Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަބަދުވޭ ހިތުގާ މަގޭ 2

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
September 7, 2025 3 Mins Read
10 Comments

އެކުއްޖާ ދަތްކުނޑި ވިކާލިއެވެ. އަދި އެކުއްޖާއަށް ހަމަ ޖެހިފައިވީ ގޮނޑިއާއި ދިމާލަށް ހިނގައިގަތެވެ. ނިކާލް ހީލީ ކަމެއް ކާމިޔާބު ވުމުން ހީލާ ބީދައިންނެވެ. ނިކާލް މަޑުމަޑުން ގޮނޑީގައި އިށީނެވެ.

(2 ވަނަ ބައި)

އަމާން އޮމާން ދަތުރަކަށް ފަހު ބޯޓު ހދ.ކުޅުދޫފުށި އެއާޕޯޓަށް ޖެއްސިއެވެ. ބޯޓުން ފައިބާފައި ނިކާލް ރައިޒެލް އަންނަންދެން މަޑު ކޮށްލިއެވެ. ޖީބަށް އަތް ޖަހާލައިގެން ފޯނަށް ބަލަމުން ދިޔަ ނިކާލްއާއި ދިމާލަށް ތަނުގައި ތިބި އެންމެންގެ ލޯތަށް ހުއްޓެމުން ދިޔައެވެ. އެހެނަސް ނިކާލްގެ ނަޒަރު ހުރީ ފޯނާއި ދިމާލަށެވެ.

އެވަގުތު ނިކާލް މޭމަތީގައި މީހަކު ޖެހުނެވެ. “އައުޗް” އެކުއްޖާގެ ނޭފަތް ޖެހުނީ ނިކާލްގެ ތަނަވަސް މޭމަތީގައެވެ. ނޭފަތުގައި އަތް އަޅާލަމުން އޭނާ ބަލައިލީ ނިކާލްގެ މޫނަށެވެ.

“ކަލޭ؟” އަނެއްކާވެސް އެކުއްޖާ ކުރިމައްޗަށް އެރުމުން ނިކާލަށް ބުނެވުނެވެ. “ކަލޭ އޭ؟ މަށަށް ކިޔަނީ ކަލޭއެއް ނޫން. މަށަށް ކިޔަނީ ޔީޝާ” ޔީޝާ ތުންކޮޅު އޫކޮށްލަމުން ބުނެލިއެވެ. “ޔީޝާ؟ ޔިކީ؟ ޔަކީ؟” ނިކާލް ބަނޑުގައި އަތް އަޅައިގެން ހޭން ފެށިއެވެ. “ޔޫ ބާސްޓާރްޑް” ޔީޝާ ނިކާލްގެ މޭމަތީގައި ތަޅައިގަތެވެ. ނިކާލްއަށް ކަޅި އަޅާލާފައި ޔީޝާ ހިނގަތެވެ. “ސްޓަބާން ލިޓްލް ގާލް” ޔީޝާ ދިޔުމުން ނިކާލް އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ.

“ނިކާލް! ކޮބާ އާދޭ” ރައިޒެލް ފަހަތުން ގޮވާލި އަޑު އިވުނެވެ. އޭރު “ރައިޒެލް އިނީ ކާރުގައެވެ.

ނިކާލް ފޮށި ގެންގޮސް ކާރަށް ލާފައި ނިކާލް ކާރަށް އެރިއެވެ. އެއާއިއެކު ރައިޒެލް ކާރު ދުއްވާލިއެވެ. “ތިއީ މަންމައަށް ތަ؟” ނިކާލް އަތުގައި ޕާރުސަލް ކޮއްފައި އޮތް ފޮއްޓަށް އިޝާރާތް ކުރަމުން ރައިޒެލް އަހާލިއެވެ. “ހޫމް…” ނިކާލްގެ ޖަވާބު ކުރެވެ. “ކީއްކުރަން ތަ އަސްލު؟ އެނގެއެއްން ނިކާލް މަންމަގެ ގޮތް…” ރައިޒެލްއަށް ބުނެވުނެވެ.

“އިނގޭ. އެކަމަކު އެއީ ހަމަ މަންމަ. އިހުތިރާމް ކުރަން ވާނުން؟ ފޮށިތަށް ގެއަށް ލާފަ މަންމައަށް ހަދިޔާ ފޮށި ދީފަ ފައިބާނަން. މަޑު ކޮއްލައްޗޭ މިތާގަ. އަންނާނަން ވަރަށް އަވަހަށް” ރައިޒެލްގެ ސުވާލަށް ނިކާލް ޖަވާބު ދިނީ ގޭދޮރު މައްޗަށް އަރާފައެވެ. ރައިޒެލް ފުންނޭވާއެއް ދޫކޮށްލާފައި ބޯޖަހާލިއެވެ.

ގެއަށް ވަދެވުން އިރު ނިކާލަށް މަރްހަބާ ކިއީ ފަޅުކަމާއި، ހަމަ ހިމޭން ކަމެވެ. ހީވަނީވެސް ފަޅު ގެޔެއް ހެންނެވެ. ތެޅިގަލުން ހަދާފައިވާ އެގެއަކީ އާދައިގެ ގެޔެކެވެ. ގޭ ބޭރުގައި ޖޯލިފައްޗެއް އިން އިރު، ހިޔާ ކޮއްފައި އިން ތަންކޮޅެއްގައި ބޮޑު އުނދޯއްޔެއް އިނެވެ.

ނިކާލް ގޭތެރެއަށް ވަނީ ލޯބިވާ މަންމަ ދުށުމަށް ކެއްމަދުވެފައިވާ ހާލުގައެވެ. ސިޓިންގްރޫމްގައި ހުރި ސޯފާގައި އިން ޔަލީޝާ ފެނި ނިކާލްގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. “މަންމާ” ނިކާލް ވަރަށް ލޯބިން ގޮވާލިއެވެ.

އެހެނަސް ޔަލީޝާގެ މޫނު މަތީގައިވީ އެހެން އިހުސާސެކެވެ. ހިތްހަމަ ނުޖެހުމާއި ފޫހި ކަމެވެ. ބީރައްޓެހި ކަމާއި ދުރު ކަމެވެ. “އަން. މިއީ މަންމައަށް އޮތް ހަދިޔާއެއް” ޔަލީޝާ އަތަށް ޕާރުސަލް ކޮއްފައި އޮތް ފޮށި ނިކާލް ދިނެވެ.

ޔަލީޝާ އޭގައި ހިފައިގެން ގޮސް ލީ ޑަސްޓްބިނަށެވެ. “ކަލޭ މަށަށް ތިހާ ހަދިޔާ ދޭން ބޭނުންވަންޔާމުން މަގޭ ފިރިމީހާ އެނބުރި ގެނޭ!” ޔަލީޝާ އަޑަށް ބާރުލަމުން ބުނެލިއެވެ. “މަންމާ.. އެކަމަކު.. ބައްޕަގެ މަރަކީ އަޅުގަނޑުގެ ކުށެ-”

“އެއީ ހަމަ ކަލޭގެ ކުށް. ތިއީ ގާތިލެއް” ޔަލީޝާ ހިނގައިގަތީ އަނެއްކާވެސް ނިކާލްގެ ހިތަށް ހަންޖަރެއް ހަރާލާފައެވެ.

ނިކާލް ފުންނޭވާއެއް ދޫކޮށްލިއެވެ. ދެލޯ ފޫއަޅުވާލާފައި ނިކުތުމައް ތައްޔާރުވަމުން ދިޔަ ކަރުނަތިކިތަށް ފުހެލާފައި ނިކާލް ތެދުވިއެވެ. ލަސް ހިނގުމުގައި ގޮސް ކާރަށް އެރިއެވެ. ކުރީ ސީޓު އޮށޯވެލެވޭ ވަރަށް ތިރި ކޮއްލާފައި ނިކާލް އޮށޯވެލިއެވެ. ނިކާލްގެ ހަރަކާތްތަކުން ކަން ހިނގާ ދިޔައީ ރަނގަޅަށް ނޫންކަން ރައިޒެލްއަށް އެނގުނެވެ. ނަމަވެސް ނިކާލަށް އެކަނި ވަގުތު ކޮޅެއް ދިނުމަށްޓަކައި އެކަނި ބާއްވާލިއެވެ.

10 ވަރަކަށް މިނިޓް ތެރޭގައި ދެމީހުނަށް ޕޮލިސް ސްޓޭޝަނާއި ދިމާލަށް ވާސިލް ވެވުނެވެ. އޭރު ބައިވަރު ފުލުހުންތަށް ނިކުންނަތަން ފެނެޔެވެ. ނިކާލްއާއި ރައިޒެލްއަށް ދެމީހުން ދެމީހުނަށް ބަލައިލެވުނީ ކަމެއް ގޯސްވެއްޖެކަން އެނގުމުންނެވެ. ކާރު ޕާރްކް ކޮއްލާފައި ނިކާލާއި އެކު ރައިޒެލް ނިކުތެވެ.

“ކިހިނެތްތޯ ވީ؟” ރައިޒެލް އަހާލިއެވެ. “މާރްޑާރް ކޭސްއެއް. އަޅުގަނޑުމެނަށް ފޯނުއައީ 3 މިނިޓް ކުރިން. އަވަހަށް ތައްޔާރުވޭ” ރައިޒެލްގެ ސުވާލަށް ޖަވާބު ދިނީ ހުޒާނެވެ. ނިކާލްއާއި ރައިޒެލް ވެސް ޕޮލިސް ޖިޕަށް އެރިއެވެ.

ކާރު މަޑުކޮއްލީ ރަށު ކުޅިއާއި ދިމާލަށެވެ. އޭރު ދެތިން އެހެން ފުލުހުން ތަން ބަންދުކޮށް، ހަށިގަނޑު ރިޕޯޓަރުންނަށް ފޮރުވަން މަސައްކަތް ކުރަމުން ދިޔައެވެ.

“ކޮންކަހަލަ ކޭސްއެއް ތޯ؟” އަތަށް ރަބަރު އަންގި ލައްވާލަމުން ނިކާލް ސުވާލު ކޮއްލިއެވެ. “އައިޝަތް މައުވާ ނަސީރް. އުމުރުން 18 އަހަރު. ރޭގަ 10 ޖަހަން އުޅެނިކޮށް މައުވާ ގެއްލިގެން އުޅޭކަމަށް އަޅުގަނޑު މެނަށް ވަނީ ޙަބަރު ލިބިފައި. މައުވާ ފެނިފައިވަނީ މީގެ 5 ވަރަކަށް މިނިޓް ކުރިން” އޮފިސަރް އައިރިކް ނިކާލްއަދި ރައިޒެލްއަށް ކިޔައިދިނެވެ. ނިކާލް މަރުވެފައިވީ މައުވާ ގާތަށް ޖެހިލި އިރު، ރައިޒެލް ދިޔައީ ކުޅި ކައިރިން އެއްވެސް ކަހަލަ ހެއްކެއް ފެނޭތޯ ބެލުމަށެވެ.

“ޒެލް” ފަހަތުން އިވުނީ ލުއި އަންހެން އަޑެކެވެ. ރައިޒެލް ހިނިތުންވެލާފައި ފަހަތަށް އެނބުރުނެވެ.

(ނުނިމޭ)

ތިންވަނަބައިގެ ތެރެއިން:

“އޭ! ކަލޭ ތި ކާކު މަގޭ އަންހެނުންނާއި ތިހެން ވާހަކަ ދައްކަން؟ ޝިވާ އޭނަ ދޫކޮށްލީ ޝިވާއަށް އަހަރެން ކަމުދާތީ. އޭނައަށް ވުރެ މަ ރަނގަޅުވީމަ. މާ ލޯބި ވާތީ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތް އެދެ ޔާރާ ތިއޭ – 38

Next

މަޢާފް އެދެމުން 56

Next
September 7, 2025

މަޢާފް އެދެމުން 56

Previews
September 7, 2025

ހިތް އެދެ ޔާރާ ތިއޭ – 38

10 Comments!

  1. Your fav bab Your fav bab says:
    September 7, 2025 at 1:31 pm

    Alhe nikaal😭😭😭😭
    yaleeshaa!!!tf?? Eii e kuda kuda furaana kuri kameh tha??!
    Btw nikaal aa e dhimaavi yeeshaa heevanee hama nikaal ge future wify hen😽😁!!!!
    When next?
    Love this part 💗💗💗 lyt

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:26 am

      ikrrr but she is blaming on himmm 🙁
      hahahaha dhen balamaa dhw kihineh thw vany hehe
      lytt
      jazaakallah khairan Your fav bab🤍

  2. BABY SAJA'S PVT says:
    September 8, 2025 at 8:27 am

    💗💗💗💗💗💗💗💗💗💗💗💗

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:26 am

      jazaakallah khairan baby saja’s pvt🤍

  3. HAASUM'S PVT says:
    September 8, 2025 at 8:28 am

    🖤🖤🖤🖤🖤wow🖤🖤🖤🖤🖤

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:26 am

      jazaakallah khairan haasum’s pvt🤍

  4. AI_NA says:
    September 8, 2025 at 8:29 am

    💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:27 am

      jazaakallah khairan ai_na🤍

  5. Oreo gurll says:
    September 8, 2025 at 7:38 pm

    Ooooohh! So exciting.. so Nikaal akee police eh dhw? Who is Mauva, and Shiva? so curious..
    ey that trailer ga ulhunu Yaleeshaa and Nikaal dhw eii.. ekamu eyru Yaleeshaa vihey kuda dharifulu kobaa baa? E kujjaa ge vhk eh neyngey adhi eh.
    Varah interesting ingey mi episode ves!!
    soooooo interesting. love it

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:27 am

      jazaakallah khairan oreo gurll🤍
      yess nikaal is a cop
      im happy ur loving it 🙂

Comments are closed.

Next Episodeއަބަދުވޭ ހިތުގާ މަގޭ 3←


All Right Reserved!