Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޭގެ ބަދަލް-4

Bloom Level 110 Stories
August 22, 2025 2 Mins Read
2 Comments

“އޭޔް ޒެން.. މަ މިއަންނަނީ އެލް ހޭލަންވާރަށް ކާނެ އެއްޗެއް ހިފައިގެން، އެލް ކައިރީ މަޑު ކޮށްލައްޗޭ..” އިވާން އެހެން ބުނެ ބޭރަށް ނިކުންނަން ހިގައިގަތެވެ.

“ހޫމް..” ކައިޒެން ރަކި ގޮތަކަށް ބުނެލިއެވެ.

*ޕާރްޓް-4*

އެލްވިން މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭނާގެ ގަޔަކު އެއްވެސް ވަރެއް ނެތް ކަހަލަ އިހްސާސް ވަމުން ދިޔައެވެ. ބެންޑޭޖް ކޮށްފައި އޮތްތަނުގައި އޭރުވެސް ވޭންއަޅަމުން ދިޔައެވެ. އޭނާ ވަށައިގެން ވީމާހައުލަށް ނަޒަރެއް ހިންގާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އޭނާގެ މަގަތުގައި ބޯޖަހައިލައިގެން ނިދާފައި އޮތް އޭނާގެ ދޮޮންބެއެވެ.

“ދޮންބޭ..؟” އިވާންގެ އިސްތަށިގަނޑު ހާވާލަމުން އެލްވިން މަޑުމަޑުން ގޮވާލިއެވެ.

“ހޫމް..” އިވާން ބޯހިއްލާ ލިއެވެ. އެލްވިން ދިޔައީ ސިއްސައިގެންނެވެ. އޭނާ ހީއްކުރިގޮތާ ހިލާފަށް އޭނާގެ ކުރިމަތީ ހުރި ޒުވާނާ އަަކީ އޭނާގެ ދޮންބެ އެއް ނޫނެވެ.

“ކޮބާ ދޮންބެ..؟ ތީކާކު..؟” އެލްވިން ހުރީ ޖެހިލުން ވެފައެވެ.

“ހެހެ މީ އެލްވިން ދޮންބެގެ ބެސްޓް ފްރެންޑް، ނެއިންގުނު ދޯ..؟” ކައިޒެން އެލްވިން އާއި ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއި އެކުއެވެ. އެލްވިން ރަގަނޅަށް ކައިޒެން އާއި ދިމާއަށް ބަލާލިއެވެ. ފެންނަފެނުމަށް ރިތިމީހެކެވެ. ތޫނުދެލޮލާއި ބޯ އެސްފިޔަތަކެކެވެ. ކަޅުކަން ގަދަ ބޯ ފަންދިގު އިސްތަށިގަނޑެކެވެ. އޭހާވެސް ފިރިހެން ވަންތަ ހިނިތުންވުމެކެވެ.

“އޮހް، އޯކޭ..” އެލްވިން ދުރު ބަލާލިއެވެ. އެލްވިން ތެދުވެ އެނދުމަތީ އިށީންނަން މަސަށްކަތް ކުރިއެވެ. ނަމަވެސް ތެދުވަން އުޅުނު ގޮތުން އޭނާގެ ބަނޑަށް ތަދެއް އެރިއެވެ.

“މަޑުމަޑުން.. ވިން އަދި ހަރަކާތްތެރިވެ އުޅުން އެހާ ރަގަނޅެއް ނުވާނެ..” ކައިޒެން އެލްވިން ތެދުވަން އެހީވުމަށް އޭނާގެ އަތުގައި ހިފާއްޓާލިއެވެ. ކައިޒެން އޭނާއަށް “ވިން” އޭ ކިޔާފައި މުހާތަބު ކުރުމުން އެލްވިން ހުރީ ހައިރާން ވެފައެވެ. ކައިޒެންގެ އަތް އޭނާގެ އަތުގައި ޖެހުމާއި އެކު ހީވީ ގަނޑުފެންކޮޅެއްގައި އަތް ޖައްސާލެވުނު ހެންނެވެ. އެހާވެސް ފިންޔެވެ.

“ފެން ބޭނުންތަ..؟” ދެންވެސް ވާހަކަ ދެއްކީ ކައިޒެން އެވެ. އެލްވިން ކުޑަކުއްޖެއް ފަދައިން ބޯ ޖަހާލިއެވެ. ކައިޒެން ފެންތައްޓެއް އަޅައިގެން އައިސް އެލްވިން އަށް ދިއްކޮށްލިއެވެ.

“އަދިވެސް ނުބުނަމެއްނު ނަމެއް..” އެލްވިން ތަށީގައި ތުންޖަހަމުން އަހާލިއެވެ.

“ކައިޒެން..” ކައިޒެން ހިނިތުން ވެލިއެވެ. މީހާ އާއި އެއްވަރަށް ނަންވެސް ރީޗެވެ. “އޯހް..” އެލްވިން ފެންތަށި ބޯނިއްމައިލައިފައި ތަށި ދިއްކޮށްލިއެވެ. ކައިޒެން ފެންތަށީގައި ހިފަންވެގެން ކުރިޔަށް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް ކުރިމަތީގައި ހުރި ގޮނޑިގައި އަޅަގެންފައި އޭނާ އަރިއަޅާލިއެވެ. ކައިޒެން އޭނަގެ ހަށިގަނޑު ކޮންޓްރޯލް ކުރުމަށް އެނދުގެ ހެޑްބޯޑްގައި ހިފާއްޓާލެވުނެވެ. އޭނާއަށް ހުރެވުނީ އެލްވިންގެ މޫނުގައި ޖެހިނުޖހިއެވެ. ކައިޒެންގެ ހޫނު ނޭވާ އިހްސާސް ވުމުން އެލްވިން އަށް ހުރެވުނީ ގުޑާލަންވެސް ނެއިންގިފަ އެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވެފައި ވީރު ހިތުގެ ހިގުންވެސް އެތަށް ގުނައެއް އިތުރުވެއްޖެވެ. އެލްވިން އަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެރީތި ދެލޮލުގެ ތެރެއަށް އޭނާ ދިޔައީ ގަރަގު ވަމުންނެވެ. ކައިޒެން ވެސް ހަމަ އެފަދައެވެ. ހަށިގަނޑު ގަނޑު ފެންކޮޅެއްހާ ފިންޔެވެ.

އެވަގުތު ކޮޓަރި ތެރެއަށް ވަދެގެން އައީ އިވާން އެވެ. “ޒެން..؟ އެލްހޭލާފިތަ..؟” އިވާން ދޮރުލައްޕާލަމުން އަހާލިއެވެ. ކައިޒެން ސިއްސައިގެން ގޮސް ދުރަށް ޖެހިލިއެވެ.

“ކިހިނެއްވީ ދެމީހުންނަށް..؟” އިވާން، އެލްވިން އާއި ކައިޒެން މާ މަޑުން ތިބުމުން އަހާލިއެވެ.

“ކަމެއްނުވޭ..” ކައިޒެން އަވަހަށް ބުނެލިއެވެ.

“ދެން އެހެންވިއްޔާ ކަމާހިގާ..” އިވާން އަތުގައި އޮތް ކޮތަޅު ކައިޒެން އަށް ދިއްކޮށްލިއެވެ.

“ތެންކްސް ބްރޯ..” ކައިޒެން އެހެން ބުނެލައިފައި ގޮސް އެތާ އިން ގޮޑިގައި އިށީނެވެ

“އެލް ބުނަންތަ..؟ ދޮންބެ މިހުރީ އެލްގެ ފޭވްރިޓް ސޭންޑްވިޗް ގެނެއްސަ..” އިވާން އެލްވިންގެ އެނދުކައިރީ ހުރި ގޮނޑީގައި އިށީނެވެ.

“ޔެސް.. ވަރަށް ބަޑުހައި..” އެލްވިން އުފާވެލައިފައި ބުނެލިއެވެ. ކާއެއްޗިހިތައް މޭޒުމަތީ ބެހެއްޓުމަށްފަހު އެލްވިން ކައިރިއަށް މޭޒުގެނައުމުން އޭނ ާކާން ފެށިއެވެ.

“މީރުތަ..؟” އިވާން އަހާލިއެވެ.

“ހޫމް.. ވަރަށް މީރު.. ދޮންބެ ނުކާނަންތަ..؟” އެލްވިން ސޭންޑްވިޗް އެއް ދިއްކޮށްލަމުން އަހާލިއެވެ.

“ހެހެ.. ދޮންބެ ކައިފިން.. އެލް ކާލާ..” އިވާން ހީލިއެވެ. މިމަންޒަރު ބަލަން އިން ކައިޒެން ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އިވާން އޭނާގެ ކޮއްކޮ އަށް ނުލާހިކު ލޯބިން ހުރިހާ ކަމެއް ކޮށްދޭތީ އޭނާ އެލްވިން ދެކެ ލޯބިވާމިންވަރު ވިސްނުނެވެ.

“އޭ ދެން މަ ދަނީ.. ކަމެއް ބޭނުންވެއްޖެއްޔާ ގުޅާލާ..” ކައިޒެން ގޮޑިން ތެދުވަމުން ބުނެލިއެވެ.

“ހޫމް.. އޯކޭ ދިޔަސް..” އިވާން ބުނެލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Bloom

Level 110 Stories

Other Articles

Previous

މާޒީގެ ހިތިހަދާން ތައް …2

Next

އިންސާފް (ސާޅީސްވަނަ ބައި)

Next
August 22, 2025

އިންސާފް (ސާޅީސްވަނަ ބައި)

Previews
August 22, 2025

މާޒީގެ ހިތިހަދާން ތައް …2

2 Comments!

  1. Your fav bab Your fav bab says:
    August 23, 2025 at 12:56 pm

    Mee aslu varah reethi story eh!!
    Love this story so much ❤️❤️❤️
    Elvin and kaixen’s first meeting was so cute!!!
    Whe next?
    Cliff hanger akun nimmanyaa story adhi salhi vaane!
    Ur a Talented author!!
    Lyssm

  2. Oreo gurll says:
    August 24, 2025 at 9:39 am

    Oooh. Kaizen does like Elvin.. I think Ivaan vx ok vaane hen
    So my inthizaaru kurun feshunee ingey mi dhemeehun ge loabiige gulhumah
    Btw, varah reethi mi episode vx 🥰💖
    When next?

Comments are closed.

Next Episodeލޭގެ ބަދަލް-5←


All Right Reserved!