Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 81

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
July 11, 2026 8 Mins Read
17 Comments

Note: the medical information mentioned in the story may not align with reality

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ނިދިފައި އޮތް ޒަވިއަނަށް ހޭލެވުނީ އަރީން ކުކުރާ އަޑަށެވެ. ކުއްލިއެއް ޖަހާ ތެދުވަންނަމުން އޭނާ ސައިޑް ލޭންޕް އޮން ކޮށްލިއެވެ. އޭރު އަރީން ފުން ނޭވާތަކެއް ލަމުން ދެ އަތަށް ތެޅެމުން ދިޔައެވެ. ދެއަތް މުށްކަވާލެވިފައިވީ އިރު އޭނާގެ ނިތްކުރިމަތިން ދާތިކިތިކި ވިދަމުން ދިޔައެވެ. “ރީން ކިހިނެއްވީ؟ ތެދުވެ ދެލޯ ހުޅުވާލަބަ. ރީނޫ!” ޒަވިއަން އަރީންގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. “އަހަންނަށް… މާފު… މާފުކުރޭ. ސުމީ. އަހަރެންނާއި ހެދި… އާހް. ނޫން… ގަސްތަކު ނޫން. އޭނާ މަރާލާކަށް ނޫން… އަހަރެން.” ނިދީގެ ތެރެއިން ވާހަކަ ދައްކަމުން ދިޔަ އިރު އަރީންގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.

“ރީން.” ޒަވިއަން އަރީން ނަގާ ތެދުކުރުވަމުން މޭގައި ޖައްސާލިއެވެ. އަރީނަށް ހޭލެވޭ ވަރުވީ އިރުގަނޑެއް ފަހުންނެވެ. ހޭލެވުމާއި އެކު ކައްޓެއް ޖެހުނު ފަދައިން ދުރަށް ޖެހުނެވެ. އެއަށްފަހު ބިރެއް ފެނުނު ފަދައިން އަމިއްލަ އަތަށް ބަލައިލަމުން ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ. ބޯ ހޫރަމުން އޭނާ ބެލްކަނީގެ ދޮރު ފޮއްޗާއި ދިމާލަށް ބަލަން ހުރީ ބިރުން ފިއްކަނޑައިގެން ގޮސްފައިވާ ޙާލުގައެވެ. ޒަވިއަން އަރީންގެ މެދު ހަށީގައި ހިފާ ގާތަށް ދަމާލަމުން ބައްދާލިއެވެ.

“ރީން. ހަމަޖެހޭ. އެ ދިމާލުން އެއްޗެއް ފެންނަނީތަ؟ ތި ފެންނަ މަންޒަރަކީ ޙަޤީޤަތެއް ނޫން.” އޯގާތެރިކަމުގެކަމާއި އެކު އަރީންގެ ބޮލުގައި ފިރުމަމުން ޒަވިއަން ބުނެލިއެވެ. އަރީން ހަމައަކަށް އެޅުނީ އިރުކޮޅެއް ފަހުންނެވެ. ޒަވިއަން ސައިޑް ޓޭބަލް މަތީގައި ހުރި ފެން ޖަގުން ތަށްޓަށް ފެން އަޅާ އަރީންގެ ތުމުގައި ޖައްސާލިއެވެ.

“އަމްމް. ސޮރީ. އަހަރެންނާއި ހެދި ޒެވްގެ ނިދި ހަލާކުވީ ދޯ.” އަރީން އިސްޖަހާލައިގެން އިނދެ ބުނެލިއެވެ. “ތިހެން ނުބުނޭ. ރީން އަށް ގޮތެއް ވިއްޔާ ގާތުގައި މަދަދުވެރިވާން ހުންނަން ޖެހޭ ފަރާތަކީ އަހަރެން. މާދަން ހިނގާ ސައިކޭޓްރިސްޓަކަށް ދައްކާލަން. ރީނަށް މިހާރު ތި ވަނީ ސަހަލު ކަންކަމެއް ނޫން.” ޒަވިއަން އަރީންގެ އިނގިތަކަށް އޭނާގެ އަތް މަހާލަމުން ބުނެލިއެވެ. އެއަށްފަހު އަނެއްކާވެސް އޮށޯތީ ނިދާލުމުގެ ނިޔަތުގައެވެ. އަރީން ބުރަކަށީގައި ފިރުމަމުން އޭނާ ނިންދަވާލެވޭތޯ ޒަވިއަން މަސައްކަތް ކުރިއެވެ. ލަސްލަހުން ދެލޯ މެރި އަރީން ފުން ނިންޖަކަށް ގެނބިގެން ދާންދެން ޒަވިއަން އެގޮތަށް ޢަމަލުކުރިއެވެ. އަރީން ނިދިކަން ޔަޤީންވީ ނަމަވެސް ޒަވިއަންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އަރީނާއި މެދު ވިސްނި ވަރަކަށް އެ ދެލޯ ފެންކަޅިވަމުން ދިޔައެވެ.

އަރީނަށް މިއަދު ހޭލެވުނީ އެހެން ދުވަސް ދުވަހަށް ވުރެ ލަހުންނެވެ. ވަރު ނެތް މީހެއް ފަދައިން ގޮސް ފާޚާނާ އަށް ވަދެ ތާޒާ ވެލައިފައި އޭނާ ފުރަތަމަ ވެސް ނަމާދަށް އެރީއެވެ. ނަމާދަށް ފަހު އޭނާ ސުމައްޔާ ހެޔޮ ހާލުގައި ލެއްވުން އެދި ދުޢާ ކުރުމުގައި އެތައް އިރަކު އިނެވެ.

ޒައިލީން ނަގާ ރީތި ކުރުމުގެ ނިޔަތުގައި އަރީން އެ ކޮޓަރިއަށް ވަނީ އަށެއް ޖަހަނިކޮށެވެ. އެ ވަގުތު ކުޅޭ އެއްޗެހި ހިފައިގެން މޭޓު މަތީގައި އިން ޒައިލީން ތެދުވެ މަންމަ ގާތަށް ދުވެފައި ދިޔައެވެ. “ޒެލީ މިއަދު ފަލަކް ދައްތި އާއި އެއްކޮށް ފެންވަރާލީތަ؟” އަރީން ޒައިލީން ނަގާ އުރާލަމުން އެހިއެވެ. “ނޫން. ބައްޕި. ބަލާ. ބައްޕަ ޖަހައިދިން ކޮކާ ދައްޗެއް. ލީތި ދޯ!” ޒައިލީން އޭނާގެ ބޮލުގައި އިން ދަތީގައި އަތް ޖައްސާލަމުން ބުނެލިއެވެ. އަރީން ހޫމް ލައްވާލައިފައި ދެން އުޅުނީ ޒައިލީންގެ ހައިހޫނުކަން ފިލުވަން ގާތުން ދޭށެވެ.

އަރީން ހުއްޓާލީ ދުވަހަށް ވާވަރަށް ޕަންޕް ވެސް ކޮށްފައެވެ. މި ކަމާއި ހެދި ކޮންމެވެސް ވަރަކަށް ވަރުބަލިވިއެއް ކަމަކު އޭނާ އެ ކޮޓަރިން ނުކުންނާކަށް ޚިޔާލެއް ނުކުރެއެވެ. ޒައިލީން ކުޅޭ އެއްޗެހި ހިފައިގެން ސަކަރާތް ޖަހާ މަންޒަރު ބަލަން އިނީއެވެ. އެ ލޯބި ހިނިތުންވުން ފެނި އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވެއެވެ.

“މަންމީ. އާދެ ކުޅެން. ކީއްވެ މިއަދު ދެލަވެފަ. މަންމަ ތިހެން ހުރީމަ ކޮއްކޮ ވަލަށް ސޭޑްވޭ.” ޒައިލީން ގޮސް އަރީންގެ އުނގަށް ވެއްޓިގަތެވެ. ތުން އޫކޮށްލައިގެން އަރީންގެ މޫނަށް އެ ކުއްޖާ ނަޒަރު ހުއްޓާލައިގެން އޮތީ ކަމެއް ދޭހަ ކުރަން އުޅޭ ފަދައަކުންނެވެ.

“މަންމަ އަށް ކަމެއް ނުވެޔޭ. މިއަދު ކުޑަކޮށް ވަރުބަލިވީ.” އަރީން މޫނުމައްޗަށް މަސްނޫއީ ހިނިތުންވުމެއް ގެންނަމުން ޒައިލީންގެ މޫނުގައި ފިރުމާލިއެވެ. “ދޮގު. މި ހުލިހާ ދުވަހަކު ހެނދުނު ގަޑީގަ ޒެލީ އާއި އެކު ކުޅޭ އިލު ޖޯކު ކިޔާ ހެމުން މަޖާ ގޭމު ކުޅޭނެ. މިއަދު ސްމައިލް އެއް ވެސް ނުދޭ. ކާކު މަންމި ލޮއްވާލީ. ޒެލީ އެމީހަކަށް އައްދޮކޮށްލާނަން.” އަތުގައި އޮތް ވިދާ ދަނޑިކޮޅަށް ބާރުކޮށްލަމުން ޒައިލީން އޭނާގެ ތުއްތު އަޑުން ބުނެލިއެވެ. ޒައިލީންގެ ވާހަކަތައް އިވިފައި އަރީން ފެންކަޅިވާގޮތްވިއެވެ. އެހާ ޅައުމުރުގައި ވެސް ޒައިލީނަކީ ވިސްނުން ތޫނު ކުއްޖެކެވެ. ފަރިތަކަމާއި އެކު ދިވެހިން ވާހަކަ ދައްކަން އެނގެއެވެ. ކިޔަން އުނދަގޫ ހަމައެކަނި އަކުރަކީ ރ އެވެ. އަހަރު ނުވަނީސް ވާހަކަ ދައްކަން ދަސްކޮށްދޭން ފެށުމަށް ފަލަކް އާއި އާފިޔާ ހިފާލައިގެން ހުރުމުގެ ނަތީޖާއެވެ.

“މިއަދު ހިނގާ ދޯ ދައްތަ އާ އެއްކޮށް ކުޅެލަން. މަންމަ ކުޑަކޮށް ބަލިވެ އެ އުޅެނީ.” ފަލަކް ގޮނޑިން ތެދުވެގެން އައިސް ޒައިލީން ނަގާ އުރާލައިފިއެވެ. އަރީން ބަލި ވާހަކަ ބުނުމުން ޒައިލީން އިތުރަށް ޝަކުވާ ކުރާކަށް ނޫޅުނެވެ. ފަލަކް އާއި ބައިވެރިވެގެން ކުޅެން ފެށިއެވެ. އެހެނަސް ދޭތެރެއަކުން އަކުން ގޮސް އަރީން ހެއްވާލެވޭތޯ ކޮންމެވެސް އެއްޗެއް ބުނެ ވައްތަރެއް ޖައްސާލައެވެ. ޒައިލީންގެ މި ލޯބި އަމަލުތަކުން އަރީންގެ ހިތް އުފަލުން ފުރިގެން ދެއެވެ. އެކަހަލަ ލޯބި އަޅާލުންތެރި ކުއްޖަކު ލިބުނު ކަމަށް ޓަކައި އޭނާ އަށް މާތް ﷲ އަށް ހަމްދުކޮށްލެވުނެވެ.

“ރީން. އާދެ ކާން.” ޒަވިއަން އައިސް އަރީންގެ ކޮނޑުގައި ހިފާލަމުން ބުނުމުން އޭނާ ސިހޭގޮތް ވިއެވެ. “މި ވަގުތު ކާ ހިތެއް ނެތް.” އަރީން ކުރީ އިންކާރެވެ. “ރޭގައި ވެސް ރަނގަޅަށް ނުކަމެއްނު. ދެން އާދޭ ކާން. ތިޔަހެން ނުކައި ހުރީމަ ރީންގެ ސިއްޙަތަށް ގެއްލުންވާނެއްނު. ހުންނާނެ ކުކުޅު ސެލެޑެއް ހަދާފަ.” ޒަވިއަން މަޑުމައިތިރި ކަމާއި އެކު އަރީން އެއްބަސް ކުރެވޭތޯ މަސައްކަތް ކުރިއެވެ.

“ޒެވް ކާންވީނުން. ޖޮބަށް ދާން ވަގުތު ކުޑަތަން ވަނީނުން.” އަރީން ރައްދުގައި ބުނެލިއެވެ. “އަހަރެން މިއަދު އޮފީހަކަށް ނުދާނަން. މި ދުވަސްކޮޅު ކުޑަ ބްރޭކެއް ނަގަން ކަމަށް. އަހަރެން ކާނީ ރީން ކެއިއްޔާ.” ޒަވިއަން އަރީންގެ އަތަށް ފިތާލަމުން ބުނެލިއެވެ. އަރީން ތެދުވަންނަން ޚިޔާލު ކުރީ ވެސް ޒަވިއަން އެހެން ބުނުމުންނެވެ.

އަރީން ގޮސް ކާމޭޒު ކައިރީގައި އިށީނުމާއި އެކު ޒަވިއަން ސެލެޑުތަށި އަތަށް ނަގާ އޫ ހަރާލިއެވެ. ޒަވިއަންގެ މި އަމަލުން އަރީން ގަތް ލަދުން ދެލޯ ބޮޑުކޮށްލީ އެ ވަގުތު ޒިޔާދުމެން ވެސް ކާން އައިސް ތިބުމުންނެވެ. “އަހަރެންނަށް އަމިއްލައަށް ކެވޭނޭ. މަންމަމެން ތިއްބާ ތިހެން ނުހަދަގަ.” އަރީން ޒަވިއަންގެ ފައިގައި ކޮއްޓާލަމުން ވައި އަޑުން ބުނެލިއެވެ. “ތި ވާހަކަ ނެތް ޤަބޫލުކުރެވޭކަށް. ތިއުޅެނީ ދެތިން އެތިކޮޅު ކާލައިފައި ތަށި ހާވާލަ ހާވާލަ އިންނާކަންނު. ދެން އެހެން މީހުން ކައި ނިމޭއިރަށް ރީން ވެސް ތެދުވަންނާނެ. މިއަދު ކްލިނިކަށް ވެސް ދާން ޖެހޭ. ރަނގަޅަށް ކައިގެން ހުންނަން ވާނީ. މަންމަމެން ކައިރީ އަހަންވީތަ ކާންދޭން ކޮޓަރިއަށް ދިޔަޔަސް އެންމެ ރަނގަޅުތޯ.” ޒަވިއަން ބުނެލިއެވެ. އަރީން ރަކިވެފައި އިނދެ ވެސް ކާން ފެށީ ޒަވިއަން އެ ވާހަކަ އާފިޔާމެންނާއި ދައްކަފާނެ ކަމުގެ ބިރަށެވެ. އަނެއްކޮޅުން އާފިޔާމެންނަށް ޒަވިއަންމެންގެ ލޯބި ޙަރަކާތްތަށް ފެނި އިނދެވުނީ ހީނލަހީލާ އެވެ.

ރެއިން ސުރެ އަދިވެސް އިޙުސާނު އުޅެނީ ހަސްފަތާލުގައެވެ. ފުރުސަތެއް ލިބޭއިރަށް ސުމައްޔާގެ މޫނު ދެކިލަން ވަދެލައެވެ. ސުމައްޔާ އޮތް ނާޒުކު ހާލަތުގެ ސަބަބުން އޭނާގެ އަރުތެރެއިން ކާއެއްޗެއް ފެންތިކެއް ދިރޭ ކަމަކަށް ނުވިއެވެ. ރޫހު މަރުވެފައިވާ މައްޔިތެއް ފަދައިން އައިސީޔޫ ކުރިމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުންނަނީ ސުމައްޔާ ހޭއަރާތޯ ބަލާށެވެ. ނަމާދު ވަގުތު ޖެހިއްޖެނަމަ ނަމާދުކޮށް ސުމައްޔާ ހެޔޮ ހާލުގައި ލެއްވުން އެދި އޭނާ ދުޢާ ކުރަމުން ދިޔައެވެ.

ކޮޓަރީގައި ތައްޔާރު ވާން ހުރި އަރީންގެ ޙަރަކާތްތަކަށް ބަލަން ޒަވިއަން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އަރީންގެ ފަރާތުން ރޭގައި ފެނުނު ކަންތައްތަކުގެ ސަބަބުން އެ ހިތް ބިރުގަނެފައިވަނީ އިންތިހާއަށެވެ. އެއީ ދުވަހަކުވެސް އަރީންގެ ފަރާތުން އޭނާއަށް ފެނުނު ސިފައެއް ނޫނެވެ އޭނާ އަރީނަށް ގޯނާކޮށް އެތައް ގޮތަކުން އަނިޔާވެރިވީ ދުވަސްކޮޅުގައި ވެސް އަރީންގެ ފަރާތުން އެ ކަހަލަ ކުލަތަކެއް ނުފެނެއެވެ. އެ ދުވަސްތައް ހަނދާނަށް އައުމުން އަނެއްކާވެސް އޭނާ ފެންކަޅިވިއެވެ. އަމިއްލަ މޭގައި އަތުން ޖަހާލެވުނީ ކުށްވެރިކަން އިހުސާސް ވުމުންނެވެ.

ތައްޔާރުވެ ނިމުމުން ދަބަސް ކޮނޑުގައި އަޅުވާލަމުން އަރީން ޒަވިއަން ގާތަށް ދިޔައެވެ. ޒަވިއަން އެސްފިޔަ ތަޅުވާލުމަށް ފަހު އަރީންގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުންނަން ދިޔައެވެ. ސިޓިންރޫމާއި ހަމައަށް ދެވުމުން ޒައިލީން އެ މީހުންގެ ފަހަތު އަޅުވާލިއެވެ. “ބައްޕީ! ކޮއްކޮ ވެސް ގޮވައިގެން މިއަދު ބޭރަށް ދޭބަ.” ޒަވިއަންގެ އަތުގައި އެލިގަންނަމުން ޒައިލީން އެދުނެވެ. “ސޮރީ ޕްރިންސެސް. ފަހުން ގެންދާނަން. މިވަގުތު ވަރަށް މުހިންމު ކަމެއްގަ މި ދަނީ.” ޒަވިއަން އެ ކުއްޖާ އާއި އެއް ހަމައަށް ތިރިވެލަމުން ބުނެލިއެވެ. ޒައިލީނަށް ޒަވިއަންގެ މަޑު ރަތްކަމެއް ހުރި ލޯ ފެނުމުން އެކުއްޖާގެ ހިނިތުންވުން ފިލާ ދިޔައެވެ. “ބައްޕި ވެސް މިއަދު ލޮނީ ދޯ. މަންމި ބަލިވީމަތަ؟ ކޮއްކި ވެސް ވަލަށް ދެލަވޭ މަންމަ ބަލިވީމަ.” ޒައިލީން އެހެން ބުނެލިއިރު އެ ސާފު ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. “އަޅޭ. ދަރިފުޅު ނުރޮއޭ ހުއްޓާލާ. މަންމި މިހާރު ކުޑަކޮށް ރަނގަޅޭ. އަދި އެއަށް ވުރެ ރަނގަޅު ވާނެ އިންޝާ ﷲ. އަވަހަށް ބަސްއަހައިގެން ދޭ މާމަ ގާތަށް.” ޒަވިއަން ޒައިލީންގެ ކަރުނަތައް ފުހެދެމުން ނިކަން ލޯބިން ވާހަކަ ދެއްކިއެވެ. އެ ކުއްޖާ ދުވެފައި އާފިޔާ ގާތަށް ދިއުމުން ޒަވިއަން އަރީން ގޮވައިގެން އެ ގެއިން ނުކުތެވެ.

ކެއަރ ހަސްފަތާލަށް ދެވޭންދެއް އަރީން އިނީ ކާރުގެ ކުޑަދޮރުގައި މޫނު ޖައްސާލައިގެންނެވެ. ނެގިމަޑުވެފައި އިން ގޮތުން ޒަވިއަންގެ ހިތަށް އުނދަގޫ ވަމުން ދިޔައީ އިންތިހާއަށެވެ. އެހެނަސް އަރީން ހިތްހަމަޖައްސާލަން ބުނާނެ އެއްޗެއް އޭނާ އަކަށް ނޭނގުނެވެ. އައިސީޔޫގައި ނިކަމެތި ޙާލެއްގައި އެއޮތީ އަރީންގެ އެންމެ ގާތް އެކުވެރިޔާއެވެ. އުމުރުގެ ބޮޑުބައެއް އެކުގައި ހޭދަ ކުރި ވަފާތެރި މިތުރެވެ. މި ކަހަލަ ޙާލަތެއްގައި އަރީންގެ އިހުސާސްތައް ދެނެގަތުމަކީ އޭނާ އަށް ފަސޭހަކަމަކަށް ނުވިއެވެ.

“ސުމީ!” އައިސީޔޫއިން ސުމައްޔާ ފެންނަ ހިސާބަށް ދެވުމުން އަރީންގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ދިރުމެއް ނެތް އެ ފަކީރުގެ ނިކަމެތި ޙާލަތު ފެނި އޭނާއަށް އަނެއްކާވެސް ކުށްވެރިކަން އިހުސާސް ކުރެވެން ފެށުނެވެ. ޒަވިއަނަށް މިކަން ފާހަގަ ވުމުން އަރީން މަގަތަށް ދަމާލައިފިއެވެ. މާގިނައިރު ކުރަން ނުހަދާ ޒަވިއަން އޭނާ ގޮވައިގެން އެތަނުން ނުކުތީ ދެރަވެގެން އަރީނަށް އަނެއްކާވެސް ގޮތެއް ވެދާނެ ކަމުގެ ބިރު އޮތީމައެވެ. ހަމައެހެންމެ ކްލިނިކަށް ދައްކަން ދާ ޖެހޭ ވަގުތު ކުޑަތަންވެފައި ވާތީއާއި އެކުގައެވެ.

ކްލިނިކަށް ދެވުނު އިރު ވެސް އަރީން އިނީ ހިމޭނުންނެވެ. އޭނާގެ ނަންބަރު ޖެހުމުން ޒަވިއަން ތެދުވަންނަމުން އަރީންގެ އަތުގައި ހިފާލިއެވެ. ދިރުމެއް ނެތް މަރު މައްޔިތެއް ފަދައިން ހިނގައިފައި ދިޔަ އަރީންގެ ސިކުނޑީގައި އެތަކެއް ޚިޔާލެއް ދައުރު ވަމުން ދިޔައެވެ. އެތެރެއަށް ވަދެފައި ޑަކުޓަރުގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައީ ވެސް ޒަވިއަނެވެ. އަރީން ގާތު އެއްޗެއް އެހިއްޔާ އާނ ހޫނ ބުނެގެން ފުއްދާލަނީއެވެ.

“މީގެ ކުރިން މިކަހަލަ އެއްވެސް ކަމަކާއި ކުރިމަތިލާން ޖެހުނުތަ؟” ޑަކުޓަރުގެ މި ސުވާލުން ޒަވިއަން ފާޑަކަށް ހުއްޓުން އެރިއެވެ. “ލައްބަ.” އަރީންގެ ޖަވާބުން ޒަވިއަންގެ ޙައިރާންކަން އިތުރުވިއެވެ. “އެއީ ކޮން އިރަކު؟ އެކަމާ ގުޅުން ހުރި ލިޔެކިޔުންތައް އެބަހުރިތަ؟” ޑޮކްޓަރ އަލޫކާ އެހިއެވެ. “އެއީ މީގެ ދިހަ އަހަރު ކުރިން. ކެނެޑާ އަށް ގޮސްފަ ދެއްކީ. އޮންލައިން ޑޮކިޔުމެންޓްތައް އެބަހުރި. ކޮން ނަންބަރަކަށް ފޮނުވާލަންވީ” އަރީން ބުނެލިއެވެ. އަލޫކާ ބުނި ނަންބަރަށް އެ އެއްޗެހި ފޮނުވާލުމުން އޭނާ ފަރުވާތެރިކަމާއެކު އެ އެއްޗެހި ކިޔާލިއެވެ.

“މި ފަހަރު ވެސް އެއްކަމަކަށް ޑައިގްނޯޒް ކުރެވެނީ. މައްސަލަ ދިމާ ވަނީ އެކްސްޓްރީމް ގިލްޓްގެ ސަބަބުން. ހަލޫސިނޭޓް ކުރެވުމާއި ނިދަން އުނދަގޫވުމާއި ކުއްލިކުއްލިއަށް ސިއްސައިގެން ދިއުން މިއީ ދިމާވާނެ ބައެއް އުނދަގޫތައް. ބައެއް ޕޭޝަންޓުންނަށް ކާން ވެސް އުނދަގޫވޭ. އަރީން އެސްތްމާ ޕޭޝަންޓަކަށް ވުމުން އެސްތްމާ އެޓޭކް ޖެހޭ މިންވަރު ވެސް އިތުރު ވެދާނެ. އަޅުގަނޑުމެންނަށް މި އުނދަގޫތައް ކުޑަކޮށްދޭން ބޭސްދެވިދާނެ. އެކަމު ނަފްސަށް އެވާ އުނދަގުލުން ސަލާމަތް ކޮށްދިނުމަކީ އަޅުގަނޑުގެ އަތްމަތީގައިވާ ކަމެއް ނޫން. އަރީނަށް އެނގޭދޯ މިކަމުން އަރައިގަނެވޭނީ އަމިއްލަ ނަފްސު ކުށްވެރި ކުރުން ހުއްޓާލީމަ ކަން.” އަލޫކާ މަޑުމައިތިރި ކަމާއި އެކު ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ. އަރީން ހަމަ އެކަނި ބޯ ޖަހާލީއެވެ. ޒަވިއަން އަލޫކާ ލިޔެދިން ބޭސް ސިޓީ ނަގައިފައި އަރީންގެ އަތުގައި ހިފާލަމުން ނުކުތެވެ. ވަކި ހިސާބަކަށް ގޮސް ޒަވިއަން އަރީންގެ ގައިގައި ބާރަށް ބައްދާލައިފިއެވެ.

“ކީއްވެ ކުރިން ވެސް އެ ކަހަލަ ކަމެއް ދިމާވި ވާހަކަ ނުބުނީ. ޒައްކޮ ނިޔާވުމުން ރީން ތިހާ ނިކަމެތި ހާލެއްގައި އުޅުނުކަން އެހެން މީހަކާ ހިއްސާ ކުރިންތަ؟ ކިހާ ދުވަހެއް ވާންދެން އޭރު އެކަމުގައި އުޅެން ޖެހުނުތަ؟ އެހާ ވަރަށް އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ. ތިއީ ކިހާ ރަނގަޅު މަޑުމައިތިރި ކުއްޖެއްތަ؟ މިއަދު ސުމީ އެހާލުގައި އޮތީ ރީންގެ ކުށަކުން ނޫނޭ. އެއީ އެ ނުލަފާ ގޭންގް މީހުންގެ ސަބަބުންނޭ. ދެން ރީން ދިން ހަމަލާ އަކުން ނިޔާވި މީހާ… ރީން އެކަން ކުރީ އަމިއްލަ ނަފްސާއި ސުމައްޔާ ރައްކާތެރިކުރުމުގެ ނިޔަތުގައެއްނު. އެއީ މައްސަލައެއް ނޫނޭ. އެކަމަށް އެންމެ ބޮޑުވަރު ވެގެން ވެސް ޖެހޭނީ ލުއި ދިޔައެއް ދައްކަން. ހެޔޮނުވާނެ. އަހަރެން މޮޔަވެދާނެ ރީން ތިހާ ނިކަމެތި ވިއްޔާ.” ޒަވިއަން އަރީންގެ ބޮލުގައި ފިރުމަމުން އެ ސިކުނޑީގައިވީ ޚިޔާލުތައް ބަންޑުން ކޮށްލިއެވެ.

“އަޒާ ނިޔާވި ދުވަހު އަހަރެން އަމިއްލަ ނަފްސަށް އަޑުލީ ސަބަބަކާ ހުރެއޭ. އަހަރެންގެ އެޕާޓްމަންޓަށް އަޒާ ނުގެނައިނަމަ މިއަދު އަހަރެމެންގެ ގާތުގައި އެ ކުއްޖާ ހުރީސް. ދެން އޭގެ މައްޗަށް މީހުންގެ ފަރާތުން ކުރިމަތިވި ނުރުހުން. ޒެވް އަހަރެންނަށް ނަފުރަތު ކޮށް ކުރިމަތިލި ކުރިމަތިލުން. އަހަރެން ކެނެޑާ އަށް ދިޔަ ފަހުން ކޮންމެވެސް ނޫހަކުން ސޯޝަލް މީޑިޔާގައި އަހަރެންގެ ވާހަކަ ވައިރަލް ކޮށްލިއެއްނު. އޭގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ފަހުން އަހަރެންނަށް އެހެންވީ. މަންމަމެން ކަންބޮޑުވެދާނެތީ އެކަން ހިއްސާއެއް ނުކުރަން. ހަމައެކަނި އުޅުނު ގޭގެ މީހުންނަށް އެނގޭނީ. ސުމައްޔާ އަށް ވެސް އެނގޭނެ. އަހަރެއް ފާއިތުވި ފަހުން އެކަމުން އަރައިގަނެވޭ ވަރުވީ. އެކަމުގައި އަސްލު އަހަރެންގެ ކުށެއް ނެތް. އެކަމަކު މި ފަހަރު… މި ފަހަރު އެ ހުރިހާ ކަމެއްވީ އަހަރެންގެ ސަބަބުން. ދުވަހަކުވެސް އަހަރެންނަށް އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެ. ސުމައްޔާގެ ބަދަލު އަހަރެންނަށް އެހެން ވިނަމަ. އޭރުން ކިތަންމެ ނުބައި ވިޔަސް އެ ފިރިހެނާ މަރާނުލެވުނީސް. އަހަރެންނަށް ކޮންމެ ފަދަ ޙާލެއް ޖެހުނަސް އެކަމެއް ޤަބޫލުކޮށް ކެތްތެރިވެވިދާނެ. އެކަމް.. އެކަމަކު އަހަރެން ލޯބިވާ މީހަކަށް ބެހުނިއްޔާ މަޑަކުން ނުހުރެވޭނެ. އަދި އަމުދުން އަހަރެންގެ އިހުމާލުން ގާތް މީހަކަށް ގެއްލުމެއް ލިބުނިއްޔާ…” ނޭފަތް ދަމަމުން އަރީން ވެސް އެ ހިތުގައިވީ އިހުސާސްތައް ބޭރުކޮށްލިއެވެ.

“އައިމް ސޮރީ. އަހަރެންނަށް މާފުކުރޭ. އޭރު އެކަން ތިވީ އަހަރެންގެ ވެސް ކުށަކުން. ދެން މިފަހަރު ހިނގައިދިޔަ ކަންތައް. އެއީ ވެސް ވަކި ރީންގެ އިހުމާލުންވީ ކަމެއް ނޫނޭ. އެކަމާ ނުވިސްނާ ދެން ހިނގާ ދަމާ.” ޒަވިއަން އަރީން ދުރަށް ޖައްސާލަމުން އެ މޫނުގައި ދެއަތުން ހިފާލަމުން ބުނެލިއެވެ.

ސުމައްޔާ ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވުނީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭރު ވެސް އެ ފަކީރު ހެޔެއް ނާރައެވެ. އެހެނަސް ބައެއް ޒަޚަމުތައް ފަސޭހަވެ ބޭންޑޭޖް އޮޅައިފައިވީ މިންވަރު މަދެވެ. ލަސްލަހުން އޭނާގެ ސިއްހީ ހާލަތު ރަނގަޅު ވަމުން ދިޔަ ނަމަވެސް ޢަބްދުއްރަޙްމާނާއި އިޙުސާނުގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ދެ މީހުން ވެސް ހިކި އަނަރޫފަ ވެފައިވާ އިރު ދިރިއުޅެމުން ދިޔައީ ހަސްފަތާލުގައެވެ. އަރީން ވެސް ޤަވާޢިދުން ސުމައްޔާގެ ގާތަށް އައިސް ގިނަ ވަގުތުތަކެއް ހޭދަކުރަމުން ދެއެވެ. ޒައިންމެން ވެސް ސުމައްޔާގެ ގާތަށް ވީ ވަރަކުން ޒިޔާރަތް ކުރެއެވެ. ސުމައްޔާ ފެނިފައި ކޮންމެ ފަހަރަކު ވެސް އަފާފް ރޯން ފަށައެވެ. ޒައިނާއި އަކްމަލް ވެސް ސުމައްޔާ ފެންނަ ކޮންމެ ފަހަރަކު ހިތްދަތިވެއެވެ. އެކުގައި މަސައްކަތް ކުރި ސަމާސާ ބޮޑު މިތުރަށް އެފަދަ ނިކަމެތި ހާލެއް ޖެހުމުން އެ ދެމީހުން ވެސް ތިބެނީ ނެގިމަޑުވެފައެވެ. ޒިޔާދުމެންނާއި އަފްޒަލް މެން ވެސް ސުމައްޔާގެ ގާތަށް ޒިޔާރަތް ކޮށް ޢަބްދުއްރަޙްމާނަށް ހިތްވަރު ދެވޭތޯ ބަލައެވެ.

ހޯމަ ދުވަހެވެ. ހަވީރުގެ ވަގުތު ޒަވިއަންމެން ކޯޓަށް ދިޔައީ މިއަދަކީ ކުށްވެރިންނަށް ހުކުމް އިއްވޭ ދުވަހަށް ވާތީއެވެ. ނާންނަނީ އިހުސާނާއި ޢަބްދުއްރަޙްމާނެވެ. ސުމައްޔާ ދޫކޮށްލައިފައި އެތަނަށް އައުމަކީ މުހިންމު ކަމެއް ކަމުގައި އެމީހުން ނުދެކުނެވެ.

ކުށްވެރިން ކުރެ ފަހަރަކު މީހަކަށް އެކަށީގެންވާ ފަދައިން ކޯޓުން ހުކުމް އިއްވަމުން ދިޔަ އަޑު އަހަން އަރީން އިނީ ޒަވިއަންގެ އަތުގައި ހިފާލައިގެންނެވެ. ސަގަރޭ އަށް މަރުގެ ހުކުމެއް އިއްވުމުން ޒަވިއަންގެ މޫނުމަތީގައި ހިނިތުންވުމެއް ކުޅެލެވުނެވެ. އިސްކޮށްތިބި އެހެން މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވުނު އިރު ކޮންމެ މީހެއްގެ އަތުން ބޮޑު ޖޫރިމަނާ އެއް ނަގާ ގޮތަށް ހަމަޖެހުނެވެ. މަރުފަލި ގޭންގް މެންބަރު ކުރި ކުށްތަކުގެ މައްޗަށް ރިއާޔަތް ކޮށް އެމީހުންނަށް ވެސް ދިގު މުއްދަތެއްގެ ޖަލު ހުކުމް އިއްވިގެން ދިޔައެވެ. މީގެއިތުރުން ބްލޫ ވޯޓާސްގެ ގިނަ ހޮޓެލްތަކާއި ރިސޯޓުތަކެއްގެ އޯވްނަރޝިޕް ޒިޔާދުގެ ނަން މައްޗަށް ބަދަލުކުރެވުނެވެ. ޔަޒާންގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސް ހައްދު ޖެހުމަށް ނިންމުނެވެ. އެންމެ ފަހުން ހުކުމް އިއްވުނީ އުމުރުގެ ގޮތުން އެންމެ ހަގުކޮށް ހުރި ނާއިލަށެވެ.

“ވިހި އަހަރުގެ ޖަލު ހުކުމެކޭ! އަހަރެންގެ ޒުވާން އުމުރު ހަލާކުކޮށްލައިފައި އަރީ ހާދަ އުފަލެއްގައި އޭ ތިއުޅެނީ. ހަމަ އެއްވެސް ވަރަކަށް ހަމްދަރުދީ ނުވަންތަ؟ އަރީގެ ބޯ ހަރު ކަމުން އަހަރެންނާއި ގުޅެން އެއްބަސް ނުވީމަ އަހަރެންނަށް މި މަގުން ދާން ޖެހުނީ. ދުރުގައި ހުރޭ. ކިތަންމެ ވަރެއް ކުރިއަސް ކަލޭމެނަށް އަހަރެންގެ ދުލުގައި ހިފާފައެއް ނުހުއްޓުވޭނެ. ޒަވިއަންގެ ނަފުރަތު އަމާޒުކުރަން އަޒާޔާ މަރާލީމަ ވެސް އަރީއަށް ތިހިރަ ފިރިހެނާ މަތިން ހަނދާން ނައްތާނުލެވުނީ ކީއްވެގެންތަ؟ އޭނ. ނޭނގެނީތަ އަހަރެން އަރީ ދެކެ ލޯބިވާ މިންވަރެއް. އަރީއަށް ޓަކައި ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުރީމަ ވެސް އެނގުނީ އެހެރަ ނުލަފާ ފިރިހެނާ އާއި ގުޅެންތަ؟ މަށަށް އަރީ ނުފެނި ނުހުރެވޭނެ. ތި ރީތި ހިނިތުންވުން، ތި ފުރިހަމަ މިޒާޖު، ތި މައުސޫމް މޫނުކޮޅު. އާރގް.. އަރީ އެ ނުލަފާ ފިރިހެނާ އާއި އެކު އުޅެގެން ނުވާނެ. މަށަށް އެކަމެއް ހަޖަމެއް ނުކުރެވޭނެ. އާނ. އެ ވަރަށް މަ މި ހުރީ ތި ލޯބީގައި ދީވާނާވެފަ.” ފުލުހަކު އޭނާ ގޮވައިގެން ކޯޓުން ނުކުންނަން އުޅުމުން ނާއިލް ދުރަށް ޖެހުނެވެ. ޒަވިއަން ސިހިފައި އަރީންގެ ކަންފަތް މަތީގައި އަތް އަޅާ ބާރުކޮށްލީ ނާއިލްގެ ވާހަކަތައް އިވުނަކަ ނުދޭށެވެ. އެހެނަސް އަރީނަށް ނާއިލް ދެއްކިހާ ވާހަކައެއް ސާފުކޮށް އިވުނެވެ. އޭނާގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔަ އިރު އަމިއްލަ ނަފްސަށް ނަފްރަތު ކުރެވެމުން ދިޔައީ އިންތިހާއަށެވެ.

ނާއިލް ކުއްލިއަކަށް ހުރެފައި ކައިރީގައި ހުރި ފުލުސް މީހާގެ ބެލްޓަށް ޖަހާލެވިފައިވާ ބަޑި ނަގާ އަމާޒުކޮށްލަމުން ދެ ވަޒަނެއް ދޫކޮށްލިއެވެ. އިވުނު ވަޒަނުގެ ގަދަފަދަ އަޑާއި އެކު އެ މާލަމުގައި ގުގުމައިގެން ދިޔައީ އަރީންގެ ތޫލި ހަޅޭކުގެ އަޑެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

އިންސާފް (ސަޔާޅީސްވަނަ ބައި)

Next

ހިތް އެދޭ މަންޒިލަކީ… 40

Next
July 11, 2026

ހިތް އެދޭ މަންޒިލަކީ… 40

Previews
July 11, 2026

އިންސާފް (ސަޔާޅީސްވަނަ ބައި)

17 Comments!

  1. 🥀 says:
    July 11, 2026 at 6:24 pm

    Mi part vs vrh reethi MA!
    Don’t tell me he shot Xev!!!
    Waiting for Sumee to recover
    Whn nxt???
    Luv u 💗

    1. White rose White rose says:
      July 12, 2026 at 8:05 am

      Glad to know 🥰🥰
      That’s also a possibility, will zev survive?? 🥺🥺
      IA next Tuesday
      Shukran 🥀 ✨✨
      Lyt darl 🫰🏻🫰🏻

  2. BLOSSOM says:
    July 11, 2026 at 6:42 pm

    alheyy don’t let naail get them like that that’s not fair life is not fair but reen went through enough already she deserves better than that

    1. White rose White rose says:
      July 12, 2026 at 8:06 am

      Let’s see what naail did in next ep, stay tuned 👀👀
      Shukran BLOSSOM ✨✨

  3. pumpkin🎃 says:
    July 11, 2026 at 7:41 pm

    this part is good as always
    pls dont tell me he shot xev or reen
    wishing sumee to recover soon
    wish nail got more harsh punishment for what hedid to other
    whn next

    1. White rose White rose says:
      July 12, 2026 at 8:13 am

      Happy to hear that 🥰🥰
      That’s a possibility 🫠🫠
      IA next Sunday
      Shukran pumpkin🎃 ✨✨

  4. Heart 💔 says:
    July 11, 2026 at 7:52 pm

    When next part

    1. White rose White rose says:
      July 12, 2026 at 8:13 am

      IA next Tuesday
      Shukran Heart 💔 ✨✨

  5. Anonymous says:
    July 12, 2026 at 8:51 am

    Sunday Haadha laheyyy

    1. White rose White rose says:
      July 12, 2026 at 9:24 am

      That’s a mistake, on Tuesday IA
      Shukran Anonymous ✨✨

    2. Anonymous says:
      July 12, 2026 at 9:08 pm

      Owhh 😇

  6. Esme ♡ says:
    July 12, 2026 at 9:57 am

    Mysterious 🙀✴️

    1. White rose White rose says:
      July 12, 2026 at 1:17 pm

      Shukran Esme ♡ ✨✨

  7. Svetlana says:
    July 12, 2026 at 12:54 pm

    Yazaan’s sentence could have been made lighter because when Shaula and Naail did more terrible things before they were only sentenced for two years and seven/ten years of jail time in the initial episodes.But anyways I have a feeling that it’s Zaviyan who took the bullet.Hope he survives.
    Love this story ❤️

    1. White rose White rose says:
      July 12, 2026 at 1:20 pm

      Shaulaa and naail kuri kuhthakah admissable vrh heki libifa huri minvaru madhu veema ehen vedhaane. Hope you understand 😞😞
      Is it really zev?? Stay tuned to find out 🧐🧐
      Shukran Svetlana ✨✨

  8. somebody67 says:
    July 12, 2026 at 1:49 pm

    oh nooo so saddd….what if he shot xev and areen..who knows he might do that ..ehaa nulafaa meeheh aee hope sumee get well soon when nextt

    1. White rose White rose says:
      July 12, 2026 at 3:03 pm

      Yhh, but its really unlikely he’ll shoot areen 🧐🧐
      Shukran somebody67 ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 82←


All Right Reserved!