ހިތް އެދެ ޔާރާ ތިއޭ – 26
ލާރާގެ ރުއިމުންނާއި ދައްކަމުން ދިޔަ ވާހަކައިން ބޮޑުކަމެއް ވެގެން އުޅޭ ކަމަށް މައިރީންގެ ހަވަނަ ހިއްސު އިންޒާރުދިނެވެ. “ދޮންބެދައްތާ ކިހިނެތްވީ؟ ދޮންބެދައްތާ..” ލާރާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހަމުން މައިރީން ގޮވަން ފެށިއެވެ. އޭރު މައިރީން ގާތު ޝިޔާމާގެ އިތުރުން އައިނާއާއި އަޔާނާވެސް ހުއްޓެވެ. “ދަރިފުޅާ ލާރާ ދޮރު ހުޅުވަބަލަ.. ލާރާ؟ މަޔާލް..” ޝިޔާމާވެސް ގޮވަން ފެށިއެވެ. އޭރުވެސް ލާރާގެ ވޭނީ ރުއިން ކޮޓަރި ތެރެއިން އިވެމުން ދިޔައެވެ. އެވަގުތު މަޔާލް ދޮރު ހުޅުވައިލިއެވެ. މަޔާލްއަށް ހުރީ މަންމަގެ ވޭނީ ރުއިމުގެ ސަބަބުން ރޮވިފައެވެ. “ބަ..ބައްޕި” މަޔާލް ގިސްލެވިފައި ހުރެ ބުންޏެވެ.
***ޕާޓް 26***
މައިރީންއަށް މަޔާލް ހުރި ގޮތް ފެނުމުން އަވަހަށް ބައްދައިލިއެވެ. އޭރު ޝިޔާމާ ގޮސް ލާރާގެ ބުރަކަށީގައި ފިރުމަމުން ވެގެން އުޅޭ ގޮތް އޮޅުން ފިލުވަން މަސައްކަތް ކުރަން ފެށިއެވެ. “ޕޮލިސް ބޭބެ ބުނީ ބައްޕި ގެއްލުނިއްޔޭ..” ރޮވިފައި ހުރެ މާޔަލް ބުންޏެވެ. އެއާއެކު މައިރީންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ލާރާގެ ފޯނުކޯލު ނުކެނޑި ހުރި ތަން ފެނުމުން އައިނާ ގޮސް ފޯނު ނެގިއެވެ. “އަސްއަލާމުއަލައިކުމް އަޅުގަނޑަކީ ލާރާއާއި ވަރަށް ގާތް މީހެއް.. އަޅުގަނޑަށް ވެގެން އުޅޭ ގޮތް ކިޔައިދެވިދާނެތޯ؟” އައިނާ ފޯނު ސްޕީކަރަށްލައިގެން ހުރެ ވާހަކަ ދެއްކިއެވެ. “މަޔާން، ލާރާގެ ފިރިމީހާ ގެއްލިގެން އުޅޭތާ މިއަދަށް ހަތަރު ދުވަސް ވެއްޖެ..” އެމީހަގެ ޖުމުލައިން މުޅި ތަނުގައި ކުޑަ ވަރެއްގެ ބޮމެއް ގޮވި ފަދައެވެ. ލާރާ އަޑުން އަޑު ނަގާފައި ރޯން ފެށިއެވެ. “ނޫން ނޫން.. އެހެނެއްނުވާނެ.. ދޮގު ތިހަދަނީ.. އަހަރެން ގަބޫލެއް ނުކުރާނަން.. ކަލޭމެން ޔާން ފޮރުވައިގެން ތިއުޅެނީ..” ލާރާ ހަޅޭއްލަވައިގަތެވެ.
އެމީހަ ބުނި ވާހަކައިން ޝިޔާމާއަށްވެސް ރޮއެ ގަނެވުނެވެ. “މަގޭ ދަރި..” ރޮމުން ޝިޔާމާ ބުންޏެވެ. އެންމެންނަށް ވަމުން ދިޔަ ގޮތް ފެނި ކުޑަކުޑަ މާޔަލްއަށްވެސް ހުރީ ރޮވިފައެވެ. މައިރީން ހިތްވަރުކޮށްލުމަށްފަހު މާޔަލް އުރައިލައިގެން އެތަނުން ނިކުތުނެވެ. އޭރު މާޔަލް ދިޔައީ ގިސްލަގިސްލާފައި ރޮމުންނެވެ. މާޔަލްގެ ބުރަކަށީގައި ފިރުމަމުން މާޔަލް ހަމައަކަށް އެޅުވޭތޯ މައިރީން މަސައްކަތް ކުރަންފެށިއެވެ. އަޔާނާ އާއި އައިނާ ޝިޔާމާ އަދި ލާރާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ލާރާ ކުއްލިއަކަށް އެބުރުން އަރައިގެން އައިނާގެ އަތްމައްޗަށްދެމުނެވެ. އަޔާނާ އަވަސް އަވަހަށް ފޯނުގެ ފިތްތަކަށް ފިތައި އެމްބިޔުލާންސްއަށް ގުޅިއެވެ.
ވާރޭގެ ކަނިތައް ކެފޭގެ ފުރާޅުގައި ބީހެމުން ދިޔައިރު މަޑު މިޔުޒިކެއް ފަދަ ހިތްގައިމު ރާގެއް އިވެމުން ދިޔައެވެ. ކޮފީގެ މަޑު މީރުވަހުން މުޅި ކެފޭ ވަނީ އެއްވަސް ކުރެވިފައެވެ. އެ ހިތްގައިމު މާހައުލަށް އިތުރު އަޑެއްވެރިވީ ކައިލްގެ ފޯނުގެ ރިންގްޓޯންގެ އަޑުންނެވެ. ކޮފީބޯންއިން ކައިލް ފޯނަށް ބަލައިލުމަށްފަހު ފޯނުކޯލުނެގިއެވެ. ފޯނުގެ އަނެއް ފަރާތުން އިވިގެން ދިޔައީ ހާސްވެފައި ހުރި އާހިލްގެ އަޑެވެ. “ބުރޯ ހަމަޖެހިގެން ކިޔާ އެއްޗެއް ކިޔާބަލަ.. ކަލޭ ތިހެން ވާހަކަ ދެއްކީމަ މަށަށް ކޯއްޗެއްތަ އިނގޭނީ؟” ފޯނު ނެގުމާއެކު އާހިލް އަވަސްއަވަހަށް އެއްޗެހިތަކެއް ކިޔަން ފެށުމުން ކައިލް ބުންޏެވެ. “މަޔާން ގެއްލިއްޖެ.. މަޔާން ގެއްލިއްޖެ.. އެމީހުން.. އެމީހުން ނޭނގެ މަޔާންއަށް ހަދާނެ ގޮތެއްވެސް.. ރާކިންއަށްވީ ގޮތަށް ވެއްޖެއްޔާ އަހަރެން ކީއްކުރާނީ.. އިޓްސް އޯލް މައި ފޯލްޓް..” ބިރުން ހުރެ އާހިލް ފަތިވަރެއް ކިޔާ ފަދައިން ތަކުރާރު ކުރަމުންދިޔައެވެ.
އާހިލްގެ ވާހަކައިން ކައިލްގެ ހަށިގަނޑަށް ސިހުމެއްވެރިވެގެން ދިޔައެވެ. “ވަޓް؟؟ ކީކޭ ތިކިޔަނީ؟؟ ކޮންމީހުންނެއްތަ؟ މަޔާންއަށް ކިހިނެއްވީ؟؟ އާހިލް ކަލޭ ހަމަޖެހިބަލަ..” ކައިލް ޖީބުން ފައިސާ ނަގައި މޭޒުމަތީ ބޭއްވުމަށްފަހު ކެފޭއިން ނިކުންނަން ހިނގައިގަތެވެ. ބާރު ހިނގުމެއްގައި ކައިލް ނިކުތުން ވަގުތު ކުއްލިއަކަށް މީހަކު ކައިލްގެ ބުރަކަށީގައި އަޅައި މަގަށް ކޮށްޕައިލިއެވެ. ކައިލްގެ ހަށިގަނޑު ތާރުގަނޑު މަތީ ޖެހި ބައެއް ތަންތަނުން ހަންމެށިގެން ދިޔައެވެ. ކައިލްގެ ފޯނު ވިއްސައިގެން ގޮސް މަގުގެ އެއްފަރާތަށް ޖެހުނެވެ. ހަމައެވަގުތު ބޮޑު ޕިކަޕެއް ބާރު ސްޕީޑެއްގައި ކައިލްގެ ކުރިމައްޗަށްއެރިއެވެ. ކައިލްއަށް ބޯ މައްޗަށް ހިއްލައިލެވުނުއިރު ޕިކަޕްގެ އަލި ކައިލްގެ މޫނުމައްޗަށް އެޅިގެން ދިޔައެވެ. އެވަގުތު މީހަކު އޭނަގެ ކޮނޑުގައި ހިފައި ފަހަތަށް ދަމައިގަތެވެ. ސިކުންތުކޮޅެއް ލަސްވި ނަމަވެސް ކައިލްވާނީ އެ ޕިކަޕް ދަށުވެފައިކަން ޔަގީނެވެ.
ފުންކޮށް ނޭވާލަމުން ކައިލް އޭނަ ސަލާމަތް ކުރި މީހާއާއި ދިމާލަށް ބަލައިލިއެވެ. “ޝާއިލް؟؟” ކައިލްއަށް ބުނެވުނެވެ. “މަރުގެ އެތި ފަހަރަކުން އެނގޭ ތި ސަލާމަތްވީ..” މާނޭވާލެވިފައި ހުރެ ޝާއިލް ބުންޏެވެ. “ޝުކުރިއްޔާ މޭން..” ޝާއިލްގެ ކޮނޑުގައި އަތް އަޅުވައިލަމުން ކައިލް ބުންޏެވެ. “ކަލޭ ތީ ޕޮލިހެކޭ.. މަގަށް ނިކުންނައިރު ބަލައިގެންދޯ ނިކުންނަން ޖެހޭނީ..” ޝާއިލް ބޯހޫރުވައިލަމުން ބުންޏެވެ. “މަ ބަލައިގެންނޭ ނިކުތީ.. ކޮންމެސް މީހަކު މަ ކޮށްޕާލީ..” ކައިލް ވަށައިގެންވި މާހައުލަށް ނަޒަރު ހިންގައިލަމުން ބުންޏެވެ. “އެހެންވެއެއްނުން މަ މި ބުނަނީ މަރުގެ އެތި ފަހަރެކޭ.. ކޮންކަމެއް ލައިގަނެގެންތަ ގަޔަށް ހިނިއަރައިގެން އުޅޭ ފާޑަށް ތިއުޅެނީ؟” ޝާއިލް އަހައިލިއެވެ. “މަޔާން ގެއްލިއްޖެ..” ކައިލް ބުނެލިއެވެ. “މައިރީން ދޮންބެ؟” ޝާއިލް ދެލޯ ބޮޑުކޮށްލަމުން އެހިއެވެ. ކައިލް ބޯޖަހައިލިއެވެ. “އޭނަ.. ކިހިނެތް؟” ބުނާނެ އެއްޗެއް ނޭނގިފައި ހުރެ ޝާއިލް އަހައިލިއެވެ. “އައި ޑޯންޓް ނޯ މަޗް.. އަހަރެންވެއްޖެ ސްޓޭޝަނަށް ދާން މައުލޫމާތު ސާފު ކުރަން.. އެކަމަކު އަހަރެން ބޭނުން މައިރީން ކައިރިއަށްވެސް ދާން.. އޭނަ ހާދަ ދެރަވާނޭ..” އިސްތަށިގަނޑަށް އަތް މަހައިލަމުން ކައިލް ބުންޏެވެ.
ކައިލްގެ މޫނުން ފެންނަމުން ދިޔަ ހާސްކަމުގެ އަސަރުތަކުން ޝާއިލްއަށް އެއްމިޔަކަނުން ހީލެވުނެވެ. މިފަދަ ގަޑިއަކުވެސް މައިރީންއާއި މެދު ވިސްނުމުން ކައިލްގެ ހިތުގައި މައިރީންއާއި މެދު އިހްސާސްތަކެއް އުފެއްދިފައިވާކަމަށް ޝާއިލްއަށް ޝައްކު ކުރެވުނެވެ. “ގުޅާލެވޭނީވެސް މަގޭ ފޯނު އޮތިއްޔާނުން.. މިހާރު އެ އޮންނާނީ ފުޑުފުޑުވެފަކަން ޔަގީން..” އަމިއްލަ އިސްތަށިގަނޑަށް ދަމައިލަމުން ކައިލް ބުންޏެވެ. “އަހަރެންގެ ފޯނުންވެސް މައިރީންއަށް ގުޅިދާނެ.. ކައިލް މިވަގުތު ރަނގަޅުވާނީ ސްޓޭޝަންއަށް ދިޔައިއްޔާ ކަންނޭނގެ.. އޭރުން އައު މައުލޫމާތެއްވެސް ލިބިދާނެ..” ޝާއިލް ފޯނު ނަގައި މައިރީންއަށް ގުޅަން މަސައްކަތް ކުރަމުން ބުންޏެވެ.
ކައިލް ފާޑަކަށް ޝާއިލްއާއި ދިމާލަށް ބަލައިލިއެވެ. “ކަލޭ އަތުގަ އޭނަގެ ނަންބަރުވެސް އޮވޭތަ؟” އަޑަށް ބަރުކަމެއް ގެންނަމުން ހަސަދަވެރި ގޮތަކަށް ކައިލް އަހައިލިއެވެ. “ޗިލް ބްރަދާރ.. މަ މިއުޅެނީ ނިކަން އަވަހަށް މީހަކާ އިންނާށޭ..” ހިނިގަނޑެއް ޖަހައިލަމުން ޝާއިލް ބުންޏެވެ. ކައިލް ވަގުތުން ރަކިވިއެވެ. އެކަން ނުދެއްކުމަށްޓަކައި އޭނަ ކަރުކެހިލިއެވެ. ޝާއިލްގެ ފޯނުން މައިރީންއަށް ގުޅުމަށްފަހު ކައިލް އަތަށް ފޯނުދިނެވެ. އެހެންނަމަވެސް ދެތިން ފަހަރު ރިންގްވުމަށްފަހު ފޯނު ނިއްވާލާފައި އޮތް ކަމަށްއެރިއެވެ. ކައިލް ހާސްވެ ހުރެ ދެކޮޅަށް ދެކޮޅަށް ހިނގަން ފެށިއެވެ. “ރިލޭކްސް މޭން.. މައި މާ ބޮޑަށް ދެރަވީމަ ފޯނު ނިއްވާލީ ކަމަށްވާނީ.. ކަލޭ އޭނައަށް އެހީއެއްވެދޭން ބޭނުމިއްޔާ މަޔާން އަވަހަށް ހޯދޭނެ ގޮތެއްވޭތޯ ބަލާ..” ޝާއިލް ބުންޏެވެ.
ކައިލް ބޯޖަހައިލުމަށްފަހު އޭނަގެ ޕާކްކޮށްފައި އޮތް ކާރަށް އެރިއެވެ. އޭރުވެސް ތުނިތުނިކޮށް ވާރެ ވެހެމުން ދިޔައެވެ. ކޮންމެވެސް ވަރަކަށް ތެމިފައިވުމުގެ ސަބަބުން ކައިލްގެ ހަށިގަނޑުން ހަންމެށިފައި ހުރި ތަންތަނުން ދިޔައީ ދިލަ ނަގަމުންނެވެ. ބައެއް ތަންތަނުން ކުޑަކޮށް ލޭއަންނަމުންވެސް ދިޔައެވެ. “މަވެސް ދާނަން..” ޝާއިލް ކާރުގެ ފަހަތު ސީޓަށް އަރަމުން ބުންޏެވެ. “ކީއްކުރަން ކަލޭ އަންނަންވީކީ.. ކަލޭ އަންނާނެކަމެއް ނެތް.. ނިކުމޭ ކާރުން..” ކައިލް ފަހަތަށް ބަލައިލަމުން ބުންޏެވެ. “މަ ގޮސްގެން ކަލެޔަށް ވާނެ އުނދަގުލެއް ނޯންނާނެ.. މަށަކީ މޮޅަށް ހެކުކުރަން ދަންނަ މީހެއް.. މަ ގެންގޮސްގެން ކަލެޔަށް ފައިދާ ކުރާނީ..” ޝާއިލް ސީޓްގައި ހަމަޖެހިލަމުން ބުންޏެވެ. ޝާއިލް ގޮތްދޫނުކުރާނެކަން އެނގުމުން ކައިލް ސްޓޭޝަންއަށް ދިޔުމަށް ދުއްވައިލިއެވެ.
ހެނދުނުގެ ވަގުތު ޔާދިންއަށް ހޭލެވުނީ ބަދިގެއިން ތަށިތައް ތަޅުވައި އަޑުއިވުމުންނެވެ. ދެލޯ އުނގުޅައިލުމަށްފަހު ސޯފާގައި އިށީނެވެ. ރޭގައި ސޯފާގައި އޮވެވުނު ގޮތަކުން އޭނަގެ އުނަގަނޑުގައި ރިއްސަމުން ދިޔައެވެ. ދުންޔާއާއި ދިމާލަށް ހިތާހިތުން ކުދި ކިޔަމުން ބަދިގެއަށް ވަދުނެވެ. “މެޑަމް އަހަރެން ކޮޓަރީގެ ފާހަނައަށް ފެންވަރަން ވަދުނަސް އެންމެ ރަނގަޅުތޯ؟ ނޫނީ މިތާ މެޑަމްއަށް ކުނިވަސް ދުއްވަން ހުންނަންވީތޯ؟” ދުންޔާ ކުރާ ކަންތަކަށް ބަލަމުން އުނަގަނޑުގައި އަތް އަޅައިގެން ހުރެ ޔާދިން އަހައިލިއެވެ. ޔާދިންގެ އަޑުން ދުންޔާއަށް ސިހުމެއް ލިބުނެވެ. ޔާދިންގެ ވާހަކައިން ދުންޔާއަށް ލުއި ހިނިގަނޑެއް ޖަހައިލެވުނެވެ.
ޔާދިން މޫނު ކުނިކޮށްލައިގެން ދުންޔާއާއި ދިމާލަށް ބަލަން ހުއްޓެވެ. އެހެންނަމަވެސް ދުންޔާގެ ލުއި ހުނުމުން އޭނަގެ ހިތް ވިރިގެންދިޔައެވެ. ދުންޔާގެ ހަށިގަނޑުގައި ފަހަތުން ބައްދައިލުމަށްފަހު ދުންޔާގެ ކަރުން ޔާދިން ވަސްގަތެވެ. “މްމްމް ޔޫ ސްމެލް ޔަމީ..” ޔާދިން އޭނަގެ ފިރެހެންވަންތަ އަޑުން ދުންޔާގެ ކަންފަތުގައި ތުންފަތް ޖައްސައިލަމުން ބުންޏެވެ. ދުންޔާގެ ހަށިގަނޑުގައިވި ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. “އެންޑް ޔޫ ސްމެލް ލައިކް ޓްރޭޝް..” ދުންޔާ ހިނިއައިސްފައި ހުރެ ބުނެލިއެވެ. “ވެލް ވަޓް ވުޑް ޔޫ ޑޫ އިފް ދިސް ސޯ ކޯލްޑް ޓްރޭޝް އީޓްސް ޔޫ މްމް..” ދުންޔާގެ ކަންފަތުގެ ފޫޅުގަނޑުގައި ދަތްއަޅަމުން ޔާދިން ބުންޏެވެ. ދުންޔާ ސިހިފައި ދުރަށްދާން އުޅުނެވެ. ޔާދިން އެއަށްވުރެ ހުށިޔާރެވެ. ދުންޔާގެ ބަނޑާއި ދިމާލުން ވަށައިލެވިފައިވި އަތަށް ބާރުކޮށްލިއެވެ. “ނޮޓް ސޯ ފާސްޓް.. ރޭގަ އަހަރެންނަށް ހެދިގޮތަށް ރިވެންޖް ނަގަން މިއުޅެނީ.. ޔޫ ކާންޓް އެސްކޭޕް ދޫނީ..” ޔާދިން ހީލަމުން ބުންޏެވެ.
އުނދުން ނިއްވައިލުމަށްފަހު ޔާދިންގެ ވަރުގަދަ އަތްދަނޑި މައްޗަށް ދުންޔާ އުފުއްލައިލިއެވެ. “ދިން ނޯ.. މިއީ ހެނދުނޭ..” ޔާދިންގެ މޭގައި ތަޅައިގަންނަމުން ދުންޔާ ބުންޏެވެ. “ހެނދުނު މާ އަރާމް ވާނެ..” ދުންޔާއާއި ދިމާލަށް އެއްލޯ މަރައިލަމުން ޔާދިން ބުންޏެވެ. ކޮޓަރިއަށް ވަދެވުމުން ޔާދިން ދުންޔާ އެނދަށް އެއްލައިލިއެވެ. ކޮޓަރި ދޮރު ތަޅުލަމުން ޔާދިން ލަސް ފިޔަވަޅުތަކެއް އެނދާއި ދިމަލަށް އަޅަން ފެށިއެވެ. ދުންޔާގެ ހަށިގަނޑު މައްޗަށް ވެއްޓިގަނެ، ދުންޔާގެ ދެއަތް މައްޗަށް ނަގައި ހައްޔަރުކޮށްލިއެވެ. “އައި މިސްޑް ވޭކިން އަޕް ވިތް ޔޫ..” ދުންޔާގެ ކޯތާފަތުގައި ބޮސްދެމުން ޔާދިން ބުނެލިއެވެ.
ކައިލް އާއި ޝާއިލްގެ ކާރު ދިޔުމުން ކަޅުކުލައިގެ ހެލްމެޓުން މޫނު ނިވާކޮށްގެން ހުރި ޒުވާނެއް އައިސް މަގުގެ އެއް ފަރާތުން އެއްޗެއް ނެގިއެވެ. ފުންނޭވާއެއްލުމަށްފަހު ސްކްރީން ޕްރޮޓެކްޓަރ ތެޅިފައި އޮތް ފޯނަށް އެމީހަ ބަލައިލިއެވެ. ފޯނު ހުޅުވައި ފިތައް ފިތައިލުމުން ފޯނު ހުޅުވިގެން ދިޔައެވެ. “މިކަންތައް ކާމިޔާބު ނުވީތީ މަށަށް އެކަމުގެ ހަސްކާ މި މީހުން ބާލާނެ.. ނޭނގެ ބުނެފަ އޮތް އަދަދަށް ފައިސާ ދޭނެކަމެއްވެސް..” މަޑުމަޑުން އެމީހަ ކުދި ކިޔައިލިއެވެ. އެ ސިކުނޑީގައި ރޭވުމެއް ރާވާލިއެވެ. ސައިކަލަށް އެރުމަށްފަހު އޭނަގެ މަންޒިލަށް ދިޔުމަށްޓަކައި ދުއްވާލިއެވެ. އެ ސައިކަލު މަޑުކުރީ ހަތް ތަރީގެ ގެސްޓްހައުސްއެއްގެ ކުރިމަތީގައެވެ.
ރޫމް ނަންބަރު އެކާވީސް ކުރިމަތީގައި އޭނަ ހުއްޓުނެވެ. ޓަކި ޖެހުމަށްފަހު ކޮޓަރީގައި ހުރި މީހާ ވަންނަން ބުނުމުން ވަދުނެވެ. “ކަލޭ ކައިރީ މަ ބުނީ ކީކޭ؟؟ ކަލޭ ތިއީ އެހެންނޫނަސް ފައިސާއަށްޓަކައި އެތަށް ކަމެއް ކުރާ މީހެއް.. އަހަރުން ބުނި ވަރުގެ ކުޑަކުޑަ ކަމެއް ކަލެޔަށް ނުކުރެވުނީ ކީއްވެހޭ؟؟” މޭޒުމަތީގައި އަތުން ޖެހުމުން މޭޒަށް ގުޑުން އަރައިގެން ދިޔައެވެ. ލިހާންގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. “މަ އޭނަ ކޮށްޕާލީމޭ މަގު މައްޗަށް.. އެކަމަކު އެތާ ހުރި ފިރެހެން އެއްޗެއް އޭނަ ސަލާމަތް ކުރީ..” ރުޅި އައިސްފައި ހުރެ އޭނަ ބުންޏެވެ. “ކޮންމެހެން ދޮގުތަކެއް ހަދަން ނޫޅެބަލަ އައިދަން.. ކަލެޔަށް އެކަމެއް ނުވިއެއްނުން؟ އެހެންވީމަ ކަލެޔަށް އެކައްޗެއްވެސް ނުލިބޭނެ.. މަ ޕޭ ކުރަނީ މަ ބުނާ ކަންތައްވާ މީހުންނަށް..” ލިހާން ބުންޏެވެ.
“މަށަށް އެ އަންހެން ގޮލާ ކަލޭމެން ބޭނުންތާކަށް ގެންދެވިދާނެ ގޮތެއް އެނގޭ.. ބޭނުންތަ އެނގެން އެއީ ކިހިނެތްކަން؟” އައިދަން ނުލަފާ ގޮތަކަށް އަހައިލިއެވެ. އޭރު އޭނަގެ ލޮލުގައިވަނީ ނުރައްކާތެރިކަމުގެ ވިދުވަރެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Masha allah mi part vs vrh reethi
Yaadhin n dhunya soo cuteee
Wtffff ayaan ah dhera gth nahadhahchey
I think laara preg??or dhera vgn gos faint v
Police akh ve hure zaidh vs e plan ga involve v
Haadba goahey
Kail e hury rangalhah vs mai ah hihkiyaafa
Ayaan gehlumuga zaidhmnge atheh vaanhn vrh hiivey
Mai ah kiih kuran e ulheny
Hih dandan laaeba..curious vgn gos
When next?
Lyyyy🫶
Thank youuu soo muchh.. I’m happy u liked it..
hehe they are always cute.
Lets see what happens to mayaan dhww..
Lets read the next part to find out dhww..
Next part insha allah Thursdayga..
Love u moree darlingg💜🦋
mi part vx v reethi masha allah
yaadhin n dhunya soo cute ongg
alhe lihaanmen haadha goahey
maayan n mai ah dhera gotheh nuhadhahche pllzz
curiously waiting for the next part
when next?
Thank youuu soo muchh.. I’m happy u liked it..
hehe they are always cute.
Lihaan men varah goas dhww.. Lets see what happens to them..
Next part insha allah Thursdayga💜🦋
heyyy maashhh
mi part vess vrh reethi allahumma baarik
yaadhu and dhunya sooo cuteee🥹❤️
ekamakuvaaaa.. dont do that girlll.. poor laaraa :((((
plssss keeep maayan, kail and maiii safe🥲💔
cant wait for nexttt
ilyyyyyyssssssssssssmmmmmmmmmmm❤️❤️❤️
Heyy shiherrr
Thank youuu soo muchh.. I’m happy u liked it..
hehe they are always cute.
I feel bad for laara too..
I’ll do my best to keep them alive💀
Next part insha allah Thursdayga
Love you moreeeeeeeeeee💜🦋
Maasha Allah mi prt vx vrh reethi
Kyykeyy???? Mayaan gehluny eyyy???? 4 days vehje ey??? Nooo…..
Alheyyy poor laara n yaalu💔😭💔💔
Dhunya n Yaadhin so cutee💜💜
Kail n mai.. Kail mai dheke loabi vaa kan yageen vehje😭😭
He got jealous viyya shaail athuga mai ge number othyma vxx😂😂
Hell no.. Lihaan and that person…
Are the gonna blackmail mai…
Curiosity level othy araa aasumaanugaa😭😭
Impatiently waiting..
Whn nxt???????
Tc.. Lysm Marsh 💜💜💜
Thank youuu soo muchh.. I’m happy u liked it..
yess mayaan gehlunuthaa 4 days veje.. i feel bad for them too..
hehe they are always cute.
I feel bad for laara too..
Lets see if kail has feelings for maireen dhww..
lets see what lihaan is gonna do
Next part insha allah Thursdayga
Love you moree darlingg💜🦋