ދެވުނީ ވޭނޭ 70
“ފަލަކް ދައްތީ އައިސްކްރީމް. ކޮއްކި ބޭނުން އައިސް ކްރީމް.” ފަލަކްގެ ފައިގައި ހިފަހައްޓާލަމުން ޒައިލީން އެދުނެވެ. ފަލަކް ޒައިލީންގެ އަތުގައި ހިފާލައިގެން ލުއިކާނާ ވިއްކާ ސްޓޭންޑާއި ދިމާލަށް މިސްރާބު ޖެހީ އައިސްކްރީމް ގަންނާށެވެ.
“ވަން ބްލޫބެރީ އައިސްކްރީމް.” އެކޮޅުން ގޮވާލުމުން ފަލަކް އޭނާގެ ވޮލެޓް ނަގައިފައި ދިހަ ރުފިޔާ ދިނެވެ. އެއަށްފަހު އައިސްކްރީމް ތަށި ނަގައިފައި ޒައިލީނަށް ދޭން އެފަރާތަށް އެނބުރުނެވެ. އޭރު އެ ތަނުގައި ޒައިލީން ފެންނާކަށް ނެތެވެ.
”މިތާ ހުރި ކުޑަ ކުއްޖާ ދިޔަ ތަނެއް އެނގޭތަ؟” ހާސްކަމާއެކު ފަލަކް އެތަނުގައި ތިބި މީހުންނާ ސުވާލުކުރަން ފެށިއެވެ. “ދެންމެ އަންހެނަކު އައިސް އެ ކުއްޖާ އުރާލައިގެން އެދިމާލަށް ހިނގައިގަތްތަން ދުށިން” އެތަނުން މީހަކު އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އެ ޖުމުލައާއެކު ފަލަކްގެ މޭގަނޑު އަވަސްވެ ހިތް ބިރުގަންނަން ފެށިއެވެ. ލިބުނު ސިހުމާއެކު އޭނާ އެ ދިމާލަށް ދުއްވައިގަތީ ހަމަހޭވެރިކަން ކުޑަވެފައިވާ ފަދަ ގޮތަކަށެވެ.
“ތި ކާކު؟ ކީއްވެ ކޮއްކޮ ގެންދަނީ. ދޫކޮށްލާ.” ޒައިލީން ޝައުލާގެ އަތް ފޮޅުވާލަން މަސައްކަތް ކުރަމުން ދިޔައެވެ. “ކަލޭ މައިތިރިވެބަލަ. މަންމަ ކައިރިއަށް ގެންދަނީއޭ ބުނެފިން ދޯ.” ޝައުލާ ޒައިލީންގެ އަތަށް ފިތާލަމުން ބުނެލިއެވެ. ތަދުވުމުން ޒައިލީންގެ ދެލޯ ފެންކަޅިވިއެވެ. އެހެނަސް ބާރަށް ރޮއި ގަތުމުގެ ބަދަލުގައި ކުއްލިއަކަށް ޝައުލާގެ ދެލޮލަށް އިނގިލި ހަރާލައިފިއެވެ. އެއަށްފަހު ޝައުލާގެ ވައަތުގައި ބާރަށް ދަތް އަޅައިފައި ކަނައަތުގައި އަޅުވައިފައިވީ ޕްލާސްޓަރުގައި ފައި ވިއްދާލިއެވެ. ޝައުލާ ހުތުރު ބަސްތަކެއް ކިޔާލަމުން ޒައިލީން ދޫކޮށްލައިފިއެވެ. ނުބައި ގޮތަކަށް ވެއްޓިދާނެތީ ޒައިލީން ޝައުލާގެ ގައިގައި ހިފައިގަންނަމުން ތިރިއަށް ސޮއްސާލިއެވެ. ދެން އެ ކުއްޖާ ދުވެފައި ދިޔައީ ފެންނަން ހުރި މެދު އުމުރުގެ ފިރިހެނެއްގެ ގާތަށެވެ. ގޮސް އެ މީހާގެ ފައިގައި އޮޅުލައިގަންނަމުން ރޯން ފެށިއެވެ.
“ކިހިނެއްވީ ކޮއްކޯ؟” ކުއްލިއަކަށް އައިސް ފައިގައި ބައްދައިގަތް ކުޑަކުއްޖަކު ރޯން ފެށުމުން އެ ކުއްޖާ ނަގާ މަސަލަަސް ކުރެވޭތޯ އުރާލައިފިއެވެ. ޝައުލާ އަށް އެ ތަނަށް އާދެވުނީ ދެނެވެ. ގަދަކަމުން ލޯ ހުޅުވައިގެން ހުރި އިރު އެ ދެލޯ ވަނީ ރަތް އަރައިފައެވެ. “ޒެލީ އާދެ މަންމަ ކައިރިއަށް. އޭރުން އައިސްކްރީމް ގަނެދޭނަމޭ.” ޝައުލާ ހިތްހެޔޮކަމުގެ އެކްޓެއް އަޅުވާލަމުން ބުނެލިއެވެ.
“ނޫން ބޭބޭ. އެއީ ކޮއްކިގެ މަންމިއެއް ނޫން. ބަސްނާހާ ދައްތައެއް. އެ ދައްތަ ކޮއްކޮ އަށް އައްދޮ ކުރަނީ.” ޒައިލީން އެ މީހާގެ ކަނދުރާގައި ދެއަތް ވަށާލަމުން ރޮވިފައި އިނދެ ބުނެލިއެވެ. އެ މީހާ ޒައިލީން ގޮވައިގެން ދުރަށް ޖެހުނެވެ.
“ގެނޭ ތި ކުއްޖާ.” އެ ވަގުތު އެ ތަނަށް އައީ ނާއިލެވެ. އެ ފިރިހެނާގެ ގައިގައި ހިފެހެއްޓުމުން ޝައުލާ ޒައިލީން ދަމައިގަތެވެ. “ކަލޭ އަމިއްލައަށް ސަލާމަތްވާން އުޅޭނެ ކަމެއް ނެތް.” ޝައުލާ ޒައިލީންގެ ކޮލަށް ފިތާލުމުގެ ނިޔަތުގައި އަތް ގެންދިޔައެވެ. އެހެނަސް އެކަން ކާމިޔާބު ވިޔަކަ ނުދޭން ޒައިލީން ޝައުލާގެ ދެލޮލަށް ދެވަނަ ފަހަރަށް އިނގިލި ކޮށްޕާލައިފިއެވެ. “ޔޫ ލިލް **” ތޫލި އަޑަކުން ޝައުލާ ހަޅޭއްލަވައިގަތެވެ.
ގަސްތަކުގެ ތެރެއިން ބޭރަށް ނުކުތް ވަގުތު ފެނުނު މަންޒަރަކުން ފަލަކްގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ފަޔަށް ލެވުނު ބާރެއް ލައިފައި ގޮސް އޭނާ ޝައުލާ އާއި އަރާ ހަމަކޮށްފިއެވެ. އެއަށްފަހު އޭނާގެ އަތުން ޒައިލީން ޖަހައިގަތެވެ. އެ ކުއްޖާ ހުއްޓާލާތޯ ބުރަކަށީގައި ފިރުމަމުން ފަލަކް ވާހަކަ ދައްކަމުން ދިޔައެވެ.
ނާއިލް ދަތްކުނޑި ވިކާލަމުން އެ ފިރިހެން މީހާ ދޫކޮށްލައިފައި ފަލަކް އާއި ދިމާލަށް އައެވެ. އޭރު އެހެން ގިނަ ބައެއްގެ ނަޒަރު ވަނީ މި މީހުންނަށް އަމާޒުވެފައެވެ. އެ ތަނުން ސޮރަކު އެ މަންޒަރު ވީޑިއޯ ކުރާކަން އެނގުމުން މިސްރާބު ބަދަލުކޮށްލަމުން ނާއިލް ޝައުލާގެ އަތުގައި ހިފައިގެން ގޮސް އޭނާގެ ކާރަށް އަރައިފިއެވެ.
“ކަލޭ މޮޔަވީތަ؟ އެ ޅަ ގިތި ކިޑްނެޕް ކުރަން އައިސް އެ ކަން ހާސިލު ނުވަނީސް ކާރަށް އަރަން ޖެހޭތަ؟ ދެން މިކަހަލަ ފުރުސަތެއް ނުލިބޭނޭ. މި ޖެހުނީ ޒަވިއަނަށް ފިލަން އެހެން ދިމާލަކަށް ދާން.” ޝައުލާ ހިތްހަމަނުޖެހިގެން އެއްޗެހި ކިޔައިގަތެވެ. “މަތަ އަދިވެސް ގަމާރީ. އޭނ. މި ތަނުގަ އެވާ ކަންކަން ވީޑިއޯ ކުރަމުން ދަނިކޮށް އެ ކުއްޖާ ކިޑްނެޕް ކުރިއްޔާ ކާކަށް ނޭނގޭނީ؟ ކަލޭ ރާވާ ރޭވުމެއް ދުވަހަކު ވެސް ކާމިޔާބުވޭތަ؟” ނާއިލް ނުރުހިފައި އެއްޗެހި ކިޔައިގަތެވެ.
“ދެން ކިހިނެއްތަ ހަދަންވީ. ކަލޭ ގާތުގައި އަހާ އަހާ ވެސް އެއްޗެކޭ ނުބުނި ވިއްޔާ. މިހާރު ދެން ކޮން އެއްޗެކޭ ކިޔާކަށް ތަ؟” ޝައުލާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. “މިހާރު ފަސޭހައެއް ނޫނޭ އަރީއަށް ގޮތެއް ހަދާކަށް. އެކްސިޑެންޓް ކޮށްލިފަހުން އެ ޒަވިއަން މާ ބޮޑަށް ޕްރޮޓެކްޓިވް ވެގެން އުޅެނީ. އަރީން ބޭރަށް ނުކުންނަނީ ހަމައެކަނި ބޭކަރީ އަށް ދާން. އެ ވެސް ޒަވިއަނާއި އެކުގައި. މިއަދު މި ޖައްސާލި ސްޓަންޓަކާއި ހެދި ދެން މަށަށް ހީވަނީ ގޭގައި ޒައިލީނަށް ޕާކެއް ހަދާނީހެން. އެހާ ވެސް މުއްސަނދި ނުފޫޒު ގަދަ މީހެކޭ އެއީ. ކުރިން އޭނާ އަރީ އަށް ނަފުރަތު ކުރާތީ އޭ އެހާ ފަހި ފުރުސަތުތައް ލިބުނީ. އިހަށް ޖެހޭނީ އެމީހުން އުޅޭ ނޫޅޭ ގޮތެއް ބަލަން. ފުރުސަތެއް ލިބުނީމަ އެޓޭކެއް ދޭނީ.” ނާއިލް ރައްދުގައި ބުނެލިއެވެ. ޝައުލާ އަނގަޔަށް ވައްތަރެއް ޖައްސާލި ނަމަވެސް ހިމޭނުން އިނީ އިތުރަށް އެއާއި ވިއްދައިފައި ބުނާނެ އެއްޗެއް ނޭނގުމުންނެވެ. އެހެން ނޫނަސް ކޮންމެ ފަހަރަކު ބިރު ހިތަށް ފިލުވާލައިގެން ޒަވިއަނާއި ކުރިމަތި ލުމަކީ ގަޅި ކަމެކެވެ. މިހާރު ވެސް އެއް އަތް ބިނދިއްޖެއެވެ.
ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އައިސް ގެއަށް ވަން ޒަވިއަން ހުރީ މާނޭވާލެވިފައެވެ. އޭނާ ގޮސް އާފިޔާގެ އުރުގައި އިން ޒައިލީން ނަގާ އުރާލަމުން އެ ކުއްޖާއަށް ގޮތެއް ވެފައި ހުރިތޯ ބަލަމުން ދިޔައެވެ. ޒައިލީން ހިނިގަނޑެއް ޖަހާލިއެވެ. “ކޮއްކިއަށް ކަމެއް ނުވޭ. އެ ދައްތަ ކަމެއް ކުލަންވާ އިލަށް ދެލޮލަށް އިނގިލި ކޮށްޕާލާފަ އަތުގައި ދަތް އެޅީ. ކިހާ މޮޅު. ސުމީ ދައްތި ވަރަށް ޕްރައުޑް ވާނެ ދޯ. ސުމީ ދައްތަ ދަސްކޮށްދިން އެއްޗެކޭ އެއީ.” ޒައިލީން ފުޅާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ. މިއާއި އެކު އެ ސީރިއަސް ފިރިހެނާއަށް ވެސް ހެވިއްޖެއެވެ. “ގުޑް ގާލް. ވަރަށް މޮޅު އިނގޭ.” ޒަވިއަން ޒައިލީންގެ އިސްތަށިގަނޑު ހާވާލަމުން އެ ނިތުގައި ބޮސްދިނެވެ. އެއަށްފަހު އަނބުރާ ތިރީގައި ބަހައްޓާފައި ފަލަކް ކައިރިއަށް ދިޔައެވެ.
“ދެން މީގެ ފަހުން ޒެލީ ބޭރަށް ނުނެރޭތި. އެމީހުން ޖަލަށް ލެވޭންދެއް އެގޮތަށް ކަންތައް ކޮށްގެން ނޫނީ ޒެލީގެ ރައްކާތެރިކަން ޔަގީން ކުރެވޭކަށް ނެތް.” ޒަވިއަން ބުނެލިއެވެ. ފަލަކް އާނ ބަސް ދިނުމުން ޒަވިއަން އަނބުރާ ގެއިން ނުކުންނަން ދިޔައެވެ. “މިހާރު ދެން ސިއްރު ސިއްރުން ބިރުގެންނެވުން މެދުކަނޑާލައިފައި ބައްޕަމެން އެއްބަސްކުރުވައިގެން އެ ކޭސް ނަގަންވީ. މިކަން ނިމުމަކަށް ގެނެވޭނީ އެ ސުންޕާ ހައިވާނުން ޖަލު ތޭރިތަކުގެ ބިއްދޮށަށް ގަޅާލައިގެން. އެހެންނޫނީ ސަލާމަތެއް ނޯންނާނެ.” ޒަވިއަން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ.
ޖެހިގެން އައި ދުވަހެވެ. ބޭކަރީ އަށް ދިއުމުގެ ކުރިން އަރީން މިއަދު ތައްޔާރު ވެލީ އެޗް.އެކްސް ލޯވް ފާރމަށް ދާށެވެ. “ތި ބުނާ ލޯޔަރަކާ ބައްދަލުކޮށް ނިންމައިފައި ގުޅާ. ބަލައިގެން އުޅޭތި؟ ނަމަނަމަ ބޭރަށް ނުނުކުއްނާތި” އަރީން ކާރުން ނުކުތް ވަގުތު ޒަވިއަން ބުނެލިއެވެ. އަރީން ހީނލަމުން ބޯ ޖަހާލިއެވެ.
ލޯވް ފާރމްގެ ތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ވަޅުޖެހިފައި އޮތް ހަނދާންތަކުގެ ތޫފާން އަރީންގެ ސިކުނޑީގައި އުތުރި އަރައިގަތެވެ. މިހާރު އެ ކަމަށް ކޮންމެވެސް ވަރަކަށް ހޭނިފައި ހުރުމުން އެހާ އުނދަގުލެއް ނުވިއެވެ. އެހެނަސް ކުރިން ވެސް ރިއްސާ ވަރަށް ބޮލުގައި ރިއްސަމުން ދިޔައެވެ. ވޭންދެނިވި ވިއެއް ކަމަކު މިހާރު އަރީން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އެ ހަނދާންތައް އާ ކުރާށެވެ. އޭނާ އެހާ ބޮޑު ނުރައްކަލެއްގައި ވާ ސަބަބެއް އެނގެން ނުހަނު ބޭނުން ވެއެވެ.
“ހެއި ރީން. މިހާރު ކިހިނެއްތަ؟ މިއީ ޝައިނާ. ޝައި.” ޝައިނާ އައިސް އަރީންގެ އަތުގައި ހިފާލިއެވެ. އަރީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވި މަންޒަރު ސާފުވީ ދެނެވެ. “މިހާރު އަނެއްހެން ރަނގަޅު. ދެން ހަނދާންތައް ގެއްލިފަ ހުރިކަން. އަހަރެންގެ ކުރީގެ އޮފީސް ދައްކާލަދޭށޭ ބުނީމެއްނު.” އަރީން ބުނެލިއެވެ. ޝައިނާ އަރީން ގޮވައިގެން މައްޗަށް އެރިއެވެ.
“ހެއި ރީން. އަހަރެން މިއީ ޗީފް ލޯޔާރ ރޫހާން. އެއްކޮށް ރަނގަޅުވީމަ އަނބުރާ އަންނާނަން ދޯ. ވަރަށް އިންތިޒާރު ކުރެވޭ ރީން އަންނާނެ އިރަކަށް. މި ލެވެލްގައި ހުރި އެންމެ ޤާބިލު އެކަކު ވިއްޔާ ތިއީ.” އަރީންގެ ކެބިން ކުރިމަތިން ދިމާވީ ރޫހާން އާއިއެވެ. އަރީން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީ އެ ވަގުތު ވާހަކަދައްކަން ފޯކަސް ކުރަން އުނދަގޫވީމައެވެ.
އަރީން އެ ކެބިން ތެރެއަށް ވަދެފައި އެދުނީ އެކަހެރިކޮށް ވަގުތު ކޮޅެއް ދިނުމަށެވެ. ކެބިން ލޮކް ކޮށްލުމަށް ފަހު އޭނާ ގޮސް އިށީނީ ކެމެރާ ބްލައިންޑް ސްޕޮޓެއްގައެވެ. މޭގައި އަތް އަޅާލައިގެން އިނދެ ފުން ނޭވާތަކެއް ލަމުން ދިޔައިރު އެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެއްޖެއެވެ. އެގޮތަށް އޭނާ ފަނަރަ ވަރަކަށް މިނެޓް ވާންދެން އިނެވެ.
ސާފުކޮށް ހަނދާންތައް އާވުމުން ލިބުނު ޝޮކްގައި އަރީން އިނީ ހުއްޓުން އަރާފައެވެ. އެ ކޯތާފަތް މަތިން ކަރުނައިގެ ރޮނގެއް ދެމިފައި ވިއެވެ. ޓިޝޫއެއް ނޭފަތުކުރީ ޖައްސާލައިގެން އިން އިރު އެ ސިކުނޑީގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. “އަޒް.. އަޒާ ނިޔާވީ ގުދުރަތީ މަރަކުން ނޫން. ޝީ ވޯޒް… ކިލްޑް… އާހް.. އެ ވެސް އަހަރެންގެ ކޮޓަރިތެރޭ. ލިވާޒާގެ ފިރިމީހާ މާނިއު… އޭނާގެ މިތުރު ރިޝްވާން.. ފައިސާ އާއި މުދަލުގެ ދަހިވެތިކަމުގައި ބްލޫ ވޯޓާސް… ސުމީ ވެސް.. ސުމީ އަށް ވެސް މަރުގެ އެތިފަހަރެއް ދީފަ… އަނެއްކާ އަހަރެންގެ އެކްސިޑެންޓަކީ ވެސް.. އަދި ޖަންނާ ހަމަ އެ ދުވަހު ނިޔާވުމަކީ ވެސް އެ… މީހުންގެ ކަމެއް ބާ؟ ސުމީ އަށް އެރޭ ގޮތެއް ވީބާ؟ އިއްސޭ އާއި އެކު ކުރި ޚިތުބާ ރޫޅާލީ އެ މީހުންގެ ޕްރެޝަރަކުން ބާ؟” ހަނދާނުގެ އެ ބިރުވެރި ސަފުޙާތަކުގައި ކުލަޖެހުމުން އަރީނަށް ރޮވެމުން ދިޔައެވެ. އަނގަމަތީގައި އަތް އަޅައިގެން އިން އިރު އެ ހިތް ފޮތިފޮތިވަމުން ދިޔައެވެ. މެޔަށް ބާރުވެ ނޭވާލާން ދަތިވަމުން ދިޔައެވެ.
ދަބަސް ތެރެއިން އިންހޭލަރ ނަގާ ޖަހާލުމަށް ފަހު އަރީން ފެން ފޮދެއް ބޯލިއެވެ. ކަރުނަތައް ފުހެލަމުން ދަބަހުން ފުއްދަޅު ނަގާ ފުއް ޖަހާލިއެވެ. އޭނާ ރުއިކަން އެހެން މީހަކަށް ފާހަގަވާކަށް ބޭނުމެއް ނުވިއެވެ. ކެބިންގެ ދޮރު ހުޅުވާލި އިރު ބޭރުގައި އޭނާގެ އިންތިޒާރުގައި ޝައިނާ ހުއްޓެވެ. އަރީން އިހަށް ނުގޮސް މަޑުކޮށްލީ ޝައިނާ އާއި ވާހަކަ ދައްކާލުމަށެވެ. އެހެނަސް އެ ލޯވް ފާރމާއި ގުޅުން ހުރި ހުރިހާ ހަނދާނެއް އާވިކަން ނާންގައެވެ. އަރީނަށް ނޭނގުނީ ޝައިނާ އަރީންގެ ހަނދާންތައް އާވާން ފަށައިފިކަން ދެނެގެންފި ކަމެވެ. އެހެން ފަހަރު ތަކެކޭ ވެސް އެއްފަދައިން އަރީން އަމިއްލަ އަށް އެ ކަންތައް ހިއްސާ ނުކުރަނީސް އެ ވާހަކަ ނުދައްކަން އޭނާ ނިންމިއެވެ.
“ދެން ދަނީއޭ. އަދި އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް މި ލޯވް ފާރމުން ބައްދަލުވާނެ.” އަރީން ހިނިތުންވުމަކާއި އެކު އެހެން ބުނެލަމުން ލޯވް ފާރމުން ނުކުންނަން ދިޔައެވެ. ބޭރުގައި ލީވާން އޭނާ ބަލައި އައިސް ހުއްޓެވެ. ކާރަށް އެރުމުން ލީވާން އެ ދުއްވާލައިފިއެވެ.
ކާރު ޕާކިން ޒޯނަށް ލައިފައި ނުކުމެގެން ދިޔައިރު ދެމީހުން ހުއްޓާ ނުލާ އަނގަތަޅަމުން ދިޔައެވެ. “މިއަދު މަށަށް ކޭކު ފޮއްޗެއް ފޮރުވާފަ ވިޔަސް ބާއްވައްޗޭ. ހާދަ މީރޭ ރީން އަޅާ ކޭކު.” އަރީންގެ ކޮނޑު މައްޗަށް އަތް ވައްޓާލަމުން ލީވާން ބުނެލިއެވެ. “ހަހަހަ. މައްސަލައެއް ނެތް. ޗޮކްލެޓް ލާވާ ކޭކް ދޯ.” އަރީން އެހެން ބުނެލަމުން ގޮސް ބޭކަރީއަށް ވަނެވެ.
ލީވާން މަސައްކަތް ކުރާ ކޮންޕެނީ ކައިރިން އަޅައިފައި ދިޔަ ނައުރީނަށް ލީވާން އަންހެން ކުއްޖަކާއި ނިކަން ގާތްކޮށް އުޅެމުން ދިޔަ މަންޒަރު ފެނުމުން ޑްރައިވަރު ގާތު ކާރު ހުއްޓާލަން ބުނެލިއެވެ. އެ ކުއްޖާ ހުރީ ފުރަގަސްދީގެން ކަމުން މޫނެއް ނުފެނުނެވެ. ލީވާން އެހެން އަންހެނަކާ އެހާ ގާތްވާ މަންޒަރު ފެނުމުން ނައުރީންގެ ހިތުގައި ހަސަދަވެރިކަމުގެ ހުޅުކޮޅެއް ރޯވެއްޖެއެވެ. އަނގަޔަށް ވައްތަރެއް ޖައްސާލައިފައި އޭނާ ލީވާނަށް ގުޅާލަމުން ކާރުން ނުކުތެވެ.
“ހަލޯ. ހާދަ ނުވަގުތެއްގައި ގުޅާލީ.” ލީވާން ފޯނު ނަގައިފައި ބުނެލިއެވެ. “އަހަރެން މިހުރީ ޑައިމަންޑް ސްކައި އެޝޫރަންސް ކައިރީގައި ހުރި ގަސްތައް ކުރިމަތީގަ. މިތަނަށް އާދެބަލަ.” އެހެން ބުނެފައި ނައުރީން ފޯނު ކަނޑާލައިފިއެވެ. ލީވާން ނައުރީން ފެނުމުން އެ ދިމާލަށް ދިޔައެވެ. ނައުރީންގެ މޫނުމަތިން ހިތްހަމަނުޖެހިފައި ހުރި ކަމުގެ ކުލަ ފެންނަން ހުއްޓެވެ.
“ގާލްފްރެންޑްތަ އެ ބޭކަރީއަށް ވަނީ. ހާދަ ސިއްރުންނޭ. ތި އުޅެނީ.” ނުރުހިފައި އެހެން ބުނެލިގޮތުން ވެސް އެހުރީ ޖެލަސްވެފައި ކަން ދެނެގަންނަން ލީވާނަށް ނިކަން ފަސޭހަވިއެވެ. “ކިހިނެއްވީ. އަބަދު ވެސް އަހަރެން މީހަކާ ރައްޓެހިނުވެގެން ބެހެމެންނު. އިންޓްރޮޑިއުސް ކޮށްދޭންވީތަ؟ ވަރަށް ރަނގަޅު ކުއްޖެއް އެއީ.” ލީވާން ލާނެތް ގޮތަކަށް ހީނލިއެވެ.
“އުހުން. މަ ނޫޅެން އެ މީހަކު ބަލާ ހިތަކުންނެއް.” ނައުރީން ބުނެލިއެވެ. “އާރް ޔޫ ޖެލަސް؟” ލީވާން ސީދާ ބަހުން އެހިއެވެ. މި އަޑު އިވިފައި ނައުރީނަށް އެ އުޅެވުނު ގޮތާއި މެދު ވިސްނާލެވުނެވެ. އޭނާ ޙައިރާންވީ ލީވާން އެހެން ކުއްޖަކާއި ގާތް ވުމުން އެ ހިތް ނުރުހެންވީ ސަބަބެކެވެ. އޭނާ ފާޑަކަށް ބިރު ވެސް ގަތެވެ. ލީވާނަށް ޓަކައި އެ ހިތުގައިވީ އިހުސާސްތައް ފުންވަމުން ދަނީ ހެއްޔެވެ؟ އެހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ ޤަބޫލުކުރާ ގޮތުގައި އަދިވެސް ލޯބިވަނީ އިޙުސާނު ދެކެއެވެ.
“ނެވަރމައިންޑް. ދެން ދަނީއޭ.” ނައުރީން ފާޑަކަށް ރަކިވެފައި ހުރުމުން ދުރަށް ހިނގައިގަތެވެ. ލީވާން ނައުރީންގެ އަތުގައި ހިފާ ދަމައިގަތެވެ. ނުވިސްނާ ހުރުމުން ނައުރީން ގޮސް މަތަވީ ލީވާންގެ މޭގައި ޖެހިފައެވެ. ހަތަރުކަޅި ބައްދަލުވީ ވަގުތު ނައުރީން ލީވާންގެ ކަނޑެއް ފަދަ ފުން ދެލޮލަށް ގެނބިގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. އޭރު އެ ހިތް އަވަސްވާން ފަށައިފިއެވެ. އިހުގައި ވެސް ލީވާންގެ މިފަދަ އަދާތަކުން އޭނާގެ ހިތުގެ ނާރުތަކާއި ކުޅެލައެވެ. ދެރަވިޔަސް އުފާވިޔަސް އެންމެ ފުރަތަމަ އޭނާ އެކަމެއް ހިއްސާ ކުރެވޭނީ ލީވާނާއި އެވެ. އޭނާ ހިތްހަމަޖައްސާލަދީ އޭނާ ދިފާއުކޮށް ކުރިއަށް ނުކުންނަ މީހަކީ ލީވާނެވެ. އިޙުސާނަށް ޓަކައި އޮތް އިހުސާސްގެ މައްޗަށް ލީވާން ގަދަވެގަނެފިކަން ފުރަތަމަ ފަހަރަށް ރެއަކާ ލުމުން ނައުރީނަށް ހިންދިރުވާލެވުނެވެ. އަންހެނަކާއި ފިރިހެނަކަށް ގާތް އެކުވެރިއެއްގެ ގޮތުގައި ދެމި ހުރުމަކީ ފަސޭހަ ކަމެއް ނޫނޭ ބުނާ ސަބަބު މިއަދު އޭނާއަށް ވިސްނިއްޖެއެވެ.
“ހެހެހެ. އެ ސަމާސާ ކޮށްލީއޭ. އެއީ ޒެވްގެ އަންހެނުން އަރީން. ވީއަރ ޖަސްޓް ފްރެންޑްސް.” ހިނިގަނޑެއް ޖަހާލަމުން ލީވާން ބުނެލިއެވެ. ނައުރީން އެސްފިޔަ ޖަހާލައިފައި ލީވާންގެ އަތުން ދެމިގަނެގެން ދުވެފައި ގޮސް ކާރަށް އަރައިފިއެވެ.
ގެއަށް ދިއުމަށް ފަހު ވެސް ނައުރީނަށް ވިސްނެމުން ދިޔައީ ލީވާނާއި މެދުގައެވެ. ވިސްނި ވަރަކަށް އޭނާ އަށް ޤަބޫލުކުރެވުނީ އިޙުސާނަށް ވުރެ އޭނާ އަށް ރަނގަޅު މީހަކީ ލީވާން ކަމެވެ. އަމިއްލަ އިޙުސާސްތައް އޮޅުން ބޮޅުން އަރައިފައިވާތީ އާއި އެކު ނައުރީން ބޮޑު ނިންމުމެއް ނިންމިއެވެ.
“މިރޭ ދިހައެއް ޖަހާއިރު ނައިޓް ކެފޭއިން. މިއަދު އާދޭ. އޭގެ ފަހުން އަހަރެން ސެން އަކަށް އުނދަގުލެއް ނުކުރާނަން.” ނައުރީން ފޮނުވައިފައި އޮތް މެސެޖު ފެނި އިޙުސާނު ހައިރާންވިއެވެ. އެހާ ފަސޭހައިން އެއްބަސްވަމުން މެސެޖެއް ފޮނުވާލީ ވެސް އެހެންވެގެންނެވެ.
އިޙުސާނު ނައިޓް ކެފޭގެ ޕްރައިވެޓް ސްލޮޓަށް ވަތް އިރު ނައުރީން އިންތިޒާރުގައި އިނެވެ. އެހެން ފަހަރު ތަކާއި ޚިލާފަށް މިފަހަރު އޭނާ އިސް އުފުލާލާ ބަލައި ވެސް ނުލިއެވެ. ލައިގެން ހުރީ ވެސް އާދައިގެ ހޫޑީއަކާއި ޓްރައުޒާ އެކެވެ. މިކަން ވެސް ވީ އިޙުސާނު ހައިރާންކުރުވި ކަމަކަށެވެ.
“އައިމް ސޮރީ… އަހަރެންނަށް މާފުކުރޭ. ސެން އަހަރެން ދެކެ ލޯބި ނުވާ އިރު ވެސް އެތައް ގޮތަކުން ރިލޭޝަނަކަށް ދާން ޕްރެސް ކުރުން އެއީ އަހަރެންނަށް ކުރިން ކުރެވިފައި އޮތް ކުށެއް. އެހާ ވަރަށް ސެންގެ ފަހަތުން އަޅައިގަނެގެން އުޅުނީމަ ކަންނޭނގެ ނާއިލް އަހަރެން ނުބުނަނީސް މި ފުރުސަތު ހޯދައިދިނީ. އަސްލު އެހެން ބުނީމަ ޤަބޫލުނުކުރެވިފައި ހުއްޓާ ސެން އަހަރެންނާއި ރައްޓެހިވާން އެހީ؟” ނައުރީން މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ. އިޙުސާނު އަޅައިގަތީ ނާއިލްގެ ވާހަކަ ބުނި ހިސާބުގައެވެ. އެހެނަސް އެއަށް އެއްޗެއް ބުނަން ވާއިރަށް އަނެއްކާވެސް ނައުރީން ވާހަކަ ދައްކަން ފަށައިފިއެވެ. “އަހަރެން ބޭނުން ބްރޭކް އަޕް ވާން. މި ކަހަލަ މާނައެއް ނެތް ގުޅުމެއްގައި ދެމިހުރެގެން ދެމީހުންގެ ވަގުތު ބޭކާރުކުރާކަށް އަހަރެން ބޭނުމެއްނޫން. ޝުކުރިއްޔާ އަހަރެންނަށް ފުރުސަތެއް ދިނީތީ. އެހެންނޫންނަމަ ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެ ދިޔަޔަސް އަހަރެންގެ އަމިއްލަ އިޙުސާސްތައް ދެނެގަންނާނެ ފުރުސަތެއް ނުލިބުނީސް. ސެންގެ އަޅާލުން ކުޑަކަން އިޙުސާސް ވުމުން އަހަރެންނަށް ވިސްނިއްޖެ ލޯބިވާ މިހާ އާއި އެކު އުޅުމަށް ވުރެ ތިމާއަށް ޤަދަރުކޮށް އަޅާލާ މީހަކު އިޚްތިޔާރު ކުރުމުގެ ކުރުން މާ ފައިދާކުރަނިވި ކަން.”
“އަހަރެން ވެސް ބޭނުމީ ބްރޭކް އަޕްވާން. ފުރަތަމަ ބުނެދީބަލަ ކިހިނެއްކަން ނާއިލަށް އަހަރެން ނައުރީނަށް މި ފުރުސަތު ދޭނޭ ބުނަން އެނގުނީ؟” އިޙުސާނު އެހިއެވެ. “ނޭނގޭ. ނާއި ކައިރިއަކު އެ ތަފްސީލުތަކެއް ނާހަން. ދެން ދަނީއޭ.” ނައުރީން ގޮނޑިން ތެދުވަންނަމުން ބުނެލިއެވެ. އެ ތަނުން ނުކުމެގެން ދިޔައިރު އެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. އަނެއްކޮޅުން އިޙުސާނު ހުރީ ނާއިލްގެ ވާހަކަ އައި ސަބަބެއް ހޯދާ ހިތުން ހަލާކުވެފައެވެ. އެހިޔަސް ސުމައްޔާ އެ ވާހަކަ ނުބުނާނެކަން އެނގޭތީ އެ ކަން ޙާސިލުކުރުމަށް ކުރާނެ އެހެން ގޮތެއް ވިސްނައިނުގަނެވިފައެވެ. އެހެނަސް އެ ހިތަށް މިރޭ ހަމަޖެހުން ލިބިއްޖެއެވެ. އަލުން ސުމައްޔާ ޙާސިލުކުރެވިދާނެ ކަމުގެ އުންމީދުގެ ހުޅުކޮޅެއް އެ ހިތުގައި ރޯވެއްޖެއެވެ. މިހެން ކަންތައް ވިއްޔާ ސުމައްޔާ އޭނާއަށް ދައްކާ ނަފުރަތުގެ ކުލަތަކަކީ ޙަޤީޤަތެއް ނެތް އެއްޗެއް ކަމަށް ވުމުގެ ފުރުސަތު އެބައޮތެވެ.
ލީވާނަށް ގުޅައިފައި ނައުރީން ދިޔައީ އާރޓިފިޝިއަލް ބީޗަށެވެ. ދެމީހުން ގޮސް އިށީނީ ބެންޗެއްގައެވެ. ހަނދުވަރުގެ އަލީގައި ރިހިފަތްގަނޑެއް ފަދައިން ދޮންވެލިގަނޑު ވިދަމުން ދިޔައެވެ. ޖެހެމުން ދިޔަ ފިނި ވައި ރޯޅިތަކުން ސިކުނޑި ތާޒާ ވާނެކަން ގައިމެވެ. ދޭތެރެއަކުން ރާޅުބީއްސާލާ އަޑުން އެތަނުގައި ވީ ހަމަހިމޭންކަން ނަގާލައެވެ. އެ ވަގުތު އެ ތަނުގެ އެކި ހިސާބުތަކުގައި ލޯބިވެރިން މާފޮޅުވަމުން ދިޔައެވެ. އެ އެންމެން ވެސް ތިބީ އަމިއްލަ ދުނިޔެއެއްގައެވެ.
އައިންސުރެ ނައުރީން އިނީ މޫދާއި ދިމާލަށް ނަޒަރު ހުއްޓާލައިގެންނެވެ. އެ ހަމަހިމޭންކަމުން އުނދަގޫވެފައި އިނީ ލީވާނަށެވެ. އޭނާގެ ތޫނު ނަޒަރު އަމާޒުވެފައި ވަނީ ނައުރީންގެ މާޔޫސީ މޫނަށެވެ. އެހެންޏާ ދެރަވެއްޖެނަމަ ކަރުނަ އަޅާ ކުއްޖަކު އެހެން އިނުމުން ލީވާންގެ ކަންބޮޑުވުން އިތުރުވިއެވެ. ސުވާލެއް ކުރަން ނުކެރި ފަސްޖެހިފައި އޭނާ އަށް އިނދެވުނީ ވެސް އެހެންވެގެންނެވެ.
އެހެން އިރުކޮޅަކު އިނދެފައި ނައުރީން ކޮޅަށް ތެދުވެއްޖެއެވެ. “ވީ ބްރޯކް އަޕް.” ކިރިޔަ ކިރިޔާ އިވޭ ވަރަށް ނައުރީން ބުނެލިއެވެ. އަރައިގެން ހުރި ފައިވާން ބާލައިފައި އޭނާ ހިނގައިފައި ދިޔައީ ހިލަތަކާއި ދިމާލަށެވެ. ނައުރީން އެ ބުނި އެއްޗެއް ވިސްނައިގަންނަން މަސައްކަތް ކުރަމުން ދިޔަ ލީވާނަށް ތެދުވެވުނީ ނައުރީން ހިލަތަކުގެ މައްޗަށް އެރި ފަހުންނެވެ. ނައުރީން ކުރިން ވެސް އިޙުސާނުގެ ސަބަބުން ހިތުގައި ޖެހިފައި ހުރި ދުވަހަކު އެ ތަނުން ފުންމާލި ކަން ހަނދާން ވުމުން ލީވާންގެ ހިތް އަވަސްވިއެވެ. ދެވަނަ ފަހަރަށް އެ ތަނުން ފުންމާލަން ވެސް ނައުރީން ފަހެއް ނުޖެހޭނެއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.







Maaashaa allah vrh reethi…
When next??
IA next Monday
Shukran Anonymous ✨✨
Mi part ves varah reethi masha Allah
Heyonuvaane reen ah dhera gotheh nuhadhachey
Shaula haadha goahey hithuga rahumeh
kulhuneh neih
Zelee ah gotheh vejja zev fakeeru Moya vedhaane
Mi part kiyaafa rovijje
Nau n leevan gulhenee dhw finally
Heyonuvaane sumee and isse ves gulhuvachey
They both are made for each other
Really appreciated your hard work 🥰
Eid Mubarak ❤️
Haadha curious kohlaafa thi nihmaaly
Waiting for the day to give justice
Miayee Varah saugu veri kamakaa eku kiyaa vaahaka eh
Glad to know that 🥰🥰
Reen is slowly having happiness 😄😄
Sumee and isse have a chance now 😏😏
Shukran Cutie girl ✨✨
vrah reethi mi part ves👍
very curious vefa inda mi part nimunee🤔
waiting for next part
love this story❤️
Happy to hear that 🥰🥰
Shukran pumpkin ✨✨
Wow wow wow.
Oh hus dhera kanthah thah mi vanee dhww.
Next ????
Lysm and tc
Thats one of the main genre of this story 🫠🫠
Shukran Exxo ✨✨
Lyt darl 🫰🏻🫰🏻
Omg. Don’t know how to express how nice ot is. Perfect. 🩷🩷🩷.
Hehe. Sumee fakkalehnu. Ehuree sumeege techniques thah Xeli ah vx dhaskohdheefa viyya. Kuhaa molhu Xeli vx
Mi Isseey ah engeyni kihinehbaa ekan.
Naureen e ulheny Leevaan ah Loabi husband alhan tha ????
Haadha heeveyey. Leevaan aa Naureen aa vrh avahah gulheyne hennn.
When nexxxt ?????
Luv U.
Tc
….
I’m delighted to hear that 🥰🥰
Dhww, sumee eh faharu bunyehnu areen ge soft kan e kujja kibaiga haruliyaka nudheynamey
We will know if she confesses or not later on, stay tuned 😄😄
IA next Monday
Shukran xxx_dodo_xxx ✨✨
Lyt darl 🫰🏻🫰🏻
🤩🤩🤩
Wowwwwwweeeeeeeee.
Vrh vrh reeeeeeeeeeeeethi.mee kanneynge emme salhi Bai.
Baraabaru. Wow. When u said u can’t promise Xaileen’s proper safety. I thought she might b injured. But Thank god she survived.
Leevaan n Nau gulhuva dhehcheyyyy.
Ly…
I’m overjoyed to hear that 🥰🥰
Ehen buny ithurah intensify kohlan 😏😏
Leevan and naureen gulheyne baa 👀👀
Shukran Leeshaa ✨✨
Lyt darl 🫰🏻🫰🏻
ވަރަށް ވަރަށް ރީތި.
ވަރަށް ފުރިހަމަ.
ދެވަނަ ބަޔަށް ވެސް އިންތިޒާރު ކުރަން.
ހިތްހެޔޮ ކަމާއެކު ވަރަށް ސަލާމް.
🩶🩶🩶
🥰🥰 ވަރަށް އުފާވެއްޖެ މި ބައި ކަމުދިޔައިމަ
✨✨ ވަރަށް ސަލާމް، ޝުކްރަން ފާތިމަތު ރާޔާ
Heyyyy.
Varah varah salhi ingeyyy.
When next ????
Curiously waiting 4 the next part. Good Luck.
Tc…
Glad to know 🥰🥰
IA next Monday
Shukran Caspian ✨✨
Mi part ves vrh reethi MA!
Thank God Shaula Xeli ah gotheh hedhumuge kurin Falak ah ethanah dhevunu kan😪
Xeli haadha gadha ey dhww Shaula ge dhe lolah ingili viya e koppaalee 😂😂
Sumee Xeli ah vs life saving tips dhaskohdheyn feshee dhw
Reen ge hurihaa handhaan thah ai dhw mihaaru??
I kind of like seeing Naureen getting jealous!
Naureen’s falling for Eleven right?
Luv u 💗
Whn nxt???
I’m delighted to hear that 🥰🥰
Yeah, she maybe tiny but sumee taught her some nice moves 🤣🤣
Adhi hurihaa memories eh naadhey 😬😬
It seems like naureen is falling for him, yeah 😅😅
IA next Monday
Shukran 🥀 ✨✨
Lyt darl 🫰🏻🫰🏻
Mi part ves varab reethi. Koba hama rangalhah shaula ah thivee . zaileen shaula ge dhelolah ingili koppaali varu kudai. Zavian ge kudhin ga zavian ge DNA hunnaane . Naureen is jeleous. What naureen please fummaalan noolheythi. Curiously waiting for the next part??
I started writing stories. I have started publishing it now.
Lysm tc 🥰🥰🥰🥰
I’m ecstatic to hear that 🥰🥰
Hehe, zely shaula beynun haa gotheh hadhaaliyaka nudhin 🤣🤣
I did see ur stories, vagutheh veema kiyaalaanan ingey 😄😄
Shukran Miss rose ✨✨
Lyt darl 🫰🏻🫰🏻
Brruh! My comment got disapproved???
I think yes 🫠🫠
Shukran Your fav bab ✨✨
love it cant wait for the next part ly
Shukran BLOSSOM ✨✨
Lyt darl 🫰🏻🫰🏻
Submitedd???
Yes
Shukran Anonymous ✨✨
i cant find it
It’s pending ga, admin approved kuryma submit kuraa ehchehi upload vaany 😔😔
Shukran BLOSSOM ✨✨
is it still pending
Yes 😔😔
Shukran pumpkin ✨✨
Still pending ????
Y is it taking so long ???
Any Idea ????
Super curious n unpatiently waiting
……
Yhh, iyye hendhunu kanne submit kohlee 🫠🫠
Idk why it’s taking so long to get admin approval 🥀🥀
Shukran xxx_dodo_xxx ✨✨
Ehen authors ge story vrh avahah publish vey… But urs it’s still pending 😭 whyyyyy I can’t waitt
Beynun iraku story upload kurevey authors eii, I don’t have right to do that, konme faharaku ves admin approval libunyma upload vaany 🥀🥀
Shukran Anonymous ✨✨
Why u don’t have the right? I’m so curious
Dunno, admin ah thiyeh engeyni 🫠🫠
Shukran Anonymous ✨✨
Still pending ?????
Yhh 🥀💔