“ދަރިފުޅޫ… މަންމަ ވަރަށް ލޯބިވޭ” އުޔޫނާގެ ހަށިގަނޑުގައި ބައްދާލަމުން އުޔޫނާ ބުނެލިއެވެ. “ހެހެ ޔޫންވެސް މަންމަ ދެކެ ވަރަށް ލޯބިވޭ” އުޔޫނާގެ އަޑު ކުރެހުނެވެ. “އޭ އަދި ނުވޭ އިނގޭ ރޯކަށް. ދެކުދިންވެސް ހުއްޓާލާ އަވަހަށް” ދެމައިންނަށް ރޮވެން އުޅުމުން ސަމާސާ ރާގެއްގައި ޔީޝާ ބުނެލިއެވެ. އެއާއި އެކު ދެމީހުނަށްވެސް ހެވުނެވެ.
ބޭރަށް ނިކުމެވުނު އިރު އަޝްރަފް ދެމައިންގެ އިންތިޒާރުގައި ހުއްޓެވެ. “މާޝާ ﷲ ދަރިފުޅު މިރޭ ވަރަށް ރީތި” އުޔޫނާގެ އަތުގައި ހިފާލަމުން އަޝްރަފް ބުނެލިއެވެ. ކާރަށް 4 މީހުން ކާރަށް އެރުމުން ކާރު
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






