ފަންވަރު 03
ކާރު ދުއްވާލައިފިއެވެ މަގުމަތީން ވެސް ކިޝްވަރުގެ ރީތި ކަމުގެ އަސަރު ން ހިތް ހަލުވާނުލާ ލޮލަކާއި ބައްދަލެއް ނުވެއެވެ.އަންހެނުންގެ ލޯތައް ހުއްޓެނީ އަންވަރައީ ދިމާއަށެވެ . ނަމަވެސް އަންވަރާއި ކިޝްވަރާއި ވާހަކަ ދެއްކުމުގެ ތެރެއަށް ގެއްލިފައި ވަނީ އެހެންމީހުންގެ އަޅުކަން ކުރުމަން ފުރިގެންވާ ލޯތަކަށް ކުޑަވެސް ފަރުވާލެއް ނެތިއެވެ.ކުޑަ އިރުކޮޅަކަށް ފަހު….. އަންވަރައީ ކިޝްވަރު ތިބި މޮޓަރު މޭރީން ލައިމްންސް ގައި ހުރި ވަރަށް ރީތީ ގެއެއްގެ ދޮރުމައްޗަށް ހުއްޓާލާއިފިއެވެ ދެކުދިން ފެންޑާ މައްޗަށް އެރިއިރު ގޭގެ ނޯކަރު އެތާގައި ހުއްޓެވެ އޭނާ ބުނީ ގޭގެ ވެރިޔާވީ މާތީބުރީގައި ކަމަށެވެ.ދެން ސިޑިން އަރައިގެން ދިޔައިރު މަތީބުރީގައި ހުރި ބޮޑު ކޮޓަރިއެއްގެ ފެންޑާ އެއްކަހަލަ ތަނެއްގައި މުމްތާޒުއި އަޒްރާ އާއި ދެކަބަލުން ތިއްބެވޫއެވެ.އެދެކަބަލުން ނަށް އަންވަރު ކިޝްވަރު ތަޢާރަފް ކޮށްދީފިއެވެ އެއްފަރާތުން އެނެއް ފަރާތަށް ތަރުޙީބު ލިބުނީ ވަރަށް ހޫނު ކަމާއި އެކުގައެވެ.ސަލާމްކޮށް އަވަހި ވުމަށްފަހު އެތާގައި ހުރި ސޯފާ އެއްގައި މުމްތާޒު ގެ ދެކަބަލުން ކިޝްވަރު ބައިންދައިފިއެވެ. އަންވަރުވެސް ކަރީގައި އެހެންގޮޑިއެއްގައި އިށީދެއްޖެއެވެ . މުމްތާޒްގެ އުމުރަކީ ގާތްގަޑަކަށް 28’ނުވަތަ 29އަހަރެވެ
އިސްކޮޅުން ދިގެވެ.ހިނިތުންވެފައިވާ މޫނެކެވެ.އާދާއިގެ ދޮން ކުލައެވެ .ލޮލާއި އިސްތަށީގެ ކުލަ ކަޅެވެ.ތަނަވަސް ނިއްކުރިއެކެވެ.އެކެށީގެންވާ ރީތި ހަށިގަޑެކެވެ. އަޒްރާގެ އުމުރަކީ 20’22އަހަރެވެ.ކުލަ ދޮނެވ.އި ސްކޮޅުން ދިގެވެ.ނުލާހިކު ސާދަ އަދި ޅަ ހިނިތުންވުމެކެވެ.ޖުމްލަކޮށް އޭނާގެ ސިފަ އަށް ބާލާލުމުން ޙިޔާލުގެ މަތިވެރި މަމާއި މިޒާޒުގެ އުފާވެރިކަން ދޭ ހަވާހާ އެވެ. މުމްތާޒު:-(އަންވަރާއި ދިމާއަށް )ތިޔަ ކުރި ތަޢާރަފަށް ހިތުގެ އަޑިން ޝުކުރު ކުރަމެވެ.(ހިނިތުންވެލާފައި ކިޝްވަރާއި ދިމާއަށް)ޚޫރަލްޢީނުންގެ ވާހަކަ ކީރިތި ޤުރްއާނުން ފެނިފައިވާ ކަމާއި މެދުކު ޝައްކެއް ނެތެވެ.އެކަމަކު ފުރިހަމައަށް އީމާން މިވެވުނީ މިއަދު ލޮލަށް ފެނުނީމައެވެ.މުމްތާޒް މިހެން ބުނުމުން ކިޝްވަރު ވަރަށް ބޮޑަށް ލަދުގަތެވެ.އަންވަރު:-(ކިޝްވަރާއި ދިމާއަށް ) މިސް ހާޝިމް ބާއިއެވެ.މުމްތާޒުގެ ވާހަކަ ދެއްކުމުގެ ލަފްޒު ތަކުގެ މަތިވެރި ކަމުްން ޚިޔާލެއް ނުކުރައްވައްޗެވެ. އެނާގެ ވާހަކަ ދެއްކުމާއި ‘އަދި އަމަލު ހުންނަ ގޮތުން މީހުން އިޢްތިރާޒް ކުރަން އެކަށީގެންވިޔަސް އޭނާގެ ނިޔަތް ނުރަގަޅެއް ނުވާނެއެވެ.މުމްތާޒު:ـތިޔަ ކުރެއްވި ގަދަރަށްޓަކައި ފަށްފަށުން ޝުކްރިއްޔާއެވެ..ދެން އޮތީ ނިޔަތުގެ މައްސަލެއެވެ.ޚަގީގަތަ ކީ ދުނިޔޭގެ ވަރަށް ރަގަޅު ކަންތައްތައްވެސް ނުބައި ނިޔަތުގައި ކުރެވި ދެއެވެ ނުބައި ކަންތައް ރަގަޅު ނިޔަތުގައި ވެސް ކުރިވިދޭމެއެވެ. މިއީ ދުނިޔޭގެ ތާރީޚް ހެކިދޭ ކަމެކެވެ.އަޒްރާ :- (ކިޝްވަރު މުޚާތަބްކޮށް)ކަލާއާއި ބައްދަލު ވުމުގެ ސަބަބުން އާދަޔާ ޚިލާފް އުފާވެރި ކަން އަޅުގަޑަށް ލިބިއްޖެއެވެ.އަންވަރު ވަނީ ކަލާގެ ވާހަކަ އަޅުގަޑު ގާތުގައި ދައްކާފައެވެ. އަޅުގަޑު ގަސްކޮށްގެން އިނީ ބައްދަލުވުމަށް އެންމެ ފުރަތަަމަ އަޅުގަޑު ދިއުމަށެވެ.ނަމަވެސް އަންވަރު ގަދަހެދީ ކަލާ ގޮވައިގެން ފަުރަތަމަ އޭނާާ އައުމަށެވެ.ކިޝްވަރު :- ތިޔަ ބާވާތުގެ ރަސްމީ ކަންތައް ތަކަށް އަޅުގަނޑު މާބޮޑު ފަރުވާލެއް ނުބަހައްޓަމެވެ.ތެދުވެރި ރަޙްމަތްތެ ރިކަމުގައި އެކަހަލަ ކަންތައް ތަކެއްގެ ބޭނުމެއްނެތެވެ.އަޒްރާ :- ޝައްކެ އް ވެސްނެތެވެ. ތިޔަ ފާޅުކުރެއްވީ އަޅުގަޑުގެ ހަމަ ހިތުގެ އަޑީގެ ޝޫޢޫރެވެ. މުމްތާޒް:- އެކަމަކު ދުނިޔޭގައި އިޚްލާޞްތެރި ކަމަކީ ވަރަށް ވެސް މަދު އެއްޗެއް ކަމުގައި ޢަޒްރާ ހެކިވާނެވެ.ކޮންމެ މީހަކުވެސް އުޅެނީ ކޮންމެވެ ސް އަމިއްލަ އެދުމެއް ފަުރިހަމަ ކުރުމުގައެވެ . ކޮންމެ މީހަކީ އަރަތެކެވެ.އަޑި އޮޅުން ފިލާގޮތެއް ނުވެއެވެ.ދުނިޔޭގައި އޮތް އެއްޗަކީ މަކަރުވެރި ކަމެވެ. ދުނިޔެ މީހާ ހިތްގައިމު އެއްޗަކަށް ވެފައިވަނީ ވެސް އެހެންވެގެންނެވެ. އަންވަރު :-އެދުރުކަލޭގެފާނުއެވެ.ތިޔާއީވެސް ކަލޭގެފާނުގެ މަކަރެވެ.މުމް ތާޒު:-ދިރިއުޅުމުގެ ހުރިހާ ކުލަވަރެއްގެ ސިއްރު ފޮރުވިގެންވާނީ މަކަރުވެ ރިކަމުގެ ތެރޭގައެވެ.ކޮންމެ އެއްޗެއްގެ ޚަޤީޤަތް ދިމާއަށް ފެންނާން އޮންނަ ނަމަ ދިއުޅުމަކީ އުފަލުން އެކަށީގެން ނުވާފަދަ ބުރައަކަށް ވެއްޖައީހެއެވެ .އަންވަރު :- އެއީ ކީއްވެގެންތޯއެވެ ؟ މުމްތާޒް އޮގޮތަކީ ގިނަ ފަހަރަށް ވެފައި އޮންނަނީ ސިފަ ހުތުރު އެއްޗެއް ކަމުގައަވެ.މަކަރު ވެރިކަން ދައްކަނީ އުފާވެރި ކަމާއި ރީތި ސިފަތަކެވެ.އަންވަރު:-ތިޔަބު ނުއްވި ގޮތުން ވިއްޔާ އިބްލީސް އަކީ ވަރަށް ވެސް ޤަދަރު ކުރުން އެކެ ށީގެންވާ ބޭކަލެއްތާއެވެ.މިހެނީ މަކަރާއި ޙީލަތުގެ ރަސްކަލަކީ އޭނާއެވެ. މުމްތާޒް:- (ސަމާސާ ގޮތް ކުޑަކޮށްލާފައި )ޝައްކެއްވެސް ނެތެވެ. ދުނިޔޭގައި ނުވީސްކަން ކަށަވަރެވެ.އިންސާފަކީ ‘ދުނިޔޭގައި މީހުން އުފާ ކުރާ ހުރިހާ ކުލަތަކެއް ގުޅިފައިވާނީ އިބިލީސް އާއިއެވެ.ބުނަމެވެ. އަންވަރު :ـ (ހީލަފައި )މާޢާފް ކުރައްވާށެވެ.އިބިލީހަކީ މުމްތާޒްގެ އެފަދަ ގާތް މީހެއް ކަން އަޅުގަޑު ނުދަނަހުރީމެވެ. މުމްތާޒް:-ކަލޭ ތިޔަ ބުނީ އެއީ ވަރަށް ނުބައި ޝައިތާނެއް ކަމުގައެވެ.އެކަމަކު އެފަދަ އަޙްލާޤެއް. ހުރި އިންސާނެއް މީހާރު މުޅި ދުނިޔޭގައި ވެސް ހުރި ކަމެއް ނޭގެއެވެ. މީހާރުގެ ޚާލަކީވެސް ދެވަނަ ދަރަޖައިގެ ވެރިއެއް ނަމަވެސް ހަމަ ބޫނާ އިރަށް އެމީހަކަށް ސަޖިދަ އަށް ތިރިވުމަށް މިތިބި މާތް އިންސާނުންތަ އް ޖެހިލުމެއް ނުވާނެއެެވެ.ނިއްތަޅައި ގަންނަގަތުން ނިއްކުރިތައް ފާރުކޮށްލަފާނެއެވެ.އެކަމަކު އިބްލީސް ނިކަން ބަލާބަލާށެވެ.ގަދަ ކީރިތި ވަންތަ މާތް ރަސްކަލާގެ ހަޞްރަތް ފުޅުގައި ސާފު ބަހުން ދެންނެވީ އިބަކަލާނގެ އަށް ސަޖިދަ ކޮށްފައިވާ މިނިތްކުރި އާދަމްގެ ފާނާށް ސަޖިދަ ކުރުމަށް ޓަކައި ތިރި ނުކުރާނޭ ކަމެށެވެ.ތެދެކެވެ ތަވްޙީދު ދަސްކުރާންޏާ އިބްލީސްގެ ގާތުން ދަސްކުރާށެވެ. އަންވަރު :-މިތަންވަޅު އިބިލީސް ތިޔަ ތާރީފު ކުރައްވަނީ ހަދާ ވަރަކަށެވެ. މުމްތާޒް:ـ ޤަބޫލު ކަރަމެވެ.އެކަމަކު އަޅުގަޑުގަ ދަޢުވާއަކީ ދުނިޔޭގައި އަދު މިތިބަ އިންސާނުންގެ ކުރެ 99މީހުންނަށް ވެރެ އިބިލީސް ރަގަޅު ކަމުގަ ބުނަމެވެ.މިހެނީ އޭނާ ޙިލާފްވީ އެންމެ އަމުރުފުޅަކަ ސެށެވެ.އެކަ
މުގެ ސަބަބުން ސުވަރުގެއިން ބޭރަށް ލެވިއްޖެއެވެ. އެކަމަކު އިންސާނު ން ދެކިބަލާށެވެ.ދުވާލަކު އެއްފަހަރު އެތަކެއް ހާސް ފަހަރު މިއޮއްދަނީ މާތްރަސްކަލާންގެ ޞަރީޙަ އަމަރުފުޅު ތަކާއި ޚިލާފް ވަމުންނެވެ.އަދި މަތި މަހުން ދެކޮލު އަބުރާ އަބުރާ މީހަކު އެއިން މީހަކާއި ދިމާއަށް ކުޑަމިސް ބަހެއް ބުނެލިއަސް އެމީހެއްގެ އަގަ ވީދާލުމަށް ތައްޔާރުވެދެއެވެ. އަޒްރާ:-(ހިލާފައި ކިޝްވަރާއި ދިމާއަށް)މިސް ހާޝިމް ބާއީއެވެ.އާޅުގަޑުގެ ފިރިކަލުންނާއި އަންވަރައީ ދެމެދުގައި އެފަދަ ފުން އެކުވެރި ކަމެއް އޮތުމުގެ އެންމެ ބޮޑު ސަބަބަކީ ޙިޔާލުގެ އެފަދަ ތެދުވެރި ތާފަތެއް ހުރި ކަމެވެ. އެދެ މީހުން އެއްބަސްވާ މައްސަލައަކަށް އޮތީ އަޅުގަޑަކީ އަޅުގަޑެ މަމެވެ.އެނޫން އެއްވެސް ކަމެއްގައި އިއްތިފާގެއް ނުވެއެވެ . މުމްތާޒް:-(ހިޔާލު)މާތްކަލާގެ ކިބައާށް ކޮޅެނެތް ކޮޅަށް ޝުކުރު ހުރި ކަމަކީ އަހަރެމެންގެ ދެއެކުވެރިންގެ މެދުގައި ކަލެއައީ ހުރެ ޙިލާފެއް ނުއުފެދި އޮތް ކަމެވެ.އަހަރެންގެ އުއްމީދަކީ ‘އެފާދަ ޚިލާފެއް އުފެދޭނެ ގޮތް ކަލޭ މެދުވެރިއަ ނޭދޭނެކަމެވެ . މިހެން ބުނުމުން އަޒްރާ ލަދުގަންޖެވެ. އަހަރެން ޙައިރާންވާ އެނެއް ކަމަކީ އެކަކު އެނެކަކާއި ޙިލާފް ވުމަކީ ފައިދާ ހުރި ކަމެއް ކަމުގައި އެންމެ ބޮޑު ހެއްކަކީ އެކަން އެހެން ނޫންނަމަ ދުނިޔޭގެ މިއޮތް ގިނަ ތާފަތު މަޒްހަބު ތަކާއި އަދި އިގިރޭސި ދައުލަތުގެ ވެރިކަމެއް ވެސް ނޮއޮތީހެވެ.އންވަރު :ـ ކާލެގެ ފަލްސަފާގައި ހަގީގަތުގައި ކިތަންމެ ކުޑަ ނަމަވެސް މާނަ އާައި ހިތްގައިމުކަން އެބަހުއްޓެވެ.މުމްތާޒު :- ތިޔަބައިމީހުން އަހަރެންނާ އެއްބަސްވާނޭ ނަމަ މިވަގުތު ދެން އެންމެ ރަގަޅު ފަލްސަފާ އަކީ ސައިބުއިން ކަމުގައި ގަބޫލު ކުރާނަމެވެ. އަންވަރު:ـއަޅުގަޑުމުޅި އުމުރުގައި ތިޔަކަންތަކާއި އެއްބަސް ވުމަށް މިހިރީ ތައްޔާރަށެވެ.އަޒްރާއެވެ.ސައި ތައްޔާރު ކޮށްދީގެން ނަމަވެސް ކަލޭގެ ފިރިކަލުންގެ މަތިވެރި އެދުންތަކުން އަހަރެމެން ސަލާމަތް ކޮށްދޭށެވެ. މުމްތާޒް:-ތިޔަބުނީ ތެދެކެވެ.ގިނަ ފަހަރަށް ކަލޭމެން ޢާއްމުންގެ ފިޔަތައް އަނދާ ހިސާބަށް އަހަރެންގެ ޙިޔާލާތު އުދުހިގެން ހިގައިދެއެވެ . އަންވަރު:-ތިޔައީ ތެދެއް ކަމުގައިވެސް ގަބޫލު ކޮށްފާނަމެވެ.ދެން އެކަމަކު ސައި ބުޔަދެއްވާށެވެ.ދަރުމަހުންނާނެއެވެ.މުމްތާޒު :- އަފިހު ނީންގެ ތިބޭނީ ދެބާވަތެކެވެ. އެއް ބާވަތަކީ އަފިހުންކާ މީހުންނެވެ. އެނެއް ބަޔަކީ ސައިބޯ މީހުންނެވެ.އަޒްރާ:-(ހީލާފަ )އަދި އޭނޫން ބާވަތެއްވެސް ވެއެވެ.އެއީ އަގަތަޅާ މީހުންނެވެ.ކަލޭ އޭނާގެ ވާހަކައަށް ނުހެއްލި ސައިބޮމުން ގެންދާށެވެ. މަށަށް ހީވަނީ ސުވަރުގޭގާވެސް ސަޔަކީ ލިބޭ ނިޢުމަތެއް ކަމުގައި ވާނެ ކަމަށެވެ. އަންވަރު:-ކަށަވަރެވެ. އަދި ކިއްކުރަންތޯއެވެ.ސައިބޯން ދެއްވުމަށްޓަކައި ޙަވާރީނުންވެސް ތިއްބަވާނެއެވެ.(މުއުނައިން ފުރިގެންވާ ހިގަތުމެއް) މުމްތާޒް:- ފިރިހެ ނުންނަށް ޙުޝާމަދު ކުރާ ބައެއް ކަމުގައި ވާނަމަ އެންހެނުންނަކީ ޙުޝާމަދު އަޑުއެހުމަށް ފިރިހެނުންނަށް ވަރެ މާބޮޑަށް އެދޭ ބައެއްކަން ޔަަޤީނެވެ.ފިރިހެނުންގެ ހުރިހާ އާދަ ކާދަ އެއް ހަލާކު ކުރަނީ އަންހުނުން ނެވެ.އެބައިމީހުންގެ ކައިރީގައި ތެދަކީ އެއްވެސް ޤަދަރެއް ހުރި އެއްޗެއް ނޫނެވެ.ތެދުގެ ޖަޒާ އަކީ ދޫ ބުރިކޮށްލުމެވެ.އިނާމް ލިބޭނީ ދޮގުންނެވެ. އަހަރެމެން ކިތަންމެ ވަރަކަށް ވެސް ތެދު ބެނެފާނޫއެވެ.އެކަމަކު ކަލޭމެންގެ ސަބަބުން އެންމެ ފަހުން ވެސް ޖެހޭނީ ދޮގު ހެދުމަށް މަޖްބޫރު ވާށެވެ.އެގޮތަކީ ތެދާއި ކުރިމަތިލުމުގެ ކުޅަދާނަ ކަމެއް ކަލޭމެންގެ ކިބައަކު ނުވުއެވެ.އަޒްރާ:-(ހިނިތުންވެލާފައި ) ދޮގަކީ ވެސް ހިތްގައިމު ފަންނެއް ކަމުގައި ފިރިހެން ވަނިީ ހަދާފައެވެ.މެދުކެޑުމެއް ނެތި އެމީހުން ދޮގުހަދާލެއް ގިނަކަމުން އަންހެނުންނަށް ތެދުގެ ތަޖްރިބާ ކުރާނެ ވަގުތުއްވެސް ނުލިބެއެވެ.އެންހުނުންގެ ސާދަކަމަކީ ތަޖްރިބާ ކުޑަކަމުން އެމީހުންނަށް ހީވަނީ ފިރިހެނުންގެ ދޮގަކީވެސް ތެދުހެންނެވެ .އަދި އެބާވަތުގެ ސިފަ ރީތި ދޮގެއްގެ މައްޗަށް ތިމާގެ މުޅި ދިރިއުޅުން ޤުރުބާން ކޮށްފައެވެ.ތެދުވެރި ލޯތްބެއް ރައްދެއް ނުކުރެއެވެ .އަދި ކީއްތޯއެވެ؟ މުޅިންމެ ހަދާނީ މަކާރާ ދޮގެވެ
. އަންވަރު:-(ހީގެންފައި )ބައްލަވާ ބައްލަވާށެވެ.މިހާަރު ތިޔަ ގެންދަވަނީ ޚައްދު ފަހަނަޅައެވެ . އެންމެން އެއްލަޓިގަޑަކުން ލައްވަމުން ނުގެންދަވާށެވެ.އެގޮތަކީ އަޒްރާ އާއި މުމްތާޒް ނޫނަސް ދުނިޔެގައި ލައްކަ އެންހެނުންނާއި ފިރިހެނުން ވެސް އެބަތިއްބެވެ.އަދި ފިރިހެނުންގެ ތެރޭގައި ވަފާތެރި އަންވަރު އެބަހުރީމެވެ.ކިޝްވަރު:ـ މުމްތާޒް!ކަލޭ ތިޔަ ދައްކަވާ ވާހަކަ އެއީ ހިތްޕުޅުގެ އިޢްތިގާދުވެސް ތޯއެވެ؟ މުމްތާޒް:-މާތްކަލާނގެ ހެކިވެ ވޮޑިގަންނަވާށެވެ.އެއްވެސް ފިރިހެނަކީ ތެދުވެރިއެއް ކަމަކަށް އިޙްލާ ސްތެރިއެއް ކަމަކަށް އަޅުގަޑު ގަބޫލެއް ނުކުރަމެވެ.އަޅުގަޑުގެ ނަޒަރު ގައި ކޮންމެ ފިރިހެނަކީ އީމާނެއް ނެތް އަތްކަން ކުރާ މީހެކެވެ.އިހަޔޫދި ގިރިޓީ ކޮށްފައިވާ ގަހަނާތައް ހާދަހާދައި ގެން އަންހެނުން ގައި އެޅުވުމުން ގެންދަނީއެވެ. އަންހެނުން އެބައިމީހުންގެ މޮޔަކަމުން ހީކުރަނީ އެއީ ހަމަހަގީގަތުގެ ކާނަ ކަމުގައެވެ.ނަމަވެސް އެގިރިޓީ ފިލައިގެން އަސްލު އެގޭއިރު ދެން އޮންނާނި ރޯން ޖެހިފައެވެ.އެކުރާ ހިތާމައަކީ އެރޯރުއިމަކީ އެނެއް މޮޔަކަމެވެ. ކިޝްވަރު:-އެއީ ދެނަވަ މޮޔަ ކަމަކަށްވީ ކީއްވެގެންތޯއެވެ.؟މުމްތާޒު:-ދެވަނާ މޮޔަ ކަމަކަށް ވީގޮތަކީ ފުރާތަމަ ވެސް އެކެހިވެެރިކަން ގަބޫލުކުރަނީ ކީއްކުރަން ހެއްޔެވެ؟ ސަލާމްލެއްވި އާދަމްގެ ފާނުއްސުރެއް ފެށިގެން މިދާއާއި ހަމައަށް ފިރިހެނުންގެ ގޮތްތަކާއި ތަބީއަތް އަންހެނުންނަށް ނުވިސްނުނުކަމީ އެބައިމީހުންގެ ކުށެވެ.ފިރިހެނުންގެ އެމިޒާޖު ނުދަންނަ ކަމުގައި އަހެންހުނަންށް ހޭދޭކަށް ނެތެވެ.މިހެނީ އެއްވެސް ފިރިހެނަކު އޭނާގެ މުޅި އުމުރުގައި އެއް އެންހެނެއްގެ މައްޗަށް ހުއްޓިފައި ނުހުންނެކަން އަންހެނުންނަށް ރަގަޅަށް އެގޭނެއެވެ.ކުޑަކުދިންނެކޭ އެއްފަދައިން ކޮންމެ ދުވަހަކަށް އައު ކުޅޭ އެއްޗަކަށް ބޭނުންވެއެވެ ކުޅުމަށެވެ.ހަލާކު ވެސް ކޮށްލުމަށެވެ.ވީމާ ތިމާގެ މުޅި ލޯބި ފިރިހެނަކަށް ދޭއިރު ކޮންމެ އަންހެނަކުމެ އެމީހެއްގެ މުޅި އުމުރު ދީފައި އެގަންނަނީ ތިން ހަތަރު ދުވަހެއްގެ ހަދުވަރެއްކަން ރަގަޅަށް ވިސްނަން ވާނެއެވެ.ފަހުން ހިތާމަ ނުކުރަމަށްޓަކަެވެ.ނާއުންމީދު ނުވުމަށް ޓަކައެވެ.އެކަމުގެ މުސީބާތަކީ އަންހެންނުންނަކަށް މިގޮތެއް ނުވިސްނެއެވެ.ނުވެސް ވިސްނޭނެމެެއެ ވެ.ވިސްނާކަށް ނުވެސް އެދެއެވެ.އަންހެނުންގެ ތަބީޢަތަކިީ ގިނިކާ މާދުންޏެކޭ އެއްގޮތެވެ.އެއަށްވެސް ވާހގޮތަކީ ޝިކާރާވެރިން ފަހައި ގަތުމުން ދުވެދުވެ ވަރުބަލިވެގެން ސަހަރާގެ ވެލިގަޑުތެރޭގައި އޭގެ ބޯ ފޮރުވަނީއެވެ.އެއަށް އެހެން ތަނެއް ނުފެންނަ ފަދައިން އެހެން މީހުންނަށްވެސް އެނުފެންނާނެ ކަމުގެ ޔަގީނުގައެވެ.ހަމަ މިގޮތަށް އަންހެނުންވެސް ފިރިހެނުންގެ ހިތުގައިވަ ހަގީގަތް ދެނެގަތުމުން އަބަދުވެސް އެދެނީ އެއް ކިބާވާށެވެ.ފަރިހެނުންގެ ފިތްރީ ބަލިކަށިކަން ދިމާައަށް ދެއްކޭކަށް ނުހުރެއެވެ.އަދި ކަނު ބަދެގެން ތިބެ މުޅިން ދިރި އުޅުން ހޭދަކޮށްލަން އެދެނީއެވެ . ނަމަވެސް ދިރިއުޅުމުގެ ކޮންމެވެސް ދަނޑިވަޅެއްގައި ލޮލުގެ ފަރުދާ ނެތި ހަގީގަތާއި ކުރިމަތިލާން ޖެހިދެއެވެ. ދެން ކުރާ ކަމަކީ ތިމާގެ މޮޔަ ކަމުގެ މައްޗަށް ނަސީބެއް ނެތް ކަމުގެ މައްޗަށް ރަގަޅަށް ގިސްލާފައި ރުއިމެވެ.އެފަދަ ރުއިމެއްގެ އެއްވެސް ޙައް ގެއް ނެތެވެ.
.މިހެނީ ދުނިޔެއަކީ ނުލާހިކު ބޮޑު ގުމާރު ކުޅޭ ގެއެކެވެ.ލޯތްބަކީ ވައްތަރެއްގެ ކުޅިވަރެކެވެ.ކޮންމެ މީހަކުވެސް އެމީހެއްގެ ނަސީބާއި ހަރާދު ކުޅެނީއެވެ ބައެއް ފަހަރަށް ގަދަވެއެވެ. ބައެއް ފަހަރަށް ބަލިވެދެެއެވެ. އެންހެނުންނަށް ވާގޮތަކީ ބަލިވެއްޖެނަމަ މުޅި އުމުރު ދުވަހަށް އެކަމުގެ ކަޅުހެދުންލަނީއެވެ.ވިސްނުންތެރި ފިރިހެނުން އެބައިމީހުންގެ ފިތުރީ ބާރު ގަދަކުމުގެ ސަބަބުން ބަލިވުމަށް ފަހުވެސް އަލުން ސަމާލުވެ ތެދުވުމަށްފަހު ދެވަނަ ފަހަރަށްވެސް ނަސީބުގެ އިމްތިޙާން ކުރަނީއެވެ. އަންވަރު:-މިސްހާޝިމް ބާއި އެވެ. ކަލާ މުމްތާޒާއި ގިނަ ވާހަކަ ތަައް ދެއްކުވުން އޭނާގެ ހިއްމަތް އިތުރުވިޔަ ނުދެއްވާށެވެ. އެހެން ނޫނީ ވާނެ ގޮތަކީ އޭނާގެ އެކޮރު ފަލްސަފާ އާއިގެން ކަލާގެ މައްޗަށް ބޮޑު އަޒާބަށް ވެދާނެއެވެ. ނިކަން އައްސަވަ ބައްލަވާށެވެ މިއަދާ ހަމައަށް އެނާ އެއްވެސް މީހަކަށް ތެދުވެރި ގޮތެއްގައި އެދުނުތޯއެވެ.އެނިކަމެއްޗާ ލޯތްބަކީ ކޯއްޗެއްކަން ލޯބިވަނީ ކިހިނެއްކަން ދަންނަނީ އެހެން ނަމަތާއެވެ.މުމްތާޒު:- ކަލޭ ފަހެ އެދުނީ މުހެއްޔެވެ.؟އެހެން ކަމުގައި ވަނީ ވިއްޔާ ދެން އެއްވެސް ވާހަކައެއް ނެތެއް ނޫންހެއްޔެވެ. ލޯތްބަކީ ކޮން އެއްޗެއްކަން ކަމާއި އެކުރަނީ ކިހެނަކުންކަން ކަލޭ ނިކަން ބުނެބަލާށެވެ.މުމްތާޒު މިހެން ބުނުމުން އިޙްތިޔާރެއް ނެތި އަންވަރަށް އިސް ޖެހިއްޖެއެވެ . މޫނަށް ރަތް ކުލަ ވެރިވެގެންފިއެވެ. އެވަގުތު ވަރަށް ފުން ލޮލަކުން އަންވަރާއި ދިމާއަށް ބަލާލުމަށްފަހު ހީލަފައި ކިޝްވަރު ބުންޏެވެ. ކިޝްވަރު:-އާނ!އާނ! ލޯތްބަކީ ކޮން އެއްޗެއް ކަމާއި ކިހިނެކުން ވެވޭ އެއްޗައްކަންް ނިކަން ބުނުއްވަ ބައްލަވާށެވެ.އަންވަރު:-(ލަދުވެތި ސަމާސާ ގޮތަކަށް )ނަންގަންވީ ކީކޭތޯއެވެ.
ބާބު5
އެނެއް ދުވަހު ނުވައެއްޖެހިތަނާ ވަރަށް ރީތީ ކާރެއް އައިސް ކާރީމް ބާއި ގާސިމް ބާއި ގެ ފިހާރައިގެ ކުރިމައްޗަށް ހުއްޓާފިއެވެ. ކާރުގެ ތެރެއިން ހިމަހިމަ ރީތި އަޑަކުން މަހުމޫދު ގޮސް ސޭޓް އޮފީހުގައި އިންނެވިތޯ ބަލާބަލާށެވެ.ބުނަމުން މަހުމޫދު ކާރުން ފައިބައިގެން އޮފީހާއި ދިމާއަށް ހިއްގަޖެވެ. އަދި ކުޑައިރުކޮޅަކަށް ފަހު އެބުރި އައިސް އޭނާ ބުންޏެވެ ހިންގަވާށެވެ. ސާހިބާއެވެ.ސާހިބާއެވެ. ! ސޭޓް އިންނެވީ ކަމާނާގެ އިންތިޒާރުގައެެވެ. އެކުއްޖެއްގެ އުމުރުން 15ނުވަތަ 16 އަހަރަށްދާ އަންހެން ކުއްޖެކު ވަރަށްވެސް ފަރި ގޮތެއްގައި ކާރުން ފައިބައްޖެއެވެ ލައިގެން ހުރީ ފިނިފެންމާ ކުލައިގެ ފަށުވި ސާޅިއެކެވެ.އޭގެ ތަންތަންކޮޅުގައި ރަތްކުލަ ކުރަހާފައިވާ ކުރެހުންތައް އިރުގެ އަލިކަމުގެ ތެރޭގައި ވަނީ ވިދަވިދައެވެ.ރަތްކުލަ އެކުލެވިގެންވާ ދޮން ކުލައެވެ . ވަރަށް ވެސް އަސަރުގަދަ ދެލޮލެކެވެ.އޭގެ ގަދަ ކަޅުކުލައާއި އެކުވެގެންވާ ޖާދޫގެ ތެރެއަށް މީހަކު ގެއްލިއްޖެނަމަ އެމީހެއްގެ ހިތް ހަރަކާތް ވުމަށް ވެސް ހަދާން ނެތިދާ ފަދައެވެ. ތަބީއީ ގޮތުން އެކުއްޖެއްގެ ތުންފަތަށް ލިބިފައިވާ ލަތީފް ކަމާއި ތުނިކަމާއި އަދި ރީތި ކުލަ ފިނިފެން މަލުގެ ފިޔަތައްވެސް ލަދުގަންނަވާލާހާވެއެވެ.ވަރަށްވެސް ހޮޔޮވަރުގެ އަސްކޮޅެ ކެވެ.އިސްކޮލާ އެކަށީގެންވާ ރޫފައެކެވެ.ޖުމްލަކޮށް ދަންނަވަނީ ނަމަ މާތްކަލާނގެ ކުޅަދުންވަންތަ ވެރިކަމުގެ މައްޗަށް މީސްތަކުން އީމާން ވަފަދަ ރީތީގެ ނަމޫނާއެކެވެ. ޖަވާހިރުތައް ޖަހާފައިވާ ރީތި ހާރެއް އެކުއްޖެއްގެ ކަރުގައި އޮތެވެ.ކަންފަތުގައި ލާއެތިގަަައި ހުރި ވަރަށްވެސް ވިދާ ދެއަލިމަހެވެ . އަތިގައި އޮތް އުޅަލުގައި ޔާގޫތާއި ޒުމައްރަދުގެ ކުރެހުން އަޅާފައިވެއެވެ.ދަންނަވާނީވެސް ކީކޭތޯއެވެ ؟ މިދަކީ ހަމައެކަނި އަންހެން ކުއްޖަކީ އެއްނޫނެވެ . އަދި ކީއްތޯއެވެ؟ އަންހެނީ ރީތި ކަމުގެ ލާމަސީލު މިސާލެކެވެ. އެއީ އެކަމަށް އަލިވެފައިވާ ވިދުވަރެއް ފަދަ މަންޒަރެކެވެ. ރީތި ޚިޔާލެކެވެ.ހިތްދަމައިގަންނަ ފަދަ ދިރިހުރި ހުވަފެނެ ކެވެ.އޭނާގެ ނަމަކީ މާހްޖަބީނެވެ.ހަގީގަތުގައިވެސް އެއީ މާހްޖަބީނެކެވެ. މިޔުޒިކްގެ ފަންނު ތަކުގައި އެއިލްމްގެ ބޮޑެތި ބޮޑެތި މާހިރުންވެސް އޭނާގެ ކުޅަދާނަ ކަމަށް ތަޢުރީފް ކުރެއެވެ . މުޅި ބުމްބާގައި އެވަގުތު ވަނީ އޭނާގެ ނަން ވިދާބަބުޅާފައެވެ. ކޮންމެ ޒުވަނަކާއި އަދި ކޮންމެ މުސްކުޅިއަކު ވަނީ އެނާއާއި މޮޔަވެފައެވެ. މާހްޖަބީން ގެ ދައްތައަކީ ބުމްބާގެ އެންމެ ރީތި އަދި އެންމެ މަޝްހޫރު ތަވާއިފުންގެ ހިމެނިގެންވާ މީހެކެވެ.(ދިވެހި ބަހުން ތަވާއިފުންގެ އެންމެ ގާތް ތަރުޖަމާ އެއް ކުމުގައި ދެންނެވޭނީ އެއީ ކަސްބީ އަންހެނުން ކަމުގައެވެ. މާޢާފް ކުރެއްވުން އެދެމެވެ.)އެކަމަކު ރީއްޗާއި ރޭގަޑުގެ ދުނިޔޭގައި އަޅުގަޑުމެންގެ އައު ތަރި ވިދަން ފަށައިގަތުމުން އޭނާގެވެސް އަލިކަން މިހާރުވަނީ ފަޑުވެފައެވެ. މާހްޖަބީން އޭނާގެ ސާޅިގެ ކަނެއްގައި ވަރަށް ވެސް ފަރިގޮތަކަށް ހިފަލާގެން ހުރެ ގާސިމް ބާއީ ގެ އޮފީހުގެ ސިޑިން ހަލުއިހަލުއިކޮށް އަރައިގެން ހިގައްޖެއެވެ އޮފީހުގައި އިނީ އުމުރުން ދުވަސްވީ މާތް މީހެކެވެ. އޭނާގެ އުމުރުން ސަތޭކައިގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ މަދެއް ނުވާނެއެވެ.ރަށް ފަގުޑިއެއް އަޅާފައެވެ. އަދި ރީތި ދިގު ހުދު ގަމީހެއްގެ މަތީން ސުއިޓަރ އެއް ލައިގެންނެވެ.މާހްޖަބީން ފެނުމާއި އެކުގައި މިދެންނެވި މީހާ ސިހިގެން ގޮސްފައި ތެދުވެއްޖެއެވެ. އަދި ހައިރާން ކަމާއި އެކުގައި އަވަސް އަވަހަށް ދެތިން ފަހަރު ސަލާމްވެސް ކޮށްފިއެވެ. ކަރުކެހިލައިފައިއެވެ.ބޯކަހާލައިފިއެވެ. ސާލާމަށް އަތް ދިއްކޮލާފައިމެ އަތް ދަމައިގެންފިއެވެ.މާހްޖަބީން އާއި ދިމާއަށް ގޮޑިއެއް ދިއްކޮށްލާފައި އެނެއްކާ އޭނާގެ ކަރިއަށް ގެނެސްވެސްފިއެވެ.މިފަދަ ހާލެއްގައި ވަނިކޮށް މާހްޖަބީން ހިނިތުންވެފައި އިށީންނަވާށެވެ. މާބޮޑަށް އުދަގޫ އުފުއްލަވާ ނެ ކަމެއް ނެތެވެ.އަޅގަޑުވެސް އަށީދެފާނަމެވެ.މިހެން ނުބުނި ނަމަ އޭސެޓް އިތުރަށް ކޮށްފައި ނުކުރާނީ ކޮން ކަމެއް ކަން ވެސް އަޅުގަޑުމެންނަކަށް ނޭގެއެވެ. ކޮންމެ އަކަސް ކޫރީގައި ދެންނެވިހެން ބެނެފައި މާހްޖަބީން އިށީދެއްޖެއެވެ ދެން ގާސިމް ބާއި ވެސް އަށީނު މަށް ފަހު މާހްޖަބީނާ މުޚާތަބްކޮށް ބުނެފިއެވެ.ތިޔަހާ އުދަގުލެއް ތިޔަ އުފުއްލެވީ ކީއްވެގެންތޯއެވެ ؟ބޭނުމަކީ ކޮބައިކަން އަވަހަށް އަންގަވާށެވެ. މިހެން ބުނެފައި ގާސިމް ބާއި އޭނާގެ ދެއަތް ދެއަތާ މޮޑެން ފަށައިއެވެ. އަދި ހިނިތުން ވާހިތުން މަތީގައިވާ ސޯޅަދަތާއި ތިރީގައިވާ ސޯޅަދަތާ އެކީގައި ހާމަ ކުރެވޭތޯ މަސައްކަތް ކުރިއެވެ. މާހްޖަބީން:- އަޅުގަޑު މިއައީ މަލްބާ ހިލްޒް އިން ރަގަޅު ގެއެއް ކުއްޔަށް ލިބޭތޯއެވެ. ކުލި ކިތަންމެ ބޮޑު ނަމަވެސް ވަރިހަމައެވެ. ގެވާންވާނީ ރީތިގެއަކަށެވެ.އަދި ހުރި ތަނުގެ ގޮތުންވެސް ފުރިހަމަ ގެއަކަށެވެ. މިއަޑު އިވިފައި ގާސިމް ބާއި ގެ 32ދަތް އެކުގައި އެނެއްކާވެސް ފާޅުވެއްޖެއެވެ . ވަރަށް އުފާވެފައި ބުންޏެވެ ޝައްކެއް ނެތެވެ.ބުމްބާ އިން ކީއްކުރަންތޯއެވެ. އެއް އެތައް ހިސާބެއްްގެ ދުރަށް ދަތުރު ކުރެއްވިއަސް ލިބިނުލައްވާ ފަދަ ރީތި ގެއެއް އަޅުގަޑު ދީފަނަމެވެ. މާހްޖަބީން:-އެކަމަކު މަލަބާހިލްޒް ނޫން ތަނަކުން އަޅުގަޑު ބޭނުމެއް ނެތެވެ. ގާސިމް ބާއީ:-ލައްބައެވެ. ގެ އަރުވާނީ ހަމަ އެތަނުންނެވެ.އެކަމަކު މިހާރު ހުހަށްހުރީ ކޮންކޮން ގެއެއްތޯ ބާލާލުޔަ ދެއްވާށެވެ . މިހެން ބުނެފައި މޭޒުމަތީގައި ހުރި ރަގަބީލަކަށް އޮބާލައިފި އެވެ.އެހެން ކޮޓަރިއަކުން ރަގަބީލުޖެހިއްޖެވެ. ކޮޑައިރުކޮޅަކަށް ފަހު މާހްޖަބީން މެން ތިބި ކޮޓަރީގެ ދޮރުފަތް ހުޅުވިއްޖެވެ. އަދިދޮރުމަތީން ފެންނަން ހުރީ އަންވަރުގެ ރީތި ހަށިގަޑެވެ.ހުޅުވުނު ދޮރާއި ދިމާއަށް މާހްޖަބީން ބަލާލީ ވަރަށް ވެސް ފަރުވާލެއް ނެތް ނަޒަރަކުންނެވެ. ނަމަވެސް އޭނާގެ ލޯ އެދިމާއަށް ހުއްޓުނީއެވެ.އޭނާގެ ކުރިމައްޗަށް އައިސް ކުއްލިއަކަށް އެހުއްޓުނު ފަދަ ފިރިހެނީ ރީތި ކަމެއްގެ މަތިވެރި ނަމޫނާއެއް މިއަދުގެ ކުރިއަކު އޭނާ ދުވަހަކުވެސް ނުދެކެއެވެ.ތެދެއްމެވެ. އަންވަރަކީ ރީތި ކަމުގެ ދުނިޔޭގައި ރަސްރަސްކަލުންގެ ރަސްގެފާނެއެވެ .ރީއްޗަކީ އޭގެ ކުރިމަތީގައި މީހާގެވިސްނުން ހަމައިން ނައްޓާލާ ފަދަ އެއްޗެއްކަން މާހްޖަބީނަށް ގަބޫލު ކުރެވުނެވެ.ރީއްޗަކީ އަސަރުން ފުރިގެންވާ އެއްޗެއްކަން އޭނާއަށް ގަބޫލު ކުރެވުނެވެ.ރީއްޗަކީ މީހަކު މަސްތު ކޮށްލާފަދަ އެއްޗެއްކަން ވެސް އޭނާ އަށް ގަބޫލު ކުރެވުނެވެ.
ތުމް ސާމުނޭކެއާއި އިކްތަރަފް ބަހާރުއާއި
އާންކޯންނެ މޭރީ ގޯޔާ ފިރްދައުސު ނަޒަރުދެކާ.
އަނެއްކޮޅުން އަންވަރު ވެސް އެކޮޓަރިއަށް ވަނީއަކީ ރީތީގެ އެފަދަ ކަމެއް ދުށުމަކަށް ތައްޔާރުވެ ހުރެއެއް ނޫނެވެ.ވީމާ އޭނާއަށްވެސް ޖެހުނު ހާލަކީ މާހްޖަބީނާއަށް ކަޅި ހުއްޓާލައިގެން އިރުކޮޅެއް ވަންދެން ހުންނަށް ޖެހުމެވެ.ނަމަވެސް ގިނަ ވަގުތު ތަކެއް ވިޔަ ނުދީ އޭނާގެ ވިސްނުން ސމާލުކޮށް ހަމަޖައްސާލައިފިއެވެ.ގާސިމްބާއި:-މިސްޓަރ އަންވަރުއެވެ!މީނާއަށް (މާހްޖަބީން އާއި ދިމާއަށް އިޝާރާތް ކޮށްލާފައި) މަލަބާހިލްޒް އިން ރަގަޅު ގެއެއް ބޭނުން ވަނީއެވެ.އެހިސަބުގައި މީހާރު ރަގަޅު ގެއެއް ހުހަށް އެބަހުރި ހެއްޔެވެ؟އަންވަރު ލައްބައެވެ. އަޅުގަޑު ހަދާންވާގޮތުގައި އަދިވެސް ވަރަށް ރަގަޅު ތިންގެ ހުހަށް ހުންނާނެއެވެ. އެކަމަކު ޔަގީން ކޮށް ދަންނަވަން އެގެނީ ފައިލް ތައް ބަލާފައެވެ. އަމުރުފުޅު އެބައޮތްތޯއެވެ؟ޤާސިމްބާއި :- އާއެކެވެ.އެންމެ ރަގަޅެވެ. ގޮސް ބަލާާފައެވެ. އަދި މަލަބާރ ހިލްޒްގެ ޗާޓު ވެސް ހިފައިގެން އަންނާށެވެ. އަންވަދު:-ވަރަށް ގަޅެވެ. މިހާރު މިއަންނަނީއެވެ. މިހެން ބުނެފައި އެކޮޓަރިން ނުކުމެއްޖެއެވެ މިވީ ވަގުތުކޮޅު ތެރޭގައި އަންވަރު އޭނާއާއި ދިމާއަށް ބަލާތޯ މާހްޖަބީން ސިއްރު ސިއްރުން ބެލިއެވެ. ނަމަވެސް އޭނައަށް ވާންޖެހުނީި ނާއުންމީދެއެވެ. މިހެނީ ފަރަތަމަ ބަލާލި ބެލުމުގެ އިތުރަށް އަންވަރު އެއްގޮތަކަށްވެސް އޭނާގެ ލޯ މާހްޖަބީން އާއި އަބުރައެއް ނުލައެވެ. ދެމިނެޓްހާއިރު ގެ ތެރޭގައި އަންވަރު މަލަބާރި ހިލްޒްގެ ޗާޓު ހަފައިގެން އެބުރި އަތުވެއްޖެއެވެ. އަދި މާހްޖަބީން ގެ ކުރިމަތީގައި ޗާޓް ފަތުރާލަފައި އޭނާ ބުނާން ފަށައިފިއެވެ.މަލަބާރ ހިލްޒް މިތަންވަޅު ވަރަށް ރަގަޅު ތިންގެ ހުހުށް އެބަހުއްޓެވެ ބައްލަވަ ބައްލަވާށެވެ.އެއްގެއަކީ މިގެއެވެ.ވަރަށް ވެސް ފުރިހަމަ ގެއެކެވެ. އަދި ހުރިތާގެ ގޮތުން ވެސް ވަރަށް ރަގަޅުވެ.ކުއްޔަކީ އަހަރަކު/4000ރުފިޔާ އެވެ. އެނެއް ގެއަކީ މިއެވެ.ކުރީގެ ގެއަށް ވުރު ވެސް ބޮުޑުވެފައި ރިީއްޗެވެ. ކުއްޔަކީ -4500ރުފިޔާއެވެ. ތިންވަނަ ގެއަކީ ކުރީގެ ދެގެއަށް ވުރެ ހުރިހާ ގޮތަކުން ވެސް މާ ފުރިހަމަ ގެއެކެވެ ގެގޭ ނަމަކީ ފެއަރީ ޕެލަސް އެވެ. (ޗާޓުން އެގެ ދައްކާލާފިއެވެ.)މިއެވެ.ކަނޑުގެ މަންޒަރަކީ އަދި ސާފު ވައި ވެސް ހުރަހެއް ނެތި މިގެއަށް ފެނި ލިބޭނެއެވެ. ނުލަާހިކު ރީތި ކުޑަ ކުޑަ ބަގީޗާ އަކާ ޓެނިސް ކޯޓެއްވެސް އެބައޮތެވެ. މިގޭގައި ފަރނީޗރ ވެސް ބަހައްޓާފައި ވަނީ އެންމެ މިޒަމާނުގެ ގޮތަށެވެ.:(ހެ މާހްޖަބީން:- ކުލި ކިހާވަރެއްތޯ އަޅުގަޑު އަހާލަންތޯއެވެ؟ އަންވަރު:- އަހަރަކު /6000 ރުފިޔާއެވެ. އެކަމަކު އަޅުގަޑަށް ވިސްނޭ ގޮތުގައި ގޭގެ ރަގަޅުކަމާއި ފުރިހަމަ ކަމުގެ ނިސްބަތުވައި މިކުލި ބޮޑެކޭ އެއްގޮތަކަށް ވެސް ނުބުނެވޭނެވެ. ޤާސިމްބާއި އަކީ ފަރިހަމަ ވިޔަފާރިވެރިއެކެވެ.އިންސާނިއްޔަތު ކަމުގެ ސިފަ އޮތީ ދެވަނައަށެވެ. ފެއަރީ ޕެލަސް ހުހަށް ހުންނަތާ ވެސް ލައްކަ ދުވަސް ވެއްޖެއެވެ .ވީމާ އޭނާގެ ވިޔަފާރިވެރި ހިތް ފިސާރި ރަގަޅަށް ތެޅެން ފަށައިފިއެވެ ކުލި ބޮޑުކަމުން މާހްޖަބީން އިންކާރު ކޮށްފާނޭ ކަމުގެ ބިރުންނެވެ. އެފަދަ ހާލެއްގައި ހުރެގެން އުއްމީދުން ފުރިފައިވާ ލޮލަކުން އަންވަރާއި މާހްޖަބީނާއި ދިމާއަށް އެނާ ބަލަމުން ގެންދެއެވެ. ޑަރބީ ރޭހުގެ އަހެކޭ އެއްގޮތަށް އޭނާގެ ހިތްވަނީ އޭރު ދުވެދުވެއެވެ.ފިކުރުބޮޑުވެ ފައިވަނީ ކުމުގައި ވިޔަސް މީހަކީ ތަޖްރިބާކަރު ހުޝިޔާރު މީހެކެވެ. އަންވަރުގެ ވިސްނުތެރިކަމުގެ މައްޗަށް އޭނާގެ ފުރިހަމަ އިތުބާރު އޮތެވެ. އަދި މާހްޖަބީންގެ އުމުރުގެ ޅަކަމާއި އަންވަރާއި ދިމާއަށް އޭނާ ބަލާބެލުން ޤާސިމްބާއި އަށް ރަގަޅަށް ވިސްނިއްޖެއެވެ އާދެހެވެ! އަންވަރުގެ ވިސްނުތެރި ކަމަށް ވުރެ މި މައްސަލަ ކާމިޔާބު ކުރުމުގެ އެހީތެރި އަކަށްވާނީ އޭނާގެ ހަށިގަޑު ރީތިކަށް ކަން ޤާސިމް ބާއި ދެނެގެންފިއެވެ. ވީމާ ފަރުސަތުގެ ބޭނުންކޮށް ކުއްލިއަކަށް ބުނެފިއެވެ އަޅުގަޑަށް ހީވާ ގޮތުގައި ދަތިފުޅު ކަމެއް ނެތީވިއްޔާ މައްސަލަ ނިންމެވުމުގެ ކޫރީގައި ފެއަރި ޕެލަސް ބައްލަވާލެއްވުން ރާގަޅުވާނެއެވެ. މިސްޓަރ އަންވަރު ކާލާގެ އަރިހުގައި ގޮސް އެގެ ދައްކަވާނެވެ.ޤާސިމް ބާއި މިހެން ބުނުމުން މާހްޖަބީންގެ މޫނުމަތިން ދިޔައީ ލިބުނު އުފަލުގެ އަސަރު ތައް ފާޅު ވެގެންނެވެ.އަދި ބުނުއްޕެވެ.ތިޔަބުނުއްވީ ހަމަ ރާގަޅަ ށެވެ.ހަމަ މިވަގުތު އަޅުގަޑު ބަލާލަން ހިގައިދާނެވެ.މިސްޓަރ އަންވަރަށް ފުރުސަތެއް އޮތް ބާވައެވެ. އަންވަރު:-ތިޔައީ އައްސަވަންވީ ވާހަކައެއް ނޫނެވެ.އަޅުގަޑު ހޫރީ ތައްޔާރަށެވެ. ހިންގަވާށެވެ. މާހްޖަބީންގެ މޫނު ‘ހިތައް ލިބުނު އުފަލުގެ ސަބަބުން ވިދާ އަލިވެއްޖެވެ.ޤާސިމް ބާއިވެސް ސިޑި އާއި ހަމައަށް އައެވެ.ފައިބަން ފެށިތަނާ އަންވަރުގެ ކޯޓްގައި ހަގައި ދަމާލާފައި ސިއްރު ސިއްރުން ކަންފަތް ދޮށުގައި އެބަ ބުނެއެވެ. ބަލަ ދެނަހުރީމު ހެއްޔެވެ. މިއީ ބުމްބާގައި އިން އެންމެ ފައިސާވެރި ތަވާއިފެވެ .ދެން ކާމިޔަބު ވުމާއި ނުވުން އޮތީ ކަލޭގެ އަތުގައެވެ.އަންވަރު :-(މަޑުމަޑުން) ފިކުރު ބޮޑު ނުކުރައްވާށެވެ.އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެއެވެ.މިގޮތުން ޤާސިމް ބާއި ގެ ހިތްހަމަ ޖައްސައިދީފައި މާހްޖަބީން ގެ ފަހަތުން އަންވަރުވެސް ފައިބައި ކާރުގައި އޭނާގެ ކައިރީގައި އިށީދެއްޖެއެވެ އަދި މަލާބަރ ހިލްޒް އަށް ދިއުމަށް ޑްރައިވަރ އަށް އަންގައިފިއެވެ. މާހްޖަބީން:- (މޮޓަރު ދުއްވާލިތާ ކުޑައިރުކޮޅެއް ފަހުން) މިސްޓަރ އަންވަރުއެވެ.އަޅުގަޑު ދެނެވަޑައިގަންނަވަމުތޯއެވެ. އަންވަރު:- ކަލޭގެ ފައިންޕުޅު ފެނުމުގެ އުފާ އަޅުގަޑަށް މިލިބުނީ ހަމަ މިއަދުއެވެ. މާހްޖަބީން:-އަޅުގަޑުގެ ނަމަކީ މާހްޖަބީންނެވެ.އައްސަވާފައި ވާނެކަން ނޭގެއެވެ. އަންވަރު:-ނޫން އަހާފައެއް ނުވެއެވެ އޭގެ ސަބަބަކީ އަޅުގަޑުކީ ވަރަށް މަދު ރައްޓެހިން ކޮޅަކާއި ނޫނީ ބައްދަލުވެ އުޅޭ މީހެއް ނޫން ކަމުގައި ވުމެވެ. މަސައްކަތް ބޮޑުކަމުންނެވެ. މާހްޖަބީން:-އެންމެ ރަގަޅު ވެ. ކަލޭގެ މަދު ރައްޓަހިން ކޮޅުގެ ތެރޭގައި ހިމެނުއްވުމުގެ އުއްމީދު އަޅުގަޑަށް ކުރެވިދާނެތޯއެވެ ؟ އަންވަރު:- (ހީލާފއި ) އަޅުގަޑު ތިޔަ ވައްދަވަނީ ވަރަށް ވެސް ދަތި މަޢޫޞޫއެއްގެ ތެރެއަށެވެ.ތިޔަ ކޮއްޕަވަނީ ކަށިތަކުގެ ތެރެއަށެވެ. މާހްޖަބީން:- (އާދަޔާ ޙިލާފް ނަޒަރަކުން އަންްވަރާއި ދިމާއަށް ބަލާލާފައި ) ކަލާގެ މިޒާޖުގައި ލަދުވެރިކަން ހިމެނިފައި ވަނީ ވަރަށް ބޮޑަށެވެ.އަންވަރު:-(ހީލަފައި) ބައްލަވަ ބައްލަވާށެވެ.ކަލާ އާއި މެދު އަޅުގަޑަށް ވެސް ކުރަން ޖެހިފައި ވަނީ ތިޔަ ޝަކުވާއެވެ. މާހްޖަބީން:- ދެނެވަޑައިގެން ހުންނެވީމުތޯއެވެ؟ ތިޔަފަދަ ރީތި މީހެއް މީގެ ކުރިން ދުވަހަކުވެސް އަޅުގަޑެއް ނުދެކެމެވެ.އަންވަރު:- (ހީލަފައި ) ތިޔަ ކުރެއްވި ކަމަކީ ތިޔަ ފަދަ ރީތި ކުއްޖަކު އަޅުގަޑުވެސް އަޅުގަޑުދުގެ މުޅި އުމުރުގައި ވެސް ނުދެކެމޭ ދެންނެވިޔަ ދިނުމަށް ހިތްވަރު ދެއްވީތޯއެވެ؟ މާހްޖަބީން ރަގަޅަށް ބުނުއްލަވާށެވެ. އަންވަރަށް ތިޔަ ފަދަ ލާމިސީލު ރީތިކަމެއް ލިބިލެއްވީ ކިހެނަކުންތޯއެވެ ؟ އަންވަރު :-(ހީލާފައި) ކަލާ އެ ޚަޒާނާ މުޅިން އަތުލައި ގެންނެވި އަޒުލުގެ ޚަޒާނާއިން ބާކިވެފައި ހުރި އެތިކޮޅުންނެވެ. މާހްޖަބީން:- ތިޔައީ ރަގަ ޅަކަށް ނޫނެވެ. އެގޮތަކީ އަޅުގަޑަށް ވުރެ ހަމަގައިމުވެސް ކަލާ އެޙަޒާނާގެ ކަރިއަށް ދުރުވެފައި އޮންނާނި ހަތަރުފަސް އަހަރު ކުރީގައެވެ.ވީމާ ބާކީ އެއް ލިބުނު ކަމަށް ވަންޏާ ލިބޭނީ ކުރިން ދިޔަ މީހަކު ދޫކުރި އެއްޗަކުންނެވެ.އަންވަރު :ـ ރީތިގެ ފުރިހަމަ ކަމަކީ ތިމާއަށް އެކަން އިޙްސާސް ނުވާކަމެވެ. މާހްޖަބީން:- (އާދަޔާ ޙިލާފް ތުރުތުރެއް ހުރި އަޑަކުން) އަޅުގަޑު މިންދަނަވަނީ ސާފު ތެދެކެވެ. ޔަގީން ކުރެއްވިއަސް ނުކުރެއްވިއަސް ކުރާނެ ކަމެއް ނެތެވެ.މިއަދު ގެ ކުރިންވެސް އަޅުގަޑު ކަލާ ދެކެމެވެ.ނިދުމާއި ހޭލާ ހުރުމުގެ ހުވަފެން ތަކުގައެވެ. ކޮންމެ އަންހެންކުއްޖެއްގެ ޙިޔާލީ ދުނިޔޭގައި ކޮންމެ ވެސް އަމީރެއް ވާނެއެވެ. އަމިއްލަ ހަޔާތުގެ ތޭރެގައި އެކުއްޖަކު ދަނީ މިދެންނެވި ޙިޔާލީ އަމީރު ހޯދަމުންނެވެ. ބައެއް ފަހަރަށް ހަގީގަތުގައި އެ އަމީރު ފެނިދެއެވެ. ނަމަވެސް ގިނަ ފަހަރަށް ވާގޮތަކީ ނުފެނުމެވެ. އަޅުގަޑަކީ ކޮންފަދަ އުފާވެރި އެއްތޯއެވެ މިހެނީ ވަރަށް ގިނައިން ހުވަފެނުގެ ދުނިޔެއިން އަޅުގަޑު ދެކޭ އަޅުގަޑުގެ ޙިޔާލުގެ އަމީރު އިއްތިފާޤުގެ ރަގަޅު ކަމުން ހަޤީޤީ ދުނިޔެއިން ވެސް އަޅުގަޑަށް އަދު ފެނުނީއެވެ.އަންވަރު :-ރޭގަޑުގެ އަދިރި ކަމުގެ ތެރޭގައި ފެންނަ ކޮންމެ އައްޔަކީ ތޫރު ފަރުބަދައިގެ ނޫރު ކަމުގައި ވުން ލާޒިމެއް ނޫނެވެ. އެއީ އަވާ މެންދުރަކަށް ވުން ވެސް ވަރަށް އެކެށީގެންވެއެވެ.ވީމާ އަޅުގަޑާ މެދުގައި ތިޔަހާ އަވަހަށް އެއްވެސް ޚިޔާލެއް ހަމަ ނުޖެއްސެވުން އެދެމެވެ. ކެއްސެއް ލިބިވަޑައިގަތުން އެކިށީގެން ވާތީއެވެ. މާހްޖަބީން,:-މިބަހުގެ ޖަވާބުދޭން އުނިކޮށް ޑްރައިވަރ ބުނެއްޕެވެ.މާލަބާރ ހިލްޒް އަށް އާދެވިއްޖެވެ. ދެން ދާންވީ ކިހެނަކުންތޯއެވެ ؟ އަންވަރު:-މިދާގޮތަށް ގޮސް ކަނާތް ފަރާތަށް އަބުރާލާށެވެ.ހިދުކޮޅަކަށް ފަހު ޑްރައިވަރާއި ދިމާއަށް ބުނުއްޕެވެ .ކާރު ހުއްޓާލާށެވެ.ދެން އަންވަރާއި މާހްޖަބީން ކާރުން ފައިބައިގެން ފެއަރީ ޕެލަސް އަށް ވަދެއްޖެއެވެ.ގޭތެރެއަށް ވަނުމާއި އެކު މާހްޖަބީން ބުނެއްޕެވެ. ވަރަށް ރީތި ގެއެކެވެ. އެއްވެސް ވާހަކައެއް ނެތެވެ.މިގެ ހިފުމަށް ޤަސްދު ކޮށްފީމެވެ.މިގެއަކީ ޕަރީން އުޅުމަށް އެކަށީގެންވާ ގެއެކެވެ. އަންވަރު:-މީގެ ކުރީން ނޫޅުނު ކަމުގައި ވިއަސް ދެން އުޅޭނީ ޕަރީންކަން ކަށަވަރެވެ.މާހްޖަބީން :-(މާނޭވާއެއާފައި ) ފިރިހެނުން ކުރާ ތަޢުރީފަކީ ތެދު ކަމުގައި ވާނެނަމަ ކީހާ ރަގަޅުހެއްގެވެ.އަންވަރު:- (ހިނިތުންވެފައި ) އަޅުގަދު މިހަދަނީ ދޮގެއް ނޫނެވެ.މޫނުބަލާ ލޯގަޑު ހެކިވާނެވެ. މާހްޖަބީން:-(އެތާއިން ފިނިފެން މަލަކާ ދިމާއަށް އިޝާރާތް ކޮށްލާފައި) މިސްޓަރ އަންވަރު އެވެ.އެއިނީ ކިހާފަރި މަލެއްތޯއެވެ؟ މާހްޖަބީން މިހެން ބުނުމުން އަންވަރު އެމާ ބިދެލައިގެންގޮސް އޭނާގެ އަތަށްދީފިއެވެ.މާހްޖަބީން:-(އެމަލުގައި ހިފާފައި ) ޝުކުރިއްޔާއެވެ (ވަސްގަނެފައި ) މިމަލުގެ ވަސް ވެސް ހާދަހާ މީރެވެ.
ކާލާއަށް ބޮޑު ތުރާލެއް ޖެއްސެނީ ކަންވެސް ނޭގެއެވެ.ސާޅީގެ ކޮންމެވެސް ތާކުން ދައްޗެއް ނަގާފައި މިމާ އަޅުގަޑުގެ ސާޅީގެ މިތާގައި (ވައަތް ފަރާތު ކޮޑާ ދިމާއިން ތަންކޮޅެއް ތިރިއަށް އިޝާރާތް ކުރަމުން )ޖައްސަވައި ދެއްވަފާނުތޯއެވެ. އަތުން ހިފައިގެން އުޅުމުން ވަރަށް އަވަހަށް މިލާމޯޅިވެ ދާނެއެވެ.މިއަދާޔާ ޙިލާފް އެދުން މެދުވެރިކުރި ހިނދު އެންމެ ފުރަތަަމަ އަންވަރު ޖެހިލުންވިއެވެ. ނަމަވެސް ޤާސިމް ބާއީ ގެ އާދޭސް ހިތައް އަރާފައި މާހްޖަބީން ގެ އަތުން އެމާލައި ދަތި އަންވަރު އަތުލައިފިއެވެ. މާހްޖަބީން ހިނިތުންވެލާފައި އައިސް އަންވަރުގެ ކުރިމަތީގައި އޭނާއާއި ޖެހޭ ހިސާބުގައި ހުއްޓިއްޖެއެވެ. ދެންތޯއެވެ. މާހްޖަބީން ގެ ދަގަތްފާނިީ އަސަރުތައް އަންވަރުގެ އިޙްސާސަށް އަސަރު ނުކޮށެއް ނުހުއްޓެވެ. ނަތީޖާ އަކަށްވީ ފަށްފަށުން މަސައްކަތް ކޮށްވެސް ސާޅީގައި އެމާ ޖޭހޭނެ ގޮތެއް ނުވުމެވެ. އެއިރު ފިނިފެންމަލުގެ ކުލަވެރިވަމުންދާ އަންވަރުގެ މޫނާއި މާހްޖަބީންގެ ކޯތާފަތާއި ދެމެދުގައިވަނީ ވަރަށްވެސް ނުރައްކާތެ ރި ގާތް ކަމެކެވެ. އަންވަރު ހިތް އަދަޔާ ޙިލާފަށް ތެޅެން ފަށައިފިއެވެ.އަ ތުގެ އިގިލިތައް ތުރުތުރު އަޅަން ފަށައިފިއެވެ އޭނާގެ ނާރު ތަކުގައި ހިގާ ލޭ އިލެކްޓްރިކް ގެ އިތުރު ބާރެއް ލިބުނު ފަދަ ގޮތެއްގައި އައު ރާޅުބާނި ތަކެއް އުފައްދައިފިމެވެ. މާހްޖަބީން ނުލާހިކު ފަރި ހިނިތުން ވުމަކުން ހިނިތުންވެލާފައި ހުރެގެން އިރުއިރުކޮޅުން ބުނެއެވެ . އެކަމަކު ވާ ސާބަހެވެ. ތިޔަވަރުން އަޅުއްވައިގެން ވެސް ތިއޮއް ކުޑަކުޑަމާ ވެސް ނުޖެއްސެވުނީވިއްޔާއެވެ. މާހްޖަބީން މިހެން ބުނާ ކޮންމެ ފަހަރަކު އަންވަރަށް ކޮށްފައިވާ އަސަރުތައް ދަނީ އިތުރު ވަމުންނެވެ ސާޅީގައި މާޖަހަން އުޅުމުގެ ތޭރެގައި އަންވަރުގެ އިގިލިތަކަށް އައިސްފައިވާ އާދަޔާ ޙިލާފް ތުރުތުރެއްގެ ސަބަބުން އެޖަހަންވީ ދިމާގައި އެއްގޮތަކަށް ވެސް ދައްޗާއި އެކު މާ ހުރުކޮށްލެވޭ ގޮތެއް ނުވެއެވެ. ފަށުވި ސާޅީގެ އޮމާން ކަމާއި އިގިލިތައް އެއްދިމާއެއްގައި ނުމެޖެއްސޭމެއެވެ. އޭނާގެ ނާކާމިޔާބު މަޟައްކަތާއި މާހްޖަބީން އަސަރުން ފުރިގެންވާ ހިނިތުން ވުމާއި އެކު އެކަކު އެނެކަކަށް ވެވިފައިވާ ކުށްތަން ވުމަކުން ‘އެންމެ ފަހުން އަންވަރުގެ ތަބީއަތުގައި އާދަޔާ ޙިލާފް އަލިފާނެއްގެ ހޫނުކަން އުފައްދައިފި އެވެ.އޭނާގެ ކަރު ހިކިއްޖެއެވެ. ވަރަށް ގަދައަށް ހުން އައިސްފައިވާ މީހަކު ފަދައިން މޫނު އަދަން ފަށައިފިއެވެ. އެއިރު މާހްޖަބީން ގެ ބޮލުގެ މީރުވަސްދުވާ އިސްތަށިތައް އަންނަ ވައިރޯޅި ތަކާއި އެކުލާވައިގެން އަންވަރުގެ މޫނުގައި ހޭކަމުން ދެއެވެ . ކޮންމެ އަކަސް އޭނާގެ އުމުރުން ވެއަތުވެ ދިޔަ ތާގައި އަދި ދުވަހަކުވެސް ތަޖްރިބާ ނުކުރެވޭ ކަހަލަ އަސަރު ތަކެއް އަންވަރަށް ކުރަން ފަށައިއެވެ އެންހެނެއްގައި ޒުވާން ރީތި އަންހެނެއްގައި ފިރިހެނަކު ދަމައި ގަތުމުގެ ދަގަތްފާނިީ ބާރުވާ މަތިވެރި މިންވަރު މިއަދު އޭނައަށް ވިސްނެން ފަށައިފިއެވެ.ކުއްލިއަކަށް އޭނާގެ ހިތަށް ވެރިވެގަތީ ވަރަށްވެސް މޮޔަ އަދި ވަހްޝީ ޚިޔާލެކެވެ. ގަދަފަދަ ތޫފާނެއް އަންނަ ފަދަ ބާރުމިނެއްގައެވެ.އޭނާގެ ހިތަށް އެރީ ކީކޭ ކަމަށްތޯއެވެ ؟އޭނާގަވާނަމަ ވާ ބާރަކާއި އެކު މާހްޖަބީންގެ ގައިގާ ހިފައިގެން މާހްޖަބީންގެ ތުނިތުނި ރަތް އަދި ނުހަނު ލަތީފް އަދި ދޮނަށް އެދިފައިވާ ތުންފަތުގައި އެތައް ހާސް ފަހަރަކު ބޮސް ދިނެމަށެވެ . މި ޚިޔާލު އޭނާގެ ހިތަށް ވެރިވުމާއި އެކު ބޯ އަބުރާން ފަށައިފިއެވެ. ކުއްލިއަކަށް އޭނާގެ ހަރުދަނާ ހުރިހާ އުސޫލު ތަކެއް ހަދާން ނެތިއްޖެއެވެ .ރަގަޅާއި ނުބައިގެ އިޙްސާސްހިތާއި ސިކުޑިން ފިލައި ހިގައްޖެއެވެ. މާތްކަލާގެ އާއި އެކަލާގެ ރަސޫލާގެ ދުނިޔެއިން…އާދެ!އެދުނިޔޭގައި ނެތްކަމަށް ވެއްޖެއެވެ މިފަދަ އޮއްވަރެއްގެ ތެރެއަށް ފެތެން އޭނާ ވަނީ ތައްޔާރުވެފައެވެ . އެއިރު މާހްޖަބީން ތޯއެވެ.އޭނާވެސް ވަނީ ރޯވެފައެވެ. ހޫނު ނޭވާ ތަކަކާއި އެކު ދެބައިކުޅައެއްބައި ފެންކަޅިވެފައިވާ ލޮލަކުން އެއާދަޔާޚިލާފް ވަގުތަށް އިންތިޒާރު ކުރަނީއެވެ . މިހިސާބަށް ކަންގޮސް ފައިވަނިކޮށް އަންވަރު ކުއްލިއަކަށް ހޭއަރުވާލީއެބައިމީހުން ތިބިތާގެ ކުރިމަތިން ލާފައި ވަރަށް ބާރަށް ހުރަސްކުރި މޮޓަރެއްގެ އަޑެވެ. އަންވަރަށް ފެނުނީ އެކާރުގައި އަޒްރާ އާއި ކިޝްވަރު ތިއްބައެވެ. ވަރަށް ވެސް ހަލުއި ކޮށް އެމޮޓަރު ދެވެ ހިގައްޖެއެވެ ނަމަވެސް އެދިޔަ ތަނުން އިލެކްޓްރިކް ގެ ބޮޑެތި އަކުރު ތަކަކުން ދިއްލިފައިވާ ފަދައިން އަންވަރުގެ ޙިޔާލީ ލޯ ދުށީ އަންނަނިވި އިބާރާތެވެ. އަންވަރެވެ. ތިޔަވަނީ ކީއް ހެއްޔެވެ؟ އަންވަރުގެ ޖަޒުބާތުތަށް ކުއްލި އަކަށް ތަފާތު އިންޤިލާބެކެވެ. ކިޝްވަރުގެ ލޯބީގެ މަތިވެރިކަން އަންވަރު ހޭލައްވަލައިފިއެވެ. އޭނާ ވެފައިވާ މަސްތު ފިލައްޖެއެވެ. އަންވަރަށް ހީވީ އޮއިވަރުގަދަ ކޯރެއްގެ ތެރެއަށް ފެތެން ދަނިކޮށް ކުއްލިއަކަށް މީހަކު އައިސް އޭނާ ސަލާމަތް ކުރިހެންނެވެ. ލަދުވެތި ކަމުގެދާތައް އޭނަގެ ނިތްކުރިން އޮހޮރެން ފަށައިފިއެވެ. ވަހްޝީ ޙިޔާލުގެ ވިއްސާރަގަޑު ނެގިލެކަށްވުރެ އަވަހަށް އުދަރެހަށް އޮބާ ނިމިއްޖެއެވެ.އަންވަރު އޭނާގެ އަމިއްލަ ހިތަށް ލަޢުނަތް ދީ މަލާމާތް ކުރަން ފަށައިފިއެވެ. މާހްޖަބީންގެ ރީތި ކަމުގައި އަމިއްލަ ނަފްސު އިރުކޮޅަކަށް ނަމަވެސް ހަދުމަ ނައްތާލެވުނު ކަމަށް ޓަކައެވެ. އަންވަރުގެ މޫނުމައްޗަށް އައި ބަދަލު ފެނިފައި މާހްޖަބީން ބުނެއްޕެވެ އަނެއްކާވީ ކީއްތޯއެވެ ؟ތިޔަ ކުރައްވަނީ ކޮން ފިކުރެއްތޯއެވެ؟ އަންވަރު:-(ކޮޑައިކޮށް ލަދުގެންފައި) ވަކި ފިކުރެއް ކުރަނިއްޔެއް ނޫނެވެ . މާހްޖަބީން:-(ހީލާފައި)އެއް ގޮތަކަށްވެސް އެހެނެއް ނޫނެވެ. ވަރަށް ބޮޑު ކަމެއް އެބަ ފޮރުއްވަމުއެވެ. ދެންމެ އެދިޔަ މޮޓަރުގައި ތިބީ ކޮންބައެއްތޯ އަޅުގަދު އެހިޔަ ދެއްވަފާނުތޯއެވެ ؟ އަންވަރު:-އަޅުގަޑު ދިނީ ހުއްދައެވެ. ޖަވާބު އަރުވާކަށް ވަޢުދެއް ނުވަމެވެ. މާހްޖަބީން: އެންމެ ރަގަޅެވެ. ނުބުނުއްވާން އުޅުއްވަންޏާ އަޅުގަދު ނަންގެންފާނަމެ ވެ. ކާރުގައި ތިބި ދެމީހުންކުރެ އެކަކީ މިސިޒް މުމްތާޒެވެ. އެނެކަކީ މިސް ހާޝިމް ބާއީ އެވެ. މިއަދު ހެދުނު ހަމަ އެކަާރުގައި އެބޭކަލުން އޭޝިޔަނިކް މޯޓަރ އިސްޓޯރޒް ކައިރީގައި އަޅުގަޑު ދުށީމެވެ. އަޅުގަޑު އެމީހުނެއް ނުދަންނެވެ. ނަމަވެސް މީހުން ކައިރީގައި އަހައިގެން އޮޅުން ފިލުވީމެވެ. މިސް ހާޝިމް ބާއީ މީހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ބުމްބާ ގައި ވިދާލައިފިއެވެ.އޭނާގެ ތޫހުކަޑީގެ ހިޔަނީގެ ދަށުގައިވާ މީހުންގެ ތެރޭގައި އަންވަރުވެސް ވަނީތާއެވެ.އަންވަރު:-(ފިސާރި ހަރު ދަނާ ގޮތުގައި)މިސް ހާޝިމް ބާއީ އާއި ރަޙްމަތްތެރިކަމުގެ ފަޚްރުވެރިކަން އަޅުގަޑަށް ވެސް ވަނީ ލިބިފައެވެ މާހްޖަބީންމުން) ތިޔަހެން ނުބުނުއްވިނަމަވެސް އަންވަރާއި އޭނާ އާއި ދިޔައީ ޢަދާވާތްތެރިން ނޫންކަން އަޅުގަޑަށް ވިސްނޭވަރުވެއެވެ. އަންވަރު:-( ފިނިފެންމަލާއި ދަތި އަބުރާލުމުން)މިމަލުގައި ހިއްޕަވާށެވެ. އަމިއްލަފުޅަށް ވެސް ޖައްސަވާލެއްވިދާނެއެވެ. (ހިލާފައި )އެއުފާވެރި ވާޖިބު އަޅުގަޑަށް އަދާ ނުކުރެވުނީއެވެ. އަދި ކުރެވެން ނުވެސް ނެތިއެވެ. މާޢާފް ކުރެއްވުން އެދެމެވެ.ހިނިތުންވެފައިވާ މާހްޖަބީން ކުއްލިއަކަށް ދިޔައީ މިލައިގެންނެވެ . އަންވަރުގެ އަތުން އެފިނިފެންމާ އޭނާ ބަލައިގަތަސް އެވެސް އެއްޗެކޭ ނުބުނެވުނެވެ. އޭނާގެ އުފާވެރިކަން ގެއްލިހިގައްޖެއެވެ. ލިބުނު މޮޅީގެ ސަބަބުން އިސްދަށަށް ޖެހިއްޖެއެވެ. އަދި ލަދުވެތިކަމާއި ހިތާމަ އައި އެކު ރީތި ފުންފަތުގައި ދައިގަނެގެން އެތައް އިރެއް ވަންދެން ހުރެއްޖެއެވެ. އެވަގުތުގެ ތެރޭގައި އަންވަރުވެސް ވަކި އެއްޗެެއް ނުބުނެ އެވެ. އެތައް އިރެއްވީފަހުން އަންވަރު:- ދެން ދަމާ ހިންގަވާށެވެ. ގެބެއްލުވިއްޖެނޫންތޯއެވެ . މާހްޖަބީން:-ދަމާހިންގަވާށެވެ. ބެލިއްޖެއެވެ .ދެމީހުންމެ އިސްދަށަށް ޖަހައިގެން ތިބެކާރާއި ހަމައަށް ހިގައްޖެއެވެ. ގޮސްފައި އަންވަރު:-ދެން އަޅުގަޑު ދަނީ އޮފީހަށެވެ. އަމުރު ދެއްވައިފިނަމަ ޓެކްސީއެއް ހިފައިގެން ހިގައިދާނަމެވެ. ގެހިއްޕެވުމުގެ މަސްއަލަ ހަމަޖެއްސުވުމަށް އެންގެވި ވަގުތެއްގައި އެކަމަށް ތިބެނީ ތައްޔާރަށެވެ. މާހްޖަބީން:-(ހިނިތުންވެވޭތޯ މަސައްކަތްކުރަމުން) އިހަށް މަޑުކޮށް ލައްވާށެވެ. އަޅުގަޑާއި އެކުގައި އޮފީހާއި ހަމައަށް ހިންގަވާށެވެ. ކަލާ އޮފީހަށް ފޭބެންނުވުމުން އަޅުގަޑު ގެއަށް ހިގައިދާނަމެވެ. ނޫންނަމަ އަޅުގަޑު ދެކެ ރުޅިދުރުވީތޯއެވެ؟ އަންވަރު:- އެއްގޮތަކަށްވެސް އެހެނެއް ނޫނެވެ . އަޅުގަޑު އެއްގޮތަކަށްވެސް ރުޅިއެއް ނާދެއެވެ. އަޅުގަޑުގެ ވާހަކަ އަކުން ނުވަތަ އަމަލަކުން އެފަދަ ގޮތެއް ހީވެފައި ވާނަމަ އެދެނީ މާޢުފް ކުރުވުމެވެ. އަންވަރު މިހެން ބުނުމުން މާހްޖަބީންގެ މޫނަށް އެނައްކާ ވެސް ހިސާބަކަށް ނަމަވެސް އުފާވެރިކަން އެބުރި އަތުވެއްޖެއެވެ އަދި ބުނެއްޕެވެ އަޅުގަޑު ހީކުރީ ކަލާވަރަށް ނުޤަބޫލުވެ ލައްވައިފިކަމުގައެވެ. ދެން މިހާރު އެންމެ ރަގަޅުވެ.ދުރުވަންވާނީ އަޅުގަޑާއި އެކުގައެވެ. އެހެން ނޫނަމަ އަޅުގަޑު ހީކުރީ އަޅުގަޑާ ނުރުއްސަވާކަމުގައެވެ. އަންވަރު:-ކަލާ އަރިހުގައި ދިއުމަށް އަޅުގަޑު އިންކާރުކުރީ ކޮންއިރަކުތޯއެވެ…ޓެކްސީ އެއް ހިފާވާހަކަ ދެއްކީ ގެންދުވުން ދަތިފުޅުވެދާނެތީއެވެ. މާހްޖަބީން:-( ހީލާފައި)ތިޔަ ދަތި އަޅުގަޑުގެ ދުލުން ތަރުޖަމާ ކުރެވެނީ ލިބޭ އެންމެ ޚާޢްޞަ އުފާކަމުގައެވެ. ދެމީހުން ކާރަށް އަރައިގެން ދުއްވާލައިފިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

