Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުން

ފަންވަރު 02

eddie
eddie Level 110 Stories
August 12, 2025 8 Mins Read
0 Comments

ރަޙީމް ބާއި:-(ތުބުޅީގައި އަތް އުގުޅާލުމަށް ފަހު ) އިހަށް ނިކަން މަރުވިޔަދީބަލާށެވެ. އޭރުން ބުނި ވަރަކަށް ސައި ދީފަނަމެވެ.އަންހެނުންނަކީ ފަސޭހައަކުން މަރުވާ ބައެއްވެސް ނޫނެވެ . އަހަރެން އެންމެ ފިކުރު ބޮޑުވަނީ އެނާ މަރުނުވެދާނެތިއެވެ.ޝީރާޒީ :-(ހީގެންފައި ) ތިޔަބުނީ ރަގަޅޫ ވާހަކައެކެވެ.އެންހެންގެ ފުރާނަ ތިޔަހާ ވަރުގަދަ ނޫން ކަމުގެ ހެއްކަކީ ވިދިވިދިގެން ކަލޭގެ އެތައް އަބިންނެއް މަރުވެއްޖެއެވެ.ކަލޭ އަދިވެސް ތިޔަހުރީ ހެޔޮ ޚާލުގައެވެ.ބުނެބަލާށެވެ.  ފަހުން އިން ކުއްޖާ މިގެއަށް އަންނާނީ ކީހާތާކު ހެއްޔެވެ.ރާޙީމް ބާއި:-ގިނަ ދުވަހެއް ނުވެ އަތުވެދާނެއެވެ.މިހާރުވީ އޭނާގެ ގޭގައެވެ.މަށަ ށް ފިކުރު ބޮޑުވެފައިވަނީ ކިޝްވަރުގެ ޙާލާއި މެދުގައެވެ . އޭނާ މަރުއްޖެ ކަމުގެ ޙަބަރު ނުލިބިގެންނެވެ

. ޝީރާޒީ:-(ސަމާސާ އަށް ) ފިކުރު ބޮޑުވާންވީ ކިއްވެގެން ހެއްޔެވެ.އެފަދަ ރީތި ކޮއްކޮ އެހާ ނުރައްކާތެރި ބައްޔެއްގައި އޮތް ހިދު ފިކުރު ބޮޑުވާނޭ ކަން ކަށަވަރެވެ.އާދަ ކާދަކާދައިގެ ގޮތުން ބޮޑު ބޭބެ އިންނަށް ހަރުފައޭ ކީޔާތި ވެސް އަހަރެން ވަނީ އަހާފައެވެ.ނުވަތަ ހަރުފަ އަށް ބޮޑުބޭބެގެ ނަމުން ނަންދެވިފައިވަނީ ކަންވެސް ނޭގެއެވެ . ރަޙީމް ބާއި:-ގަދަ އަޑުން ހީގެންފައި ‘ކަލެއަކީ ފަރިސީ އެއް ކަމުގައި ވީނަމަވެސް ސަމާސާ ވެސް ވެރިއަކީ މުތާއެވެ.މިހާތަނަށް ވާހަކަ ދިޔަތަނާ ގެގޭ ނޯކަރުކު ރިހީން ހަދާފައިވާ ކުޑަކުޑަ ތައްޓެއް ގައި ތެލިގިރާފެއް ބާއްވައިގެން އަތުވެއްޖެއެވެ. ރަޙީމް ބާއި ތުރުތުރު އަޅައަޅާ ހުރި އިގިލި ތަކަކުން މެސެޖް ކަޑާލުމަށްފަ ހު އިވޭ ވަރަށް މެސެޖް ކިޔާލައިފިއެވެ.އޭގައި ވަނީ ޚާލުވަރަށް ވެސް ބޮޑެވެ. ގަދަވޭނެ ކަމުގެ އުއްމީދެއް ނެތެވެ . މިފައިންނެވެ.ރަޙީމް ބާއީ ބުނެއެވެ.މާތްކަލާގެ ކުޅަދުންވަންތަ ކަމެވެ.ހަމަ އެ ޚަބަރެވެ.ހަމަ އެޚަބަރެވެ. އަހާ އަހާ ފޫހިވެއްޖެއެވެ.ގަދަވާނެ ކަމުގަ އުއްމީދެއް ނެތެވެ މިހެން އަންގާއިރު މިހާތަނަށް އެބުޅާގަޑު މަރުނެވެ އޮންނަނީ ކިހެނަކު ން ހެއްޔެވެ.ޝީރާޒީ:-(ހީލާފައި ) އުއްމީދު ކަޑާނުލާށެވެ.ލަހުން އަންނަ ކޮންމެ ކަމެއް ރަގަޅު ވާނެއެވެ.ދެން މިހާރު އަހަރެން ދަނީއެވެ.މާދަމާއަކު އަނެއް ދަުވަހަކު ކަލެއަށް މުބާރަކްބާދް ދިނުމުގެ ދަޑިވަޅު އަތުދާނެ ކަމަށް އުއްމީދު ކުރަމެވެ.ކަލޭގެ ނަސީބާމެދު އެހެން މީހުން ވެސް ދަހިވެތިވާހާވެއެވެ. އެފަދަ ބޮޑު މުދާ ގަޑެއްގެ ވެރިއަކަށް ވެދާނުއެވެ.މޮޓަރު ކުންފުނީގެ  ނުލާހިކު ބޮޑު ދެކުންފުންޏެވެ.ނުލާހިކު ބޮޑެތި އަދި މިޒަމާނުގެ ބާވިހަކަށް ގެއެވެ.އަދި ނަޤުދުން ފުރިހަމަ ފަރަނަ ލައްކަ ރުފިޔާއެވެ.ބިމުގެ ގޮތުން ބަލާއިރު ކުދި ކުދި ދިހަ ބާރަ ރަށެވެ.މަދު އެތިކޮޅެއް ހެއްޔެވެ.ޝީރާޒީ:-ތިޔައީވާ ތެދެކެވެ. އިބްރާހީމް އެފަދަ ކުއްލި ގޮތެއްގައި މަރުނުވިނަމަ އަހަރެންނަކީ ވަރަށް ވެސް ބޮޑު ނަސީބުވެރިއަކަށް ވީހެވެ އެކަމަކު އޭނާ މަރުވުމުން ދުނިޔެއިން އަހަރެން ވަނީ އެދުން ކެޑިފައެވެ.ޝީރާޒީ :ـ އެކަން އެހެން ހިގުމުގައި ވެސް ގުދުރަތުގެ ކޮންމެވެސް މަޞްލަހަތެއް ވާނެއެވެ.ރަޙީމްބާައި :-ތިޔައިވާ ތެދެކެވެ.އެކަމަކު އެލާދެއް ނެތުމުން މުދަލުގަގެވެސް މަޖަލެއް ނެތެވެ. ޝީރާޒީ :-މާޔޫސްވަނީ ކީއްވެގެން ހެއްޔެވެ.ކަލޭގެ ޒުވާން އައު އަބިމީހާ އެތަން ފޫބައްދައިދީފާނެއެވެ

.ރަހީމްބާއި :- (މާނޭވައްލާފައި ) އެކަމަކު އިބްރާހިމް ކަހަލަ ކުއްޖަކު ލިބޭނީ ކޮންތާކުން ހެއްޔެވެ .އެއީވާ މައްސަލައެކެވެ. މިހެން ބުނެފައި ބޮޑު ކޯމަހެއް ހެން ރަޙީމް ބާއި އެނެއް މާނޭވާލައިފިއެވެ.އަދި އޭނާގެ ދެއަތުން ބޮލުގައި ހިފަހައްޓައިގެން އިންއިރު އެނާގެ އެކަނިވެރި ލޮލުން ކަރުނަތައް އޮހޮރެއެވެ.ގުދުރަތް ތެރި ކަމަކިވެސް އަޖައިބެއް ކަހަލަ ކަމެކެވެ.ފެންނަ ފެނުމުގައި ދިމާ އިދިކޮޅު ދެއެއްޗެއް އެކުވެގެން ވެސް ފިތުރަތުގެ ބާރުތައް ފައުޅުވެދެއެވެ. ފަރުބަދައިގެ ހިލަ ތަކުގެ މެދުން ފެންކޯރުތައް ނިކުންނަ ފަދައިން ހަރުކަށި ގަދަފަދަ  ހިތް ތަކުގެ ވެރިންގެ ލޮލުން ކުރުނައެވެ.މުދައުވެރި ކަންތޯއެވެ.މީހުންގެ ފުރާނަތައް އެއަށްޓަކައި ޤުރުބާންކުރާ މުދައުވެރި ކަން ގިނަ ފަހަރަށް ވެފައިވަނީ އެމީހުންގެ އަރާމު ދެނެވި އެއްޗަކަށް ނޫނެވެ.އަދި ކީއްތޯއެވެ ފައިސާވެރި ކަމާއި ހިތްހަމަ ޖެހުމާއިހަމަ އެކަނި އެއް މާނައެއްގައިވާ ދެލަފްޒް ކަމަށް ނުވަނީއަކީ ނޫނެވެ.ގިނަފަހަރަށް އެކަތި އެނެކަތީގެ އިދިކޮޅު ކަމުގައި ވެސް ވަނީ އެވެ.ފުރިހަމަ ގުދުރަތް ތެރިކަމުގެ ތިލަފަތުގެ ދޮކޮޅު އެއްވަރު ކުރެއްވުން ހުރިހާ ފަރާތްތަކަށްމެ  ދަނީ އިންސާފު ކުރަމުންނެވެ.ފައިސާވެރިންނާއި ފަގީރުން’ދޮންމީހުން ނާއި ‘ކަޅުމީހުން’މުސްކުޅިންނާއި ‘ޒުވާނުން ‘ރީތި މީހުންނާއި ހުތުރު މީހުން އެއްގޮތަކުން ނޫނީވިއްޔާ އެނެއް ގޮތަކުން ހަމަހަމަ ކުރަމުންނެވެ .ކާލާންގެ ކުޅަދުންވަންތަވެރި ކަމުގެ މައްޗަށް ފަުރިހަމަ އަށް ވިސްނާ ވަޑައިގެން ބައްލަވާށެވެ އެއްވެސް އުނިކަމެއް އެއްވެސް ބޭއިންސާފެއް އަދި ކިތަންމެ ކުޑަވިއަސް އައިބެއް ދަުވަހަކުވެސް އުނިކަމަކީ އަޅުގަޑުމެން ގެ ވިސްނުމާއި ބެލުމުގެ ހުރި އުނިކަމެވެ.

 

                                   ބާބު 3

އިޝްޤުސޭ ޠަބީޢުތުނޭ ޒެސްތުކާ މަޒާ ޕާޔާ 

               ދަރުދުކީ ދަވާޕާއީ ދަރްދުކާ ދަވާ ޕާޔާ 

 މިއީ އަންވަރު އެގޮތަށް އިންނަތާ ހަތަރު ވަނަ ރެއެވެ.ވަގުތަކީ ތިނެއް ޖެހިއިރެވެ . ވަށައިގެން ވަނީ ހަމަހިމޭން ކަމެވެ.ކޮޓަރީގައި ބައްތި ދިއްލާފައި ހުރި ކުމުގައި ވިއަސް އެވަނީ ވަރަށް ވެސް ކަނިކޮށްލާފައެވެ. ކިޝްވަރު ހުން މިހާރު ވަރަށް މަޑު ވެއްޖެއެވެ އޭނާއަށް އަދިވެސް އޮތީ ނިދިފައެވެ.ބަލިވީއްސުރެ އާދައިގެ ގޮތެއްގައި ފުރަތަމަ އޭނާއަށް ނިދުނު ރެއަކީ މިއެވެ.ކިޝްވަރު އޮތް އެދުގެ ކައިރީގައި ހުރި ސަރަންފީ ގޮޑިއެއް ގައި އަންވަރު އުންމީދުން ފުރިގެންވާ ނަޒަރަކުން އެލަތީފު އަންހެން ކުއްޖާ އައި ދިމާއަށް ބަލަހައްޓައިގެން އިނެވެ.އަންވަރު އިން ގޮޑީގެ ކަރީގައި ބިންމަތީގައި މުސްކުޅިޔާ އޯށޯވެ ކުރުގެޅިގެން އޮތެވެ . އެތައް ރެއެކަށް ފަހު އެދައިތަގެ ލޯވެސް ފަުރަތަމަ މެރިލީ ވަގުތަކީ މިއެވެ.އަންވަރު ގެ ހިތައް ވެއަތުވެ ދިޔަ ދެތިން ދުވަހުންގެ ތެރޭގައި އަޖައިބެއް ފަދަ ގޮތް ތަކެއް ވެގެން ހިގައްޖެއެވެ މިހެނީ ކިޝްވަރު އޮތް ގެއަށް އޭނާ އެންމެ ފުރަތަމަ ވަނީ އޭނާގެ ފުރިހަމަ އަމިއްލަ އިޚްތިޔާރުގައެވެ.ކިޝްވަރުގެ ހާލު ބެލުމަށް އޭނާ ފުރަތަމަ މަޑުކޮށްލި މަޑުކޮށްލުމުގައި އިޙްތިޔާރާއި މަޖްބޫރު ވުން އެކުވެފައިވެއެވެ. އެކަމަކު މިދެތިން ދުވަހެއްގެ ތެރޭގައި އޭނާގެ ވާނަމަ އިޙްތިޔާރެއް މުޅިން ހުސްވެއްޖެ.އަދި މިހާރު އޭނާ ވަނީ  މަޖްބޫރު ވެފައެވެ. މުޅިން މަޖްބޫރު ވެފައެވެ.އަމިއްލަ ހިތާހުރެއެވެ.ހިތް ލޯތްބާހުރެއެވެ.ލޯބި ކިޝްވަރުގެ އާދަޔާޙިލާފް ރީތިކަމާއި ޖަޒްބާތުން ފަުރިގެންވާ ހާލާއި ހުރެއެވެ.ހަމްދަރްދީ އާއި ލޯތްބާއި ދެމެދުގައި ވަނީ ވަރަށް ވެސް ކުޑަކުޑަ ތަންކޮޅެކެވެ.ހަމްދަރްދީ ތަރައްޤީ ވުމުގެ އެންމެ ފަހު މަންޒިލަކީ ލޯތްބެވެ.އެކަމަކު ހަމްދަރުދީގެ ސަރަޙައްދު ނިމޭ ވަކި މިވެނި ހިސާބަކާއި ލޯބީގެ ސަރަޙައްދު ފެށޭ ވަކި ހިސާބެއްް ބަޔާން ކޮށް އެންގުމަކީ ވަރަށް ވެސް އުދަގޫ ކަމެކެވެ. ގަޑިން ހަތަރެއް ޖަހަފިއެވެ. ކިޝްވަރު ފޮރޮޅިލާފައި އަނެއްކާވެސް ނިދައިފިއެވެ.އިރުކޮޅެއްވީތަނާ މުސްކުޅި އަންހެންމީހާ ކެއްސާއިގެންފިއެވެ. އެވަގުތު އެނެއްކާވެސް ކިޝްވަރު މޯޅިއަކަށް ދެމިލިއެވެ.އަދި މިފަހަރު އޭނާއަށްވެސް ހޭލިވިއްޖެއެ ވެ.އެލެކްޓްރިކް ގެ އަސަރު ކުރުވަނިވި ބާރުތައް އެލޮކަކަށް ވެރިވެފައިވާ ރީތި ދެލޮލުގެ ފެނުމުގެ ބާރު ކުއްލިއަކަށް ގޮސް ހުއްޓުނީ އަންވަރުގެ މޫނު މައްޗަށެވެ.އެހުއްޓުނު ގޮތަށް އިރުކޮޅެއް ވަންދެން އެހެން އެއްވެސް ފަރާތަކަށް އެބުރުމެއް ނެތި ހުރެއްޖެއެވެ.ލޮލުގެ ވިދުވަރު މަޑުމަޑުން ގަދަވަމުން ދިޔަ ދިއުން ބުއްދިއާއި ވިސްނުމުގެ ބާރުތައް އެބުރި އަންނަނީ ކަން ހެކިދޭ ހާލުގައެވެ.އަންވަރު :-(އުފަލުން ހިނިތުންވެފައި)ކޮން ހާލެއްތޯއެވެ.މިހާރު ރަގަޅުކަމަށް ހީކުރަމެވެ.  ކިޝްވަރު :- (އަންވަރާއި ދިމާއަށް ބޮޑުކޮށްފައިވާ ދެލޮލަކުން ބަލަމުން އަދި ލަސްލަހުން)ހާލެހެއްޔެވެ….ރަގަޅެވެ…..އެކަމަކު ކެލޭ ތިޔައީ …..؟އަންވަރު :-އަޅުގަޑެއް ދެނެއް ނުލައްވާނުއެވެ. އަޅުގަޑު އައީ އިބްރާހީމް ބައްދަލުވާށެވެ. ކިޝްވަރު:- އިބްރާހީމް!(ނިތްކުރީގައި މަޑުމަޑުން އަތް އުގުޅަމުން)އެކަމަކު އިބްރާހިމް ނިޔާވެއްޖެ ކަމެއް އެގިލައްވާފައެއް ނުވޭތޯ އެވެ.<އަންވަރު:-އަޅުގަދު ދެނަޚުރީމެވެ.އަދި އެކަމާމެދު ކޮޅެނެތްކޮޅަށް ހިތާމަވެސް ކުރަމެވެ.އެކަމަކު އަޅުގަޑަށް އުފާ ލިބުނު ކަމަކީ ނިހާޔަތުގެ ދަރަޖައަށް ހިތް ހަމަޖެހުނު ކަމަކީ ކަލާގެ ހާލު ރަގަޅުވީމައެވެ.ކިޝްވަރު :- މަންމަ ކޮބައިތޯއެވެ.؟މަންމަ ދެނެއެއް ނުލައްވަމުތޯއެވެ.މިހެން ކިޝްވަރު ބުނުމުން އަންވަރު އެ މުސްކުޅިޔާ ހޭލައްވާލާއިފިއެވެ.އޭނާ ތެދުވީ ސިހިގެން ގޮސްފައެވެ.ތެދުވެ ފުރަތަމައި ން ފެށީ ދެލޮލުގައި އަތް އުގުޅާށެވެ.ދެން ލަސް ލަހުން ރަގަޅަށް ލޯ ހުޅުވި ކިޝްވަރު އޭނާގެ ބަލި އަޑުން ބުންޏެވެ. މަންމާއެވެ!”އުއްމީދު ކެޑިފައިވާ ބޮޑު ފާފަވެރިއަކަށް އެމީހާގެ އުއްމީދު ގައިވާ ގޮތާއި ޙިލާފަށް ކުއްލިއަކަށް ހުރިހާ ފާފަ ތައް މާތްރަސްކަލާންގެ ފުއްސަވާ ދެއްވިއަސް ކިޝްވަރުގެ  ލަފްޒުން މުސްކުޅިޔާ އަށް ލިބުނުފަދަ އުފަލެއް ލިބޭނެ ކަމެއް ނޭގެއެވެ.އޭނާގެ ދުލުވެސް ބޭރުވީ ހަމަ ދެބަހެއެވެ.”އަހަރެންގެ ދަރިފުޅާއެވެ.މިހެން ބުނުމުން އެދައިތަ ތެދުވެއްޖެއެވެ ތެދުވަނިކޮށް އަރިއަޅާލައިގެން ވެއްޓިއްޖެއެވެ. އެނެއްކާވެސް ތެދުވެއްޖެއެވެ މިފަރު ތެދުވެ ކިޝްވަރުގެ ގައިގާ ހިފަގެންފިއެވެ

.އަދި ކިޝްވަރުގެ ނިތްކުރި އާއި މޫނާއި އިސްތަށިގަޑާއި އެތަން މިތާގައި ބޮސްދޭން ފަށައިފިއެވެ ޚަގީގަތަކީ އުފަލުން ގޮސް އެދައިތަ އަށް ކުރެވުނު ނުކުރެވުނު ކަމެއް ކިޔުނު ނުކިޔުނު އެއްޗެއް ފުރިހަމައަށް ބިޔާން ކުރާކަށް ކުޅަދަނަ އެއް ނުވެއޭ ދެންވުމެވެ.އެކަމަކު އިރުގަޑެއް ވުމަށްފަހު ކިޝްވަރާއި އެދައިތަ ވަކިވިއިރު އަޖައިބެއް ފަދަ މަންޒަރެއް ފެނިފެނި ހުއްޓެވެ އާދޭހެވެ!އޭރު އެނާ އެކުއެކީގައި ދަނީ ރޮމުންނާއި ހެމުންނެވެ.ލޮލުން ފައިބަނީ ކަރުނަ ތަކެވެ.މޫނުމަތި ވަނީ ހިނިތުން ވުމަކުން ފުރިފައެވެ.ކިޝްވަރު:- މަންމާ އޭ! އަހަރެން ރަގަޅުވެއްޖެއެވެ.މުސްކުޅިޔާ :-ދަރިފުޅާއޭ! މާތްރަސްކާގެ ކަލޭ ރަގަޅު ކުރައްވާށިއެވެ. ފުރިހަމަ ޞިއްޙަތެއް ދެއްވާށިއެވެ. އެތައް ހާސް އެތައް ލައްކައަހަރެއްގެ އުމުރު ދެއްވާށިއެވެ.އޭ މާތްރަސްކާލާކޯއެވެ. އިބަސުވާމީންގެ ކިބައަށް އެތައް ލައްކަ ފަށުން ޝުކުރު އަދާ ކުރާނީ ކޮން ދުލަކުންތޯއެވެ .މިހެން ބުނެފައި އެދައިތަ އެނެއްކާވެސް ކިޝްވަރުގެ ގައިގައި ހިފައިގެންފިއެވެ.މިތެދުވެރި ލޯބީގެ މަންޒަރު ދެކެފައި އަންވަރުގެ ހިތްވެސް އުފުލާއި އަދި ތަފާތު އަސަރުތަކުން ފުރިއްޖެއެވެ. އެނާގެ ހިތަށް ވެރިވީ އަސަރުތައް ފައުޅުވިޔަ ނުދިނުމަށްޓަކައި އޮކޮޓަރީގެ ބޭރަށް ނުކުމެގެން ހިގައްޖެއެވެ އެގޮސް ކުރިކަމަކީ އޭނާގެ ލޮލުން އައިސްފައިވާ އުފާވެރި ކަމުގެ ކަރުނަތައް ފޮހުނީއެވެ.މީއީވެސް ފިތުރަތުގެ ކިހާބޮޑު އަޖައިބެއްތޯއެވެ ؟ކޮޅެނެތް ކޮޅަށް ހިތާމަ ލިބުމާއި ކޮޅެށް އުފާ ވުމުގެ ހެކި ދައްކަނީ އެއް ސޫރައެއްގައެވެ.ކިޝްވަރު :-މަންމާ އެވެ!މިތާ އިށީދެއިނީ ކާކުހެއްޔެވެ ؟އެއީ ފަހެ ޑަކްޓަރ ހެއްޔެވެ ؟. މުސްކުޅިޔާ :- ނޫނެކެވެ ދަރިފުޅާއެވެ!ކަލެއަށް ބޭސްކޮށްދެއްވީ ޑަކްޓަރ ވާދިޔާއެވެ. ކިޝްވަރު:-ތިހެންކަމަށްވަންޏާ ދެން އެއީ ކާކު ހެއްޔެވެ؟މުސްކުޅިޔާ :- އައްދޭ އެއީހޭ ؟އެއީ ކާކުކަން އަހަރެން ބުނެދޭނީ ކިހެނަކުން ހެއްޔެވެ.އެގޮތް ދެނެވޮޑިގެންވާނީ މާތްރަސްކަލާ ންގެއެވެ.އަހަންނަށް އެގޭ ވަރަކީ އެއީ މަލާއިކަތެއް ކަމެވެ.އެއީވާ މަލާއިކަ ތެކެވެ.

ކިސްވަރު:-ހައިރާންވެފައި މަލައިކަތެއް ހެއްޔެވެ؟ކުޑައިކޮށް ހީލާފައި އެކަމަކު އަހަރެމެންނަށް އިވިފައިވަނީ މަލައިކުންގެ ވިއްޔާ ފިޔަފުޅު ހުންނާނެ ކަމެވެ.މުސްކުޅިޔާ :-ތަވްބާ ވާށެ ދަރިފުޅާއޭ !އެއީ ޚަޤީޤަތުގައި މަލާއިކަތެއް ނޫނެވެ.މީހާ އެއީ އިންސާނެކެވެ.އެކަމަކު އޭނާގައިވާ ހުރިހާ ސިފައަކީ މަލާއިކަތުންގެ މާތް ސިފަތަކެވެ.ކަލޭ ބަލި ހާލު ބެލެހެއްޓުމަށް ޓަކައި އެކަލާނގެ ހަޞްރަތުން މިތަނަށް އޭނާ ފޮނުއްވެވީ މާތްރަސްކަލާންގެ ކަން ކަށަވަރެވެ. ކިޝްވަރު:-އަހަރެން ގެ ޚާލު ބެލެހެއްޓުމަށް ޓަކައޭ ހެއްޔެވެ.އެނާ އަހަރެންގެ ބަލިހާލުވެސް ބެލިހެއްޔެވެ.މުސްކުޅިޔާ :-ބަލިހާލޭ ހެއްޔެވެ.އަހަރެންގެ މިވީ ދިގު އުމުރުގައި މީހަކު އެނެކެއްގެ މައްޗަސް އެގޮތަށް ޤުރުބާން ވަނިކޮށެއް ނުދެކެމެވެ.އެނާ ކަލޭގެ ހާލުބެލި ދުވާލަކީ ދުވާލުކަން ރޭގަޑަކީ ރޭގަޑުކަން ދެތުމެއް ނެތިއެވެ.މީހަކު އެމީހެއްގެ އެއްބަޑު މީހަކާއި މެދުވެސް އެފަދަ އެހީތެރި ޚިދުމަތްތެރި ގޮތެއް އަދި ލޯބިވެރި ކަމެއް ނުބަހައްޓާނެއެވެ. އަހަރެންވަ ހިތުން ސާބަސްދިދީ އަވަދިވެއްޖެއެވެ.ކިޝްވަރު:-(ހިތްގައި މު ވެފައި ) އޭއީ ކާކުހެއްޔެވެ.އަދި މިގެއަށް އައީ ކިހިނަކުން ހެއްޔެވެ؟ މުސްކުޅިޔާ :ـއޭނާއަކީ އިބްރާހީމްގެ ރަޙްމަތްތެރިއެކެވެ.ބުމްބާ އާށް ދަނިކޮށް ކުއްލިއަކަށް އެނާގެ މޮޓަރު ހަލާކުވީއެވެ ދެން މިގެއަށް އާއި ހަމައެކެނި އެރޭ  ހޭދަކޮށްލުމަށް ޓަކައެވެ.އެކަމަކު މިތަނަށް އައުމުން އޭނާއަށް ފެނުނީ އަދި އެހެން ޗާޓެކެވެ.ދެން ފުރަތަމަ ރޭގެ ހަތަރު ދަމު ވެސް އޭނާ ހޭދަ ކޮށްލީ ކަލޭގެ ކަރީގައެވެ.ހެދުނު ގޮސް މޮޓަރު ހަދައިގެ ން ގެނެސްފިއެވެ. އެމޮޓަރު އޮތުމުގެ ސަބަބުން ޑަކްޓަރ ގޮސް އައިސް ވުމަށާއި ބޭސްގެނައުމަށް ވެސް ނުހަނު ފަސޭހަކަން ލިބިއްޖެއެވެ. ކޮންމެ އަކަސް މުސްކުޅިޔާ އޭނާގެ އަމިއްލަ ރާގުގައި ކަން ހިގި ގޮތް އަލިފުން ފެށިގެން ޔާޔަށް ކިޝްވަރަށް ބާޔާންކޮށްދީފިއެވެ.އެވާހަކަ ތަކުން އަންވަރުގެ އިޙްލާސްތެރި ކަމާއި ވާފަތެރިކަމާއި އަދި ކިޝްވަރުގެ މައްޗަށް އެނާ ބެހެއްޓި އޯގާވެރިކަން ކިޝްވަރަށް ތަފްޞީލް ކޮށް އެގިއްޖެއެވެ.ބޯ އަބުރައިގަނެގެން ބައެއް ރޭރޭ ކިޝްވަރު ތެދުވުމުން އަންވަރު ހިފަހައްޓައިގެން ގަދަ ކަމުން އޭނާ އެދުގައި ބާއްވާ ކަމާއި ހޭނެތިފައިވާ ހާލުގައި އަންވަރު އަތުގައި ހިފައިގެން ގޮސް އެނާގެ އަދައަދާ އޮތް ކޮލުގައި އަތް ޖެއްސުވޭ ކަން ވެސް އޭނާއަށް އެގުނެވެ.އަދި ބައެއް ފަހަރަށް ހުން ގަދަވެގެން ގޮސް ކުއްލިއަކަށް ތެދުވާ ހާލު އަންވަރު އެނާގެ މޭގައި ކިޝްވަރު ލައްކޮލައިގެން އިދެ ފެންބޯންދޭ ކަމާއި ކިޝްވަރުގެ ހޭވިފައިވާ އަސްތަށިގަޑު ރަގަޅުކޮށްދޭކަން ވެސް އެގުނެވެ. އަދި ބޭއިޙްތިޔާރުގައި ކިޝްވަރު އޭނާގެ ބޯ އަންވަރުގެ ކޮޑުމަތީގައި ބާއްވައިގެން އިންނަކަން ވެސް އެގުނެވެ . މިހެންގޮސް އެބަލިހާލުގެ ތެރޭގައި އިޙްތިޔާރެއް ނެތި ކަން ހިގާފައިވާ ގޮތްތައް އެގުމުން ބަލިގެ ސަބަބުން ރީދޫ ވެލާފައިވާ ކިޝްވަރުގެ މޫނުމައްޗަށް މަޑުމަޑު ފިޔާތޮށި ކުލައެއް ވެރިވާން ފަށައިފިއެވެ އަދި ލަދުން އެނާ ދާހިއްލައިވެސް ގެންޖެއެވެ.އެތައް އިރެއް ވަންދެން އިގިލި ކުރީގައި ދައިގަނެގެން ފުން ޚިޔާލު ތަކުގެ ތެރެއަށް ގެއްލިފައި އެނާ އިދެއްޖެވެ.ހައިރާން ކަމުގެ ބެދެއް ފަދައިންނެވެ.މުސްކުޅި އަންހެން ދައިތަ އަކީ މިބާވަތުގެ މައްސަލަ ތަކުގައި އަޑިއަށް ވިސްނުމެއް ފޯރުވޭ މީހެއް ނޫނެވެ މިހެންކަމު ން އޭނާއަށް ހީވީ ކިޝްވަރު އޭނީ ވާހަކަ ދައްކާ ދައްކާ ވަރުބަލިވެގެން ކަމުގައެވެ.”ދެން ގިނަ ވާހަކަ ނުދައްކާށެވެ.އަހަރެން ސައިތައްޓެއް ހަދައިގެން އަންނާނަމެވެ.ބެނެފައި ހިގައްޖެއެވެ.އެދައިތަ ދިޔަފަހުން ވެސް ކިޝްވަރު އެތައް އިރެއްވަންދެން ޚިޔާލު ތަކުގެ ތެރެއަށް ފެތިފައި އިނެވެ.އެޙިޔާލު ތަކުން  އޭނާއަށް އުފާވެސް ލިބެއެވެ.ޚައިރާންވެސް ވެއެވެ އަދި އޭނާގެ ނާރު ތަކުގައި ހިގަާލޭ އަދަޔާ ޙިލާފް ގޮތަކަށް ބަދަލުވަމުންދާ ކަމަށްވެސް އޭނާ އަށް ވިސްނެއެވެ . އެނާގެ ހިތުގައި ތަފާތު ޖަޒްބާތު ތަކެއްގެ ރާޅުތައް ވިދުވަރެއް ފަދައިން ދަނީ ފެނިގެއްލެމު ންނެވެ.ކިޝްވަރުގެ އުންމީދުތަކުން ފުރިގެންވާ (އެކަމަކު މިހާތަނަށް އަދިރި ވެފައިއޮތް )އުދަރެހުން އަރަން އުޅޭ ލޯބީގެ އިރުގެ ކުލަގަދަ ދޯދި ތައް ފަުރަތަމަ ފަހަރު އޭނާގެ ޙަޔާތުގެ ދަވަނީގައި ބޮސްދެނީކަންނޭގެއެ ވެ.އޭނާގެ ހިތާމަ ތަކުން ފުރިފައިވާ ދުނިޔޭގެ އުޑުން އަލިކުރާނެ އުޖާލާ ތަރި ފައުޅުވެދާނޭ ކަމުގެ އުފާވެރި ޚަބަރެއް ދޭނީ ކަންނޭގެއެވެ.ނޮފޮޅޭ މަލެއް ކަމުގައިވާ އޭނާގެ ހިތާއި ‘ފަތިހުގެ ވައި ރޯޅި ސަމާސާ ކުރަމުން ބުނަނީ ކަންވެސް ނޭގެއެވެ.” އެނިދީގައި މަސްތުވެފައިވާ ރީތި މާލާއެވެ !ހޭލާށެވެ.ކާލެގެ ފަރިވެ ފޮޅުމުގެ ވަގުތު ވަރަށްވެސް ގާތްވެއްޖެއެވެ. 

                            ބާބު4

                       ތާޖުމަޚްލު ހޮޓަލު 

ކިޝްވަރަށް މުޅިން ފަސޭހަ ވެގެން އަންވަރާއި އެކުގައި ބުމްބާ އަށް އަތުވެއްޖެއެވެ.މިފަހަރު ކިޝްވަރު މަޑުކޮށްލުމާށް ޤަޞްދު ކުރީ ތާޖުމަޙައްލު ހޮޓަލުލްގެ ދެވަނަ ބުރީގައިވާ ކޮޓަރި އެއްގައެވެ . މުސްކުޅި އަންހެންމީހާވެސް އިންނަނީ އެކޮޓަރީގައެވެ.އަންވަރޭތޯއެވެ. މިޚާދިސާ ތައް ފެށުމުގެ ކުރިއެކޭ ވެސް އެއްފަދައިން ޤާސިމްބާއިގެ ކުންފުނީގައި އޭނާގެ މަސައްކަތް ފަށައިފިއެވެ.އޭނާ ހުންނަނީވެސް އެކުންފުނީގެ ކޮޓަރިއެއްގައެވެ.އެކަމަކު ފުރުސަތު ލިބޭ ކޮންމެ ވަގުތުއްގައި އޭނާ ހޭދަކުރަނީ ކިޝްވަރުގެ ގާތުގައެވެ.ކިޝްވަރުވެސް އަންވަރަށް އިންތިޒާ ރު ކުރަނީ އޭނާ ފެނުމަށް ހިތުގެ އަޑީގައިވާ ފުން އެދުމާއެކުގައެވެ. މިހާރުވެސް އެދެ ކުދިން ތިބީ ތާޖު މަހައްލު ހޮޓަލުގައި އެކަކު އެނެކަކާއި ވާހަކަ ދެއްކުމުށެވެ.ކިޝްވަރު :-މިހާރުދެން ފަހެއްވެސް ޖަހައިފިއެވެ.ވީމާ ކޮންމެވެސް ތަކަށް ގޮސް ބަލަމާ ހިންގަވާށެވެ.އަންވަރު:- މިއަދު އަޅުގަޑު ޤަސްދު ކުރަނީ އަޅުގަޑުގެ އެންމެ ބޮޑު ރަޙްމަތްތެރިޔާ އާއި ބައްދަލުކުރުމަށެވެ.އޭނާގެ ނަމަކީ މުމްތާޒެވެ.އޭނާއަކީ އޭނާއަކީ ބުމްބާގެ ވިޔަފާރިވެރިންގެ ޝާހްޒާދާ އެވެ.މަތިވެރި ދަރަޖަ އަކަށް ތަޢްލީމު ލިބި ގެން ހުންނެވި ވިސްނުންތޫނު އުފާވެރި މިޒާޖެއްގެ ބޭކަލެކެވެ . އަދި އޭނާގެ އަބިކަބަލުން އަޒްރާ އަކީ ވެސް ވަރަށް މާތް އަޙްލާގެއްގެ ވެރި ތަޢްލީމް ލިބިވެންވާ ރީތި އަންހެން ކުއްޖެކެވެ.އެދެކަބަލުންނާއި ބައްދަލު ވުމުން ކިޝްވަރަށް ވަރަށް ޚާއްސަ އުފަލެއް ލިބޭނެކަން ކަށަވަރެވެ.ކިޝްވަރު :- ކޮންމެހެން ވެސް ބައްަދަލުވާން ބޭނުމެވެ.އެއީ ކަލާގެ ވަރަށް އިހުގެވެސް ރަޙްމަތްތެރިންތޯއެވެ.އަންވަރު :-ވަރަށް ކުރީގެއެވެ.ހަމަ އެކަނި ރަޚްމަތްތެރިއަކީ ނޫނެވެ.އަދި ކީއްހެއްޔެވެ. …. މުމްތާޒު އައީ އަޅުގަޑުގެ ވަރަށް ވެސް ބޮޑު މުޙްސިނެކެވެ .އަޅުގަޑާއި މުމްތާޒުއައީ ތަޢްލީމް ޙާސިލް ކުރަމުން ގެންދިޔައީ ދިއްލީގައެވެ އަޅުގަޑުގެ ބޮޑުބޭބެ އަކީ ފާރިސީ ބަހުގެ ޕްރޮފިސަރ އެކެވެ.އަޅުގަޑު ވަރަށް ޅައިރު ގައި މައިންބަފައިން މަރުވެފައިވާކަމުން ހުރިހާވެސް ކަމެއް ބެލެހެއްޓުމުގެ ވެރިއަކަށް ހުންނެވީ އެބޮޑުބޭބެއެވެ.އަޅުގަޑު ހުންނަނީ ވެސް އެނާގެ އަރިހުގައެވެ.ނަސީބުގެ ދެރަކަމުން ކުއްލިއަކަށް ހިތް ހުއްޓުމެއްގެ ސަބަބުން ބޮޑުބޭބެ ނިޔާވެއްޖެ.

އެއިރު އަޅުގަޑަށް އޮތީ 16އަހަރަށެވެ. ކިޔަވަނީ 1ވަނަ އަހަރުގައެވެ.މުމްތާޒު އެއިރު އެމް.އޭ ގައެވެ.ކުއްލިއަކަށް ބޮޑު ބޭބެ ނިޔައު ވުމުގެ ސަބަބުން އަޅުގަޑު މުޅިން ޚައިރާން ވެއްޖެއެވެ .އެކަމަކު އެނުރައްކާތެރި ދަޑިވަޅުގައި ރަޙްމަތްތެރި ކަމުގެ ޙައްގު ފަުރިހަމަ އަށް މުމްތާޒު އަދާކުރައްވާން ފައްޓަވައިފިއެވެ.އަޅުގަޑު ހުރިހާ ޚަރަދަކާއި އެނާ ޚަވާލުވެ ލެއްވީ ކުޑަވެސް ފޫހި ކަމެއް ނެތި އުފާވެރި ކަމާއެކުގައެވެ.  އެމް.އޭގެ އިމްތިޙާނު ހެއްދެއްވިތަނާ މުމްތާޒުގެ ބައްޕަވެސް ނިޔާވެއްޖެ އެވެ. އަދި އޭނާގެ ތަނަވަސް ވިޔާފަރި އައީ ގިނަ ފައިސާ ތަކުގެ ވާރުތަވެރިކު ކަމުގައި މުމްތާޒު ވެއްޖެއެވެ.ނަތީޖާއަކަށްވީ އެކަންތައް ސަމާލުކުރެއްވުމަށްޓަކައި ބުމްބާ ދާން ޖެހުމެވެ.މިގޮތުގެ މަތީން ދުރުވިއިރު އޭނާ ދުރުވީ އަޅުގަޑުވެސް ގޮވައިގެންނެވެ ބުމްބާ ާއަށް އައިސް ވިޔަފާރީގެ ކޮލެޖް ގައި އަޅުގަޑުގެނަން ލިޔުއްވައިފިއެވެ

.އަދި އަޅު ގަޑު ހުންނަނީ ވެސް މުމްތާޒްގެ ގޭގައަވެ.އޭނާއާއި އޭނާގެ އަބިކަބަލުން އަޅުގަޑާއި މެދު ކަންތައް ބަހައްޓަވަނީ އެއްބަޑު އެއްބަފާ ކޮއްކޮއަކާއި މެދު ކަންތައް ބަހައްޓަވާނެ ގޮތަށެވެ.މިގޮތްމަތީން ހުންނަމުން އައިސް ބީ.އޭ ފާސް ވުމަށްފަހު މިރަށުގެ މަޝްހޫރު ވިޔަފާވެރިއަކު ކުމުގައިވާ ކަރީމް ބާއި ގާސިމް ބާއި ކުންފުނިގެ މޭނޭޖަރ އަކު ކަމުގައި އަޅުގަޑު ލެއް ވީވެސް މުމްތާޒްގެ އެހިގައެވެ މިނަންގަތް ވިޔަފާވެރިޔާ އަކީ’ގޭގެ ކުއްޔަށް ދިނުމާއި ފަރނީޗަރ ވިއްކުމުގެ ވަރަށްވެސް ބޮޑު ސޭޓެކެވެ.އެއިރުއްސު ރެން ފެށިގެން އަޅުގަޑު އުޅެމުންމިދަނީ އެކުންފުނީގެ މޭނޭޖަރު ކަމުގައެވެ  ކިޝްވަރު :- ކަލޭގެ ޙަޔާތުގެ ވާހަކަ އަކީ އޭގައި ހިތާމަ އެކުލެވިގެންވީ ނަމަވެސް ވަރަށް ވެސް ފޫހި ފިލާ ފާޑުގެ ވާހަކަ އެކެވެ.އަދި މުމްތާޒަކީ ދީލަތި މަތިވެރި ޚިޔާލު ތަކެއްގެ ވެރިއަކު ކަމުގައި ވިސްނޭމެއެވެ.  އަންވަރު :-އެކަމައި  މެދުކު އެއްވެސް ޝައްކެއް ނެތެވެ.އޭނާއަކީ ދީލަތި ހިތަކާއި ތަނަވަސް ސިކުޑިއެއްގެ ވެރިއެކެވެ.އަދި އެނާގެ ވާހަކަ ދެއްކުމަކީ ވަރަށްވެސް އާދަޔާޚިލާފަށް ހުންނަ ކަމެކެވެ.އެއީ ޢާއްމު ޙިޔާލު ތަކާއި ދިމާ އިދިކޮޅު މައުނައިން ފުރިފައިވާ ވާހަކަ ދެއްކުމެއް މެއެވެ . އޭނާ ވާހަކަ ދައްކާ އަޑު ފުރިތަމަ އަހާ މީހަކު އެންމެ ފުރަތަމަ ވަރަށް ބޮޑަށް ހައިރާން ވެސް ވާނެއެވެ.ކޮންމެއެކަސް އޭނާގެ ހިތަކީ ހަމަ ޚާއްޞަ ރަނުން އުފެދިފައިވާ އެއްޗެކެވެ……ހިންގަވާށެވެ.ތިރީގައި ކާރު ތައްޔާރަށް އެބައޮތެވެ. އަންވަރާއި ކިޝްވަރު ސުލްތާނާ ހޮޓަލުގެ ތިރީބުރިއަށް ފައިބައްޖެއެވެ.ކިޝްވަރުގެ މޫނުމަތިން ބައްޔެވެ އުޅުނު ކަމުގެ އަސަރު އަދިވެސް ފިލާނުދެއެވެ. ނަމަވެސް މަޑު ނާރިގު ކުލައިގެ ސާޅިއެއް ލައިގެ ން ހުރިއިރު އޭނާގެ ޒުވާން ކަމުގެ ރީތިކަން އާދަޙިލާފް ގޮތެއްގައި ވިދަ ވިދާ ހުއްޓެވެ.

ޝޫރު ވެސް ލަދުގަންނަވާލާ ފަދަ ރީތި އިސްކޮޅު ޖާޒުބިއްޔަތުން ފުރިގެންވާ ނާޒުކު ހަށިގަޑު ރަތްކުލަ ހިސާބަކާށް ގަދަވާން އުޅޭ ފިނިފެންމަލުގެ ކުލަ ‘ނުލާހިކު ބޯނަމަވެސް ފަށުވި ތަކެއް ފަދަ އިސްތަށިގަޑު ‘ދުނިދަޑިއެއްގެ ޙިޔާލު ކުރެވޭ ތުނިތުނި ފިނިފެންމާ ކުލައިގެ ތުންފަތް ހިތްހަކުވާ ފަދަ އިލެކްޓްރިކް ބާރު ލިބިގެންވާ ހިނިތުންވުން މިހުރިހާ ސިފަ ތެކެއް އެއްވެގެން ބަލާމީހުން އަންތަރީސް ކުރާހާވެއެވެ.ކޮންމެ މީހަކު ދެލޯ ބޮޑުކޮށްފައި އޭނާއާއި ދިމާއަށް އެބަލާއިގަންނަ ގޮތަށް ފެނުމުގެ ދާއިރާއިން ބޭރުވަންދެން ދަނީ ބަލަމުންނެވެ. ކިޝްވަރު ބޭރުފުށުގައި ރީތި ކަމާއި ވަދަ ކުރާ ވަރަށް ވިސްނުމުގެ ތޫނުކަންވެސް ވަނީ ހަމަޖެހިފައެވެ.

އޭނާ 1ވަނަ ދަރަޖައިގައި ބީ.އޭ ފާސްކުރީ މިދިޔަ އަހަރުއެވެ. އަންވަރު ކީއްރަންތޯ އެވެ؟ޢޭނާގެ ކައިރީގައި އިށީދެއްނަމަ ‘ދުނިޔޭގެ ކޮންމެ މީހަކުވެސް ހީކުރީހީ އެމީހަކީ ދުނިޔޭގައިވާ އެންމެ ނަސީބު ރަގަޅު މީހަކަމުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

eddie
Follow Me Written By

eddie

Level 110 Stories

Other Articles

Previous

މަޢާފް އެދެމުން 45

Next

އެކްޓަރ (ފަހުބައި)

Next
August 12, 2025

އެކްޓަރ (ފަހުބައި)

Previews
August 12, 2025

މަޢާފް އެދެމުން 45



All Right Reserved!