Skip to content
އެސްފިޔަ

ހިތް އެދެ ޔާރާ ތިއޭ – 28

ސީލިންގުގައި ޖަހައިފައިވާ ދެ ޗޭނުގެ ނިމޭކޮޅު ވަނީ މަޔާންގެ ދެ އަތުގައި އައްސާލެވިފައެވެ. ހަތަރުވަރަކަށް ދުވަސްވެފައިވުމުގެ ސަބަބުން އޭނަގެ އަތުގެ ކުޑަހުޅުގައި ޗޭނު އައްސާލެވިފައިވާ ތަން ވަނީ ނޫފައިގަނެފައެވެ. މަޔާންއަށް ކޮޅަށް ހުރެވެނީ އެ ޗޭނުގަނޑުގެ އެހީގައެވެ. އޭނަގެ ހަށިގަނޑުގައި އެއްވެސް ވަރެއްނެތެވެ. މަޔާންއަށް ދިރިހުރެވެނީ ދުވާލަކު އެއްފަހަރު ލިބޭ ފެންފޮދުންނެވެ. އޭނަގެ ފައިގެ އިނގިލިކޮޅުތަށް ބިންމަތީ ކޭތްތެނީ ހަމަ ކިރިޔާއެވެ. މަޔާން ހުރި ދިމާލުގައި ލޭގެ ކޯރެއް ހެދިފައިވެއެވެ.

***ޕާޓް 28***

ތަޅު ހުޅުވައިލުމަށްފަހު މީހަކު އެތަނަށް ވަދުނެވެ. އެމީހަގެ ދެފަރާތުން ބޮޑީގާޑުން ފަދަ ބަޔެއް ވަދެގެންއައެވެ. އެތާ ކައިރީ ހުރި ފެންހޮޅިއެއް ދޫކޮށްލުމަށްހު އެމީހަގެ ކަނާއަތުގައި ހުރި މީހަ މަޔާން އާއި ދިމާލަށް ޕްރެޝަރުގައި ފެން ޖަހަން ފެށިއެވެ. ފިނިފެނުގެ ސަބަބުން މަޔާންއަށް ސިހިފައި ހޭލެވުނެވެ. ބަލި ވައްތަރަކަށް މަޔާން އެމީހުންނާއި ދިމާލަށް ބަލައިލިއެވެ. މަޔާންގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއްނެތެވެ. އެމީހުން މަޔާންގެ މޫނަށް ފެންޖަހަމުން ދިޔައިރު މަޔާންއަށް ނޭވާލާން ދަތިވަމުން ދިޔައެވެ. ރަނގަޅަށް ނޭވާ ނުލެވިގެން މަޔާން މޫނު ފަރާތް ފަރާތައް އަނބުރަން ފެށުމުން އެކަންވީ އެމީހުންނަށް މަޖާ ކަމަކަށްށެވެ. ނުލަފާ ގޮތަކަށް ހެމުން އެމީހުން ފެން ހޮޅިން މަޔާން ތެންމަމުން ދިޔައެވެ.

އެމީހުން ހިތްފުރޭވަރުވުމުން ފެންހޮޅި ބަންދުކޮށްލިއެވެ. މަޔާން ދެބުމަ ގޮށްޖަހާލުމަށްފަހު އެމީހުންނަށް ބަލައިލިއެވެ. “ކަލެމެން ކޮންކަމެއްހޭ މަގޭ ކައިރިން ބޭނުންވަނީ؟” މަޔާން ހަޅޭއްލަވައިގަތެވެ. އެއީ އޭނަ މި ފާއިތުވެގެންދިޔަ ހަތަރު ދުވަހު އެމީހުންނާއި ތަކުރާރުކޮށް ކުރަމުން ދިޔަ ސުވާލެވެ. އެ ސުވާލުގެ ޖަވާބު އޭނައަށް ލިބިފައި ނުވާ ސުވާލެކެވެ. މަޔާން އެހެން އެހުމުން އެމީހުން ސިންހަޅަ ބަހުން ކޮންމެސް އެއްޗެހިތަކެއްކިޔެވެ. އެހެންނަމަވެސް މަޔާންއަށް އެމީހުން ކީ އެއްވެސް އެއްޗެއް ދޭހައެއްނުވިއެވެ. އެވަގުތު ދޮރުހުޅުވާލައިފައި އިސްތަށިގަނޑު ދިގު، ޕާޓޭއެއް ފާޑަށް ހުރި މީހަކު ވަދުނެވެ.

އެއީ ކާކުކަން އެނގުމުން މަޔާންގެ ހަށިގަނޑުން ފިނިދަލެއް ހިއްލައިގެން ދިޔައެވެ. އެއީ ރާކިން ޖާސޫސް ކުރި ގޭންގް މެންބަރެކެވެ. “ކަލޭމެން ހާދަ ލޯތްބެކޭ ދޯ ތި ވަނީ މަރުވެފައި އޮތް މީހެއްދެކެ ޕިސްޕިސް.. އޭނައާ ހުރެ އަމިއްލައަށް އައިސް ޝިކާރަވެރިޔާގެ ދަލަށް ތިވަދުނީ.. އަޅެފަހެ އެއީ މަރުވެފަ އޮތް މީހެކޭ.. ދެން ކީއްކުރަން ޖަހާ ސަކަރާތެއްތަ ތީ؟” އެމީހަ ވާހަކަ ދެއްކީ ދިވެހިންނެވެ. އޭނަގެ ވާހަކައިން މަޔާންއަށް ދަތްކުނޑިވިކައިލެވުނެވެ. “ކަލޭމެން ކަހަލަ ޖަނަވާރުންނަކަށް ނޭނގޭނެ އިންސާފަކީ ކޮބައިކަމެއް.. އަހަރެން މިތަނަށް އައީ ކަލެމެން ގަތުލުކުރި އަހަރެންގެ އެކުވެރިޔާއަށް އިންސާފު ހޯދަދޭން..” މަޔާންގެ އަޑު ދިޔައީ އައިސްފައިހުރި ރުޅިން ތުރުތުރުއަޅަމުންނެވެ. އޭނަ ހިނިގަނޑެއް ޖަހައިލިއެވެ. “ހަހަ މި ދުނިޔޭގަ އިންސާފަކީ އޮންނަ އެއްޗެއްނޫން.. އަތުގައި ފައިސާ ހުރި މީހުންގެ ބާރު ހިނގާނީ.. ކަލެޔަށްވެސް އެނގޭނެ މަ ބުނަން އުޅޭ އެއްޗެއް.. ކަލޭވެސް ތީ ގޮވަރމެންޓްގެ ޕަޕެޓެއްނުން.. ކަލޭވެސް އޭނަ މަރުވިހެން މަރުވާނީ.. އަދި އެއަށްވުރެވެސް ބިރުވެރިކޮށް..” އެމީހަ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އެހެންނަމަވެސް ފަހު ޖުމުލަ ނިންމައިލީ ވައުދެއް ފަދައިންނެވެ.

މަޔާންގެ ހިތް ޑަންޑަންލަމުން ދިޔައެވެ. އެހެންނަމަވެސް އެމީހުންގެ ކުރިމަތީ އޭނަ ބިރުގަނެފައިވިވަރު ދައްކާކަށް ބޭނުމެއްނުވިއެވެ. “ސަޗް އަ ޝޭމް ރައިޓް އަމްރު.. ހީޒް ގޮނަ ޑައި ވިތް އައުޓް ސީން ހިޒް ސެކަންޑް ޗައިލްޑް..” އެތާ ހުރި މީހަކު ބުންޏެވެ. މަޔާންގެ މުޅި ހަށިގަނޑު ހުއްޓިގެން ދިޔައެވެ. މަޔާންގެ ދެލޯ ބޮޑުވިއެވެ. “ހެހެ ނޭނގޭތަ؟ ކަލޭގެ އަނބިމީހަ ބަނޑުބޮޑު.. އަހަރުން މި ދަނީ ހުރިހާ އެއްޗެއް ބަލަމުންނޭ ދޯ ސަޗިން.. ކިހާ ދެރަ.. ކަލެޔަށް މައިތިރިވެގެން ގޭގަ ނޯވެވުނީމަ ވާގޮތް ތި ފެންނަނީ.. ދެވަނަ ދަރި ނުފެނި ކަލޭ މި ދުނިޔެ ދޫކުރާނީ.. ހަހަހަ..” އަމްރު ނުލަފާ ގޮތަކަށް އެހެން ބުނުމަށްފަހު ހެމުން އެތަނުން ނިތުތެވެ.

ސަޗިން އާއި ދެން ހުރި ދެ މީހުން މަޔާން އެލުވާފައި ހުރި ދަގަނޑުގައި ކަރަންޓު ނަރުތަކެއް އޮޅަން ފެށިއެވެ. މަޔާން ހުރީ އޭރުވެސް ހުއްޓުން އަރާފައެވެ. ހަމަ އަސްލުވެސް ލާރާ ބަނޑުބޮޑު ހެއްޔެވެ؟ އަނެއްކާ މި މީހުން މިހަދަނީ ތެދުބާއެވެ؟ ލާރާ ބަނޑުބޮޑުވުމަކީ ވެދާނެ ކަމެއްކަން އޭނައަށް އެނގެއެވެ. އެހެންނަމަވެސް ލާރާ ބަނޑުބޮޑިއްޔާމުން އޭނައާއި މެދު ލާރާ ހާދަ ފިކުރުކުރާނެއެވެ. މަޔާންގެ ހިތުގައި މަސްހުނި އިހްސާސްތެކެއް އުފެދުނެވެ. މަޔާންއަށް އޭނަގެ ހިތް ފިތެމުންދާ ފަދަ އިހްސާސެއް ކުރެވުނެވެ.

އެކުވެރިޔާއަށް އިންސާފު ހޯދައި ދިނުމަށް އޭނައަށް މި ފުންމާލެވުނީ ހާދަ ބޮޑު އަނދަވަޅަކަށްށެވެ. ލޯބިވާ އާއިލާ ދޫކޮށްލިއިރު ދެން ދުވަހަކުވެސް އެމީހުން ފެނުމުގެ ނަސީބު ނުލިބިދާނޭ ކަމަށް އޭނަގެ ހިތަކަށް ނޭރިއެވެ. މަޔާންގެ ހަށިގަނޑުގައި ކަރަންޓު ޖެހުމުގެ ސަބަބުން، އޭނަގެ ހަށިގަނޑަށް ލޮޅުންތައް އަރަމުން ދިޔައެވެ. އެހެންނަމަވެސް އޭނައަށް އެ ތަދު އިހްސާސެއްނުވިއެވެ. އެއަށްވުރެ ބޮޑަށް ލާރާއާއި މާޔަލްގެ ހިޔާލުތަކުން އޭނަގެ ސިކުނޑި ވަނީ ފުރައިލާފައެވެ. މަޔާން ދެލޯ މަރައިލިއިރު މާޔަލްގެ ތުއްތު ހީލުންތައް ފެނުނު ފަދައެވެ. އަދި ލާރާގެ ލޯބި މޫނުކޮޅު ފެނިގެންދިޔައެވެ. މަޔާންގެ ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ވެއްޓިގެން ދިޔައެވެ. އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވި މަޔާންގެ ހޭވެރިކަން އޭނަ ދޫކޮށްފައި ދިޔައެވެ.

“ބްރޯ ހަމަޖެހިބަލަ މިގަޑީ މޮޔަ ކަމެއްކޮށްފިއްޔާ ކަލެޔަށް ހަމަ ދެރަވާނީ.. އަހަރުންނަށް އެމީހުންގެ ޕްލޭން އެނގުމަކީ އަހަރުންނަށް ލިބޭ އެޑްވާންޓޭޖެއް.. އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭނެ..” ކައިލްގެ މުލައްދަނޑީގައި ހިފަމުން އާހިލް ވިސްނައިދިނެވެ. ކައިލް އޭނަގެ ނިތްކުރި އިނގިލި ކުރިން މަސާޖްކޮށްލިއެވެ. އާހިލްގެ ބަހަށް އެއްބަސްވުމުގެ ގޮތުން އޭނަ ބޯޖަހައިލިއެވެ. “އެކަމަކު އެ ކުޑަ ހަންޑިގަނޑު އެމީހުން ކިހިނެތްތަ އެއްބަސްކުރުވީވެސް އެމީހުން ބުނާ ތާކަށްދާން؟ ބްލެކްމެއިލްކޮށްގެން؟ ކުރުކުރުކޮށް ހުއްޓަސް އޭނަގެ ބޮލުގެ ނާށިގަނޑުތެރޭ ސިކުނޑިއެއް އޮވޭ ވިއްޔާ.. ހަމަ ހުރެ ބަހައްޓާފަ އޭނަވެސް އެއްބަހެއް ނުވާނެއެއްނުން..” ކައިލް ބުންޏެވެ.

“މަށަށް ހީވާ އެއްވެސް ބުނަންތަ؟” ޝާއިލް އަހައިލިއެވެ. “ހޫން ބުނެބަލަ..” ކައިލް ޝައުގުވެރި ގޮތަކަށް ޝާއިލްއާއި ދިމާލަށް ބަލައިލިއެވެ. “މަށަށް ހީވަނީ މިއަދު ކައިލް މަގުމައްޗަށް ކޮށްޕާލީވެސް އެމީހުން ރާވައިގެންހެން.. އޭގެ ފަހުން އެމީހުންގެ ޕްލޭން ކާމިޔާބު ނުވީމަ އެމީހުން ކައިލްގެ ފޯނު ބޭނުންކޮށްގެން މައިރީންއަށް މެސެޖް ކުރީ..” ޝާއިލް ބުންޏެވެ. “މަ ހީކުރީ އެ އޮންނާނީ ހަލާކުވެފަ ކަމަށް އެހެންވެ އެ ނުހޯދީވެސް..” އިސްތަށިގަނޑަށް އަތް މަހައިލަމުން ކައިލް ބުންޏެވެ. “ބްރޯ މައިއާ ވާހަކަ ދައްކާ އެޕްއަކުން ކަލޭގެ އައިޑީއިން ކޮމްޕްއިން ވަދެބަލަ..” ޝާއިލް އަވަސް އަވަހަށް ކައިލްގެ ކޮނޑުގައި ހިފައި ކައިރީގައި ހުރި ކޮމްޕިޔުޓަރެއްގެ ކައިރީ ބައިންދަމުން ބުންޏެވެ.

ކައިލް ކޮމްޕިޔުޓަރއިން ވަޓްސްއެޕްއަށް ވަދުމަށްފަހު އީމެއިލްއާއި ޕާސްވޯރޑް ޖަހަން އައުމުން ނިތުގައި އަތުން ޖެހިއެވެ. “ޕިސް މަށަކަށް ނޭނގޭ މިއެއްޗެއްގެ ޕާސްވޯޑެއް..” ކައިލް ބުނެލިއެވެ. “ދައްކާ މަ ކްރެކްކޮށްފާނަން..” ޝާއިލް ބުންޏެވެ. “ކަލޭ މަގޭ ޗެޓްތައް ހާވާނީކީއެއްނޫން އަނެއްކާ..” ކައިލް ދެލޯބޮޑުކޮށްލަމުން ބުންޏެވެ. “ޗިލް.. މަށެއް ނޫޅެން ކަލެޔާ މައި މާ ފޮޅުވާފަ ހުރި ތަން ބަލާކަށް..” ޝާއިލް ދިމާކުރާ ފަދައަކުން ބުންޏެވެ. އާހިލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “އަހަރުން ނުހުންނާނެ މާ ފޮޅުވާފައެއް.. މަށާ އެ ކުރުކުރު ހަންޑި ދައިތަ؟ ހަހަ ކުނިގޮނޑުން މީހަކު ހޮވައިގެން އިނަސް ރަނގަޅުވާނެ އެއަށްވުރެ..” ކައިލް ކަޅި އަނބުރައިލަމުން ބުންޏެވެ. ޕާސްވޯޑް މުގުރައިލުމަށްފަހު ޝާއިލް، މައިރީންގެ ޗެޓްއަށް ވަދުނެވެ. ކައިލްގެ ފަރާތުން އެންމެ ފަހުން މައިރީންއަށް ކޮށްފައިއިން މެސެޖް ފެނުމުން ޝާއިލްއަށް ހިނިގަނޑު ހިފައްޓަން މަޖުބޫރުވިއެވެ. އެއީ ކައިލްކޮށްފައިއިން މެސެޖްއެއް ނޫންކަން އެނގުން ނަމަވެސް ޝާއިލްއަށް ހެވުނެވެ.

“މައި މަޔާންގެ ހަބަރެއް އަހަރުންނަށްވެއްޖެ.. މާފަންނު ސަހަރާއަށް އާދެބަލަ މިއަދު ހަވީރު.. ވަރަށް އެހެންކަހަލަ ވާހަކައެއްވެސް އެބައޮތް.. ޑޯންޓް ވޮރީ ޕްރިންސެސް، އެވްރީ ތިންގް އިސް އޯކޭ.. މިއަދު 5 ޖަހާއްކަހާއިރު ހަނދާންކޮށް އަންނައްޗޭ.. އޯކޭ ލަވް ޔޫ..”

ޝާއިލް ހޭތަން ފެނުމުން ކައިލް އެއްބުމަ އަރުވައިލުމަށްފަހު ޝާއލް ބަލާ އެއްޗެއް ބެލުމަށްޓަކައި ބޯ އަރިކޮށްލިއެވެ. އެއާއެކު ކައިލްގެ އަނގަ ހުޅުވިގެން ދިޔައެވެ. އާހިލްއަށް އެ މެސެޖް ފެނުމުން ހޭންފެށިއެވެ. “ޒާއިދުގެ ޕަޕެޓްވެސް މޮޅު ކަލެޔަށްވުރެ ފްލާޓް ކުރަން ހަހަހަ.. ދޮގެއް ނޫނޭ އާހިލް.. މި ދެމީހުން މީގަ މި އޮތީ ހަނގުރާމަކޮށްފަ.. މާފޮޅުވާފަކާއެއްނޫން..” ހެމުން ޝާއިލް އެމީހުންގެ ކުރީގެ ޗެޓްތައް ބަލަމުން ބުންޏެވެ. “ކަލޭ މިތަނުން ފޮނުވައިނުލަނީސް އަނގަމަޑުލައިގެން ހުރެބަލަ..” ޝާއިލް ކޮނޑުގައި އަތްއަޅައި ގޮޑިން ވައްޓައިލުމަށްފަހު ކައިލް ބުންޏެވެ. އޭރުވެސް ޝާއިލް އާއި އާހިލް ދިޔައީ ހުއްޓުމެއް ނެތި ހެމުންނެވެ. ކައިލް ގޮޑީގައި އިށީނުމަށްފަހު އޭނަގެ އެކައުންޓްތަކަށް ނުވަދެވޭ ފަދައިން ހަދަން ފެށިއެވެ. ކައިލް ލަސްކަމުން ޝާއިލް ކައިލްއަށް އެހީވެދިނެވެ.

ދުންޔާ ސޯފާގައި ޓީވީ ބަލަން އިންދައި ޔާދިން އައިސް ވަދުނެވެ. ޔާދިންގެ މޫނުމަތީގެ އަސަރުތައް ހުރި ގޮތުން ކޮންމެވެސް ކަމެއް ރަނގަޅުނޫން ކަމަށް ދުންޔާގެ ހަވަނަ ހިއްސު އިންޒާރުދިނެވެ. “ދިން މިއަދު އޮފީސް މާ ބުރައީތަ؟” ދުންޔާ މަޑުމައިތިރިކަމާއިއެކު އަހައިލިއެވެ. ދުންޔާގެ ސުވާލުން ޔާދިންގެ މޫނުމަތީގައި ހުރި ކުލަވަރު ކުޅަދާނަކަމާއިއެކު ފޮރުވައިލިއެވެ. “ނޫނޭ.. ކަމަކާ މެދު ވިސްނާލީ..” ދުންޔާއަށް ނުބަލަން މަސައްކަތް ކުރާ ފަދައަކުން ޔާދިން ބުންޏެވެ. “އަހަރެންނަށް ޝެއާރއެއް ނުކުރެވޭނެތަ؟” ޔާދިންގެ ޖާދޫވި ލޮލާއި ހަތަރުކަޅިހަމަކޮށްލަމުން ދުންޔާ އަހައިލިއެވެ. ޔާދިން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކަރުގައި އޮތް ޓައީ ދޫކޮށްލިއެވެ.

ދުންޔާގެ މޫނަށް ބަލައިލަމުން ދެތިން ފަހަރަކު އަނގަ ހުޅުވައިލުމަށްފަހު އަނގަލައްޕައިލިއެވެ. “ދިން ޕްލީޒް ތި ބުނަން އުޅޭ އެއްޗެއް ބުނެބާ.. މިހާރު އަހަރެން ބިރުގަންނަން ފަށާފި..” ދުންޔާ އޭނަގެ މޭގައި އަތް ޖައްސައިލަމުން ބުންޏެވެ. ޔާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. “މިއަދު އަހަރެންގެ ކޮއްކޮ ޝަރާ ވިހައިފި.. ލޯބި ލޯބި ފިރެހެންކުއްޖެއް ލިބުނީ.. ޝަރާ ކައިވެނި ކުރިތާ އަދިކިރިޔާ އަހަރެއްވީ.. އަހަރެމެން ކައިވެނި ކުރިތާ މިހާރު ހަތް އަހަރުވަނީ.. އައި ފެލްޓް އެމްބްރެސްޑް.. އަހަރެން މީ ޝަރާއަށްވުރެ ބޮޑު މީހާ.. އެކަމަކު އަހަރެންގެ ދަރިއެއް ނެތް..” ޔާދިން އޭނަގެ ބޮލަށް އަތްމަހައިލަމުން ބުންޏެވެ. “ދިން އަހަރެމެން އަސްލު މެރިޑް ކަޕްލްއެއްހެން އުޅެން ފެށީވެސް އެހަކަށް ދުވަހުއެއްނުން..” ދުންޔާ މަޑުމައިތިރި ގޮތަކަށް ބުނެލިއެވެ. “އެކަމްވެސް ދުންޔާ ޕްރެގްވާވަރު އަހަރެންނަށް ކުރެއްވިއްޖެއެއްނުން.. ވީ ޑޫ އިޓް އޯލްމޯސްޓް އެވެރީ ސިންގަލް ނައިޓް..” ޔާދިންގެ ޖުމުލައިން ދުންޔާގެ ކޯތާފަތުގައި ރަތްކަމެއް ދައުރުވިއެވެ. އެހެންނަމަވެސް ޔާދިން ދެން ބުނެލި ވާހަކައިން ދުންޔާގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ.

ކައިލް ބުނި މަންޒިލަށް ދިޔުމަށްޓަކައި މާޔަލް ގޮވައިގެން މައިރީން ޓެކްސީއަކަށްއެރިއެވެ. އޭރުވެސް މާޔަލް އިނީ ބޮޑާހޭކުމުގެ ގޮތުން އަނގައިން އަޑެއްލައްވާލަ ލައްވާލައެވެ. “ޔާލު ބޭނުންވަނީ މަންމި ކައިރިއަށް ދާން..” ބަނދިވަރެއް ފަދައިން މާޔަލް އެ ޖުމުލަ ތަކުރާރުކުރަމުން ދިޔައެވެ. “ޔާލޫ ޕްލީޒް މަޑުން އިނދެބާ.. ދޮންތިއާއެކު ތަނަކަށް ގޮސްލާފަ ދާނީ މަންމި ކައިރިއަށް..” މާޔަލްއަށް ވިސްނާދޭން މަސައްކަތް ކުރަމުން މައިރީން ބުންޏެވެ. “ނޯ..ނޯ ޔާލު ބޭނުމެއް ނޫން އެއްވެސްތާކަށް ދާންނެއް.. ޔާލު ބޭނުންވަނީ މަންމި ކައިރިއަށްދާން..” މައިރީންގެ ކޮނޑުގައި ޖަހަމުން މާޔަލް ބުންޏެވެ. “ޔާލު ގޯސްކޮށްއުޅެންޔާ މަންމި ކިހާ ދެރަވާނެ. ބައްޕި ހުރި ނަމަ ބުނާނެ ޔާލު ބައްޕިއަށް ޕްރޮމިސް ކުރި ގޮތަށް ސްޓްރޯންގް ބޯއިއަކަށް ނުވެވުނޭ..” މާޔަލްގެ ދެއަތުގައި ހިފައްޓަމުން މައިރީން ބުންޏެވެ.

މާޔަލްގެ ހަރަކާތްތަކަށް ހުއްޓުމެއްވެރިވިއެވެ. މަޑުމަޑުން އިސްޖަހައިލަމުން މައިރީންގެ ބަސް ގަބޫލުކުރަމުން މާޔަލް ކާރުގެ ސީޓްގައި ރީއްޗަށް އިށީނެވެ. މާފަންނު ސަހަރާއަށް ޓެކްސީ ހުއްޓުމުން މާޔަލްގެ އަތުގައި ހިފައިގެން މައިރީން ކާރުން ފޭބިއެވެ. އޭނަ ކައިލް ފެނޭތޯ ފަރާތް ފަރާތް ބަލައި ހޯދަން ފެށިއެވެ. މާޔަލްއަށް އެތާ ވިނަތައް ކައިރީ އޮތް މުސަޅެއް ފެނުމުން، މައިރީންގެ އަތުން ދޫކޮށްލުމަށްފަހު އެ މުސަޅާއި ދިމާލަށް ދިޔައެވެ. މާޔަލް ހުރީ ކައިރީގައިކަމުން، މައިރީން ފޯނު ނަގައި ކައިލްގެ މެސެޖްއެއް ލިބިފައިންތޯ ބަލައިލިއެވެ. “މައިރީން ތި ތަނުން ދުރައްޖެހޭ!!” މައިރީން ސިއްސައިގެން ދިޔައީ ދުރުން ދުވެފައި އައި ކައިލް ބުނެލި ޖުމުލައިންނެވެ.

މައިރީން ހުރީ ސަހަރާއާއި މަގާއި ދެމެދުގައެވެ. މައިރީންއަށް ހަރަކާތެއް ނުގެނެވެނީސް އެތާ ކައިރީ ޕާކްކޮށްފައި އޮތް ކަޅުކުލައިގެ ވޭނުން މީހުންތަކެއް ފައިބާ މައިރީންގެ ނޭފަތް މަތީ ފޮތިކޮޅެއްޖެއްސިއެވެ. އޭގެން ދުވި ކްލޮރޯފޯމްގެ ބާރުގަދަ ވަހުން މައިރީންގެ ހެޔަށް ގޮތްވެ އެމީހުންގެ އަތްދަނޑި މައްޗަށް ވެއްޓުނެވެ. އެހުރިހާ ކަމެއް ބަލަން ހުރި މާޔަލްގެ ހިތުގައި ބިރުވެރިކަމުގެ ވިންދު ޖަހައިލީ އޭގެން މީހަކު އޭނައާއި ދިމާލަށް ފިޔަވަޅެއް އެޅުމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. aanaa

    Masha allah mi part vs vrh reethi
    Alheyyy rovihje mi part kiyaafa😭😭😭😭
    Hama laaroo preg eyy
    Kail plzz save maii
    Haadha dheraveyey
    Plzzz.. Next part thklh avahah kiyaalan libidhaandtba
    Lyyyy🫶🫶🫶

    1. Maash
      aanaa

      Thankyouuuu so much aana.. I’m happy U liked it. I’m so sorryyy rovvalevuneema..😭😭..
      Yess laraa is preg.. let’s see what will happen to mai dhww.. next part insha allah I’ll try Fridayga genesdheveytho..
      Love you moree darll💜🦋

  2. girllyy_

    Mi part vx v reethi mashallah
    Alheyy dhn vaanee kihinehh?!?!?
    Soo curious
    Mai n maayal ah dhera gotheh nuhadhahcheyy
    Pls let kail save them
    N don’t let Mayaan die
    When next?!?

    1. Maash
      girllyy_

      Thankyou girly.. I’m happy U liked itt.. dhen vaane gotheh balama dhww.. let’s see what happens to maayal and mai.. next part Insha Allah fridayga

  3. aishayar

    Mashallah mi part vx vrh reethi
    Mayaal ah dhera gotheh nuhadhahchey
    Alheyyy😭

    1. Maash
      aishayar

      Thankyou darling.. I’m happy U liked itt.. let’s see dhw vaagoii 💜🦋

  4. shihaamaa ali

    One word
    PSYCHOPATHSSSS😭😭😭😭😭
    OMYGOD ALHE LAARAA PREG🥺 i feel soooo sorry for herrr.. plss save maayan alhe 2 kudhin yatheemu v 🥲
    Is dhunya infirtile tha? Omygod…
    Plsss kaillll savee maii😭😭
    Magey dharifffffff heyonuvaane dont doo anything to maayal😭😭😭😭
    Plsss give next episode soonn💔
    Cant wait for nexttt
    Ilyyyyssmmm❤️❤️

    1. Maash
      shihaamaa ali

      Hehehe I feel sorry for them too 😭😭.. dhunya dhww.. dhen inna epga ingeyne..let’s see what happens next dhww.. next ep Insha Allah fridayga..
      Love you moreeeee 💜🦋

Comments are closed.