އެކުއްޖާގެ މޫނު މަތިން ޔުނާލަށް ފެނުނީ ޝިވާއެވެ. ޝިވާ ވެސް ތަނަކަށް ތަދު ވުމުން ނުވަތަ ބަލިވެ، ދެރަވުން ކަހަލަ ކަމެއް ވުމުން ތުންކޮޅު ފިއްތާލަނީ ހަމަ އެހެންނެވެ. ޔުނާލް އިސްޖަހާލިއެވެ. ފުން ނޭވާއެއް ލާ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. ކެއްކުރުމަށެވެ. ނަމަވެސް މިހާރަކަށް އަހިސް ޔުނާލް ޝިވާ މަތިން ހަނދާން ވަނީ މާބޮޑަށެވެ.
ދުވަސްތަށް ފާއިތު ވަމުން ގޮސް ހަފްތާއެއް ފާއިތުވީ ބަސްބުނާހާ އަވަހަށެވެ. ޔޫޝާއާއި އަކްވާން ދިޔައީ ލިބެން އުޅޭ ދަރިފުޅަށްޓަކައި އިންތިޒާރު ކުރަމުންނެވެ. ޔޫޝާގެ ސިއްހަތުވެސް ﷲ ގެ އިރާދަފުޅާއި އެކު ރަނގަޅެވެ. އ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






