Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބަރުބާދުކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-8

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
July 27, 2025 3 Mins Read
0 Comments

މަންމަމެން ކޮންމެކަމެއްވެސް ކުރާނީ ވަރަށް ވިސްނާފަ އެވެ. އެއްމެ ރަގަނޅަށެވެ. ތަގުދީރު އަހަރެންނާއި މިކުޅެނީ ކޮން ސަމަސާއެއް ހެއްޔެވެ. ކެއްކުރަންތާ ޖެހޭނީ އެވެ. މަންމަ ދަނީއޭ ބުނެ ބަދިގެއިން މިލިޔުމާއި އެކު އަހަރެންގެ ބަޑިފަޅައިގެން ދިޔައެވެ.

*ޕާރްޓް-8*

އަހަރެންނަށް ހަމަ ކެއްނުކުރެވުނީއެވެ. ކައިވެންޏަށް ފަހު ކިޔެވެންޔާ އަހަރެންނަށް އެއްމެ ރަގަނޅެވެ. އަނެއްކޮޅުން ފިރިމީހާ ރަގަނޅުވެސް ވާންޖެހެއެވެ. ނަމަވެސް އަހަރެން މިހިރީ އެކަހަލަ ކަމަކަށް ތައްޔާރުވެގެނެއް ވެސް ނޫނެވެ. އަހަރެން ބޭނުން ވަރަކަށް ރުއިފައި އައިސް ކޮޓަރިއަށް ވަނީމެވެ. ކާހިތެއް ވެސް ނުވެއެވެ. އެއްވެސް ކަމެއް ކުރުމުގެ ހިތްވަރެއް ނެތެވެ. އެއަށް ވުރެއް ދިރިއުޅުން މަތިން ފޫހިވެއްޖެއެވެ.

އޭގެ އަނެއް ދުވަހެވެ. އަހަރެންނަށް ހޭލެވުނީ ވެސް 12:00 ޖެހި ފަހުންނެވެ. އެކަމު ރޭގައި އަހަރެން އަވަހަށް ނިދީމެވެ. މިހާރަކަށް އައިސް އަހަރެންގެ ނިދި ވަރަށް ގަދައެވެ. އާދައިގެމަތިން މަންމަމެން އުޅެނީ ވަޒީފާ އަށް ގޮހެވެ. އަހަރެން ސައިބޯން އިނޯރުވެސް ވިސްނެމުން ދިޔައީ މިއަދު ޒާން އައިމާ އަހަރެން ހަދަންވީ ގޮތެވެ. އަހަރެންގެ ވާން އުޅޭ ފިރިމީހާ އަކީ އޭނާ އެވެ.

މެންދުރު ވީރުވެސް އަހަރެންނަށް ހަމަ ވިސްނެމުން ދިޔައީ އެކަމާއި އެވެ. ބޭރު ޖޯލީގައި އޮވެފައި ފެން ބޮވައިގަނެގެން ގޭތެރެއަށް ވަނީމެވެ. ފެން ބޯނެ ހުއްޓައި ލޮލުގައި އަޅައިގަތީ ފާރުގައި އަޅުވައިފައި ހުރި ކަލަންޑަރެވެ. ޖުލައި 31 ގައި ހައިލައިޓް ކޮށްލާފައި ހުރީރު ލިޔެލާފައި އިނެވެ. “ޔޫޝައުސް ބާރްތްޑޭ” އަހަރެންނަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. އޭނާ އަށް ހަދިޔާ އެއް ދޭން ވާނެއޭ ހިތަތް އެރިއެވެ.

ކޮޓަރިއަށް ވަނީ އޮށޯވެލަން ބޭނުން ވެގެނެވެ. އަހަރެން ގޮސް އޮށޯތުމާއި އެކު ލޮލަށް ނިދި ސަވާރު ވިއެވެ. ނިދުނު އިރެއްވެސް ނެއިންގެއެވެ.

އަހަރެންނަށް ހޭލެވުމުން އަހަރެން ލޯހުޅުވައި ކޮޓަރިތެރެއަށް ނަޒަރެއް ހިންގާ ލީމެވެ. ހަމަގައިމުވެސް އަހަރެން ކޮޓަރި ލައިޓް ހުރީ ނިއްވާލައިފައެވެ. ދެން މިހާރު ލައިޓް ދިއްލާފައި ހުންނަން ވީ ކީއްވެ ހެއްޔެވެ. އަހަރެން ފޯނުނަގައި ގަނޑިބަލައިލީމެވެ. ހަވީރު ފަހެއް ޖަހާ ބޮޑުވެއް ޖެވެ. މާތް ކަލާތްކޯއެވެ. މިހާރު ޒާން މެން އާއިލާ އަންނާނެވެ. އަހަރެން މިއޮންނަނީ އެވެ. ފުންމައިގެން  ތެދުވީމެވެ. އަހަރެންނަށް ދެން ފާހަގަ ކުރެވުނީ އަހަރެން މިހާރު ހުރީ ބުރުގާ އަޅާއިގެން ކަމެވެ. އަހަރެންގެ ހިތް ބިރުގަންނަން ފެށި އެވެ. ދެން އަހަރެން ބަލާލީ އެނދުކައިރީ ހުރި ސޯފާ އަށެވެ. އޭރު އެތާގައި ޒުވާން ފިރިހެނަކު ހުއްޓެވެ. ބަލާލަން އެހާވެސް ރީއްޗެވެ. ބޯ އިސްރަށިކޮޅަކާއި ތުނިމަތިމަހެކެވެ. ހަމުގެ ކުލަވެސް ފުދޭވަރަކަށް އަތްޔެވެ. އޭނާ ލައިގެން ހުރީ ކޮފީ ބްރައުން ކުލައިގެ އަތް ދިގު ގަމީހަކާއި ޖިންސެކެވެ. އަހަރެންނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ހައިރާންވެ ޖެހިލުން ވެފައެވެ. މިމީހާ އަހަރެން ކޮޓަރިއަށް ވަނީ ކިހިނެއް ހެއްޔެވެ.؟ ކީއްކުރަން ހެއްޔެވެ؟

“ހާޔް.. ތީ ރާނިޔާ ދޯ..؟” އެ މީހާގެ ބަރުއަޑުން އަހަރެންނާއި ސުވާލު ކޮށްލިއެވެ. އޭނާގެ މޫނުމަތިންވެސް އޭނާ ހުރީ ވަރަށް ޖެހިލުން ވެފައި ކަން އެނގެއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ. “އަހަރެންމީ ޒާން.. އެނގޭދޯ މިހާރު އަހަރެންނާއި އޮތީ އެރޭންޖް މެރިއެޖް ކުރަން ނިންމައިފަ ކަން.. ދެން.. އެކްޓުއަލީ ޔޯރް މަމް މޭޑް މީ ކަމް ހިއާރް.. ސޮރީ ފޯ ދެޓް..” ޒާން މާފަށް އެދުނެވެ. އަހަރެން ފަނޑު ހިނިތުން ވުމެއް ރައްދު ކޮށްލީމެވެ. އަހަރެން އެދުން ތެދުވެގެން ގޮސް ޑްރެސިން ޓޭބަލް ކުރިމަތީ ހުއްޓިލީމެވެ. ލޯގަނޑުން ޒާން ފެނެއެވެ. އޭނާ އަހަރެންގެ ކޮޓަރިއެތަން މިތަން ބަލަނީއެވެ. ދެން އޭނާގެ ލޮލުގައި އަޅައިގަތީ ސައިޑް ޓޭބަލް ކައިރީ ބަހައްޓައި ފައި  އިން ފޮޓޯ ފްރޭމް އެވެ. އެއީ ތަން ކޮޅެއް ކުރިން އަހަރެންނާއި ޔޫޝައު އެއްކޮށް ނާގައިފައިން ފޮޓޯއެކެވެ. އޭނާ އޭތި ނެގުމުން އަހަރެން ގޮސް އޭތި އަތުލީމެވެ. ޒާން ހައިރާންވެ ހުރެ ބަލާލި އެވެ. އަހަރެން އޭތި  ކަބަޑަށް ލައިފައި ކޮޓަރިން ނުކުތީ މެވެ. އަހަރެންގެ ފަހަތުން ޒާން ވެސް ނުކުތެވެ. ފުރަތަމަ އަހަރެން ބަލާލީ ސިޓިންރޫމްތެރެއެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ޒާން މަންމަ އާއި ބައްޕަ މިހާރު ދިޔައީ ހެއްޔެވެ. އަހަރެންގެ މަންމަމެން ކޮބާހެއްޔެވެ؟ ސުބުހާނަށް ﷲ އެވެ. ޒާން އާއި އެކު އަހަރެން މިތާ މިހުރީ އެކަނި ހެއްޔެވެ؟ އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އަހަރެންގެ ހިތް ބިރު ގަންނަންފެށިއެވެ.

އަހަރެންގެ ފަޔަތް ލެވުނުހާ ބާރެއް ލާފައި ހިގައިފައި ގޮސް ބަދިގެއަށް ވަނީމެވެ. އަހަރެންގެ ހިތަތް ހަމަޖެހުމުގެ ރާޅެއް ދަތުރު ކޮށްލީ މޭޒުގެ ކަނެއްކަަރީ ހުރި މަންމަ ފެނިފައިވެ. އަހަރެން ގޮސް މަންމަ ކައިރީއިށީނުމާއި އެކި މަންމަ އަހާލިއެވެ.

“ކީއްވެތަ ނިދީ.. މަންމަ ބުނިން ދޯ ޒާން މެން އަންނާނެއޭ މިއަދު..” މަންމަ އެހެން ބުނެލައިފައި ޒާން އަށް އިޝާރާތް ކޮށްލީ ވަދެ އިށީނުމަށެވެ.

“އޮށޯވެލީ ރަށް ނިދުނީ..” އަހަރެން މަންމައާއި ދިމާއަށް ދެލޯ ބޮޑުކޮށްފައި ފައި ބަލާލީމެވެ. މަންމަ އަޅާއިގެން ނުލައެވެ.

“ޒާން އެނީ އަދި ސައިވެސް ނުބޮއި.. ރާނިޔާ ނުނިކުތީމަ ބުނީ ރާނިޔާ އާ އެކީއޯ ސައިބޯނީ..” މަންމަ އަހަރެންގެ އަތުގައި ކޮށްޓާލަމުން ބުންޔެވެ. އަހަރެންނަށް ޒާން އާއި ދިމާއަށް ބަލާލެވުނެވެ. އޭނާ އޭރު ވެސް ހުރީ ކަޅި ޖަހައި ނުލާ އަހަރެންނާއި ދިމާއަށް ބަލާށެވެ. އެހެންވެގެން އަހަރެންހުރީ ނުލާހިކު އުނދަގޫވިއެވެ.

“ދެންވެސް ދޭބަލަ ސައިހަދަން.. އަވަންތެރޭގަ ހުންނާނެ ހެދިކާ..” އަހަރެން ފޫހި ގޮތަކަށް ގޮސް ދެ ސައިތަށި ހަދާ ލީމެވެ. ސައިބުގަޑިގައި އެއްވެސް ވާހަކައެއް ނުދައްކަމެވެ. ނަމަވެސް މަންމަ އެކި އެއްޗިހި ކިޔަމުންދިޔަ އެވެ. އިރިއިރު ކޮޅާ މަންމަ ޒާން އަށް ސުވާލު ކުރާނެއެވެ. ސައިބު ނިމިގެން ގެޔަށް ދާން ނިކުތީރު އަހަރެންވެސް ޒާން އާއި އެކު ނުކުތީ މެވެ.

“އަމް.. ރާނިޔާ.. އަދި އަހަރެމެން ދެމީހުން ރަގަނޅަކަށް ވާހަކައެއް ނުދައްކަމެއްނު.. ދެން އަހަރެމެން ދެމީހުން އަދި އެބަޖެހޭނު ދެމީހުން ދެމީހުން ފާސްކޮށް އެނގެން ދޯ..؟” ޒާން އަހާލިއެވެ. އަހަރެން ހުރީ ދުރުބަލާށެވެ. އޭނާ އާއި ދިމާއަށް އެއްވެސް ވަރަކަށް ބަލާހިތެއް ނެތެވެ.

“ސޯ.. ހިގާބަ މިރޭ ނުވައެއް ޖަހާލާރު ބޭރަށް ގޮސް ލާން.. އަހަރެން އަންނާނަން ރާނިޔާ ބަލާ.. ރެޑީވައްޗޭ..” ޒާން އެހެން ބުނެލައިފައި ދިޔައީއެވެ. އަހަރެން ކުދިކިޔަމުން އައިސް ބަދިގެއަށް ވަނީމެވެ.

“މަންމާ އޭނަ ބުނީ ބޭރަށް ދާން..” އަހަރެން އިށީން ދެފާއި ހެދިކާ ތަށީގައި އޮށް ކަވާބު ނަގައި ކައިލީމެވެ.

“އެހެންތާ.. ކިހާރެއް ވާރު..؟” މަންމަ ހުރީ ވަރަށް އުފަލުން ކަން މޫނުމަތިން އެނގެއެވެ.

“ނުވައެއް ޖަހާރު..” އަހަރެން މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލީމެވެ.

“ރެޑީވައްޗޭ.. މީރަގަނޅު ފުރުސަތެއްނު..” އެހެން ބުނެ މަންމަ ގޮސް ކޮޓަރިއަށް ވަނެވެ. އަހަރެން ފޯނު ބަލަން ހުއްޓައި ގޭ ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. އަހަރެން ގޮސް ދޮރު ހުޅުވާލިރު އެކަކުވެސް ފެންނާކަށް ނެތެވެ. ކުއްލިއަކަށް މީހަކު އައިސް އަހަރެން ކުރިމައްޗަށް އެރިއެވެ. އަހަރެން ސިއްސައިގެން ދިޔަ ވަރުން ހަޅޭ ލަވާއިގަނެވުނެވެ.

*ނުނިމޭ*

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ – ޕާރޓް 1

Next

ހިތް ހިގުން އަވަސްވޭ-5

Next
July 27, 2025

ހިތް ހިގުން އަވަސްވޭ-5

Previews
July 27, 2025

އެދިގެން ކަލާ ލިބޭތޯ – ޕާރޓް 1



All Right Reserved!