އަހަރެމެން ދެމީހުން ގެޔަށް އައިރު އިރޯއްސި 7 ޖަހައިފިއެވެ. އަހަރެން ސައިކަލުން ފައިބެ ޒާން އަށް ހަނާ އަޅާލީމެެވެ. އޭނާ ވެސް ހިނިތުން ވެލީއެވެ. ގޭތެރެއަށް ވަނީރު މަންމަމެން ފެންނާކަށް ނެތެވެ. މާބޮޑު ކަމަކަށް ނަހާދާ އަހަރެން ގޮސް އެއްޗިހި ބަދައްލު ކޮށްލީމެވެ. ނަމާދުކޮށް ހަދައިގެން ގާތްގަޑަކަށް 8:30 ކަންހާއިރު ވެލުމުން އަހަރެން ކޮޓަރިން ނުކުތީމެވެ. އަހަރެން ފޯނު ހިފައިގެން ގޯތި ޖޯލީގައި އޮތްވައި މީހަކު އައިސް ވަނެވެ.
*ނުނިމޭ*
އަހަރެން ހީތްކުރީ ބައްޕަ މިސްކިތަށް ގޮސް އައީ ކަމަށެވެ. އެހެންކަމުން އަަހަރެން އަޅައެއް ނުލަމެވެ. ހީހީފައި އަހަރެން ފޯނުބަލަން އޮތީއެވެ. އެމީހަކަު އައިސް އަހަރެންނާއި ކުރިމަތިވާގޮތަށް ހުރި ޖޯލީގައި އިށީނުމުން އަހަރެން އިސް އުފުލައިލައި ބަލާލީމެވެ. އެއީ ޔޫޝައު އެވެ. އެހެން ދުވަސް ދުވަހާ ތަފާތަށް އޭނާގެ މޫނުމަތީވަނީ ނުރުހުމެވެ. ކޮންމެެވެސް ކަމެއް ވެއްޖެކަން އަހަރެންނަށް ރޭކާލިއެވެ. އަނެއްކާ ވެސް އަހަރެން ހިތަތް އެރި އެވެ. ޔޫޝައު ކައިރީ އަހަރެން ކައިވެނި ކުރާވާހަކަ ބުނަންވީހެއްޔެވެ. އާއެކެވެ. ދެން އެއްމެ ބުއްދިވެރީ އެވާހަކަ އަވަހަށް ބުނުމެވެ.
“ހޭޔް.. ކިހިނެއްވީ..؟” އަހަރެން ފޯނު ބާއްވައިފައި އަހާލީމެވެ.
“ރާނިޔާ މިއަދު ކޮން ފިރިހެނަކާ އެކީގަތަ އުޅުނީ..؟” ޔޫޝައުގެ އެސުވާލުން މިހާރު ޔޫޝައު އށް އަހަރެންނާއި ޒާން އެެއްކޮށް ފެނުނުކަން އެނގުނެވެ.
“އެއީ.. އަމް.. ޔޫޝައު އަހަރެން އެބޮތް ވާހކައެއް ބުނަން ވެފަ..” އަހަރެން އަނެއްކާ ވެސް ޖެހިލުންވިއެވެ.
“ބުނެބަލަ..” އޭނާ ހީވަނީ ކެއްތެރިކަން ކޮޅުންލައިފައި ހުރި މީހެއްހެންނެވެ.
“ޔޫޝައު.. އަހަރެން މިއުޅެނީ މެރީކުރަން.. މިއަދު ރަންކީ.. މިމަހު 31 ގަ އިންނަނީ..” އަހަރެން އިސްޖަހައިލައިގެން ހުރެ އެވާހަކަ ބުނީމެވެ.
“އޭން.. މެރީކުރާށޭ.. ކާކާ.. ކީއްވެތަ އަހަރެންކައިރީ ކުރިން ނުބުނީ.. އަޅެ ރާނިޔާ..” ޔޫޝައު އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން ބުނެލިއެވެ. އޭނާގެ މޫނުމަތިން ފެންނަންހުރީ ނަގައިގަންނަން އުދަގޫ ކުލަވަރެކެވެ.
“ޒާން ކިޔާ މީހަކާ.. ހީއިޒް 22.. އެންޑް އައިމް ސޮރީ ކުރިން ނުބުނެވުނީމަ..” އަހަރެން މާފަތް އެދުނީމެވެ. ނަމަވެސް އެއަޑު ޔޫޝައު އަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ.
“ހާދަ ބޮޑުމީހެކޭ.. ރާނިޔާ ހަމަ މިކައިވެނި ކުރަން ބޭނުންތަ.. އަޅެ ރާނީ ބުނެބަ..؟” ޔޫޝައު އަނެއްކާ ވެސް އަހާލިއެވެ. އޭނާގެ އަޑުގައި ހާސްކަން ހުއްޓެވެ.
“އަހަރެން އަސްލު ބޭނުމެއްނޫން މިކައިވެނި ކުރާކަށް.. މަންމަމެން މަޖުބޫރު ކޮށްގެން.. ” އަހަރެން ކިޔައިދިނީމެވެ. އެވާހަކަ ކިޔައިދިނިއިރު އަހަރެންނަށް ރޮވުނެވެ. ޔޫޝައު ހުރީ ކިޔައިދިން ވާހކަތަށް ގަބޫލު ނުކުރެވިފައެވެ.
“ދެން އޯކޭ.. އައި ވިޝް ޔޫ ޓޫއެ ހެޕީލައިފް.. ބާޔް..” އަހަރެންނަށް ބަލައިވެސް ނުލާ ޔޫޝައު ދިޔައެވެ. އަހަރެންނަށް ހުރެވުނީ ޖެހި ބުދެއް ފަދައިންނެވެ. ހަދަންވިގޮތެއް ނެއިންގިފައެވެ. މީ އަހަރެންނަށް ޔޫޝައު ފެންނާނެ އެއްމެ ފަހުފަހަރު ހެއްޔެވެ. އެހެން ހިތަތް އަރައި އަހަރެންނަށް ރޮވުނެވެ. ލޮލުން ކަރުނަ ފުހެލައިފައި އަހަރެން ވަނީ ގޭތެެރެއަށެވެ.
ކައިގެން ނިދަން ވަނީރުވެސް އަހަރެންގެ ސިކުނޑިތެރޭ ގުގުމަމުން ދިޔައީ ޔޫޝާއުގެ އެއްމެ ފަހު ބަސްތަކެވެ. އޭނާގެ މޫނުމަތިން އޭނާ ހުރީ ނުރުހި ދެރަވެފައިކަން ކިތަންމެހާވެސް ރަގަނޅަށް އަހަރެންނަށް އެނގެއެވެ. އެކަމު އަހަރެންނަށް ވަކި ކުރެވޭނީ ކީއްހެއްޔެވެ. ކައިވެނިކޮށްގެން އަހަރެންދާނީ ޒާންގެ ރަށަށެވެ. ދެން ޔޫޝައު އަކާއި ދިމައެއްނުވާނެއެވެ. ދެން އޭނާ އަހަރެން މަތިން ހަދާން ނައްތައިލައި އާދިރިއުޅުމެއް ފަށާނީ ހެއްޔެވެ. ނަމަވެސް އަހަރެންނަށް އިނގޭކަމަކީ އަހަރެން ދުވަހަކުވެސް ޔޫޝައު މަތިން ހަދާން ނަތްތައި ނުލާނެ ކަމެވެ. އަހަރެން އެއްމެ ވޭނުގައި އެކަނި ވެރިވީ ދުވަހު އެހީތެރިކަމުގެ އަތެއް ދިއްކޮށްލި ހަމައެކަނި މީހަކީ އެއީ އެވެ. އަހަރެން ހިތްހަމަ ޖައްސައިދިނުމަށް އެއްޗެކޭ ބުނެލިމީހަކީވެސް އެއީ އެވެ. އެކަހަލަ ރަގަނޅު އެކުވެރިއެއް މަތިން ހަދާން ނައްތައިލާނީ ކިހިނެއް ހެއްޔެވެ. ހިޔާލުތަކުގައި އޮތްވައި ނިދުނު އިރެއްވެސް ނެއިންގެއެވެ.
އަނެއްދުވަހު ހެދުނު ސައިބުއިގެން އަހަރެން މަންމައާއި އެކު ދިޔައީ އަހަރެންގެ ވެޑިން ޑްރެސް ބަލައެވެ. އެހެދުން ލައިގެން އަހަރެން ލޯގަނޑު ކުރިމަތީ ހުއްޓިލީމެވެ. ވަރަށް ވެސް ރީތި ހެދުމެކެވެ. ހުދުކުލައިގެ އެހެދުން ވަނީ މޭމަތިން އެސްޖަހާފަ އެވެ. ތިރިއަށް ބޮޑު ސްކާޓެއް އޮތް އިރު ނުލާހިކު ރީއްޗެވެ. އަހަރެންނަށް އެހެދުން ވަރަށް ކަމު ދިޔައެވެ.
މާދަމައަށް ރެޑީވުމައިގެން މަންމަ އާއި ބައްޕަ އަވަދިނެތި އުޅުނެވެ. ޒާންމެން އާއިލާ ދެތިން ކުއްޖަކު އަހަރެްނ ގޮވައިގެން އެމީހުންގެ ގެސްޓު ހައުސް އަށް ގޮސް އަހަރެންގެ އަތުގައި ހީނާ އަޅުވައިދިނެވެ. ސަކަރާތްވެސް ޖެހީމެވެ. މޫދަށް އެރި މަޖާވެސް ކުރީމެވެ.
ގެޔަށް އައިރު ރޭގަނޑު ވެއްޖެވެ. މަންމަ އަހަރެންކައިރީ ބުނީ އަވަހަށް ނިދުމަށެވެ. މާދަން މެންދުރު އަހަރެންގެ ކައިވެނި ކުރަން ކޯޓަށް ދާންޖެހެއެވެ. ބާކީ އަހަރެންގެ ކައިވެންޔަށް އޮތީ މަދު ގަޑިއިރުކޮޅެއްކަން އިނގުމުން އަހަރެންގެ ހިތް ތެޅިގަތެވެ. ދެން އަހަރެންވާނީ އެހެންމީހެއްގެ ހައްގަކަށެވެ. ދެން އަހަރެން އުޅެންޖެހޭނީ އެހެން މީހަކާއި އެކުގަ އެވެ. އެމީހާ އާއި އެކުގައެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Mi part vx vrh reethi
When is next?
Thank you!
Inshaalah Monday ga! Or eah thrush avahah!
Alhey Yooshau haadha dheravaaney
I feel baaaad😢😢😢
Mi part ves varah reethi
Keep up the good work 👍👍👍
When next?
Thank you!
MASHA ALLAH mi part ves vrh reethi yooshau haadha dheravefa eyy dhw eynyy alheyy vrh dheravehje raaniya and zaan ah ufaaveri dhiriulhumeh libeyne kamah unmeedhukuran adhi yooshau ah ves hayaatahh rangalhu baiveriyaku ahnaane kamah unmeedhukuran alheyy raaniya dhen ehen rashehga dhw alhenyy so sad 😭😢 curiously waiting for the next part when’s next I am always here for you I will be always with you dear
Keep shining my dear🌟
Tc, LYSM ❤️😘
Thank you for your support! I really appreciate it! I am very happy that you like my story!
Love you too! 😘