އަންޖަލް (23)
އަންޖަލް ކަމެއް ނުވާކަމަށް ހަދާލާފައި ގޮޑީގައި އިށިދެލައިން އިނެވެ. ޖައިޝް އާ އާތިކާ އެއްފަހަރާ ހިނިގަޑެއް ޖަހާލިއެވެ.
މުޅި ދުވަސް އެއްކޮށް އަންޖަލް އަށް ވިސްނެމުން ދިޔައީ ޖައިޝްއާ ދޭތެރޭއެވެ. ޖޫދު ގެއަށް އަޑުގަދަ ކުރާ އަޑަށް އަންޖަލް ދުވެފައި ތިރިއަށް ދިޔައެވެ. ޖޫދުގެ އަތުގައި ހިފައިން އަންޖަލަ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
“ހޫ އިޒް ސާރާ” އަންޖަލް މިހެން ބުނުމުން ޖޫދު ކުޑަކޮށް ފަސް ޖެހުނެވެ. އިސްހާޤު ބުނެފައިވަނީ ސާރާގެ ވާހަކަ އެކަކުވެސް ނުދެއްކުމަށެވެ. އެހެންކަމަށް ވަންޔާ އަންޖަލް އަށް ސާރާ މިނަންވެސް އިގުނީ ކިހިނެއް ހެއްޔެވެ.
“އަޅެ ބުނެބަލަ.. އަހަރެން ބޭނުން އިނގެން ސާރާ އަކީ ކާކުތޯ… އަދި މިހާރު ކޮބާތޯ” އަންޖަލްގެ ރާގުގައި ހުރީ ސީރިއަސްކަމެކެވެ. ޖައިޝްއާ ގުޅުން ހުރި ހުރިހާ ކަމެއް އިގެން އޭނާ ބޭނުން ވެއެވެ.
“އެއީ.. އެއީ ދޮންބެގެ އެކްސް…” ޖޫދު ނުބަން ހުރެފައިވެސް ބުނެލިއެވެ.
“ކޮބާ އޭނަ މިހާރު” ޖޫދު އަންޖަލްގެ އަގަމަތީ އަތް އަޅާފައި މަޑުން ވާހަކަ ދައްކަން ބުނެލިއެވެ. ސާރާގެ ވާހަކަ ދައްކަ އަޑެއް އެއްވެސް މީހަކަސް އިވޭކަށް އޭނާ ބޭނުމެއް ނޫނެވެ.
“ނިޔާވެއްޖެ.. ދޮންބެ ސާރާއަސް ޕޮޕޯސް ކުރަން އޮތް ދުވަހު ހިގި އެކްސިޑެންޓެއްގަ… ޝީ ވޯޒް ދަ ރީޒަން ހީ ޗޯސް ޓު ބީ އައިސޮލޭޓެޑް ފްރޮމް އެވްރީ ތިންގް އެންޑް އެވްރީވަން..” ޖޫދު އިސް ޖަހާލިއެވެ. އަންޖަލް އިތުރަކަށް އެއްވެސް އެއްޗެއް ނުބުނެވެ. ހުރިހާ އެއްޗެއް އޮޅުންފިލި ކަހަލައެވެ.
*****
ޖުނާން ގެ ހިތުތެރޭ އެތައް ކަމެއް އެބުރެމުން ދިޔައެވެ. އަންޖަލް އަބުރާ އޭނަ އަށް ލިބޭނެ ކަމުގެ އުންމީދެއް އެއްގޮތަކަށްވެސް ނުކުރެވެއެވެ. ހަދާނެ ގޮތް ހުސްވެގެން ގޮސް ގޭގެ ޓެރަސް މައްޗަށް އަރާ ފާރު މަތީ އިށީދެލިއެވެ.
އަންޖަލްގެ ވާހަކަ ތަކުން އޭނާގެ ހިތް މިހާރު ޖައިޝްގެ މައްޗަށް ލެބިފައިކަން އިގެއެވެ. އެހިތް އަބުރާ ޖުނާން ކިތަންމެހާވެސް ބޭނުން ވިއެވެ. ވެފައި ހުރި ދެރައިން ފޯނު ނަގާ އަންޖަލް އަށް މެސެޖު ކޮށްލިއެވެ.
-އަހަންނަށް އިނގޭ އަންޖޫ އަހަރެން ދެކެ މިހާރު ވަރަށް ފޫހިވާކަން އަދި އަންޖޫ މަޑުމަޑުން ދޮންބެ ދެކެ ލައިކް ވާކަންވެސް އިނގޭ… އަންޖޫ އަށް އަހަރެން އަންޖޫ ދެކެ ވީ ލޯބި އިހުސާސް ކުރެވޭނީ އަހަރެން ނެތް ދުވަހަކުން… އުންމީދު ކުރަން އަންޖޫ އުފަލުގަ އަހަންނާ ނުލާ އުޅޭނެ ކަމަށް-
ޖުނާންގެ މި މެސެޖު ކިޔާ ނިމުނު އިރު އަންޖަލްގެ ހިތް ތެޅެމުންދިޔައެވެ. މެސެޖު ކިޔާލި ކޮންމެ މީހަކަށްވެސް ޖުނާންގެ ވިސްނުން ހުރީ ކިހިނެއްކަން ހާމަ ވާނެއެވެ. ވަޤުތުން ފޯނު ނަގާ އަންޖަލް ޖުނާން އަށް ގުޅަން ފެށިއެވެ. ނަމަވެސް ފޯނު ނިއްވާލާފައި ވުމުން ގުޅޭ ގޮތެއް ނުވިއެވެ. އަންޖަލް ދުވެފައި ކޮޓަރިން ނިކުތްތަން ޖައިޝް އަށް ފެނުމުން އަންޖަލް ފަހަތުން ގޮސް އަތުގައި ހިފާލިއެވެ. އޭރު އަންޖަލް ދިޔައީ ހަސްވެފައި ހުރި ވަރުން ރޮމުންނެވެ.
“އަންޖަލް.. ކިހިނެއްވީ…” އަންޖަލް ރޯތަން ފެނުމުން ޖައިޝް ކަންބޮޑު ވާން ފެށިއެވެ. އެވަގުތު އެއްވެސް އެއްޗެއް އަންޖަލް އަކަށް ނުވިސްނެއެވެ. ޖުނާން މި ފޮނުވި މެސެޖުން ކަމެއް ގޯހަށް ހިގައިދާނެ ކަމުގެ ބިރު އެ ހިތިތެރޭ ވިއެވެ.
“އަންޖަލް…..” ޖައިޝް އަށް ތަންކޮޅެއް ބާއްރަށް އަންޖަލް އަށް ގޮވާލެވުނެވެ. އެ އަޑަށް ގޭގެ އެންމެ ނިކުތެވެ.
“ކިހިނެއްތަވީ ދަރިފުޅާ” އިސްހާގުވެސް އަންޖަލް ރޯތަން ފެނުމުން އަހާލިއެވެ.
“ނޭގެ އަންޖޫ ރޮމުން ނިކުމެގެން ދާތަން ފެނިގެން އަހަރެން އައިސް މި ހިފެހެއްޓީ.. އަޅެ ނުބުނިޔޭ” ޖައިޝް އަށް މިހެން ބުނެވުނުތަނާ ރިންގްވާން ފެށީ އަސްމާގެ ފޯނެވެ. ނުދަންނަ ނަންބަރަކުން ގުޅާތީ އަސްމާ ފޯނު ކަޑާލިއެވެ. ކަންބަލަން އައިސް ހުރި ވަގުތެއް ކަމުން މިގަޑީ އަންނަ ބޭކާރު ކޯލްތައް ނަގާ ހިތް އޭނާ ނުވިއެވެ. ދެން ރިންގްވާން ފެށީ އިސްހާގުގެ ފޯނެވެ. އިސްހާގު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
” އިބްރާހިމް ޖުނާން އިސްހާގުގެ ބައްޕަތޯ… މިގުޅާލީ އޭޑީކޭ އިން.. ޖުނާން އެމެޖެންސީ ސާރޖަރީއަކަށް ވައްދަން އެޕްރޫވް ހޯދާލަން…” އިސްހާގަށް ހީވީ ފައިދަށުން ބިންގަޑި ދިޔަހެނެވެ. ޖުނާންގެ ކޮން އެމެޖެންސީ ސާރޖެރީއެއްތޯ އަހާލިއެވެ. އެވަގުތު އަސްމާ އައިސް އިސްހާގު އަތުން ފޯނު ނެގިއެވެ.
“އަހަރެން ދަރިފުޅު.. ކޮބާ އަހަރެންގެ ޖުނާން…” އަސްމާ ވެސް ތެޅެން ފެށިއެވެ. ޖައިޝް އަށް އަންޖަލް ރޯންފެށި ސަބަބު ދެނެގަނެވުނެވެ.
އެންމެން އެއްކޮށް ހެން އޭޑީކޭ އަށް އަވަހަށް ދިޔައެވެ. އޭރު އީއާރު ގައި ޕޮލިހުންވެސް ހަރަކާތްތެރި ވަމުން ދިޔައެވެ.
“ޖުނާން ގޭގެ ޓެރަހުން ފުންމާލީ.. އަޅުގަނޑުމެން މިދަނީ މައްސަލަ ތަހުގީގު ކުރަމުން..” ޕޮލިސްމީހާ މިހެން ބުނުމުން އަސްމާ އާ އަންޖަލް އަބުރައިގަނެގެން ވެއްޓުނީ އެކުއެކީއެވެ. ޖައިޝް އަންޖަލް އަތްދަޑި މައްޗަށް ލައިން ގޮސް އީރާގެ އެދެއްގައި ބާއްވާލިއެވެ. އެވަގުތު އިސްހާގުވެސް އަސްމާ ގެނެސް އަނެއް އެދުގައި ބާއްވާލިއެވެ. އެންމެން ސާރޖަރީ ރޫމް ކައިރި މަޑުކޮށްލައިން ތިބީ ޖުނާންގެ ހަބަރަކަށް އިންތިޒާރު ކޮށްލަ ކޮށްލައެވެ. 4 ގަޑި އިރު ވިއރުވެސް އެއްވެސް ހަބަރެއް ނުލިބުމުން އިސްހާގު އޭނާގެ ރައްޓެހި ހުސައިންއަށް ގުޅާލިއެވެ. ހުސައިން އަކީ އޭޑީކޭ ހިންގުމާ ހަވާލްވެ ހުންނަ އެކަކެވެ. ވަގުތުން އޭނާއަށް ހުރިހާ ހަބަރެއް ލިބުނެވެ. ޖުނާންގެ އޮޕަރޭޝަން އެހާ ގިނައިރުވަނީ ސިކުޑިއަށް ލިބިފައިވާ ގެއްލުމުގެ ސަބަބުންކަމަށް ޑޮކްޓަރު އެންގިއެވެ. އައިވީ އަޅައިން ހޭ ޖެހުނު އަންޖަލް އައިސް ޖައިޝް ކައިރި މަޑުކޮށްލިއެވެ. އޭނާ އަށް ވިސްނެމުން ދިޔައީ ހުރިހާ ކަމެއްވެސް ވީ އޭނާ އާ ހެދިކަމެވެ.
އަންޖަލް ކަރުނަތައް ހިފަހައްޓާލައިން ހުއްޓެވެ. ޖައިޝް އަށް އަންޖަލް އަށް ކުރަމުން ދިޔަ އަސަރު ވަރަށް ގާތުން ފެނުނެވެ. އަންޖަލްގެ އަތުގައި ހިފާލޯ ހިތްވަރެއް ދިނުމުގެ ގޮތުންނެވެ.
“މީ ހުސް ކަލެޔާ ހެދި ވާގޮތް…” އަންޖަލްގެ ކޮޑުގައި ހިފާ ދަމައިގަންނަމުން އަސްމާ ބުނެލިއެވެ. އޭރު އެއް އަތުން އައިވީ ފުޅި ހިފައި އޭނަ ހުރި އިރު ފައިވަނެއްވެސް ނެތެވެ.
“ކަލެޔާ ހެދި މަގޭ ދަރޮފުޅުގެ މުޅި ދިރިއުޅުން ހަލާކުވެއްޖެ… ކަލެއާ ހެދި އޭނަގެ ލޯބިވާ އަނބިމީހާ ނިޔާވީވެސް.. ކަލޭގެ ސަބަބުން.. މިހާރު… މިހާރު އަހަރެން ދަރިފުޅު އެ މަރާ ހަގުރާމަ ކުރަނީ..” އަސްމާގެ ކޮންމެ ބަހެއްވެސް އަންޖަލްގެ ހިތަށް ވަންނަމުން ދިޔައީ ތޫނު ހަތިޔާރެއް ހެންނެވެ. އަންޖަލްގެ ބަޑި ފަޅައިން ދިޔައެވެ. މެޔަށް ތަދުވާން ފެށުމުން މޭ މަތީ އަތް އަޅައިން ކަކޫ ޖައްސާ ބިންމައްޗަށް ތިރިވެވުނެވެ.
“އޭ އަސްމާ.. ކަލޭ މޮޔަވާހަކަ ނުދައްކާ ހުރޭ… މީ ކަލޭ ރުޅި ބާލަންވީ ވަގުތެއް ނުން.. ދެންވެސް ދަެި ސަލާމަތް ވޭތޯ ދުޢާ ކޮށްބަލަ..” އާތިކާ ރުޅިއައިސްގެން ބުނެލިއެވެ.
“އާނ. ކަލޭގެ ދަރިއެއް ނުންވިއްޔާ އެތާ އެއޮތީ.. ތިހެން ބުނަން ކަލޭއަށް ވަރަސް ފަސޭހަ ވާނެ..” އަސްމާވެސް ވަކި އާތިކާއަށް ދުލެއް ނުކުރެއެވެ.
“ހުއްޓާލާ… ދެން އެކަކުވެސް އެކައްޗެއްވެސް ބުނެގެން ނުވާނެ..” އިސްހާގު ރުޅި ކޮންޓްރޯލުން ނެއްޓިއެވެ.
ޖައިޝް އަންޖަލް ކޮޑުގައި ހިފާ ތެދު ކޮށްލަމުން ތަންކޮޅެއް ދުރުގައި ހުރި ގޮޑިއެއްގެ ކައިރި އިށީދެލިއެވެ.
“އަންޖޫ.. ބަލާބަ އަހަރެން މޫނަށް..” އިސްޖަހާލައިން ރޯން އިން އަންޖަލްގެ ދަތްދޮޅީގައި ހިފާ ޖައިޝް އުފުލާލިއެވެ.
“މީގެން އެއްވެސް ކަމަކީ އަންޖޫ އާ ހެދި ވީކަމެއް ނުން… ޑޯންޓް ބްލޭމް ޔޯސެލްފް… މަންމަ އެކީ އެއްވެސް އެއްޗެއް ގަބޫލް ނުކުރާތި” ޖައިޝް އަންޖަލްގެ ލޮލަށް ބަލަން ހުރެ ބުނެލިއެވެ.
“ނުން ޖުނާން އެކަހަލަ ކަމެއް އެކުރީ އަހަންނާ ހެދި…” އަންޖަލް އޭނާގެ ފޯނަށް ޖުނާން ކުރި މެސެޖު ޖައިޝް އަށް ދައްކާލިއެވެ. އޭރު އޮޕްރޭޝަން ކޮށް ނިންމުމަށްފަހު ޑޮކްޓަރު ބޭރަށް ނިކުތެވެ. ޖައިޝް އަންޖަލް ގާތު މަޑުކުރަން ބުނުމަށްފަހު އެދިމާލަށް ހިގައިގަތެވެ.
“ވަރަށް ކްރިޓިކަލް.. ބޮލުގެ ނާށިގަނޑު ފަޅައިން ގޮސް ސިކުޑި އަށް ހުރީ ވަރަށް ބޮޑަށް ގެއްލުން ވެފަ… ހޭ އަރާނެ ކަމުގެ %5 އަޅުގަނޑުމެންނަށް އޮތީ.. ވެންޓިލޭޓަރުގަ ބާއްވަން ޖެހޭނީ..” ޑޮކްޓަރު މިހެން ބުނުމާ އެކު އަސްމަގެ ރުއިން ގަޑު މުޅި ހޮސްޕިޓަލުގައި ގުގުމާލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



