ޔުމްނާ ދިޔައީ މާނޭވާލަމުންނެވެ. އަވަހަށް އެ 2 ގަނޑު ފޮތަށް ލެއްވުމަށްފަހު އެ ފޮތް ހައިވަކަރު ފޮށްޓަށް ލިއެވެ. އަދި އެ ފޮށި އެނދު ތަންދޮށުގެ އެންމެ ބިއްދޮށަށް ލުމަށްފަހު ކުރިން އެތަނުން ނެރުނު ކޮތަޅުތަކާއި ފޮށިތައް ހުރި ތަނަށް ލިއެވެ. އަދި އެންމެ ސިކުންތެއްވެސް ލަސްނުކޮށް ހުސްނާގެ ކޮޓަރިން ނުކުމެގެން ގޮސް ޔުމްނާ އޭނާގެ އަމިއްލަ ކޮޓަރިއަށް ދުއްވައިގަތެވެ. އޭރު ފަހަތުގައި ޔުމްނާގެ މި ހަރަކާތްތައް ބަލަން ހިޔަންޏެއް ހުއްޓެވެ.
*** 16 ވަނަ ބައި ***
ހުސްނާ ބަރޯއެއް ހިފައިގެން މަޑުމަޑުން ހިނގަމުން ދިޔައެވެ. މިރެއަކީ ވަރަށް ބޮޑު ރެއެކެވެ. އެހެންވީމާ މިރެއަށް ބޭނުންވާ ތަކެތި ހޯދުމުގައި ހުސްނާ އަވަދިނެތި އުޅުނެވެ. ނަމަވެސް ފަހަރެއްގައި ޔުމްނާ ހުސްނާ ހޯދަން އައިސްދާނެތީ ހުސްނާ ޖަމްޝީދާމެންގެ ގެއަށްވެސް ވަދެލާފައި ކުޅިރޮށި ހަދަން އެހީވެދިނެވެ. ޖަމްޝީދާ އެހާ ވަރަކުން މިއަދު ކުޅިރޮށި ހަދަން އެ އުޅެނީ މާދަމާ މާލެދާ ދޯނީގައި އެ އެއްޗެހި އެ ގޯތި މީހުންނަށް ފޮނުވަންވެގެންނެވެ.
ހުސްނާ ހިނގަމުން ހިނގަމުން ގޮސް ރަށުގެ ކުޑަ މިސްކިތް އޮތް މަގާއި އަރާ ހަމަވިއެވެ. ރަށުގެ ގަބުރުސްތާނުވެސް އޮންނަނީ މިތަނުގައެވެ. ހަމައެވަގުތު މިސްކިތުގެ ގޯތިތެރޭގައި ހުރި ހިނަވާގޭ ކައިރީގައި ހުރި މީހަކު ހުސްނާއާއި ދިމާއަށް ހަނާ އަޅާތަން ފެނުނެވެ. ހުސްނާ އެތާ ކައިރީގައި ބަރޯ ބެހެއްޓުމަށްފަހު ސިއްރުވެރި ގޮތަކަށް ފަރާތް ފަރާތް ބަލާލުމަށްފަހު އެތަނަށް ދިޔައެވެ.
ހުސްނާ އެމީހާއާއި އަރާ ހަމަވުމުން އެމީހާ ހުސްނާއަށް ގޯންޏެއް ދައްކާލިއެވެ. “އެހެރީ ނަގާފަތަ؟” ހުސްނާ އަހާލިއެވެ. “އާނ. އެހެރީ ނަގާފަ ދެންމެ. ނަސީބެއް މީހަކު ނެތްކަން”. އެ މީހާ ބުންޏެވެ. “ޝުކުރިއްޔާ ޔައުޤޫބު” ހުސްނާ ޝުކުރު އަދާކުރިއެވެ. ޔައުޤޫބު ބޯޖަހާލިއެވެ. “މިރޭ ވަރަށް ދުއްޕާން ކުރާނެ. އިރު އޮއްސުމުގެ ކުރިން ޖެހޭނެ ހުރިހާ ތަނެއް ތަޅުލަން.” ޔައުޤޫބު އިރުޝާދުދިނެވެ. “ކޮން އިރަކުން ޔައުޤޫބު އަންނަނީ؟” ހުސްނާ ބުންޏެވެ. “މިރޭ ސީދާ 12 އަށް ދާނަން. އޭގެ ކުރިން ދެވޭކަށް ނެތް. މިރޭ ސަމާލުވާތި. މިރޭ އެމީހުންގެ ބާރުވެސް ގަދަވާނެ.” ޔައުޤޫބު އިންޒާރެއް ދީފައި ހިނގައިގަތެވެ. ޔައުޤޫބު ދިއުމުން ހުސްނާ އެ ގޯނި ތެރެ ބަލައިލިއެވެ. އެ ގޯނީގައި ހުރީ ވެއްޔެވެ. ނަމަވެސް އާދައިގެ ވެއްޔެއް ނޫނެވެ.
ޤަބުރުސްތާނުގައި ހުރި މަހާނަތަކުގެ މަތިން ނަގާފައި ހުރި ވެއްޔެވެ.
ހުސްނާ އަވަސްއަވަަހަށް އެ ގޯނި ބަރޯއަށް ލުމަށްފަހު ބަރޯ ހިފައިގެން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު 6 ޖަހަން ވަރަށް ކައިރިވެއްޖެއެވެ. މާގިނައިރުތަކެއްނުވެ ހުސްނާއަށް ގެއަށް އާދެވިއްޖެއެވެ. ބަރޯގައި އޮތް ވެލި ގޯނި ގޭގެ ފެންޑާގެއަށް ވެއްދުމަށްފަހު ހުސްނާ ގެއަށް ވަންނަން އޮޅިގަނޑު ގިރާ ކޮށްލިތަނާ އޭނާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ހުސްނާ ފަހަތަށް ޖެހުނެވެ. އަދި އަނެއްކާވެސް ފައި އޮޅިގަނޑު މައްޗަށް ލިޔެވެ. ހުސްނާއަށް ހަމަ އެ އިހްސާސް ކުރެވެނެވެ.
ހުސްނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ވަރަށް ބޮޑު ގޯހެއް ހިނގައިފިއެވެ. ގޭތެރޭގައި އާދަޔާޚިލާފު ކޮންމެވެސް ކަމެއް އެބައުޅެއެވެ. ހުސްނާ އަވަސްއަވަހަށް ގެއަށް ވަނެވެ. އަދި ބާރު ހިނގުމެއްގައި ގޮސް ތަޅުދަނޑި ނަގައިގެން ހުސްނާ އޭނާގެ ކޮޓަރިއަށް ވަނެވެ.
ހުސްނާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. އެއްވެސް އެއްޗެއް މަދު ހެންނެއް ހިޔެއް ނުވެއެވެ. ހުސްނާ އަވަސްއަވަަހަށް އެނދު ތަންދޮށުގައި ހުރި ފޮށިތަކާއި ކޮތަޅުތައް އެއްފަރާތް ކުރުމަށްފަހު ހައިވަކަރު ފޮށި ނެގިއެވެ. ފާރަށް ޖަހާފައި އިން މޮހޮރުގައި އަޅުވާފަައި އިން ތަޅުދަނޑި ފަތި ނެގުމަށްފަހު އެ ފޮށި ހުސްނާ ހުޅުވިއެވެ. އަދި ފޮށި ތެރޭގައި ހުރި އެއްޗެހި އެއްފަރާތް ކުރުމަށްފަހު އެއްކަލަ ބާވެފައި އޮތް ފޮތް ނެގިއެވެ. އޭރު ހުސްނާގެ ބޮލަށް ތަފާތު އެކި ބިރުވެރި ޙިޔާލުތައް ވަންނަމުންދިޔައެވެ. ހުސްނާއަށް މިކުރެވޭ ޝައްކަކީ ހަމަ އަސްލުވެސް ކަން އޮތްގޮތް ކަމުގައިވާނަމަ……
އެ ހިޔާލު ހުސްނާގެ ސިކުނޑިއަށް ވަނުމުން ހުސްނާ ހިންދިރުވާލިއެވެ. މާޒީގައި ވެދިޔަ ކަންތައްތައް އަނބުރާ ވާކަށް ހުސްނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ހުސްނާ ގަނޑުތައް އެއްލަން ފެށިއެވެ. ފޮތުގެ މެދަށް އެއްލިތަނާ މެދުގައި އޮތް 2 ގަނޑު ވެއްޓުނެވެ. ހުސްނާގެ ހިތް ހީވީ މޭފަޅާފައި ނުކުތް ހެންނެވެ. ދޮލޯ ބޮޑުކޮށްގެން އިނދެގެން ތަޅުންގަނޑު މައްޗަށް ވެއްޓިފައި އޮތް ދެގަނޑަށް ބަލަން ހުސްނާއަށް އިނދެވުނެވެ.
މިއީ ކޮންފަދަ މުސީބާތެއްހެއްޔެވެ؟
ހުސްނާ މަޑުމަޑުން އެ 2 ގަނޑު ނެގިއެވެ. ކުރިން ރަތްވެފައި ހުރި ގަނޑުތައް ކަޅުކުލައިގައި ހުރި މަންޒަރު ފެނިފައި ހުސްނާގެ ހެޔަށް ގޮތްގޮތް ވިއެވެ. ދެއަތް ތުރުތުރުއަޅާހާލު ހުސްނާ އެ ގަނޑަށް ބަލަން އިންދައި ކުއްލިއަކަށް ކޮޓަރީގެ ކުޑަދޮރުތައް ހުޅުވިގެން ދިޔައެވެ. ކުޑަދޮރު ހުޅުވުނު އިރު ކުޑަދޮރުގެ ތަންޑު ވިއްސައިގެން ދިޔައެވެ. ހުސްނާ ގަތީ އަމަށަކު ބިރެއް ނޫނެވެ. އަވަސްއަވަހަށް ނޭވާ ލަމުންދިޔައިރު މުޅި މީހާ ގައިން ހުރީ އޮއްދާ ހިއްލާފައެވެ.
“ހުސްނާ…..”
ބަރުއަޑަަކުން މީހަކު ހުސްނާއަށް ގޮވުމުން ހުސްނާގެ ހިތް ހުއްޓުނެވެ. އެ އަޑު އައީ ބޭރުންނެވެ. ނަމަވެސް ހުސްނާއަށް ގުޑައިވެސް ނުލެވިފައި އިނެވެ.
“ހުސްނާ…..”
އަނެއްކާވެސް އެ އަޑު ތަންކޮޅެއް ބާރަށް އިވުނެވެ. ހުސްނާއަށް ގުޑިލަންވެސް ކެރުނީ އެހިސާބުންނެވެ. މަޑުމަޑުން އަތުގައި އޮތް 2 ގަނޑު ފޮތަށް ލުމަށްފަހު ކުޑަދޮރާއި ދިމާއަށް މަޑު ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތެވެ. ހުސްނާ ކުޑަދޮރާއި އަރާ ހަމަވުމުން މަޑުމަޑުން ބޯދިއްކޮށްލިއެވެ. ބަންގި އަދި ނުގޮވި ނަމަވެސް މުޅި ގޯތިތެރެވެސް އޮތީ އަނދިރިކޮންނެވެ. ހުސްނާ ކަނާތް ފަރާތަށް ބަލާލިއެވެ. އެއްވެސް އެއްޗެއް ނެތެވެ. ހިންދިރުވާލުމަށްފަހު ހުސްނާ ވާތްފަރާތަށް ބަލާލިއެވެ.
އޭރު މޫނާއި މޫނު ޖެހޭހާ ކައިރީގައި ކަޅުކުލައިގެ އެއްޗެއް ހުއްޓެވެ.
ހުސްނާގެ ދެލޯ ނިއްކުރިއަށް އަރައިގެން ދިޔައެވެ. ހަޅޭލަވަން އަނގަ ހުޅުވާލި ނަމަވެސް އެއްވެސް އަޑެއް ބޭރެއް ނުވިއެވެ. އެ އެއްޗެއް އެ އެތީގެ އަނގުރު ކުލައިގެ ދެލޮލުން ހުސްނާއާއި ދިމާއަށް ކަޅިވެސް ޖަހާނުލާ ބަލަހައްޓައިގެން ހުއްޓެވެ. ހަމައެވަގުތު މުދިންބެ މަޤްރިބު ނަމާދަށް ގޮވަން ފެށި އަޑު އިވެން ފެށިއެވެ. އެއާއެކީ އެ މަޚްލޫޤުވެސް ދުންގަނޑަކަށްވެ ގެއްލިއްޖެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



E vee kihineh!?
Dhen salaamai vaane baa?
Nhus huree suvaalu…. Btw mipart ves vrh vrh ree thi!
Lysssm 😘
Oooh.. so my guuess was correct. Eythi eii e fothuge thereyga hayyaru koffa in ehchekey. Yumna athun eythi minivan v..
Husna e ulhenee fanditha hadhan dhw. Ekam eythi minivan vyma dhn kihineh vaany??
Naseebeh kanneynge egadee maqrib bangi govikan. Ehen noon nama, cant even imagine what would happen
Btw, varah varah reethi ingey mi episode. Keep up the good work. Kon irakun next episode genesdheveynee??
Hi Oreo Gurl!
Yesss you had guessed correctly 😄
Let’s see what it decides to do since it’s free
V ufaavejje mi bai ves kamudhiyaeema🤗
Insha Allah maadhama kiyaaleveyne next part
Thank you for your support 🫶🤍🤍
Mi part ves v Reethi Maashaa Allah 💗
OMG e vy kihineth?
The jini fothuthery hayaru vefa dho E inee
And yumna released it 😱😭
Oh nooooooooo
Dhen vaany kihineth kameh imagine ves nukurevey 😥
OK so that jini is a big threat to that family dho 😨
So this is what I think husna was getting Ready to banish the jini for ever but yumna accidentally released it and I don’t think much harm is going to yumna cuz she released it and husna was the one who hayyaru Kuree so it’s probably mad at her
And I don’t think faraa knows about it cuz she didn’t mention it and that thing would always try to kill husna but she gets saved every time like the first time and faraa will be trying to protect yumna and husna would ask faraa for help and she would first deni but then yumna would beg her and she would agree
this is what I think
Just random what if going on my head 😅
I wonder why I can’t think like this in dhivehi vaahaka paper (exam) 😭😂😂
But when I read your story it hits me
Tc
Lysm❤️❤️
Hii Kudu!
Yep that Jinni is finally out😨
That’s a pretty good theory you have there and honestly that would fit so well😅
Even if I might write stories like this on the website I’m completely blank when it comes to the exams too😭😭😭
Im glad my stories helped you🤗🤗
Thank you so much for the sweet comment!🥹🤍🫶
Hey Eekko!!
Let’s see if either of them escapes🥲
I’m so glad you like it!!🤍🫶