Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 67

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
May 18, 2026 12 Mins Read
34 Comments

“ހިނގާ ދޯ ސަވައިވަލް ގޭމް ފަށަން.” ރިޒޭ އަފާފް ނަގާ އުރާލަމުން އެނދުމައްޗަށް ބަންޑުން ވައްޓާލިއެވެ. އޭރު އެތަނުގައި ތިބި އެންމެންގެ ދަހިވެތި ނަޒަރު އަމާޒުވެފައި ވަނީ އަފާފަށެވެ. ރިޒޭ އިޝާރާތްކޮށްލުމާއި އެކު އެހެން ދެމީހަކު ދެ ޗާބޫކުން އަފާފްގެ ހަށިގަނޑަށް ހަމަލާ ދޭން ފެށިއެވެ. އަފާފްގެ މުޅި ހަށީގައި ވޭން އަޅަމުން ދިޔައީ އިންތިހާއަށެވެ. އެ ދެލޮލުން ހޯސްލައިފައި ކަރުނަ އޮހޮރެމުން ދިޔައީ އެ ކަމަށް ކެތްތެރިވާން އުނދަގޫވުމުންނެވެ.

“އައްދޭ! އެހާ އަވަހަށް ރޮވެން ފެށީތަ؟” ރިޒޭ ކައިރިއަށް ޖެހިލަމުން އަފާފްގެ ދަތްދޮޅީގައި ހިފާ ގާތަށް ދަމާލިއެވެ. އޭނާގެ ހިތުގައި ރަޙުމުގެ އެއްވެސް ކަންފުޅެއް ހަމަ ނެތީއެވެ. ވަޅިއެއް ނަގައި އަފާފްގެ އަތުގައި އަޅާ ދަމާލައިފިއެވެ. އެ ހިސާބުން އޮހޮރިގަތް ލޭގެ ބޭނުން ކޮށްގެން ލޯގަނޑުގައި އެއްޗެއް ލިޔުނެވެ. އެއަށްފަހު އަފާފްގެ އަތުގައި ފޮތިގަނޑެއް އައްސާލައިފިއެވެ.

“މަ މި ދަނީ. ކަލޭމެން ބޭނުން ގޮތެއް މީނާއަށް ހަދާ. ވަރިހަމަ މަރާލިޔަސް.” ރިޒޭ އެހެން ބުނެފައި އެ ކޮޓަރިން ނުކުތެވެ. ރިޒޭ އެ ތަނުން ނުކުމެގެން ދިއުމުން އެހެން އެންމެންގެ ދަހިވެތި ނަޒަރު އަމާޒުވީ އަފާފަށެވެ. އެ މީހުންގެ މަޤްސަދު ދެނެގަނެވުމުން އަފާފަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. ދަހިވެފައިވާ ސިންގާ ތަކެއް ފަދައިން އެ އެންމެން އެނދުމައްޗަށް އެރީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. އަމިއްލަ ނަފްސު ރައްކާތެރިކުރަން އަފާފަށް ހިރިވެސް ނުލެވުނެވެ. އެއްވެސް ބާރެއް ނުދެއްކިފައި ރޯލަ ރޯލާ އޮވެވުނީއެވެ.

“މިހާރު އެއޮށް ނުވައެއް ޖަހަނީ. އަދިވެސް އެފިކްސް އަންނާކަށް ނޫޅޭތަ؟” ސުމައްޔާ ހާސްވެފައި އެއްސެވެ. އަކްމަލް އަފާފަށް ގުޅިއެވެ. ރިންގުވެ ރިންގުވެފައި ފޯނު ކެނޑޭތީ ޒައިން ލައްވާ އަފާފްގެ ލޮކޭޝަން ހޯދުމުގެ މަސައްކަތް ފެށިއެވެ. ޒައިނަށް އެކަން ހާސިލުވީ ފަނަރަ މިނެޓުގެ މަސައްކަތުންނެވެ.

“ވަޓް. ކީއްވެ އެހާ ދުރަށް ގޮސްގެން އެ އުޅެނީ؟” ސުމައްޔާ ހައިރާންވީ އަފާފްގެ ފޯނު ޓްރޭސްކުރެވުނީ އެ ފުލުސް ސްޓޭޝަނާއި އެހާމެ ދުރު ހިސާބަކުން ކަން އެނގުމުންނެވެ. “އަނެއްކާ ނުބައި ކަމެއް ވީބާ.” އަކްމަލަށް އެހެން ބުނެވުނު އިރު ފާޑުފާޑުގެ ނުބައި ޚިޔާލުތަކުން ސިކުނޑި ހިސޯރުކޮށްލައިފިއެވެ. އެންމެން އެކަކު އަނެކަކަށް އަވަސް ނަޒަރެއް ދީފައި އެ ތަނުން ނުކުމެގެން ދިޔައީ ދުވެފައެވެ. ޒައިންގެ ސައިކަލު ފަހަތަށް އަކްމަލް އެރުމުން ސުމައްޔާ އަށް މަޖުބޫރުވީ އިޙުސާނުގެ ސައިކަލަށް އަރާށެވެ.

ބޭނުންވި މަންޒިލާއި ހަމައަށް ފޯރުމުން އެ އެންމެން އެ ގޭގެ ތެރެއަށް ވަދެގަތީ ބެލް އެޅުމުން އެއްވެސް ހިލަމެއް ނުވުމުންނެވެ. ފަހަރަކު ކޮޓަރިއެއްގެ ތަޅު ހަލާކުކޮށް އެތެރެ ބަލަމުން ދިޔައިރު އެންމެންގެ ހިތްތައް ވަނީ އަވަސްވެފައެވެ.

“ޝިޓް. ކައެމެން ތަޅާފޮޅަން ހަދައިގެން އެކަކަށް ވެސް މި މަންޖެގެ ރަޙަ ބަލާނެ ފުރުސަތެއް ނުލިބުނެއްނު. މި ޖެހުނީ ފިލައިގެން ދާން. ކިހިނެއް އެނގޭނީ އެހާ އަވަހަށް މި ގޮއްޔެ ސަލާމަތް ކުރަން ބަޔަކު އަންނާނެ ކަމެއް.” އެ ތަނުން އެކަކު އަފާފްގެ ގައިމަތިން ތެދުވަންނަމުން ބުނެލީ ބެލް އެޅި އަޑު އިވުމުންނެވެ. އެންމެން އަވަސް އަރުވާލަމުން ބިންމަތީގައި ހުރި އަންނައުނު ނަގައި ލާން ފެށިއެވެ. ކުޑަދޮރުން ފުންމާލައިގެން އަވަހަށް އެތަނުން ނުކުމެގެން ދިޔައީ ބަޓު ވިއްޔާ ރިޒޭ ރުޅި އަންނާނެތީއެވެ.

އެންމެ އެތެރެއަށް ހުރި ކޮޓަރީގެ ތަޅު ހަލާކުކޮށްލައިފައި އެތެރެއަށް ވަނީ ޒައިނެވެ. ފެނުނު މަންޒަރުން އޭނާ އަށް ދެލޯ މަރާ ބާރު ކޮށްލެވުނެވެ. އެ ހިތަށް އެތައް ހާސް ހަންޖަރެއް ހަރާލާ އެ ފުން ފާރު މަތީ ލޮނުމިރުސް އަޅާލި ކަހަލައެވެ. އެނދުމަތީގައި އެއްވެސް ފޭރާމެއް ނެތި ލޭ ކޮށިފައިވާ އަފާފްގެ ހެޔެއް ނެތެވެ. ޒައިން ދުވެފައި އެ ދިމާލަށް ގޮސް އަފާފްގެ ހަށިގަނޑުގައި ބެޑުޝީޓު އޮޅާލަމުން ނަގާ އުރާލިއެވެ. އެ ފަކީރަށް ޖައްސައިފައި އޮތް ޙާލު ފެނި އޭނާގެ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. އެ ހިތަށް ކުޑަ ވެސް ފިނިކަމެއް ލިބުނީ ނޭވާލާ ކަން އެނގުމުންނެވެ.

ކޮޓަރިއަށް ވަތް ސުމައްޔާ އަށް ޒައިންގެ އަތް މަތީގައި އޮތް އަފާފްގެ ހަށިގަނޑު ފެނި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހެން މީހުންނަށް އެ ހިސާބަށް އާދެވުނީ އިރުކޮޅެއް ފަހުންނެވެ. އިޙުސާނު އެމްބިއުލެންސަކަށް ގުޅާލީ އަފާފް އޮތް ޙާލު ފެނުމުންނެވެ. އަކްމަލް އިސްތަށިގަނޑަށް އަތް މަހާލަމުން އެ ދިމާލަށް ދުވެފައި ދިޔަ އިރު އެ ސޮރަށް ރޮވިއްޖެއެވެ. ލޯބިވާ ކޮއްކޮ އެހާ ނިކަމެތި ޙާލެއްގައި އޮށްވާ ފެނުމުން ހިތް ފަޅައިގެން ނުދާނީ ކޮން ބޭބެއެއް ހެއްޔެވެ؟

“އަލިފާނާއި ކުޅުނީމަ ވާނީ މިހެން.” ލޯގަނޑުގައި ލެއިން ލިޔެފައިވާ ޖުމްލަ ފެނި ސުމައްޔާ އަށް ދެއަތް މުއްކަވާލެވުނެވެ. ހަޅޭއްލަވައިގަންނަމުން އޭނާ ގޮސް ގޮށްމުއްކަވައިފައި އެ ލޯގަނޑުގައި ޖެއްސެވެ. ދެވަނަ އެތިފަހަރެއް ވީއްލާލަން ވާއިރަށް އިޙުސާނު ސުމައްޔާގެ އަތުގައި ހިފާ ދުރަށް ޖައްސާލައިފިއެވެ.

“ތިއީ ވެސް އެވިޑެންސޭ. ރުޅިގަދަވިއްޔޭ ކިޔާފަ ލޯގަނޑު ތަޅާލަން ޖެހޭތަ؟ މި ވަގުތު ވީ ލިބެން ހުރި ހެކިތައް އެއްކުރަން. މިހެން ލިޔެފަ އިނީމަ އެނގޭ ދޯ މިއީ ރިޒޭގެ ކަމެއްކަން.” އިޙުސާނު ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ. ސުމައްޔާ މައިތިރިވީ ދެނެވެ. ބެކަޕަށް ރިކުއެސްޓް ކޮށްފައި އިޙުސާނާއި އެކު އޭނާ އުޅުނީ އެ ތަން ބަލާ ފާސް ކުރާށެވެ.

އެމްބިއުލެންސަށް އަފާފް ލައިފައި އަވަސް ފަރުވާ ދޭން ފެށިއިރު ވެސް ޒައިނާއި އަކްމަލްގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ކޮންމެ ސިކުންތަކީ ވެސް ހިތަށް ކެތްނުކުރެވޭ ފަދަ ބިރުވެރި ވަގުތުކޮޅަކަށް ވެފައިވާއިރު އަފާފްގެ ހަށިގަނޑުން ފެންނަމުންދިޔަ ހިމޭންކަމަކީ އެ ހިތްދަތިކަމަށް އިތުރުވާ ބޮޅެއް ކަހަލައެވެ.

ސްޓްރެޗާ ދުއްވައިފައި ދިޔަ ނަރުހުންގެ ފަހަތުން ދިޔަ އަކްމަލާއި ޒައިންގެ ކިބައިން ފެންނަނީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމެވެ. އެތެރެއަށް ވަންނަން ފުރުސަތެއް ނުލިބެނީސް ​އީ.އާރްގެ ބޮޑު ދޮރު ބަންދުވުމާއެކު ޒައިނަށް ހުއްޓެވުނެވެ. އޭނާ ފާރުގައި ލެނގިލައިގެން މަޑުމަޑުން ތިރިވިގޮތަށް މޫނުގައި ދެއަތް އަޅާލިއެވެ. އެ އިނގިލިތަކުގެ ދޭތެރެއިން ފޭދިގެން ފޭބި ކަރުނަތަކުން އަފާފްގެ ހާލަތާމެދު އޭނާގެ ހިތް ކުދިކުދިވަމުންދާ މިންވަރު ހާމަވެއެވެ.

​އަނެއްކޮޅުން އަކްމަލް އިނީ ގޮނޑީގައި ގަނޑުވެފައެވެ. ހިނދުކޮޅަކު އެހެން އިނުމަށް ފަހު ތުރުތުރު އަޅަމުން ދިޔަ ހާލު ފޯނު ނަގައި މަންމަގެ ނަންބަރަށް ފިތާލިއެވެ.

“މަންމާ! ކޮއްކޮ… އަފާ.” އަރުބެދެމުން ދިޔަ ޙާލު އަކްމަލަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އެއާއެކު އޭނާގެ ކަރުބުޑުގައި ތާށިވެފައި ހުރި ގިސްލުން ބޭރުވެއްޖެއެވެ. “އަކޫ ދަރިފުޅާ މަންމަގެ އަފާއަށް ކިހިނެއްވީ؟” އެކޮޅުން ޖަވާބު ދިން އަޒުރާ ހާސްވެފައިވާ މިންވަރު އެ އަޑުން އެނގެމުން ދިޔައެވެ.

“މަރުފަލި އޭ ކިޔުނު ގޭންގެއްގެ ވާހަކަ ބުނީމެއްނު. އެމީހުން… އެމީހުން ކޮއްކޮ އަށް އަނިޔާކޮށްފަ އޮށްވާ ފެނިގެން ހަސްފަތާލަށް ގެނެސްގެން މި އުޅެނީ. ފެނުނު އިރު… ފެނުނު އިރު ލޭކޮށިފައި… އެއްވެސް… ފޭރާމެއް ނެތި އޮތީ. އެމީހުން އަތުލައިގަންނަން ވާއިރަށް ފިލައިގެން ގޮސްފި.” ކަށިން ހިތްވަރު ނެރެގެން އަކްމަލް އެ ވާހަކަތައް ތަފްސީލުކޮށްދިނެވެ.

އަކްމަލްގެ ޖަވާބު އަހައިފައި އަޒުރާ ގިސްލަ ގިސްލައިފައި ރޯން ފަށައިފިއެވެ. އަކްމަލް އަށް އޭނާގެ މަންމަ ހިތްހަމަޖައްސާލަން ބުނާނެ އެއްޗެއް ނޭނގި ދެލޮލުން ކަރުނަ ބާލަބާލާ އިނދެވުނީއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅަށް އެފަދަ ނިކަމެތިކަމެއް ލިބުމުން އެ މައިމީހާގެ ހިތަށް ކުރާނެ އަސަރު ވަޒަންކޮށްލަން ވެސް ދައްޗެވެ.

“ރޭޕް ކިޓްގެ އެހީގަ ޓެސްޓު ކުރި އިރު އެ ކަހަލަ އެއްވެސް ކަމެއް ކޮށްފަކާ ނެތް. ލިބިފަ ހުރި ޒަޚަމުތަކުގައި ބޭސްއަޅައިފައި މިހާރު އެ ހުރީ. އަނެއްހެން މާ ބޮޑު އަނިޔާއެއް ލިބިފަކާ ނެތް. މުޅިން ވެސް ކުދި އަނިޔާ ދީފަ އެ ހުރީ. ހީވަނީ ޓޯރޗާރ ކޮށްފައި ހުރިހެން. މިކަމުގެ ސަބަބުން ޕޭޝަންޓަށް ނަފްސާނީ ބަލިމަޑުކަމެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު. މެންޓަލީ ވަރަށް ހިތްވަރުގަދަ ވެގެން މިކަހަލަ ކަމަކުން އަރައިގަނެވޭނީ.” ޑަކުޓަރަކު އައިސް އެ މައުލޫމާތު ދިނީ އިރުކޮޅެއް ފަހުންނެވެ. ދެމީހުންނަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީ އަފާފް ރޭޕްގެ ޝިކާރައަކަށް ނުވުމުންނެވެ. އެހެނެއްކަމަކު ދީފަ ހުރި ލުއި އަނިޔާތަކުގެ ތަފްސީލުން ދެ ނަފްސް ރޮއްވާލިއެވެ. ދެއަތް މުއްކެވިފައިވީ އިރު އެ ދެމީހުން ހިތްހަމަ ނުޖެހިފައި ހުރި މިންވަރު ސާފުކޮށް އެނގެން ހުއްޓެވެ.

“އެޕަލް. މަށަކަށް މިތާ ހިމޭނުންނެއް ނުހުރެވޭނެ. ފުލުހަކަށް ވިއްޔޭ ކިޔާ އެމީހުންގެ ކަށިތައް މުގުރާނުލާ ދުލެއް ނުކުރެވޭނެ. އަހަރެމެން ގޮސް ތަޅާލިޔަސް ރިޕޯޓު ކުރަން އަންނާނެތަ؟” ޒައިން ވައި އަޑުން ބުނެލިއެވެ. އެއަށްފަހު އޭނާ މިސްރާބު ޖެހީ ހަސްފަތާލުން ނުކުންނާށެވެ. ފަހަތުން އަކްމަލް ވެސް ދިޔައެވެ. އެ ދެމީހުންގެ ފަހަތުން ސުމައްޔާ ނުދިޔައީ މިވަގުތު އަފާފް ގާތުގައި ހުރުން މުހިންމުވީމައެވެ. އެ ހިތުގައި ސުވާލު އުފެދުނެއް ކަމަކު އެ ކަން ފާޅެއް ނުކުރެއެވެ. އިޙުސާނު ސްޓޭޝަނުގައި އުޅެފައި އައީ ޒައިންމެން ދިޔަތާ އިރުގަނޑެއް ފަހުންނެވެ.

ޒައިން ގެއަށް ގޮސްފައި އުޅުނީ ލެޕު ނަގައިގެން އޭގައި ކޮންމެވެސް މަސައްކަތެއް ކުރާށެވެ. އަކްމަލް ގާތުގައި އެ މަސައްކަތް ބަލަން ހުއްޓެވެ. ފުލުހަކަށް ވެފައި ހެކު ނުކުރަން އަމިއްލަ ނަފްސަށް ވީ ވައުދު އުވާލައިގެން އޭނާ އެ ކަން ކުރަމުން ދިޔައީ ރިޒޭމެން ދެކެ އައިސްފައިވާ އަލިފާން ރުޅީގެ ސަބަބުންނެވެ.

ޕްރައިވެޓް ކެމެރާތަކަށް ދަންދެން ބެލުމަށް ފަހު ޒައިން އަފާފަށް އަނިޔާކުރި މީހުންނަކީ ކޮބާކަން ހޯދިއެވެ. ހެކިންގެ އެހީގައި އެމީހުންގެ ހުރިހާ ޒާތީ މައުލޫމާތުތަކެއް ޒައިން ހޯދާލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. “ހަސަން ރިޔާޒް. ކައެ އަށް މި ފަހަރު އިހުސާސް ކޮށްދޭނަން އަހަރެންގެ މީހަކަށް ބެހުމަކީ ކަލޭމެންގެ ހަލާކުކަން. ކަލޭ ކުރި ހުރިހާ ކުށްތަކެއްގެ އަޑި ހޯދުމަށް ފަހު ޖަލުން ނުނުކުމެވޭނެ ވަރަށް ބައްދާލަން. މިނިވަންކަމުގެ ފަހު ދުވަސްތަކަށް މަރުހަބާ.” ހިތާހިތުން އެހެން ބުނެލިއިރު ޒައިންގެ މޫނުމަތީގައި ވަނީ ނުރައްކާތެރި ކުލަވަރެކެވެ.

“އިހަށް ފުލުހުންނާ ހަވާލުނުކޮށް ބަދަލުހިފަން އަހަރެން ބޭނުން. ސްޓޭޝަނުގައި މި ***ގެ ވާގިވެރިން ތިއްބާ އެ ތަނަށް ގެންގޮސްގެން އެއް ކަމެއް ވެސް ނުވާނެ.” އަކްމަލް ދެއަތް މުއްކަވާލަމުން ބުނެލިއެވެ. “ޔަޤީނެއްނު. އަވަހަށް ޗޭންޖް ކޮށްލައިގެން އާދޭ.” ޒައިން ރައްދުގައި ބުނެލިއެވެ.

އަކްމަލާއި ޒައިނަށް، އަފާފަށް އަނިޔާކުރި މީހުން ހޯދޭވަރުވީ ދެގަޑިއިރު މަސައްކަތުންނެވެ. އޭރު އެމީހުން އުޅެނީ ވިލިނގިލީގެ އެކަހެރި ހިސާބެއްގައި ހުރި ގެއެއްގައި ޕާޓީ ކުރާށެވެ. އަޅައިގެން ތިބި މާސްކް ހަމަޖައްސާލަމުން އެ ދެ މީހުން އެތެރެއަށް ވަނެވެ.

މަސްތުގެ ޙާލަތުގައި ނާޗަރަންގީ ކުޅެމުން ދިޔަ އެ އަނިޔާވެރީން ފެނި ޒައިންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓުނެވެ. އަފާފަށް އެ ވަރުގެ ނިކަމެތި ޙާލެއް ޖެއްސުމަށް ފަހު އުފާ ފައުޅު ކުރަމުން ދިޔަ މަންޒަރު ފެނި އަކްމަލްގެ ނަފްސަށް ލޮޅުން އެރިއެވެ. ބަލާކަށް ނުހުރެ ނަންޗަކްސް އަތަށް ހެޔޮވަރު ކޮށްލަމުން އެމީހުންގެ ހިތުގައި ގިނިފެތުރެމުން ދިޔަ ބަދަލުހިފުމުގެ ރޫހަށް ދިރުން ދިނެވެ.

އެތެރޭގައި ތިބި ގޭންގު މީހުންނަށް ރޭކާލުމުގެ ކުރިން އަކްމަލްގެ އަތުގައި އޮތް ނަންޗަކްސް ވައިގެ ތެރޭގައި އަނބުރާލީ ކަރަންޓުގެ ބާރުމިނުގައެވެ. ފުރަތަމަ ހަމަލާ އަމާޒުވީ އެތަނުން އެންމެ ބިޔަކޮށްހުރި މީހާގެ ކޮނޑަށެވެ. ކަށިގަނޑު މުގުރިގެންދިޔަ އަޑާއެކު އޭނާ ބިންމައްޗަށް ތިރިވިއިރު އަކްމަލްގެ ދެލޯ މައްޗަށް ސިފަވަމުން ދިޔައީ ލޯބިވާ ކޮއްކޮގެ ލޭކޮށިފައިވީ ސޫރައެވެ.

ޒައިންގެ ހަމަލާތައް ހުރީ މާ ނުރައްކާތެރިކޮށެވެ. ނަންޗަކްސްއިން ހަމަލާތަކެއް ދިނުމަށް ފަހު ދުރަށް އެއްލާލީ އެމީހުންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ އެތިފަހަރެއް އަޅާލެވިދާނެ ކަމުގެ ބިރަށެވެ. އެއަށްފަހު ހަތިޔާރަކާއި ނުލާ އެމީހުންނަށް ހަމަލާ ދޭން ފެށިއެވެ. ދެއަތް މުއްކަވާލަމުން އެމީހުންގެ ދައްބަނޑަށާއި މޫނުމައްޗަށް ހޫނު އެތިފަހަރުތައް ވީއްލަމުން ދިޔައީ ނިކަން ހަލުވިކަމާއި އެކުގައެވެ. މަސްތުގެ ހާލުގައި ތިބި އެ އަނިޔާވެރިންނަށް ޒައިންގެ ހަލުވިކަމާ ކުރިމަތިލާނެ ފުރުސަތެއް ނުލިބުނެވެ. ޒައިން އެމީހުން އަފާފަށް ދިން ކޮންމެ އަނިޔާއެއްގެ ބަދަލު ދެމުން ދިޔައީ ރަޙުމާއި ކުލުނުގެ އިހުސާސް ކަފުން ކުރުމަށް ފަހުއެވެ.

މަސްތުގެ ވަހާއި ސިނގިރޭޓުގެ ބޯ ދުންގަނޑުން މުޅި ގޭގެ ތެރެ ވަނީ ތަޣައްޔަރުވެފައެވެ. ކަންފަތް ބަންދުވާހާ ބާރަށް ޖަހާފައި ހުރި މިއުޒިކްގެ ގުގުމުމުގެ ތެރެއިން ބިއްލޫރި ތަށިތައް ތެޅޭ އަޑާއި މަސްތުގެ ހާލުގައި ތިބި ގޭންގު މީހުންގެ ހުތުރު ހަޅޭކުގެ އަޑު އެތާގެ ތެރޭގައި ހިފާލާފައި ހުއްޓެވެ. މުޅިން ނިވާވެގެން ތިބި ދެމީހުންގެ ގޮތް ނޭނގުނެއް ކަމަކު އެމީހުންނާއި ދިމާލަށް ދިޔައީ ދުލަށް އައިހާ އަވަގުރާނެއް ގޮވަމުންނެވެ. އަކްމަލްމެންގެ ރުޅިވެރި ހަމަލާތަކުގެ ސަބަބުން އިސާހިތަކު މިއުޒިކްގެ އަޑަށްވުރެ ބާރަށް އެ ތަނުގައި ގުގުމާލި އެ ފިނޑި ފިރިހެނުންގެ ތަދާއި ވޭނީ އާހުގެ އަޑެވެ.

ޒައިންމެން މައިތިރިވީ އެތަނުގައި ތިބި އެންމެން ބިންމާ ހަމަކޮށް، ގުޑިލާނެހާ ހަކަތަވެސް އެމީހުންގެ ހަށިގަނޑުން ހުސްކޮށްލުމަށްފަހުއެވެ. އެހެނަސް، އެމީހުންގެ ލޭގެ ތެރޭގައި ފެތުރިގަނެފައިވީ ނުރުހުންތެރިކަމަށް ބަދަލެއް ނައީ އަފާފަށް ދިން އަނިޔާގެ އަސްލު މުގުލުގައި ހުރި ރިޒޭ އެތަނުން ފެންނަން ނެތުމުންނެވެ. އެ ނުލަފާ ލީޑަރު އަތުނުވުމުގެ މާޔޫސްކަމާއެކު އިތުރު ގޮތެއް ނެތުމުން އެ ދެމީހުން އެތަން ދޫކޮށް ނުކުތެވެ.

ފަޅުކަމާއި ހަމަހިމޭންކަން ރަސްކަން ކުރަމުންދިޔަ ވަލުމަގުން ހިނގާފައި ގޮސް ދެމީހުން މަޑުކޮށްލީ ރަށުގެ ގޮނޑުދޮށަށެވެ. ހަށިގަނޑަށް ބަރުވެ، މާނޭވާލެވެމުން ދިޔަ ހާލު ދެމީހުން ދޮންވެލިގަނޑު މައްޗަށް އުއްޑުން ވެއްޓިގަތީ ހިތާއި ނަފްސަށް ވެރިވެފައިވާ ވަރުބަލިކަމެއްގެ ބޮޑުކަމުންނެވެ. އެއަށްފަހު އުދާސްކަމުން ސަލާމަތްވުމުގެ ނިޔަތުގައި އެޅިފައިވީ ކަޅު ލެދަރ މާސްކު ދަމައިގަތެވެ. ތަރިތަކުގެ ބެބުޅުމަށް ދެ ނަޒަރު އަމާޒުވެފައިވީ އިރު މޫނުމަތީގައި ލުއި ހިނިތުންވުމެއް ވިއެވެ.

ވަރުބަލި ފިލުވާލުމަށް ފަހު އަކްމަލްމެން ތެދުވެ ހިނގައިގަތީ ހަސްފަތާލަށް ދިއުމުގެ ނިޔަތުގައެވެ. އެހެނަސް އޭގެ ކުރިން ގެއަށް ގޮސް ތާޒާ ވެލީ ހަސްފަތާލުގައި ތިބި މީހުންނަށް މި ކަންތައްގަނޑު ޚަބަރު ދޭން ބޭނުން ނުވުމުންނެވެ. މަސްތުގެ ނިކަމެތި ހާލުގައި ތިބި ބައިގަނޑަކާއި ކުރިމަތި ލުމުން އެމީހުންނަށް އެއްވެސް ޖިސްމާނީ ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެއީ ވެސް ނަސީބެކެވެ. އެހެންނޫންނަމަ ސުމައްޔާމެންގެ ސުވާލުތައް ކުރިމަތިވީހެއެވެ.

އަފާފަށް ހޭވެރިކަމެއް ލިބުނީ ދަންވެ ތިނެއް ޖެހި ފަހުންނެވެ. ހޭލެވުމާއި އެކު އޭނާ އަށް ހުއްޓާލާށޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. ބިރުން ކަކޫ މޭގައި ޖައްސާލަމުން އޭނާ ފުންކޮށް ނޭވާލަމުން ދިޔައެވެ. އެ ދެލޮލުން ފައުޅުވާން ހުރީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. ސުމައްޔާ އަށް އަފާފަށް މިވީ ގޮތް ފެނި ތުންފަތުގައި ދަތް އަޅާލެވުނެވެ. ގޮސް އަފާފްގެ ގައިގައި ބައްދާލަމުން އޭނާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ.

“އެފިކްސް. ދެން އެ މީހުންނަށް އެފިކްސް އަށް ކަމެއް ނުކުރެވޭނެ. ތެންކްފުލީ ޔޫ ޑިޑިންޓް ގެޓް ރޭޕްޑް. ހާސްނުވޭ. އެ ކުރި ކަންތަކުގެ އަދަބު އެމީހުންނަށް ލިބޭނެ. ފޯކަސް އޮން ޔުއަރ ރިކަވަރީ. އެނގޭ ވަރަށް ބިރުގެންފައި ކަން ތި ހުރީ. އެކަމަކު ތި ކަމުން އަރައިގަންނަން މަސައްކަތް ކުރަން ޖެހޭނެ. ޑޯންޓް ލެޓް ދެޓް ގުޑް ފޮރ ނަތިން *** ރުއިން ޔުއަރ ޕްރިޝެސް ލައިފް.” ސުމައްޔާ ހިތްވަރުދޭ ކަހަލަ ރާގަކަށް ބުނެލިއެވެ. އޭނާ ހަމައަކަށް އެޅުނީ ސުމައްޔާ އެތައް ވާހަކައެއް ދައްކައިގެންނެވެ.

މި މަންޒަރު ބަލަން ދުރުގައި ހުރި އަކްމަލްގެ ދެލޯ ފުސްވެގެން ދިޔައީ ކަރުނައިގެ މުތީތަކުންނެވެ. ނަފްސުގައި އަމިއްލަ ކުށްވެރިކަމުގެ އިހުސާސް ވަކި ހިއްޕާލައިފައިވީއިރު ބޭބެއެއްގެ ހައިސިއްޔަތުން ފެއިލްވެއްޖެކަން ޤަބޫލުކުރެވުނެވެ. އަފާފްގެ ހިމާޔަތުގައި ހުންނަންޖެހޭ ހަމައެކަނި ބޭބެގެ ޒިންމާ ފުރިހަމައަށް އަދާނުކުރެވުނުކަމުގެ ހިތިކަން ކޮންމެ ނޭވާއަކުން އިހުސާސްވަމުން ދިޔައެވެ. އެ މައުސޫމް ސޫރައަށް ވެރިވެފައިވާ ގިލަންވެރިކަން ފެނި އަކްމަލްގެ މެޔަށް ހަންޖަރެއް ހަރާލެވުނު ކަހަލައެވެ.

ސުމައްޔާ ދުރަށް ޖެހިލުމުން އަކްމަލް އެ ދިމާލަށް ދިޔައީ ބަރު ފިޔަވަޅުތަކެއްގައެވެ. “ކޮއްކޯ. ދޮންބެ އަށް މާފުކުރޭ…” އަކްމަލް ވާހަކަ ދައްކަން ފެށި ނަމަވެސް މެދުކަނޑާލަން ޖެހުނީ އަފާފް އޭނާގެ ތުންފަތްމަތީގައި އިނގިލި ޖައްސާލުމުންނެވެ. “ދޮންބެ މަޢާފަށް އެދޭނެ ކަމެއް ނެތް. މިއީ އެ މީހުންގެ ނުލަފާ ކަމުން ވީ ކަމެއް.” އަފާފް ބުނެލިއެވެ. ދެބޭން ވާހަކަ ދައްކަން ފުރުސަތު ދެމުން ސުމައްޔާ ހިނގައިގަތެވެ. ސުމައްޔާގެ ފަހަތުން އިޙުސާނު ވެސް ނުކުތެވެ.

ޚިޔާލުގެ ކަނޑަކަށް ޣަރަގުވަމުން ދިޔަ ޙާލު ހިނގައިފައި ދިޔަ ސުމައްޔާ އަށް ފަހަތުން އިޙުސާނު އަންނަ ކަން ވެސް ރެއަކާ ނުލައެވެ.  ކުރިއަށް ދިޔަ ވަރަކަށް ސުމައްޔާގެ މެޔަށް އުނދަގޫ ކުރަމުން ދިޔަ އިޙުސާސަށް ދުލެއް ދިނެވެ. އަފާފް ކުރިމަތީގައި ކުރި ހިތްވަރު އެކީ ހަވަޔަށް އަރައިގެން ދިޔަ ކަހަލައެވެ. އިސް ޖަހާލައިގެން ގޭތެރެއަށް ވަދެގެން ދިޔަ ހިނދު އެ ތުންފަތް ފޫއަޅުވާލައިފައި ހިމޭން ގިސްލުމެއްގެ އަޑު ނުކުތެވެ. މި ވޭނީ ރުއިމުގެ އަޑުން އިޙުސާނުގެ ހިތުގައި ހީވީ ވިކައިގަތް ހެނެވެ. ހިތްވަރުކޮށްފައި ސުމައްޔާގެ އަތުގައި ހިފާ އެ ދިމާލަށް އަނބުރާލައިފިއެވެ.

އެ ނާޒުކު ހާލަތުގައި އިޙުސާނާއި ކުރިމަތިލާން ޖެހުމުން ސުމައްޔާގެ ހިތްވަރު އެލޭ ގޮތް ވިއެވެ. އެ ނަފްސަށް ބަރުކުރަމުން ދިޔަ އިޙުސާސްތައް ހިއްސާކޮށް އެ އަތުގެ ތެރެއަށް ވިރިގެން ދާން ބޭނުންވިއެވެ. އެ މަރުފަލި ގޭންގް މީހުންގެ ފުރިހަމަ ތަފްސީލު ދީ ރިންގް ލީޑަރު ސަގަރޭގެ އަނިޔާވެރިކަން ބުނެދޭން ހިތް އެދެން ފެށިއެވެ. އެކަންޏަށް އެ ސިއްރުތައް ކޮނޑުއަޅައިގެން ހުރުމަށް ދަތި މިންވަރު ބަޔާންކޮށްދޭން ބޭނުންވިއެވެ.

“ސޫމޯ!” ތުރުތުރު އަޅަމުން ދިޔަ ސުމައްޔާގެ ހަށިގަނޑުގައި ދެއަތް ވަށާލަމުން އިޙުސާނު އެ ބުރަކަށީގައި ފިރުމާލިއެވެ. ސުމައްޔާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނައިގެ ހޫނުކަން އިހުސާސްވެ އިޙުސާނުގެ ދެލޯ ވެސް ފެންކަޅިވިއެވެ. އެ ވޭނީ ގިސްލުމުގެ އަޑު އިވި އޭނާގެ ނަފްސު ރޫޅިގެން ދިޔަ ކަހަލައެވެ. މިއިން ދުވަހަކުވެސް ސުމައްޔާ އޭނާ ކުރިމަތީގައި އެފަދައިން ރޮއިފަކާ ނެތެވެ.

“ދޫ…ކޮށްލާ.. ޕްލީޒް.. މި.. މިހާރު އަހަރެންނަށް އުނދަގޫ ނުކުރޭ… އަހަރެން…” ގިސްލެވެމުން ދިޔަ ޙާލު ސުމައްޔާ އަށް އިޙުސާނުގެ މޭގައި އަތް އަޅާ ދުރަށް ޖައްސާލަން އުނދަގޫވުމުން ބުނެލިއެވެ. މި ލަފުޒްތައް ރުވާފައި ދޫކޮށްލި ތީރުތަކެއް ފަދައިން ގޮސް ހެރުނީ އިޙުސާނުގެ ހިތަށެވެ. އެހެނަސް ސުމައްޔާ ގައިން ދޫކޮށްލުމުގެ ޚިޔާލެއް ނެތެވެ. މި ގާތްކަމުގެ ސަބަބުން ސުމައްޔާގެ ހިތުގައިވީ ބިރުވެރިކަން ދެގުނަ ވިއެވެ. މިއިން ކަމެއްގެ ހިލަމެއް ވިއްޔާ ނާއިލްމެންގެ ބަދަލު އަންްނާނެ ގޮތް އަންދާޒާ ކޮށްލެވި ލަަގޮނޑިއަށް ބާރުވެގެން ދިޔައެވެ.

“ކީއްވެގެންތަ ތި އުޅެނީ. ދޫކޮށްލާށޭ ބުނެވިއްޖެއްނު. އަހަރެންގެ ހިތާމައިގެ ނާޖާއިޒު ފައިދާ ނަގައިގެން ކޮން ކަމެއް ހާސިލު ކުރަންތަ ކަލޭ ތިއުޅެނީ. ގެޓް ލޮސްޓް. ޔޫ ޑިސްގަސްޓް މީ.” ލޭކަނޑައިގެން ދާހާ ބާރަށް ތުންފަތުގައި ދައިގަންނަމުން ސުމައްޔާ އިޙުސާނު ދުރަށް ކޮށްޕާލިއެވެ. އެއަށްފަހު ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ.

ފިނިހިފައިފައިވީ ތަޅުން މައްޗަށް ވެއްޓި ގަންނަމުން ސުމައްޔާ ކުރުގެޅިލިއެވެ. ރޮއިރޮއި އަވަދިވަމުން ދިޔަ ސުމައްޔާ ކިބައިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ނިކަމެތިކަމެވެ. އެކުއެކީގައި އައިސް ބޯމަތިވަމުންދާ ހިތާމައިގެ ރާޅުތަކުގެ ތެރޭގައި އޭނާގެ ރޫހު ބެހިގެން ދަނީއެވެ. “އާހް… އަހަރެންގެ ގާތް މީހުންނަށް އެ ވަރަށް އަނިޔާވެރިވާއިރު ހިމޭނުން ހުންނާނީ ކިހިނެއްތަ؟ މިވޭނާއި އެކަނި ކުރިމަތިލާން ނުޖައްސާ އެންމެ ފުރަތަމަ އަހަރެން މަރާލާނެނަމަ.” މޭގައި އަތް އަޅައިގެން އޮވެ ކަރުނަ އޮހޮރަމުން ދިޔަ ސުމައްޔާގެ ދުލުން ބޭރުވި ލަފުޒުތަކަކީ އެއީއެވެ.

ސުމައްޔާ އެތެރެއަށް ވަދެގެން ދިޔަ މަންޒަރު ބަލަން ހުރި އިޙުސާނުގެ ދެފައިން ވާގި ދޫވެގެން ގޮސް ބިމަށް ތިރިވެވިއްޖެއެވެ. “ސޫމޯ ވަޓް އާރ ޔޫ ހައިޑިންގ. ކީއްވެތަ އަހަރެން އެހާ ދުރުކޮށްގެން ތި އުޅެނީ؟ ކީއްވެތަ ދެރަވެގެން އަމިއްލަ ނަފްސު ބަލިކަށިވާއިރު ވެސް ގާތުގައި ހުންނާނެ ފުރުސަތެއް ނުދެނީ؟ ކީއްވެތަ އެކުވެރިއެއްގެ ގޮތުގައި ވިޔަސް ތި އަތުގައި ހިފާލާ ހިތްވަރުދޭން ހުރުމުގެ ފުރުސަތު ނުދެނީ؟ ތި ސިއްރުވެރިކަމާއި ބީރައްޓެހި ކަމުގެ ސަބަބުން މި ހިތުގައި ހާދަ ވޭނެއް އަޅަޔޭ.” ރޮވިފައި އިން އިޙުސާނުގެ ދުލުކުރީގައި ވަނީ އެ ޖުމްލަތަކެވެ.

ގޮނޑިއެއް ކައިރިކޮށްލުމަށްފަހު ޒައިން ގޮސް އިށީނީ އަފާފްގެ އެނދު ކައިރީގައެވެ. ވަރުބަލިކަން ވެރިވެފައިވާ އަފާފްގެ މޫނަށް ފުން ނަޒަރެއް ދެމުން އޯގާތެރިކަމާއެކު އެ މަޑު އަތްތިލައިގައި އޭނާ ހިފާލިއެވެ. އަކްމަލަށް މިއަދު ޒައިންގެ ކިބައިން ފެންނަމުންދިޔަ ކުލުނުވެރި ޢަމަލުތަކުގައި ތަފާތު އަސަރެއް ހުރިކަން އެނގުނީ އެ ހިސާބުންނެވެ. ލިބިފައިވާ ހައިރާންކަން ދެގުނަވީ އަފާފްގެ ސަމާލުކަން ޒައިނަށް ގޮސް ހުސްވެފައި ވުމުންނެވެ.

“ޒޮންބީ! ބްރޯއާ މަގޭ ކޮއްކޮއާ ދެމެދު އޮތީ ކޮންކަހަލަ ގުޅުމެއް؟” އަކްމަލްގެ އެ ސުވާލު އިވިފައި ޒައިނަށް ސިހިފައި އަފާފްގެ އަތުން ދޫކޮށްލެވުނެވެ. މިހާ ދުވަސްވަންދެން ހިތުގެ ފުންމިނުގައި ވަޅުލާފައި އޮތް ސިއްރު ބޭޒާރުވާން އުޅޭކަމުގެ ސިގްނަލް އަޅަން ފެށުމުން ކޮންމެވެސް ވަރަކަށް ހާސްވިއެވެ. އަފާފަށް މިއަދު ކުރިމަތިވި ހިތްދަތި ހާދިސާގެ ސަބަބުން ޒައިންގެ ކެތްތެރިކަން ކޮޅުންލައި އޭނާގެ ހަގީގީ ޖަޒުބާތުތައް އަކްމަލް ކުރިމަތީ ފާޅުކޮށްލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ޒައިންގެ ހާސްކަން ފެނި، އަފާފަށް ވެސް ބިރުން ހިންދިރުވާލެވުނީ ދެން ވާނެ ގޮތަކާ މެދު ވިސްނާލެވިފައެވެ.

“ވީއަރ ޑޭޓިން” މާހައުލަށް ވެރިވެފައިވާ ނުތަނަވަސްކަން ކަނޑުވާލުމުގެ ނިޔަތުގައި ޒައިންގެ އަތުގައި ބާރަށް ހިފާލަމުން އަފާފް އެ ހަގީގަތް ހާމަކުރިއެވެ. އެއާއެކު ޒައިންއާއި އަކްމަލްގެ ނަޒަރު އަފާފަށް ހުއްޓުނެވެ. އަކްމަލް ދުލުގައި ދަތް އަޅާލަމުން ޒައިންގެ އަތުގައި ހިފާ އެ ވޯޑުން ބޭރަށް ނުކުންނަން ހިނގައިގަތެވެ. އޭނާ މަޑު ޖެހިލީ މީހުން ނެތް އެކަހެރި ހިސާބަކަށް ދެވުމުންނެވެ.

“ބްރޯ ހައު ކުޑް ޔޫ. ތި ދެމީހުންގެ ދެމެދު ފަސްވަރަކަށް އަހަރުގެ ތަފާތު އެބަ އޮތޭ. ކޮން އިރަކު ކިހިނެއް ވީ ކަމެއްތަ މިއީ؟” އަކްމަލް ނުރައްކާތެރި ގޮތަކަށް ބަލައިލަމުން ސުވާލުކުރަން ފެށިއެވެ. “އެންމެ ފަސް އަހަރު އެއީ ކޯއްޗެއް. އެއަށްވުރެ އޭޖް ގެޕް ބޮޑު މީހުން އެކުގައި އުޅެޔޭ.” ޒައިން ބުނެލިއެވެ.

“އެކަމު މިއީ ތަފާތު ކަމެކޭ. ޔޫ އާރ އޯލްޑާރ ދޭން މީ. ކިހިނެއް އަހަރެން މި ކަން ޤަބޫލުކުރާނީ؟” އަކްމަލް ޒައިންގެ ކޮނޑުގައި ހިފަމުން އެހިއެވެ. “އުމުރަކީ ލޯތްބައް ހުރަސްއަޅަން ޖެހޭ އެއްޗެއް ކަމުގައެއް އަހަރެން ނުދެކެން. އަހަރެންގެ އިހުސާސްތައް އެފިކްސް އަށް ލެނބިގެން ދިޔައީ އަމިއްލަ އިޚުތިޔާރުން ބޭރުގައި. ފުރަތަމަ ލޯބި ހުށަހެޅީ އެފިކްސް ކަމަށް ވިޔަސް އަހަރެންނަށް މިހާރު އޭނާ އާއި ނުލާ އުޅުމަކީ މުސްތަހީލު ކަމެއް. އައި ފެލް ފޯ ހަރ، އެންޑް އައި ފެލް ހާރޑް! އެފިކްސް ބުނެގެން އެޕަލް ގާތު މި ނުބުނެ މި ހުންނަނީ. އޭނާ ބުނިހެން ބްރޯ އަށް އެނގުނީމަ ކަންތައް މި ވީ ވެސް. ދެ އަހަރު ވެދާނެ ރައްޓެހިވިތާ. މެރީ ކުރަންވެގެން މި ވާހަކަ މައިންބަފައިންނަށް ހިއްސާކުރަން ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ.” ޒައިން އަވާރާ ވެފައިވާ މީހެއް ފަދައިން އެ ވާހަކަތައް ރަނގަޅަށް ތަފްސީލު ކޮށްލިއެވެ. އަކްމަލަށް އަނގަ ހުޅުވާލެވުނެވެ. އަމިއްލަ ކޮއްކޮ އެއް ޓީމެއްގައި މަސައްކަތް ކުރާ މީހަކާ ރައްޓެހިވެގެން އުޅޭތާ އެތައް ދުވަހެއް ވީ ފަހުން އެކަން އެނގުމުން ފާޑެއްގެ ގޮތެއް ވިއެވެ. ޒައިންމެން މި ގުޅުން ފަރުދާކޮށްލައިގެން މި އުޅުނީ ހާދަ ފުރިހަމައަށެވެ.

“އޭތް. ޒޮންބީ ގާތު ކޯއްޗެކޭ ކިޔާފަތަ ތި އައީ. ޑޯންޓް ޔޫ ޑެއާރ ޗޭސް ހިމް އަވޭ. ދޮންބެ އަކަށް ނޭނގޭނެ ކިހާ ވަރަކަށް އުޅެގެން ކަމެއް ޒޮންބީގެ ހިތް އަނބުރާ ލެވުނީ.” ޒައިނާއި ވާހަކަ ދެއްކުމަށް ފަހު އައި އަކްމަލަށް ކަޅި އަޅާލަމުން އަފާފް ބުނެލިއެވެ. “ހޫމް. ހެވޭ. ނޫޅެމޭ.” އަކްމަލް އަމާން ދޭ ފަދައަކުން ދެ އަތް މައްޗަށް ނަގައިފިއެވެ. ޒައިން އައިސް ގޮނޑީގައި އިށީނީ އެ ވަގުތެވެ. އޭރު އެ މޫނުމަތީގައި މައުނަވީ ހިނިތުންވުމެއް ވިއެވެ.

ރޭގަނޑުގެ ވަގުތެވެ. އަރީން ބޭކަރީގެ ސައިން ކްލޯޒްޑް އަށް ބަދަލުކޮށްލައިފައި އެ ތަން ސާފުކުރުމުގެ މަސައްކަތް ފެށިއެވެ. އެ ކަމުގައި އުޅެނިކޮށް ޒަވިއަން އައިސް އެ ތަނަށް ވަނެވެ. އޭނާގެ އަތުގައި ހުދު ފިނިފެންމަލުގެ މާބޮނޑިއެއް އޮތެވެ. ޒަވިއަން ފެނުމުން އަރީންގެ ހިނިތުންވުން ފުޅާވިއެވެ. “ވާވް. ކިހިނެއް އެނގުނީ މިއީ އަހަރެންނަށް އެންމެ ކަމުދާ މާ ކަން.” މާތަކުގައި ވަސްގަންނަމުން އަރީން ބުނެލިއިރު އެ މޫނުމަތި އުޖާލާވެއްޖެއެވެ.

“ފޮތެއް ހެން ރީންގެ ކަންކަން ދަސްކުރަމުންނޭ މިދަނީ. އަހަރެންގެ ވައިފީ ހިތްހަމަޖައްސާލެވޭނީ އޭރުންނެއްނު. ވެކިޔުމް ކޮށް ނިމުނީދޯ. އަހަރެން މޮޕު ލާނަން. ދޭ ދެން އަރާމު ކޮށްލަން ސޯފާގައި ޖައްސާލަން.” ޒަވިއަން އަރީންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “ނޫނޭ، އަހަރެން މޮޕްކޮށްލާނަން. ޒެވް މުޅި ދުވަހު ބުރަކޮށް އުޅެފަ އައިސް ވަންނަ ވަގުތު މަސައްކަތް ޖެއްސޭތަ؟ މި މާތައް ވާސް އަކަށް ޖަހާފަ މި އަންނަނީ.” އަރީން އެހެން ބުނެފައި އެތެރެ ބަޔަށް ދިޔައެވެ. އަރީން ބުނި އެއްޗެއް ޒަވިއަނަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. ގޮސް މޮޕު ބާލިދީ އަށް މޮޕު ކޮށްޕާލިއެވެ. އެ ފެލާ ބަޔަށް އޮބާ ވެސް ނުލާ އޭނާ އަށް އެނގުނު ގޮތަކަށް މޮޕު ލާން ފެށިއެވެ.

މާތައް ވާހަކަށް ޖަހައިފައި އެނބުރި އައި އަރީނަށް ބޯ ހޫރާލެވުނީ ޒަވިއަން މޮޕުލަމުން ދިޔަ ގޮތް ފެނިފައެވެ. “ސުއްބޫހު. ޒެވްވްވް. ތިހެނެއް ނޫނޭ މޮޕު ލާނީ. ގެނޭ އަހަރެން… އާ…” އަރީނަށް ތޫލި ގޮތަކަށް ހަޅޭއްލަވައިގަނެވުނީ އެ މޮޕު ފެންތަކަށް އެރުނު ގޮތަކުން ކައްސާލުމުންނެވެ. ޒަވިއަން މޮޕަކާއި މޮޕެއް ދޫކޮށްލައިފައި އަރީންގެ އަތުގައި ހިފާ ގާތަށް ދަމާލިއެވެ. އެ ހިމަ އުނަގަނޑުގައި އަތް އަޅުވާ ހައްޔަރުކޮށްލަމުން އަރީންގެ މޫނަށް ފުން ނަޒަރެއް ދިނެވެ. އޭރު ޢަރަބި އަހެއް ފަދައިން އަވަސްވެފައިވާ އަރީން ހިތުގެ އަޑު ސާފުކޮށް އިވެމުން ދިޔައެވެ. ޒަވިއަންގެ އަސަރުގަދަ ދެލޮލަށް ގެއްލިފައި އޭނާ އަށް އޮވެވުނު އިރު، ހިނދުކޮޅަކަށް ގަޑީގެ ކަށި ހުއްޓިފައިވާ ކަހަލައެވެ.

“ސޮރީއޭ. އަލަކަށްނު މި މޮޕުލަނީ. އެކަމަކު ރީން ޖެހޭނެއްނު ބަލައިގެން އުޅެން. ދެންމެ ވެއްޓުނު ނަމައޯ.” އަރީންގެ ވަށް މޫނުގައި ހިފާލަމުން ޒަވިއަން ބުނެލިއެވެ. “އަމްމްމް. އޯކޭ. އެކަމަކު ޒެވް ދޭ ގޮނޑީގައި އިށީންނަން. ހަމައެކަނި މޮޕު ލާން ދެން ޖެހޭނީ.” އަރީން ސިހިފައި ދުރަށް ޖެހިލަމުން ބިންމަތީގައި އޮތް މޮޕު ނެގިއެވެ. އަރީން ދޫނުކުރާނެކަން އެނގުމުން ޒަވިއަން އަނގަޔަށް ވައްތަރެއް ޖައްސާލައިފައި ގޮސް ހުއްޓުނީ ކޭކުތައް ލައިފައި ހުންނަ ބިއްލޫރި ކެބިނެޓް ކުރިމަތީގައެވެ. އެއަށްފަހު އޭނާ އެ ކެބިނެޓްގެ ދޮރު ހުޅުވާލިއެވެ.

ތައްޔާރު ކުރި އެއްޗެހިނުން މިއަދު ނުވިކި އޮތީ ސްޓްރޯބެރީ ކޭކެކެވެ. ޒަވިއަން އެ ކޭކު ނަގައިފައި އުލުން އެތިކޮޅެއް ނަގާ ކާލިއެވެ. މިއީ އޭނާ އަރީން އެޅި ކޭކެއް ކެއި ފުރަތަމަ ފަހަރެވެ. އޭގެ ރަޙަ މީރުކަމުން ދެލޯ މަރާލެވިއްޖެއެވެ. ފޮނި އެއްޗެހި ކާން ލޯބި ކުރާ މީހަކަށް ނުވިއެއް ކަމަކު ޒަވިއަނަށް އެ ކައި ހުސްކޮށްލެވުނީ ކިހިނެއް ކަމެއް ނޭނގެއެވެ.

ސާފުކޮށް ނިންމާފައި ކައުންޓަރު ކައިރިއަށް އައި އަރީން ތުން ހަދާލީ އެންމެ އެތިކޮޅެއް ވެސް ނުބާއްވާ ޒަވިއަން އެ ހުސްކޮށްލުމުންނެވެ. ޒަވިއަން ލާނެތް ގޮތަކަށް ހީނލަމުން އެ ތަށީގައި ހޭކިފައި ހުރި އައިސިން ކޮޅު ކަހާލައިފައި އަރީންގެ ނޭފަތުކުރީ ހާކާލިއެވެ.

“ޒެވްވް” އަރީން ދެލޯ ބޮޑުކޮށްލަމުން ބަލައިލީ ފާޑަކަށެވެ. ޒަވިއަންގެ މޫނު މަތިން އޭރު ފެންނަމުން ދިޔައީ ފަތަޙައިގެ ހިނިތުންވުމެކެވެ. އަރީން ޓިޝޫއެއް ނަގައިފައި އެ ފުހެލަން އުޅުނެވެ. ޒަވިއަން އަރީންގެ އަތުން ޓިޝޫ އަތުލަމުން އަމިއްލަ އަށް އެ ތަންކޮޅު ފުހެލިއެވެ.

“އަހަރެންގެ ވައިފީ އަށް ރުޅި އަންނަން ވެސް އެނގޭދޯ. އިޓްސް ދި ފަސްޓް ޓައިމް ސީއިން ދިސް. ހިތްހަމަޖައްސާލަދޭން ވީތަ؟” ޒަވިއަން އަރީނާއި ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ. އަރީން އެއާއި ވިއްދައިފައި އެއްޗެއް ބުނަންވާ އިރަށް ޒަވިއަން އެ ތުންފަތް ގައިދު ކޮށްލިއެވެ. އަރީނަށް އެ އަމަލުގައި ބައިވެރިވެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.

“މިހާރު ހިތްހަމަޖެހިއްޖެތަ؟” އަރީންގެ މެދު ހަށީގައި ހިފާ އުފުއްލާލަމުން ކައުންޓަރު މަތީގައި ބައިންދައިފައި ޒަވިއަން އެހިއެވެ. އެ ތޫނު ނަޒަރު އަމާޒުވެފައި ހުރުމުން އަރީންގެ ހިތް ޑަންޑަޑަން ލައިފައި ތެޅެމުން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގުމުން އޭނާ އިސްޖަހާލީއެވެ. އެ މޫނު ރަތްވެފައި ހުރި ވަރުން ވެސް އެ ހުރީ ރަކިވެފައި ކަން ދެނެގަންނާކަށް ޒަވިއަނަށް އުނދަގުލެއް ނުވިއެވެ. އަރީންގެ މި ލަދުވެތި ސިފަ ފެންނަ ކޮންމެ ފަހަރަކު ޒަވިއަންގެ ހިތް އޭގެ މަގާމުން ދޫވެ ލޯބީގެ ޖަޒުބާތުތައް ކޮންޓްރޯލުން ނެއްޓިގެންދާ ފަދައެވެ. “ވާހް ސޯ ކިއުޓް. ޖަސްޓް ވޮނަ ޑިވައުއަރ ޔޫ.” އަރީންގެ މޫނާއި ޖެހޭ ނުޖެހޭ ހިސާބަށް ގާތް ވެލަމުން ޒަވިއަން ބުނެލިއެވެ. އަރީނަށް ހިންދިރުވާލެވުނެވެ. “އަޅޭ… ތިހެން ވާހަކަ ނުދައްކާ ހެޔޮ ނުވާނެ.” ލަދުން މަރުވާން ތައްޔާރުވެފައި ހުރެ އަރީން ފަހަތަށް ޖެހިލަމުން މޫނުގައި އަތް އެޅިއެވެ. “އައްދޭ. ރީން ލަދުގަތީތަ؟ ކާންޓް ބިލީވް ދެޓް އާފްޓާ ވަޓް ޔޫ ޑިޑް ޓު މީ ލާސްޓް ނައިޓް. އަހަރެންގެ ހިތުގައި މަސްތުގެ ހުޅު ރޯކޮށްފަ މިއަދު ލަދުގަންނަނީ؟ ކުރިން ވިސްނާލިނަމަ ފަހުން ނުކުމެދާނެ ނަތީޖާ އާއި މެދު. އައި ނޯވ ޔޫ އެންޖޯއިޑް ދެޓް މޮމެންޓް.” ޒަވިއަން އެ އަތް ނައްޓުވާލަމުން ބުނެލިއެވެ.

“އަދި ހަނދާން ނެތިފައޭ މިހުރީ. ކޮން އިރަކުތަ ފްލޭޝްބެކްސް އަންނަން ފެށީ؟” ޒަވިއަން އެހިއެވެ. “ދެ ދުވަސް ކުރިން. ބޭކަރީގައި ބަންދު ބޯޑު އަޅުވައިގެން ސާފުކުރަން ހުއްޓަ ކްލާސްމޭޓެއް އައި. އޭނާ އެދުނީމަ ބާކީވި ދެ ކޭކު ކޮތަޅަކަށް ލާފަ ދިން ވަގުތު އޭނާ އަހަރެންގެ އަތުގައި ހިފީ. އެ ވަގުތު ފުރަތަމަ ފްލޭޝްބެކެއް އައީ.” އަރީން އެ ކަން ތަފްސީލުކޮށްލަ ދިނެވެ.

“ކޮން ކްލާސް މޭޓެއް؟ ކޮން ކަހަލަ ހަނދާންތަކެއް އާވީ؟” ޒަވިއަން އެހިއެވެ. “ވަރަށް އަންކޮމްފޮރޓެބަލް ހަނދާންތަކެއް. އެހާ ރަނގަޅަކަށް ސާފެއް ނޫން. ދެވަނަ ފަހަރަށް ފެނުނިއްޔާ އެނގިދާނެ ކަންނެ އޭނާ ކުރި ކަންކަން. އެ ކްލާސްމޭޓަކީ ނާއިލް. ބުންޏަސް ޒެވް އަށް ނޭނގިދާނެ ކަންނެ.” އަރީން ބުނެލިއެވެ. އެ އަޑު އަހައިފައި ޒަވިއަންގެ ދެލޯ މުދުނަށް އެރިއެވެ. ރުޅިގަނޑު ކޮންޓްރޯލް ކުރަން އުޅޭ ފަދަ ގޮތަކަށް ދަތްކުނޑި ވިކާލިއިރު އެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމާއި ނުރުހުމުގެ އަސަރުތަކެވެ. އަރީން ހުރީ ޒަވިއަނަށް މިއައި ކުއްލި ބަދަލު ފެނި ފާޑަކަށް ބިރުގެންފައެވެ. އެ ތޫނު ނުރައްކާތެރި ނަޒަރަކީ އަރީނަށް އޮޅިފައިވާ އެއްޗެއް ނޫނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ޖަވާހިރުގެ ބާރު 2 – 7

Next

ތިޔަ ނަން މި ހިތުގާ 15

Next
May 18, 2026

ތިޔަ ނަން މި ހިތުގާ 15

Previews
May 18, 2026

ޖަވާހިރުގެ ބާރު 2 – 7

34 Comments!

  1. xxx_dodo_xxx says:
    May 18, 2026 at 12:57 pm

    Adhi nukiyan ingeyy. Kiyaa nimmaafa comment eh kohlaanan.
    Luv U

    1. White rose White rose says:
      May 18, 2026 at 1:46 pm

      Okss, waiting for ur comment 🙃🙃
      Shukran xxx_dodo_xxx ✨✨

  2. raajiha says:
    May 18, 2026 at 1:01 pm

    Omg omg zev don’t freak out 😭
    Haadha dhera ey afaaf ah ehen v ma..e meehun koacheh baynun vegen tha e ulheney ehaa varah 😤
    Anyway,zev and aree sooooooooo cutee… imagine someone else coming there…no naail coming 🤣

    1. White rose White rose says:
      May 18, 2026 at 1:56 pm

      Dhw, e fakeerah e varu ge dhera eh dheyn heyo vaany kihineh 😓😓
      Hehe, they should make up for the lost time ehnu 🫣🫣
      Shukran raajiha ✨✨

  3. Your fav bab says:
    May 18, 2026 at 1:07 pm

    Hey darlingg..
    This part was incredible👏
    Aah! Thank God! afaaf got saved js in time😭
    zain! Alhe Awwnnn💓!! He’s love is so pure n true fr!
    Zev has insane rizz! Reen fakeeru ladhun boa halaaku! Hehe..
    Woa zev chill out…
    Anyways waiting for next
    Lyssm💗

    1. White rose White rose says:
      May 20, 2026 at 9:53 am

      I’m delighted to hear that 🥰🥰
      Dhww, zain truly loves her 🥹🥹
      Haha, zev suddenly became a pro at tht 😏😏
      Shukran Your fav bab ✨✨
      Lyt darl 🫰🏻🫰🏻

  4. 🥀 says:
    May 18, 2026 at 1:20 pm

    Mi part ves vrh reethi MA!
    Thank God Afaaf got rescued 😪😪
    Akmal and Xain haadha gadha eyyy.
    Xev laanei kamun Reen abadhu blush vanee dhwww soo cute 😍😍
    Ihsaan and Sumee ulhey gothun hih halaaku veyy💔💔
    I wonder Xev Naail ah kihinei baa eyyy hadhaanee
    Curiously waiting for the next part!
    Whn nxt???
    Luv u 💗

    1. White rose White rose says:
      May 18, 2026 at 2:13 pm

      Yeaa, xain and akmal vrh kulhadhaana 😄😄
      Yeaa, abadhu ladhuganavany 🫣🫣
      Dhww, they are suffering a lot 😓😓
      IA next Thursday
      Shukran 🥀 ✨✨
      Lyt darl 🫰🏻🫰🏻

  5. Shafsha says:
    May 18, 2026 at 2:58 pm

    Mashah kurin vx hyviey mi efix n zombie dating eyy…
    Alheyyy…. Sumee fakeerah dhera nuun kon ehcheytha e libenyy😭😭😭
    Kurin enme beynuh v reen n xev gulhen. Miharu edhemyhun gulhunyma my fav couple break v… Vrh sad… Ekudhinnah ekani eh noon, i ah vx hama thi dheny veyn😭😭
    Anyways… Whn nxt???
    Tc.. Lyyy💜💜

    1. White rose White rose says:
      May 19, 2026 at 8:44 am

      Dhww, sumee abadhu ves hithaamaiga 🥀🥀
      Yhh, eh kanthah ha’lhvyma anneh kanthah dhw 😔😔
      IA next Thursday
      Shukran Shafsha ✨✨
      Lyt darl 🫰🏻🫰🏻

  6. xxx_dodo_xxx says:
    May 18, 2026 at 3:59 pm

    W onderful
    marvel O us
    a W esome
    WOW vrh reeethi ingeyyy. adhi mihaaru comment kohlevey goiyy mi v.
    OMG reallllyyyy???? Afaaf and Zain Dating eyyy…
    plus Sumee hama bodu dipression akah nuvetteykan eii naseebu dhww. vrh vrh vrh reethi. appriciate ur hardwork.
    When next???????
    Luv U

    1. White rose White rose says:
      May 19, 2026 at 8:46 am

      I’m overjoyed to hear that 🥰🥰
      Yep, they were dating 😏😏
      Sumee mihaaru kiriyaa aan e hifahattaalany 💔💔
      IA next Thursday
      Shukran xxx_dodo_xxx ✨✨
      Lyt darl 🫰🏻🫰🏻

  7. Exxo says:
    May 18, 2026 at 4:00 pm

    OMG OMG OMG.
    White Rose!!!!!!!
    meee adhi emmme reeethi bai. hama baraaabaru. heekuri varah vuren furihama
    lysm & tc

    1. White rose White rose says:
      May 19, 2026 at 8:47 am

      Glad to know u liked the 67th part 🥰🥰
      Shukran Exxo ✨✨
      Lyt darl 🫰🏻🫰🏻

  8. Miss rose says:
    May 18, 2026 at 10:45 pm

    Mi part ves varah reethi . varah bodah sorry kuree parts ah comment nukurevuneema . i was sick. Cheedi rizey. Fakuru. Thaakun meehaku fenna irah gayah aran jeheytha? Areen ans zavian soo cute . both are made for eachother. Sumayya ans ihsaan gulheyneba? Sumayya ge findi kaalhakee rizeybaa? Curiously waiting for next part???

    1. White rose White rose says:
      May 19, 2026 at 8:50 am

      I’m delighted to hear that 🥰🥰
      Owhh, hope you are doing well now 🙁🙁
      Dhw, mi rizey ge nubaikan 😒😒
      Sumee men gulheyne kamuge yageen kameh neiy 😓😓
      Shukran Miss rose ✨✨

  9. Leeshaa says:
    May 19, 2026 at 4:41 am

    Heyyyy.
    Mi Bai kiyaalaafa Thalia kulhu hikijjw. Varah ves reethi. Heekurivarah vuren maa bodah. Kon irakutha Afaa nd Zain Date kuran feshiii. I nukiyaa baeh ga tha.
    When next gurrrlll?????
    Ly…..

    1. White rose White rose says:
      May 19, 2026 at 8:51 am

      Glad to know🥰🥰
      Emyhun ge dating history ge details nuhunnaane as they aren’t the main focus 🥀🥀
      IA next Thursday
      Shukran Leeshaa ✨✨
      Lyt darl 🫰🏻🫰🏻

  10. DINO says:
    May 19, 2026 at 4:51 am

    Wow wow wow 🤩🤩🤩🤩🤩.
    When next ?????

    1. White rose White rose says:
      May 19, 2026 at 8:52 am

      Happy to hear that 🥰🥰
      IA next Thursday
      Shukran DINO ✨✨

  11. Gurrllyyy says:
    May 19, 2026 at 6:41 am

    Nice

    1. White rose White rose says:
      May 19, 2026 at 8:52 am

      Shukran Gurrllyyy ✨✨

  12. Caspian says:
    May 19, 2026 at 11:32 am

    Wow this is extremely interesting. Emme kiyaa hithun kiyunee mi Bai kanne.
    Next Thursday right
    Tc….

    1. White rose White rose says:
      May 19, 2026 at 12:43 pm

      I’m ecstatic to hear that 🥰🥰
      Yep, next Thursday
      Shukran Caspian ✨✨

  13. Demon says:
    May 19, 2026 at 11:35 am

    Wow. Xev n Reen haadha loabi kosher mihaaru e ulheny. Edhemeehunge Bai hama kiyaa hithun kiyaaleveny.
    Ly. Tc
    ………….

    1. White rose White rose says:
      May 19, 2026 at 12:44 pm

      I’m delighted to hear that 🥰🥰
      Shukran Demon ✨✨
      Lyt darl 🫰🏻🫰🏻

  14. Lulu says:
    May 19, 2026 at 1:31 pm

    Mihaaru Reen ge dhonbe YAZAAN kobaa???

    1. White rose White rose says:
      May 19, 2026 at 3:44 pm

      E siblings ge relationship rangalhu noonvyma dhimaa nukuraathy e bai nufennany aslu he’s living his life in the background 😔😔
      Shukran Lulu ✨✨

  15. Your fav bab says:
    May 19, 2026 at 9:04 pm

    Bro any idea why my comments take ages to post😭😭😭

    1. White rose White rose says:
      May 19, 2026 at 9:12 pm

      Log in vefa kuraa comment thakah abadhuves vany ehen. Pending comment araafa innany, dhen garuneh fahun innaane post vefa 🥀🥀🥀

  16. Anonymous says:
    May 20, 2026 at 4:13 pm

    Kobaa nextttt

    1. White rose White rose says:
      May 20, 2026 at 6:54 pm

      Submitted 😄😄
      Shukran Anonymous ✨✨

  17. xxx_dodo_xxx says:
    May 20, 2026 at 9:09 pm

    Heyyyy.
    Pending ga tha ?????

    1. White rose White rose says:
      May 20, 2026 at 9:15 pm

      Yeh, pending ga 🥀🥀

Comments are closed.

Next Episodeދެވުނީ ވޭނޭ 68←


All Right Reserved!