Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – ބާރަވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
August 7, 2025 3 Mins Read
8 Comments

ހަމައެވަގުތު މަހްމޫދަށް ނުކުމެވުނީ ފަރާގެ ކުރިމައްޗަށެވެ. ފަރާ ސިހުނުވަރުން ހަނޑޫ ދޮލަނގު އޭނާގެ އަތުން ދޫވިއެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި ފަރާގެ އަތުގައި މަހްމޫދު އެއް އަތުން ހިފިއެވެ. އަދި އަނެއް އަތުން ހަނޑޫ ދޮލަނގު ތެދުކުރިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ފަރާގެ ހިތުގެ ހިނގުން އަވަސްވާން ފެށިއެވެ.

“ފަރާއަށް އިވުނުދޯ ދެންމެ އަހަރެން ދެއްކި ހުރިހާ ވާހަކައެއް؟” މަހްމޫދު އެހިއެވެ. ފަރާ މަޑުމަޑުން ބޯ ޖަހާލިއެވެ. “އަހަރެން….ވާހަކައެއް ބުނަންތަ؟” މަހްމޫދު ވައި އަޑުން އަހާލިއެވެ. ފަރާ އަނެއްކާވެސް ބޯ ޖަހާލިއެވެ. “…އަހަރެންނަށް ފަރާ ވަރަށް ކަމުދޭ.” ރަކި ހިނިތުންވުމެއް ރައްދުކުރަމުން މަހްމޫދު ބުންޏެވެ.

*** 12 ވަނަ ބައި ***

ފަރާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. އަދި ރަކި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ނަމަވެސް ހަމަ އެ ވަގުތު ނާޝިދާ ފަރާ ނައިސްގެން ލަސްވާތީ ބަދިގޭގައި އޮވެގެން ގޮވަން ހެދުމުން ފަރާ އަވަސްއަވަހަށް ބަދިގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. މަހްމޫދުވެސް އަވަސްއަވަހަށް އެ ގެއިން ނުކުމެގެން ދިޔައެވެ.

އެ ބައްދަލުވުމުގެ ސަބަބުން ދެމީހުންގެ ދެމެދުގައި ގާތް ގުޅުމެއް އުފެދިގެންދިޔައެވެ. ދޭތެރެއަކުން މަގުމަތިން ފެންނަ ފެނިލުންތައް އިތުރުވާން ފެށިއެވެ. މަހްމޫދުގެ ކިބައިގައި ފަރާ ބޭނުންވާ ހުރިހާ ސިފައެއް ވެސް ހުއްޓެވެ. އޯގާތެރިކަމެވެ. އިތުބާރުކުރުމެވެ. އިހްތިރާމް ކުރުމެވެ. މިހެންވެ މަޑުމަޑުން ފަރާގެ ހިތް މަހްމޫދަށް ލެނބެން ފެށިއެވެ.

މަހްމޫދަށްވެސް ފަރާގެ ކިބައިގައި ހުރި ރިވެތި ސިފަތައް ފެނި އެ ސިފަތަކަށް ހިތް ކިޔަން ފެށިއެވެ. ސަރީފާ އޭނާ ދޫކޮށްލާފައި ދިޔުމުން ސަރީފާގެ އަސްލު ކުލަވަރު މަހްމޫދަށް އިހްސާސް ކުރެވުނެވެ. ނަަމަވެސް ފަރާއާއި ބައްދަލުވުމުން ރިވެތި އަޚްލާޤަކީ ހަޤީޤަތުގައި ކޮންއެއްޗެއްކަން މަހްމޫދަށް ވިސްނުނެވެ. ފަރާއާއި މަހްމޫދުގެ މި އުފާވެރި އާ ސޮފުހާތަށް ހުޅުވިގެން ދިޔައިރު މަންޒަރު ބަލަން ހަސަދަވެރިވާ މީހަކު ހުރިކަމެއް އެ ދެ މީހުންނަކަށް ނޭނގެއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އެއް ދުވަހެއްގެ ހަވީރެވެ. ފަރާއާއި އޭނާގެ އެކުވެރިން ތިބީ ތުނޑީގައި އެކި އެކި ވާހަކަތައް ދައްކާށެވެ. ހަމަ އެ ވަގުތު ދުވަމުން ދުވަމުން ނަޖްމާ އައެވެ. ފަރާއާއި އޭނާގެ އެކުވެރިން ހައިރާންވެފައި ނަޖްމާ މާނޭވާލާ ތަން ބަލަން ތިއްބެވެ. ނަޖްމާއަށް ހަމަޖެހެވޭ ވަރު ވުމުން ވެލިގަނޑުމަތީގައި އޭނާ ދެފައި ވައްކޮށްލައިގެން އިށީނެވެ. އަދި އޭނާގެ ހެދުމުގެ ޖީބުގެ ތެރެއިން ސިޓީ އުރައެއް ނަގާ ފަރާއަށް ދިއްކޮށްލިއެވެ.

“ތިއޯ؟” ފަރާ ހައިރާންވެފައި އިނދެ އަހާލިއެވެ. “މިއީ ފަރާދެކެ ވަރަށް ލޯބިވާ މީހަކު ފަރާއަށް ދޭށޭ ކިޔާފަ އަހަރެން އަތަށް ދިން ސިޓީއެއް.” ނަޖްމާ އެއްލޯ މަރާލާފައި މިހެން ބުނުމުން ފަރާގެ އެކުވެރިން ތުން ގޮއްވަން ފެށިއެވެ. ފަރާ ލަދުން އަވަސްއަވަހަށް ސިޓީ އޭނާގެ ހެދުމުގެ ޖީބުގެ ތެރެއަށް ލިއެވެ.

ފަރާގެ އެކުވެރިން ވާހަކައިގެން ކުރިޔަށް ދިޔަ ނަމަވެސް ފަރާގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. މީގެ ކިތަންމެ ސިޓީއެއްވެސް ފަރާއަށް ކުރިން ލިބިފައި ވީ ނަމަވެސް މިހާ ހިތް އަވަސްވާ ގޮތެއް ފަރާއަކަށް ނުވެއެވެ. ފަހަރުގައި މިއީ……

ފަރާގެ މި ހިޔާލުތަކުން އޭނާ ނެރެދިނީ މަޤްރިބު ނަމާދުގެ ބަންގީގެ އަޑުންނެވެ. އަވަސްއަވަހަށް ގައިން ވެލިތައް ފޮޅާލުމަށްފަހު އެކުވެރިންނާއެކު ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ފަރާ އޭނާގެ ކޮޓަރިއަށް ވަނުމަށްފަހު ދޮރުގެ ތަންޑު އެޅުވިއެވެ. އަދި އަވަސްއަވަހަށް އެނދުމަތީގައި އިށީނުމަށްފަހު ޖީބުން އެ ސިޓީ ނަގާ އޭގެ އުރަ ކަނޑާލިއެވެ. ކަޅު ކުލައިން ލިޔެފައި ހުރިއިރު އެ މީހެއްގެ އަތުލިޔުން ވަރަށް ރީއްޗެވެ. ފަރާ މަޑުމަޑުން އެ ސިޓީ ކިޔަން ފެށިއެވެ.

“`. އަހަރެންގެ ލޯބިވާ ފަރާއަށް. ހެޔޮދުއާ ސަލާމަށްފަހު ލިޔަމެވެ.

“މި ސިޓީ ކިޔަމުން ދާއިރު ފަރާގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދޭނެކަން ޔަޤީނެވެ. ނަމަވެސް މި ސިޓީގެ ޒަރިއްޔާއިން ތިބާގެ ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެކަމަށް އުންމީދުކުރަމެވެ. ލޯބިވާ ފަރާއެވެ. އެންމެ ފުރަތަމަ ތި ގެއަށް ދިޔަ ދުވަހު އަހަރެންނަށް ފަރާ ފެނިލުމުންވެސް އެ ވަގުތުވެސް އަހަރެންގެ ހިތް ފަރާ ފަތަހަ ކޮށްފިއެވެ. ފަރާގެ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ސަބަބުން އަހަރެންގެ ހިތް ދިޔައީ އޭރުވެސް އުފަލުން ނަށަމުންނެވެ. އެހެނީ ފަރާގެ ކިބައިގައި އަހަރެން ގަޔާވާ އެތަކެއް ސިފަތަކެއް އެބަހުއްޓެވެ.

މިހާރު އަހަރެން މިކިޔައިދިން ވާހަކަތަކުން އަހަރެންނަކީ މީ ކާކުކަން ދެނެގަންނާކަށް ފަރާއަކަށް އުނދަގުލެއް ނުވާނެއެވެ. އާއެކެވެ. އަހަރެން މިއީ މަހްމޫދެވެ. ފަރާދެކެ އިންތިހާއަށް ލޯބިވާ މަހްމޫދެވެ.

އަހަރެން ފަރާއާއި ބައްދަލުކޮށްލަން ވަރަށް ބޭނުމެވެ. ފަރާ އަހަރެންނާއި މެދު ދެކެނީ ކިހިނެތްތޯ ބަލަން އަހަރެން ބޭނުމެވެ. އެހެންކަމުން މިރޭ ރަށުގެ އުތުރު ފަރާތު ތުނޑީގައި ހުރި ކާނި ގަސް ދޮށުގައި ބަރާބަރު 9:30 ގައި އަހަރެން ފަރާގެ އިންތިޒާރުގައި ހުންނާނަމެވެ.

ފަރާދެކެ އަބަދުވެސް ލޯބިވާ، މަހްމޫދު.”

ސިޓީ ކިޔައި ނިމުނު އިރު ފަރާގެ ކޯތާފަތަށް ވަނީ ޖަންބުކުލަ ވެރިވިފައެވެ. މަހްމޫދު އޭނާގެ ލޯބި މިހާ ފާޅުކަން ބޮޑުގޮތެއްގައި ހުށައެޅުމުން ފަރާގެ ހިތް ދިޔައީ ޑަންޑަންލާފައި ތެޅެމުންނެވެ. މަހްމޫދު އޭނާ ފަރާދެކެ ލޯބިވާ ވާހަކަ ބުނުމުން ފާރާގެ ހިތް ހީވީ ސިދުރަތުލް މުންތަހާއަށް އެރި ހެންނެވެ. އެހާވެސް ފަރާ އުފާވެއްޖެއެވެ. އަވަސްއަވަހަށް ލަކުޑި އަލަމާރި ހުޅުވާލުމަށްފަހު ފަރާ ގެންގުޅޭ ފިޔާތޮށި ކުލައިގެ މާ ޖެހި ދިގު ހެދުން ނެގިއެވެ. އަދި އަވަސްއަވަހަށް މިރޭގެ ބައްދަލުވުމަށް ތައްޔާރުވުމަށް އަވަސްވެގަތެވެ.

9:15 ވީ އިރު ފަރާ ހުރީ ތައްޔާރުވެގެންނެވެ. އޭރު ފަރާގެ މައިންބަފައިންނާއި ސަރީފާއާއި ފައްޔާޒުމެންވެސް ވީ ނިދަން ގޮހެވެ. މަޑުމަޑުން ފިޔަވަޅުތައް އަޅަމުން ފަރާ ގެއިން ނުކުމެ ތުނޑިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ފަރާއަށް ނޭނގުނު ކަމަކީ އޭނާގެ ފަހަތުން މީހަކު އެ ގެއިން ނުކުތް ކަމެވެ.

ރެއަކީ ހަނދުމަހުގެ 15 ވަނަ ރޭ ކަމުން މުޅި މަގުމަތި ވަނީ ހަނދުވަރުގެ ރިހި އަލިން ޖަރީކޮށްލާފައެވެ. ފަން ގެތަކުގެ ތެރޭގައި އެއްވެސް އަލިކަމެއް ނެތުމުން ދައްކައިދެނީ ގޭގެ މީހުންތަށް ނިދާފައި ތިބިކަމެވެ. ނަމަވެސް ފަރާގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. އެއަށްވުރެ ފަރާ ހުރީ މަހްމޫދާއި ބައްދަލުކޮށް ފަރާގެ ހިތުގެ ޝުއޫރުތަށް ފާޅުކުރަން ކެތްމަދުވެފައެވެ.

ފަރާއަށް ކާނި ގަހާއި ހަމައަށް އަރާހަ،މަވުމުން ދެކޮޅު ދެކޮޅަށް ބަލާލިއެވެ. ހަމައެވަގުތު ފަރާއަށް ފުރަގަސް ދީގެން ހުރި ފިރިހެނަކު ފެނުނެވެ. ފަރާގެ ހިތް ހީވީ މޭފަޅާފައި ނުކުމެދާނެހެންނެވެ. މަޑުމަޑުން ހިނގާފައި ގޮސް އެ ފިރިހެނާގެ ކޮނޑުގައި ކޮއްޓާލިއެވެ. ކޮއްޓާލުމުން އެ ފިރިހެން މީހާ ފަރާއާއި ދިމާއަށް އެނބުރުނެވެ. ފަރާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.

މަހްމޫދަށް ފަރާއަށް ވީ ގޮތް ފެނިފައި ހެވުނެވެ. ހަމައެވަގުތު އޭނާގެ އަތުގައި އޮތް ފިޔާތޮށި ކުލައިގެ ފިނިފެންމާ ފަރާއަށް ދިއްކޮށްލިއެވެ. ފަރާ ލަދުރަކި ގޮތަކަށް އެ ފިނިފެންމަލުގައި ހިފިއެވެ. “މިރޭ ފަރާ ހާދަ ރީއްޗޭ.” މަހްމޫދު ބުނެލިއެވެ. ފަރާގެ ކޯތާފަތް ރަތްވެގެން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. “ޝު..ޝުކުރިއްޔާ” ފަރާ ހިނިތުންވުމެއް ރައްދުކޮށްލަމުން ބުންޏެވެ. މަހްމޫދުވެސް ހިނިތުންވެލިއެވެ. ނަމަވެސް އެ ވަގުތު އެތަނަށް ވެރިވެފައި އޮތް އަނދިރިކަމުގެ ތެރެއިން މަހްމޫދުގެ ތޫނު ފޭރާ ދަތްތަކެއް ފަރާއަަކަށް ނުފެނުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (7)

Next

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..13

Next
August 7, 2025

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..13

Previews
August 7, 2025

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (7)

8 Comments!

  1. Unnie says:
    August 7, 2025 at 11:57 pm

    Masha allah Mi part ves vrh reethiii..keep it up !!!❤️❤️:)

    1. Mariyam Imna Mariyam Imna says:
      August 8, 2025 at 8:41 am

      Thank you so much for your support!🤍🫶

  2. Kudu says:
    August 8, 2025 at 1:07 pm

    Mi part ves v Reethi
    OMG what
    is mahmoodh a fureytha 😱🤔
    Very curious
    When is the next part
    Tc❤️

    1. Mariyam Imna Mariyam Imna says:
      August 8, 2025 at 1:19 pm

      Hi there 😄
      Hinga dhw balaalan Mahmoodhakee aslu kaakukan🤣
      Insha Allah miadhu noonee maadhama 13 vana bai kiyaalan libeyne
      Thank you so much for the kind comment🤍🫶

  3. 🩷Eekko🩷 says:
    August 8, 2025 at 6:33 pm

    Hiiiii,I love your story so so so sooooo much!
    Looooove youuuu😘!!!!!

    1. Mariyam Imna Mariyam Imna says:
      August 8, 2025 at 7:10 pm

      Hi Eekko!
      I’m so glad you love the story!🥹
      Love you too 🫶🤍

  4. no one16 says:
    August 8, 2025 at 7:46 pm

    masha allah mi part ves vrhh reethii.
    realllyyy love this storyy
    tc
    lysmmmmm

    1. Mariyam Imna Mariyam Imna says:
      August 9, 2025 at 8:36 am

      Hello!
      I’m so glad you loved my story!
      Thank you for your kind comment!🥹🤍🫶

Comments are closed.

Next Episodeހަވޭލީ – ތޭރަވަނަ ބައި←


All Right Reserved!