ފަންވަރު 01
އައްސަލާމް . ކިޔުންތެރިންގެ ސަމާލު ކަމަށް .. ފަންވަރު ގެ ވާހަކަ ދިގު މުއްދަތަކަށް މެދު ކެނޑުމަށް ފަހު އަނެއްކާ ވެސް މުޅިން އައު އެކައުންޓަކުން ފަންވަރު ސިލްސިލާ ވާހަކަ ފެށިގެން ދާނޭ ވާހަކަ ދަންނަ ވާލަން .. މި ފަހަރު ފަން ވަރު ވާހަކަ ދިގު ވާނޭ ވާހަކަ ދަންނަވާލަން
އަދި ފަންވަރު މުޅިން އެއްކޮށް ކަހަލަ ގޮތަކަށް ލިޔަން ފެށުނީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ .
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ބޮޑު ފަޓާހެއް ގޮވިއަޑު ކަހަލަ އަޑެއް އިވުމާއެކު ރީތިކޮށް ދުވަމުން އައި މޮޓަރު ހުއްޓިއްޖެއެވެ . ރޭގަނޑުގެ 10ޖެހިއަރެެވެ . އެންމެ ފިނި މޫސުމެވެ. ހިމޭންކަން ވެރިވެގެންވާ މަގެކެވެ . ބިރު ގަންނަ ފަދަ ދުނިޔެއެކެވެ . ވަރަށް ރީތި ޒުވާނަކު އެމޮޓަރުން ފައިބައްޖެވެ.އޭނާގެ އުމުރުން ވާނީ ވިއްސަކަށް ފަންސަވީހަކަށް އަހަރެއެވެ .ލައިގެން ހުރީ އިގިރޭސި ހެދުމެކެވެ. ހިނިތުން ވެފައި ވާ މޫނެކެވެ. އިސްކޮޅުދިގެވެ. ވިދަވިދާ ހުރި ދޮން ކުއަލައެވެ .ލޮލުގެ ކަޅިރަވާގެ ކުލަ ކަޅެވެ.އެނާގެ ރީތި އަދި ޖާޒްބިއްތުން ފުރިފައިވާ ކޯތާފަތް މައްޗަށް މަޑުމަޑު ފިނިފެންމާ ކުލައެއް ވެރިވެފައި ވެއެވެ.ތުންފަތް ވަރަށް ވެސް ރަތެވެ. ކަނާތް ފަރާތު ކޮލުގައި ކަޅުތިލަ އެއް ޖަހާފަވެއެވެ. ހަށިގަޑުގެ ގުނަން ތަކުގެ ރީތި ކަމާއި އިސްކޮޅާއި ރޫފަ އެޅިގެންވާ ވަރުން މީހުން ހަސަދަވެރިވާހައިވެސް ވެއެ ވެ. ހަރަކާތް ތަކުން ފިރިހެން ދުޅާކަން ފާޅުވެއެވެ. ސިފަ ތަކުން އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި ކެރުމާއި މާތް ކަމަކީ އޭނާއަށް ވަރަށް ބޮޑަށް ލިބިގެންވާ އެއްޗައްކަންް އަންގައެވެ. ތެދެކެވެ. ފިތުރަތުގެ ދީލަތިކަން އަންވަރަށް ދީފައިވަނީ ވަރަށް ވެސް އަސަރުގަދަ ރީތި ކަމެވެ.
އަދި ޖާޒުބިއްޔަތުން ފުރިގެންވާ ސިފަތަކެއް މެއެވެ. ލޯބީގެ ދުނިޔޭގައި. ޖޫލިއަސް ސީޒަރ ފަދައިން އަހަރެން އައިމޭ އަދި ދުށީމޭ . ފަތަހަ ކުރީމޭ ، އެނާ އަށް ދަޢުވާ ކުރެވިދާނެއެވެ. އަންވަރު :-(އޭނާގެ އަމިއްލަ ނަފްސާއި މުހާތަބްކޮށް )މިޖެހުނީ އަނެއް މުސީބާތެވެ .ކާރުގެ ފޮރޮޅު މުޅިން އައު ކަމުގައި ހީކޮށްގެން ހުރިނަމަވެސް ދުނިޔޭގެ އެހެން ކަންތައް ތަކެކޭ ވެސް އެއްގޮތަށް ކެހިމިދިނީ އެންމެ ނުދޭނެއޭ ހީވިކަން ތަކުގައެވެ .. ބުންބާ އަށް ދިއުމުގެ ހިޔާލު ކުރުމަކީ ވެސް މޮޔަކަމެވެ .މިހާރު ދެން ފިކުރު ކުރަންވީ މިނާމާން ހިސާބު ގަޑުގައި ފިނި މޫސުމް ގެ މިއޮތް ދިގުރޭ ކަޑައްތު ކުރާނެ ގޮތަކާއި މެދުގައެވެ. މިމަގުގެ ތަންކޮޅެއް ދުރުން ހިސާބެއްގެ އަލިކަމެއް ފެންނާން އަބަހުއްޓެވެ. އަންވަރުގެ ހިތުގައި އަދިމާއަށް ދިއުން ރަގަޅު ވާނެ ކަމުގައި ގަސްދުކޮށް އަދި މޮޓަރުގެ މަގުގެ އެއްފަރާތެއްގައި ބޮޑު ގަހެއްގެ ދަށަށް ޖައްސާލައި ޓޯޗް ހިފައިގެން އެފެންނަ އެލިކަމާއި ދިމާއަށް ހިގައިގެންފިއެވެ. އުއްމީދުން ފުރިފައިވާ ހިތަކާއިގެންނެވެ. ކުޑަތަންކޮޅަކަށް ދިޔަތާނާ އެދިމާއިން އަންނަ މީހަކާ ބައްަދަލު ވެއްޖެއެވެ . އެމީހަކު މުޅި ގައިގާ ރަޖާ އޮޅާފައި ހުރި ގޮތުން މޫނު ފެންނަނީ ވެސް ހަމަ ކިރިޔަ ކިރިޔާއެވެ. އަންވަރު:ـއޭބޭބޭއެވެ.ޢެއަލިކަމެއް. އެފެންނަނީ އެއީ ކޮން ތަނެއް ހެއްޔެވެ؟ އެމީހަކު :-އެއީވާ މާތަރާނު އެވެ. ކަލޭ ދެނެއެއް ނުލައްވަމު ހެއްޔެވެ؟ އަންވަރު :- (އުފާވެފައި )މާތަރާނު ހެއްޔެވެ ؟އެއީ އިބްރާހީމް ގެ ރަށެވެ. ވަރަށް ރަގަޅުވެ. އަހަރެން ސީދާ ދާނީ އޭނާގެ ގެއަށެވެ. އެމީހަކު : އެކަމަކު މުޅި އެރަށުގައި ވަނީ ޠާއޫން ފެތުރިފައެވެ. އެތަނަށް ދުރުވަންވާނީ ކިހެނަކުންތޯއެވެ.
އަންވަރު :(ޙައިރާންވެފައި ) ޠާއޫނޭ ! އެމީހަކު :-ލައްބަ ޠާއޫނޭ. އަދި އެފަދަ ގަދަ ޠާއޫނޭކޭ. މުޅި ރަށް ހުސްވެއްޖެއެވެ. ދުވާލެއްގެ މައްޗަަށް 50އާއި 100އާއި ދެމެދަށް މަރުވަމުން އެބަދެއެވެ. މީސްތަކުން ގޮދޮރު ދޫކޮށް ދުވެ ފިލައިފިއެވެ އެއީ ރަށެއް ހެއްޔެވެ. ބިރުވެރި ގަބުރުސްތާނެކެވެ. ރޭގަޑު ކިއްކުރަންތޯއެވެ؟ދުވާލު ވިއަސް އެރަށަށް ދާން ޖެހިލުންވާހާވެއެވެ.އަޅުގަޑުގެ ބަސް އައްސަވާށެވެ .އެތަނަށް އެއްގޮތަކަށް ވެސް ނުދުރު ވާށެވެ. އަންވަރު:- އަހަރެން މިހުރީ ޤަސްދުކޮށް ނިންމައިގެންނެވެ .ވީމާ ދެންހަމަ ކޮންމެ ގޮތަކުން ވެސް ދާނަމެވެ. މަރަކީ ދިރިއުޅުމުގާ އެންމެ ފަހަރަކު އަންނަ އެއްޗެކެވެ. އެތައް ފަހަރަކު ނޫނެވެ. އެދި އެކަމަށް ވާނީ ވަގުތު ކަޑައެޅި ނިމިވެސް ފައެވެ. އެކަމަކު ބައެއް މީހުން އޭގެ ކުރީގައި އެތައް ފަހަރަކު މަރުވެދެއެވެ.އެމީހަކު:- އަޅުގަޑު މިނަންގަތް އެއްޗެއް ނަންގަތީ ކާލޭއަށް ހެޔޮއެދިގެންނެވެ. އެހެންނާ ދުރުވުމާ ނުދުރުވުގެ އިޙްތިޔާރު ވަނީ ފުރިހަމަ އަށް ލިބިގެންނެވެ. އަންވަރު:-ބޭބެ ތިޔަ ދިން އެކުވެރި ނަޞޭޙަތަށް ޝުކުރިއްޔާ އާދާ ކުރަމެވެ.މިހެން ބުނެފައި އަންވަރު ކުރިއަށް ހިގައިފެންފިއެވެ. ޝަހަރުވަނީ ބައި މޭލެއްހާ ހިސާބުގައެވެ. އެކަމަކު އެއީ ރަށެއް ހެއްޔެވެ.ނަޞޭހަތްތެރެވި މީހާދެންމެ ގައި ބުނިފަދައިން ނުލާހިކު ބޮޑު ނާމާން ގަބުރުސްތާނެކެވެ .ހަތަރު ފަރާތަށް ވެރިފައި ވަނީ ޢަޖާއިބެއް ފަދަ ބިރުވެރި ހަމަހިމޭން ކަމެވެ. މަގުމަތީގެ ތަންތަން ކޮޅުގައި ސަރުކާރުން ޖަހާފައިވާ ބައްތި ތައް ދިއްލި ހުރުމުގެ މަސައްކަތުން މަގު މައްޗަށާއި ކައިރީގައިވާ ފާރުތަކަށް އަލިކަން ރައްދު ކުރުމުގެ ބަދުލުގައި ބޮޑަށް ކާމިޔާބު ވެފައިވަނީ ބިރުވެރި ހިތްހަލާކުވާ ފަދަ ވައްތަރުގެ ހިޔަނި ތައް ދެއްކުމުގައެވެ. ބަލާލި ކޮންމެ ފަރާތެއްގައިވާ ގޭގޭގެދޮރު ވަނީ ލެއްޕިފައެވެ. މިހިމޭން ކަމުގެ ތެރޭގައި އޭނާގެ ފައިވަނުގެ އަޑު ނޫން އެހެން އެއްވެސް އަޑެއް އަންވަރަކަށް ނުއިވެއެ. ނަމަވެސް ބައެއް ފަހަރަށް ދުރުން ހޭރޭ ކުއްތާ ތަކުގެ އަޑުތައް މިހިމޭންކަން ފޫއަޅުވާލައަވެ. އަދި ބައެއް ފަހަރަށް ކޮންމެވެސް ހިތާމަވެރި އަންހެނެއްގެ ރުއިމުގެ އަޑު ޖައްވުގެ ތެރެއަށް ފެތުރިގެން ގޮސް އާހާމީހުންގެ ގައިން ހީބިހި ނަގައިގަންނަ ގޮތް ވެއެވެ. ބައެއް ފަހަރަށް ކޮންމެވެސް މައްޔިތަކު ގޮވައިގެންދާ ބައެއްގެ މަޒްހަބީ ކިޔެވުން ތަކުގެ އަޑުން އެންމެ ހިތްގަދަ މީހުންގެ ހިތްވެސް ތެޅި ގަންނަ ފަދައެވެ. އަންވަރަކީ ތަބީޢީ ގޮތުން ވަރަށް ވެސް ހިތްވަރު ގަދަ ޒުވާނެކެވެ. އެކަމަކު މިބިރުވެރި މާޙައުލު އޭނާގެ ހިތަށާއި ނާރު ތަކަށް ވެސް އަސަރު ނޮކޮށެން ނުހުއްޓެވެ.އެހެން ނަމަވެސް ޙިޔާލު ތަކާއި ހަގުރާމަ ކުރުމުން އިބްރާހީމް ގެ ގޭގެ މަގު ހޯދަމުން އެނާ ހިގަމުން ދިޔައީ ކުރިއަށެވެ .މިހެން ގޮސް އިބްރާހީމް ގެ ގޭގެ ދޮރާއްޓާއި ހަމައަށް ހިގައްޖެއެވެ ބަކަށި ފުޅަލިގަޑު ވާނީ ލައްޕާފައެވެ. ނަމަވެސް ތަޅުލާފައެއް ނޫނެވެ. އަންވަރު އެތަން މިތަނަން ނަޒަރު ހިންގާލީ އިރު އެއްވެސް ފުރާނައެއް ނުފެނުނެވެ.އޭނާ މަޑުމަޑުން ފުޅަލި ގަޑު ކޮއްޕާލައިފިއެވެ. ބިރުގަންނަ ކަހަލަ އަޑެއް އިވިފައި އެހުޅުވިގެން ހިގައްޖެވެ. ދެން އެތެރެއަށް ވަދެ ބަލާލިއިރުވެސް ހިމޭން ކަމާއި އަދިރި ކަން ނޫނީ ނެތެވެ . އަންވަރު އޭނާގެ ޓޯޗުން އެތައް މިތަނަށް އަލިކޮށްލިއިރު ކުރިމަތީގައިވާ ކުޑަކުޑަ ބަގީޗާ އައި ފެންނަން ހުރި ކޮޓަރި ތައް އޭގެނެ ހާލުގެ ދުލުންް ދެވެ ރައްކާވާށެވެ. މީތާގައި ތާޢޫންގެ މައްޔިތުން ފިޔަވައި. ދިރިތިބި މީހުންނަކަށް ޖާގަ އެއް ނެތެވެ. ބުނާ ކަހަލައެވެ. އަންވަރު:- ދެފަހަރަކު ގޮވާލާފިއެވެ.އެކަމަކު އޭނާގެ އަޑު ހިދުކޮޅެއް ވަންދެން ފަޒާ ގައި ހުރުމަށް ފަހު ޢާއިބު ވެއްޖެއެވެ . އޭނާގެ ހިތަށް އަރައެވެ.މާތްކާލާކޯއެވެ! އަހަރެން މިއައީ !ކޮންފަދަ ތަކަން ހެއްޔެވެ؟އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެކަމަކު ދެންދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ.
ބިގީޗާ ކަޑައްތު ކޮށް އޭނާ ފެންޑާ އަށް އަރައްޖެއެވެ. އަދި ޓޯޗްގެ އަލިން ކަން ހުރި ނެތް ބަލާލުމުން ބައެއް ދޮރު ފަތް ހުރީ ނުލެއްޕިއެވެ.ހަމަ އެކަނި ކައިރި ކޮށްލެފައި ކަން އެނގިއްޖެއެވެ.މިކަމުގެ ސަބަބުން ވީ އަޖާއިބު ވަކީން ބޮޑެއެވެ. ނަމަވެސް ހިތްވަރު ކޮށްފައި ބޮޑު ކޮޓަރީގެ ދޮރުފަތް ހުޅުވާލައިފިއެވެ.ހުޅުވުނުއިރު އެކޮޓަރި ވެސް ވަނީ ހުހަށެވެ.ނަމަވެސް ކުރިމަތީގައިވާ ކޮޓަރި އެއްގެ ދޮރުގެ ބިއްލޫރި ތަކުގެ ތެރެއިން ކުޑަކުޑަ އަލިކަންފުޅެއް އެނާއަށް ފެނިއްޖެއެވެ.ދެން އޭނާ ކުރިއަށް ދިއުމެއް ނެތި ހުއްޓިއްޖެއެވެ.ކޮންމެވެސް އަޑެއް އިވޭތޯ ވިސްނާން ފަށައިފިއެވެ.މިހެން ހުއްޓާ ކުއްލި އަކަށް އަޖާއިބެއް ފަދަ އަޑެއް އެނާގެ ކަންފުތުގައި އައިސް ޖެހިއްޖެއެވެ. ވޭނުން ފުރިގެންވާ ބިރުވެރި ތުރުތުރު އަޅައަޅާ ހުރި އެކަނިވެރި އަޑެކެވެ. އަންވަރުގެ ހިތް ތެޅޭން ފަށައިފިއެވެ އޭނާގެ ބުރިކައްޓަށް ފިނިކަމެއް ވެރިވެގެންފިއެވެ. ހިރިލަން ވެސް ނޭގިފައި އޭނާ ހުރިތާ ހުރެއްޖެވެ. އަދި ހިތާހިތާ ބުނެއެވެ. އެވާނީ ކޮންމެ ވެސް ހިތާމަވެރި އެއްގެ އަޑަކަށެވެ.އެނެއްކާ ޠާޢޫން ގައި ބަލިވެ ހާލެއް ނެތިފައި އޮތް މީހަކު ދޫކޮށްލާފައި ނާއުންމީދު ވެގެން ނުވަތަ ބިރުން އޭނާގެ ގާތް މީހުން ފިލާ ރައްކާވަނީ ނޫންބާއެވެ؟އެކަމަކު އެހެނެއް ނޫނެވެ. އެޑަކީ އެއްގޮތަކަށް ވެސް ދިރިހުރި މީހެއްގެ އަޑަކާާއި ވައްތަރެއްނޫނެވެ. ފަހަރެއްގައި ތާއޫން އިން މަރުވެފައި އޮތް މައްޔިތެއްގެ ރޫޙް ކަފުން ނުކުރެވިގެން އެކަނިވެރި ކަމުގެ މައްޗަށް ރޮއި ސަކުވާ ކުރަނީވެސް ނޫންކަން ނޭގެއެވެ.މިބިރުވެރި ޙިޔާލު އައުމާއި އެކު އޭނާއަށް ހީވީ ހީބިހި ގަަޑެއް ނަގައިގަތް ހެނެވެ. އޭނާގެ ހިތަށް އަރައެވެ. ދެން ކުރާނީވެސް ކިއްބާވައެވެ؟ ކުރިއަށް ދާނީ ބާވައެވެ. ނުވަތަ އެބުރި ރައްކާވާނީ ބާވައެވެ؟ މިހެން ހިތަށް އެރިތަނާ އަނެއްކާވެސް އެވޭނުން ފުރިގެންވާ ތުރުތުރު އަޅައަޅާ ހުރި އަޑު އިވިއްޖެއެވެ އަންވަރުގެ ހިތުގައި ވިންދު އަވަސްވެ ގެންފިއެވެ.އަގަ ހުޅުވިފާ ދެލޯ ބޮޑުވެފައިވާ ހާލު ދޮރުގެ ބިއްލޫރިން ރައްދު ކޮށްކޮށް ހުރި އަލިކަމަށް ބަލަހައްޓައިގެން ހުއްޓާ ނާރު ތަކުގެ ލޭ ގަޑުގަންނަވާލާ ފަދަ ނާމާން އަޑަކުން ބޭރުން ބަކަމޫނެއް ގޮވައި ގަނަފިއެވެ. …އޭނާއަށް ހީވީ ދުވާށޭ ދުވާށޭ އޭތި ގޮވާހެންނެވެ.ކުއްލިއަކަށް ތިން ހަތަރު ފިޔަވަޅު ފަހަށް ސޮއްސާލައިފިއެވެ. އެނާގެ ނިތްކުރިން ދާތަށް އޮހެން ފަށައަފިއެވެ . މުޅި ޙަޔާތުގައި ވެސް އަދި މިފަދަ ބިރަކާއި އެނާ ކުރި މައްޗެއް ނުލައެވެ. މިހާލުގައި ހިތަށް ކުއްލިއަކަށް ވަން ބިރުވެރި ކަމަކުން އޭނަ ދުއްވައިގެންފިއެވެ.ފައިވަނީ ތުރުތުރު އަޅާފައެވެ. މާނޭވާ ލެވިފައެވެ.ކަރުތެރެ ހިކިފައެވެ. ދުވަމުން ގޮސް ބަކަރި ފުޅަލިގަޑު ފަހަނައަޅާ މަގު މައްޗަށް ނުކުމެ ބައްތިއެއްގެ ކައިރިއަށް ހުއްޓިއްޖެއެވެ. އަދި ބިރުވެރި ލޮލަކުން އޭނާގެ ކަޅޫ ދިގު ހިޔަންޏަށް ބަލާން ފަށައިފިއެވެ.އަދި އެނާގެ ޙިޔާލުގައިވާ މައްޔިތާގެ ފުރާނަ އެނެއްކާ ފަހަތުން ނާދެތޯ ދޮރާއްޓާއި ދިމާއަށް ބަލާވެސް ލިއެވެ. އެކަމަކު އޭނާއަށް އެއްވެސް އެއްޗެއް ނުފެނެއެވެ. ރޭގަޑުގެ ފިނިވައިރޯޅި އަންވަރު ގެ ހޫނުވެފައިވާ ނިތްކުރިއަށް ޖެހުމުން ހިއްލާފައިވާ ދަލުގެ ފިނިކަމާއި އެކުވެގެން ހިތަށާއި ސިކުޑި އަށް ބާވަތެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ. އަދި ވިސްނާން ފެށިއެވެ. އެނެއްކާ އަހަރެން މިކުރީ ކޮންފަދަ ވިޔާނުދާ ކަމެއް ހެއްޔެވެ ؟ ދުވެ މިރައްކާވި ބިރުންނެވެ. ކޯއްޗެއް ދެކެ ބިރުން ހެއްޔެވެ؟ މަރުދެކެ ހެއްޔެވެ؟ ހަމަ ދެންމެ މަގުމަތިން ދިމާވި ބޭބެ ގާތުގައި މަރު އަންނަނީ އެއްފަހަރުއޭ އަހަރެން ބޫނީ ކޮންފަދަ ބޮޑާ ކަމަކާ އެކު ހެއްޔެވެ؟ އަހަރެން ބުނި ބަސް އަހަރެންގެ މައްޗަށް މިހާ އަވަހަށް ތެދުވާނެ ކަން އެގޭނީވެސް ކިހެނެއް ހެއްޔެވެ؟ މަރަށް ފިލަން ދުވުމަކީ ކޮން ފަދަ މޮޔަ ކަމެއްހެއްޔެވެ؟ ދަގަޑު ނުވަތަ ލޮއިން ހަދާފައިވާ ވަރުގަދަ ކިއްލާ ތަކުގައި އަހަރެމެން ތިބި ކަމުގައި ވިއަސް މަރުގެ ވަކި ތަކުން ސަލާމަތެއް ނުވެވެނެއެވެ.ވީއިރު މަރަށް ފިލަން ދުވުމަކީ ހަމަ އެކަނި ފިޑި ކަމަކީ އެއް ނޫނެވެ. އަދި ކީއްހެއްޔެވެ ؟މޮޔަވެސް ކަމެކެވެ.
އަހަރެންނަކީ ދަުވަހަކުވެސް ދިރިހުރި މީހަކު ދެކެ ވެސް ބިރުގަތް މީހެއް ނޫނެވެ.އަދު މަރުވެފައިވާ މީހުންދެކެ ގަންނާންވީ ކޮން ބިރެއް ހެއްޔެވެ؟އަދި އަހަރެންނަށް އިވުނު އަޑަކީ މައްޔިތެއް ގެ އަޑު ކަމުގައި ވާނީ ވެސް ކިހިނެއް ހެއްޔެވެ؟ އެހެނީ މަރުވެފައިވާ އެއްވެސް އެއްޗަކީ ވާހަކަ ދައްކާ އަޑުއަޑު ނެރޭ ތަކެއްޗެއް ނޫންކަން ޔަގީނެވެ. އެއީ ހަމަ އެކެނި އަހަރެންގެ ފިޑި ކަމުގެ ނަތީޖާއެއްގެ ގޮތުން ހީވި ހީވުމެއްގެ ކެއްސެކެވެ.ސައްކެއް ނެތެވެ.އެއިވުނު އަޑެއް ވާނީ ތާޢޫން ގެ ސަބަބުން ހާލެއް ނެތިފައިވާ ނިކަމެތި ކޮންމެވެސް އަންހެނެއްގެ އަޑު ކަމަށެވެ. މިވަގުތު އަހަރެންގެ މައްޗައް ވެރިވެފައިވާ ބިރެއްގެ ސަބަބުން ދެވެ ފިލިނަމަ މުޅި އުމަރަށް ވެސް އެކަން އަމިއްލަ ނަފްސަށް މަށަކަށް މާފެއް ނުކުރެވޭނެއެވެ. އަހަރެން އެހީވިނަމަ އެމީހަކު ގަދަވެއްޖައީސް ކަމުގެ ޙިޔާލު އަބަދަށް އުދަގޫ ކުރާނެއެވެ.ނޫނެކެވެ ނޫނެކެވެ. އެނިކަމެތި އެންހެނަކީ ކާކުތޯ އަހަރެން ބެލުން ހުއްޓެވެ.މިހެނީ އެނާއަށް ކޮންމެވެސް އެހީ އެއް ވެވުމަކީ އެކަށީގެންވާ ކަމެކެވެ. އިސްވެ ދިޔަ ޙިޔާލުތައް އެނާގެ ހަތުގައި ހަމަ އެފެދުމާއި އެކު އަންވަރުގެ ތަބީޢީ ހިތްވަރުގަދަކަން އެބުރި އަތުވެއްޖެއެވެ.އިންސާނީ ހަމްދަރުދީ ގެ މަތިވެރި ޝުޢޫރުތައް އެނާގެ މައްޗަށް ވެރިވެއްޖެއެވެ އަދި ނުހަނު ހަމަޖެހިގެން ހުރުމާއި އެކު އިބްރާހީމް ގެ ގެއަށް އެނެއްކާ ވެސް އެނާ ވަދެއްޖެއެވެ. އަދި އެކޮޓަރި އެއްގެ ބިއްލޫރި ދޮރުން އަލިކަން ރައްދުކޮށްކޮށް ހުރި ކޮޓަރި އެއްގެ ދޮރުހުޅުވާލަފިއެވެ.ކުރިމަތީގައި ވަނީ ކުޑަކުޑަ މޭޒެއްގެ މަތީގައި ބަހައްޓާފައި ހުރި ކުޑަވަރެއްގެ ބައްތިއެކެވެ. ކޮޓަރިއަކީ މިޒަމާނުގެ ފަރނީޗަރން އާރާސްތު ކޮށްފައިވާ ކޮޓަރިއެކެވެ. އެއްފަރާތެއްގައި ވަރަށް ރީތި އެދެއް ހުއްޓެވެ. އެދުގ މައްޗަށް އެއްލިފައިވަނިީ 18ނުވަތަ 19 އަހަރަށް ވެރެ ހަމަގައިމުވެސް އުމުރުން ދޮށި ނުވާނޭ އަންހެން ކުއްޖެކެވެ. އެކުއްޖެއްގެ މޫނު މަތިވާނީ މީލާމޯޅީ ވެފައެވެ. ދޯލޯ ނުހަނު ރަތް ވެފައެވެ. އޭނާގެ ތުނި ތުނި ތުންފަތް ވަނީ ހިކި އަވަދިވެފައެވެ.
އަދި ހސާބަކަށް ކޫނީގެ އަސަަރު ވެސް ފެނެއެވެ. އެއަންހެންކުއްޖަކު އެނާގެ ދުލުން ތުންފަތް ތެތް ކުރެވޭތޯ އިރުއިރު ކޮޅުން މަސައްކަތް ކުރެއެވެ. އަދި ބާލީހުގައި އެގޮތް މިގޮތަށް ބޯކޭއްތުމާއި އެކު ކުކުރަމުން ދެއެވެެ. އޭނާގެ އިސްތަށިގަޑު ވާނީ މުޅީން ރޫޅިފައެވެ. މި މަންޒަރު ފެނުމުން ހީވަނީ އާދެ އެރޫޖެހިފައިވާ ދިގު އަދި ކަޅުކުލަ ގަދަ އިސްތަށިގަޑު ތެރެއިން އެނާގެ މޯޅިވެފައިވާ މޫނު ފެންނައިރު ހީވަނީ އުދަރެއްގައިވާ ކަޅު ވީލާތައް އޮއްސެން ދިޔައިރު ވަށާލާފައިވާ ހެންނެވެ. ހައިރާން ވެފައިވާ ހާލުގައި އިރުކޮޅެއް ވަންދެން އަންވަރު އެކުއްޖަކު ބަލަހައްޓައިގެން ހުރުއްޖެއެވެ. ދެންއެދު ކައިރިއަށް ގޮސް އެއަހެންކުއްޖާ ގެ ނިއްކުރީގައި އަތް ލުމުން އޭނާއަށް ހީވީ އަދައަދާ ހުރި އަގުރު ތަކެއްގެ މަތިގައި އަތް ބޭއްވިހެންނެވެ. އަންވަރު :- (ހިތުން ހިތައް ) މާތް ރަސްކަލާންގެ ސަލާމަތް ކުރައްވާށިއެވެ. ކޮން ފަދަ ގަދަ ހުމެއް ހެއްޔެވެ ؟ އަދި ފެންބޮވާފައި ވާނީ ވެސް ހައިރާންވާ ފަދަ މިންވަރަކަށް ކަން ކަށަވަރެވެ. މިފަދަ ނިކަމެތި ހާލެއްގެ މައްޗަށްް މިކުއްޖަކު ދޫކޮށްފައި ދެވެ ފިލާ ރައްކާވި ބަޔަކީ ކޮން ފަދަ ހިތެއް ނެތް އަދި ވަޙްޝީ ބައެއް ހެއްޔެވެ މޮޓަރ ޙަރާބު ވުމައި މެދު އަހުރެން ހީކުރީ އެއީ ޖެހުނު މުޞީބާތެއް ކުމުގައެވެ. އެކަމަކު ޙަޤީޤަތުގައި އެކަންތައް މިވީ އަހަރެންގެ ކޮޅެއް ނެތް ފަދަ ރަގަޅު ނަޞީބަކަށެވެ. އެހެނީ މިއެހީތެރިއެއް ނެތް ހާލުގައި ޖެހިފައިވާ ކުއްޖާ އަށް އެހީވުމުގެ ފުރުސަތު މިލިބުނީ އެކަމުގެ ސަބަބުންނެވެ. އެދުކަރިގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ދޯރަކާއި ބިއްލޫރި ތައްޓެއް ހުއްޓެވެ. އަންވަރު އެތައްޓައް ފެންއަޅައިގެން އަންހެން ކުއްޖާ ކުޑަކޮށް ބާލީސް މައްޗަށް ނެގުމަށްފަހު އޭނާއަށް ފެެންބޯދީފިއެވެ . އެކުއްޖަކު ވަރަށް އަވަށް އަވަހަށް ފެންފޮދު ބޯލަފިއެވެ.
އަންވަރު އެނެއްކާވެސް އޭނާ ރީތިކޮށް ބާއްވަފިއެވެ. އަދި މަގަތުން އިށީދެގެން އިދެ ނުހަނު ހަމްދަރްދީ އާއި އެކު އެއަންހެން ކުއްޖާގެ މޫނު މައްޗަށް އައިސްފައިވާ އިސްތަށިތައް ވަކިކޮށް ނިތްކުރިގެ ދެފަރާތައް ރީތިކޮށް ބައިކުރާން ފަށައިފިއެވެ.އެކުއްޖަކު ނުލާހިކު ބިރުވެރި ނަޒަރަކުން އަންވަރާއި ދިމާއަށް ބަލަހައްޓައިގެން އޮތެވެ.ފެންފޮދެއް ލިބުމުގެ ސަބަބުން ފެންނަ ފެނުމަށް ކުޑަ ހިމޭން ކަމެއް އައިކަމަކު އޭނާގެ ވިސްނުން ރަގަޅު ނުވާ ކަމުގެ ސަބަބުން އަގައިން ބުނެވޭނެ އެއްޗެއް ގޮތެއް ކުއްޖަކަށް ނެތެވެ. އަންވަރު :-(އަންހެން ކުއްޖާގެ ނިތްކުރީގެ ބައެއް އިސްތަށި ތައް ރަގަޅު ކުރަމުން ) ފިކުރު ބޮޑު ނުކުރާށެވެ. އިރާދަ ކުއްރެއްވިޔާ ވަރަށް އަވަހަށް ރަގަޅު ވެދާނެއެވެ.އަންވަރުގެ ދުލުން މިބަސް ބޭރު ކުރި ކުމުގައި ވިއަސް މީރީތި ބައްތި ވަރަށް އަވަހަށް ނިވިދާނެ ކަމުގެ ޙިޔާލު އޭނާގެ ހިތަށް ވަނީ ހަރަހަރައެވެ.މިފަދަ ނުރައްކާތެރި ބައްޔަކުން އަދި އެފަދަ ހާލަކަށް ގޮސްފައިވާ މީހަކު ސަލާމަތް ވުމަކީ މުސްތަޙިލު ކަމެވެ.(މިކޮޓަރީގައި ދިއްލާފައިވާ ބައްތި ބަލާލުމަށްފަހު) އަންވަރުގެ ހިތަށް އަރައެވެ . މި ބައްތި މޮގޮތަށް ދިއްލިފައި ހުރުން އެއީ އެދިއްލި އަދި ކޮންމެވެސް އެހެން މީހަކު ވެސް ވާނެ ކަމުގެ ދަލީލެކެވެ. މިހެނީ އެފަދަ ހާލުގައި އޮވެގެން ބަލިވެ އޮތް ކުއްޖާ އަށް މިކަންތައްތައް ނުކުރުވެނެ ކަން ޔަގީނެވެ. ވިއިރު މީގޭގައި މިއަންހެން ކުއްޖާ ފިޔަވައި އަދި ކޮންމެވެސް އެހެން މީހަކު ވެސް ވާން ވާނެއެވެ.މިޙިޔާހުލު ހަމަ އައުމާއި އެކު އޭނާ ޓޯޗު ހިފައިގެން މުޅި ގޭތެރެ އަލިކޮށް ހޯދަފިއިއެވެ. ނަމަވެސް އެކަކުވެސް ނުފެނުނެވެ .މިވާގޮތަކާއި މެދު އޭނާ ވަކިން ބޮޑަށް ޙައިރާން ވެއްޖެއެވެ .ކޮންމެވެސް މީހަކު ވާނެއެވެ . ނޫންނަމަ ބައްތި ދިއްލޭނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އެމީހަކުވެސް މިނިކަމެތި ކުއްޖާ ދޫކޮށް ފައި ފިލީކަން ނޭގެއެވެ. އެމީހެއްގެ ހިތްވަރުވެސް އިންސާނީ ހަމްދަރްދީ އާއި އަތުގުގުޅާލުމަށް ތަން ނުދިނީކަން ނޭގެއެވެ. އަންވަރު އެނެއްކާވެސް އެދުގެ ކައިރިއަށް އައިސް އެތާހުރި ސަރަންފީ ގޮޑިއެއްގައި އިށީދެއްޖެއެވެ.އަދި ދެން ކުރައްވީ ކަމަކާއި މެދު ވިސްނާން ފަށައިފިއެވެ.
މިފިކުރުގެ ތެރެއަށް އޭނާ ފެތިފައި އިންދަ ކޮންމެވެސް މީހެއްގެ ހިގުމުގެ އަޑު މީނާ އަށް އިވިއްޖެއެވެ ކުއްލިއަކަށް އިސް އުފުލާ ބަލާލިއިރު އެއް އަތުން ޓުކުރި އެއް އެނެއް އަތުން ފުޅި އެއް ހިފައިގެން އަންނަ މުސްކުޅި އަންހެނަކު ގޭގެ ބޮޑު ކޮޓަރި ތެރެއިން އަންނަ ތަން އަންވަރަށް ފެނިއްޖެއެވެެ. އެމީހަކު އަޅާފައި ހުރި ހެދުމުން އޭއީ ނޯކަރެއް ކަން އެގެއެވެ. އެމުސްކުޅިއާ އޭނާގެ ޙީޔާލާތު ގެ ތެރެއަށް ގެއްލިފައިވާ ވަރީ އަންވަރު އޭނާއަށް ފެނުނީ މިކޮޓަރި އަށް އައިސް ވަނުމުންނެވެ.ހަމަ ފެނުމާއި އެކު ސިހިގެން ގޮސްފައި ދެފިޔަވަޅެއް ފަހަތަށް ސޮއްސައިލަފިއެވެ.އެވަގުތު ކުއްލިއަކަށް އަންވަރު ތެދުވެ އެނާގެ އޯގާވެރި އަދި ރީތި އަޑުން ބުންޏެވެ މުސްކުޅިޔާއެވެ ބިރު ނުގަންނާށެވެ. އަހަންނަކީ ހިލޭ މީހެއްމެއެވެ. އެކަމަކު ކަލެއަކަށް ވެސް އެހެން މީހަކަށް ވެސް ގެއްލުމެއް ދޭކަށް އައި މީހަކީމެއް ނޫނެވެ.މުސްކުޅިޔާ :-އެކަމަކު ކަލެއކީ ކާކުހެއްޔެވެ ؟މިތަނަން އައީވެސް ކިހިނަކުން ހެއެޔެވެ؟ އަންވަރު:-އަހަރެން މޮޓަރުގައި ބުމްބާ އަށް ދަނިކޮށް މޮޓަރު ހަލާކުވީއެވެ ދެން މުގު މައްޗަށް އެދޫކޮށްލާފައި އިބްރާހިމް ގެ ހޯދަމަށް މީހާތަނަށް އައީއެވެ.މުސްކުޅިޔާ :-(ޙައިރާން ވެފައި ) އިބްރާހީމް އޭ ހެއްޔެވެ. އަންވަރު:-އާއެކެވެ. އިބްރާހީމް އެވެ. މިއީ އިބްރާހީމް ގެ އެއެއް ނޫން ހެއްޔެވެ؟މުސްކުޅިޔާ :-ނޫނެކެވެ.އެކަމަކު އިބްރާހީމް މަރުވެއްޖެއެވެ.އަންވަރި:-(ނުލާހިކު ބޮޑަށްް ޙައިރާން ވެފައި) މަރުއްވެއްޖެއޭ ހެއްޔެވެ؟އިބްރާހިމް މުރުވީ ހެއްޔެވެ ؟ ކޮން އިރަކު ކީއްވެގެން ކިހިނެކުން ހެއްޔެވެ؟ މުސްކުޅިޔާ:- މަރުވީ އިހަށް ދުވަހު އެވެ. ތާޢޫންގެ ސަބަބުންނެވެ. އޭނާ މަރުވުމަށް ފަހު (އެންހެން ކުއްޖާ އާ ދިމާއަށް އިޝާރާތް ކޮށްލިއެވެ)ކިޝްވަރު ސުލްތާނާ އޮށޯވެއްޖެއެވެ.އިބްރާހިމްގެ ބައްޕަ ކިޝްވަރުގެ ބޮޑުބޭބެ ގަތް ބިރުން މީނާ އަހުރެންނާއި ޙަވާލު ކޮށްފައި ބޮމްބާ އަށް ހިގައްޖެއެވެ.:-އަންވަރު މިފަދަ ނިކަމެތި ހާލަކަށް އޭނާގެ ކޮއްކޮ ގޮސްފައި ވަނިކޮށް ދެވެ ފިލައިގެން ދިޔައީ ހެއްޔެވެ.؟އެއީ ކިހެނަކުން އެކެށީގެންވާ ކަމެއް ހެއްޔެވެ؟ މުސްކުޅިޔާ:- ތިޔަ ގޮތެއް މަށަކަށް ނޭގެއެވެ.އެކަމަކު އެގެނީ ވީ އެހެން ކަމެވެ.އަންވަރަު :-އިބްރާހިމް ވެސް އެފަދަ ޅަ އުމުރުގައި މަރުވިތާއެވެ. ހިތާމަ ހުއްޓެވެ . މުސްކުޅިއެއް ޒުވާނެއް ރަގަޅު މީހެއް ނުލަފާ މީހެއް މަރެއް ވަތްކެއް ނުކުރެއެވެ.މިހެން ބުނެފައި އަންވަރު ކުރިންވެސް އިށީދެ އިން ގޮޑީގައި އިށީދެއްޖެއެވެ. އަދި ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިއްޖެއެވެ.މުސްކުޅިޔާ:- މީނާގެ ހާލު ކިހިނެއް ހެއްޔެވެ ؟(ސިހިގެން ގޮސްފައި )ކުރިއެކޭ ވެެސް ހަމަ އެއްގޮތެވެ. އަދި ބުނެބަލާށެވެ. ކަލޭ ތިޔަ އަންނަނީ ކޮން ތާކުން ހެއްޔެވެ؟ މުސްކުޅިޔާ:- އަހަރެން ދިޔައީ މީނާގެ ބޭސް ބަލާއެވެ.ބަލިމީހުންތައް ބަލަން ޑަކްޓަރ ގޮސް އުޅެފާ އައީވެސް ވަރަށް ލަހުންނެވެ.އެއާއި އެކު ބޭސް ބަލާ ގޮސް އޮތް މީސްތަކުންގެ ގިނަ ކަމުން ވެސް އެހާކަންބޮޑުވިއެވެ . އަހަރެންގެ ހިތް އޮތީ ތެޅިތެޅިމެއެވެ އެކަމަކު ބޭސް ހިފައިގެން ނޫނީ އައުމުގައި ވެސް އޮތީ ކޮން ފައިދާއެއް ހެއްޔެވެ.އަންވަރު:-މުސްކުޅިޔާއެވެ.ކަލެއަކީ މިތަންގަޑުގެ މީހެއް ހެނެއް ހީއެއް ނުވެއެވެ . ކަލޭގެ އަސްލު ރަށަކީ ކޮބައިހެއްޔެވެ ؟މުސްކުޅިޔާ :-ދަރިފުޅާއެވެ. އަހަންނަކީ ލަކަނޫގެ އަހުލުވެރިއަކީމެވެ. ކޮންމެވެސް ޒަމާނެއްގައި އުފާވެރި ދުނިޔެއެއް ވެސް ދުށް މީހަކީން މެއެވެ.އެކަމަކު އެންމެ ރަގަޅެވެ.މާތް ކާލާންގެ ކިބައަށް ޝުކުރު ހުއްޓެވެ އަދު މިއިން ހާލު ކަލޭ ތިޔަ ދެކުނީއެވެ.ޒަމާން ވެސް ހާދަހާ ކުލަ ތަކެއް ދައްކައެވެ.އަހަރެން ފުރަތަމަ އައީ ކިޝްވަރު ސުލްތާނާ އަށް ކިރު ދިނުމަށް ޓަކައެވެ.އެއި ގޮތަށް މިބައިމީހުންގެ ތޭރެގައި އިދެވުނީއެވެ.މިއަހެންކުއްޖާ ދެކެ އަހަރެންގެ ފުރާނަ އަށް ވެރެ ވެސް ބޮޑަށް އަހަރެން ލޯބިވެއެވެ.އަންވަރު:-ޝައްކެއްވެސް ނެތެވެ.ކެލެއަކި ވަރަށް ވަފާތެރި އަންހެނަކީމުއެވެ.މިފަދަ ނުރައްކަލަކާއި ތިޔަ ގޮތަށް ކުޅެލުމަކީ ފަސޭހަ ކަމެއް ނޫނެވެ .ކަލޭ ތިޔަ ކުރާ ޤުރުބާނީ ގެ ހެޔޮ ޖަޒާ މާތްރަސްކަލާންގެ ދެއްވާށިއެވެ.އަންވަރު މިހެން ބުނުމުން އެދައިތަ ރޯން ފަށައިފިއެވެ. އަދި ބެނެއެވެ.އަހަރެން ކީއްކުރަން ހެއްޔެވެ؟އަހަރެންގެ ފުރާނަ ގޮސްގެންނަމަވެސް މިދަރިފުޅު ސަލާމަތް ވެއްޖިއްޔާ ވަރިހަމައެވެ.ކިޝްވަރަށް ޓަކައި އުފަލުން އަހަރެން ނުއުފުލާނެ އެއްވެސް އުދަގުލެއް ދުނިޔެއަކު ނެތެވެ އޭމާތް ރަސްކަލާކޯއެވެ.ހިތާމައިގައިވާ އެންމެންގެ އަޑުތައް އައްސަވާ ރަސްކާލާކޯއެވެ.އަޅުގަޑުގެ ދަރިފުޅަށް ޝިފާ ދެއްވާށެވެ. މިހެން ބުނެފައި އެދައިތަ ގިސްލާލަފައި ރޯ ފަށައިފިއެވެ.އަންވަރުވެސް ފެންކަޅި ވެއްޖެއެވެ ހިދުކޮޅަކަށް ފަހު އަޑުގެ މައްޗަށް އޭނާ ބާރު ފޯރުވަމުން ބުނެއެވެ.މުސްކުޅިޔާ އެވެ.ފިކުރު ބޮޑު ނުކުރޭ ށެވެ މާތްރަސްކަލާންގެ ރުައްސެވިއްޔާ މީނާ ވަރަށް އަވަހަށް ރަގަޅު ވެދާނެއެވެ.މައަށް ވަރެ ދަށަށް ގޮސްފައި ތިބި މީހުން ރަގަޅުވާތަން ވެސް އަހަރެން ދުށީމެވެ.އުންމީދު ކަޑާލާންވީ އެއްވެސް ސަބަބެއް ނުފެނެއެވެ. މާތްކަލާންގެ ރަޙްމަތުން ފަހަރެއްގައި ވެސް އެދުން ކަޑާކަށް ނުވާނެއެވެ.މުސްކުޅިޔާ:-(ކަރަނުތައް ފޮހެމުން)އެކަމަކު ކަލޭ މިއޮއް ފަދަ ނުރައްކަލުގެ ތެރެއަށް ތިޔަ ވެއްޓި ގަތީ ކީއްރަން ހެއްޔެވެ.ކަލޭގެ ހަނދެއް ފަދަ މޫނު އަންގައިދެނީ ތިޔައީ ކޮންމެވެސް މާތް ޚާންދާނެއްގެ އައްޔެއް ކަމެވެ . އަހަރެންގެ ބަސް އަހާށެވެ.މިސުންޕާ ރަށް ދޫކޮށްފައި އަވަހަށް ހިގައިދާށެވެ.މިތާގައި އެއްމެ މިނެޓެއްގެ އިރުވެސް ކަލޭ ހުރުމަކީ އެކެށީގެންވާ ކަމެއް ނޫނެވެ ދާށެ ދާށެ އަހަރެންގެ ބަސް އަހާށެވެ.މިތަނުން އަވަހަށް ހިގައިދާށެވެ.އަންވަރު :-ނޫނެކެވެ.ދައިތާއެވެ.ކޮންމެއަކަސް މިހުރީ އާދެވިފައެވެ.ދެން އަހަރެން ހުއްޓަދޭށެވެ.އަހަރެންވެސް ކަލޭގެ ކިޝްވަރު ސުލްތާނާ ގެ ހާލު ބަލާނީއެވެ.އެކަކަށް ވުރެ ދޭއް ރަގަޅު ވާނެއެވެ.މުސްކުޅިއާ :-ނޫނެކެވެ. ދަރިފުޅާއެވެ.ކަލޭގެ ދެފައިގައި ހިގައި ބުނަމެވެ.މިތާ އެއްގޮތަކަށް ވެސް ނުހުރެ އަވަހަށް ދާށެވެ.މަރުގެ އަގައާ ޚަވާލުވާނީ ކާކު ކޮން އިރަކުން ކަމެއް ނޭގެއެވެ. މުޅި ރަށުގައި އަގަހުޅުވައިގެން އެއޮށް ދުވަނީއެވެ. އެކަމަކުވެސް ބަނޑެއް ބޮޑެއް ނުވެއެވެ. އަންވަރު:-ތިޔަހެން ވިއްޔާ ކަލޭ ހަދާނެ ގޮތެއް ނިކަން ބުނެބަލާށެވެ.މިތާގަައި އިންނާނީ ހެއްޔެވެ؟ މުސްކުޅިޔާ :- އާއެކެވެ.މިނަސީބެއް ނެތް އިންސާނާ އަށް ދިރިހުރެ ވަކި ކުރާނީ ކީއްހެއްޔެވެ ؟އެންމެންވެސް ކޮންމެވެސް ދުވަހަކުން މަރުވާނެއެވެ.ވީއިރު އަހަރެންގެ ކިޝްވަރަށް ޓަކައި ޖާނު ދުއްވާލިއަސް ދިރިއުޅުން ބޭކާރުވީ ކަމަކަށް އަހަރެން ނުދެކޭ ނަމެވެ.އެކަމަކު އެއްވެސް ކަމަކާއި ނުލައި ކަލޭގެ ފުރާނަ ބިރުވެރި ކަމުގެ ތެރެއަށް ވައްދަންވީ ކިއްކުރަން ހެއްޔެވެ؟އަންވަރު :-ތިޔަބުނަނީވާ ތެދެކެވެ. ނަމަވެސް ކަލޭ އަންހެނަކު ކަމުގައިވާ ހާލު ތިޔަ ފަދަ ހިތްވަރަކާއި ހަމްދަރްދީ އެއް ދައްކާއިރު އަހަރެން ފިރިހެނަކަށްވެ މަރަށް ފިލަން ދުވާނީ ކިހިނަކުން ހެއްޔެވެ؟ އެންމެ ރަގަޅެވެ.ދެން ދިގުވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.މީނާއަށް އަވަހަށް ބޭސް ދެމާހިގާށެވެ.މުސްކުޅިޔާ އަށް ޖެހުނީ މަޖްބޫރު ވެގެން ނަމަވެސް ވާހަކަ ހުއްޓާލުމަށެވެ.އަދި ބޭސް ދޭންވީ ގޮތް ލިއެފައިވާ ކުރުދާސްގަދު އަންވަރު އަތަށް ދީފިއެވެ. އަންވަރު ކިޝްވަރު ސުލްތާނާ މަޑުމަޑުން ނަގާ އެނާގެެ ބޯ އަންވަރުގެ ކޮޑު ގައި ޖައްސާ ބެންދުމަށް ފަހު. ބޭސް ދީފާ އެނެއްކާވެސް ބާއްވައިފިއެވެ. އަދި ކޯލާވަޓަރުން ތުނި ފޮތި ކޮޅެއް ތެންމައިގެން ނިއްކުރީގައި އަޅަން ފަށައިފިއެވެ މުޅި ރޭގަޑު ހަތަރު ދަން ވަންދެން ގެއްލިފައި އޮތުމަށް ފަހު އިރުގެ އަލިކަން އޭގެ ދޯދިތައް ސިއްރު ސިއްރުން އެކޮޓަރީގެ ތެރެއަށް ފޮނުވިއިރުވެސް އަންވަރު އިނީ ކިޝްވަރު ސުލްތާނާ ގެ މިލާފައިވާ މޫނާ ދިމާއަށް ކަޅި ހުއްޓާލައިގެން ނެވެ.އުއްމީދާއި ހިތާމަ އެކުލެވިފައިވާ ހާލެއްގައެވެ. ކިޝްވަރުތޯއެވެ.ކުރިއެކޭ ވެސް އެއްފަދައިން ހޭނެތިފާ ގޮތަށް އެބައޮތެވެ. ބާބު2 މިސްޓަރ ރަޙީމް ބާއި .
ކުރީގެ ހާދިސާތައް ހިގިރޭގެ ފަހު ދުވަހެވެ. ބޫމްބާގެ ވަރަށް ވެސް ވަރުގަދަ އިމާރާތެއްގެ ބޮޑު ކޮޓަރިއެއްގެ ތެރޭގައި މިސްޓަރ ރަޙީމް ބާއި (ކިޝްވަރު ސުލްތާނާގެ ބޮޑުބޭބެ އަދި އޭނާގެ މޫދާ ތަކުގެ ހަވާލުދާރު) ވަރަށް ވެސް ޒަމާނީ ހެދުމެއް ލައިގެން އެނާގެ ސިއްރުވެރި ރަޙްމަތްތެރި ޝީރާޒީ އާއި ވަހަކަ ދައްކަން އިނެވެ.ބޮޑުސުއްޓާއެއްގެ އޮލަ ދުންގަޑު ކޮޓަރި ދުއްވަސް ދުއްވައެވެ.އަދި އެނާގެ ހިނިތުންވުމުން ބުމްބާގެ ޖައްވުގެ ޒީނަތްތެރިކަން އިތުރު ކުރެވޭތޯ ގަދަ މަސައްކަތް ކުރޭމެވެ. މިސްޓަރ ރަޙީމް ބާއިގެ އުމުރަކީ ގާތްގަޑަކަށް ފާންސާސް ފަހެއްހާ ވަރެވެ.އޭނާގެ ކުލަ ރީދުލުވެ . އިސްކޮޅު މެދުމިނެވެ.ހެޔޮ ވަރަށް ވުރެ ފަލައެވެ.ކޭލް ބޯއްޓެއްހެން ހުރި ބޮލުގައިވާ އިސްތަށިތައް އެންމެ ވައްތަރީ އޫރުގެ އިސްތައްޓާއެވެ.ވަރަށް އޮލަކޮށް އަންޒޯރާކްރިމް އުގުޅާލައިގެން ވެސް އިސްތަށިތައް ވަނީ ކިޔަމަން ނުވެފައެވެ.ނިއްކުރި ނުތަނަވަހެއެވެ.ފަުފިފައިވާ ދެލޮލެކެވެ.ނޭފަތް ތޯއެވެ؟އެފަދަ އަޖައިބެއް ދުނިޔޭގެ ވަރަށް ދަުރަށް ދަތުރު ކުރިޔަސް ފެނުމަކީ ނާދިރު ކަމެކެވެ. ހީވާނީ ވަރުގަދަ މުޅާގޮޑިއެއްގެ ދެލޯވަޅު ތޮރުފާފައި އޭނާގެ މޫނުމަތީގައި ތަތްކޮށްފައި ހުރިހެންނެވެ.ދެލޮލުގެ މައްސަލައޭތޯއެވެ؟މާތްރަސްކަލާން ގެ ދުނިޔޭގައިވާ ފުރާނަ ހުރި ކޮންމެ އެއްޗަކަށް ދެލޯ ދެއްވި ކަމުގައިވި އަސް މިސްޓަރ ރަޙީމް ބާއި އަށް ލިބިފައިވަނީ އެންމެ ލޮލެކެވެ.އެލި ބުނު ލޮލުގެ ވެސް ފެނުމުގެ ބާރު ވަނީ ވަރަށް ކޮޑަކޮށެވެ.އެކަމަކު ލޯ އެނާއަށް ދެއްވުމުގައި ގުދުރަތް ވީ ދަހިވެތިކަމުގެ ބަދަލު ފަރިހަމަ ކޮންދެއްވާފައިވަނީ އަގައިގެ ބޮޑުކަމުންނާއި ދަތްތަކުގެ ދިގު ކަމުންނެވެ. ޝައްކެއްވެސް ނެތެވެ.ވިޔާފާރިގައި ޙީލަތާއި މަކަރު ހެދުމުގެ ފަންނުގައި އޭނާއަކީ މުޅި ބޫމްބާ އަސް އެއްވަނަ އެެވެ .އެކަަމަކު އެކަންތައް ފިޔަވައި އޭނާއާއި އެހެނިހެން ޢިލްމް ތަކާއި ހުރިތިމާގެ ކަމަކީ ރަގަޅު ހިމާރަކާއި ބުއްދިއާއި ހުރި ތިމާގެ ކަމެވެ .ދަންވަންތޯއެވެ؟ރަޙީމް ބާއިގެ ދަތް ތަކާއި ހުރި ފަރަގަކީ އެތުގެ ދަތުގެ ހުދުކަމެވެ.ރަޙީމް ބާއިގެ ދަތް ތައް ވަނީ ވައްތަރެއްގެ ފެއްސެއް ޖެހުމާއި އެކު ރީދު ވަފައެވެ .އަދި އޭނާގެ އަގަހުޅުވާލުމުން އެފެތުރިގަންނަ ވަހެއް އެނެކަކަށް އަސަރުކޮށްފިނަމަ ހަމަކަށަވަރުން ބޭރަށް ހިންގުން ނުޖެހިއެއް ނުހުންނާނެއެވެ.މިަފަދަ ފުރިހަމަ ސިފަ ތަކެއްގެ ވެރި ރަޙީމް ބާއި ގެ ޒީނަތްތެރި ކަން ވަކިން އިތުރު ކޮށްްދެނީ އޭނާގެ އެހަރަ ތުބުޅުއެކެވެ.އެއީ ހަމަ ނޫރްޢަލީނޫރް އެވެ. މިސްޓަރ ރަޙީމް ބާއިގެ އިޢްތިޤާދުގައި އޭނާގެ ތިބުޅިއަކީ ވަރަށް ޒަމާނީ ފެޝަންގެ ފަރަންސޭސި ގޮތަކަށް ކޮށާފައިވަ ތުބުޅިއެކެވެ.އެކަމަ ކު އާއްމު ނަޒަރުގައި އަދި އެމީހުން ހީކުރާ ގޮތުގައި ވީގޮތަކީ ރަޙީމް ބާއި އެއްދުވަހަކު ބަޑުފައި ގަނެގެން ދިރިދިރި އިން ކުކުޅެއް ކާލީއެވެ.ނާސީބު ދިމާކުރި ގޮތަކުން އޭގެ ފިދުފަތް ރަޙީމް ބާއި ގެ އަގައިގެ ބޭރުގައި ހަރުލައްޖެވެ. އިސްވެދިޔަ ސިފަ ތަކުގެ ވެރިޔާގެ ތިން އަބީން ވަނީ މަރުވެ ގޮސްފައެވެ.އޭގެ ސަބަބަކީ އެއްވެސް އޮޅުމެއް ނެތި ރަޙީމް ބާއި ގެ ފިތުރަތުގަވާ އަނިޔާވެރިކަމާއި ކަމީނާ ކަމެވެ.އެބޭކަބަލުން ނިޔައުވުމަށް ފަހު ހަމަ އެކަނި މުސްކުޅި އާދަ ކާދަ ނިޔާކުރާތި އެހެން ކާވަންޏެއް ކޮށްފިއެވެ.
މިފަހަރު އިން ކުއްޖާ ގެ އުމުރަކީ 15 އަހަރެވެ.ސިފަ އާއި އަޚްލާޤު ވެސް ރަގަޅު ކުއްޖެއްމެއެވެ.އެކުއްޖެއްގެ މައިންބަފައިން ޙިޔާލު ކުރީހަމަ އެކަނި ރަޙީމް ބާއި ގުނަމުން ގެންދާ ފައިސާ ތަކަށެވެ.އެހެން ޢިބާރާތަކުން ދަންނަވާނަމަ’އެމުސްކުޅި ބޭގަޑުގެ ސިފައަކަށް އަޚްލާގަކަށް އުމުރަކަށް ބެލުމެއް ނެތި އެބާމީހުންގެ ތަޢްލީމް ޔާފަތު އުފާ މިޒާހެއްގެ ދަރިފުޅު ދޯޔޯ އަކަށް ގުރުބާން ކުރި ކަހަލައެވެ.އެނަސީބެއް ނެތް އެންހެން ކުއްޖަާ ރަޙީމް ބާއި އާއި ރައްޓެހިވެފައިވަނީ ކަތިލަން ދަމާ ބެދެފައި އޮތް ބަކަރިއެއް ކަތިލާ މީހާ އާއި ރައްޓެހިވާނެ ވަރެށެވެ. ނުވަތަ މީދަލެއް ބޮޑު ބުޅަލަކާއި ރައްޓެހިވާނެ ވަރެށެވެ.މައިންބަފައިން ތިބީ އުފަލުންނެވެ ދަރިފުޅު ފައިސާވެރިއަކާ ދެވުނު ކަމަށް ޓަކައެވެ. އަންހެންކުއްޖާގެ ދެލޮލުން ކަރުނަ ނުހިކިއެވެ.ދިރިދުނީޔޭގައި އިންދާ ނަރަކައިގެ ރަހަ ފެންނަ ކަމަށް ޓަކައެވެ. އަސްވެ ދިޔަ ތަޢާރަފަށް ފަހު ރަޙީމް ބާއި އާއި މިސްޓަރ ޝީރާޒީ އާއި ދެމެދުގައި ދެކެވަމުންދާ ވާހަކަ އަހާލިއަސް ރަޙީމް ބާއި ގެ ސިފައަކަށް ވުރެ އުފާވެރިކަން ކުޑައެއް ނުވާނެވެ.ޝީރާޒީ އާއި މުޚާތަބްކޮށް ރަޙީމް ބާއި ބުނެއެވެ.ރަޙްމަތްތެރި ޔާއެވެ . ނިކަން ބުނެބަލާށެވެ.މިހަދާލި އުކުޅު ކޮން ކަހަލައެއްހޭ؟ހަރުފަ ވާނި މަރެވެ.ލަަޓިގަޑު އޮންނާނީހަމަ އޮތް ގޮތަށެވެ.”ޝީރާޒީ:- ޝައްކެއް ނެތެވެ.އޭނާ މަރުވުމަށް ފަހު އެއޮތްމުދާ ތަކުގެ މުޅި ވެރިއަކަށްވާނީ ކަލެއެވެ.ސައިދެހެރެވެ.ތިޔަކަހަލަ ނަސީބު ރަގަޅު މީހުން ދުނިޔޭގައި ވަރަށްވެސް މަދުވާނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

