Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 80

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
July 8, 2026 8 Mins Read
14 Comments

“ޒެވް… އަވަސް. ގޭންގް މީހުން… މިތާ. ސުމީ…” ރޮމުން އަރީން ވާހަކަ ދެއްކި އަޑު އިވިފައި ޒަވިއަންގެ ލޯލިތައް ދިޔައީ ކޮޅަށް ޖެހިގެންނެވެ. “އިލެވެން ހަމަ މިހާރު ކާރު އަނބުރާލާ. ރީން މަޑުކުރޭ. ފޯނު ކަނޑާނުލާތި އެނގޭ.” ލީވާނާއި ދިމާލަށް ޙަޅޭއްލަވައިގަނެފައި ޒަވިއަން މަސައްކަތް ކުރީ އޭނާގެ ފޯނުން އަރީންގެ ލޮކޭޝަން ހޯދާށެވެ. ނުރައްކާތެރިވިއެއް ކަމަކު ލީވާން ޔޫ ޓާނެއް ނަގައި އަނެއް ލޭނަށް ވަދެގަނެފައި ދުއްވާލިއެވެ.

“ކިހިނެއްވީ؟” އިޙުސާނު ހާސްވެފައި އެއްސެވެ. “ތިންވަނަ ފިޔަވަހީގެ ހަދަން ފަށައިފައިވާ ފިނިހިޔާ ފުލެޓުތައް ކައިރިން އެ **ންތައް ރީން މެންނާ ދިމާކޮށްލީ. ބްރޯ ކޮންމެވެސް ގޮތެއް ހަދާފަ ވީހާވެސް އަވަހަކަށް ފުލުހުން އެ ތަނަށް ފޮނުވޭނެ ގޮތެއް ހަދާބަ.” ޒަވިއަން ބުނެލިއެވެ. މިއާއި އެކު އިޙުސާނަށް ހީވީ މީހަކު އޭނާގެ ކަރުގައި ހިފާ ފިއްތާލިހެންނެވެ. އަވަސް ވެފައިވާ ހިތަކާއި އެކު ސްޓޭޝަނަށް ގުޅާލައިފިއެވެ. ޒައިން ވިސްނާލުމަށް ފަހު އެމްބިއުލެންސަކަށް ގުޅާ ޚަބަރު ދިނީ އެ ދެ އަންހެންކުދިންނަށް އަނިޔާ ވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

“އާތް. ހާދަ މަކަރުވެރި ކުއްޖެކޭމި. އޭ ކަލޭމެން ބަލާނެ ކަމެއް ނެތް އަރައިގަނޭ.” ދެލޮލުގެ އަސަރު ގެއްލުނު ފިރިހެނާ ފެލިގަތެވެ. އެއާއެކު އެމީހުން ލަކުޑިތައް ހޫރަމުން ސުމައްޔާ އާއި ދިމާލަށް ދިޔައެވެ. ސުމައްޔާ އޭނާ ގެންގުޅޭ ވައްތަރު ވައްތަރުގެ ހަތިޔާރުގެ އެހީގައި ފަހަރަކު މީހެއް ބިމަށް ތިރިކުރަމުން ދިޔައީ ޙިކުމަތްތެރިކަމާއި އެކުގައެވެ. އެގޮތަށް ކާމިޔާބު ކަމާއެކު ދިހަ މީހުން ހޭނައްތާލެވުނު އިރު ސުމައްޔާ އަށް ވެސް ހުރީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަތާއި ފައިގެ އެކި ހިސާބުތައް ޒަޚަމުން ފުރިފައެވެ. ބޮލުގެ ތަންކޮޅެއް ފަޅައިގެން ގޮސް ލޭ އަންނަމުން ދިޔައެވެ. ކެއްސާލާ ކޮންމެ ފަހަރަކު އަނގައިން ލޭތައް ބުރައިގެން ދެއެވެ. ހަށިގަނޑުގެ އެކި ހިސާބުތަކަށް އަމާޒުވެފައިވާ ވަޅީގެ ހަމަލާ ތަކުގެ ސަބަބުން ހިފެހެއްޓުމެއްނެތި ލޭ އޮހޮރެމުން ދިޔައެވެ. ހަކަތަ ގޮސް މުޅި މީހާ ވަނީ ބަލިކަށިވެފައެވެ. އެ ޖިސްމަށް ކެތް ނުވެގެން އެންމެ ފަހުން ބިމަށް ދެމުނެވެ.

ފުރުސަތުގެ ބޭނުން ހިފާ ސަލާމަތުން ހުރި މީހާ ސުމައްޔާ އަށް ދިމާލަށް ފިޔޮއްސެއް ހިފައިގެން ދިޔައީ އޭނާގެ ފުރާނަ ނަގާލުމުގެ ނިޔަތުގައެވެ. “ކަލޭ މާ ގައްޑާވެގެން ސަލާމަތް ވެވިއްޖެތަ؟ ސުންޕާ ****. ތި ** އާއި ހެދި މުހިންމު ޓެލެންޓުތަކެކޭ އެ ގެއްލުނީ.” އެއްހަމައަށް ތިރިވެލަމުން އޭނާ ސުމައްޔާގެ ކަރުގައި އެއް އަތުން ހިފައި އަނެއް އަތް މައްޗަށް ދަމާލިއެވެ. ފުސްގަނޑުގެ ތެރެއިން ސުމައްޔާ އަށް އެ އަޑު އިވުނީ ގުގުމައިގެން ދާ ފަދައަކުންނެވެ.

ސުމައްޔާމެން ދޫކޮށްލާފައި ކުނި ކޮންޓެއިނަރު ތަކާއި ދިމާލަށް އައި ފިރިހެނާ ބިންމަތީގައި އަތުގައި އޮތް ލަކުޑި ބުރިން ތަޅަމުން އަރީނަށް އިންޒާރު ދެމުން ދިޔައެވެ. “އޭތް ކުއްޖާއާ. ފިލާ އޮތް ތަނުން ނުކުންނަންވީއޭ. ގާތް މިތުުރު މަރުގެ ތުންފަތް މައްޗަށް ދޫކޮށްލާފައި އަންނަން ހާދަ ހިތެއް ނެތޭ.” އެ ފިރިހެނާ މަސައްކަތް ކުރީ އެ ކަހަލަ ވާހަކަ ދައްކައިގެން ވިޔަސް އެ ތަނުން އަރީން ނެރެވޭތޯއެވެ. ވީ ވެސް އެހެނެވެ. ސުމައްޔާ އެކަނި ދޫކޮށްލަން ބޭނުން ނުވުމުން ފޯނު ކަނޑާލައިފައި އޭނާ އެ މީހާ ހުރި ހިސާބެއް ބަލައިލިއެވެ. އެ ވަގުތު އަރީންގެ ހިތުގެ ހިނގުން އަވަސްވެ، ނޭވާ ކުރުވާގޮތް ވިއެވެ. މުޅި ހަށިގަނޑުން ފިނި ދާހިއްލާލި ނަމަވެސް ހިތަށް ވެރިވަމުންދިޔަ ބިރުވެރިކަމާއި ހާސްކަން ކޮންޓްރޯލް ކުރަން އޭނާ މަސައްކަތް ކުރިއެވެ. މިހެން ފިލައިގެން އައުމުން ސުމައްޔާ އަށް އަނިޔާވާނެ މިންވަރާއި މެދު ވިސްނި އަމިއްލަ ނަފްސަށް އަޑުވީއްލައިގަނެވުނެވެ.

އަރީން ހިތްވަރު ކޮށްފައި ގޮސް އެތަނުގައި ހުރި ކުނި ކޮންޓެއިނަރަކުން ދަގަނޑު ހޮޅިއެއް ނެގިއެވެ. ބޮނދަމުން ކަހަލަ ގޮތަކަށް އެ ތަނުން ނުކުމެ ބިސްމި ކިޔައިފައި އޭނާ އެ ދަގަނޑު ބުރި ވީއްލާލިއެވެ. އެ ފިރިހެން މީހާގެ ބޮލުގައި އެ ޖެހުނުލެއް ބާރު ކަމުން ވަގުތުން ހޭނެތިގެން ބިމަށް ދެމުނެވެ. ތުރުތުރު އަޅަމުން ދިޔަ ޙާލު ސުމައްޔާ ފެނޭތޯ އޭނާ އެ ތަނުން ނުކުތެވެ. ބިންމައްޗަށް ވެއްޓުނު ސުމައްޔާގެ ލޭކޮށިފައިވީ ޖިސްމު ފެނުމާއި އެކު އަރީން ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. އިންޒާރަކާއި ނުލާ އޮހޮރިގަތް ކަރުނައިން އެ ހިތް ފޮތިފޮތިވަމުން ދިޔަ މިންވަރު ހާމަވަމުން ދިޔައެވެ. ގޮތް ހުސްވެފައިވާ މީހެއް އޭނާ ގޮސް ބިންމަތީގައި އޮތް މިޔަ ތޫނު ވަޅިއެއް ނަގައިފިއެވެ. އެއަށްފަހު ދުވެފައި ގޮސް ސުމައްޔާގެ ފުރާނަ ނަގާލަން އަތް ދަމާލި މީހާގެ ކަނދުރާ މެދަށް ހަރާލަމުން އެއްފަރާތަކަށް ދަމާލީ ސުމައްޔާ ސަލާމަތްކުރުމުގެ ނިޔަތުގައެވެ. އަރީންގެ މި އަމަލުން އެ ފިރިހެނާގެ ކަޅި މައްޗަށް އެރިއެވެ. މަރުވެގެން ވެއްޓެން ދިޔަ އެ ފިރިހެން މީހާގެ ޙާލާއި މެދު ވިސްނުމެއް ނެތި ދުރަށް ކޮށްޕާލައިފައި އަރީން ލެފިލީ ސުމައްޔާގެ ގާތަށެވެ.

“ސުމީ. އަހަރެންނަށް މާފުކުރޭ. އަހަރެންނަށް ފިލަން ނުދެވުނު ނަމަ. އަހަރެން ސުމީ ގާތުގައި ހުރިނަމަ މިހެން ނުވީސް. އާދޭސްކޮށްފަ މި ބުނީ. ދެލޯ މަރާނުލާތި. އަހަރެން ދޫކޮށްފަ ނުދާތި. ހެޔޮނުވާނެ. އަޒާ ހެން… ނޫން…” އަޑުން އަޑު ނަގާ ރޮމުން ދިޔަ އަރީން އާދޭސްކުރަމުން ދިޔައެވެ. “ޝޫޝް. ތިއީ… އަ…އަމިއްލަ… ނަފްސު ރައްކާތެރި… ކުރެވޭނެހާ… ބާރު… ނެތް ކުއްޖެކޭ. އަހަރެން… ބޭ…ނުންވީ ރީން… ސަލާމަތުން… ހުންނަން… އަހަރެން… ދު… ދުނިޔެ އަޅާ… ދިޔަޔަސް… އަމިއްލަ ނަފް…ސު ކުށްވެރި… ނުކުރާތި.” ބަލި އަޑަކުން ސުމައްޔާ ބުނެލިއެވެ. މިލައިފައިވާ އެ މޫނުމަތީގައި ވަނީ ހިތި ހިނިތުންވުމެކެވެ. މަރުވެދާނެ ކަމުގެ ބިރު ހީވުމުން އޭނާ ދެން މަސައްކަތް ކުރީ ޝަހާދަތުގެ ދެކަލިމަ ކިޔާލެވޭތޯއެވެ. އޭރު ދުރު ދުރުން ސައިރެންގެ އަޑު އިވެމުން ދިޔައެވެ. އަރީން ނޭފަތް ދަމަމުން ސުމައްޔާ އަށް ޝަހާދަތް ލައިދޭން ފެށީ ހިތާ ދެކޮޅަށެވެ. ހިނދުކޮޅެއްގެ ތެރޭގައި ސުމައްޔާގެ ދެލޯ މެރުމުން އަރީނަށް ނޫނެކޭ ކިޔާ ޙަޅޭއްލަވައިގަނެވުނެވެ. އޭރު ސުމައްޔާގެ ވިންދު ހުރީ ކިރިޔާ ކިރިޔާއެވެ. މިހާރުން މިހާރަށް އަވަސް ފަރުވާ ނުލިބިއްޖެނަމަ ފުރާނަ ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ. ނަސީބަކުން އެ ވަގުތު ފުލުސް ވޭނުތަކާއި އެކު އެމްބިއުލާންސެއް އައިސްފިއެވެ.

ސްޓްރެޗާއަކަށް ސުމައްޔާ ލެވުނު ވަގުތަކީ އިޙުސާނުމެންނަށް ވެސް އެތަނަށް އާދެވުނު ވަގުތެވެ. އެ ފިރިހެނުންނަށް ފެނުނު މަންޒަރަކުން ހިތް ގުޑައިގެން ދިޔައެވެ. އިޙުސާނަށް އެމްބިއުލާންސަށް ލާން ގެންދެވުނު ސުމައްޔާ އާއި ދިމާލަށް މިސްރާބު ޖެހުނު އިރު އެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. މި ފެންނަ ބިރުވެރި މަންޒަރަކީ ކުލަނެތް ހުވަފެނަކަށް ވޭތޯ ދުއާކޮށްލެވުނެވެ. ޒަވިއަން ގޮސް އަޑުވީއްލާ ރޮމުން ދިޔަ އަރީން ގާތަށް ދިޔައީ އޭނާ މަސަލަސް ކުރުމުގެ ނިޔަތުގައެވެ.

ޒައިނާއި އެކު އެ ފިރިހެނުންތަކާއި ދިމާލަށް މިސްރާބު ޖެހީ ލީވާންގެ ދެއަތް ވަނީ މުއްކެވިފައެވެ. ރުޅި އާއި އެއްވަރަށް އޭނާގެ ހައިރާންކަން ވެސް ދެގުނަ ވެފައިވީ އެ އެންމެން ޒަޚަމުވެ ބިމާއި ހަމަވެފައި ތިބުމުންނެވެ. ޒަވިއަން ބުނިގޮތުން ވިއްޔާ އަރީން އިނީ އެ އިމާރާތުގެ ތެރޭ ފިލައިފައެވެ. އެހެންވިއްޔާ މި ވާނީ ސުމައްޔާ އެކަނިން ކޮށްލި ކަމަކަށެވެ. ކިތަންމެ ޙާލެއްގައި އޮތަސް މި އެންމެން ބަލިކޮށްލެވޭނީ ވަރަށް ހިތްވަރު ހުރެގެންނެވެ.

ފުލުހުން އައިސް އެ މީހުންނާއި އަރާ ހަމަކުރިއިރު ބައެއް މީހުން ހޭއަރައިގެން ފިލޭތޯ މަސައްކަތް ކުރަން އުޅުނެވެ. އެހެނަސް އަނިޔާވެފައި ހުރުމުން އެ މީހުންނަކަށް އެކަމެއް ނުވިއެވެ. ބިޑި އަޅުވައިގެން އެ މީހުން ގޮވައިގެން ފުލުހުން ވެސް ހަސްފަތާލަށް ދާން މިސްރާބު ޖެހީ އަވަސް ފަރުވާ ބޭނުންވާ މީހުން ތިބުމުންނެވެ. އެ ތަނުން އެކެއްގެ ފުރާނަ ނެތެވެ. އެއީ އަރީން ހަމަލާ ދިން ފިރިހެން މީހާއެވެ. އަރީނަށް އެ ވާހަކަ އިވުމާއި އެކު ހާސްކަމުގެ ރާޅެއް މުޅި ހަށިގަނޑު ތެރޭ ބާނިލާފައި ދިޔަ ކަހަލައެވެ. އެ ދޮން މޫނުން ލޭގެ ކުލަ ފިލައި ހުދުވެގެން ދިޔައެވެ. މޭގައި އަތް އަޅާލަމުން އޭނާ ފުން ނޭވާތަކެއް ލާން ފެށީ ބުނެދޭން ނޭނގޭ ފަދަ ބިރުވެރި އިހުސާސަކުން މުޅި ނަފްސު ސުންނާފަތި ކުރަމުން ދިއުމުންނެވެ.

“ރީން. ހަމަޖެހޭ. ކޮބާ އަތް ދަބަސް؟” ޒަވިއަން އެހިއެވެ. އެހެނަސް އެ ފަކީރު ވަނީ ޖަވާބު ދެވޭ ކަހަލަ ޙާލަތެއްގައެއް ނޫނެވެ. “އިލެވެން. އިހަށް މި ކޮޅަށް އާދެބަ.” ޒަވިއަން ލީވާނަށް ގޮވާލިއެވެ. އެއަށްފަހު ދުވެފައި އެ ސަރަހައްދު ބަލާ ފާސްކުރަމުން ދިޔައީ އަރީންގެ ދަބަސް ފެނޭތޯއެވެ. އޭނާ އަށް އެ ފެނުނީ ކުނި ކޮންޓެއިނަރު ތަކެއްގެ ބިއްދޮށުންނެވެ. ދެން އަވަސްވެގަތީ އަރީންގެ އަނގަޔަށް އިންހޭލަރ ޖަހައިގެން އެ ފަކީރުގެ ނޭވާ ހަމައަކަށް އެޅުވުމަށެވެ. އަރީން ކިރިޔާ ވެސް ހަމަޖެހުނީ ފަހެއްކަ މިނެޓް ފާއިތުވި ފަހުންނެވެ.

ސުމައްޔާގެ އަތުގައި ހިފަހައްޓާލައިގެން އިން އިޙުސާނުގެ ހިތް ލޭކަރުނަ އަޅާ ރޮމުން ދިޔައެވެ. ވިންދާއި ނޭވާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައި ވިއެއް ކަމަކު ޕެރަމެޑިކްސް ޓީމަށް ލޭ މަނާ ނުކުރެވިގެން އުޅޭ މަންޒަރު ފެނުމުން ހީވީ މެޔަށް ހަންޖަރެއް ހަރާލެވުނު ހެނެވެ. ހިތާހިތުން ދުއާކުރަމުން ދިޔައީ ސުމައްޔާގެ ސަލާމަތްތެރިކަމަށެވެ. ފިރިހެނަކަށް ވިއެއް ކަމަކު އިޙުސާނަށް އޭނާގެ ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ސުމައްޔާ އެ އޮތް ނާޒުކު ހާލަތު ފެނި، އެކަނިން ދޫކޮށްނުލާ އޭނާ އެދުނުހެން ގޮވައިގެން މާލެދާން މިސްރާބު ޖެހުނު ނަމައޭ ހިތަށް އެރިއެވެ. އެހެނަސް ދެން ނަމަ ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެ ތާއެވެ. މިހާރު އެ ވަނީ ވަގުތު ފާއިތުވެފައެވެ.

ޒަވިއަނާއި އެކު ކާރުގައި ދިޔަ އަރީން އަދިވެސް ރޮނީއެވެ. ރުއިމުގެ ސަބަބުން އޭނާގެ ދެލޯ ރަތްވެ، އަޑު ކުރަކި ވެއްޖެއެވެ. އެ ފަކީރު ދާހިއްލާލައި ތުރުތުރު އަޅަމުން ދިޔަ ގޮތުން ޒަވިއަން ވެސް ފެންކަޅިވިއެވެ. އަރީނަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތް އެވީ ސުމައްޔާގެ ސަބަބުންނެވެ. ދެން އެ ފަކީރު އަމިއްލަ ނަފްސު ކުށްވެރި ކުރާނެ މިންވަރެއް އަންދާޒާ ކޮށްލާށެވެ.

ޒަވިއަން ދެވަނަ ފިޔަވަހީގެ ކެއަރ ހަސްފަތާލަށް ގޮސް ޕާކިން ޒޯނަށް ކާރު ލާން ދިޔައެވެ. ކާރު ޕާކު ކުރުމުން އަރީން އެއިން ފައިބައިގެން ދިޔައީ ދުވެފައެވެ. ފަހަތުން ޒަވިއަން ވެސް ދިޔައެވެ. އަރީނަށް ސުމައްޔާ ފެނުނު އިރު އީއާރަށް ވައްދަނީއެވެ. ފަހަތުން އެތަނަށް ވަދެގަންނަން އުޅުނު އިޙުސާނު ހުއްޓުވީ ކައިރީގައި ތިބި މުވައްޒަފުންތަކެކެވެ. އަރީން ދުވެފައި ގޮސް އެ ތަނުގެ ކުރިމަތީގައި ހުއްޓުނެވެ. ވަރުނެތިފައިވާ މީހެއް ފަދައިން ބިންމައްޗަށް ޖެހެވުނު އިރު އެ ފަކީރުގެ ހިތް ކުދިކުދިވެއްޖެއެވެ. ޒަވިއަން ގޮސް އަރީންގެ ކޮނޑުގައި ހިފާ މައްޗަށް ނަގަމުން އެއްފަރާތު ގޮނޑިބަރީގައި އިށީނެވެ. ތެޅެމުން ފޮޅެމުން ޢަބްދުއްރަޙްމާން އެތަނަށް އައީ ދެނެވެ. ސުމައްޔާ އަށް ވީ ގޮތެއް ރަނގަޅަށް ނޭނގި މުޅި މީހާ ވަނީ ހާސް ކައްޓައް އަރައިފައެވެ. ޑަކުޓަރުގެ ބުނުމަށް އޭނާއަށް ފުރަތަމަ ޖެހުނީ އޮޕަރޭޝަން ކުރުމަށް ހުއްދަ ދިނުމުގެ ފޯމެއް ފުރާށެވެ.

“ވަރަށް އަވަހަށް ބީ ޕޮޒިޓިވް ލޭ ބޭނުންވޭ. ވީހާ ވެސް އަވަހަކަށް ލޭ ހޯދޭތޯ ބަލާ. ލަސްވާ ކޮންމެ މިނެޓަކީ ޕޭޝަންޓްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅޭނެ ކަމެއް.” އީއާރުން ނަރުހަކު ނުކުމެފައި ބުނެލިއެވެ. ޒަވިއަނަށް މި ވާހަކަ އިވުމުން އެ ނަރުސް ކުއްޖާ އާއި ދިމާލަށް ދިޔައެވެ. “އަޅުގަނޑަށް ލޭ ދެވިދާނެ. ކޮންތާކަށް ލޭ ނަގަން ދާންވީ؟” ޒަވިއަން އެހިއެވެ. އެއާއެކު އެ ކުއްޖާ ބުނެލީ އޭނާގެ ފަހަތުން ދިއުމަށެވެ. އެ ވަގުތު ޢަބްދުއްރަޙްމާނާއި އިޙުސާނު އުޅެގަތީ އިތުރަށް އެ ވައްތަރުގެ ލޭ ހޯދޭތޯއެވެ. ހަމައެކަނި ޒަވިއަންގެ ޑޮނޭޝަނަކުން ނުފުދޭނެކަން އިޙުސާނަށް މިއީ ދުވާލު ފަދައިން އެނގެއެވެ.

ޒަވިއަން ލޭ ދިނުމަށް ފަހު އަވަސްވެގަތީ އަރީން ގާތަށް ދިއުމަށެވެ. ދިޔައިރު ވެސް ހުރި ގޮތަށް އަރީން އިނީ އެއް ފަރާތަކަށް ބަލަން ހުއްޓުން އަރައިފައެވެ. ފުން ނޭވާއެއް ލައިފައި ޒަވިއަން ގޮސް އަރީންގެ ގާތުގައި އިށީނދެ އޭނާގެ ކޮނޑުމަތީގައި އަތް ވަށާލައިފިއެވެ. “ދެން އެހާ ވަރަށް މިކަމާ ނުވިސްނާ. އިރާދަ ކުރެއްވިއްޔާ ސުމީ އިހުގެ ހާލަތަށް ރުޖޫއަ ވާނެ. ހިނގާ ދެން ފްރެޝް ވެލަން ދާން.” ޒަވިއަން އޯގާތެރި ކަމާއި އެކު އަރީނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“ޒެވް… އަހަރެން… އަހަރެން އަތުން މީހަކު… މީހަކު މަރާ…މަރާލެވިއްޖެ. އަހަރެން ގަސްތަކު ނޫން. ސުމް… ސުމީ މަރާލަން އުޅުނީމަ އަހަރެން… އާހް. އަހަރެން ސުމައްޔާ އެކަނި ބަހައްޓާފައި ނުދެވުންނަމަ. ޒެވް އަށް ޚަބަރު ދީފަ އެކީ އާދެވުން ނަމަ… އޭރުން ސުމީ އަށް މިހާ ވަރު ނުވީސް. އަހަރެން… އަހަރެން މިއީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ.” ތުރުތުރު އަޅަމުން ދިޔަ ޙާލު އަރީން، ލެއިން ތަތްތެޅިފައިވީ އަމިއްލަ ދެ އަތަށް ބަލައިލީ ބިރެއް ފެނުނު ފަދައިންނެވެ. އެ މޫނު ހުދުވެފައިވީ އިރު މުޅި މީހާ ވަނީ ފިނިވެފައެވެ.

“ތިހެން ނުބުނޭ. އަރީން އެ މީހާއަށް އެ ހަމަލާ ނުދިންނަމަ މިއަދު ސުމައްޔާގެ ފުރާނަ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިއީސް. ރީންގެ ސަބަބުންނެއްނު އެ މީހާގެ މަޤްސަދު ޙާސިލުނުވީ. އައިމް ޕްރައުޑް އޮފް ޔޫ، ފޯރ ޑިފެންޑިންގް ޔުއަރސެލްފް އެންޑް ސުމީ.” ޒަވިއަން އަރީންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އެ ވަގުތު ފުލުހުންގެ ބަޔަކު އެ ތަނަށް އައިސްފިއެވެ.

“އައްސަލާމު އަލައިކުމް. ޢާއިޝަތު އަރީން އަފްޒަލް. މި މައްސަލައިގެ ތަފްސީލުތައް އަޅުގަނޑުމެންނަށް ހިއްސާ ކުރައްވަން އަޅުގަނޑުމެންނާއި އެކު ހިންގަވާ. އެ ކަންތައް ހިނގައިދިޔައީ ކެމެރާ ހަރުކޮށްފައި ހުރި ސަރަހައްދަކަށް ނުވާތި އައި ވިޓްނެސްގެ ބަޔާން ވަރަށް މުހިންމުވާނެ. ތަޙުޤީޤު ކުރިއަށް ގެންދަން ފަސޭހަވާނީ ވެސް އޭރުން.” އެ އަންހެން ފުލުސް އޮފިސަރު ވަރަށް އޯގާތެރިކަމާއި އެކު ބުނެލިއެވެ. އަރީނަށް ރައްދެއް ދޭން ނޭނގިފައި އިނދެ އިސްޖަހާލެވުނީއެވެ.

“މި ނޫން ވަގުތަކު ވެސް ބަޔާން ނެގިދާނެ. ކަލޭމެންނަށް ނުފެނޭތަ އެ ފަކީރު އިން ޙާލެއް.” ޒަވިއަން ހިތްހަމަނުޖެހިފައި ބުނެލިއެވެ. “މައްސަލައެއް ނެތް ފަހުން ހިއްސާ ކުރިއަސް. ތައްޔާރު ވެވުނީމަ…” އެ އޮފިސަރު ފުން ނޭވާއެއް ދޫކޮށްލަމުން ދައްކަން ފެށި ވާހަކަ މެދު ކަނޑާލީ އަރީނެވެ. އޭނާ ބަޔާން ނެގުމަށް އެއްބަސް ވުމުން ފުލުހުން އެދުނީ ވަކިން ރޫމަކަށް ދިއުމަށެވެ. ފަހަތުން ޒަވިއަން ވެސް ދިޔައެވެ.

“ޒަވިއަންމެންނަށް އެ ފިރިހެނުން ތިބި ކަމަށް ޝައްކު ކުރެވޭ ތަނެއްގެ ގޮތުގައި މާފަންނު ސަހަރާ ކައިރި އިމާރާތެއް ފެނުނީމަ އެ މީހުން ފުރަތަމަ ދިޔައީ މާލެ ދާން. އަހަރެމެން ދެމީހުން އުޅުނީ އެކުގައި ހިނގާލައިފައި ގެއަށް ދާން. އެކަމަކު… ދިޔަ މަގުމަތީ… އެ ހަދަން ފަށައިފައިވާ އިމާރާތުގެ ކައިރިއަށް އާދެވުނު ވަގުތު އެ މީހުން އައިސް ވަށާލައިފި. ސުމައްޔާގެ ބުނުމަށް އަހަރެން… ސުމައްޔާ އެ ތަނުން އިސްކޮށް ހުރިކަމަށް ބެލެވުނު ފަރާތުގެ ލޮލަށް ހަމަލާ ދިން ވަގުތު އަހަރެން އެމީހުންގެ ކިބައިން ނެއްޓިގަނެގެން ގޮސް އެ އިމާރާތުގެ ތެރެއަށް ވަދެގަތިން. ގޮސްފަ ފުރަތަމަ ވެސް ޒަވިއަނަށް ގުޅާފައި އެ ޚަބަރު ދިނިން. ދެން… ދެން…” އެހާ ހިސާބަށް ބުނެވުމާއި އެކު އަރީންގެ އަރު ބެދޭގޮތްވިއެވެ. ޒަވިއަނަށް މިކަން ފާހަގަވުމުން އެދުނީ ހުއްޓާލުމަށެވެ.

“ތަޅާފޮޅާ އަޑު އިވިފައި ނޭނގޭ ވީ ގޮތެއް. ބިރުން ފިއްކަނޑައިގެ ދިޔަ ގޮތަށް ހީވީ އަހަރެން ހަމައިން ނެއްޓުނު ހެން. ވާނުވާގައި ޙަރަކާތެއް ކޮށްލަން ނޭނގި އިނދެވުނީ. ކިރިޔާ ހަމަ ހޭވެރިކަން ލިބޭ ވަރުވީ އަހަރެން ހުރި ދިމާލަށް މީހަކު އަންނަމުން ސުމައްޔާ މަރުވާން ދޫކޮށްލި ކަމަށް އަހަރެން ނުބައި ކޮށްފަ ވާހަކަ ދައްކާ އަޑަށް. ސުމައްޔާ ގާތަށް ދިއުމުގެ ނިޔަތުގައި އަހަރެން އެ ތަނުގައި އޮތް ދަގަނޑު ހޮޅިއެއް ނަގައިފައި ފަހަތުން ގޮސް އެ ފިރިހެން މީހާ އާއި އަރާ ހަމަކޮށް ބޮލުގައި ހެސްކިޔައިފައި ޖެހިން. އޭނާ ހޭކެނޑިގެން ވެއްޓުނީމަ ސުމައްޔާ ފެނޭތޯ އިމާރާތުން ބޭރަށް ނުކުތިން. ދެން….” ޒަވިއަންގެ އަތުގައި ހިފާލަމުން އަރީން އިތުރަށް އެ ވާހަކަ ތަފްސީލު ކުރަމުން ދިޔައެވެ.

“އަހަރެންނަށް ފެނުނީ އެ ނުބައި މީހުންގެ ތެރެއިން ފިރިހެނަކު ސުމައްޔާ މަރާލަން ވަޅި ދަމާލިތަން. އެވަގުތު އެކަން ހުއްޓުވޭތޯ އަހަރެން ގޮސް ބިންމަތިން އަތުޖެހުނު ތޫނު ވަޅިއެއް… ވަޅި ނަގާ އޭނާގެ ކަނދުރާ މެދަށް ހަރާލިން. މާ ފަހުން… މާ ފަހުން ވިސްނުނީ… އަހަރެން ގަސްތަކު ނޫން… އެކަމް… އަހަންނާ ހެދި އެމީހާ…” އަރީނަށް ބުނެވުނީ އެ ހިސާބަށެވެ. ނޭވާލާން އުނދަގޫވެ އަނެއްކާ ވެސް އެސްތްމާ އެޓޭކެއް ޖެހުނެވެ. މޭގައި އަތް އަޅައިގެން ނޭވާއަށް ދަތިވެގެން ތެޅެމުން ދިޔަ މަންޒަރުން ޒަވިއަންގެ މޭގައި ވިކައިގަތް ކަހަލައެވެ. އޭނާ ހުށިޔާރު ކަމާއެކު އިންހޭލަރު ނަގާ އަރީންގެ އަނގަޔާއި ދިމާކޮށްލިއެވެ.

“މި ވަރުން ފުދިއްޖެއްނު. އެހިސާބުން ތި މީހުން އައިސްފީމެއްނު. ދެން އިތުރަށް އަހަރެންގެ އަނބިމީހާ އަށް އުނދަގޫ ކުރަން ނުހަދާ ދޭ. ޝީޒް ނޮޓް ވެލް.” ޒަވިއަން ހިތްހަމަނުޖެހިފައި ބުނެލިއެވެ. ފުލުހުން ޝުކުރު އަދާކޮށްލައިފައި ދިއުމުން އަރީނަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. އެއަށްފަހު ޒަވިއަންގެ ތަނަވަސް މޭ މަތީގައި މޫނު ފޮރުވާލިއެވެ.

އަރީންގެ ކަރުނައިގެ ހޫނުކަން އިހުސާސް ވުމުން ޒަވިއަނަށް ހީވީ މެޔަށް އަފުނޯސްކަށިތަކެއް ހަރާލެވުނު ހެންނެވެ. “ދެން ހިނގާ ގެއަށް. ރީން ރެސްޓް ކޮށްލަން ޖެހޭނެއްނު. ތިޔަހެން ނުރޮއޭ. ހެޔޮނުވާނެ ހުއްޓާލާ.” ޒަވިއަން އާދޭހުގެ ރާގަކަށް ބުނެލިއެވެ. “ނޫން. ސުމީ އެ ޙާލުގައި އޮއްވާ އަހަރެންގެ ކޮން ޙައްޤެއްތަ އޮތީ ދެފައި ދަމާފަ އަރާމު ކުރަން.” އަރީން ރައްދުގައި ބުނެލިއެވެ. އެހެނަސް މި ފަހަރު ޒަވިއަން އެ އަޑު އިވޭ ކަމަށް ވެސް ނެހެދިއެވެ. އަރީން ނަގާ އުރާލަމުން އޭނާ މިސްރާބު ޖެހީ ހަސްފަތާލުން ނުކުންނާށެވެ.

“ޒެވް. އަހަރެން ބަހައްޓާ. ޒޭވްވް.” އަރީން ތެޅިގަނެފައި ބުނެލިއެވެ އެހެނަސް ޒަވިއަން އަޅާވެސް ނުލައެވެ. ގޮސް އަރީން ކާރަށް ލައި ސީޓު ބެލްޓު އަޅުވާލުމަށް ފަހު ގެއަށް ދާން މިސްރާބު ޖެހިއެވެ. “ރެސްޓް ކުރަން ބޭނުން ނުވިއްޔާ ކުޑަމިނުން ފްރެޝްވެލަން ޖެހޭނެ. ރަނގަޅަށް ފެންވަރާލައިގެން ވިޔަސް ތި ގެންގުޅޭ ޚިޔާލުތައް ސިކުނޑިން ނެރެ އެއްލާލެވޭތޯ ބަލަން ހިނގާ.” ޒަވިއަން މިހެން ބުނުމުން އަރީން ހިމޭން ވެއްޖެއެވެ.

އޮޕަރޭޝަން ނިމޭނެ ވަގުތަކަށް އިންތިޒާރު ކުރަމުން ދެކޮޅަށް ހިނގާލަ ހިނގާލާ އިޙުސާނު ހުރީ ހިތްއަވަސް ވެފައެވެ. އަނެއްކޮޅުން ޢަބްދުއްރަޙްމާން ވެސް މޫނުމަތީގައި އަތް އަޅާ ލައިގެން އިނދެ ސުމައްޔާ ސަލާމަތްވޭތޯ ހިތާ ހިތުން ދުޢާ ކުރަމުން ދިޔައެވެ.

އޮޕަރޭޝަން ނިމި ޑަކުޓަރު ނުކުތުމާއި އެކު ދެ ފިރިހެނުންނަށް ވެސް އެ ދިމާލަށް ދެވުނީ ވީ ގޮތެއް އެނގެން ކެތްމަދުވެފައި ހުރެއެވެ. “މިހާރު ކޮންމެވެސް ވަރަކަށް ޕޭޝަންޓްގެ ޙާލަތު ރަނގަޅު ވަމުން ދަނީ. ކުރެވުނު ދެ އޮޕަރޭޝަން ވެސް ކާމިޔާބު. އެހެނަސް… އިހަށް އައިސީޔޫ އަށް ލައިފައި ބާއްވަން ޖެހޭނީ.” ޑަކުޓަރުގެ ވާހަކައިން އެމީހުންގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ. ފުރަތަމަ ވެސް އިޙުސާނު ޒަވިއަނަށް ގުޅާ އެ ޚަބަރު ދިނެވެ.

ސުމައްޔާ ގާތަށް ވަދެލަން ފުރުސަތު ލިބުނީ އިރުގަނޑެއް ފަހުންނެވެ. އެހެނަސް ސީދާކޮށެއް ނޫނެވެ. ހުންނަން ޖެހުނީ އެ ރޫމްގެ ބޭރުގައި ބިއްލޫރި ބިތެއްގެ ކުރިމަތީގައެވެ. ޢަބްދުއްރަޙްމާނަށް ސުމައްޔާ އޮތް ޙާލު ފެނުމުން ބިމަށް ތިރިވެވުނެވެ. އިޙުސާނު ހުއްޓުން އެރި އިރު އެ ދެލޮލުން ތާޒާ ކަރުނަ އޮހޮރެން ފެށިއެވެ.

ހަށިގަނޑުގެ އެކި ހިސާބުތަކަށް ހޮޅި ގުޅައިފައި ވީ އިރު އެ ފަކީރު ނޭވާ ލަމުން ދިޔައީ އޮކްސިޖަން މާސްކެއްގެ އެހީގައެވެ. އެ ޖިސްމުގެ ގިނަ ހިސާބުތަކެއްގައި ބެންޑޭޖް އޮޅައިފައިވިއެވެ. ދިރުމެއް ނެތް އެ މޫނު ވަނީ ކޮންމެވެސް ވަރަކަށް ހުދުވެފައެވެ. އިވެނީ މެޝިން ބީޕް ތަކުގެ އަޑެވެ.

“ރީން. ދެ އޮޕަރޭޝަން ވެސް ކާމިޔާބު. ދެން މާދަމާ ސުމައްޔާ ގާތަށް ވަދެލަން ދާނީ ދޯ. މިރޭ ނިދާލަން ވީނުން.” އަރީން ފެންވަރައިގެން ނުކުތުމުން ޒަވިއަން އެ ޚަބަރު ދިނެވެ. މި ޚަބަރުން ކޮންމެވެސް ވަރަކަށް އެ މޫނުމަތި އަލިވިއެވެ. ޒަވިއަން ގޮސް އަރީންގެ އަތުގައި ހިފާލަމުން ގެންގޮސް އެނދުގައި ބާއްވާފައި ރަޖާ އަޅާލިއެވެ. އެ ނިތުގައި ބޮސް ދިނުމަށްފަހު އޭނާ ގޮސް ފާޚާނާ އަށް ވަނީ ފެންވަރާލަން ބޭނުންވެފައި ހުރުމުންނެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ނިދިފައި އޮތް ޒަވިއަނަށް ހޭލެވުނީ އަރީން ކުކުރާ އަޑަށެވެ. ކުއްލިއެއް ޖަހާ ތެދުވަންނަމުން އޭނާ ސައިޑް ލޭންޕް އޮން ކޮށްލިއެވެ. އޭރު އަރީން ފުން ނޭވާތަކެއް ލަމުން ދެ އަތަށް ތެޅެމުން ދިޔައެވެ. ދެއަތް މުށްކަވާލެވިފައިވީ އިރު އޭނާގެ ނިތްކުރިމަތިން ދާތިކިތިކި ވިދަމުން ދިޔައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ހިޔަނިހެން (ފުރަތަމަ ބައި)

Next

ހިމޭން 7

Next
July 8, 2026

ހިމޭން 7

Previews
July 7, 2026

ހިޔަނިހެން (ފުރަތަމަ ބައި)

14 Comments!

  1. މަގޭ says:
    July 8, 2026 at 6:34 am

    konireh inthizaaru kuraathaa…konme dhuvahaku etha faharaku beley up veetho…vrh reethi

    1. aye says:
      July 8, 2026 at 11:20 am

      Literally😒 she mentioned she wouldn’t be able to upload till today in her previous chapter and made that chapter long! Oh c’mon ekm daily reader eh🙄

    2. White rose White rose says:
      July 8, 2026 at 11:57 am

      Kudakoh busy veema delay vee 🫠🫠
      Shukran މަގޭ ✨✨

    3. White rose White rose says:
      July 8, 2026 at 11:58 am

      Shukran aye ✨✨

  2. defnot_maanu says:
    July 8, 2026 at 6:41 am

    sumee haadha gadha ey dhww masha allah so proud of her and areen too
    sumee nehnnama e dhiaees areen ge dhuvass vess
    naseee beh hama e vaguthu ambulace vx ethanah aikan ehn noonnama sumee ge dhuvass … dhaane avass faruvaa eh nulibi
    js let them live in peace ✌
    hope sumee recovers very fast
    btw the other parts and this part was so good too
    when next?

    1. White rose White rose says:
      July 8, 2026 at 12:00 pm

      I’m delighted to hear that 🥰🥰
      Yhh, two girls are brave 😄😄
      Yhh, hama kiriyaa e salaamaiy vevuny 🥺🥺
      IA next Saturday
      I’m defnot_maanu ✨✨

  3. 🥀 says:
    July 8, 2026 at 9:24 am

    Sumee hama gadhaee ingey 10 varakah meehun bali kohlee viya
    Reen will regret herself a lot
    Wait. Will the police arrest her for accidentally killing him????
    Luv u 💗
    Whn nxt???

    1. White rose White rose says:
      July 8, 2026 at 12:03 pm

      Yhh, sumy vrh kulhadhaana 💪💪
      Areen fakeeru vrh ammilla nafs kuhveri kurey aan 💔🥀
      She did it in self defense, so shouldn’t receive a high punishment 😄😄
      IA next Saturday
      Shukran 🥀 ✨✨
      Lyt darl 🫰🏻🫰🏻

  4. ⋆. 𐙚 ˚ says:
    July 11, 2026 at 11:52 am

    Kobaa vhk?
    Adhi up nuvanee thr?

    1. White rose White rose says:
      July 11, 2026 at 12:10 pm

      Submitted
      Shukran ⋆. 𐙚 ˚ ✨✨

  5. ⋆. 𐙚 ˚ says:
    July 11, 2026 at 1:09 pm

    Nueh feney up vefa in kamakah

    1. White rose White rose says:
      July 11, 2026 at 1:15 pm

      Submit kuriyas upload vaany admin approve kuryma 🥀💔

  6. ⋆. 𐙚 ˚ says:
    July 11, 2026 at 1:33 pm

    Ok😔✌🏽

    1. White rose White rose says:
      July 11, 2026 at 4:34 pm

      Now uploaded

Comments are closed.

Next Episodeދެވުނީ ވޭނޭ 81←


All Right Reserved!