
އަބަދުވޭ ހިތުގާ މަގޭ 8

“އަނެއްހެން އޯކޭ. އެކަމަކު މަންމަ ތަންކޮޅެއް ސްޓްރެސް ވެފައިވާކަން ފާހަގަ ކުރެވޭ” ޝިވާގެ ޑަކްޓަރު ޖިނާ ބުނެލިއެވެ. “އާނ. ޝިވާ ކިޔަވާ ދުވަސްކޮޅު ވީމައެއީ” ޝިވާއަށް އެއްޗެކޭ ނުބުނެވެނީސް ނިޔާލް ބުންޏެވެ. ނިޔާލްގެ ބަހަށް ޝިވާ ބޯޖަހާލިއެވެ.
ޑަކްޓަރަށް ދައްކާ ނިމުމުން ހޮސްޕިޓަލުން ނިކުން ޝިވާއާއި ނިޔާލް، ހޮސްޕިޓަލަށް ވަދެ ވަދެ ހުރި ޔުނާލަށް ވަރަށް ރީތިކޮށް ފެނުނެވެ. ޔުނާލް ކައިރީ ހުރި ގަހެއްގެ ފުރަގަހަށް ވަދެ ފިލިޔެވެ. މޫނު މަތީގައި މޭކަޕް ހުރި ނަމަވެސް ޝިވާގެ ދެލޮލުގައި ވީ ވޭން ޔުނާލްއަކަށް ސިއްރެއް ނުވިއެވެ. އެއްވެސް އިހްތިރާމެއް ނެތި ޔުނާލްގެ ލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތުގައި ފިރުކިލާފައި ވެއްޓުނެވެ.
(8 ވަނަ ބައި)
ބްރޭކް ގަޑި ލިބުމުން ކާން ވެގެން ނިކުން ނިކާލްގެ ދެލޯ ވީ އަތުގައި އޮތް ފޯނުގައި “ތަތް” ވެފައެވެ. ޓިކްޓޮކް ބަލަމުން ކުރިއަށް ދިޔަ ނިކާލް ކޮންމެވެސް މީހެއްގެ ގައިގައި ޖެހިފައި ފޯނު ވެއްޓުނެވެ.
ފޯނު ވެއްޓި ޖެހުނު ގޮތުން އެއްކަނެއްގައި ރެނދެއް ލިޔެވެ. ހުރެވުނީ ފުލުސް އޮފީހުގައި ކަމުން ބާރަށް އެއްޗެކޭ ނުބުނެ ރީތިކޮއް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ނިކާލްގެ އަނގަ ކުނި ވީ ކުރިމަ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.