bunan vx. Ekani maaekani huregen im blushing so harddd!! Aaaaahh…
    Maash heyo nuvaane!
    Varah cute dhw.. ingey tha aslu handhaaneh nei Kail men marry kohgen kameh ulhenee mihaaru. Kail haadhahaa sahaadhe, laanei kan bodu. Maireen vx emme thankolheh dhoonukurey
    Yaadhin ad Dhunya men also so cuteee..
    Ekam, I really think mihaaru Layaashaa ge fahathuga ehen sirreh oveyey.. like she was tryna help Mayaan dhw. And his actions made her remember her past and went into a panic attack?? Why….?
    And who is Alishka and Aidhin ge mamma and bappa. So curious to knw that!!!
    Btw, varah reethi mi episode ves MaShaAllah..
    Love u smm Maash.
    When next episode??

    1. Maash Maash says:
      August 29, 2025 at 10:12 pm

      I think Ur refering to aidhins family dhww.. hehe yeshhh I was also blushing mi part liyun iru loll.. chaotic couples for a reason hehe.. yeah everyone have secrets ehnun.. let’s find out layaasha ge dhww.. will know soon.. thank you so much.. I’m happy I liked it.. love you moree darll.. next part Insha Allah mondayga 💜🦋

  3. Shiu💜 says:
    August 29, 2025 at 8:23 am

    Mi part vx varah Reethi Masha Allah..
    So Aidhan is Alishka ge brother. And Emeehun hoadhan ulhey “Yaash” akee Layaasha??!!
    Dhunya and Yaadhin is Making me blush 🤭
    Mai and Kail ge koalhun just makes my day.😅
    Mayaan ah dhera gotheh nahadhahchey 🥺🙏
    Layaasha ge Maazee ga vany kihineh baa? 🤔
    Curiously waiting for the next part..
    Lyssssm Maash 💜

    1. Maash Maash says:
      August 29, 2025 at 10:15 pm

      Thank you soo muchh shiu.. I’m happy U liked it..
      Hehe let’s see let’s see.. same darl dhunya and yaadhin making me blush too.. aww.. let’s see what happens to mayaan dhww.. and layaasha ge past vx engeyne adhi.. next part Insha Allah Monday ga.. love you moreee darlll💜🦋

  4. Shaf_maan says:
    August 30, 2025 at 9:48 am

    Maasha Allah mi prt vx vrh reethi
    Sorry for the late comment
    So aidhin is alishka ge brother.. N who is yaash???
    Is it layaasha???
    N Yaadhin n Dhunya vrh loabi…
    Kurin DHIN kiyaafa mihaaru kiyany YAADHU tha?
    I like their kolhun gan’du.. I mean i love you more prt.. Hehe
    What mayaan???
    Mi dhuniye r alvadhaau kiyan vegenney..
    Noo.. Mayaan amihla ah maru nuvahcheyy… 😭😭
    Eyrun kihiney laara men ulheyny mi dhuniyeyga 😭😭😭
    Curiosity level above the skyy😭😭
    Cant wait for the next prt
    Whn nxt???????
    Tc.. Lysm Marsh 💜💜💜

    1. Maash Maash says:
      August 31, 2025 at 11:06 pm

      Aww thank you so much..
      Now worries hehe.. I’m happy U liked it.. hehe yesss Aidhin is alishka’s brother.. you’ll know who’s yaash soon.. oh nooo.. neygigen I wrote yaadhu hehe.. soo sorry it was supposed to be dhin.. haha love you moree.. let’s see mayaan kuraa kanthah dhww.. next part Insha Allah tomorrow..
      Tc.. love you moree darll💜🦋

  5. Shaf_maan says:
    August 30, 2025 at 9:52 am

    Oh yeah i forgot mai n kail..
    God adives hama egothah..
    I love their koalhun gan’du so much.. Hehe😭
    Maii blush vane varu…
    Dhe myhun vx ekaku anekakah dhoo kuraa vareh nun..
    Vrh cute n loabi prt vx💜💜💜

    1. Maash Maash says:
      August 31, 2025 at 11:09 pm

      Hehe they are always chaotic… Thanks I’m happy to hear that💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 36←


All Right Reserved!