ދެވުނީ ވޭނޭ 64
“ސަރ. މިހާރު ނުވާނެ ކަމެއް މި އާޓިކަލްތައް ފުހެލުމަކީ. މިހާރު ވެސް ރިސޯޓާއި ހޮޓެލްތަކުގެ 70 އިންސައްތައިގެ ބުކިންގްސް ކެންސަލު ވެއްޖެ. ޕްރެސް ކޮންފަރެންސް އެއް ބާއްވަން ފެންނަނީ. އެހެން ނޫނީ އަތު ނުޖެހޭ ވަރަށް މައްސަލަ ގޯސް ވެދާނެ. ފުލުހުން މި މައްސަލަ ތަޙުޤީޤު ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ ކަން ކުރަން އެބަ ޖެހޭ.” ސީއީއޯ އާދަމް ޝާމިން ބުނެލިއެވެ. ޢަލީ އަހުމަދުގެ ދެލޯ ރުޅިން ރަތްވެ، މޫނުގެ ނާރުތައް ފުފިގެން އައެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި ބާރަށް އަތުން ޖެހުމަށްފަހު، ގޮނޑިން ތެދުވީ ހީވީ ހަމަލާދޭން އުޅޭ މިނިކާ ޖަނަވާރެއް ހެންނެވެ.
“މަށަށް ވަރިހަމަ ކޮންމެ ކަމެއް ކުރިޔަސް މިހާރު އެ ދެކެވޭ ވާހަކައިގެ ކޮޅު އަނބުރާލާ!” ހަޅޭލަވައިގަންނަމުން ޢަލީ އަހުމަދު އެހެން ބުނެފައި ބާރު ފިޔަވަޅުތަކެއްގައި ކެބިނުން ނުކުމެގެން ދިޔައީ ބަންލައިފައި ދޮރު ޖަހާފައެވެ.
ބްލޫ ވޯޓާސް އަށް އެ ލިބުނު ގެއްލުމުން އަރައިގަނެވޭތޯ ބޭއްވި ޕްރެސް ކޮންފަރެންސްތަކުގެ އެހީގައި ކޮޅު އަނބުރާލެވޭތޯ ކުރި މަސައްކަތް އެހާ ކާމިޔާބެއް ނޫނެވެ. އައު ޕެކޭޖުތައް އުފައްދައިގެން ވެސް އާމްދަނީ ކުރިން ހުރި މިންވަރަށް އިތުރުކުރެވޭ ގޮތެއް ނުވިއެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ރެޕިއުޓޭޝަނަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ހަ ލައްކައެއްހާ ރުފިޔާގެ ޖޫރިމަނާއެއް އެ މީހުންގެ އަތުން ނެގުނެވެ. މި ކަމާއި ހެދި ޢަލީ އަހުމަދުގެ އަލިފާން ރުޅިގަނޑު އަނދަމުން ދިޔައީ އިންތިހާ އަށެވެ. އެ މެސެޖު ފޮނުވި މީހާ ހޯދިއްޔާ 4 ލައްކަ ބިޓްކޮއިން ދޭނެ ކަމަށް ބުނެ އޭނާ ބްލެކްމާކެޓުގައި ޕްރޮޕޯސަލެއް ހުށަހެޅިއެވެ. އެހެނަސް އަދިވެސް މި ކަންތައްގަނޑުގެ ފަހަތުގައި ހުރި މީހަކު ހޯދޭ ކަމަކަށް ނުވިއެވެ.
ޒަވިއަންގެ މަދަދުވެރިކަމާއި އެކު އަރީންގެ ދިރިއުޅުމުގެ އާ ސަފުހާތަކެއް ފެށި، މަޑުމަޑުން އެ ދިރިއުޅުމަށް އޭނާ ހޭނެމުން ދިޔައެވެ. އަރީންގެ އަމިއްލަ ބޭކަރީ ހުޅުވުމުން އެތަނުގެ މަސައްކަތުގައި އޭނާ އުޅެމުންދަނީ ނުހަނު އުފަލާއި އެކުގައެވެ.
މިހާރު ގޭތެރޭގެ މާހައުލުން ފެންނަނީ އުފާވެރިކަމެވެ. ޒައިލީންގެ ކަންކަން ދެނެގަތުމުގައި އަރީނަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބެމުން ދިޔައީ ފަލަކްގެ ފަރާތުންނެވެ. އެންމެ ފަހުން މަންމަ އާއި ބައްޕަ އާއި އެކުގައި އުޅުމުގެ ފުރުސަތު ލިބުމުން ޒައިލީން އުފަލުން ގޮތެއް ނެތެވެ. އެ ތުއްތު ކުއްޖާ އާއި އެކު ކޮންމެ ދުވަހަކު ޒަވިއަން ކުޅިވަރު ޖަހައެވެ. އެ ކުއްޖާ އަށް ކާން ދިނުމާއި ފެންވަރުވާ ރީތިކުރުމާއި ނިންދެވުމާއި ކިޔަވައިދިނުމަށް އަރީން ކުރާ މަސައްކަތަށް ޒަވިއަނަށް ވަގުތު ވީ ވަރަކުން އެހީވެއެވެ.
ނަމަވެސް، މި އުފާވެރިކަމުގެ ތެރޭގައި އަރީންގެ ހިތް ނުތަނަވަސްކޮށްލާ އެއް ކަމެއް އޮވެއެވެ. އެއީ ޒަވިއަން އޭނާއާ މެދު ބަހައްޓާ ދުރުކަމެވެ. ކޮންމެ ކަމެއްގައި ވެސް ޒަވިއަން އަކީ އެންމެ ފުރިހަމަ މަދަދުގާރެވެ. އެހެނަސް ލޯބިވާ ފިރިއެއްގެ ފަރާތުން ލިބެންޖެހޭ ގާތްކަމުގެ ކުނޑިފުށެއްގެ މިންވަރު ވެސް އެ ގުޅުމަކު ނެތެވެ. ލޯބިން ފިރުމާލުމެއް ބައްދާލުމެއް ނުވަތަ ބޮސްދިނުމެއް ނެތި ޒަވިއަން އުޅެނީ މާ ދުރުގައެވެ. ނިދަނީ ވެސް ކޮޓަރިއަށް ގެނެސްފައި ހުރި ވަކި އެނދެއްގައެވެ. އެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ޒަވިއަން ބުނަނީ އަރީންގެ ހަނދާންތައް ހުރި ނަމަ އެފަދަ ގާތްކަމަކަށް އޭނާ ދުވަހަކުވެސް ރުހުން ނުދޭނެ ކަމަށެވެ. ފުރަތަމަ ރޭ ހެދުނު ގޯސް ތަކުރާރު ވިޔަކަ ނުދޭން ޒަވިއަން ދިޔައީ އަމިއްލަ ހިތުގައިވީ އިހުސާސްތަކަށް ބާރުފޯރުވަމުންނެވެ. އެކަން ކާމިޔާބު ކުރެވޭނެ ހަމައެކަނި ގޮތަކީ އަރީނާއި ކިރިޔާ ވެސް ގާތް ނުވުން ކަން އޭނާ ދަނެއެވެ.
ޒަވިއަންގެ އެ ދުރުކަމުގެ ސަބަބުން އަމިއްލަ ހަނދާންތައް އަވަސް ރަހުމަތެއްގައި އެނބުރި އައުމަށް އެދި އަރީނަށް ދުޢާކުރެވުނު އަދަދެއް ނޭނގެއެވެ. މިހެން ވާނުވާއެއްގައި އުޅެން އެ ނަފްސަށް ހާދަ ވޭންދެނިވިއެވެ. ޑަކުޓަރުން ބުނާގޮތުގައި އެއްފަހަރު ހަނދާންތައް އަންނަން ފަށައިފިނަމަ، އަވަހަށް ގިނަ ކަންތައްތަކެއް ހަނދާނަށް އައުމުގެ ފުރުސަތު ބޮޑެވެ. ދެރައީ މިއަދާ ހަމައަށް އައިއިރު ވެސް އެފަދަ އެއްވެސް ނިޝާނެއް ފެންނަން ނެތުމެވެ.
މާޒީގައި ހިނގި ހިތްދަތި ހާދިސާތަކާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ ސުމައްޔާ އަށް ގުޅައިގެން އަރީން އެތައް ވާހަކައެއް ދެއްކި ނަމަވެސް އެކަންވީ ފޫނެއް ފަޔަކަށް ފެންފުރުން ކަހަލަ ކަމަކަށެވެ. ޒަވިއަނާއި ފަލަކްގެ ފަރާތުން ވެސް ލިބެނީ ހަމަ އެފަދަ ފިނި ރައްދެކެވެ. ޔަނާލާއި އަފްޒަލް ވެސް ހުރީ މިކަމުގައި އެއްގަލަކަށް އަރައި، މާޒީގެ ސަފުހާތައް ނިއުޅާލުމަށް ފަސްޖެހިފައެވެ. ރޯޝަނީގޭގައި އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކުރެވިފައިވާ ކަހަލައެވެ. އެންމެ ފަހުން އަރީން އަމިއްލަ ޑިވައިސްތަކުން އެއްޗެއް ފެނޭތޯ ކުރި މަސައްކަތް ވެސް ނާކާމިޔާބުވީ ލީވާން މެދުވެރިކޮށް އެ ތަކެތި ހެކްކޮށް، ކުރީގެ އެއްވެސް މަޢުލޫމާތެއް އަރީނަށް ނުހޯދޭނެ ގޮތް ހަދާފައި އޮތުމުންނެވެ.
ސުމައްޔާމެން ވިލިނގިލީގައި އެ މީހުންނަށް ހަވާލުކުރެވުނު ސިއްރު މިޝަން ގައި މަސައްކަތް ކުރަމުން ދިޔައީ ނިކަން ވެގެންނެވެ. އެހެންޏާ ކުރާ މަސައްކަތަށް ވުރެ ތަފާތު ކަމަކަށް ވީމާ ކަމަށް ވެދާނެއެވެ. ސުމައްޔާ އަށް އެ ކަމުގައި އުޅެން ޖެހޭލެއް ބުރަކަމުން އެހެން ކަމަކާ ވިސްނާލާނެ ވަގުތެއް ނުލިބެއެވެ. އެ ކަމަށް ސުމައްޔާ ޝުކުރުވެރިވާ މިންވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.
އިޙުސާނާއި ރައްޓެހި ވިއެއް ކަމަކު އެ ސޮރުގެ އަޅާލުމާއި ސަމާލުކަން ނައުރީނަށް ނުލިބޭތީ އޭނާ ހުންނަނީ ހިތްހަމަނުޖެހިފައެވެ. އެހާ ގިނަ ދުވަހަށް ފަހު އިޙުސާނާއި އެކު ވުމުގެ ފުރުސަތު ލިބުނެއް ކަމަކު އޭނާ ވާންވީ ވަރަކަށް އުފަލެއް ނުވިއެވެ. އިޙުސާނުގެ ފަރުވާކުޑަކަމާއި އަޅާލުންކުޑަ ވައްޓަފާޅީގެ ސަބަބުން ނައުރީން މިހާރު ހުންނަނީ ފާޑަކަށް އޭނާ މަތިން ފޫހިވެފައެވެ. ގުޅިޔަސް ޖަވާބެއް ދެނީއެއް ނޫނެވެ. މެސެޖަކަށް ރިޕްލައި ދެނީ ހާހަކުން ފަހަރަކުއެވެ.
ޒަވިއަން މީޑިޔާތަކަށް ޓިޕް ދިން ފަހުން އިތުރު ކަމެއް ނުކޮށް މަޑުޖައްސާލައިގެން ތިބީ މި ވަގުތު ފިޔަވަޅެއް އަޅައިފިނަމަ ބޭޒާރު ވެދާނެ ކަމުގެ ފުރުސަތު ބޮޑުވުމުންނެވެ. ޢަލީ އަހުމަދުމެން ޒަވިއަންމެން ކުރި ކަންތަކުގެ އަޑި ހޯދަން ކުރާހާ މަސައްކަތެއް ފެނަށް ދާތީ އެމީހުން ތިބެނީ އެތެރެއިން ހީނލަހީނލާއެވެ.
އާދައިގެ މަތިން މިއަދު ވެސް އަރީން ބޭކަރީގެ މަސައްކަތް ހުއްޓާލީ އަށެއް ޖެހުމަށެވެ. ބަންދު ބޯޑު އަޅުވާލައިފައި އަރީން އެ ތަން ސާފުކުރަން އުޅުނީ އިއާރޕޮޑުން މަދަޙަ ޖަހައިގެން ހުރެއެވެ. މިއަދު ނުވިކި ބާކީވީ ޗޮކްލެޓް ކޭކަކާއި ސްޓްރޯބެރީ ޗީޒްކޭކެކެވެ. ގިނަ ދުވަސް ދުވަހު އޭނާ ތައްޔާރު ކުރާ ހުރިހާ ފޮނި އެއްޗެއް ވިކެއެވެ. އަލަށް މަސައްކަތް ފެށި ނަމަވެސް އަރީން ތައްޔާރު ކުރާ ތަކެތީގެ ރަހަ މީރުވެފައި ކޮލެޓީ ރަނގަޅު ވުމުގެ ފޮނި ނަތީޖާއެވެ. ނުވީތާކަށް ލޮކޭޝަނަކަށް ވެސް މި ހުރީ ޑައިމަންޑް ސްކައި އެޝޫރަންސާއި ޖެހިފައެވެ. ކަސްޓަމަރުން ހޯދަން އުނދަގުލެއް ނުވާނެ ތާއެވެ.
ސާފުކޮށް ނިންމާ އެނބުރި ގެއަށް ދާން ތައްޔާރު ވެލި ވަގުތު ބޭކަރީގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. ބެލް އަޅުވައިފައިވުމުން އަރީނަށް މީހަކު އެތެރެއަށް ވަނިއްޔާ ނިކަން ފަސޭހައިން އެނގޭނެއެވެ. “އައިމް ސޮރީ. އެކަމަކު މިހާރު ފިހާރަ ބަންދުކުރެވިފައި.” އެ ފަރާތަށް އެނބުރިލަމުން އަރީން ބުނެލިއެވެ.
“އެއްވެސް އެއްޗެއް ނެތްތަ؟ ވަރަށް ރަޙަ ބަލާ ހިތްވެފަ ހުރީމަ މި އައީ.” ނާއިލް އަރީނަށް ފުން ނަޒަރެއް ދެމުން ބުނެލިއެވެ. “އެބައިން ދެ ކޭކް. ތިއީ… ނާއީ ތަ. ދިހައެއްގައި ވެސް އެއް ކުލާހަކަށް ދިޔަ ނާއީތަ؟” އަރީން އިރުގަނޑެއް ވަންދެން ބަލަން ހުރެފައި ބުނެލިއެވެ. އަރީން ނާއިލްގެ ކުރު ނަމުން މުޚާޠަބު ކުރި އަޑު އިވިފައި އަރީނާއި ދިމާލަށް ފިޔަވަޅު އެޅެން ފެށުނެވެ. އޭނާއަށް އަރީންގެ ހަނދާންތައް ދިޔަކަން އެނގުނު ފަހުން ބައްދަލުވި ފުރަތަމަ ފަހަރަކީ މިއެވެ.
“އަން. އިހުގެ ކްލާސް މޭޓެއް ވީމަ މިފަހަރު ހިލޭ މި ދެނީ. އައިމް ސޮރީ. ޓެންގެ ވަކި ހިސާބަކުން ހަނދާންތައް ގެއްލިފަ ހުރީމަ ފަހުން ދިމާވެފަ ހުއްޓަސް އެކަމެއް ހަނދާނެއް ނެތް.” އަރީން އެ ދެ ކޭކު ފޮށްޓަކަށް ލައި ކޮތަޅަކަށް ލުމަށްފަހު ދިއްކޮށްލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ އުޖާލާ ހިނިތުންވުމެކެވެ. ނަފްރަތުގެ ބެލުމެއްގެ ބަދަލު އެހެން ހިނިތުންވެފައި އަރީން ބަލަން ހުރުމުން ނާއިލްގެ ހިތަށް ފިނިފެން އެއްޗެއް އޮއްސާލެވުނު ކަހަލަ އިޙުސާސެއް ކުރެވުނެވެ.
ނާއިލް އެ ކޮތަޅުގައި ހިފީ އަރީންގެ އަތުގައި ހިފާލަމުން ހަތަރު ކަޅި ހަމަކޮށްލުމަށް ފަހުއެވެ. އެ ވަގުތު ތޫނު ގޮތަކަށް އަރީންގެ ބޮލުގައި ރިއްސައިގަތެވެ. ނާއިލް ނުކުމެގެން ދާން ދެން އެކަން ފާޅު ނުކޮށް ހުރެވުނީ ވަރަށް މަސައްކަތުންނެވެ. ނާއިލް ދިއުމުން ކައުންޓަރު ބިއްދޮށަށް ގޮސް ބޮލުގައި ދެ އަތް އަޅާލަމުން އަރީން މުށިގަނޑު މައްޗަށް ތިރިވިއެވެ. އަވަސް ނޭވާތަކެއް ލަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެއްޖެއެވެ.
އަރީންގެ ލޯ މައްޗަށް ފުސް ގޮތަކަށް ސިފަވަމުން ދިޔައީ ނާއިލް އޭނާގެ ނުރުހުމުގައި ގައިގައި ބައްދައިގަނެގެން އުޅޭ މަންޒަރެވެ. އެ ނޫން ގޮތް ގޮތުން ވެސް އަރީނާއި ގާތް ވާން މަސައްކަތް ކުރާ ތަނެވެ. “އާހް” ދެލޯ މަރާލަމުން އަރީން ބޯ ހޫރާލިއެވެ. ނޭވާ ހިއްލަމުން ދިޔަ ގޮތުން އޭނާ އަށް ފެންނަމުން ދިޔައީ ފުސް ގޮތަކަށެވެ. އެހީ އަށް އެދެވޭނެ ގޮތެއް ވެސް ނެތެވެ. އޭނާގެ ބޮލުގައި ހީވަނީ މަރުތެޔޮލަކުން ތަޅާ ހެންނެވެ. ދެ އަތް ކަބަޑު ތަކުގައި ހާކަމުން ގޮސް އަރީން އޭނާގެ އަތް ދަބަސް ބިންމައްޗަށް ވައްޓާލިއެވެ. އެއިން އިންހޭލަރ ނަގައި ޖަހާލަމުން އަރީން މަސައްކަތް ކުރީ ނޭވާ ހަމައަކަށް އަޅުވާލެވޭތޯއެވެ.
“ކިހިނެއްތަ އެވީ. އަނެއްކާ ކުރީގެ ހަނދާނެއްބާ؟ އާހް. ހާދަ ބޮލުގައި ރިއްސައޭ.” އަރީން އަތް ދަބަހަށް ބިންމަތީގައި ހުރި އެއްޗެހި އަޅާލުމަށް ފަހު ބޭކަރީއިން ނުކުތެވެ. ބޭކަރީ ތަޅުލައިފައި އޭނާ ގޮސް ވަނީ ޖެހިގެން ހުރި ޑައިމަންޑް ސްކައި އެޝޫރަންސްގެ އިމާރާތުގެ ތެރެއަށެވެ. ކޮންމެ ދުވަހަކު ވެސް މަސައްކަތް ނިންމައިފައި އަރީން ދަނީ އެ ތަނަށެވެ. ޒަވިއަން އެދިފައިވާ ގޮތަށް އޭނާ އާއި އެކު ގެއަށް ދިއުމަށެވެ. އެހާ ވަރަށް ޕްރޮޓެކްޓިވް ވާނީ ކޮންމެވެސް ސަބަބެއް އޮވެގެން ކަން ގަބޫލުކޮށްގެން އޭނާ ޒަވިއަން ބުނާ ގޮތަކަށް އަމަލުތައް ބަހައްޓައެވެ.
ޒަވިއަން އައުމުން އަރީން އޭނާ އާއި އެކު ގޮސް ޒަވިއަންގެ ކާރަށް އެރިއެވެ. އަރީން ސީޓް ބެލްޓު އަޅުވާލުމުން ޒަވިއަން ކާރު ދުއްވާލައިފިއެވެ. އަރީން ޒަވިއަނަށް ނަޒަރު ހުއްޓާލައިގެން އިނީ މިއީ މަދު ފަހަރަކު ލިބޭ ފުރުސަތަކަށް ވާތީއެވެ. ގާތުން އެ ފިރިހެންވަންތަ މޫނު ފެންނަ ކޮންމެ ފަހަރަކު އަރީންގެ ހިތުގައި ތަފާތު ވިންދެއް ޖަހާލައެވެ.
“މިރޭ ވެސް އަހަރެން ނިދީމަ ތަ ގެއަށް އަންނާނީ. ކީއްވެތަ އަހަރެންނާއި އެހާ ދުރުދުރުން ތި އުޅެނީ؟ އަހަރެން ހަމަ އެހާ ހުތުރީތަ؟ މަދު ފަހަރަކު ނޫނީ އަހަރެންނަށް ރަނގަޅަށް ބަލާވެސް ނުލަމެއްނު. ގައިމު މިއީ ދެމަފިރިންނެއްނު.” ރޯޝަނީ ގޭގެ ކައިރިއަށް ކާރު ހުއްޓާލުމުން އަރީން ޒަވިއަންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“ރީން ބޭނުމެއް ނުވާނެ އަހަރެން ގާތް ވާކަށް. ރީންގެ ހަނދާންތައް އެނބުރި އައީމަ އެކަން ވިސްނޭނެ. ޔޫ ޑޯންޓް ލައިކް މީ. އަހަރެންނަށް ރީންގެ ލޯބި ޙައްޤުވެގެން ނުވޭ. ތިހެން އަހަރެންގެ އަސްލު ނޭނގި އަހަރެންނާއި ގާތް ވާން މަސައްކަތް ނުކުރޭ. ޕްލީޒް. ރީން އަށް ރަނގަޅަކަށް އަހަރެން މިހެން މި ބުނަނީ.” ޒަވިއަން އަރީންގެ އަތް ނައްޓުވާލަމުން ފިނި ނަޒަރެއް ދިނެވެ.
“އައި ޑޯންޓް ކެއާރ އެބައުޓް ދި ޕާސްޓް. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަރެންގެ ހިތް އެދެނީ ޒެވް ގާތުގައި ވުމަށް. އަހަރެންނަށް މާ ބޮޑަށް ޒެވް ދެކެ ލޯބި ވެވިއްޖެ. އެހާ ފުރިހަމަ، ރީތި، އަހަރެންނަށް އަޅާލާ މީހެއް ދެކެ ލޯބި ނުވެ ހުރެވޭނެތަ؟ ކޮންމެ ގޮތަކަށް ކުރިން އުޅުނަސް މިހާރު ބޭނުމީ އާދައިގެ ދެމަފިރިން ހެން އަހަރެމެން ވެސް އުޅެން. ޖަސްޓް ފީލް މައި ހާޓް ބީޓް. އައިމް ގޮއިން ކްރޭޒީ އޯވާރ ޔޫ” އަރީން ޒަވިއަންގެ އަތުގައި ހިފާ އަމިއްލަ މޭގައި ޖައްސާ ފިއްތާލައިފިއެވެ. އެ ހިތު ވިންދު އިހުސާސްވުމުން ޒަވިއަންގެ ހިތުގައިވީ އިހުސާސްތައް ހޭލައިގަތެވެ. އަރީންގެ ޖާދުވީ ނަޒަރުން ހީވީ ޒަވިއަން ދުރުގައި ހުންނަން ކަނޑައެޅި އަޒުމް ގުޑުވާލަން އުޅުނު ހެނެވެ. މަސްހުނި އިހުސާސްތަކަކުން އެ ސިކުނޑި ހަލަބޮލިކޮށްލައިފިއެވެ. އަރީނަށް އިވޭ ވަރަށް އެ ހިތުގެ ތެޅުން އަވަސްވެއްޖެއެވެ. އެކަކު އަނެކަކުގެ ހޫނު ނޭވާ އިހުސާސްވާހާ ގާތުގައި ތިބެވުނު އިރު އެ ހާލަތުގެ ނާޒުކުކަން އަރީނަށް ނުވިސްނޭ ކަހަލައެވެ.
“ޒެވް.. ޔޫ ޑޫ ހޭވް ފީލިންގްސް ފޯރ މީ. ކީއްވެ އަމިއްލަ އިޙުސާސްތަކަށް ތިޔަ އިންކާރު ކުރަނީ.” ޒަވިއަނަށް އައި ބަދަލުތައް އަރީންގެ ސިކުނޑިއަށް މި ފަހަރު ނަގައިގަނެވުނެވެ. އެއާއިއެކު އެ ތުންފަތުގައި ރީތި ހިނިތުންވުމެއް ދުވެލައިފިއެވެ. އަރީން ވާހަކަ ދެއްކުމާއި އެކު ޒަވިއަނަށް ސިހިފައި ދުރަށް ޖެހިލެވުނެވެ. ސަރަކައިގައި އަތް އަޅުވާ ބާރުކޮށްލަމުން ފުންކޮށް ނޭވާ ލާން ފެށިއެވެ.
“ދެން… ދޭ އެތެރެއަށް. މިހެން ރީން ވާހަކަ ނުދައްކާ ހުރެފާނަންތަ؟ އަހަރެން..ނަށް ވަރަށް އުނދަގޫވޭ ނަފްސު ކޮންޓްރޯލް ކުރަން ރީން ތިހެން އުޅޭތީ.” ބަރު އަޑަކުން ޒަވިއަން ބުނެލީ ދެލޯ މަރާ ތަގުޅިކޮށްލަމުންނެވެ. އަރީނަށް އިސްޖަހާލެވުނެވެ. ޒަވިއަންގެ ސަމާލުކަން މި ކަހަލަ ކަމަކަށް ހޯދުމަކީ ނުވާނެ ކަމެއް ކަން އިޙުސާސްވުމުން އެ ލޮލުން ކަރުނަ ނީރާލިއެވެ. އިހަށް ރޯވި އުންމީދުގެ ހުޅުކޮޅު ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ނިވިގެން ދިޔައީ އެ ހިތް މާޔޫސްކަމެއްގެ ތެރެއަށް ގަންނަވާލަމުންނެވެ.
ލަސް ފިޔަވަޅު ތަކެއްގައި ގޮސް ގެއަށް ވަތް އިރު ވެސް އަރީންގެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ. ކަންދިމާކުރި ގޮތުން ސިޓިންރޫމު ހުރަސްކޮށް ސިޑި ތަކާއި ހަމައަށް ދެވުނީ އެހެން މީހަކަށް ނުފެނިއެވެ.
ކޮޓަރިއަށް ވަން އިރު ފަލަކްގެ ގާތުގައި ޒައިލީން އިނެވެ. އަރީން ފެނުމުން ޒައިލީން ދުވެފައި އެ ދިމާލަށް ދިޔައެވެ. ޒައިލީން ނަގައި އުރާލުމާއި އެކު އަރީންގެ ބޮލުގައި އަނެއްކާވެސް ރިއްސައިގަތެވެ. ލޯ މައްޗަށް ކުޑަ ކުއްޖަކު ސިފަވާން ފެށިއެވެ. ޒައިލީނާއި ވައްތަރު ކަމެއް ހުރި ކުއްޖެކެވެ. އޭނާ އެ ކުއްޖާ ގޮވައިގެން އުޅުނު ގޮތެވެ. އަރީންގެ އަތުން ޒައިލީން ދޫވެގެން ވެއްޓިދާނެ ކަމުގެ ބިރަށް އެ ކުއްޖާ ތިރީގައި ބަހައްޓަން ތިރިވެލިއެވެ. ފަލަކް އަށް ގޯހެއް އުޅޭކަން ފާހަގަވުމުން އަރީންގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
“މަންމީ.” ޒައިލީން އޭނާގެ ކުޑަކުޑަ އަތުން އަރީންގެ މޫނުގައި ހިފާލިއެވެ. އެ މައުސޫމް ދެލޮލުން ހާސްވެފައި ހުރިކަން ހާމަވަމުން ދިޔައެވެ. “ރީން ކިހިނެއްވީ؟” ފަލަކް އެހިއެވެ. “ވަރަށް ބޮލުގައި ރިއްސާތީ މި އުޅެނީ. ޒެލީ ނިންދަވާލެވިދާނެތަ؟” އަރީން ދެލޯ މަރާލަމުން ބުނެލިއެވެ. ފަލަކް ބޯ ޖަހާލަމުން ޒައިލީން ގޮވައިގެން އެ ކުއްޖާ އުޅޭ ބަޔަށް ވަނެވެ.
އަރީން ފާޚާނާ އަށް ވަދެފައި ބޮލުގައި ފެން އުނގުޅަމުން ދިޔައީ އެ ރިހުން ކެނޑިގެން ދޭތޯއެވެ. މޫނު ދޮވެލަމުން އޭނާ ލޯގަނޑުން އަމިއްލަ ނަފްސަށް ނަޒަރު ހުއްޓާލިއެވެ. އެ ފެންނަ ކަންތައްތައް ހީވަނީ އޭނާގެ އިހުގެ ހަނދާންތަކެއް ހެންނެވެ. އެހާ ވެސް އަސްލާއި ގާތެވެ. އެހެނަސް އަދި ޔަޤީން ނުވާތީ އެހެން މީހަކާ ހިއްސާ ކުރާކަށް ބޭނުމެއް ނުވިއެވެ.
ދިހައެއް ޖެހުމުން ނައުރީން ގެއިން ބޭރަށް ނުކުތީ ބޯ ހަމަޖައްސާލަން ބޭނުންވެފައި ހުރުމުންނެވެ. ބަގީޗާ ތެރެއަށް ވަދެފައި އޭނާ އުނދޯއްޔަކަށް ވެއްޓިގަތެވެ. ފޯނު ނަގާ އިޙުސާނުގެ ނަންބަރަށް ޑައިލް ކޮށްލަމުން ކަންފަތުގައި ޖަހާލިއެވެ. ރިންގުވެ ރިންގުވެފައި ފޯނު ކެނޑުނީއެވެ. ތިން ހަތަރު ފަހަރަކު އޭނާ އިޙުސާނަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. އިޙުސާނު ފޯނު ނެގީ ހަވަނަ ކޯލުންނެވެ.
“އަދިވެސް މަސައްކަތް ނުނިމޭތަ؟ ކޮން އިރަކުންތަ އަނބުރާ މާލެ އާދެވޭނީ؟” ނައުރީން ހިތްހަމަނުޖެހިފައި އެއްސެވެ. “އެހެންވެޔޭ އަދިވެސް ވިލިނގިލީގައި މި އުޅެނީ. އެ ވަރު ވެސް ނޭނގޭތަ؟ މަސައްކަތް ނިމުނީމަ މާލެ ދެވޭނީ.” އިޙުސާނު ރައްދުގައި ބުނެލިއެވެ. ނައުރީނަށް ތުން އަނބުރާލެވުނެވެ. އިޙުސާނާއި ވާހަކަ ދައްކައިގެން އޭނާގެ މޫޑު އިތުރަށް ޚަރާބު ކުރަން ބޭނުން ނުވުމުން ނައުރީން ފޯނު ކަނޑާލިއެވެ.
“ކީއްވެތަ ސެން އެހެން އުޅެނީ؟ ހިޔެއް ނުވޭ އެއްވެސް ވަރަކަށް އަހަރެން ދެކެ ލޯބިވާ ހެނެއް. ދެން ކީއްކުރަންތަ އެއް މަހަށޭ ކިޔާފަ އަހަންނާއި ރައްޓެހިވީ.” ނައުރީން ތުން ފިތާލަމުން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. އެހެން އޭނާ އިރުކޮޅެއް ވަންދެން އިނދެފައި ނައުރީން ގުޅާލީ ލީވާނަށެވެ.
“އައްސަލާމު އަލައިކުމް. ކިހިނެއްވީ ނޫރީ ތި ގުޅާލީ. މިހާރު ކައިފިންތަ؟” ލީވާން ވާހަކަދައްކަން ފެށި އަޑު އިވިފައި އެކަނިވެސް ނައުރީންގެ މޫނުމަތި އުޖާލާވެއްޖެއެވެ. “ވާލައިކުމުއް ސަލާމް. އަނެއްހެން ކަމެއް ނުވޭ. ކުޑަކޮށް ފޫހިވެފަ މި ހުރީ. އަޅެ ހިނގާބަލަ ކޮފީ އަކަށް ޖައްސާލަން. ކޮން އިރަކުން ފްރީ ވާނީ؟” ނައުރީން ޖަވާބުދާރީ ވަމުން ވާހަކަދައްކަމުން ދިޔައެވެ.
“މިހާރު ވެސް ފްރީ. ގެއަށް ދާން އުޅެނިކޮށް ތި ގުޅީ. އާންމުކޮށް އަހަރެން ދިހައެއްގެ ކުރިން ނިމޭނެ. މި ދަނީ ތި ގެއަށް. ހަމަ އެންމެ ވިހި މިނެޓު.” ލީވާން އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. ނައުރީން ލައިގެން ހުރި ހޫޑީގެ ހުޑް ބޮލުގައި އަޅާލަމުން އަނެއްކާވެސް ފޯނަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ތެދުވެ ލޯވްން ތެރޭގައި ހިނގާލައިފައި ގޮސް ގޭޓުން ބޭރަށް ދިޔައީ ލީވާން އަންނާނެހެން ހީވާ ވަގުތާއި ގާތް ކޮށްލައިފައެވެ.
ލީވާން އައުމުން ނައުރީން ދުވެލައިފައި ގޮސް އެ ކާރުގެ ކުރީ ސީޓަށް އަރައިފިއެވެ. ލީވާން ކާރު ދުއްވާލީ ނައުރީން ބުނި ނައިޓް ކެފޭ އަށް ދާށެވެ. “ހާދަ ކަޓާފަ. އިއްސޭ އެއްޗެކޭ ބުނީތަ؟” ލީވާން އެހިއެވެ. ލީވާނަށް އެ ކަން ފާހަގަވުމުން ނައުރީން ފާޑަކަށް ސިހުނެވެ. އެހެން އެކަކަށް ވެސް ފާހަގަ ނުވާ ކަމެއް ލީވާނަށް ފާހަގަ ވުމުންނެވެ.
“ސެން ވަކި ޚާއްޞަ އެއްޗެއް ނުބުނޭ. އޭނާ އަހަރެންނަށް ދޭން ޖެހޭ މިންވަރަށް ސަމާލުކަން ނުދޭތީ މޫޑު ކަޓާފަ. އެ ވާހަކަ ނެގިޔަސް ހިތްހަމަ ނުޖެހިގެން އެއާ ވިއްދާފަ އެއްޗެހި ކިޔާނެ. ހިތަށް އަރާ ކީއްކުރަން ބާއޭ އަހަރެންނަށް ކިރިޔާ ވެސް ސަމާލުކަމެއް ނުދެވެންޏާ ރައްޓެހިވާން އެ އެހީ؟ ރައްޓެހިވި ފަހުން އަދި އެންމެ ޑޭޓަކަށް ވެސް ނުދެވޭ. ރަށުން ބޭރަށް ދިޔަ ފަހުން ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ.” ނައުރީން އޭނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ވާހަކަތައް ލީވާނާއި ހިއްސާ ކުރިއެވެ.
“ދެން އެހާ ވަރަށް އެކަމާ ނުވިސްނާ. ފުރަތަމަ އަމިއްލަ ނަފްސަށް ނޫރީ ސަމާލުކަން ދީ. ކުރިން ވެސް ބުނިހެން ނޫރީގެ އަގުވަޒަން ކުރަން ނޭގޭ މީހުންގެ ވާހަކަތަކަށް ބީރު ކަންފަތެއް ދީ. ދެން އިތުރަށް އިއްސޭގެ ވާހަކަ ނުދައްކާތި.” ލީވާން ނައުރީނަށް އަވަސް ނަޒަރެއް ދެމުން ބުނެލިއެވެ. “ޔެސް ސަރ!” ނައުރީން އެހެން ބުނެލީ ސިފައިންގެ މީހުން ބުނާ ކަހަލަ ރާގަކަށެވެ. އަޑަށް ބަރުކަމެއް ގެނެސްގެން ނައުރީން އެހެން ބުނެލި ގޮތުން ލީވާނަށް ހެވުނެވެ.
އިޙުސާނު ކޮޓަރިން ނުކުމެގެން ދިޔައީ ނުނިދިގެންނެވެ. އެ ޓީމު އެންމެން ވެސް ތިބެނީ އެއް ގެއެއްގައި ކުއްޔަށެވެ. ދެ ކޮޓަރި ހުންނަ އިރު އަންހެނުންނާއި ފިރިހެނުންނަށް ވަކިން ކޮޓަރިއެކެވެ. އާދައިގެ ފެންވަރަކަށް ހަދައިފައި ހުރި ގެއެކެވެ. ގޯތި ތެރޭގައި ތަފާތު ވައްތަރުގެ ގަސްގަހާގެހި އިންދައިފައި ހުރެއެވެ.
ޖޯލިފައްޗާއި ދިމާލަށް ދިޔަ ވަގުތު އިޙުސާނުގެ ފިޔަވަޅުތައް އަވަސްވެލީ އެ ތަނުން ޖޯއްޔެއްގައި އުޑަށް ނަޒަރު ހުއްޓާލައިގެން އޮތް ސުމައްޔާ ފެނިފައެވެ. ހަނދުވަރުގެ ރިހި އަލި އެޅިފައިވުމުން އެ މޫނު ފެންނަނީ ވަރަށް ޖާދޫކުރަނިވި ގޮތަކަށެވެ. އެ ދެ ލޮލުގައި ވަނީ ބަޔާންކުރަން ދަތި އަސަރެކެވެ. ހީވަނީ ކޮންމެވެސް ކަމަކާ ވިސްނަމުން ދާ ހެންނެވެ. ފެން މަދުވުމުގެ ސަބަބުން ހިކެން ފަށައިފައިވާ އެ ފިޔާތޮށި ތުންފަތުގައިވަނީ މާޔޫސީ ކުލަވަރެކެވެ. ކުރިއަށް ވުރެ ހިކި އަނަރޫފަވެފައިވާ އެ ހަށިގަނޑުން އަންގައިދެނީ ފުން ހިތާމައެއް ކުރާކަމެވެ. މި ނިކަމެތި ސިފަ ފެންނަ ކޮންމެ ފަހަރަކު އިޙުސާނުގެ ހިތުގައި ތޫނުއެއްޗަކުން ޅިޔަ އަޅާލާ ކަހަލައެވެ.
“ސޫމޯ. އަދިވެސް ނުނިދަނީތަ؟” އިޙުސާނު އައިސް ސުމައްޔާ އާއި ޖެހިގެން އޮތް ޖޯއްޔަށް ވެއްޓިގަތެވެ. އެއާއި އެކު ސުމައްޔާ ސިހިފައި ކޮޅަށް ތެދުވެއްޖެއެވެ. “އެއީ ކަލެއާ ބެހޭ ކަމެއް ނޫނެއްނު. މަށަށް މިހެން އެކަހެރިވެގެން ވާހަކަ ދައްކަން މަސައްކަތް ނުކުރާށޭ ކިތަށް ފަހަރު ތަ ބުނަން ޖެހޭނީ. އެހެން މީހަކާ ރައްޓެހިވެގެން އުޅެމުން އަހަރެން ފަހަތުން އުޅުން އެއީ އެއްވެސް ގޮތެއް ނޫން.” ސުމައްޔާ ނުރުހުންތެރިކަން ފާޅުކުރިއެވެ. އެއަށްފަހު ސުމައްޔާ އުޅުނީ އެތެރެއަށް ވަންނަން ދާށެވެ. އެއަށްވުރެ ކުރިން އިޙުސާނު ސުމައްޔާގެ އަތުގައި ހިފާ ދަމައިގަތެވެ. ބެލެންސް ކަޓައިގެން ގޮސް ސުމައްޔާ ވެއްޓުނީ އިޙުސާނުގެ އުނގު މައްޗަށެވެ. އިޙުސާނު ސުމައްޔާގެ އުނަގަނޑުގައި ވަށާލެވިފައިވާ އަތަށް ބާރުކޮށްލީ މި ފަހަރު ސުމައްޔާގެ ދުލުން އޭނާ ހޯދަން ބޭނުންވެގެން އުޅޭ ޖަވާބުތައް ނެރެފައި ނޫނީ ދޫކޮށްނުލަން ހިތުލައިގެންނެވެ. އެ ފަދަ ހިތްދަތިކަމެއް ސުމައްޔާ އަށް ލިބެންވީ ސަބަބެއް ހޯދުމުގެ އަޒުމުގައެވެ.
“ކަލޭ ހަމަ ރަނގަޅަށް ވެސް މޮޔަވީތަ؟” ސުމައްޔާ އިޙުސާނުގެ އަތް ނައްޓުވާލަން އުޅުނެވެ. އެހެނަސް ހާސްވެފައި ހުރުމުން އެ ކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އަމިއްލަ ނަފްސު ބޭޒާރު ވެދާނެތީ އޭނާ ހުރީ ބިރުން ހަލާކުވާވަރު ވެފައެވެ.
ސުމައްޔާގެ މޫނުމަތިން ހާސްކަން ފެނިގެން ދިއުމުން އިޙުސާނުގެ މޫނުމަތީގައި ފަތަޙައިގެ ހިނިތުންވުމެއް ކުޅެލެވުނެވެ. “ކީއްވެގެން އަހަރެންގެ އިހުސާސްތަކާއި ކުޅެލާށޭ ކިޔާފަ އެހާ ގާތްވީ. ކައިވެނި ކުރަން ހުށަހެޅި ހުށަހެޅުމަށް އާނ ބަސް ދީފަ މިހާރު އެހެން ކުލަތަކެއް ދައްކަން ޖެހޭތަ؟ ބުނެބަލަ. އެހެން ކަމެއް އުޅެންޏާ އަހަރެންނާ ހިއްސާ ކޮށްބަލަ. ކީއްވެތަ މިހާރު އެހާ ވަރަށް އަމިއްލަ ނަފްސާ މެދު ފަރުވާކުޑަ ކުރަނީ.” އިޙުސާނު ސުމައްޔާ އާއި ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ. ސުމައްޔާ އަށް އެ ދެލޮލުގައިވީ ހިތްދަތިކަން ފާހަގަ ވުމުން މެޔަށް އުނދަގޫ ވިއެވެ. އިސާހިތަކު އޭނާ އެހެން ފަރާތަކަށް ނަޒަރު ބަދަލުކޮށްލީ އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވިދާނެ ކަމުގެ ބިރަށެވެ.
“ކަލޭ އަށް އަދިވެސް މޫވް އޯން ނުވެވެނީތަ؟ މަ އިޙުސާނާއި އެކު އުޅެން ބޭނުން ނުވާތީއޭ މިހެން މި އުޅެނީ. ދެން ވެސް ދޭބަލަ ލޯބިވެރިޔާ އަށް ގުޅައިގެން އޭނާ އާއި ވާހަކަދައްކަން. ކޮންމެހެން އަހަރެންނާއި ގާތްވާން މަސައްކަތް ކުރާނެ ކަމެއް ނެތް. ކޮންމެހެން އަހަރެންގެ އިހުސާސްތައް ދެނެގަންނަން މަސައްކަތް ކުރާނެ ކަމެއް ނެތް.” ސުމައްޔާ އިޙުސާނުގެ އަތް ނައްޓުވާލަމުން ތެދުވިއެވެ. އިޙުސާނު އިތުރަށް ކަމެއް ކުރަން ވާއިރަށް ސުމައްޔާ ދުވެފައި ގޮސް އޭނާ އުޅޭ ކޮޓަރިއަށް ވަނެވެ. ދޮރު ތަޅުލައިފައި މޭގައި އަތް އަޅާލަމުން އޭނާ މުށިގަނޑު މައްޗަށް ތިރިވިއެވެ.
“ވައި އާރ ޔޫ ގިވިން މީ އެ ހާޑް ޓައިމް.” ސުމައްޔާ ބުރުގާ ދަށުން އިސްތަށިގަނޑަށް އަތް މަހާ ވާން ކޮށްލަމުން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. އިޙުސާނުގެ އުޅުން ހުންނަ ގޮތަކުން ސުމައްޔާ އަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫ ވަނީ އިންތިހާ އަށެވެ.
ސުމައްޔާ ދިޔަ މަންޒަރު ބަލަން ގެއްލިފައި އިން އިޙުސާނުގެ މޫނުމަތި ހީވަނީ މޮޅީގެ ތަސްވީރެއް ހެންނެވެ. “ކީއްވެގެންތަ ސުމައްޔާ އަހަރެންގެ ހިތަށް އެހާ ވަރުގެ ވޭނެއް ތި ދެނީ. އެއަށްވުރެ ފަސޭހަ ވާނެ އެއްޗަކުން ޖަހާ ޒަޚަމު ކޮށްލިޔަސް. ކިހާ ދުވަހެއް ވާންދެން އަހަރެން ދުރަށް ޖައްސާނަންތަ؟ ކިހާ ދުވަހެއް ވާންދެއް އެކަނިވެރިކަން އިޚްތިޔާރު ކުރާނަންތަ؟” އިޙުސާނު ވަރު ނެތިފައިވީ މީހެއް ފަދައިން ޖޯއްޔަށް ދެމުނެވެ. ސުމައްޔާ އާއި މެދު ވިސްނެމުން ދިޔަ ވަރަކަށް އެ އަސަރުގަދަ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. މޭގައި އަތް އަޅާ ބާރުކޮށްލީ އެ ހިތުގައިވީ ވޭނަށް ކެތްނުވެގެންނެވެ. އެއާއިކު އެ ދުލުން ބޭރުވެލި ވޭނީ އާހުގައި ވަނީ ބަޔާންކުރަންދަތި ރިހުމެކެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.







Wow mi part hama v best v reethi MA
E BW gang ge meehun give up kuraakah noolhey thanehgai alhe?
zev ge ninmun aslu v ragalhu sheex ah
Oh my I think reen ge memories aburaa annanee hen
Naail dhww dhen I thought e beyfulhaa reen kairiah dhuvahakuves naannaane kamah
Zailee is even worried about her mommy
Have a good recover reen
Sumo pls don’t let ur heart be shattered by some mens
Just tell him that u lov him
Feels rlly bad for naureen
CW4THENEXTP
Tc
So delighted to hear that 🥰🥰
Emyhun kuraa nubai kan kamah ehaa faseyha in huttumeh annaanetha 😒😒
There’s hope for memory reallocation now dhw 😄😄
Naail hunnaanetha ehaa varah alhaiganegen ulhey kujjaa gaathah nais dhuruga 😔😔
Let’s hope someday sumee will find the courage to spill out the truth 😓😓
Shukran Sheex ✨✨✨
OMGAWDD reen and zevvvv 🫣
Alheyy sumee aa isse ah ehen nuhadhaa 😭
Mi bai ves vrh salhi, totally hooked 🤩
When’s next, can’t wait 🥹
Lysmm white rosy 💋💋
So glad to hear that 🥰🥰
IA Thursday
Shukran SOOGYU ✨✨
Lyt darl 🫰🏻🫰🏻
Wow. Hey this part is wonderful. Aslu vx haadha salhi eyyy.
Reeen haadha dhera vaaneyey dhww. Dhen Xev keevvetha Reen ah ehen hadhanee. ???? Anekkaa Reen ge memory comeback v tha ????
Gaimu effaharu Sumeege ihusaas that Issey kurimatheeg beyzaaru vanikoh.
Anyways when next ????
Luv U
I’m delighted to hear that 🥰🥰
Dhww, reen is suffering cluelessly 😓😓
Adhi reen memory thah reallocate nuve ehnu 🙃🙃
IA next Monday
Shukran ✨✨
Lyt darl 🫰🏻🫰🏻
Oh my. I’ve seen it after 22 hours!!!!!. How is it even possible!!!!!
Mi Bai varah ves reeeeeeeethi ingey.
Nau nd leevaan gulheyni kon irakun tha?????
Haadha beynumey Xev nd Reen ves ekuga uleythan dheki lan.
Sumee e dhiyaeee hama rangalhah ves mifaharu Issey ge hiyy kudhi kudhi kohlaafa.
When next episode gurrll ???
Lysm & tc
So glad to hear that 🥰🥰
Adhi neynge nooree and eleven gulheyne dhuvaheh 😓😓
Reen men ekuga ulheyne dhuvahakah alhugandu ves mi inthizaaru kuranee 😒😒
Dhww, isse fakeeru, if only he learns the truth 😔😔
Shukran Exxo ✨✨
Lyt darl 🫰🏻🫰🏻
Heyyy.mi Bai vrh vrh reethi. Maashaa Allah.
I’m delighted to hear that 🥰🥰
Shukran Leesha ✨✨
Mi part ves vrh reethi MA!
Naail might take the advantage of Reen cuz she’s lost her memory. I can’t trust him yet.
Reen beynun vanee Xev aa close vaantha? Soo cute😍😍
Eleven Naureen dheke ehaa loabi vaa iru vs ekani sirru koh gen dhw hunnan jeheynee 💔💔
Ihsaan should breakup with herr aslu
Sumee and Ihsaan ah dhimaavefa oi goi dhw vrh sad😢💔
Whn nxt??????
Luv u 💗💗
That’s also possible, naail is still obsessed 🫢🫢
Ofc, reen’s crush became her husband, she’s head over heels for zev 🫣🫣
Yea, e friendship ah asaru kohfaanethy eleven biruganefa 😔😔
Yea, mihaaru enme dherakoh kanthah vany sumee and isse ah 😒😒
IA next Monday
Shukran 🥀 ✨✨
Lyt darl 🫰🏻🫰🏻
Omg omg vrh reeeethi.
Shukran Lol ✨✨
This part was fascinating darling!! I loved it!
ali Ahmed fulhu rulhi dhuru veeo😂😂lmfao!
Kk nau now forget about isse and move on with leevaan!
Naail and reen ge bai heevy alhe loa machah fenunu hen! Naail mihaaru villian kolhu badhalu kuree hen vx heeve!😭
Norr sumy n isse😭😭 alhe sumy then boa harukan nudhakka isse ah vegen ulhey goth kiyaa dheeba! Heyo nuvaane!!
When next?
Ly darl💗
I’m overjoyed to hear that 🥰🥰
Dhww, Naureen move on vaane nama 😓😓
Naail abadhuves obsessed vefa ehnu 😒😒
Sumee is too scared to reveal 😔😔
IA next Monday
Shukran Your fav bab ✨✨
Lyt darl 🫰🏻🫰🏻
wait a min. sumeee fahun bunaane tha Isseyy kaireega. ???
Mi vaahaka ehkoh nimey iru hurihaa kameh ge hallu hoadheyne tha. ???
No spoilers 🫣🫣
Shukran Raajihaa ✨✨
Dhennnnn. Buneba. .I story numerous iru komme problem akah solution libeyne tha ?????
Really sorry, we’ll see wht happens as the story goes on 😔😔
Shukran Raajihaa ✨✨
Mi part ves varah reethi masha Allah
Mi part kiyaafa rovijje 😭
Heyonuvaane Zev n reen dhuru nukurache
Isse n Sumy ves gulhuvachey
They both are made for each other
Kuhverinah adabu dhee
Naail haadha goahey dhw rahumeh kulhuneh neih
Emmen ah insaaf libeyne dhuvaheh ge intizaaru ga
When next
Really appreciated your hard work
Glad to know 🥰🥰
Mihaaru abadhu rohvaa leveny dhw 😓😓
Let’s whether the couples shift away orr get closer 🫣🫣
Same, waiting for the day of justice 🙃🙃
IA tomorrow
Shukran Cutie girl ✨✨
Heyy
Sry it’s been a while I didn’t comment 😭
Hama bxy Veema handhaan nuhunnanee…..
My tests start kohgen ulheythee meethi kiyan ves handhaaneh neh 😭
Alhey zev aree dhera nukohba dhw…idk I have a feeling aree is getting her kureegea ulhunu going…
Anyway ,V v v reethi mi part vex…maasha Allah!
Btw do u use Pinterest @white rose?
I’m delighted to hear that 🥰🥰
Ehen ves vedhaane, exams are far more important 🙃🙃
Zev beynumeh nuvey reen ge handhaanthah enburi naananys love relation akah dhaakah 😔😔
Yes, I find pics for covers from Pinterest 😄😄
Shukran raajiha ✨✨
Heyyyy!
Is 65 still pendingg?????
Yes, iyye in sure pending ga 💔💔
I think I found your Pinterest@white rose
Owhhh, send me a msg then
Is it white rose too?
I just said hi..u will get the msg if I send the msg to a right person
I don’t think thats me 😓😓
Ohh 🤯
Can I get yours?
Its author bio ga, next to insta link. Pinterest icon eh gothah 😄😄
Shukran raajiha ✨✨