ދެވުނީ ވޭނޭ 60
“ހުސް ދޮގު. ސޫމޯ ކޮން ކަމެއްތަ ތިޔަ ސިއްރުކުރަނީ؟ ތި ދެލޮލުން ހެކި ދެޔޭ ސުމައްޔާ އަހަރެން ދެކެ ވާ ލޯބި.” އިޙުސާނު ބުނެލިއެވެ. “އަހަރެން މޮޅު ދޯ އެކްޓް ކުރަން. ފުލުހަކަށް ނުވި ނަމަ ކުރިއަށް ދާން ރަނގަޅު ދާއިރާއެއް. ދެން ސޮރީ މިހެން ކަލޭގެ ވަގުތު ފެނަށް ދުއްވާލެވުނީމަ. މީގެ ފަހުން އަހަރެންނަށް ޕާރސަނަލް ކަމެއްގަ ނުގުޅާތި.” އެހެން ބުނެފައި ސުމައްޔާ ސިޑި ގޮޅިން ނުކުމެފައި ގޮސް ލިފްޓަށް އަރައިފިއެވެ. މޭގައި އަތް އަޅާލަމުން ސުމައްޔާ އަށް ބިތުގައި ލައްގަނެވުނު އިރު އެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.
އިޙުސާނު ހުރީ ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައެވެ. ސުމައްޔާ އެހެން އޭނާގެ އިހުސާސްތަކާއި ކުޅެލިއްޔޭ ބުނި ވާހަކަ ޤަބޫލުކުރަން ދަތިވިއެވެ. ސުމައްޔާ އެހާ ކުއްލި ގޮތަކަށް އެ ގުޅުން ކަނޑާލުމުން އިޙުސާނު ހުރީ ޝޮކެއްގައެވެ. ކިތަންމެ ޤަބޫލު ކުރަން ބޭނުން ނުވިޔަސް ސުމައްޔާ އެ ދިޔައީ ގުޅުން ކަނޑާލައިފައެވެ. ގައިން ވަރު ދޫވާހެން ހީވުމުން އޭނާ އަށް ފާރުގައި ލައްގަނެވުނެވެ. އަތުގައި އޮތް ކެވެއްޔާއި އަނގޮޓި އަށް ފިތާލެވުނު އިރު އެ މޭގައި ތޫނު ރިހުމެއް އުފެދިއްޖެއެވެ. އެ ދެ ލޮލުގައިވީ ސާފުކަން ކަރުނައިގެ ދުންފިންޏަކަށް ބަދަލުވެގެން ދިޔައީ ހިތަށް ލިބިފައިވާ ފުން ވޭނުގެ އަސަރު ދައްކައިދެމުންނެވެ.
އެޕާޓްމަންޓު ތެރެއަށް ވަން އިރު ޢަބްދުއްރަޙްމާން ކޮޓަރީގައި އުޅުނު ކަމީ ނަސީބެކޭ ސުމައްޔާ ހިތަށް އެރިއެވެ. އެހެން ނޫންނަމަ ޖަވާބުދޭން ބޭނުން ނުވާ ކަހަލަ ސުވާލުތަކާއި ކުރިމަތިވާނެއެވެ. ކޮޓަރީގެ ތެރެއަށް ވަދެ ދޮރު ޖަހައިފައި ގޮސް ސުމައްޔާ ވެއްޓިގަތީ އެނދުމައްޗަށެވެ. އޭރު އޭނާގެ ދެލޮލުން ހޯސްލައިފައި ކަރުނަ އޮހޮރިގެން ފިއެވެ. ފުލުސް ސްޓޭޝަނުން ކޮންމެ ދުވަހު އިޙުސާނު ފެންނައިރު އޭނާއަށް ހިތް ހަރު ކަން ދެއްކޭނެ ކަމާއި މެދު ޝައްކެވެ. ކިތަންމެ ލޯބި ވިޔަސް މިއަދު މި ނޫން ގޮތަކުން އިޙުސާނު ރައްކާތެރިކުރެވޭކަށް ނެތެވެ.
އިޙުސާނު އެ އިމާރާތާއި ދުރަށް ދިޔަދިޔަހެން އެ ހިތުގައި ވޭނީ ޖަޒުބާތުގެ ވަކިތައް އިތުރަށް ހިފަމުން ދިޔައެވެ. ގޮސް ކާރަށް އަރައިފައި އޭނާ ސަރަކައިގައި ބޯ އަޅާލިއެވެ. ސުމައްޔާ އެ ގުޅުން ކަނޑާލަން ބުނެލި ވިހަގަދަ ބަސްތައް ސިކުނޑީގައި ގުގުމަމުން ދިޔަ ކަހަލައެވެ. “އެ ދެއްކި ވާހަކަ އަކާއި މޫނުމަތިން ފެންނަން ހުރި ކުލަތަކަކާއި ނުގުޅޭ. ކީއްވެގެންތަ އެހެން ހެދީ. މި ހުރިހާ ދުވަހަކު ލޯބިން ހޭދަ ކުރި ވަގުތުތަކޯ؟ އެއީ އޭނާ އަހަރެންނަށް ދައްކާލި ކުލަނެތް ހުވަފެންތަކެއްތަ؟” އިޙުސާނު އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލި އިރު އެ ދެލޯ ވަނީ ފެންކަޅި ވެފައެވެ.
އަރީން ޕްރައިވެޓް ރޫމަކަށް ބަދަލު ކުރެވުނީ ރޭގަނޑެވެ. އޭރު ވެސް އަދި އެ ފަކީރު ހެޔެއް ނާރައެވެ. އަރީން އޮތް ޙާލު އެނގި އެންމެން ވެސް ތިބެނީ ހިތްދަތި ވެފައެވެ. ވަކިން ޚާއްޞަކޮށް ޒައިލީންއެވެ. އެ ތުއްތު ކުއްޖާ އަށް ރަނގަޅަށް ވާނުވާ ނޭނގުނެއް ކަމަކު މަންމަ އޮތް ގޮތް ފެނުމުން ރޯން ފަށައެވެ. އެއް ދުުވަހު ގެނައުމަށް ފަހު ދެން ޒައިލީން ހަސްފަތާލަށް ނުގެންނަނީ ވެސް އެހެންވެއެވެ.
“ދަރިފުޅާ ޒަވިއަން. ޒެލީ މިރޭ ހިލާ ނިދާކަށް ނޫޅުނު. އިހަށް އާދެބަލަ މި ކުއްޖާ ގާތަށް.” އާފިޔާ ގުޅައިފައި އެހެން ބުނުމުން ޒަވިއަން އަރީންގެ އަތުން ދޫކޮށްލައިފައި އެ ކޮޓަރިން ނުކުތެވެ.
ގެއަށް ވަދެގެން އައި އިރު ވެސް ޒައިލީން ރޯ އަޑު އިވެއެވެ. ކޮޓަރިއަށް ވަނުމާއި އެކު ޒައިލީން އެނދުން ފައިބައިގެން ޒަވިއަނާއި ދިމާލަށް އައީ ދުވެފައެވެ.
“ބައްޕީ! ކޮއްކިގެ މަންމި ގެނޭ. ކީއްވެ އެ ބިރުވެރި ތަނަށް މަންމި ލަނީ. ކޮއްކިގެ މަންމި އަށް އައްދޮ ނުކުރޭ. މަންމަ އަށް އައްދޮ ވާނެ ކަށި ކޮއްޕީމަ. ކޮއްކިއަށް ވެސް އައްދޮވެޔޭ އެހެން ހެދީމަ.” ޒަވިއަންގެ ފައިގައި އޮޅުލައިގަންނަމުން ޒައިލީން ވާހަކަ ދައްކަން ފެށިއެވެ. ގަދައަށް ރުއިމުގެ ސަބަބުން ގޮސް ދެލޯ ރަތް ވެފައި ހުރި ގޮތް ފެނިފައި ޒަވިއަންގެ ހިތުގެ އެންމެ ހިމަ ނާރަށް އަސަރު ކުރިއެވެ.
“ދަރިފުޅާ ހުއްޓާލާ. މަންމި ހޭލީމަ ގެނެވޭނީ. އިހަށް މަންމި އަކަށް ނާދެވޭނެ. ވަރުބަލިވީމަ އަރާމުކޮށްލަން ވަރަށް ގިނަ އިރު ވަންދެން ނިދާލަން އެ އޮތީ. ޒެލީ ދެން ހިނގާ އަވަހަށް ބަސް އަހައިގެން ނިދާލަން. މަންމަ ހޭލާންދެން ދަރިފުޅު ހިތްވަރުކުރަން ވާނެ.” ޒަވިއަން ޒައިލީން ނަގާ އުރާލަމުން ބުނެލީ ނިކަން ލޯބިންނެވެ. މި ވާހަކަ އަހައިފައި ޒައިލީން ދެފައި ތަޅުވާލަމުން ރޯން ފެށިއެވެ.
“ނޫން.. މަންމި. މަންމި ގެނެސްދީ. ދެން އެއްވެސް ކަމަކާ ރުލިއައިސް ނުރޯނަން. މަންމި…” ކުރަކިވެފައިވާ ތުއްތު އަޑުން ޒައިލީން އެދުނެވެ. ޒަވިއަން އެ ކުއްޖާ ހުއްޓުވަން ފައިމަައްޗަށް ލައި ހެއްލައިގެންނާއި ނާނާ ކިޔަމުން ދިޔައެވެ. އުރައިގެން ދެކޮޅަށް ހިނގަން ވެސް ހިނގިއެވެ. އެހެނަސް ޒައިލީން ނިދިގެން ވެއްޓުނީ ރުއިމުގެ ތެރެއިންނެވެ. އެ ލޯ ކައިރީގައިވީ ކަރުނަ ތިކިތައް ފުހެލަމުން ޒަވިއަން އެ ކުއްޖާ ބާލީސް މައްޗަށް ލިއެވެ.
“ބައްޕި އަށް މާފުކުރޭ. ބައްޕި އަށް ރަނގަޅަކަށް މަންމި ރައްކާތެރިއެއް ނުކުރެވުނު. މީގެ ފަހުން މަންމި ބޭނުން ނުވިޔަސް މި ގެއަށް ގެނެސް ގާތުން ބަލަމުން ގެންދާނަން. އިރާދަ ކުރެއްވިއްޔާ އެ ނުބައި މީހުން މަންމި އަށް އިތުރު ގެއްލުމެއް ދިނަކަ ނުދޭނަން. ހުރިހާ ކަމެއް ހަމައަކަށް އެޅުމުން އެ ނުބައި މީހުންނަށް ޙައްޤު އަދަބު ދެވޭނެ ގޮތެއް ހޯދާނަން.” ޒައިލީންގެ ފުށްކޮޅެއް ފަދަ މަޑު އަތްތިލައިގައި ހިފާލަމުން ޒަވިއަން ބުނެލިއެވެ. އެއަށްފަހު ކޮޓަރިން ނުކުތެވެ. އޭރު ދޮރުމަތީގައި ފަލަކް ހުއްޓެވެ. ޒަވިއަން ނުކުތުމުން އޭނާ އުޅުނީ އެތެރެއަށް ވަންނާށެވެ.
“ފަލަކް. ފަލަކް ބޭނުމިއްޔާ އެންމެ ރަނގަޅު ވަޒީފާ އިން ވަކި ވިޔަސް. އަހަރެން ބޭނުމެއް ނޫން ޖަންނަތަށް ވީ ހެން ފަލަކް އަށް ވާކަށް.” ޒަވިއަން ފަލަކަށް ގޮވާލަމުން ބުނެލިއެވެ. “މި ވަޒީފާ އިން ވަކިވެގެން އަޅުގަނޑު ވަކި ދާނެ އެހެން ތަނެއް ނެތް. އެހާ ފަސޭހަ އެއް ނޫން އަންހެނަކަށް ވީމަ ބޮޑީގާޑެއްގެ ވަޒީފާ ހޯދާކަށް. އަޅުގަނޑަށް ހަމަޖެހިލައިގެނެއް ނޫޅެވޭނެ ޒެލީ ފެންނަން ނެތިއްޔާ. ޒެލީ އެންމެ ކުޑަ އިރުއްސުރެ އެ ކުއްޖާގެ ގާތުގައެއްނު މި އުޅެނީ. އަހަރެން ދުރުގައި ހުއްޓާ ޒެލީ އަށް ކަމެއް ވެއްޖެނަމަ އަހަރެން ކިހިނެއް އަމިއްލަ ނަފްސަށް މާފު ކުރާނީ. ކިތަންމެ ނުރައްކާތެރި ވިޔަސް އަހަރެން ބޭނުން މި ވަޒީފާ.” ފަލަކް ރައްދުގައި ބުނެލިއެވެ.
ފަލަކްގެ ޖަވާބު އިވިފައި ޒަވިއަން ހިތްހަމަޖެހުނެވެ. އެ ކަހަލަ ހީވާގި ކެރުންތެރި މީހަކު ޒައިލީންގެ ބޮޑީގާޑަށް އައްޔަނު ކުރެވުނު ކަމީ ނަސީބެކޭ ހިތަށް އެރިއެވެ. ޒަވިއަން ދެން ގެއިން ނުކުމެގެން ގޮސް ކާރަށް އަރައިފިއެވެ. އޭނާ އެ ދުއްވާލީ ޓްރީޓޮޕަށް ދާށެވެ. އަރީން އެނދުމަތި ކުރެވިފައި ވަނީ އެ ހަސްފަތާލުގައި ކަމަށް ވާތީއެވެ.
އަރީން ބާއްވައިފައި އޮތް ޕްރައިވެޓް ރޫމު ތެރެއަށް ވަދެފައި ޒަވިއަން ގޮނޑި ދަމާލައިފައި އެ ތަނުގައި އިށީނެވެ. އޭނާ އަރީންގެ އަތުގައި ހިފާލަމުން އެ މޫނަށް ފުން ނަޒަރެއް ދިނެވެ. “ރީން. އެހާ ވަރަށް އިންތިޒާރު ނުކުރުވާ ތި ދެލޯ ހުޅުވާލާ. ޒެލީ ވެސް ވަރަށް ރީން ގާތަށް އަންނަން ބޭނުންވޭ. ރީނަށް އަނިޔާވެރިވީ މީހުންގެ ނިމުން އަދި އަންނާނެ. އައި ޕްރޮމިސް. މިހާރު ވާ ވަރަށް އެ މީހުން އެހެން މީހުންގެ ދިރިއުޅުން ހަލާކު ކޮށްގެން އުފަލުގައި އުޅެފި.” ޒަވިއަން އަރީނަށް އިވޭ ވަރަށް ބުނެލިއެވެ.
އިޙުސާނު އަމިއްލަ ގެއަށް ދިއުމުގެ ބަދަލުގައި ދިޔައީ ލީވާން އުޅޭ އެޕާޓްމަންޓަށެވެ. “ބްރޯ ހާދަ އަވަހަކަށް ދޫކޮށްލީ. އިހަށް ދުވަހު ހާދަ ޙާލެއްގަ އޭ އޮތީ. އޭތް ކިހިނެއް ވީ؟” ލީވާން ވާހަކަ ދައްކަން ފަށައިފައި މަޑު ޖެހިލީ އިޙުސާނުގެ ލޮލަށް ކަރުނަ ޖަމާވެފައި ހުރި ކަން އެނގުމުންނެވެ. އެއަށްފަހު އިޙުސާނުގެ އަތުގައި ހިފާ އެތެރެއަށް ވައްދާލަމުން ދޮރު ތަޅުލިއެވެ.
“ސުމް… ސުމައްޔާ އަހަރެމެންގެ ގުޅުން ކަނޑާލައިފި. ބުނީ. ހަމައެކަނި އަހަރެންގެ އިހުސާސް ތަކާއި ކުޅެލާށޯ ރައްޓެހިވީ.” އިޙުސާނު ސޯފާއަށް ވެއްޓިގަންނަމުން ބުނެލިއެވެ. “ކީކޭ؟ ހަމަ ސުމީތަ އެހެން ބުނީ. ލާހިކެއް ނޫން. މީހަކަށް އެހެންނެއް އެކްޓެއް ނުކުރެވޭނެ. އެންޑް… އަހަރެން ބެލިން އިއްސޭ ބުނި ހިސާބުގެ ކެމެރާތައް. އެކަމަކު މުޅީންހެން ނިވާވެގެން ތިބި ބަޔަކު ވީމަ ނޭނގުނު ކޮން ބައެއް ކަމެއް. ހަނދާން އެބަހުރިތަ އެ ތަނުން ސަލާމަތް ވީ ކިހިނެއް ކަން.” ލީވާން އެއްފަހަރާ ހުރިހާ ވާހަކައެއް އަމުނާލިއެވެ.
“އިލެވެން އަށް ވެސް ޤަބޫލުކުރަން އުނދަގޫ ދޯ ސުމައްޔާ އެ ކަހަލަ ކަމެއް ކޮށްފާނެކަން. އަހަރެން ނެތް ހަނދާނެއް ސަލާމަތްވި ގޮތެއް. ކުރިން ވެސް ބުނިހެން ހޭލެވުނު އިރު އޭޑީކޭގައި އޮވެވުނީ. ގައިމު ވެސް ސާޖަރީ ކުރެވޭނީ ސުމައްޔާ ހުއްދަ ދިނީމަ. އަހަރެންގެ ގާރޑިއަން އަކަށް އިންނާނީ ސުމައްޔާ. ދެ މަސް ފަހުން… މެރީ ކުރީމަ އާއިލީ ގުޅުން އުފެދޭނެތީ… އަހަރެން ބަދަލު ކުރީ. އެކަމް… ދެން” އިޙުސާނަށް ބުނެވުނީ އެ ވަރަށެވެ. އިތުރަށް އެއްޗެއް ނުބުނެވުނެވެ. ލީވާން އިޙުސާނުގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލިއެވެ.
“ހިތްވަރު ކުރޭ. ސުމައްޔާ އެހެން ކުއްލިއަކަށް ޚިތުބާ ރޫޅާލީ ކޮންމެވެސް ކަމަކާ ހުރެ ކަން އަހަންނަށް ޔަގީން. ހީވަނީ އިއްސޭ ރަހީނުކޮށްފައި ގެންގޮސް އަނިޔާ ކުރުމާއި އެކަމުގައި ގުޅުމެއް ވާހެން. މިރޭ ދެން މިތާ ސޯފާގައި ނިދާލާ.” ލީވާން ބުނެލިއެވެ. އިޙުސާނު ޝުކުރު އަދާކޮށްލައިފައި އެ ސޯފާގައި ރީއްޗަށް އޮށޯތެވެ. އޭރު އޭނާ ވިސްނަމުން ދިޔައީ ސުމައްޔާ އެ ކަން ކުރަން ޖެހުނު ސަބަބެވެ. ލީވާން ބުނިހެން އޭނާ ރަޙީނު ކުރުމާއި ގުޅުމެއް އޮވެދާނެއެވެ.
އަރީން އެކްސިޑެންޓްވި ފަހުން ހަފްތާއެއް ހިނގައިފިއެވެ. ސުމައްޔާ އެކަނި ވުމުން އުޅެމުން ދިޔައީ ޙާލެއްގައެވެ. ދޭތެރެއަކުން އިޙުސާނު ސުމައްޔާ އާއި ވާހަކަ ދައްކަން މަސައްކަތް ކުރާނެއެވެ. އެހެން އަންނަ ކޮންމެ ފަހަރަކު ސުމައްޔާ ކޮންމެވެސް އެއްޗެކޭ ބުނެ ދުރަށް ދެއެވެ. ފުލުހުންގެ ތަޙުޤީޤު ވަކި ރަނގަޅަކަށް ކުރިއަށް ނުދެއެވެ. އިޙުސާނު ރަހީނުކޮށް އަނިޔާ ކުރި މައްސަލަ ވެސް ހުއްޓުން އަރައިފައި ވަނީ އެއްވެސް ހެއްކެއް ނުލިބޭތީއެވެ. ކުޑަ މިނުން އިޙުސާނަށް ވެސް އެ ކަން ކުރީ ކޮން ބައެއް ކަމެއް ނޭނގުނެވެ. ޒަވިއަނަކީ ބައެއް ބޭރު ޤައުމުތަކުގައި ވެސް ދަންނަ މޫނެއް ކަމުން އެ ހިސާބުގެ ނޫސްތަކަށް ވެސް އެ ވާހަކައިގެ ތަފްސީލު ގަވާއިދުން ގެނެސްދެމުން ދެއެވެ. ފުލުހުންނަށް ހުރިހާ ކުށްވެރިން ނުހޯދޭތީ އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދިޔައެވެ. ރޭގަނޑުގެ ވަގުތު އެކަނި ބޭރުގައި އުޅެން ވެސް އަންހެން ކުދިން ފަސް ޖެހިއްޖެއެވެ.
ދަންވަރު ވަގުތެވެ. އަރީން ބާއްވައިފައިވާ ކޮޓަރީގައި ވަނީ ފަނޑު އަލިކަމެކެވެ. އެނދު ކައިރީ އަރީންގެ އަތުގައި ހިފަހައްޓާލައިގެން ޒަވިއަން އޮތީ ނިދިފައެވެ.
އަރީނަށް ދެލޯ ހުޅުވާލެވުމުން އޮވެވުނީ ކޮން ތަނަކު ކަމާއި މެދު ވިސްނާލެވުނެވެ. އޭނާ ޙައިރާންވީ ހަސްފަތާލުގައި އޮވެވުމުންނެވެ. މި ތަނަށް އަންނަން ޖެހުނީ ކީއްވެބާއޭ އޭނާ ހިތަށް އެރިއެވެ. އަރީނަށް ދެލޯ ބޮޑުކޮށްލެވުނީ އޭނާ އޮތް އެނދުގެ އެއްފަރާތުގައި ބޯ އަޅާލައިގެން އޮތް ފިރިހެނަކު ފެނުމުންނެވެ.
އެ ޒުވާނާގެ މޫނުމަތިން ފާހަގަވަމުން ދިޔައީ ހަރުދަނާކަމާއި މަޑުމޮޅިކަމެވެ. ކޮލުކަށިގަނޑުގެ ތޫނުކަން ފާޅުވާން ހުއްޓެވެ. މަޑު ރަތްކަމެއް ފާއްދާލައިފައިވީ ބޯ ތުންފަތެކެވެ. ކަޅުކަން ގަދަ އިސްތަށިގަނޑުން ބައެއް ނިއްމައްޗަށް ވެއްޓިފައި އޮތެވެ. އަރީނަށް އޭނާގެ ކަނައަތް ގެންގޮސް އެ އިސްތަށިގަނޑު އެއްފަރާތް ކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިތުގެ ތެޅުން އަވަސްވާހެން ހީވާން ފެށިއެވެ. ބައިމަތި ފުޅާ ފިރިހެންވަންތަ ހަށިގަނޑު ފާހަގަ ވުމުން އޭނާ އަށް ހިންދިރުވާލެވުނެވެ. އަތުގެ ނާރުތައް ފުއްޕާލައިފައި ހުރިގޮތުން އެ މުލައްދަނޑީގެ ބާރުގަދަކަން އެނގެން ހުއްޓެވެ. އެހެނަސް ބަލާބެލުމަށް ވިހި އަހަރަށް ވުރެ މަތި ހެން ހީވެއެވެ. މިހާރު މީހަކާ އިނދެގެން ދަރިއަކު ނުހޯދަ ހުންނާނެ ކަމެއް ނޭނގެއެވެ. ކޮންމެއަކަސް މި ޒުވާނާ ފުރަތަމަ ނަޒަރުން ވެސް އަރީންގެ ހިތުގައި ތަފާތު ރާގެއް ކުޅެލައިފިއެވެ. ޖެއްސީ ކޮން ކަހަލަ ސިހުރެއް ކަމެއް ނޭނގެއެވެ.
އެ ޒުވާނާ އިނީ އޭނާގެ އަތުގައި ހިފާލައިގެން ކަން އަރީނަށް އިހުސާސް ވުމުން ވެއްޓުނީ ވާނުވާ ޑޮޓްކޮމް އަކަށެވެ. “މިއީ އަނެއްކާ ކޮން ޒުވާނެއް ހެއްޔެވެ؟ އަހަރެންގެ އަތުގައި ހިފާލައިގެން އެ އޮތީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަށް ހަސްފަތާލަށް އަންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟” މި ސުވާލުތައް ވީ އޭނާގެ ހިތުގައެވެ. އިރުކޮޅެއް ފަހުން އަމިއްލަ އަތް ދަމައިގަންނަމުން އަރީން ބުރަކަށި ސީދާކޮށްލިއެވެ.
އަރީން އަތް ދަމައިގަތުމުން ޒަވިއަނަށް ސިހިފައި ތެދުވެވުނެވެ. އޭރު އެނދުގައި ލެނގިލައިގެން ޒަވިއަނަށް ކަޅި ޖަހާ ނުލާ ބަލަން އަރީން އިނެވެ. ލިބުނު އުފަލެއްގެ ބޮޑު ކަމުން ޒަވިއަނަށް އަރީންގެ ހަށިގަނޑުގައި ދެއަތް ވަށާލެވުނެވެ. މި އަމަލުން އަރީންގެ ހިތުގެ ތެޅުން އަވަސްވީ ވަރުން ހީވީ މޭފަޅައިފައި ނުކުމެދާނެހެނެވެ.
“އައިމް ސޮރީ. ތިއީ ކާކު؟ އަހަރެން މި ތަނަށް ގެނައީ ކީއްވެ؟” އަރީން އެހިއެވެ. ޒަވިއަންގެ މޫނުން ދިޔައީ ތަރި ބުރައިގެންނެވެ. ފަހަތަށް ޖެހިލަމުން އޭނާ އަށް އަރީނަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިގެންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
45 Comments!
Comments are closed.







What reen memory loss eh!!????????
Yea, she lost her memory 😢😥
Shukran Nsks ✨✨
Omg aree ge memory loss veetha?
Zai haadha dheravaaney
Zev ah hama bodu shock 🤯
Hama asluves sumo isse ar gulhun kadaaleetha?
BTW mi part v reethi MA
CW4THENEXTP
Tc
Sadly yes she lost her memory 🥀🥀
Dhw, my poor baby zely ❤️🩹❤️🩹
Hmm, sumee isse aa vakivee 💔💔
Glad to know, shukran Sheex ✨✨
No wayyyy reen ge memory loss veetha?!?!
No way !!! if I was her,I would kill naail hama car therayga ….I HATE NAAIL SO MUCH!!!
Everything same time eh ga…
Oh and also I thought u said tmrw ey…but love this part too..when next
Lysm
Yup, areen lost her memory 😕😕
I think she’s too kind hearted to murder someone 😬😬
Sorry, continuous heartbreak roalhi eh dhw 🫠🫠
Aslu delay ulheythi miadhu submit kohlee maadhan upload veythoa 😅😅
IA next Monday
Shukran fathimath 💕 raajiha ✨✨
Lyt darl 🫰🏻🫰🏻
Mi part ves varah reethi. Alhey sumayyaa and ihsaan haadha dhera vaaney. Whaat? Areen ge memory loss vee ? Dheyn kihinay baa vaanee? Curiously waiting for next part???
Happy to hear that 🥰🥰
Yeaa, sumee and isse is going through a lot 🫠🫠
Shukran Miss rose ✨✨
My bias rose is on there . thank you .
Ur welcome 😄😄
My writer’s instincts told me that this was definitely the direction it was going on when Areen’s head hit the pole.now areen doesn’t remember anything about her past experiences with Zaviyan and Zaviyan will try his best to fix his relationship with her according to my theory.welcome back and keep up the good work white rose.🤗
Hehe, writer akah dhen engidhaane thaa mihen predict kohlan 😄😄
Let’s see whether zev will try to build the relationship well or not 🤔🤔
Glad to hear that, Shukran Svetlana ✨✨
Before this part was released, my writer’s instincts kept telling me that this was definitely the direction it was going on when Areen’s head hit the pole and this part proves that it was spot on!!😍 now Areen doesn’t remember anything about her past experiences with Zaviyan and Zaviyan will try his best to fix his relationship with her according to my theory.welcome back and keep up the good work white rose.curiously waiting for the next part.🤗
mi part ves varah reethi masha allah
heyonuvaane sumy n isse gulhuvachey
naail haadha goahey rahumeh kulneh neih
alhey reen ge memory lose vee zev shock akah e dhiyaee
heyonuvaane reen ah dhera gotheh nuhadahchey
kuhverianah adabu dhee
mi part kiyaafa rovijje
zalee ves haadha dhera vaane reen netheema
keep it up
really appreciate your hard work
miayee sauguveri kamaa eku kiyaa hithum kiyaa vaahaka eh
when nexr
I’m ecstatic to hear that 🥰🥰
Sumy men gulheyne kamuge yageen kameh nudheveyne 😕😕
Dhw, naail is the worst 😒😒
Let’s hope the criminals get their deserved penalties 😄😄
Shukran cutie girl ✨✨✨
Shukran Svetlana ✨✨
Aren’t ah kon bayyeh tha jehunee.
Mi Bai vx vrh vrh vrh reeeeethi.
Luv U
NEXT ?????
We’ll know the details of her condition in the upcoming ep, stay tuned 😄😄
IA next Monday
Shukran xxx_dodo_xxx ✨✨
Lyt darl 🫰🏻🫰🏻
OMG OMG, Salhi ingey.
Issey ge hiyy halaaku dhww. Sumee ge vx. haadha dhera ey dhw.
LYSM & TC
I’m delighted to hear that 🥰🥰
Yeaa, isse and sumee went down into deep heartbreak 🥀🥀
Shukran Exxo ✨✨
Lyt darl 🫰🏻🫰🏻
Noooooooo reen memory loss v???
And still she’s thinking that Xev is handsome! Soo cute😍😍
Xeli baby haadha dhera vaane eyyy!
Ihsaan Plzzz find the truth
Whn nxt???
Luv u 💗
Yep, she lost her memory 🥀🥀
Hehe, zev’s face card too lethal 😅😅
Let’s hope he tries to find the truth 😒😒
IA next Monday
Shukran 🥀 ✨✨
Lyt darl 🫰🏻🫰🏻
Wait. Leevaan ah engeyythrr sumee ehen hedhi sababu?????????????
No, leevan made a wild guess 😅😅
Shukran DINO ✨✨
Keekeyyy?????
Reen memory loss v ey.. Doe that mean she won’t be able to recognise zev&zely too.. So sad..
Mi ep kiyyafa hama rovihje…
Sumy and issey ah happy ending eh plsss
Cant wait to see what is going to happen nxt..
Tc.. Lyyy
Hmm, that accident caused the memory loss 🫠🫠
Ofc, she doesn’t remember ehnu 🥀🥀
We can only hope for a good ending 😬😬
Shukran Mrs. GenZ ✨✨
Lyt darl 🫰🏻🫰🏻
Ok Ok. Mi bai vx reeeeeethi ingey.
Reen ge memory loss V. Nd Sumee nd Issey end Up V.
vrh dhera. mulhin vx sad stories dhww mi annanee mihaaru.
Next Monday vaandhen hama keykuran dhathi vefa mi hunnanee.
this is my only fav story in Esfiya yahh know ???
Un patiently waiting……
Ly. Tc
Glad to know 🥰🥰
Yhh, mi dhuvaskolhu dherakankamuge thoofaaneh vhk ah aisgen e ulheny 😒😒
Shukran Caspian ✨✨✨
Lyt darl 🫰🏻🫰🏻🫰🏻
Why this prt shorter than other prts. ?????
Last part dhigu kohleema mi bai kuda ee, cliffhanger akah nimmaathy ba eh faharu e dynamic annany. Ekm 5 mins enme madhu vegen konme ep eh ga innaane 🙃🙃
Shukran Riusha ✨✨
The fact that this story receives so many comments is hilarious!!
Hama author ge molhukan MA🤭
I’m overjoyed to hear that 🥰🥰🥰
Shukran Ukme ✨✨✨
Wow wow wow wow.
When nexxxt ?????.
I’m delighted to hear that 🥰🥰
IA tomorrow
Shukran Leeshaa ✨✨
Heyyyy
Kbr 61st ep???
Its uploaded, check my insta story for the link
Shukran 🥀 ✨✨
I don’t have insta
I’m sorry, esfiya in upload kohfa iny wrong date akah ehenve alhugandu dashboard in link nagaafa lee
heyyyyy.
next ep ah comment nukureveny tha ??????????????
tell me why ???????
Dunno, I’ll ask the admin
Shukran xxx_dodo_xxx ✨✨
plzzzzzzzzzzzzzzzzzzzz.
Gurrrrrrrrlllllllllllll.
I don’t use Instagram too
Plzzz not insta
the Link is below Guyyzzz.
I have read 61 already.
I also could not comment it.
Tell me Y pls?????
Yeaa, ethaa ves innaane, admin kairee bunelaanan
Shukran Exxo ✨✨
Its fixed now, you can find it from the first page, its possible to comment asw 😄