ދެވުނީ ވޭނޭ 72
ޢަބްދުއްރަޙްމާންގެ ހުއްދަ ހޯދުމަށް ފަހު އިޙުސާނު ވަނީ ސުމައްޔާގެ ކޮޓަރިއަށެވެ. އެ ކޮޓަރިއަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. ކަބަޑު މަތީގައި ފޯނު ބާއްވާފައި އޭނާ ބޭނުންވީ އެ ތަން ހާވާލާށެވެ. ހުޅުވާ ބަލަމުން ދަނިކޮށް އޭނާގެ ސަމާލުކަން ހުއްޓުނީ ފާޑެއްގެ ފިތަކަށެވެ. އެ އަށް އޮބާލުމުން އިތުރު ބަޔެއް ކަޝްފުވެގެން ދިޔައެވެ. ކޯޑެއް ޖަހަން އެރުމުން އޭނާއަށް މޫނު ކުނިކޮށްލެވުނެވެ. ސުމައްޔާ ޖަހާނެހެން ހިވާ ކޯޑު ތަކެއް ޖަހަމުން ދަނިކޮށް ތިންވަނަ ބުރުން އެ ހުޅުވިއްޖެއެވެ. އެތެރެ ބައިގައި ޕެންޑްރައިވް ތަކަކާއި ލެޕްޓޮޮޕެއް އޮތެވެ. ކޮންމެ ޕެން އެއްގައި ވެސް ޓެގެއް އިނެވެ. “މައި ލަވް؟ އަނެއްކާ މިއީ ކޯއްޗެއްބާ. މިހާރު ރައްޓެހިވެގެން އުޅޭ ޔޫޝައު އަކާ ގުޅުން ހުރި އެއްޗެއްބާ.” އޭނާ ނެގީ މައި ލަވް ޖަހައިފައި އިން ޕެންޑްރައިވް އެވެ. ފޯނަށް ވެސް ޖެހޭ ވައްތަރުގެ އެއްޗެއް ކަމުން އިޙުސާނު އޭނާގެ ފޯނު ނަގާ އެ ޕެން ޑްރައިވް ޖަހާލައިފިއެވެ. ލަސް ފިޔަވަޅު ތަކެއްގައި ގޮސް އެނދުމަތީގައި އިށީންނަމުން އޭނާ އޭގެ ފޯލްޑާއަކަށް ވަދެލިއެވެ. އޭގައި ހުރި ރިކޯޑިން ތަކާއި ޗެޓް ސްކްރީންޝޮޓް ތައް ބަލަމުން ދިޔަ ވަރަކަށް އިޙުސާނަށް އޭނާގެ ގައިން ވަރު ދޫވަމުން ދިޔަހެން ހީވިއެވެ. ދެއަތް މުށްކަވާލެވިފައިވީ އިރު އޭނާގެ ނިތްކުރިމަތިން ދާތިކިތިކި ވިދަމުން ދިޔައެވެ. އޭނާ އަނދިރި ރޭގަނޑެއް ފަދަ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައީ އެ ހިތުގެ އިހުސާސްތައް އަންގައިދެމުންނެވެ.
ސުމައްޔާ އަނބުރާ ގެއަށް އައީ އެގާރަ ޖަހަން ގާތްވެފައި ވަނިކޮށެވެ. އެތެރޭގައި ފިރިހެން އޮފިޝަލް ބޫޓެއް ހުރުމުން އޭނާ ޙައިރާންވިއެވެ. ބައްޕަ އަކީ ވަރަށް މަދުން މެނުވީ އެ ގޭތެރެއަށް މީހަކު ވަންނަން ހުއްދަ ދޭ މީހެއް ނޫނެވެ. މިހާތަނަށް އެގެއަށް ވަނުމަށް ޢަބްދުއްރަޙްމާން ހުއްދަ ދިނީ އަޒާޔާ އާއި އަރީންގެ އިތުރުން އިޙުސާނަށެވެ. ބައްޕަ ދަންނަ އެހެން އެއްވެސް މީހަކު ނުވައްދައެވެ. ގާތް އެކުވެރިއެއް ހާ ހިސާބު ވެސް ނުހުންނަނީއެވެ.
ސުމައްޔާ ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަތް ވަގުތު ހުއްޓެން މަޖުބޫރުވީ މެދުގައި ހުރި އެނދުމަތީގައި އިން އިޙުސާނު ފެނިފައެވެ. ފެތުރިފައިވާ އޮރެންޖް ބޮކީގެ ފަނޑު އަލިން އޭނާގެ މޫނު ފެންނަނީ ހިތާމައިގެ ތަސްވީރެއް ފަދައިންނެވެ. އިޙުސާނުގެ ދެލޯ ރަތްވެ، ދުޅަވެފައި ހުރިއިރު ހޯސްލާފައި އޮހޮރިފައިވާ ކަރުނަތަކުން ކޮލުގެ މައްޗަށް ދެމިފައިވާ ރޮނގުތައް އަދިވެސް ހިކުނު ކަމަކަށް ނުވެއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އެއްވެސް ދިރުމެއް ނެތް ފަދަ ގޮތަކަށެވެ. ކަރުނައިން ފުރިފައިވާ އެ ކަނު އަނދިރި ދެލޮލުން ސުމައްޔާއަށް ފެނުނީ ހިތްދަތިކަމުގެ ފުން އަސަރެކެވެ. މި މަންޒަރުން ސުމައްޔާގެ ހިތުގައި އުފެދުނު ބަޔާންކުރަން ދަތި ރިހުމާއެކު މޭގަނޑު ފިތިގެން ދިޔަ ކަހަލައެވެ. އެހެނަސް ހިތްވަރުލަމުން އޭނާ މޫނުމަތީގެ ކުލަވަރު ހަމައަކަށް އަޅުވާލީ ހިތުގެ ކަރުނަތައް ހާމަކުރަން ބޭނުން ނުވާތީއެވެ. ފުރަތަމަ ދޮރު ލައްޕާ ތަޅުލީ މިއިން ވާހަކައެއް ޢަބްދުއްރަޙްމާނަށް ފޯރިޔަކަ ނުދޭށެވެ.
“ކަލޭ އަކަށް ނުޖެހޭ ދޯ އަހަރެންގެ ކޮޓަރިއަށް ވަދެގަނެފަ އިންނާކަށް. ހަމަ މިހާރު މިތަނުން ނުކުމެގެން ދޭ. ކިތަށް ފަހަރު ތަ ބުނަންވީ މަށާއި ގާތް ވާން މަސައްކަތް ނުކުރާށޭ. މިރޭ މާ މައްޗަށް ތި ދިޔައީ. އައި ވިލް ރިޕޯޓް ޔޫ ފޯރ ޓްރެސްޕާސިންގ އެންޑް ސްޓޯކިންގ” ގަދަކަމުން މޫނުމައްޗަށް ހިތްހަމަނުޖެހުމުގެ ކުލަވަރު ގެންނަމުން ސުމައްޔާ ބުނެލިއެވެ.
އިޙުސާނަށް އެ ބުނި އެކައްޗެއް ވެސް އަޑު ނީވޭ ކަހަލައެވެ. ތެދުވެގެން އައިސް ސުމައްޔާގެ ހަށިގަނޑުގައި ދެއަތް ވަށާލިއެވެ. އޭރު ވެސް އެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. އެ ކަރުނައިގެ ހޫނުކަން އިހުސާސް ވުމުން ސުމައްޔާ އަށް ތުންފަތުގައި ދައިގަނެވުނެވެ. އެ ރޯ ސަބަބެއް ހޯދާ އިޙުސާނު ހިތްހަމަޖައްސާލަން އޭނާ ހިތް އެދި ގޮވަން ފެށިއެވެ. ހިތްވަރުގަދަ ފިރިހެނަކު އެފަދައިން ރޯތީ ސުމައްޔާގެ ދެލޯ ވެސް ފެންކަޅިވެއްޖެއެވެ.
“ސުމައްޔާ ކިހިނެއް؟ މިހާރު ރަނގަޅުތަ؟ ކީ… ކީއްވެ އެ މީހުން ބިރުދެއްކި ވާހަކަ އަހަ…ރެން ގާތު ނުބުނީ؟ ކީއް…ކީއްވެގެންތަ އެމީހުން ބުނިހާ ގޮތަކަށް ސޫމޯ ޢަމަލުކުރީ؟ އަމިއްލަ އިޙުސާސްތައް ވަންހަނާ ކޮށްގެން އަމިއްލަ ނަފުސާއި ކޮންމެ ދުވަހަކު… ކޮންމެ ދުވަހަކު ހަނގުރާމަ ކުރަން ހެޔޮ ވާނެތަ؟ ތިއީ ނުލާހިކު ކުޅަދާނަ ކެރުންތެރި ކުއްޖެކެއްނު. މީގެ ކުރިން އެއްވެސް މީހަކަށް ސޫމޯ ބަލިކަށިކޮށްލާފަ ކޮންޓްރޯލް ނުކުރެވި ހުރީ ސޫމޯގެ ހިތްވަރު ގަދަކަމުގެ ސަބަބުންނެއްނު. ދެން ކީއްވެ؟ ކީއްވެ އަހަރެން ބޭނުންކޮށްގެން ބިރުދައްކާލީމަ މައިތިރިވީ؟ ދެން ދުވަހަކު ވެސް… އެންމެ ދުވަހަކު ވެސް އެ ކަހަލަ ކަމެއް ނުކުރާތި. އަމިއްލަ ނަފްސަށް އެ ވަރުގެ އަނިޔާއެއް ނުދޭތި. ކޮންމެ ކަމެއް ވިޔަސް… އަހަރެންނާ ހިއްސާކުރާތި.” އިޙުސާނު ސުމައްޔާގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދައްކަން ފެށިއެވެ. ސުމައްޔާ އަށް އެ ވާހަކަތައް އިވިފައި ލައިލައި ހުރި ނޭވާ އަރު ތެރޭގައި ތާށިވީ ކަހަލައެވެ. އެ ހިތުގައި ތަޅު އެޅުވިފައިވާ އުދާސްކަމާއި ހިތްދަތިކަން މިނިވަންކޮށްލުމަށް އޭނާ ބޭނުން ކުރި ވަސީލަތަކަށްވީ ކަރުނައެވެ. ލޯބިވާ ފަރާތުގެ އަތުތެރޭގައި އެ ހިމާޔަތުގައި ހުންނަން އޭނާގެ ހިތް އެދޭތާ ކިތަންމެ ދުވަހެކެވެ. އޭނާގެ މަޖުބޫރީ ޙާލަތު އިޙުސާނަށް އަންގައިދޭން ސުމައްޔާ ބޭނުންވެފައި ހުންނަތާ ކިތަންމެ ދުވަހެކެވެ. ކޮންމެ ފަހަރަކު ވެސް ފަސްޖެހެވެނީ ނާއިލްމެންގެ އަނިޔާވެރިކަމުގެ މަތިން ހަނދާންވެފައެވެ.
ސުމައްޔާގެ ވޭނީ ރުއިމުގެ އަޑު އަހައިފައި އިޙުސާނުގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރިއެވެ. ހަމަ މިހާރު ގޮސް ނާއިލްމެން ބޭޒާރު ކޮށް ޖަލު ގޮޅިއަކަށް ގަޅާލަން ދާން އޭނާ ބޭނުންވިއެވެ. އެހެނަސް އެންމެ ނުބައި ފިޔަވަޅެއް އެޅިޔަސް އޭނާ ނޫނީ ސުމައްޔާގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިދާނެތީ ފަސްޖެހެވެނީއެވެ.
“ކި… ކިހިނެއް އުންމަތުލް ވަބާ އަށް އެކަން… އެނގުނީ؟” ސުމައްޔާ ސުވާލެއް ކޮށްލީ އިރުކޮޅެއް ފަހުންނެވެ. “ސޫމޯ ކަބަޑުގައި އޮތް ޕެންޑްރައިވް އެއްގައި އެ ކަމާ ގުޅުން ހުރި ކްލިޕާއި މެސެޖު ސްކްރީންޝޮޓްތައް ހުރީމަ އެނގުނީ. މިއަދު ސޫމޯގެ ފޯނު ހިފައިގެން ނައިނަމަ އަހަރެންނަށް އެއްކަމެއް ވެސް ނޭނގުނީސް.” އިޙުސާނު ރައްދުގައި ބުނެލިއެވެ.
“އަހަރެން އެރޭ ހާދަ ބިރެއް ގަތޭ. ގަދަކަން ދައްކަން އުޅުނީމަ… އުޅުނީމަ ހަދާލިގޮތުގެ ކްލިޕް ފެނުނެއްނު. އެހެން އިއްސޭ ގައިން ދުނި ޖަހައިފައި ލޭ އޮހޮރެމުން ދިޔަ މަންޒަރު ފެނި… އަހަ… އަހަރެންނަށް ވީ ގޮތެއް ވެސް ނޭނގުން. ޖަންނާ އާއި ރީނަށް ފަހު އިއްސޭ… އިއްސޭ އަށް ވެސް… އެ މީހުން ހާދަ ރަޙުމް ކުޑައޭ. އެންމެ ރެއަކުން… އަހަރެންގެ ޙަޔާތް އަނދަވަޅަކަށް ވައްޓާލައިފި. އެމީހުން ބުނި ކޮންމެ ކަމަކަށް އެއްބަސްވީ އިއްސޭ މަރާ…ލަން ވެސް އެމީހުން ފަސްނުޖެހޭނެކަން އެނގޭތީ. އިޓް ވޯޒް ދި އޮންލީ ވޭ ޓު ޕްރޮޓެކްޓް ޔޫ. އައިމް ސޮރީ ފޯރ ވަޓް އައި ސެއިޑް. އައިމް ސޮރީ ފޯރ ހާރޓިން ޔޫ.” ސުމައްޔާގެ ނޭފަތް ދަމަމުން އެ ވާހަކަ ހިއްސާ ކޮށްލިއެވެ.
“ދެން ދުވަހަކުވެސް އެ ކަހަލަ ކަމެއް ނުކުރާތި؟ އޮފިޝަލްކޮށް ރިޕޯޓު ކޮށް މައްސަލަ ނަގައިގެން އެ މީހުންނާއި ދެކޮޅަށް ދާން ވާނެ. ސޫމޯ އާއި ކުޅެލުމަކީ އެ މީހުން ހިތާމަކުރަން ޖެހޭ ވަރުގެ ކަމަކަށް ހަދަން ޖެހޭނެ. ޔޫ އާރ ނޮޓް ވީކް މައި ލަވް. ދެޓް *** ***** ޝުޑް ޕޭ ފޯ ވަޓް ދޭ ޑިޑް. އަހަރެން ކިބައިން މަޢާފަށް އެދޭކަށް ނުޖެހޭނެ. އައި ނޯ ޔޫ ޑިޑިންޓް މީން ވަޓްއެވަރ ޔޫ ސެއިޑް.” އިޙުސާނު ސުމައްޔާގެ މޫނުގައި ހިފާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އިޙުސާނު ލަސްލަހުން ސުމައްޔާ ލޯ ކައިރިން ކަރުނަ ފުހެލަމުން އެ ނިތުގައި ބޮސްދިނެވެ. އެއަށްފަހު ސުމައްޔާ ގެންގޮސް އެނދުމަތީގައި ބޭންދިއެވެ. އިޙުސާނަށް ދާން ނުކެރިގެން އެނދު ކައިރީގައި އިށީނެވެ. ގޮދަނޑީގައި ބޯ އަޅާލަމުން އޭނާ ސުމައްޔާގެ މޫނަށް ފުން ނަޒަރެއް ދިނެވެ.
ޒަވިއަން މިރޭ ވެސް އައިސް ކޮޓަރި އަށް ވަނީ އެގާރަ ޖެހި ފަހުންނެވެ. އޭރު އަރީން ސޯފާގައި އެއް ފަރާތަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ރުއިމުގެ ސަބަބުން އެ ދެލޯ ހުރީ ރަތް ވެފައެވެ. ޒަވިއަނަށް މިކަން ފާހަގަ ވުމުން އައިސް އަރީންގެ މޫނުގައި ހިފާ ހަތަރު ކަޅި ހަމަކޮށްލިއެވެ. “ކާކު؟ އޭނާ ރީނަށް ކީއްކުރީ؟ އަވަހަށް ބުނޭ. ރީންގެ ލޮލުން ކަރުނައެއް ވެއްޓެން މެދުވެރިކުރުވި މީހަކަށް އަދަބު ދޭން ޖެހޭނެ.” ޒަވިއަން އެހިއެވެ.
“މީހަކު ކަމެއް ނުކުރޭ. ސުމީ މިއަދު އަހަރެން އެކްސިޑެންޓް ވި ރޭ އޭނާ އަށް ކުރިމަތިލާން ޖެހުނު ހުރިހާ ކަމެއް ކިޔައިދިނީމަ މާ ބޮޑަށް ދެރަވީ. ދޭ ޗޭންޖް ކޮށްލައިގެން އަންނަން. އޭރުން ކިޔައިދޭނަން. ޒެވްގެ އެހީ ބޭނުން ވާނެ ނާއިލް މެންނަށް ޙައްޤު އަދަބު ދޭން.” އަރީން ބުނެލިއެވެ. ޒަވިއަން ގޮސް ފާޚާނާ އަށް ވަނުމުން އަރީން ވޯޑްރޯބުގެ ތެރެއަށް ވަދެ ނިދާ ހެދުމެއް ލިއެވެ. އެއަށްފަހު ގޮސް އެނދުގައި އޮށޯތެވެ.
“ހޫމް. ދެން ކިޔާބަލަ.” ތާޒާ ވެލައިގެން އައިސް އެނދުގައި އޮށޯންނަމުން ޒަވިއަން ބުނެލިއެވެ. އަރީން އަކުރުން އަކުރަށް އެ ހުރިހާ ކަމެއް ހިއްސާ ކުރިއެވެ. ދޭތެރެއަކުން އެ ލޮލުން ކަރުނަ ތިއްކެއް ފޭދެއެވެ. ޒަވިއަން ކޮންމެ ފަހަރަކު ވެސް ކަރުނަ ފުހެލަނީ ނިކަން ލޯބިންނެވެ.
“ހާސްނުވޭ. ވަރަށް އަވަހަށް އެ ނާއިލްމެން ޖަލަށް ލެވޭނެ. އަހަރެން މިހާރު ގްރައުންޑް ވޯކް އަޅައިފިން. ސުމައްޔާ ތި ވީ ވަރަށް މުހިންމު ވިޓްނެސް އަކަށް. މިފަހަރު ލާހިކެއް ނޫން އެ މީހުންނަށް ސަލާމަތްވާކަށް. ދެން އޮތް ކަމަކީ ކޭސް އަލުން އޯޕަން ކުރުން. މަންމަމެން އެއްބަސް ކުރުވާނަން ވަރަށް އަވަހަށް އިންޝާ ﷲ.” ޒަވިއަން ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
“ކޭސް އޯޕަން ކުރުން.. އެކަމު އެއީ ހާދަ ނުރައްކާތެރި ކަމެކޭ. ސުމައްޔާ އާއި އަހަރެން… ވީ އޯލްމޯސްޓް ލޮސްޓް އަވަރ ލައިވްސް ބިކޯޒް އޮފް ދެޓް. އެހެންވީމަ ވަރަށް ފަރުވާތެރިކަމާއެކު މިކަންތައް ރާވައިގެން ނޫނީ ރަސްމީކޮށް ކޭސް ނުނަގާތި. އަހަރެން ވެސް އެހީވާނަން. އެންމެން އެކީގައި މަސައްކަތް ކުރިއްޔާ ކާމިޔާބު ވާނެ އިންޝާ ﷲ” އަރީން ޒަވިއަންގެ މޫނުގައި އަތް ހިންގާލަމުން ބުނެލިއެވެ. ޒަވިއަން އަރީންގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލިއެވެ. “އެ މީހުންނަށް އެކަންޏެއް ނޫނޭ މޮޅެތި ކަންކަން ކުރަން އެނގޭނީ. ޖަސްޓް ޓްރަސްޓް ޔުއަރ ރިޗް، ހޮޓް ހަޒްބެންޑް. އައި ކޭން ބީ އީކުއަލީ ޑޭންޖަރަސް އެންޑް ކަލްކިއުލޭޓިވް. ދޭ ކާންޓް ލޭ އަ ސިންގަލް ފިންގަރ އޮން ޔޫ އެންޑް ގެޓް އަވޭ ވިތް އިޓް. ނޮޓް އޮން މައި ވޮޗް.” އަރީންގެ މޫނަށް ވެއްޓުން އިސްތަށިކޮޅު ރީތި ކޮށްލަމުން ޒަވިއަން ބުނެލިއެވެ. “ތި ބުނީ؟” އަރީން ސުވާލުގެ ނަޒަރެއް ރައްދުކޮށްލިއެވެ.
“ޔޫ އާރ ޓޫ އިނޮސެންޓް އެންޑް ޕްރިޓީ ޓު އަންޑަސްޓޭންޑް. އެ ކަމާ ވިސްނާނެ ކަމެއް ނެތް. ފޯކަސް އޮން މީ ޓުނައިޓް.” ޒަވިއަން އަރީންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. މި ބުނި އެއްޗެއް އަރީނަށް ދެނެގަނެވެންވާއިރަށް ޒަވިއަން އަރީން ގައިދަށު ކޮށްލަމުން ކަނދުރާގައި ބޮސްދިނެވެ. “އިހަށް މަޑުކޮށްބަ. ޒެވް އަނެއްކާ ކޮންކަހަލަ ކަމެއް ކުރީތަ؟ ޒެވް ކަމެއް ކުރީމަތަ މިހާރު ނާއިލް އާއި ޝައުލާގެ ޚަބަރެއް ނުވަނީ.” އަރީން ޒަވިއަންގެ ކޮނޑުގައި އަތް އަޅުވާލިއެވެ.
“މްމްމް. އަހަރެން އާއެކޭ ބުނެފިއްޔާއޯ؟ ހިތްހަމަނުޖެހޭނެތަ؟” އަރީނާއި ހަތަރު ކަޅި ހަމަކޮށްލަމުން ޒަވިއަން އެހިއެވެ. އަރީންގެ ޚިޔާލުތައް ދަތުރު ކޮށްލީ ނާއިލްމެންގެ ފަރާތުން އޭނާއަށް ކުރިމަތިވި ހިތްދަތިކަމަށެވެ. އެ އަނދިރި ދުވަސްތަކެވެ. ރުއި ރުއިމާއި ކުރިމަތިވި އަނިޔާތަކަށެވެ. އެ ޚިޔާލުތައް ސިކުނޑީގައި އެނބުރި ގަތުމާއި އެކު އޭނާގެ ހަށިގަނޑުން ފިނި ދަލެއް ހިއްލާލިއެވެ.
“ނޫން. އަހަރެން ޝުކުރުވެރިވަން ކޮންމެ ކަހަލަ ގޮތަކުން ވިޔަސް އަހަރެންނާއި ޒެލީ ރައްކާތެރި ކުރަން ތި ކުރާ މަސައްކަތަށް. ކެރީ އޯން ވިތް ޔުއަރ އެފޯޓްސް. އައިލް ފޯކަސް އޮން ޔޫ ޓުނައިޓް.” އަރީން ނުތަނަވަސްކަން އެއްފަރާތް ކޮށްލައި ލުއި ހިނިތުންވުމެއް ރައްދުކޮށްލަމުން ޒަވިއަންގެ ތުންފަތް ލޯބިކޮށްލައިފިއެވެ.
***
ދޮރުގައި ބޭރުން މީހަކު ޓަކި ޖަހަމުން ދިޔަ އަޑަށް އިޙުސާނަށް ހޭލެވުނެވެ. ދެލޯ ހުޅުވާލައިފައި ގަޑި ބަލައިލި އިރު އަށެއް ޖަހަނީއެވެ. ސުމައްޔާ އަށް ގޮވަމުން އޭނާ އެ މޫނުގައި ފިރުމާލިއެވެ. އެ އަމަލުން ސުމައްޔާ އަށް ހޭލެވިއްޖެއެވެ. އޭނާ ތެދުވެ މޯޅިއަކަށް ދެމިލަމުން އެނދުގައި ހަމަޖެހިލިއެވެ. އޭރު ވެސް އިޙުސާނުގެ ކަތި ނަޒަރު އަމާޒުވެފައި ހުރީ ސުމައްޔާ އަށެވެ.
“އޭތް އެހާ ވަރަށް ނުބަލަބަލަ. ނިދައިން ހޭލެވުނީ ދެންމެއޭ.” ސުމައްޔާ މޫނު މަތީގައި އަތް އަޅާލަމުން ބުނެލިއެވެ. މިއާއި އެކު އިޙުސާނަށް ލާނެތް ގޮތަކަށް ހީނލެވުނެވެ. “މެރީ ކުރީމަ ކޮންމެ ދުވަހަކު ނިދައިގެން ހޭލާ ވަގުތު ފެންނާނެއްނު. ކޮންމެ ގޮތަކަށް ހުއްޓަސް އަހަރެންގެ ސަންތިހާ ރީތި މީހަކު މި ދެލޮލަކަށް ނުފެންނާނޭ.” އިޙުސާނު ތެދުވެ އެނދުމަތީގައި އިށީންނަމުން ސުމައްޔާގެ ދެއަތް ތިރިކޮށްލިއެވެ.
“އަދި މެރީއެއް ނުކުރަމެއްނު. ދައްކާ ފޮނި ވާހަކަ. ޔަގީނޭ އިނިއްޔާ އަހަރެން މަތިން ފޫހި ވާނެކަން.” ސުމައްޔާ ކަޅި އަނބުރާލަމުން ދުރަށް ޖެހުނެވެ. “ނޫނޭ. އިނީމަ ސޫމޯ ދެކެ ވާ ލޯބި އިތުރެއްނު ވާނީ. އޭރުން ސޫމޯ ވާނީ އަހަރެންގެ ޙައްޤަކަށް. އޭރުން ބޭނުން ވަގުތަކު ޔޫނޯވް..” ތުންފަތުގައި ދަތް އަޅާލަމުން އިޙުސާނު އެއްލޯ މަރާލައިފިއެވެ.
“ޔޫ ނޯޓީ ބޯއީ. ދުރަށް ދޭ.” ސުމައްޔާ އިޙުސާނުގެ މޭގައި އަޅާ ކޮށްޕާލިއެވެ. އިޙުސާނު ވަރަށް ޑްރާމާ ގޮތަކަށް ވެއްޓެމުން ހޭނެތުނު ގޮތުގެ އެކްޓެއް ޖައްސާލިއެވެ. ސުމައްޔާ އެނދުން ތިރިއަށް ފުންމާލަމުން އިޙުސާނުގެ މޫނުގައި ހިފާލިއެވެ. “އޭތް. ދެލޯ ހުޅުވަބަލަ.” ހާސްވެފައި ސުމައްޔާ އިޙުސާނަށް ގޮވަން ފެށިއެވެ. ނޭވާ ލާ ތޯ ބަލަން އިނގިލި ޖައްސާލިއިރު ނޭވާ އެއް ނުލައެވެ. މުޅި މީހާ ތުރުތުރު އަޅަމުން ދިޔަ ޙާލު އޭނާ އިޙުސާނުގެ މޭގައި ކަންފަތް ޖައްސާލީ ހިތު ވިންދުގެ އަޑު އިވޭތޯ ބަލާށެވެ. އެ ވަގުތު އިޙުސާނު ސުމައްޔާގެ މެދު ހަށީގައި ބައްދާލަމުން ހޭން ފެށިއެވެ.
“އަޅެ ކީއްވެގެންތަ އެހެން ހެދީ. އެހާ ވަރަށް ނުބެހިބަލަ.” ސުމައްޔާ ދެފައި ތަޅާލަމުން ޝަކުވާގެ ރާގަކަށް ބުނެލިއެވެ. “ކިހާ ދުވަހެއް ވެއްޖެތަ މި ކަހަލަ ޖެއްސުމެއް ނުކޮށް ހުންނަތާ. ސަންތި ފުރަތަމަ އަހަރެން ކޮށްޕާލީމަ އޭގެ ބަދަލު ނުދީ ހުރުމަކީ އަހަރެންގެ ފޮތުގައި އޮންނަ ކަމެއް ނޫން. ބަޓް އައި ކާންޓް ބިލީވް ޔޫ ފެލް ފޯރ ދެޓް ލޭމް ޓްރިކް.” އިޙުސާނު ސުމައްޔާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ސުމައްޔާ ކުއްލިއަކަށް އިޙުސާނުގެ ދެ އަތް ނައްޓުވާލާ އަނެއް ފަރާތަށް އަނބުރާލަމުން ހޭންޑް ލޮކެއް އަޅުވާލިއެވެ. އިޙުސާނަށް ހިލާ އެ ލޮކު ނައްޓައެއް ނުލެވުނެވެ. “އެކަމަކު އަހަރެންނަށް ވެސް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވޭނީ ވަކި ވަރަކަށް ކަން ދަންނާތި. ލޭމް އޯރ ވަޓްއެވަރ އައިލް ގެޓް ރިވެންޖް އޭޒް ވެލް.” ސުމައްޔާ ނުރައްކާތެރި ގޮތަކަށް ބުނެލިއެވެ.
“ހޫން ދެން ދޫކޮށްލާ. އަހަރެން ޓީމް ލީޑަރު ސްޓޭޝަނަށް ގަޑި ޖެހިގެން ދިޔައިއްޔާ ރީއްޗެއް ނުވާނެ.” އިޙުސާނު ކަންނެތް ރާގަކަށް ބުނެލިއެވެ. ސުމައްޔާ ގަޑި ބަލައިލަމުން އިޙުސާނުގެ އަތުން ދޫކޮށްލައިފިއެވެ. އެއަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފާޚާނާ އަށް ވަދެއްޖެއެވެ. އިޙުސާނު ބޯ ހޫރާލަމުން އެ ކޮޓަރިން ބޭރަށް ނުކުތެވެ.
“ދަރިފުޅާ އިޙުސާނޫ. ރޭގައި އައި ގޮތަށް ނުދަނީތަ؟ ޕިސްޕިސް. އެކަމަކުވާ ދޯ. ކައިވެނި ކުރުމުގެ ކުރިން މިހެން ރޭގަނޑު އެކަހެރިކޮށް ވަގުތު ހޭދަ ނުކުރަން ވިސްނައިދީފަ ދޯ އޮންނާނީ.” އިޙުސާނު ފެނުމުން ޢަބްދުއްރަޙްމާން ހިތްހަމަނުޖެހިފައި ބުނެލިއެވެ. “އަޅުގަނޑަށް މާފުކުރޭ. އަހަރެމެން ދެމީހުންގެ މެދުގައި ތި ހީކުރާ ކަހަލަ އެއްވެސް ކަމެއް ނުހިނގާ. ޕްރޮމިސް.” އަމިއްލަ ކަންފަތު ފޫޅުގައި ހިފާލަމުން އިޙުސާނު ރައްދުގައި ބުނެލިއެވެ.
ރޭވެ އަނދިރި ވެގެން ދިޔަ ވަރަކަށް ފަޒާގައިވީ ތެތްފިނިކަން އިތުރުވަމުން އައެވެ. ޖެހެމުން ދިޔަ ވައި ރޯޅި ތަކާއި އެކު ފިތުރޯނު މަގުގެ އެއްފަރާތުގައި ހުރި ފިތުރޯނު ގަސްތަކުގެ ގޮފިތައް ހޫރެމުން ދިޔައީ މިނިވަންކަމާއި އެކުގައެވެ. ކަޅުސާލެއްފަދައިން އޮތް އުޑުމަތީގައި ވިއްސާރަ ވިލާތައް އެއްވެފައި ހުރުމުން ހަނދާއި ތަރިތައް ފެންނާކަށް ނެތެވެ. ނަމަވެސް ފަޒާގައި ރަސްކަން ކުރަމުންދިޔަ މި ފިނިކަމަށް ފަރުވާލެއް ނެތް ފަދަޔަކުން ސުމައްޔާ އަރީން ގޮވައިގެން ދިޔައީ މޭރީބްރައުނާ ދިމާއަށެވެ. ސުމައްޔާ ފޯރީގައި ސްޓޭޝަނުގައި މިއަދު ހިނގި މަޖާ ވާހަކައެއް ކިޔައިދެމުން ދިޔައިރު މިއީ އަރީން ގޮވައިގެން އަންނަން ރަނގަޅު މަގެއް ނޫން ކަން ހަނދާނަކު ނެތެވެ.
ވަކި ހިސާބަކުން އަރީނަށް ހުއްޓާލެވުނީ ބޮލުގައި ރިއްސައިގަތުމުންނެވެ. ލަސްލަހުން ކައިރީގައި އޮތް ގޯޅިއާއި ދިމާލަށް ނަޒަރު ހުއްޓާލައިފިއެވެ. “ރީން. ކިހިނެއްވީ؟ ކުއްލިއަކަށް ބޮލުގައި ރިއްސަން ފެށީތަ؟ ވެއިޓް.” ސުމައްޔާ އަށް އެއީ އަރީން އެކްސިޑެންޓްވި ހިސާބު ކަން ރެއަކާލީ ދެނެވެ. އަމިއްލަ ނަފްސަށް އަޑުލަމުން އަރީންގެ އަތުގައި ހިފައިގެން އަނބުރާ އައި ކޮޅަށް ދާން މިސްރާބު ޖަހައިފިއެވެ.
“ނޫން. ސުމީ. އިހަށް މަޑުކޮށްލާ. އަހަރެންނަކަށް ނުހިނގޭނެ. ރަނގަޅަށް ތަންތަނެއް ނުފެނޭ. ފުސް ހަނދާންތަކެއް އާވަނީ.” އަރީން ސުމައްޔާ ހުއްޓުވާލިއެވެ. ފުން ނޭވާތަކެއް ލަމުން ދިޔަ އަރީންގެ އަތުގައި ހިފާލަމުން ސުމައްޔާ އެތަނުގައި ހުރި އަށްޓެއްގައި ޖައްސާލިއެވެ. ނިތްކުރިން ދާތިކިތިކި ބަބުޅަމުން ދިޔައިރު އަރީން ދިޔައީ ތުރުތުރު އަޅަމުންނެވެ. ލޯ މައްޗަށް އެ ރޭގެ ބިރުވެރި މަންޒަރުތައް ސިފަ ވަމުން ދިޔައިރު ނާއިލްގެ ވާހަކަތައް ކަންފަތަށް އިވެމުން ދިޔަ ކަހަލައެވެ. އެ ކަންކަން ހަނދާންވަމުން ދިޔަ ވަރަކަށް އަރީންގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.
– ނުނިމޭ –
21 Comments!
Comments are closed.






Mi part ves varah reethi masha Allah
Curiously waiting for next part
Fainally sumy n isse is together
Zev n reen
Happy to hear that 🥰🥰
Shukran Anonymous ✨✨
Mi part ves varah reethi masha Allah
Curiously waiting for next part
Fainally sumy n isse is together
Zev n reen ves
Vaan n nau ves
They all are made for each other
Mi part kiyaafa rovijje
Reen ah naail ge kon vaahaka eh baa e iguni
Emmenah Justice libeyne dhuvaheh ge intizaaru ga
Kuhverinah adabu dhee
Miayee varah saugu veri kamakaa eku kiyaa vaahaka eh
Really appreciated your hard work 🥰
When next
Haadha curious kohlaafa thi nihmaaly
Glad to know 🥰🥰
Yehh, finally everyone got together 😌😌
We’ll know wht she remembered from next ep, stay tuned 😄😄
IA next Monday
Shukran Cutie girl ✨✨
Heyyyy.
Wow vrh vrh salhi.
Areen ge accident handyman v dhww. It’s important to her.
When next.
Tc. Ly.
I’m delighted to hear that 🥰🥰
Yhhh, e rey ge handhaanthah recall vany 🙃🙃
IA next Monday
Shukran Exxo ✨✨
Lyt darl 🫰🏻🫰🏻
Omg omg.
Rose !!!!!
This prt is breathtaking. thalin kulhu hikijje mi bai kiyaalumun. Vrh vrh salhi. 🌸🌸
Finallyyyyyyyyyy.
Swwww happy 4 everyone. They all got togathr. Swww happy 🥰🥰🥰
Then emeehun emmen ekkoh B.W gang aa dhekolhah nukunnaanee dhww. It’s getting quite easy 4 them. 😌😌
Reen ge memory ekkoh recall vane tha ???
Curiously waiting.
Really appreciate ur hardwork. 🩷🩷
Luv U
I’m overjoyed to hear that 🥰🥰
Yhhh, enme fahun 3 joadu ves gulhijje 🥹🥹
Prolly, they are already planning to get justice 😄😄
Ehen heevany, kurin bunyehnu hama ekani accident vee dhuvahuge memory ey adhi recall nuvany 🙃🙃
Shukran xxx_dodo_xxx ✨✨✨
Lyt darl 🫰🏻🫰🏻🫰🏻
Vrh reethi MA💖
Yayyy finally isse and sumy😁
Bruh isse😹 hama seedhaa sumy’s dad ge kurimahchah dhw nukumevuny!
Awwn!!💗 zev and reen so cute!!
Reens memory ehkoh regain vy dhw? Alhey thi enmen ah haggu adhabu dheveyne dhuhakah haadha inthixaareh eba kureveyey!
When next?
Lyssm💖💖
Btw thi kolha vissaara tha? I men ah skl in nunukumevenys themi foavejje viyya!
Mi part ves vrh reethi MA!
I’m getting a feeling that this stry is coming to an end
Ihsaan in goi describe kohfa in gothun I could imagine the scene
Sumee and Ihsaan gulhunee ma vrh happy 😊😊
I love seeing Xev being so protective 😍😍
Oh Sumee call Xev or Ihsaan!!!
Whn nxt????
Luv u 💗
I’m delighted to hear that 🥰🥰
Dhww, their separation was painful 💔🥀
Yhh, zev is a wonderful husband 🥹🥹
IA next Monday
Shukran 🥀 ✨✨
Lyt darl 🫰🏻🫰🏻
Finallyyyy💚💙💚💙💚💙.. Sumy & Issey got back todether..
What??? Reen ge accisent v reyge memories annan feshy dhww???
So curious to see what is gonna happen next..
Tc.. Lyy💙💚
Aan enme fahun sumee men gulhun rangalhu kohlaifi 😌😌
Hmm, e reyge handhaanthah enburi annany 😬😬
Shukran Futtaki ✨✨
Lyt darl 🫰🏻🫰🏻
Sheeeeeeeessssshhhhhhhh.
This is totally over the moon.
I totally love it gurrrllll.
When next ?????
Curiosity is killing me !!!!!!
Ly…
I’m ecstatic to hear that 🥰🥰
IA next Monday
Hehe, cliffhanger akah nimmaalyma dhw 😅😅
Shukran Gurrllyyy ✨✨
Lyt darl 🫰🏻🫰🏻
they are all soo cute together
Dhww, totally made for each other 😄😄
Shukran BLOSSOM ✨✨
Feels the story is gonna end too soon.
It’s good. I luv it.
Take care to ur self
Yhh, few more left 🥀🥀
Shukran Lulu ✨✨
vrh nice👍❤️
hadha curious kohlaafa eyy thinimaalee 🤔
waiting for next part 😁
aww every one finaaly together
Cliffhanger akah nimmeema ehnu dhen oiy bai ithurah kiyaa hiy vaany 😅😅
Shukran Anonymous ✨✨