Skip to content
އެސްފިޔަ

ލޭގެ ބަދަލް-3

“ނޯވޮރީސް.. އިށިންދޭ..” އިލްހާންގެ ޖަވާބު އަހައިފައި އިވާން އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށް ލެވުނެވެ.

*ޕާރްޓް-3*

“ކޮފިއެއް ބޯނަންތަ..؟” މީޓިން ނިމުމާއި އެކު ކއިޒެން އަހާލިއެވެ. އާއެކޭ ބުނެ އިވާން އޮފީހުގެ ކެފެޓީރިއާ އާއިި ދިމާއަށް ހިގައިގަތެވެ.

“ކޮބާ އިންވެސްޓިގޭޝަން ކުރިޔަށް ދޭތަ..؟” ކައިޒެން ވެސް ކޮފީއެއް ހިފައިގެން އައިސް އިވާން ކުރިމަތީ އިށީނެވެ.

“އެހާ އެއްނޫން..” އިވާން ފުންނޭވާއެއް ދޫކޮށްލިއެވެ.

“ހިތްވަރު ކުރަންވާނެ، ބައެއްފަހަރު ބޭނުންހާ ގޮތަކަށް ކަންކަމެއް ކުރިޔަކަށް ނުދާނެ.. އެކަމަކު އިވާން މަންމަމެންނަށް އިންސާފް ހޯދަދޭން ބޭނުމިއްޔާ ވާނެދޯ މަސައްކަތް ކުރަން.. އެހެން ނޫނަސް އަހަރެން މީނީ އަބަދުވެސް އިވާން އާއި އެއްކޮޅަށް..” ކައިޒެން ސީރިއަސް ވެލާފައި އިވާންގެ މޫނަށް ބަލާލިއެވެ.

“ހޫމް އިނގޭ ތިކަން..” އިވާން ހިނިތުންވެލިއެވެ.

“އިވާން..” ފަހަތުން އިލްހާން ގޮވާލި އަޑުއިވުމުން އިވާން ސިއްސައިގެން ގޮސް ތެދުވިއެެވެ.

“މި ޑޮކިއުމެންޓްތަށް ފިލް ކޮށްލަން އާދޭ..”

“ލައްބަ މިދަނީ..” އިވާން ކައިޒެން ކައިރީ ދަނީ އޭބުނެ އިލްހާން ފަހަތުން ހިގައިގަތެވެ.

“ކީއްވެ ހޯލްތެރޭ މާއަޑުގަދަވެގެން މިއުޅެނީ..؟” އެލްވިން އަށް އޭނާގެ އެސިސްޓެންޓް ނަރުސް ނައިލާ ކައިރީ އަހާލެވުނެވެ.

“ނޭނގެ، ބަލާލަންވީނު..؟” އެލްވިން ބޯޖަހާލައިފައި ހޯލްތެރެއަށް ނިކުތެވެ.

“ކަލޭ ގަސްތުގަ މަގޭ ދަރިފުޅު މަރާލީ.. މަށަށް އޮޅުވައިލަން ނޫޅޭ..” އެތާ ހުރި ފިރިހެނަކު ނަރުސްކުއްޖާ އާއި ދިމާއަށް ހަޅޭ ލަވައިގަތެވެ.

“ސޮރީ ސާރް.. އެކަމަކު އެއްވެސް ޑަކްޓަރަކު ޕެއިޝެންޓްއަކަށް ގަސްތުގައެއް އަނިޔާއެއް ނުދޭނެ..” އެލްވިން އެފިރިހެން މީހާއަށް ވާހަކަ ދެއްކިއެވެ.

“ކަލޭވެސް މަށަށް ދެކޮޅަށް ވާހަކަ ދައްކަންތަ މިތަނަށް ތިއައީ..؟” އެމީހާގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ. މުޅި މޫނުމަތި ރަތް ވެފައި ވީރު މޫޅި ހަށިގަނޑު ދިޔައީ ރޫރޫއަޅަމުންނެވެ. އެފިރިހެން މީހާ އެރި ރުޅީގައި ކައިރިގައި އޮތް ވަޅި ނަގާ އެލްވިން ގެ ބަނޑަށް ހަރާލިއެވެ. ހިޔާލެއް ފިކުރެއް ނެތިއެވެ. އެލްވިންއަށް އޭނާގެ ބަނޑުމަތީގައި އަތް އަޅައި ބާރުކޮށްލެވުނެވެ. ފޯސްލާފައި ލޭތަށް ފައިބައިގަތެވެ. އެލްވިން އަށް މަޑު އާހެއް ބޭރުކޮށްލެވުނެވެ. ކެއްކުރަން މަސަށްކަތް ކުރިއެއްކަމަކު އޭނާގެ ލޯފުރި ކަރުނަތަށް ފައިބަން ފަށާފިއެވެ. ދެން ފެނުނީ އެލްވިން ހުރިތަނަށް ދެމުނު ތަނެވެ.

ވަގުތުން އެލްވިން އެމެންޖެންސީ ރޫމްއަށް ވެއްދުނެވެ. ޕޮލިހުން އައިސް އެ ފިރިހެން މީހާ ގެންދިޔައެވެ. މުޅި ހޮސްޕިޓަލު ތެރޭގައި ފެތުރިފައިވަނީ އެ ވާހަކައެވެ.

“އައްސަލާމް އަލައިކުމް.. ތީ އެލްވިންގެ އާއިލާތޯ..؟” ފޯނުން ވާހަކަދައްކަމުން ދިޔަ އަންހެންމީހާ އަހާލިއެވެ.

“ލައްބަ، އަޅުގަނޑުމިއީ އެލްވިން ދޮންބެ..” އިވާން ޖަަވާބުދިނެވެ. އޭރު އިވާން ކުރިމަތީ ހުރި ކައިޒެންގެ މޫނުމަތީވީ ސުވާލުމާކެކެވެ.

“ވަޅިހެރުނީއޭ..!!” އިވާންގެ ބޮލަށް ހީވީ ބޮމެއް ގޮވާލިހެންނެވެ.

“އެލް އެބައޮތް އެމެޖެންސީ ރޫމްގަ.. މަ މިދަނީ ހޮސްޕިޓަލަށް..” އިވާން ހުރީ ހާސްވެފައެވެ.

“މަ ވެސް ދާނަން.. އިވާން ތިހާ ހާސްވެހުރެ ކާރު ދުއްވާކަށް އެހާ ބުއްދި ވެރިއެއްނޫން..” ކައިޒެން އިވާން އަތުން ކާރު ތަޅުދަޑި ނަގަމުން ބުނެލިއެވެ. ކާރު ގޮސް ހޮސްޕިޓަލް ކުރިމަތީ ހުއްޓުމާއި އެކު ދެޒުވާނުން ވެސް ދުވެފައިކަހަަލަ ގޮތަކަށް ގޮސް ވަނެވެ.

“ޑޮކްޓާރް ކިހިނެއްތޯ އަޅުގަނޑު ކޮއްކޮގެ ހާލު..؟” ޑަކްޓާރް މައިރާ އެމެޖެންސީ ރޫމް އިން ނުކުތުމާއި އެކު އިވާން އަށް އަހާލެވުނެވެ. ދެމީހުންގެ މޫނުމަތީވެސް ފެންނަންހުރީ މާޔޫސް ކަމުގެ ކުލަވަރެވެ. އިވާން އަށް ހުރެވުނީ ނޭވާ ހިފާއްޓައިލައިގެންނެވެ.

“މިހާރު ވަރަށް ބޮޑުތަން ސްޓޭބަލް ވެއްޖެ.. މާބޮޑު އެންޖަރީއެއް އެތެރެ ހައްޓަކަށް ލިބިފައެއް ނުވޭ.. ރިކަވާރް ވާން ކުޑަދުވަސްކޮޅެއް ނަގާނީ..” އިވާން އަށް ހަމަޖެހުމުގެ ނޭވާއެއް ދުކޮށްލެވުނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. މިހާރު އޭނާގެ ހުރިހަމަ އެކަނި މީހަކީ އޭނާގެ ކޮއްކޮ އެވެ.

“ތެންކުއު ޑޮކްޓާރް.. މިހާރު ރޫމް އަށް ވަދެލިއަސް އޯކޭތަ..؟” އިވާން އަހާލިއެވެ. “އެއްމެ ރަގަނޅު..” ޑަކްޓަރު މައިރާ ހުއްދަދިނުމުން ދެމީހުންވެސް އެލްވިން އަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ވަނެވެ.

އިވާން އާއި ކައިޒެން އަށް އެކޮޓަރިއަށް ވަދެވުނު އިރު އަދި އެލްވިން އެއް ހެޔެއްނާރައެވެ. އެލްވިން އަތަށް އައިވީ ގުޅާފައި ވީރު ދެލޯ ވަނީ މެރިފައެވެ. ތުންފަތުގައި ފަނޑު ހިނިތުންވުމެއްވެސް ވިއެވެ. އެދޮން މޫނުގައި ވަނީ މައުސޫމް ކަމެވެ. މިހާ މައުސޫމް ފުރާނައެއް ނަގާލަން ބޭނުން ވާނީ ފަހެ ކާކު ހެއްޔެވެ. އެލްވިން އޮތް ހާލުފެނި ކައިޒެންގެ ހިތަތް ބާރުވެލިއެވެ. ކައިޒެން އެލްވިން އާއި ދިމާއަށް ބަލަން ހުރެވުނީ ހުއްޓުން އަރާފައެވެ. އެހެން ހުއްޓައި އިވާން އަިސް ކައިޒެން ކޮނޑުގައި ޖަހާލިއެވެ.

“ޒެން.. މާ އާޝޯހުވެފަ ކޯއްޗަކަށް ތިބަލަނީ..؟” ކައިޒެން ވަގުތުން އޭނާގެ މޫނު އަނެއްފަރާތަށް އަބުރާލިއެވެ.

“ނުބަލަން އެއްވެސް އެއްޗަކަށް..” ކައިޒެން ބުނެލިއެވެ.

“އޭޔް ޒެން.. މަ މިއަންނަނީ އެލް ހޭލަން ވާއިރަށް ކާނެ އެއްޗެއް ހިފައިގެން އެލް ކައިރީ މަޑު ކޮށްލަށްޗޭ..” އިވާން އެހެން ބުނެ ބޭރަށް ނިކުންނަން ހިގައިގަތެވެ.

“ހޫމް..” ކައިޒެން ރަކި ގޮތަކަށް ބުނެލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Ainy

    Vrh reethi masha allah

    1. Bloom
      Ainy

      Thank u soo much🖤

  2. Oreo gurll

    Hmm hmm.. somebody developed feelings for Elvinn!! Oh. I think Kaizen would be a good match, only if Ivaan is ok with it dhw. Most of the stories ga hama dhnbe men ok vey dhnbe best buddy eyna ge young sister aa date kuriyas. Ekam aslu vx valhi jahaakah nuvaane dhw. Eyna ehuree hama rangalhah vx moya govaafa.
    Hehe, waiting ingey next part ah. Varah reethi mi paft vx. MaShaAllah <3

    1. Bloom
      Oreo gurll

      Hehe let’s see what happens.. anyways appreciate u and thank u sooo much🖤

Comments are closed.