ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރު ދީފާ-10
އަނެއްހެން އެއްޗެކޭ ނުކިޔާ.. ދެން އޭނާ ދެއްކީ އޭނާގެ ކެރިއާރް ބިލްޑް ކުރި ވާހަކަ..” އަހަރެން ކިޔައިދިނީމެވެ.
ދެން ކޮންދުވަކަކުން މެރީކުރަނީ..؟” އަހަރެން އަހާލީމެވެ.
*ޕާރްޓް-10*
“މިމަހު 31 ގަ..” ބައްޕަ ބުނެލިއެވެ.
އަހަރެން ސައިތަށި ބޯން އިނދެފައި ކޮށި އެރިއެވެ. އެއީ ޔޫޝައުގެ އުފަން ދުވަހެވެ. އަހަރެންނަށް ދެން އޭނާއާއި އެކީ އެދުވަހު އެކީގަ އެއް ނޫޅެވޭނެއެވެ. އެއަށް ވުރެ އަހަރެން ބިޒީ ވާނެއެވެ.
“ކޮންދުވަހަކުން ރަން ކިޔާނީ..؟” އަހަރެން އަހާލީމެވެ.
“ރާނިޔާ ގެ އުފަން ދުވަހަށް ފަހު..” މަންމަ އުނދުން ކައިރީ ހުރެ ބުނެލިއެވެ. އަހަރެން ހުރީ ދެރަވެފަ އެވެ. އަހަރެން ހަމަ ޔޫޝައު ކައިރީ ބުނަން ވީ ހެއްޔެވެ.
މެންދުރު ކެއްކުމާއިގެން އަހަރެންވެސް އެހީވީމެވެ. މެންދުރު ކެއުމަށް ފަހު އަހަރެން ވަނީ ކޮޓަރިއަށެވެ. ފިލާވަޅު ހުރުމުން އަހަރެން ފިލާވަޅު ހެދީމެވެ. ހަވީރު ވެސް ކުރާނެ ވަކި ކަމެއް ނެތިގެން އަހަރެން އެނދުގައި އޮށޯވެލައިގެން އޮތީއެވެ.
*އެއް ދުވަސް ފަސް*
މިއަދަކީ އަހަރެންނަށް 18 އަހަރު ފުރުނު ދުވަހެވެ. މަންމަ އާއި ބައްޕަ އަހަރެންނަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައި ހަދިޔާ ވެސް ދިނެވެ. ސެންޓު ފުޅި އަކާއި ހެދުމެވެ. އަދި އެކި ވައްތަރުގެ ލުއި ކާނާ އެވެ. އަހަރެންނަކީ ކޫސަނި އެއްޗިހި ކާހިއްވާ ކުއްޖެކެވެ.
ގަޑިން 1:30 އެވެ. އަހަރެން އިނީ ކަސާވާ ޗިޕްސް ޕެކެޓެއް ހިފައިގެން ސޯފާގައެވެ. ބޮޑު ދޮރު ހުޅުވައިފައި ހުރުމުން އަހަރެން ހުރީ ބުރުގާ އަޅައިގެންނެވެ. އަހަރެން ސިހުނީ މީހަކު އައިސް ބާރަށް ދޮރުގައި ޓަކި ޖެހުމުންނެވެ. އަތުން ޗިޕްސް ޕެކެޓް ވެއްޓި މުޅިތަނަށް ބުރައިގެން ދިޔައެވެ.
އަހަރެން ހިތްހަމަ ނުޖެހިހުރެ ބަލާލީމެވެ. އޭރު ދޮރުގައި ލެނގިލައިގެން ހިނިއައިސް ފައި ޔޫޝައު ހުއްޓެވެ.
“އެއްވެސް މަޖައެއް ނޫން..” އަހަރެން ފިހިގަނޑު ހިފައިގެން އައިސް ޗިޕްސް ތަށް އެއްކޮށްފައި ޑަސްބިނަށް އަޅާ ލީމެވެ.
“ހެޕީ ބާރްތްޑޭ..” އަހަރެން އައިސް އޭނާ ކައިރީ ހުއްޓިލުމުން އޭނާ ބުނެލިއެވެ. އަހަރެން ހިނިތުން ވެލީއެވެ.
“އަން ހަދިޔާ އެއް..” ޔޫޝައު އަހަރެންނަށް ދިއްކޮށްލީ ރެޕް ކޮށްފައި އޮތް ކުޑަ ފޮށިގަނޑެއްގެ. އަހަރެން އޭގައި ހިފީމެވެ.
“ރާނީ.. ހިގާބަ މޫދަށް ގޮސް ލާން.. ބާރްތްޑޭގަ ވާނެ މަޖާކޮށްލަން..” ޔޫޝައު ބުނެލިއެވެ. އަހަރެން ހުރީ މޫދަށް ދާން ނުލާހިކު ބޭނުން ވެފައެވެ. އެއްމެ ފަހުން އަހަރެން މޫދަށް ދިޔަ ދުވަހެއް އަހަރެން ހަނދާނެއް ނެތެވެ. މަންމަ އަށް ގުޅާފައި އެހީމެވެ. މަންމަ ހުއްދަ ދިނެވެ.
“މަގޭ ކަޒިން އެއްވެސް ގޮވައިގެން ދަނީ.. އޯކޭތަ..؟” ޔޫޝައު އެހިއެވެ.
“ކާކު..؟”
“ހަނޫން.. ހީޒް އޮންލީ 13..” އަހަރެންނަށް ހެވެވެ.
“އެބަ އަންނަން ރެޑީވެލައިގެން..” އަހަރެން ކޮޓަރިއާއި ދިމާއަށް ދުއްވައިގަތީމެވެ.
ރެޑީވެލައިގެން ދެމީހުން ދިޔައީ ހަނޫން ބަލާ ޔޫޝައު މެން ގެޔަށެވެ. އެގެއިން އަނބު ބިދެގެން ސޫޕާއި އެކީ ކަމުން ދިޔައީ މޫދާއި ދިމާއަށެވެ. މިއަދު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މޫދަށް އެރިގެން އެތަކެއް ސަކަރާތެއް ޖެހީމެވެ. އަހަރެންނާއި ހަނޫން ވަރަށް އަވަހަށް އެކުވެރި ވީމެވެ. އަހަރެމެން ދެމީހުން އެއްބައިވެލައިގެން ޔޫޝައު އަށް އުނދަގޫކުރާ ނެވެ. ހަމައެގޮތަށް ހަނޫން އަހަރެންނާއި ޔޫޝައު ލައިފައި އަޅުވާކިޔައެވެ. އޭނާ އަޅުވާ ކިޔާ ކޮށްމެފަހަރަކު ޔޫޝައު އޭނާ އަށް އަދަބެއްގެ ގޮތުން ގަންބާލާނެވެ.
މިހާ ހީހީފައި އުޅުނު ދުވަހެއް އަދި ނާދެއެވެ. ހަނޫން މަންމަ އޭނާ ބަލައި އައުމުން އޭނާ ދިޔައެވެ. މިހާރު ތިބީ އަހަރެންނާއި ޔޫޝައު އެކަންޔެވެ.
3:30 ވާން އުޅުމުން އަހަރެމެން މޫދުން އެރީމެވެ. އެކި ވާހަކަތަށް ދައްކަމުން ގޮސް ޔޫޝައު ބުނެލިއެވެ.
“ރާނީ.. އަހަރެންނަށް ހީވަނީ އަހަރެންނަށް ކުއްޖެއް ދެކެ ލޯބިވެވިއްޖެހެން..” އަހަރެންނަށް ބަލާލެވުނީ ހައިރާންވެ ހުރެއެވެ.
“ކާކު.. ކޮންއިރަކު.. ކިހިނެއް..؟” އަހަރެން ސުވާލު ފަތި އަމުނާ ލީމެވެ.
“ހަމަޖެހިބަލަ.. ވަރަށް ގިނަ ދުވަސް ވެއްޖެ.. އެކަމު ހަމަ ބުނާކަށް ނުކެރުނު..” ޔޫޝައު އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން ބުނެލިއެވެ.
“ދެން ކާކުތަ.. އައިކާރީ ބުނެބަލަ.. އައި ނުބުނާނަން އެހެންމީހެއްކައިރީގަ..” އަހަރެން ހުރީ އެއީ ކާކުތޯ އެނގެން ބޭނުން ވެފައެވެ.
ގެޔާ ހަމައަށް ދާންދެން އަހަރެން އެކި ކުދިންގެ ނަންކީމެވެ. ނަމަވެސް އޭގެން އެކުއްޖަކީ ވެސް ޔޫޝައުގެ ލޯބިވެރިޔާ އެއް ނޫނެވެ.
” ފަހުން ވެސް ބުނަށްޗޭ.. ޕްލީސް..” އަހަރެން ގޯތިތެރެއަށް ވަދެ ދޮރުލައްޕަމުން ބުނެލީމެވެ.
“ބަލާނަން..” އެހެން ބުނެ ޔޫޝައު ހިނގައިގަތެވެ.
އަހަރެން ވެސް ވަނީ ފެންވަރާށެވެ. ފެންވަރައިގެން އައިސް އޮށޯތުމުން ނިދުނެވެ. އަހަރެންނަށް ހޭލެވުނީރު ގަޑިން ދަންވަރު ދެގަނޑި ބަޔެވެ. ތެދުވެ ފުނާއަޅައި ހަދައިގެން ބަދިގެޔަށް ދިޔައީ ބަނޑުހައިވެފައި ހުރުމުން ނެވެ.
އަހަރެންނަށް ހަމަވިސްނެނީ ޔޫޝައު ކީވާހަކަތަކާއި މެދުއެވެ. އެކަމާއި ވިސްނުމުން އަހަރެންގެ ހިތް ނުތަނަވަސްވެ ދެރަވާން ފެށިއެވެ. އެހެންކަމުން އަވަހަށް ސައިބޮއި ހަދައިގެން އަހަރެން ކޮޓަރިއަށް ވަދެ ބެލީ ނިދޭތޯއެވެ.
އަނެއްދުވަހު އަހަރެންނަށް ހޭލެވުނީ މަންމަ ގޮވަމުންނެވެ. މޯޅިއަކަށް ދެމިލާފައި ކިހިނެއްވީހޭއެހީމެވެ.
“މިއަދު ހަވީރު މިއޮތީ ރަންކިޔުން.. ތައްޔާރު ވައްޗޭ.. މަންމަ އޮންނާނެ ހެދުމެއް ގެނެސްފަ.. އެއޮންނަ ހިއްކަން އަޅުވައިފަ.. ދެން ވެސް އާދޭ ސައިބޯން..” މަންމަ އަހަރެންގެ މަގަތުގައި އިށީންދެލައިގެން ހުރެ ބުނެދިނެވެ.
އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. ހިތުގެ ހިނގުން އަވަސްވެގެން ދިޔައީ ކަންތަމިވަނި ހާދަ އަވަހަކަށޭ ހިތަތް އަރައިފައެވެ. އަހަރެންނަށް އަދި މިއުޅެނީ އެއްމެ ގާތް އެކުވެރިޔާ ކައިރީވެސް ކައިވެނި ކުރާ ވާހަކަ ނުބުނެވިގެންނެވެ.
ގަޑި ބަލާލީރު 12:00 ޖަހާފިއެވެ. އަވަސް އަވަސް ރީތި ވެލައިގެން ސައިބޯން ދިޔައީ މަންމަ އެވާހަކަ ދައްކަން އަންނާށޭ ބުނެފަ އޮތީމަ އެވެ.
ސައިބޯން އިނީރު މަންމަ އަހަރެންނަށް ރަންކިޔުމުގެ ކަންތަށް ކިޔައިދިނެވެ. ބައެއް އެއްޗިހި އަހަރެންނަށް އާވެސް ވިއެވެ.
މެންދުރު ގަޑީގަ އަހަރެން އުޅުނީ ހެދުން އިސްތިރި ކުރުމާއި ގެންނެވެ. ކްރީމް ކުލައިގެ ކަކުލާއި ހަމަޔަށް އަރާ ރީތި ހެދުމެކެވެ. އެއާއި އެކު ހަމަ އެކުލައިގެ ޝޯލް އެކެވެ. އެއްޗިހި އިސްތިރި ކުރުމައްފަހު އަހަރެން ދިޔައީ މެންދުރު ކާށެވެ. މަންމަ ބުނީ ރަންކިޔުން އޮންނަނީ ޒާން މެންގެ އާއިލާގެ ގެސްޓް ހައުސްގައި ކަމަށެވެ.
އެމީހުންނަކީ އެހާ މުއްސަދި ބަޔެކޭ އަހަރެން ހިތަކަށް ނާރަ މެވެ. އަހަރެން ހިތަތް އެރިއެވެ. އެހާ މުއްސަދި އިރު އެތަކެއް އަންހެންކުދިންނެއް ޒާން ފަހަތުން އުޅޭނެ އެއްނޫން ހެއްޔެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







Mashallah Mi part vx vrh reethi
When is next?