ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާ ތަކެއް އޭރުދީފާ-9
އަހަރެން ފޯނު ބަލަން ހުއްޓައި ގޭ ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އަހަރެން ގޮސް ދޮރު ހުޅުވާލީރު އެކަކުވެސް ފެންނާކަށް ނެތެވެ. ކުއްލިއަކަށް މީހަކު އައިސް އަހަރެން ކުރިމައްޗަށް އެރިއެވެ. ސިއްސައިގެން ދިޔަ ވަރުން އަހަރެންނަށް ހަޅޭ ލަވާއިގަނެވުނެވެ.
*ޕާރްޓް-9*
ޔޫޝައު އެވެ. އަހަރެން ބަލާލީރު އޭނާ ބަޑުމަތީ އަތް އަޅައިގެން ހުރެ ހެނީއެވެ. އަހަރެންނަށް ވެސް ހެވުނެވެ.
“އެހެން ހަދާކަށް ނުވާނެއްނު.. ކިރިޔާ އަހަރެން ބިރުން ނުވިރުނީ..” އަހަރެން ދޮރުފަތުގައި އަތް އަޅުވާލަމުން ބުނެލީމެވެ.
“ސޮރީ.. އެކަމު.. ހެހެ..” އޭނާ އަކަށް ބުނަން އުޅުނު ޖުމްލަވެސް ނުނިއްމުނެވެ.
“ކީއްވެ ތިއައީ..؟” އަހަރެން އަހާލީމެވެ.
“ދެން ތިބުނީ އަހަރެންކައިރީ ނާންނާށޭތަ..؟” ޔޫޝައު ހުނުން ކޮންޓްރޯލް ކުރަމުން އަހާލިއެވެ.
“އުހުން އެހެނެއް ނޫން.. މިގަޑީގަ އައީމަ..” އަހަރެން ޔޫޝައު ވަންނަން ތަން ދެއްކީމެވެ. އޭނާ އައިސް ސޯފާގައި އިށީނެވެ. އަހަރެން ހިތަތް އެރިއެވެ. ޒާންގެ ވާހަކަ ޔޫޝައު ކައިރީ ބުނަން ވީ ހެއްޔެވެ. ނޫނެކެވެ. އެއަށް ވުރެއް އަހަރެން ހުރީ ޖެހިލުންވެފައެވެ. އޭނާ “ރިއެކްޓް” ކުރާނެ ގޮތެއް ނެއިންގޭތީއެވެ.
“ކިހިނެއް..؟” ޔޫޝައު ސޯފާގައި ލެނގިލައިގެން ހުރެ އަހާލިއެވެ.
“ރަގަނޅު.. ކިހިނެއްވީ..؟” އަހަރެންނަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ. އޭނާ ވެސް މަޑުމަޑުން ހީލިއެވެ. އެ ހީލުމުން އަހަރެންގެ ހިތަތް ހަމަޖެހުން ގެނުވިއެވެ. ހާދަހާވާ ލޯބި ހިނިތުންވުމެކެވެ.
“ހަމަ އަހާލީ.. ކޮންކަމަކާ މާ ވަރަކަށް ތި ވިސްނަނީ..؟” އޭނާ އަށް އަހަރެންގެ ސިކުނޑި ތެރޭ ހިގާ ކަންކަން އެނގޭ ކަހައެވެ.
“ކަމަކާ ނުވިސްނަން..” އަހަރެން ބެލީ އަހަރެންގެ މޫނުމަތީ ވީ ހާސްކަން ފިލުވާލެވޭތޯއެވެ.
އިރުކޮޅަކު ދެމީހުންވެސް ވާހަކަ ދައްކަން ތިބީމެވެ. ދެން އަހަރެން އޭނާ ގޮވައިގެން ދިޔައީ ސައި ބޯށެވެ. އޭނާ ދައްކާ ވާހަކައިން ހީއްނޮގޮވަ ހަމަ ނުހުރެވެއެވެ. އިޝާ ނަމާދު ބަންގި ގޮވުމުން ޔޫޝައު މިސްކިތަށް ދިޔައެވެ.
އަހަރެން ވެސް ހެދުމެއް ހިފައިގެން އައިސް އިސްތިރި ކުރަން ފެށީމެވެ. އެވާހަކަ ހަމަ ޔޫޝައު ކައިރީ ބުނަންވީ ހެއްޔެވެ. އަހަރެންނަކަށް ހަދަންވީ ގޮތެއް ނެއިންގެއެވެ.
8:00 ޖަހައިފިއެވެ. އަހަރެން ވަނީ ފެންވަރާށެވެ. އަހަރެން ޒާން އާއި އެކު ދާން ނިންމީ އެއީ އަހަރެންނަށް އޭނާ އެއްގޮތަކަށްވެސް ނެއިންގޭތީއެވެ. ޒާން އަހަރެންނާއި ކުރާނީ ކޮންކަހަލަ ސުވާލުތަކެއް ހެއްޔެވެ.
އަހަރެން ލައިގެން ހުރީ ގްރޭ ކުލައިގެ ގަޔަށް ދޫ ހެދުމެކެވެ. ކަޅުޝޯލް އެއް ވެސް އަޅަން އަހަރެން ހުރީ ނިއްމާއިގެނެވެ. ޝޯލް އަޅަން ހުއްޓައި މަންމަ ގޮވާލި އަޑުއިވުނެވެ. އަހަރެން އަވަސް އަވަހަށް ނުކުތީ މެވެ. އޭރު ދޮރުމަތީގައި ޔޫޝައު ހުއްޓެވެ. އޭނާ އައީ އަހަރެންގެ ނޯޓްފޮތް ހިފައިގެންނެވެ.
“ކޮންތާކަށް ދާން މާ ނަލަހެދެނީ..؟” ޔޫޝައު އަހާލިއެވެ.
“މަންމައާއި އެކު ތާކަށް ދާން..” އަހަރެން ހިތާ ދެކޮޅަށް ވެސް ދޮގު ހެދީ މެވެ. ޔޫޝައު އެހެންހޭ އަހައިލައިފައި ދިޔައީ އެވެ.
މިހާރު ނުވައެއް ޖަހަން ބާކީ އިނީ ފަސް ވަރަކަށް މިނެޓެވެ. އަހަރެން އިނީ ޒާންގެ އިންތިޒާރުގަ އެވެ. ހިތުގެ ހިނގުން ނިކަން ބާރެވެ. އެހެން އިންދައި ދޮރުގައި ޓަކި ދީފިއެވެ. އަހަރެން މަޑުމަޑުން ގޮސް ދޮރު ހުޅުވާލީމެވެ. އޭނާ ލައިގެން ހުރީ ބޭބީ ބްލޫ ކުލައިގެ އަތް ދިގު ޓީޝާޓެކެވެ. އިސްތަށިގަނޑު ވެސް ފުނާ އަޅައިފައި ހުއްޓެވެ. އޭނޭ އަހަރެންނާއި ދިމާ އަށް ބަލައިލައިފައި ހީލިއެވެ.
“ވަރަށް ރީތި މިރޭ..” ޒާން ބުނެލިއެވެ. އަހަރެން އެކައްޗެކޭވެސް ނުބުނެއެވެ.
“މިއަންނަނީ މަންމަ ކައިރީ ބުނެފަ..” އަހަރެން ގޭތެރެއަށް އިޝާރާތް ކޮށްފައި ބުނެލީމެވެ. ޒާން ބޯޖަހާލިއެވެ.
މަންމަ ކައިރީ އެހެން ބުނެފައި އަހަރެން އައީމެވެ. ޒާން އާއި ދެމީހުން ދެމެދަކު އެއްވެސް ވާހަކައެއް ނުދެކެވެ އެވެ. މަޑުހިނގުމެއްގައި ދިޔައިރު އަހަރެން ހުރީ ދައްކާނެ ވާހަކަ އެއް ނެއިންގިފައެވެ. ދެން މިހެން ވާހަކައެއް ނުދައްކައި ތިބުމަކީ ވެސް ރަގަނޅުކަމެއް ނޫނެވެ.
“ކޮންތާކަށް ދާން ދާން ބޭނުމީ..؟” އޭނާ އަހާލިއެވެ. އަހަރެން ކޮނޑު އަރުވާލީމެވެ.
“ހިގާ ބީޗަށް..” ދެން މިސްރާބު ޖެހީ ބީޗާ ދިމާއަށެވެ.
ހަނދުގެ އަލިން މުޅިތަން ވަނީ ދިއްލާލައިފަ އެވެ. މަޑުމަޑުން ވައިޖެހެމުން ދިޔައިރު ރުއްތަކުގެ ފަތްތަށް އެކެތި އަނެކެތީގަ ޖެހޭއަޑާއި ރާޅު ބީއްސާލާރު ހީވަނީ މާހައުލުގައި މަޑު މިއުޒިކެއް އަޅުވައިފައި ވާ ހެންނެވެ. އެހާވެސް ހިތްގައިމުމަންޒަރެކެވެ. ހަނދުގެ އަލި މޫދަށް އެޅިފައި ވީރު ހީވަނީ ޕެއިންޓިން އެއް ފެންނަ ހެންނެވެ.
އަހަރެމެން ދެމީހުން އައިސް ވެލިގަނޑު މަތީ އިށީނީމެވެ.
“އެހެންމަ.. ކޮންވާހަކައެއް ދައްކާނީ..؟” ޒާން މޫދަށް ނަޒަރު ހިންގާ ލައިގެން ހުރެ އެހިއެވެ.
“ޒާން އެއްނު ބުނީ މިތަނަށް މިއައި ދެމީހުން އެނގެންށޭ..” އަހަރެން ބުނެލީމެވެ.
“އެހެންދޯ.. ސޯ ރާނިޔާ ގެ އެއްވެސް ބޯޔް ފްރެންޑް އެއް ހުރޭތަ..؟” އަހަރެން ފާޑަކަށް ބަލާލީމެވެ. އަދި ބޯ ހޫރާލީމެވެ.
“އެއްވެސް އިރަކު ކުއްޖަކާ ރައްޓެއްވެސް ނުވަން..؟” ޒާންގެ މޫނުމަތިން ފެނަން ހުރީ ހައިރާން ކަމެވެ. އަހަރެން ބޯޖަހާލީމެވެ.
“އެހެންދޯ.. އަހަރެން ކުރީގަ ކުއްޖަކާ ރައްޓެހިވިން.. އޭރު އަހަރެންނަށް އެއްމެ 16 އަހަރު.. ދެމީހުން ވަރަށް އެކުގަ އުޅުނީ ވަރަށް ލޯބިން.. ދެމީހުން ނިންމީ 18 ވާރަށް މެރީކުރަން އެކަމަކު 18 ވީރަށް އެކުއްޖާ އަހަރެންނާ ބްރޭކަޕްވީ.. އޭރު އަހަރެން ވަރަށް ދެރަވި.. އެހާ ލޯބިވީމަވެސް ހަމަ ދޫކޮށް ލައިފަ ދިޔައީމަ.. އޭގެ ފަހުން އެކަހަލަ ކަމަކާ މެދު ނުވިސް ނަން..” ޒާން ކިޔައިދިނެވެ. އަހަރެން ހުރީ ވަރަށް ޝައުގުވެރި ވެފަ އަޑުއަހާށެވެ.
“ދެން ކީއްވެ މިމެރިއެޖް އަށް އެއްބަސްވީ..؟” އަހަރެން އަހާލީމެވެ.
“ބައްޕަ ބުނީމަ ހަމަ ނުކެރުނީ ނޫނެކޭ ބުނަން..” ޒާން އަހަރެންނަށް ބަލާލިއެވެ.
ދެމީހުންވެސް އެކި ވާހަކަ ދެއްކީމެވެ. ގެޔަށް ދިޔައީ 11 ޖެހިފަހުންނެވެ. އަހަރެން ހުރީ ޒާން އާއި މެދު ގިނަކަންތަކެއް އެނގުނީމަ ހިތްހަމަ ޖެހިފަ އެވެ. އޭނާގެ ވާހަކަތަކުން އޭނާ އަކީ ވަރަށް ކިޔަމަންތެރި ހަރުދަނާ މީހެކެވެ. އެހެންމީހުންނަށް ރަގަނޅަށް ހިތާ ޒުވާނެކެވެ.
އާދައިގެ މަތިން ހަމަ އޮށޯތުމާއި އެކު ނިދުނެވެ. އަނެއްދުވަހު ހޭލައިގެން ބަދިގެޔަށް ދިޔައިރު މަންމަ އާއި ބައްޕަ ވެސް އުޅެއެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން ވަޒީފާއަށް ދާން ނުޖެހޭނެއެވެ. އަހަރެން އައިސް ތައްޓެއް ދޮވެލައިގެން ސައި ތައްޓެއް ހަދަން އުޅެނިކޮށް މަންމަ އަހާލިއެވެ.
“ކީކޭ ކީ ޒާން..؟” މަންމަ ހުރީ ލާނެއް ހިންޔެ އައިސް އެވެ.
“އަނެއްހެން އެއްޗެކޭ ނުކިޔާ.. ދެން އޭނަ ދެއްކި އޭނާގެ ކެރިއާ ބިލްޑް ކުރި ވާހަކަ..” އަހަރެން ކިޔައިދިނީމެވެ.
“ދެން ކޮންދުވަހަކު މެރީ ކުރަންނީ..؟” އަހަރެން އަހާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






