Skip to content
އެސްފިޔަ
PRO · MVR 2.00

މަޢާފް އެދެމުން 51

“އަހަންނަށް ހީވާ ގޮތްތަ؟ ނޫނީ ރީވާ..؟ އެކަމަކު..” ރިޔާންއަށް އެ ޖުމްލަ ފުރިހަމަ ކުރަންވެސް އުނދަގޫވިއެވެ.
“ރިޔާންއަށް ހީވާ ގޮތެއް ނޫން” ރާނިޔާ ބުންޏެވެ.
“މަންމާ، ރީވާ.. ރީވާ..” ރިޔާންގެ ހިތުގައި ވަނީ ކީކޭ ކަން ރާނިޔާއަށް އެނގޭ ނަމަ އެހެން ނުބުނާނެއޭ ހިތަށް އަރާފައި ހިތުގައި އޮތް އެއްޗެއް ހާމަ ކުރަން ބޭނުންވެ ރިޔާން ބުނަން އުޅުނެވެ. ނަމަވެސް ރާނިޔާ ކައިރީ އެހެން ބުނާކަށް ރިޔާންއަކަށް ނުކެރުނެވެ.
“ރީވާ ބަނޑުބޮޑު ހެން ހީވަންޏާ ރިޔާންއަށް ތި ހީވީ ރަނގަޅަށް” ރިޔާންގެ ހިތުގައި ވާ އެއްޗެއް ރާނިޔާއަށް ވިސްނި، އެކަން ސާފުކޮށްދިނުމަށް ރާނިޔާ ބުންޏެވެ.
ރިޔާންއަށް އެހެން ހީވި ނަމަވެސް އެ ފަދަ އެއްޗެއް ދުލާ ހަމައަށް ގެންނަންވެސް ނުކެރިފައި އިންދާ ރާނިޔާ އެހާ ހަމަޖެހިފައި އިނދެ އެކަން ޔަގީން ކޮށްދިނުމުން ހައިރާން ވީ ވަރުން ރިޔާންއަށް އެއްޗެއް ނުބުނެވިފައި ރާނިޔާއާ ދިމާއަށް ބަލަން އިނދެވުނީއެވެ.
“ދަރިފުޅުގެ ބޭބީ ސިސް އެއީ މިހާރު ތި ހީކުރާހާ ކުޑަ ކުއްޖެއް ނޫން. ރީވާ މީހެއްގެ އަނތްބަކަށް ވީތާ ހަމަސް ވެއްޖެ” ރާނިޔާ ދިން ޚަބަރު ރިޔާންއަށް ގަބޫލު ކުރަން ދަތިވިއެވެ.
“ސީރިއަސްކޮށްތަ މަންމާ؟ ކޮން އިރަކު..؟ ކ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.