އެކުގައިވާނަން-9
އެދެކުދިން ފަރާތުން ހަޔާ އަށް ސުޚުލުގެ ގިނަކަންތަށްތަކެއް އެނގުނެވެ. ބައެއްކުދިންގެ ސިއްރު ވާހަކަތައްވެސް ރީމާ އާއި ޒޯޔާ ކިޔައިދިނެވެ. ހަޔާ ވެސް ޝައުގު ވެރިކަމާއި އެކު އަޑުއަހަން ހުރީއެވެ.
*ޕާރްޓް-9*
ސުޚުލު ނިމުނީރު ހަވީރު ހަތަރެއް ޖަހައިފިއެވެ. ހަޔާ އަވަސް ކޮށްލައިފައި ދިޔައީ ކައިރީ ހުރި ފިހާރެއަކަށެވެ. އެތަނުން ދެ ބަބަުލް ޓީ ގަނެފައި އެހެން ފިހާރެއަކަށް ވަދެ މޭވާކޮޅެއް ގަނެލައިގެން އޭނާ މިސްރާބު ޖެހީ ޔަސްރާ މެން ގެޔާ ދިމާއަށެވެ.
ކައިލާން ވެސް މަޑުހިގުމެއްގައި އައިސް ގެޔަށް ވަނެވެ. ދަބަސް ބަހައްޓާފައި އޭނާ ވަނީ ފެންވަރާލާށެވެ. ކުޅުމުން ހޫނުވެފައިހުރި ކައިލާން އަށް އަރާމު ކަން އިހްސާސް ކުރެވުނެވެ. ފެންވަރާ ހަދައިގެން އައިސް އޭނާ ބަދިގެޔަށް ވަދެ ބިސްގަޑަކާއި ޕާން ޓޯސްޓް ކޮށްލައިގެން އިށީނީ ސޯފާގައެވެ. މަޑުމަޑުން އިދެ ސައިބޮމުން ދިޔައިރު ކައިލާން އަށް ވިސްނެމުން ދިޔައީ ހަޔާ އާއި މެދުއެވެ. އެއީ ކުރިން ދުވަހު އޭނާ އާއި ދިމާވި ކުއްޖާ އެވެ. ހިތަތް ވެސް ނާރާ ހުއްޓާ އެކުއްޖާ އެވީ އޭނާގެ ކްލާސް ކުއްޖަކަށެވެ. އަދި ކިޔެއްތޯއެވެ. އޭނާ އިނީ ކައިލާން ކައިރީގައެވެ. ކައިލާން ހިތަތް އެރިއެވެ. ތިމަންނަ މާވަރަކުން ހަޔާ މަތިން މިހަދާން ކުރަނީ ކީއްވެހެއްޔެވެ. މިއީ އަދި ލޯބިވެގެން ލޯބިވ ާމީހުން ހޯދަން އުޅޭ އުމުރެއް ނޫނެވެ. ކައިލާން ޗޮކެއް ކަޑާލައިފައި ކެއުމައިގެން ކުރިޔަށް ދިޔައެވެ.
ހަޔާ އައިސް ޔަސްރާމެން ގެޔަށް ވަނީރު ޝުހުބާ ގޮވައިގެން ޔަސްރާ ގޯތިތެރޭ ހުއްޓެވެ. ޔަސްރާ އަށް ހަޔާ ފެނުމާއި އެކު ހިނިތުން ވެލިއެވެ.
“ކޮބާ ޝުހޫ ކިހިނެއް..؟’ ހަޔާ އައިސް ޔަސްރާ އާއި ޖެހިގެން ހުރިި ޖޯލީގައި އިށީނެވެ.
“ޝުހޫ ހަމަ ރަގަނޅު މިހާރު..” ޝުހުބާ ހީލައިފައި ބުނެލިއެވެ.
“އިނގޭތަ ހަޔާއްތަ ގެނައިން ޝުހޫ އަށް ގިފްޓެއް..؟” ހަޔާ ސިއްރު ސިއްރުން ބުނެލިއެވެ. ޝުހުބާ އުފަލުން ހުރެ ކޯއްޗެއްތޯ އަހާލިއެވެ. ހަޔާ ދިއްކޮށްލީ މޭވާ ކޮތަޅެވެ. ޝުހުބާ އުފަލުން ފުންމަމުން ގޮސް ވަނީ ގޭތެރެއަށެވެ.
“މީ އަހަރެމެން ދެމީހުންނަށް..” ހަޔާ ބަބުލްޓީ ދިއްކޮށްލަމުން ބުނެލިއެވެ. ޔަސްރާ އޭގައި ހިފިއެވެ.
“ވަރަށް ކަޑަ ޔޫ ނައީމަ..” ހަޔާ ތުން ދަމާލަމުން ބުނެލިއެވެ.
“އަހަރެންވެސް ހުރީ ވަރަށް ދެރަވެފަ ނުދެވުނީމަ.. ކާކު ކައިރީތަ އިނީ..؟” ޔަސްރާ ޝައުގުވެރި ކަމާއި އެކު އެހިއެވެ.
“ކައިލާން ކިޔާ ގޮލައެއް ކައިރީގަ..” ހަޔާ ފޫހި ގޮތަކަށް ބުނެލިއެވެ. ޔަސްރާ އެއް ބުމަ އަރުވާލައިފަ އެހެންހޭ ބުނެލިއެވެ.
ދެ އެކުވެރިންވެސް އެތަކެއް ވާހަކައެއް ދައްކަން އިނެވެ. ހަޔާ ގެޔަށް ދާން އެގެއިން ނިކުތީރު ރޭގަނޑު 9 އެއްވެސް ޖަހާފިއެވެ. ޔަސްރާ މެން ގޯތި ދޮރުން ނިކުތީރަށް އޭނާ ކުރިމަތީ ހުރި މީހާ ފެނި ހަޔާ ހައިރާން ވިއެވެ. މިއީ އަނެއްކާ ޔަސްރާގެ ބޭބެގެ ރައްޓެއްސެއް ބާއެވެ. އެމީހާ މިތާ މިގަނޑީގައި މިގެޔަށް އަންނަންވީ ކީއްވެހެއްޔެެވެ. ހަޔާ އެއްޗެކޭ ނުބުނެ ބަލަން ހުއްޓެވެ.
“ޔަސްރާ އެބައުޅޭތަ..؟” އެމީހާ އަހާލިއެވެ. ހަޔާ އަނެއްކާ ވެސް ފަހަތް ބަލާލިއެވެ.
“ނޫން.. ކީއްކުރަން..؟” ހަޔާ އަހާލިއެވެ.
“މިއީ ޔަސްރާ ދޮންބެ ބުނެގެން މި ކޮތަޅު މިގެޔަށް ލާންވެގެން..” އެމީހާ އޭނާގެ އަތުގައި އޮތް ބޮޑު ކޮތަޅު ދައްކާލިއެވެ.
“އޯހް އެހެންތަ.. ގެނޭ އަހަރެންނަށް ތީތި މިގެޔަށް ލައިދީފާނަން..” ހަޔާ އަތް ދިއްކޮށްލިއެވެ. ހަމަގައިމުވެސް އޭނާގެ އިނގި ހުރެ ބޮޑު ފިރިހެނަކު މިގެޔަކަށް ވަނަކަ ނުދޭނެއެވެ. އެމީހާ ފާޑަކަށް ހުރެފައި އެކޮތަޅު ދިއްކޮށްލިއެވެ. ހަޔާ އޭތި ހިފައިގެން ގޮސް އެގޭތެރޭގައި ބެހެއްޓިއެވެ.
އޭނާ އެކޮތަޅު ލައިފައި ނިކުތިރު އެމީހާ ފެންނާކަށް ނެެތެވެ. ނަމަވެސް އޭނާ ދެކޮޅު ހޯދާލައިފައި ހިގައިގަންނަން އުޅެނިކޮށް ހުއްޓުނީ ކުރިމަތީ ހުރި ގޭގެ ދޮރު ހުޅުވާލުމުން ނެވެ. އެދޮރުން ނިކުތީ ކައިލާން އެވެ. އޭނާ އިނީ ކަންފަތަަށް ހެޑްސެޓް ޖަހާލައިގެންނެވެ. ދަބަސް އަޅުވައިގެން ހުރި އިރު ބެލެވޭ ގޮތުގައި އޭނާ އެދަނީ ލައިބްރެރީއަށެވެ. ހަޔާ އަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
ހަޔާ އެގޮތަށް ބަލަން ހުރުމުން ކައިލާންގެ ހިތް އަވަސް ވިއެވެ. ނޭވާ އަވަސް ވިއެވެ. އޭނާ ހަޔާ އަށް ހިނިތުން ވެލާފައި ހިގައިގަތެވެ. ހަޔާ އަށް ހަމަބިމަށް އާދެވުނީ ކައިލާން އޭނާގެ ލޯ ކުރިމަތިން ދިޔައީމައެވެ. އޭނާ ވެސް ހިގައިގަތީ ގެޔާއި ދިމާ އަށެވެ.
ހަޔާ ނައިސްގެން ލަސްވެފައި އިން މިންހާ އަށް ގެޔަށް ވަދެގެން އައި ހަޔާ ފެނި ތެދުވެވުނެވެ. ދަރިފުޅު ހެޔޮހާލުގައި ހުރި ތަން ފެނި އޭނާ އަށް ދުކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ.
“ދަރިފުޅާ ކޮންތާކު އުޅެއުޅެފަ ތިއައީ..؟” މިންހާ ސޯފާގައި އިށީންނަމުން އަހާލިއެވެ.
“އެއީ މިއަދު ޔަސް ސްކުލަށް ނާންނާތީ އޭނާ ކައިރިއަށް ދިޔައީ.. ސޮރީ ލަސްވީމަ..” ހަޔާ މާފަށް އެދުނެވެ.
“އެހެން.. އެކަމު ސްކޫލުން އައިސް އެއްޗިހި ބަދަލުކޮށްލައިގެން ދިޔަނަމަ..” މިންހާ އެހެން ބުނެލައިފައި ޓީވީއަށް ނަޒަރު ހިންގާލިއެެވެ.
ހަޔާ ދިޔައީ ކޮޓަރިއަށެެވެ. އޭނާ ވެސް ފެންވަރާ ހަދައިލައިގެން އައިސް އެދުގައި އޮށޯވެލިއެވެ. ލޮމަރާލުމައްފަހު ހަޔާ ފުން ނޭވާއެއް ބޭރުކޮށް ލިއެވެ. ހަމައެވަގުތު ކުއްލިއަކަށް އޭނާ ލޯހުޅުވާލިއެވެ. ހީވީ ބިރެއް ފެނިގެން ލޯހުޅުވާލި ހެންނެވެ. ހަޔާ އަށް ސިފަވީ ކައިލާންގެ އެހިނިތުން ވުމެވެ. ހާދަ ލޯބި ހިނިތުން ވުމެކެވެ. އޭނާ އެދިޔައީ ކޮންތާކަށް ހެއްޔެވެ. ހަޔާ އަކަށް އަދި ކައިލާން އެހެން މީހަކާއި އެކީ ފެނިފައެއް ނެތެވެ. ކްލާސް ތެރޭގައި ވެސް އޭނާ އިންނަނީ މަޑުންނެވެ. އާއެކެވެ. ޒޯޔާ އާއި ރިމާ ބުނީ ތެދެކެވެ. އެއި ހާދަ “މިސްޓީރިއަސް” މީހެކެވެ.
ޝުހުބާ ނިންދަވާފައި ޔަސްރާ ވަނީ ފެންވަރާލާށެވެ. މިއަދު އެއްކޮށް ޝުހުބާ ފަހަތުން ދުވަން ޖެހުމުން އޭނާ ހުރީ ނުލާހިކު ވަރު ބަލިވެފަ އެވެ. ފެން ވަރާ ހަދައިލައިގެން އޭނާ ނިދުމުގެ ކުރިޔަށް ފެން ފޮދެއް ބޮލަން އުޅުނެވެ. އެކަމަކު ކޮޓަރިތެރޭ ހުރި ޖަގަކު ފެނެއް ނެތެވެ. ޖަގު ހިފައިގެން އޭނާ ނިކުތީ ކޮޓަރިން ބޭރަށެވެ. ސިޓިން ރޫމް އާއި ހަމަޔަށް އާދެވުނު ތަނާހެން ޔަސްރާގެ ނޭފަތުގައި ޖެހުނީ ފިރިހެން ސެންޓެއްގެ ވަހެވެ. ޔަސްރާ އަށް ފުން ނޭވާއެއް އެތެރެ ކޮށްލެވުނެވެ. ވަރަށްވެސް މީރުވަސް ދުވާ ސެންޓެކެވެ. އެކަމު މިގޭތެރެއިން މިވަސް ދުވަން ވީ ކީއްވެހެއްޔެވެ. ގައިމުވެސް އެއީ އަޒްހާން ޖަހާ ވައްތަރުގެ ސެންޓެއް ނޫނެވެ. އޭނާގެ ބޭބެވެސް މެއެވެ. ޔަސްރާގެ ހިތުގައި ބިރުވެރި ކަމުގެ ރާޅެއް ބިންދާލިއެވެ. ވަގުތުން ޖަޣު ބަހައްޓާފައި އޭނާ ގޭތެރެ އެތަން މިތަން ބަލަން ފެށިއެވެ. އެކަކުވެސް ވަދުން ކަމުގެ ހިލަމެއް ފެންނާކަށް ނެތެވެ. ހުރިހާ ދޮރެއް ތަޅުލައި ރަގަނޅަށް ގޭތެރެ ބަލާފައި ޔަސްރާ ވަނީ ކޮޓަރިއަށެވެ. ނިދުމުގެ ކުރިޔަށް އޭނާ “ސްކިން ކެއާރް” ކުރަން ޖެހޭތީވެ އޭނާ ޑްރެސިން ޓޭބަލް ކުރިމަތީ ހުއްޓިލިއެވެ.
ހަމައެވަގުތެވެ. ޔަސްރާގެ މިހުރިހާ ހަރަކާތްތަކަށް ބަލަން މީހަކު ހުއްޓެވެ. އޭނާ ކުރިމަތީ ހުރި ލެޕްޓޮޕުން ދިޔައީ ސީސީޓީވީ ކެމެރާއަކުން މިހުރިހާ މަންޒަރެއް ފެންނާށެވެ. އެމީހާ މަޑުމަޑުން ހީލިއެވެ. ފިރިހެން ވަންތަ އަޑެކެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







masha allah mi part ves varah reethi
omgg whats gonna happen to herr????
so curious
when next?
lysmm
Thank you!
insha’Allah v avahah!
Love you more! 😘
Masha Allah 🤩 Mi part ves vrh reethi anehka kaaku baa eiyy👀vrh biruganey eba hehe🤣 Anyways mi part ves vrh reethi curiously waiting for the next part when’s next
TC, LYSM ❤️😘
Thank you!
V avahah next part ves nikunnaane!
Love you too!
Maasha Allah ❤️ Mi part ves vrh Reethi when’s next?Lyyssmm
Thank you!
insha’Allah v avahah!