ދެވުނީ ވޭނޭ 56
“ތިއީ ފެމިލީ އިން ފައިލް ކޮށްފައި އިން މައްސަލައެއް ނޫން. އަރީން އަށް އެނގެއެއްނު ލޯވް ފާރމްތަކުގައި ހަވާލުކުރެވޭ ކޭސްތަކަކީ އެ ބައެއްގެ އާއިލާ އިން ނުވަތަ އެ ކަހަލަ ގާތް ގުޅުމެއް އޮންނަ ބަޔަކު ލާރި ދެއްކީމަ ހަވާލުކުރެވޭ ކޭސް ތަކެއް ކަން.” ރޫހާން ރައްދުގައި ބުނެލިއެވެ. އެ ވަގުތު ރޫހާންގެ ކެބިނު ސޯފާގައި އިން އެހެން މުވައްޒަފަކު ސިހިފައި އެ ދިމާ ބަލައިލައިފިއެވެ. ވާހަކަ ދައްކަން ތިބި ދެ މީހުންނަށް މިކަމެއް ފާހަގައެއް ނުވިއެވެ.
އަރީންގެ ހިތް މާޔޫސްކަމުން ފުރިގެން ދިޔަ ވަގުތު، އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ނުކުރެވިގެން އޭނާއަށް އިސްޖަހާލެވުނެވެ. އަޒާޔާގެ މަރުގެ މައްސަލައިގެ ޙަޤީޤަތުގެ ގިނަ ކަންތައްތަކެއް އެނގުނެއް ކަމަކު އެ ކޭހާއި ހަވާލު ނުވެވެންޏާ ދެން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ހެކި ހުއްޓަސް އެ މައްސަލައިގެ ކުށްވެރިންނާއި ދެކޮޅަށް ކޭސް ފައިލް ނުކުރެވެންޏާ އަޒާޔާ އަށް އިންސާފު ހޯދޭނެ ހެއްޔެވެ؟
ރޫހާންގެ ކެބިނުން ނުކުތް އިރު އަރީންގެ މޫނުމަތި ވަނީ މިލައިފައެވެ. “ކިހިނެއްވީ؟ ރޫހާން އެއްޗެކޭ ބުނީތަ؟” ޖަންނަތު ހާސްވެފައި ހުރެ އެއްސެވެ. “އަހަރެން އުޅުނީ އަޒާގެ ކޭސް ނެގޭތޯ. އެކަމު… އެކަމަކު ޢާއިލާއިން އެ މައްސަލަ ހުށަހެޅީމަޔޯ އެކަން ކުރެވޭނީ.” އަރީން މަޑުމަޑުން ބުނެލިއެވެ. “ދެން ކޮންމެވެސް ގޮތަކުން ޒިޔާދުބޭ މެން އެއްބަސް ކުރުވާނީ. އަދި ހިތްވަރު އެލުވާލާކަށް ނުވާނެ.” ޖަންނަތު އަރީންގެ ކޮނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ.
ހެޑް އިންސްޕެކްޓަރާއި ބައްދަލުކޮށްފައި އައިސް ސުމައްޔާ ކްރައިމް ޔުނިޓަށް ވަތް އިރު ހުރީ އިސްޖެހިފައެވެ. ހިނގަމުން ދިޔައީ ވެސް ލަސްލަހުންނެވެ. ފާޑަކަށް ހުރުމުން އަފާފް ތެދުވެ އެ ދިމާލަށް ދިޔައެވެ. “ސޫމޯ ހާދަ ކަޓާފަ. ކިހިނެއްވީ؟” އަފާފް އެހިއެވެ. “އަހަރެން ބޭނުންވި ކްލޯޒްޑް ކޭސް އަލުން އޯޕަން ކުރާން ފުރުސަތެއް ނުލިބުނީ.” ސުމައްޔާ ބުނެލިއެވެ. އެއަށްފަހު ގޮސް އޭނާގެ ގޮނޑިއަށް ވެއްޓިގަތެވެ.
“ކޮން ކޭހެއް. ވަަރަށް މަދު ފަހަރަކު ނޫނީ އެހެން ކޭސް އޯޕަން ނުކުރެވި ނުހުންނާނެ.” ޒައިން ތެދުވެފައި ސުމައްޔާ އާއި ދިމާލަށް އިން ޕާޓިޝަންގައި އަތް އަޅުވާލިއެވެ. “އެއީ މަރުގެ މައްސަލައެއް. ފެމިލީ އިން އެދިގެންނޯ މައްސަލަ ކްލޯޒް ކުރީ.” މޭޒުގައި ބޯ އަޅާލަމުން ސުމައްޔާ ބުނެލިއެވެ.
ނާއިލް އެނދުގައި ފޯނަށް ނަޒަރު ހުއްޓާލައިގެން އިނީ ކުރާނެ ކަމެއް ނޭނގިފައެވެ. “އަހަރެންނަށް އެނގޭ ނާއިލް އަޒާ މަރާލުމުގައި ބައިވެރިވީ ކަން. އެ ކަން ކުރުމުގައި ބައިވެރިވީ ދެން ކޮން ބައެއް؟” އޭނާ ބަލަން އިނީ އަރީން ފޮނުވައިފައިވީ މެސެޖަކަށެވެ. އެހެން އޮއްވާ އެ ކޮޓަރީގެ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނީ ޢަލީ އަހުމަދެވެ. ޢަލީ އަޙްމަދު އައިސް ކުއްލިއަކަށް ވަނުމުން ނާއިލް ސިހިފައި މަސައްކަތް ކުރީ ފޯނު ފޮރުވާށެވެ. އެހެނަސް އެއަށްވުރެ ކުރިން ޢަލީ އަހުމަދު އައިސް ނާއިލްގެ ފޯނު ޖަހައިގަތެވެ.
“ނާއިލް. މިހާ މުހިންމު ކަމެއްގެ ވާހަކަ ކީއްވެގެންތަ ސިއްރު ކުރަނީ؟ އެނގޭތަ މިއަދު އެ އަރީން އުޅުނު އެ މައްސަލަ ނެގޭތޯ ވެސް. އެ ލޯވް ފާރމްގައި މަ ގެންގުޅޭ އެހެން ލޯޔަރަކަށް އަރީން ދެއްކި ވާހަކަތައް އަޑު އިވުމުން ރިޕޯޓު ކުރީމަ މަށަށް އެނގުނީ. އެހެންވީމަ މި ބަލިކަށި އަންހެން ކުއްޖާ ދޯ އަހަރެމެންނަށް މި އިންޒާރުގެ މެސެޖު ތައް ފޮނުވަނީ. ޒިޔާދުގެ ދަރިއަށް ހެދިހެން މީނާ ވެސް މަރާލަން ވީ.” ޢަލީ އަހުމަދު އަތު ކޮޅަށް އެ ފޯނު ހޫރާ އެއްލާލަމުން ބުނެލި ވާހަކަ އިވިފައި ނާއިލް ފުންމައިގެން ތެދުވެއްޖެއެވެ.
“އަޒާޔާ މަރާލުމުގެ ކުރިން އަހަރެން ބުނިން ދޯ އޭނާއަށް ގޮތެއް ހަދައިގެން ނުވާނޭ. އެހެންވެޔޭ އޭރު އަހަރެން އަޒާޔާ މަރާލުމަށް އެހީވީ. އަރީން މަރާލައިގެން ނޫން ގޮތަކަށް ވެސް މި ކަން ހައްލުކުރެވިދާނެ.” ނާއިލް ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. “މައިތިރިވެބަލަ. ނާއިލަށް އެ އަގެއް ނެތް އަންހެން ކުއްޖާގެ ސަބަބުންނެއްނު ޖަލަށް ވެސް ދާން ޖެހުނީ. މިހާރު ވާ ވަރަށް އެ ** އަހަރެމެންނާއި ބެހެފި. އަހަރެމެންނާއި ދެކޮޅަށް މަސައްކަތް ކުރާ ކޮންމެ މީހަކު ވެސް ދާން ޖެހޭނީ ހަ ފޫޓު އަޑިއަށް. ދުނިޔޭގައި އުޅެން ބޭނުން ނުވާތީ އެއްނު މާ ފުއްޕާފަ އަހަރެމެންނަށް ގޮންޖަހަނީ.” ޢަލީ އަހުމަދު އަތް މުއްކަވާލަމުން ބުނެލިއެވެ.
“ބައްޕާ. އަރީނަށް އަޒާޔާ އަށް ހެދިހެން ނުހަދާތި. ހާދަ ވޭނެއް އެ ހަށީގައި އަޅާނޭ އެހެން ހަދާލާ އިރު. އަހަރެންނަށް ފެނުނޭ އެ ޑްރަގްގެ ސަބަބުން އަޒާޔާ މަރަށް ތެޅުނު ގޮތް. ކޮންމެވެސް އެހެން ގޮތެއް ހަދާ. ހެޔޮނުވާނެ.” ނާއިލް ޢަލީ އަހުމަދުގެ އަތުގައި ހިފެހެއްޓިއެވެ.
“އަހަރެމެންނަށް ގޮންޖަހާ މީހުންނަކަށް ލުއި މަރެއް ނުދެވޭނެ. އެ ކުރެވުނީ ކިހާ ވަރެއްގެ ބޮޑު ކުށެއް ކަން އިހުސާސް ކޮށްދީފައި އަނިޔާވެރި ވޭންދެނިވި ގޮތަކަށް މަރާލަން ޖެހޭނީ. ނާއިލް މިކަމަށް ހުރަސް އަޅާނަމަ މަންޒަރު މާ ރީއްޗެއް ނުވާނެ.” ޢަލީ އަހުމަދު ނުރައްކާތެރި ގޮތަކަށް ބުނެލިއެވެ. ނާއިލްގެ ސިކުނޑީގައި އެތަކެއް ޚިޔާލުތަކެއް ދައުރުވަމުން ދިޔައެވެ. މިކަމުން ދެން ސަލާމަތެއް ނެތް ކަން އެނގުމުން އޭނާ އަށް އިސްޖަހާލެވުނެވެ.
“އަޒާޔާ އަށް ހެދިހެން ނުހަދާ އެކްސިޑެންޓެއް ކޮށްލަން ވީނުން. އަހަރެން ބޭނުމެއް ނޫން އަރީން ވޭނީ ގޮތަކަށް ތެޅިފޮޅި މަރުވާ މަންޒަރު ދެކޭކަށް. މި ތަނުން އަރީންގެ ގޮތް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަހަރެން. އަހަރެންނަށް އަރީނަށް އޮޅުވާލައިގެން އެކްސިޑެންޓް ކުރަން ނިންމާ ތަނަކަށް ގެނެވިދާނެ.” ވިސްނާލުމަށް ފަހު ނާއިލް ބުނެލިއެވެ.
“ކިހިނެއް އެނގޭނީ ނާއިލް އޭނާ ސަލާމަތް ވިޔަކަ ނުދޭނެ ކަމެއް.” ޢަލީ އަހުމަދު ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ. “އަރީން އެކްސިޑެންޓް ނުވިއްޔާ ބައްޕަ ބުނާ ކޮންމެ ކަމެއް ކުރަން އަހަރެން މި ހުރީ ތައްޔާރަށް.” ނާއިލް ބުނެލިއެވެ. “ސަގަރޭ ބުނި މިކަމުގައި ބައިވެރިވާނެ ވާހަކަ. ވީހާ ވެސް އަވަހަކަށް އެ ކަން ކޮށް ނިންމާލާތި. އިތުރު އެއް ވާހަކަ. ވަރަށް ސިއްރުވެރިކަމާއި އެކު މި މަސައްކަތް ކުރާތި. އެއްވެސް ޑިވައިސެއް ހިފައިގެން މަސައްކަތް ރާވަން ނޫޅޭތި.” ޢަލީ އަހުމަދު ވިސްނާލުމަށް ފަހު ބުނެލިއެވެ.
ނައުރީން މެސެޖުކޮށްފައި އަންނަން އެދުމުން ލީވާން އޭނާ އިށީނދެގެން އިން ގޮނޑިން ތެދުވެއްޖެއެވެ. ޒަވިއަން ގާތު ހުއްދައަށް އެދިފައި އޭނާ ނުކުމެގެން ދިޔައީ ނިކަން އަވަހަށެވެ. ކާރަށް އަރައިފައި ނައުރީން ބުނި އެޕާޓްމަންޓު ހުރި އިމާރާތަށް ދާން މިސްރާބު ޖެއްސެވެ. އެ ހިސާބަށް އާދެވުނު އިރު ގިނަ ބަޔަކު އެ ތަނަށް އެއްވެފައި ތިއްބެވެ. ހީވަނީ މުޒާހަރާ އެއް ކުރާ ހެންނެވެ.
ނައުރީން ބުނި އެޕާޓްމަންޓު ނަންބަރު ހޯދައިފައި ބެލް ޖަހާލަމުން އޭނާ އިންތިޒާރު ކުރީ ނައުރީން ނުކުންނާނެ ވަގުތަކަށެވެ. ނައުރީން ނުކުތީ ކަޅުކުލައިގެ ނިންޖާރ ހޫޑީ އަކާއި ޓްރައުޒާއެއްގައެވެ. “ކިހިނެއްވީ އެހާ ސިއްރުވެރި ގޮތަކަށް ހެދުން އެޅީ.” ލީވާން އެއްސެވެ. ނައުރީން ހުރި ގޮތުން ފެންނަން ހުރީ ހަމައެކަނި އޭނާގެ ދެލޮލެވެ. “ނޭނގެތަ މި އިމާރާތުގެ ބޭރުގައި ބަޔަކު އަހަރެންނާއި ދެކޮޅަށް ވާހަކަދައްކާ ކަމެއް. އަހަރެންގެ ކޮއްކޮ އަށް އަމާޒު ކުރުމުގެ ބަދަލުގައި އެ ބެހެނީ އަހަރެންނަށް. މިއަދު އެއްޗެއް ރެކޯޑް ކޮށްލަން އޭޖެންސީ އަށް ދާން ޖެހޭތީ މި ގުޅާލީ. އަނެއް ޑްރައިވަރަށް ވުރެ ވާން ފައްކަލެއްނު” ނައުރީން ބުނެލިއެވެ.
“އޯހް. އާދެ އަހަރެންނާއި އެކު. އަނބުރާ ގެއަށް އަންނަން ވީމަ ވެސް ގުޅާލާ. އަހަރެން ދާނަން ބަލައި.” ލީވާން ނައުރީންގެ އަތުގައި ހިފާލައިގެން ގޮސް ލިފްޓަށް އެރިއެވެ. އެ އިމާރާތުން ބޭރަށް ނުކުންނަން ދިޔަ ވަގުތު ނައުރީނަށް ލީވާންގެ އަތަށް ބާރުކޮށްލެވުނެވެ.
އެހާ ވަރުން އުޅެގެން ވެސް އެ މީހުންނަށް ނައުރީން ފާހަގަނުވެ އެއް ނުދެވުނެވެ. “އަހަރެމެން ދައްކާ ވާހަކަ ނާހާ ނުކުމެގެން ދާނެ ކަމެއް ނެތް. ބްލޫ ވޯޓާސްގެ މީހުން ކަމެއް ކުރިއަސް މި ފުލުހުން ނިކަން ފަސޭހައިން ދޫކޮށްލާނެ. ކަލޭ ވެސް ފަރުދާގެ ފުރަގަހުގައި އުޅޭ ނުލަފާ ގޮތެއް އަންދާޒާ ކޮށްލަން ދަތި.” އެތަނުން މީހަކު ފަހަތުން ނައުރީންގެ ހުޑީގައި ހިފައިގަންނަމުން ބުނެލިއެވެ.
“ކުށެއް ކުރީ ނާއިލެއްނު. ނައުރީން އެއްވެސް ކަމެއް ކޮށްފިތަ؟ ތިޔަހެން އޭނާއާއި ދިމާލަށް ގާއުކަނީ އޭނާ މަޝްހޫރު ވީމަ އެކަމާ ހަސަދަވެރިވެގެން ކަން މި އެނގެނީ ޙަޤީޤީ ކުށްވެރިޔާ އަކީ ކާކުކަން އެނގިހުރެ މި ދިމާލަށް އަންނާތީ. ކަލޭމެން ކުރަންޖެހޭ އަމިއްލަ މަސައްކަތައް ދޭބަލަ. މިހެން ކުށެއް ނުކުރާ މީހަކަށް ދޮގު ތުހުމަތު ތަކެއް ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް. މިކަން ތަކުރާރު ވާނަމަ ރިޕޯޓު ކޮށްފަ ކަލޭމެންނާއި ދެން ބައްދަލުކުރާނީ ކޯޓުން.” ލީވާން އަޑަށް ބާރުލައިފައި ވަރުގަދަ ރައްދެއް ދިނެވެ. އެއާއެކު މީހުން ކޮންމެވެސް ވަރަކަށް މައިތިރި ވެއްޖެއެވެ. ނައުރީނަށް ލީވާން އޭނާ ދިފާޢުކޮށް ވާހަކަ ދެއްކި މަންޒަރު ބަލަން ހުރެވުނީ ޖަޒުބާތީ ވެފައެވެ. އެ ހިތު ވިންދު އަވަސްވެފައި ވީއިރު އޭނާގެ އުޖާލާވެފައިވާ ދެލޮލުން ނައުރީން ހިތްހަމަޖެހިފައިވީ މިންވަރު ފާހަގަވާން ހުއްޓެވެ. އޭނާ އަށް އެހާ އަޅާލާ ފަރާތެއް ހުރުމުން އެކަމަށް ނައުރީން ޝުކުރުވެރިވިއެވެ.
ލީވާން އެއަށްފަހު ނައުރީންގެ އަތުގައި ހިފައިގެން ގޮސް ކާރަށް އެރިއެވެ. ގިޔަރަށް ލައި ކާރު ދުއްވާލި އިރު ވެސް އެ މޫނުމަތީގައި ހިތްހަމަނުޖެހުމުގެ އަސަރު ހުއްޓެވެ. “ނޫރީ ރަނގަޅުތަ.” ފެން ފުޅިއެއް ނަގާ ދެމުން ލީވާން އެހިއެވެ. “ހޫމް. ތެންކްސް ފޯރ ސްޓޭންޑިން އަޕް ފޯރ މީ.” ނައުރީން ޝުކުރު އަދާކޮށްލީ ފުޅާ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުންނެވެ.
“ރީނޫ. ދެން ކިހިނެއްތަ ހަދާނީ. ޒަވިއަން ނޫނީ ޒިޔާދުބޭ ގާތުގައި އަލުން އެ ކޭސް ހުޅުވަން ބުނަން ޖެހޭނީ. ރީނަށް ކެރޭނެތަ އެ މީހުންނާ ވާހަކަ ދައްކަން. ހެޑް އިންސްޕެކްޓަރ ހަމްޒަތު ސަރ ބުނީ އާއިލާއިން އެދިގެންނޭ އެކަން ކުރީ. ކޮންމެވެސް ސަބަބެއް އޮވެގެން ތާ އެހެން ކަންތައް ކުރާނީ.” ސުމައްޔާ މިލައިފައިވާ މާކޯޅިއެއްހެން އިނދެ ބުނެލިއެވެ. އެ މީހުން ތިބީ އަރީންގެ ހޮޓެލް ޔުނިޓުގެ ފެންޑާގައެވެ. އަރީނަށް ސުމައްޔާ އާއި ބައްލުކުރެވޭ ވަރު ވީ ޒައިލީން ނިދި ފަހުންނެވެ.
“ހީވަނީ ބްލެކްމެއިލް ކުރީހެން. އެމީހުން އެ ލިޔުންތައް ނެގިޔަސް ޒިޔާދުބޭގެ ސޮއި ލިބިގެން ނޫނީ އޯވްނާޝިޕް ބަދަލެއް ނުކުރެވޭނެ. އެގޮތަށް އެކަން ވިއްޔާ އުނދަގޫ ވާނެ އަލުން އެ ކޭސް ނަގަން.” އަރީން ވިސްނާލައިފައި ބުނެލިއެވެ. “އުނދަގޫ ވިޔަސް އަހަރެމެން ހުއްޓާލަން ވާނީ އަޒާ އަށް އިންސާފު ހޯދައިފަ.” ސުމައްޔާ ބުނެލިއެވެ. “ޔަޤީނެއްނު. އަދި އިރާދަކުރެއްވިއްޔާ އެކަމަށް ހެޔޮ މަގެއް ފެންނާނެ.” އަރީން އުންމީދާއި އެކު ބުނެލިއެވެ. ދެން އެމީހުން މަޝްވަރާ ކުރަން ފެށީ ޒިޔާދުމެން އެއްބަސްކުރުވާނެ ގޮތެއް ހޯދާށެވެ. ޖަންނަތު ވެސް އޭނާގެ ޚިޔާލު ހުރިގޮތް ހިއްސާކުރިއެވެ.
ޖެހިގެން އައި ދުވަހެވެ. ޒައިލީން ރީތިކޮށް ލުމަށް ފަހު ސީޓިންރޫމުގައި އިން ފަލަކް އާއި ހަވާލުކުރިއެވެ. “ޖަންނާ އަދިވެސް ރޫމްގަ ދޯ. ބާއި ޒެލީ. މިއަދު ޒެލީ އެ ގެއަށް ލާން ދާކަށް ވަގުތެއް ނެތް. ފަލަކް ޒެލީ ގެންގޮސްދީ.” އަރީން ބުނެލިއެވެ. “ޖަންނާ ބުނި ހޮޓެލުން ނުކުންނަ ގަޑީގަ ބޭރުގަ ހުންނާނެ ވާހަކަ.” ފަލަކް ރައްދުގައި ބުނެލިއެވެ. އެއަށްފަހު ޒައިލީންގެ އަތުގައި ހިފައިގެން އެ ޔުނިޓުން ނުކުތެވެ.
އަރީން ދެން ގޮސް ފާޚާނާ އަށް ވަނީ ފެންވަރާލުމަށެވެ. ފެންވަރާލުމަށް ފަހު އަތް މަތި އަވަސް ކޮށްލައިގެން ލޯވް ފާރމަށް ދާން ތައްޔާރު ވާން ފެށީ މިއަދު ހެނދުނު އޭނާ ނަގައިގެން އުޅޭ ކޭހެއްގެ އަޑުއެހުން އޮންނާތީއެވެ. މަޑު ފިޔާތޮށިކުލައިގެ އަބާޔާ ހެދުމަކާއި ހުދު ކުލައިގެ ޕްލީޓެޑް ޝޯލްއެއް އަޅާލުމުން އަޅައިގަންނަ ކަހަލަ ގޮތެއް ހުއްޓެވެ.
އަރީން ވޯޑްރޯބަށް ވަދެފައި ކަޅުކުލައިގެ ދިގު ކޯޓު ނަގައިފައި ލިއެވެ. އެއީ ލޯވް ފާރމަށް ދާ ކޮންމެ ލޯޔާރ އަކު ވެސް ލާ ވައްތަރުގެ ކޯޓެކެވެ. އެކި ކުލަކުލައިގެ ކޯޓު ހުންނަ އިރު ކަކުލާއި ހަމައަށް އަރާ ވަރުގެ ދިގު ކޯޓާއި އާދައިގެ ވައްތަރުގެ ކޯޓު ބޭނުން ކުރެވެން ހުންނާނެއެވެ. އެތެރެއިން ބޭނުން އެއްޗެއް ލުމުގެ ހުއްދަ އެ ލޯވް ފާރމުން އޮންނަނީ ދީފައެވެ. އެކަމަކު އަޅާ ހެދުން ވަކި މިންގަނޑަކަށް ފެތެން ޖެހޭނެއެވެ.
ތަޅުދަނޑި ހިފައިގެން ޖަންނަތު ގޮސް ވަނީ ހޮޓެލްގެ ޕާކިން ޒޯނަށެވެ. ކާރުގެ ތަޅުވަޅަށް ތަޅުދަނޑި ޖަހާލި ވަގުތު މީހަކު އޭނާގެ ފަހަތުން އައިސް ނޭފަތް މަތީގައި ފޮތިގަނޑެއް އަޅައި ބާރު ކޮށްލިއެވެ. ޖަންނަތަށް ކަމެއް ނުކުރެވުނީސް ހޭނެތުނީ އެ ފޮތިގަނޑުގައި ހުރި ކްލޮރޯފޯމްގެ އަސަރު ގަދަކަމުންނެވެ. އެ ފިރިހެން މީހާ އެއަށްފަހު ޖެހިގެން ހުރި ކާރަށް ޖަންނަތު ލައިފައި ދޮރު ލެއްޕިއެވެ. އޭރު އެ ދިމާލަށް އިން ކެމެރާ އިނީ އެއްޗަކުން ޖަހާ ހަލާކުކޮށްލައިފައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.







As always this ep was straight up elight😊
Blue waters ge spy thah gina kamun hama neyvaa eh vx nulevey dhw🙄 naail you gotta prove your so called love by saving reen from whatever the accident your gonna cause!!! And zavian n leevaan kuri kameh reen boluga alhuvafa e fakeeru maran e ulheny🤦 dhera kamekey😭
Ali Ahmed haadha fakkaley dhw? E soru e buny blue waters ah gonjahaa meehunnah kollane vareh nu? Then azaa keeh kuriyyo?? Faadeh ge baeh hama huvaa😖
When next?
LY Rosie posie👻
More than happy to hear that 😄😄
Will he really do that, let’s see 🫣🫣
They used azaa to seize Diamond Sky resorts/assets
IA next Monday
Shukran Your fav bab ✨✨
Lyt darl 🫰🏻🫰🏻
NOOO JANNA AH GOTHEH NAHADHAHCHEY
mibai varah interesting I can’t wait to see zely ge photoleh
When next???
Lysm✨✨
Zely fennaane next ep ga 😄😄
IA next Monday
Shukran Diva_gurly ✨✨
Lyt darl 🫰🏻🫰🏻
Mibai is a little kuru, but interesting,
May Allah bless you with more knowledge
Next part dhigu vaane ehenveema 😅😅
Happy to hear that, shukran Diva_gurly ✨✨
Omg. Haadha reehchey. Wow salhi. Vrh kamudhey.
Haadha dera ey dhww e case nulibuneema.
Emeehun anekkaa Jannaa black mail kuran tha e ulheny???.
Next part ???
Is it next Monday???
Luv U
I’m overjoyed to hear that 😄😄
Blackmail kurumakee ves oiy possibility eh, let’s see wht actually happens, stay tuned!
Yep, next Monday IA
Shukran xxx_dodo_xxx ✨✨
Lyt darl 🫰🏻🫰🏻
Mi part ves varah reethi. Kaakubaa jannath kidnap kuree? Curiosly waiting for next part???
Dhen oiy bai kiyaaleema engidhaanethaa, stay tuned! 😄😄
Shukran Miss rose ✨✨
mi part vs vrh reethi MA!
nooo jannath ah kihineh hadhan e ulhenee
ali ahmed ge visnun rangalheh nuvaane dhw dhuvahaku vs. abadhu meehun numerigen ulhey meeheh
whn nxt??????
luv ya💕
Dhen oiy bai kiyaaleema Jannath ah vaa gotheh engeyni, stay tuned! 😄😄
Hiyeh nuvey dhw eynage visnun rangalhu vaane henneh 😒😒
IA next Monday
Shukran Anonymous ✨✨
Lyt darl 🫰🏻🫰🏻
zaileen zally roohan
Dude bodu copy yeh
You can’t call her a copy just because she have similar names in this story! Ehenyya gaimu dhuniyey ga thibey eh nameh kiyaa satheyka meehun, e dhen vany copies ah?? Seriously🙄 I share the same name as mirashu kujjeh! Gaimu meehun I fahathun gaa ukamun naadhe e kujja I ah vure kurin e nan kiyey kiyaafa! Then you thee kaaku white rose ah copy ey kiyan?? Ehn??
mi part ves varah reethi masha allah
areen ah dhera gotheh eyrah zev fakeeru moya vedhaane
kuhverinah adabu dhee
janna ah khineh e hedhee
haadha curiously kohlaafa cant wait for next part
zev n reen gulhuvaba alun
they both are made for each other
mi varah sauguveri kamaa eku kiyaala hithun kiyaa vaahaka eh
mi part kiyaafa rovije
keep it up
Glad to know 😄😄
Jannath got kidnapped 🫠🫠
Shukran cutie girl ✨✨
koba dhooni
btw mi party ves vrh reethi egey
Happy to hear that 😄😄
Shukran izzathu ✨✨
five nights at freddys
tung tung sahur
When the youngest learn Italian dhw?😂😂
Oooooooops my bad. Maa laying dhww mi comment eh kohlevuny.
Vrh reethi.
Super exited to c Xeli gr face.
Lysm
Hehe, issoke 😄😄 more than happy to see ur comment
Shukran Exxo ✨✨
Lyt darl 🫰🏻🫰🏻