
މަޢާފް އެދެމުން 48

“ހަނދާން ނެތުނީތަ؟ އަހަރެން މީ މިހާރު އާރިޝްގެ އަނތްބެއް ނޫން. ދެން ކޮން ހައިސިއްޔަތަކުން އަހަންނާ އެކީ ގެއަށް ދާން ތި ބުނަނީ؟” އެންމެ ފަހުން ރުޅި ގަދަވެގެން ރީވާ ބުންޏެވެ.
އެއާއެކު އިރުކޮޅަކަށް އާރިޝް ބަސް ހުއްޓިފައި ރީވާއާ ދިމާއަށް ބަލަން ހުއްޓެވެ. ނަމަވެސް ދެން އާރިޝް ބުނެލި ބަހާ އެކު ބަސް ހުއްޓުނީ ރީވާއެވެ.
“މި ކައިވެނި ރުޖޫޢަ ކުރެވޭނެ، އެ ބަސް އަނބުރާ ގެނެސްފިން. އެހެން ވީމަ ތީ އަދިވެސް އަހަރެންގެ އަންހެނުން. މިތިބީ ހެކިން. ދެންވެސް އަހަންނަށް ރީވާގެ ކަމަކާ ބަސް ނުކިޔޭނެތަ؟” އާރިޝް ބުންޏެވެ.
ޔަޒްދާންއާ ނާބިތު އެކަކު އަނެކަކަށް ބަލާލިއެވެ. ނަމަވެސް އާރިޝްއާ ދެކޮޅަށް އެއްޗެއް ނުބުނެއެވެ.
ރީވާ އިތުރަށް އާރިޝްއާ ދެކޮޅެއް ނުހަދައެވެ. ގެއަށް ދެވެން ދެން އެއްޗެއް ނުބުނެއެވެ. އާރިޝްއާ ރީވާ ދިޔައީ ނާބިތުއާ އެކު ކާރުގައެވެ. އެ މީހުންނަށް ދެވުނު އިރު ޔަޒްދާންއާ ހަނާން އެ މީހުންނަށް ވުރެ ކުރިން ސައިކަލުގައި އައިސް ގޭ ކައިރީ މަޑުކޮށްގެން ތިއްބެވެ.
ރީވާއަށް ހަމަޖެހިލެވެން ދެން މަޑު ކުރުމަށް ފަހު ތިން މީހުންވެސް ދިޔައީއެވެ. ގޭގައި އާރިޝްއާ ރީވާ އެކަނި ވިއެވެ. އޭރު އިރު އޮއްސިއްޖެއެވެ. ރީވާ ފެންވ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.