އަންޖަލް (24)
އަސްމާގެ ރުއިމުގެ އަޑަށް އަންޖަލް އެދިމާލަށް ދާން ތެދުވެލިއެވެ. ނަމަވެސް އެއްވުރެ ކުރިން ޖައިޝް އައިސް އަންޖަލް އަތުގައި ހިފައިން ހޮސްޕިޓަލުން ބޭރަށް ނިކުތެވެ.
“ޖައިޝް މަޑުކޮށްބަލަ.. ޖައިޝް” އަންޖަލްގެ އަތުގައި ހިފައިން ބާރަށް މަޖީދީ މަގު ހުރި ސީދަލަށް ބީޗާ ދިމާލަށް ހިގަމުން ދިޔަ ޖައިޝް އަށް އަންޖަލް ގޮވާލިއެވެ.
“ސޮރީ” އަންޖަލްގެ އަތުން ޖައިޝް ދޫކޮށްލިއެވެ.
“ކީކޭތަ ޑޮކްޓަރު ބުނީ.. ކޮބާ ޖުނާން” އަންޖަލް ކަންބޮޑުވެފައި އަހާލިއެވެ.
“ޖުނާން ސާރޖަރީ ނިންމާފަ އޮބްޒަވޭޝަންގަ އޮތީ.. ސާރޖަރީ ކާމިޔާބު” ޖައިޝް މުޅިއަކުން ހެދީ ދޮގެއް ނޫނެވެ. އަންޖަލް ގެ ހިތަށް ފިނިކަމެއް ލިބުނެވެ.
“ދެން ކީއްވެ އަސްމާއްތަ އެހާ ބާރަށް ރޯންފެށީ” އަންޖަލް ހައިރާން ކަމައެކު އަހާލިއެވެ.
“ކޮންމެ މަޔަކުވެސް ދަރިފުޅު ރަގަޅުވަންޔާ އެހެން އުފަލުން ރޯނެ..” ޖައިޝް ދޮގެއް ހަދާލިއެވެ.
“އަހަރެން ބޭނުން ޖުނާން ކައިރިއަށް ދާން..” ދުއްވާފަ އައި ޓެކްސީ އަކަށް އަތް ދިއްކޮށްގެން ހުރި ޖައިޝް ކައިރޮ އަންޖަލް ބުނެލިއެވެ.
“އަންޖޫ.. އަދި ވިޒިޓާރސް އެލޯވް އެއްނުން. ޖުނާން ހޭ އެރީމަ އަހަރެން ގެންގޮސްދޭނަން އަންޖޫ އެތަނަށް..” ޖައިޝް ކާރަށް އަންޖަލް އަރުވަމުން ބުނެލިއެވެ.
*****
“އިސްހާގޫ އަހަރެން ދަރިފުޅު ސަލާމަތް ކޮށްދީ.. ހެޔޮނުވާނެ.. އަހަރެން މަރުވެދާނެ…” އަސްމާ ރޮމުން ގެންދިޔައެވެ. އޭރު އިސްހާގުވެސް ހަދާނެ ގޮތް ހުސްވެގެން ބެންޗުގައި އިށީދެލައިން އިނެވެ.
“އަހަރެން ކިހިނެއްތަ ވަކި ހަދާނީ.. އަސްމާ ހުއްޓާދޯ ޑޮކްޓަރު ހުރިހާ ވާހަކައެއް އެ ދެއްކީ… އެމީހުން ޖުނާން އެހެން ތަނަކަށް މޫވް ކުރާކަށްވެސް ހުއްދައެއް ނުދޭ.. އެހާ ކްރިޓިކަލް..” އިސްހާގު ކަރުނަތައް ހިފަހައްޓާލައިން ހުރީ މީ އޭނާ ހިއްވަރު ކޮށް އެހެން މީހުނއނަށް ހިތްވަރު ދޭންވީ ވަގުތު ކަމުންނެވެ.
“ހިތްވަރު ކުރޭ އަސްމާ.. އަހަރެމެންނަށް އޮތީ ދުޢާ ކުރުން…” އާތިކާވެސް ފެންކަޅިވެފައި ހުރެ ބުނެލިއެވެ. އޭނާ އަސްމާ ދެކެ ކިތަންމެ ނަފްރަތެއްމކުރިއަސް ޖުނާން ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އާތިކާ އަބުރާ ދިޔައީ ގެޔަށެވެ. ޖޫދުވެސް ގޮވައިންނެވެ. ހޮސްޕިޓަލުގައި ތިބީ އަސްމާ އާ އިސްހާގުއެވެ. އައިސީޔޫގައި އޮތުމުން ކޮންމެ ކޮންމެ އިރަކު އެތަނަކަށް ނުވަދެވެއެވެ.
*****
“ޖެކް… ބަލާދީބަ ހަނީހެވެންގެ ޓެރަސް އަރާ ގޮތަށް އެއްވެސް ކެމެރާއެއް ހުރިތޯ.. ހުރިއްޔާ އަހަންނަށް ވަރަށް އަވަހަށް ފޮނުވާލަދީ..” ޖައިޝް ވާހަކަ ދެއްކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށް ވާ ޖެކާއެވެ. އަންޖަލް ގެޔަށް އައި ގޮތަށް ކޮޓަރިއަށް ވަދެ ތަޅުލުމާއެކު ބެލްކަނި ދޮރުވެސް ތަޅުލާ ދޮރު ފޮތިތައް ކަހާލިއެވެ. މިކަމާ ޖައިޝް ހުރީ ވަރަށް ކަންބޮޑުވެފައެވެ.
އެދުމަތީ އޮވެ އަންޖަލް ރޮމުން ދިޔައެވެ. ޖައިޝް އޭނާ ހިތްހަމަ ޖައްސަން ދޮގު ހެދިކަން އޭނާ އަށް އެގެއެވެ. ޖުނާންގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރު ބުނި ތަން އޭނާ އަށް ފެނުނެވެ. ޖުނާން ދެކިލަން އޭނާ ހުރީ ވަރަށް ބޭނުންވެފައެވެ. ނަމަވެސް ޖައިޝްއަށް އެގިގެން އެކަމެއް ނުކުރެވޭނެކަންވެސް އޭނާއަށް އެގެއެވެ.
އާތިކާ އައި ގޮތަށް އައިސް އެމެންނަށް ކާން ހަދަން މަރީ ގާތު ބުނެލިއެވެ. އަންޖަލް ކޮޓަރީގައި ޖަހައި ޖަހައިވެސް ދޮރު ނުހުޅުވުމުން މަރީ ގާތު ތަންކޮޅެއް ލަސް ކޮށްފައި ކާ އެއްޗެހި އަންޖަލް ކޮޓަރިއަށް ގެންދިއުމަށް އާތިކާ ބުނެލިއެވެ.
ކާން އިންދާ ޖައިޝްގެ ފޯނު ރިންގްވާން ފެށިއެވެ. ގޭގައި ހަރުލާފައިވާ ރީތި އާދަތެރޭގައި ކާން އިންނަވަގުތު ފޯނާ ނުކުޅެން ހިމެނެއެވެ. ޖައިޝް އަވަސް އަރުވާލަން ހަދައިން ކޮށިއަރައިގަތެވެ.
“ދަރިފުޅާ.. މާ އަވަސް އަރުވާލައިން ކީއްތިކުރަނީ… ކައިގެން ގޮސްވެސް އެ ކޯލަށް ޖަވާބު ދެވިދާނެނުން.. ” އާތިކާ ޖައިޝަށް ފެންތަށި ދިއްކޮށްލަމުން ބުނެލިއެވެ.
“ތެދެއް ދޮންބޭ ތި އެއްޗެހި ހަޖަމެއްވެސް ނުވާނެ.. ހަމަ ޖެހިބަލަ” ޖޫދު ބުނެލިއެވެ. ޖައިޝްއަށް ގުޅަމުން ދަނީ ޖެކްކަން އޭނާއަށް އެގެއެވެ. އެހެންކަމުން އަވަހަށް ކާލައިން ފޯނު ހިފައިން މައްޗަށް އެރިއެވެ.
“ހަލޯ… ތިން ކެމެރާއެއް އިން.. އަހަރެން އިންނާނެ މިހާރު ޖައި އަށް ވަޓްސްއެޕް ކޮށްފަ… ” ޖެކް ބުނެލިއެވެ. ޖައިޝް ބާރު ހިގުމެއްގައި ގޮސް އޭނާގެ ލެޕްޓޮޕް ނަގައިން އެދުގައި އިށީދެލިއެވެ. ކުއްލިއަކަށް އަނެއްކާ ޖައިޝްގެ ފޯނު ރިންގްވާން ފެށިއެވެ.
” އަހަރެން އަދި މި ޗެކް ކުރަނީ..” ގުޅީ ކާކުތޯވެސް ބަލާނުލާ ޖައިޝް ބުނެލިއެވެ. އެހާވެސް އޭނާ ވަނީ ހާސްކަމެއްގެ ތެރޭގައެވެ.
“ދަރިފުޅާ… ޖުނާން.. ޖުނާން ނިޔާވެއްޖެ” ގުޅީ އިސްހާގެވެ. އެ އަޑުގައި އެތަށް ރިހުމެއްވިއެވެ. ދަރިއަކު މައިންބަފައިން ކުރިމަތީ ދުނިޔެ ދޫކޮށްދިއުމަކީ އެހިތް ތަކަށް ކުޅަދާނަވާ ވަރު ކަމެއް ނޫނެވެ.
“إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.” ޖައިޝަށްވެސް ރޮވެން ފެށުނެވެ. ކޮންމެ ގޮތެއްވިއަސް އެއީ އެނާގެ ކޮއްކޮއެވެ. ލެޕްޓޮޕް އެދުގައި ބޭއްވުމަށްފަހު ޖައިޝް ގޮސް ވަނީ ފާހާނައަށެވެ.
*****
“އަންޖަލް ދޮރު ހުޅުވަބަލަ” ކާ އެއްޗެހި ހިފައިން އައިސް ހުރި މަރީ ގޮވާލިއެވެ. ހިތާ ދެކޮޅަށްވެސް އަންޖަލް އައިސް ދޮރު ހުޅުވާލިއެވެ.
“ހޫ ކަމަނާ ފުޅު އަރާމުގަ ނިދަނީ ޖުނާން ފަކީރު މަރަށް ދޫކޮށްލާފަ.. ކަލޭގެ ވިހަކަން މުޅި މި އާއިލާއަށް ފޯރާފި މިހާރު..” އަންޖަލްގެ އަތަށް ތަބަ ކޮއްޕާލަމުން މަރީ ބުނެލިއެވެ.
“އޭ މަރިޔަން ކަލޭ ކީކޭ ކިޔާނަމޭ ހިތާ ތިއުޅެނީ… އަދި ކިރިއާ އަހަންނަ މިއިނގުނީ ޖައިޝް އެވަރަށް ކަލޭ މިގެއިން ނެރެން އުޅެނީ ކީއްވެކަން.. ހަމަ މިހާރު އެއްޗެހި ހިފައިން ދޭ… ކަލޭ ތިހިރީ ވަޒީފާއިން ވަކިކޮށްފަ..” ފަހަތުން މައްޗަށް އަރާ އާތިކާ ގުރިކަމެއް އޭރު މަރީއަކަށް ނޭގެއެވެ. އާތިކާ މިހެން ބުނުމުން އަންޖަލްއަށް ދެލޯ އަޅާލުމަށް ފަހު މަރީ ހިގައްޖެއެވެ.
“އަންޖަލް ދެބް އުޅޭ އެއްޗެއްކާން. އެކަކު ކިޔާ އެކައްޗެއްވެސް އަޑު އަހާނެ ކަމެއްނެތް..” އާތިކާ އަންޖަލްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އެވަގުތަކީ ޖައިޝް ޖުނާން ނިޔާވި ހަބަރު ދޭން ކޮޓަރިން ނިކުތް ވަގުތެވެ. އަންޖަލް އަށް ޖައިޝްގެ ދެލޯ ރަތްވެފައި ހުރުމުން ރޮއެފައި ހުރިކަން އެގުނެވެ.
“މަންމާ، އަންޖޫ… ޖުނާން…” ޖައިޝްއަކަށް ބުނެވޭ ވަރެއް ނުވިއެވެ.
“ޖުނާން ކިހިނެއްވީ.. ދަރިފުޅާ…” އާތިކާ އައިސް ޖައިޝް ގައިގާ ހިފަހައްޓާލިއެވެ.
“މަންމާ ކުޑަބެ ނިޔާވެއްޖެޔޯ” ރޮމުން ރޮމުން ކޮޓަރިން ނިކުތް ޖޫދު އާތިކާ ފެނުމާއެކު ބުނެލިއެވެ. އަންޖަލްގެ އަތިގައި އޮތް ތަބަށް އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ކޮތަރިއަށް ވަދެ އަންޖަލް ދޮރު ލައްޕާ ތަޅުލިއެވެ. ޖައިޝް ހިތްވަރު ކޮށްފައި އައިސް އަންޖަލްއަށް ގޮވަން ފެށިއެވެ. ނަމަވެސް އަންޖަލް ދޮރެއް ނުހުޅުވިއެވެ.
“ހިނގާ އަވަހަށް ހޮސްޕިޓަލްއަށް ދާން… ” އާތިކާއަށްވެސް ހުރީ ރޮވިފައެވެ. އަންޖަލް ރޯއަޑު ބޭރަށްވެސް އިވެމުން ދިޔައެވެ. ޖައިޝްއަށް އަންޖަލް ރޯ އަޑު އަހަން ކުޅަދާނައެއް ނޫނެވެ.
****
ޖުނާންގެ މޫނު ދެއްކުން އޮތީ ފަތިސް ނަމާދަށް ފަހުއެވެ. ހޮސްޕިޓަލްގެ ހުރިހާ ބިލެއް ދެއްކުމަށްފަހު ޖުނާން ގެންދެވުނީ އާ ސަހަރާ މިސްކިތަށެވެ. ޖައިޝް ގެއަށް އަބުރާ އައި އަންޖަލް ސަހަރާ އަށް ގެންދިއުމަށެވެ. ޖުނާންގެ މޫނު ނުފެނި އޭނާ ވަޅުލައިފި ނަމަ އަންޖަލްއަށް ވާނެ ގޮތެއްވެސް ނޭގެއެވެ.
ޖައިޝް ގެއަށް އައިސް އަންޖަލް ދޮރުގައި ޓަކި ޖަހާލިއެވެ. ނަމަވެސް އަންޖަލް ދޮރެއް ނުހުޅުވައެވެ. ކަންބޮޑުވެފައި ޖައިޝް އޭނާގެ ކޮޓަރިއަށް ވަދެ ބެލްކަނިން އަންޖަކްގެ ކޮޓަރިއަށް ވަދެވޭތޯ ބެލިއެވެ. ނަމަވެސް ތަޅުލާފައި ވުމުން އެހެންވެސް ނުވަދެވުނެވެ. ޖައިޝް ގެ ހަދަނަށް އައި ދެދޮރަށްވެސް އިންނަނީ އެއް ތަޅުދަޑިއެއް ކަމެވެ. އަވަހަށް ގޮސް އޭނާގެ ބެލްކަނީ ދޮރުގައި އިން ތަޅުދަނޑި ނައްޓައިން އަންޖަލއ ކޮޓަރީގެ ބެލްކަނީ ދޮރު ހުޅުވާލިއެވެ. އަންޖަލް ކޮބައިތޯ އެތެރެ ހޯދަލިއެވެ. އަދިރި ކޮށްފައި ހުރުމުން ތަނެއް ދޮރެއް ނުފެނެއެވެ.
ޖައިޝް ރީތިވާ މޭޒު ކައިރި ހުރި ބޮކި ދިއްލާލިއެވެ. އަންޖަލް އެދުގައެއް ނެތެވެ. ދެން އޭނާ ހިފާލީ ފަހަނަ ދޮރުގައެވެ. ދޮރު ހުޅުވުމުން އަންޖަލް އަށް ގޮވާލާފައި އެތެރެ ބަލާލިއެވެ. ނަމަވެސް ފާހަނައަކުވެސް އަންޖަލްއެއް ނެތެވެ. ޖައިޝް ހާސްވާން ފެށިއެވެ. ފާހާނައިން ނިކުންނަން އެބުރުނު ތަނާ އަންޖަކް އެދުގެ ކަނުގައި ބިންމަތީ ދެފައި ކައިރިކޮށްލައިން ބޯއަޅާލައިން އިން ތަން ފެނުނެވެ. ކުޑަކޮށް ބިރުގަތް ނަމަވެސް މަޑުމަޑުން ގޮސް އަންޖަލް ކައިރީ އިށީދެލިއެވެ.
“އަންޖޫ.. ޖުނާން މޫނު ދައްކަން ފަށައިފި.. ނުދާނަންތަ” އަންޖަލްގެ ރުއިމުގެ އަޑު މަޑުން އިވެމުންދިޔައެވެ. ޖައިޝްގެ އަޑު ޖެހުމުން އަންޖަލް ބޯ ހިއްލާލުމަށްފަހު ޖައިޝް ގައިގާ ބައްދައިގަތެވެ.
“އަހަންނާ ހެދި ޖުނާން އެ ނިޔާވީ.. އަހަރެންގެ ސެލްފިޝް ކަމުން… އަހަރެން މީ ހުރިހާ ނުބަޔަކީ..” އަންޖަލް ރޮމުން ވާހަކަ ދެއްކިއެވެ. ޖައިޝް އޭނާގެ ދެއަތް އަންޖަލް ގައިގާ އޮޅަލިއެވެ. އަދި މަޑުމަޑިން އަންޖަލް ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
“އަންޖޫ.. އަހަރެން ބުނީމެއްނުން އެއީ އަންޖޫގެ ސަބަބުން ވީ ކަމެއް ނޫނޭ.. އަންޖޫތަ ޖުނާން ވައްޓާލީ .” ޖައިޝް ބެލީ އަންޖަލް ސެލްފް ބްލޭމް ކުރާތީ އެއީ އޭނާގެ ސަބަބުން ވީ ކަމެއް ނުންކަން ވިސްނާދިނުމަށެވެ.
“ހީ ނިއު އެވްރީތިންގް. ހީ ވޯސް ސޯ ބްރޯކެން… އަހަރެން އެކަމް އޭގެ އެއްވެސް ކަމަކަށް ފަރުވާލެއް ނުބެހެއްޓިން.. އޭގެ ސަބަބުން.. އޭގެ ސަބަބުން” އަންޖަލް ރޮވޭވަރުން ވާހަކަވެސް ނުދެއްކެއެވެ.
“ޝްޝްޝް.. އިޓްސް ނޮޓް ޔޯ ފޯލްޓް.. ކޮންކަމެއް ޖުނާންއަށް އިގުނީ؟” ޖައިޝް އަހާލިއެވެ.
“އަހަރެން ޖައިޝްދެކެ ލައިކްވާކަން..” އޭރުވެސް އަންޖަލްގެ ރުއިން ނުހުއްޓެއެވެ. އަންޖަލް މިހެން ބުނުމުން ޖައިޝްއަށް މަޑުޖެހުނެވެ. އަންޖަލް އޭނާދެކެ އެހާ އަވަހަސް ގަޔާވެދާނެކަމަކަށް އޭނާ ހިތަކަށް ނާރައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Alheyyyyyy
Hama rovihjje😭😭😭😭😭
Junaaaaaaan
Jaish Kairi bunaathi anjal rangalhah balahchey❤️🩹❤️🩹❤️🩹
Mi part ves varah reethi ❤️❤️😘
I’m first dhw???
Still roveny 😭😭😭😭
Dhennnnn alheyyyyy
Saranghae🫰🫰🫰🫰