Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 44

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
February 14, 2026 7 Mins Read
22 Comments

ލީވާން އެ މަސައްކަތް ކުރަމުން ދިޔައިރު އިރު އިރު ކޮޅާ ދަތްކުނޑި ވިކާލެވެއެވެ. ޒަވިއަން ބޭނުންވާނެ ކްލިޕްތައް ނަގާ ފޯލްޑާއަކަށް އަޅައިފައި ނާއިލްގެ ޒާތީ މައުލޫމާތު ވެސް އޭނާ ހޯދިއެވެ.

“މި ހުރީ. ބަލާ.” ލީވާން އޭނާގެ ލެޕުން އެ ފޯލްޑާ ހުޅުވާލައިފައި ދައްކާލިއެވެ. ނާއިލް އަރީނަށް ބެހޭ މަންޒަރު ފެނި ޒަވިއަންގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. އޮފީހުގައި ވެސް އަރީން ބައެއް ފަހަރު މި ތަހައްމަލު ކުރަން ޖެހޭ އުނދަގޫ ކަންތައްތައް ފެނި ދެރަވިއެވެ. އަރީން ފަކީރު އުޅޭ ނިކަމެތި ޙާލު ފެނި ހިތުގައި ޖެހުނެވެ. ނާއިލަށް ވުރެ ބޮޑަށް އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. މި ކަހަލަ ކަންކަމުން އަރީން ރައްކާތެރި ކުރަންޖެހޭ މަޤާމުގައި ހުރެ އެއް ކަމެއް ވެސް ނުކުރެވުނީމައެވެ. ބަދަލުގައި އަރީން ކަހަލަ ނިކަމެތި އަންހެން ކުއްޖަކަށް އަނިޔާ ކުރެވުނީމައެވެ.

ޒާތީ މައުލޫމާތުތައް ކިޔަމުން ގޮސް އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ މެދަކާއި ހިސާބުން ފެނުނު އެއްޗަކުންނެވެ. “ވަޓް ދަ **. މި ވެސް އެ މީހުންނާއި ގުޅުން ހުރި އެއްޗެއްތަ؟ ލައިކް ފާދަރ ލައިކް ސަން.” ޒަވިއަން ގޮށްމުއްކަވައިފައި މޭޒުގައި ޖަހާލަމުން ބުނެލިއެވެ. ލީވާނަށް އަނގަ ޗޭ ކޮށްލެވުނީ ޒަވިއަނަށް އެ ވީ ގޮތުންނެވެ.

“ކީކޭ؟” ލީވާން އަކުރުތަކަށް ދަމާލިއެވެ. “އަޒާ މަރާލީ މީނާގެ ބައްޕަ ރާވައިގެން. ބައްޕަގެ ރިސޯޓުތަކާއި ހޮޓެލްތަކަށް ވެރިވެގަންނަން. އެންމެ ކަޑައީ އެމީހުންނާއި ދެކޮޅަށް މައްސަލަ ކުރިއަށް ނުގެންދެވޭތީ. ކަމެއް ކުރިއްޔާ ބެހޭނީ މަންމަމެންނަށް. އެހެންވެ ވަރަށް ނޭނގޭ ގޮތަށް މި މީހުންނަށް ޖެއްސުން ކުރެވޭނީ. އެކަމަކު މި މައްސަލައިގަ އަހަރެން މަޑަކުން ނުހުންނާނަން.” ޒަވިއަން ތަފްސީލު ކޮށްލަދިނެވެ. ލީވާންގެ އަނގަހުޅުވުނެވެ.

“ވިޔަފާރިވެރިއަކަށް ވުމަކީ ހާދަ ނުރައްކާތެރި ކަމެކޭ. މިހާރު ވެސް ބިރުގަނެއްޖެ.” ލީވާން އެސްފިޔަ ތަޅުވާލައިފައި ލެޕު ނެގިއެވެ. “މިހާރު އެމީހުން ވާވަރު ކޮށްފި. އަހަރެންނަށް ވެސް ވަކި ބެހެން ނޭނގެނިއްޔެއް ނޫނޭ. މި ކަހަލަ މީހުންގެ މައްޗަށް ކިރިޔާ ވެސް ބާރެއް ހިންގޭނީ އެމީހުންގެ ސްޓައިލަށް ތަބާވެގެން” ޒަވިއަން ނުރައްކާތެރި ގޮތަކަށް ހީނލިއެވެ.

ޒަވިއަން ގެއަށް ދިޔައިރު އެގާރަ ޖަހައިފިއެވެ. ސިޑިން މައްޗަށް އަރައިފައި އޭނާގެ އަމިއްލަ ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ދިޔައީ އަޒާޔާގެ ކޮޓަރިއަށެވެ. ވަދެ ބޮކި ދިއްލާލައިފައި އޭނާ އެތެރެއަށް ނަޒަރު ހިންގާލިއެވެ. މީހަކު ނޫޅުނަސް އެ ތަން އަދިވެސް ހުރީ އަޒާޔާ އުޅުނު އިރު ހުރި ގޮތަށެވެ. އެއްވެސް ކުނިކޮޅެއް ހިރަފުސްކޮޅެއް ނެތުމުން އެ ތަން ސާފުކޮށް ބެލެހެއްޓުމަށް ދޭ ސަމާލުކަން ފާހަގަވެއެވެ.

އަޒާޔާގެ ސްޓަޑީ ޓޭބަލް ދޮށުގައި އިށީނދެ ޒަވިއަން އެ ތަނުގައި ހުރި ފޮތްތަކާއި އެއްޗެހި ހުޅުވާ ބަލަމުން ދިޔައެވެ. އަޒާޔާ މަތިން ހަނދާންވެ ޒަވިއަންގެ ލޮލުން ކަރުނަ ހިލުނެވެ. އެ ލޯބި އަންހެން ކުއްޖާގެ ބަދަލު އޭނާ މަރާލި ނަމައޭ ހިތަށް އެރިއެވެ. އޭރުން އަރީންގެ ހަމަހިމޭން ހަޔާތަށް އަނދިރި ހިޔަންޏެއް ނޭޅުނީހެވެ.

ކަބަޑު ހުޅުވާލައިފައި ޒަވިއަން އެތެރޭގައި ހުރި އެއްޗެހި ހާވާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެންމެ ބިއްދޮށުގައި ތާށިވެފައި ކަހަލަ ގޮތަކަށް އޮތް ސިޓީ އުރައެކެވެ. ވަރަށް ބަލައިގެން އޭނާ އެ ނެގިއެވެ. ކުރިން ނުފެންނަ އެއްޗަކަށް ވުމުން އެއީ ކޮން އެއްޗެއްތޯ ބަލަން ޒަވިއަން ހުރީ ކެތްމަދުވެފައެވެ.

“ދޮންބެއަށް؟” އޭނާ ސިޓީ އުރަ ކަނޑާލައިފައި ނެގި ކަރުދާސްގަނޑުގައި ވަނީ އެހެންނެވެ. ދުވަސްވުމުން އޭގެ ކުލަ ވެއްޓިފައިވިއެއް ކަމަކު އެހެން ގޮތެއް ވެފަކާ ނެތެވެ. އޭގައި ލިޔެފައި އޮތް އެއްޗެއް ބަލާލާ ހިތުން ޒަވިއަން އެ ގަނޑު ނިއުޅުވާލިއެވެ.

***

ލޯބިވާ ދޮންބެއަށް.

ކުރިން ވެސް މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކީމަ ދޮންބެ ރުޅި އައިމަ މި ސިޓީ ގަނޑެއް ލިޔަނީ. ދެން ސިޓީ ކިޔުމާއި ނުކިޔުމަކީ ދޮންބެގެ ކަމެއް. އެކަމު ކިޔާލިއްޔާ ރަނގަޅު.

ބުނަންތަ؟ ރީން އަކީ އެންމެ ޅަދުވަހުއް ސުރެ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ. ނިކަން ހިތްހެޔޮ ވާނެ. މޮޅުވާނެ. މުރާލިވާނެ. އެއީ ރީތިކަމާއި ސާދާކަމުގެ ފުރިހަމަ މިސާލެއް. އެއީ ދޮންބެ ދެކެ ތެދު ހިތުން ލޯބިވާ ކުއްޖެއް. އަޅުގަނޑު ބޭނުންވަނީ ވެސް މި ކަހަލަ ފަހަރިއެއް. އަނެއްކާ މި ހިސާބުން ކިޔާފަ ހުއްޓާލާނީއެއް ނޫން އިނގޭ. ޒައްކޮ މާ ވަރަކަށް ސިޓީ ލިޔާ ހިތަކުން ނޫނޭ މި ލިޔަނީ. ތި ބޯ ހަރު ދޮންބެއާ މި ވާހަކަ ދައްކަން ފުރުސަތެއް ނުދޭތީ. ޒައްކޮއަށް ވަރަށް ރަނގަޅަށް އެނގޭ އަންހެން ކުއްޖެއްގެ ވާހަކަ ދައްކައިފިނަމަ ދޮންބެ ހިތްހަމަނުޖެހޭނެކަން. ދެން އެތެރެއިން ‘އިނާރ ޕީސް، އިނާރ ޕީސް’ ކިޔާލަ ކިޔާލަ އިނދޭ. ކަންފޫ ޕެންޑާ ބެލީމެއްނު. އޭގަ އުޅޭ ޕޯ ގޮތަށް.

ބެކް ޓު ދި އޮރިޖިނަލް ސަބްޖެކްޓް. ޒައްކޮ ވަރަށް ބޭނުން ދޮންބެއާ ރީން ގުޅުވަން. ހަމަ ޔަޤީން އެކަހަލަ ކުއްޖެއް ދެކެ ދޮންބެ އަށް ކޮންމެވެސް ދުވަހަކުން ލޯބި ވެވޭނެކަން. އަހަރެން ދޮންބެއަށް އިތުބާރު ކުރަން ރީނަށް ދެރަ ގޮތެއް ނުހަދާނެކަމަށް. ކައިވެނި ކުރިއްޔާ އަބަދުވެސް އުފަލުގައި ބަހައްޓާނެކަމަށް. ދޮންބެ އަށް ވެސް އެނގޭނެ ޒައްކޮގެ އުންމީދަކީ ޕާޓީ ޕްލޭނަރަކަށް ވުން ކަން. އެގޮތުން ޒައްކޮ އެންމެ ބޭނުމީ ދޮންބެއާ ރީންގެ ކައިވެނީގެ ހަފްލާ ރާވާ ޑެކަރޭޓްކުރުމާއި ޙަވާލުވާން. އެ ހުވަފެން ޙަޤީޤަތަކަށް ހަދައިދެއްޗޭ.

އަދި އެއް ކަންތައް. ނަމަނަމަ ދޮންބެގެ އަލިފާން ރުޅިގަނޑު ރީންގެ ބޮލަށް ނުބާލާތި. ހެޔޮ ކޮންމެ ކަހަލަ ކަމަކާއި ކުރިމަތިލާން ޖެހުނަސް. ސޯ ޖަސްޓް ޑޯންޓް ފެއިލް އިން ދިސް. ދޮންބެގެ ސަބަބުން ރީންގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓުނަސް ރުޅި. ބަލައްޗޭ. ހަފްތާ އެއް ވަންދެން އެ ކުށް އިޙްސާސް ކުރުވަން ޖެއްސުން ކުރާނަން. އަނެއްކާ ޖެލަސް ނުވައްޗޭ ދޮންބެއަށް ވުރެ ރީން އިސްކުރިއްޔޭ ކިޔާފަ. އޯލްރައިޓް. އައިމް އޮފް. ދޮންބެ ދެކެ ވެސް ލޯބިވޭ. މައި ކަންފޫ ޕެންޑާ. ވެއިޓް. އެ ކަހަލަ ކެރެކްޓާރ އެއް ދޮންބެއަކަށް ނުގުޅޭނެ ދޯ. ދެން ސަލާމޭ. ޒައްކޮ މާ ވަރުބަލިވެއްޖެ. އެހެންވީމަ ދިވެހި ސިޓީ ލިޔުމުގެ ހުރިހާ ޤަވާޢިދުތައް އެޕްލައި ނުކުރެވޭނެ.

ރިޒަލްޓް ލިބުނު ދުވަސް (ކަލަންޑަރު ބަލާކަށް ވަގުތެއް ނެތް. މިހާރު ވަރަށް ކަންނެތް)

***

ސިޓީ ކިޔާ ނިމުނު އިރު ޒަވިއަންގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. “އަހަރެންނަށް މަޢާފުކުރޭ ޒައްކޯ. ޒައްކޮ ބުނިގޮތަކަށް ނޫން ދޮންބެ އަށް އުޅެވުނީ. ދޮންބެ ހިޔެއް ނުކުރަން ރީން އެހާ ކުރިއްސުރެ އަހަރެން ދެކެ ލޯބިވާނެ ކަމަކަށް. ރީންގެ ފުރިހަމަކަން މި ލޮލަށް ނުފެނުނީ ނަފުރަތާއި ރުޅީގެ ސަބަބުން. މިހާރު އެނގޭ ރުޅި އަކީ ކޮންޓްރޯލް ނުކުރެވިއްޖެއްޔާ އެ މީހެއްގެ ހަލާކުކަން. އައި ފެއިލްޑް ޔޫ. އަހަރެންނަށް އެ ކުއްޖާ އަށް ދެވުނީ ވޭން.” ޒަވިއަން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. މިހާރު އޭނާ ހިތާމަ ކުރެއެވެ. އެގޮތަށް އަރީނާއި މެދު ކަންތައް ނުކުރެވުނު ނަމައޭ ހިތަށް އަރައެވެ. ޙަޤީޤަތް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރެވުނު ނަމައޭ ހިތަށް އަރައެވެ. އެހެނަސް… ދެން ގަޑީގެ ކަށި ފަހަތަކަށް އަނބުރައެއް ނުލެވޭނެއެވެ.

ސިޓީ އުރަ ކަބަޑަށް ލައިފައި ޒަވިއަން އެ ކޮޓަރިން ނުކުތެވެ. އަމިއްލަ ކޮޓަރި އަށް ވަދެ އޭނާ ބޮކި ޖައްސާލިއެވެ. ސޯފާ އާއި ދިމާލަށް ބަލައިލެވުނީ އަދިވެސް އަރީން އެ ތަނުގައި އޮންނަހެން ހީވާތީއެވެ. އެއަށްފަހު ގޮސް ވޯޑްރޯބު ތެރެއަށް ވަނެވެ. ކޯޓު ބާލާ ކޮނޑެއްގައި އަޅުވާލުމަށް ފަހު އޭނާ ޓައި ނެގިއެވެ. ޓީޝާޓަކާއި ޓްރެކްޝޫޓެއް ނަގައިފައި އޭނާ ނުކުމެގެން ގޮސް ވަނީ ފާޚާނާއަށެވެ.

ނިދަން ތައްޔާރުވެގެން އައިސް ޒަވިއަން ގޮސް އޮށޯތީ ސޯފާގައެވެ. މި ހުރިހާ ދުވަހަކު އަރީނަށް ފުރުސަތެއް ނުދީ އަރާމުގަ އެނދުގައި ނިދިއްޖެއެވެ. ފޯނު ހާވާލައިފައި އޭނާ ވަދެލީ ވެޑިން ފޮޓޯސް ޖަހައިފައި އިން ފޯލްޑާއަކަށެވެ. އެއިން ފޮޓޯތައް ބަލަމުން ދިޔަ އިރު އަރީންގެ ރީތިކަން ފެނި އޭނާ ހުރީ ތަލިން ކުޅު ހިކޭ ވަރު ވެފައެވެ. ކައިވެނީގެ ހުދު ހެދުމުގައި ފަރިވެލައިގެން ހުރި އަރީން ހީވަނީ ވާހަކަތަކުން ސިފަކޮށްދޭ ކަހަލަ ޖާދުވީ ޕަރީއެއް ހެންނެވެ. މިހާ ފުރިހަމަ ކުއްޖަކު ގާތުގައި ހުރި ނަމަވެސް އެކަން ފާހަގަ ނުވުމުން ޒަވިއަނަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.

ހަވީރުގެ ވަގުތެވެ. ހުޅުމާލޭގެ މަގުތަކުގައި ޕެޓްރޯލް ކުރުމުގައި އިޙުސާނު އުޅުނެވެ. ފުލުސް ކާރު ދުއްވަމުން ދިޔައީ ޒައިނެވެ. ވަކި ހިސާބަކުން ސްޕީޑް ލިމިޓުން މައްޗަށް ދުވަމުން ދިޔަ ކާރެއް ފެނުމުން އެ މީހުންގެ މިސްރާބު ބަދަލުކޮށްލިއެވެ. މީހުންނާއި އުޅަނދުތައް އެހާ ގިނަ ވަގުތެއްގައި ބާރަށް ދުއްވުމަކީ އެކްސިޑެންޓް ވުމަށް މަގުފަހިވާ ކަމެކެވެ.

އެ ކާރު އެއްފަރާތަކަށް ހުއްޓާލުމުން އިޙުސާނު ކާރުން ނުކުތެވެ. އެ ކަޅުކުލައިގެ ކާރުގެ ވިންޑްސްކްރީނުގައި މަޑުމަޑުން ޖަހާލިއެވެ. ޓިންޓެޑް ގްލާސް ކަމުން އެތެރެ ސާފުކޮށެއް ނުފެނެއެވެ. އެ ސޮރަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނީ ޕެސެންޖާރ ސީޓުގައި އިން ނައުރީން ފެނިފައެވެ. މިއީ އޭނާ ގަސްތުގައި ޖައްސާލި ސްޓަންޓެއް ކަން އެނގުމުން ޑްރައިވަރާއި ދައްކަން ހުރި ވާހަކަތައް އަވަސްކޮށްލިއެވެ.

“ސެން. އަހަރެން ދައްކާ ވާހަކައެއް އެންމެ ފަހަރަކު ވެސް އަހާބަލަ.” ނައުރީން އިޙުސާނުގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ. “ނައުރީން! އަހަރެން ވަރަށް ސާފުކޮށް ބުނެފަ އޮންނާނީ އަހަރެންނަށް ނައުރީން ކަމުނުދާ ވާހަކަ. މިހާރު އަހަރެން މިއުޅެނީ އެހެން މީހަކާ ރައްޓެހިވެގެން. ނައުރީން ދެން އަހަރެންގެ މަތިން ހަނދާން ނައްތާލާ. އަހަރެންނަށް ވުރެ ރަނގަޅު މީހުން ނައުރީނަށް ލިބޭނެ.” އިޙުސާނު ނައުރީންގެ އަތް ނައްޓުވާލައިފައި ދުރަށް ހިނގައިގަތެވެ.

“ކަލޯ ހާދަ ނައްޓާފަ.” ބާރަށް ކާރުގެ ދޮރު ޖެހުމުން ސިހިފައި ޒައިނަށް ބަލައިލެވުނެވެ. “ރުޅިއަންނާނެއްނު އަބަދުހެން އަހަރެންގެ ސަމާލުކަން ހޯދަން އަންހެނަކު އުޅެންޏާ. ސުކޫލު އުމުރުން ފެށިގެން ރިޖެކްޓް ކުރަމުން އަންނަ އިރު ވެސް މަ ހަމަޖެހިލައިގެން އުޅުނަކަ ނުދޭ. އަޅެ ފަހެ ލޯބިނުވާ މީހަކާ ގުޅެނީ ކިހިނެއްތަ؟ މަ ލޯބިވާ މީހަ މަށަށް ފެނިއްޖެ. އެ ކަން ވެސް އަންގާލާފަ މިއައީ. ދެން ދިމާލަށް ނައިސްފިއްޔާ ރަނގަޅު.” އިޙުސާނު ފުން ނޭވާއެއް ބޭރުކޮށްލަމުން ބުނެލިއެވެ.

ކާރުގައި ނައުރީން ހުއްޓުން އަރައިފައި އިނދެވުނީއެވެ. އިޙުސާނު ޙަޤީޤަތުގައި ވެސް އެހެން މީހަކާއި ގުޅިދާނެކަން އޭނާއަށް ޤަބޫލުކުރަން އުނދަގޫވިއެވެ. މި ހުރިހާ ދުވަހަކު ނައުރީން އިޙުސާނުގެ ހިތް އަނބުރާލަން ކުރިހާ މަސައްކަތަކުން ކުޑަ ވެސް ރާޙަތެއް ނުކުރުމުން އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާގެ ބަދުނަސީބުކަން ހިތަށް އަރާ އަމިއްލަ ނަފްސަށް މަލާމާތް ކޮށްލެވުނެވެ. ބޮލަށް ބަރުވެ ރުޅިގަދަވެފައި ހުރުމުން ނައުރީން ޑްރައިވަރު ލައްވާ މުޅި މާލެ އާއި ހުޅުމާލެ ތެރޭ އެތައް ފަހަރަކު ބުރު ޖެހިއެވެ. އޭނާ އަނބުރާ ގެއަށް ދާން ޚިޔާލު ކުރީ ވެސް އަށެއް ޖެހި ފަހުންނެވެ.

ގޭގެ ބޮޑު ގޭޓު ތެރެއިން ވަދެ އަދި ބަގީޗާ ތެރޭގައި ވެސް ހިނގަން ޖެހުމުން ނައުރީނަށް ފާޑަކަށް ރުޅިއާދެވުނެވެ. ގޭތެރެއަށް ވަދެ އޭނާ ފުރަތަމަ ވެސް އެރީ ލިފްޓަށެވެ. ތިން ވަނަ ފުލޯ އަށް ފިތާލައިފައި އޭނާ އިސްޖަހާލިއެވެ. އަމިއްލަ ކޮޓަރި އަށް ވަދެ ދޮރު ތަޅުލައިފައި ނައުރީން އަތުގައި އޮތް ދަބަސް ހޫރާލިއެވެ. އެންމެ ފުރަތަމަ ވެސް އޭނާ ތަޅާ ބުރުވާލީ ޑްރެސިން ޓޭބަލް މަތީގައި ހުރި ސާމާނެވެ. ކިތަންމެ އަގުބޮޑު ސެންޓު ފުޅި ތަކާއި މޭކަޕް ސާމާނު ހުއްޓަސް އޭނާ އެ ތަކެތި ހަލާކު ކުރާކަށް ފަހެއް ނުޖެހެއެވެ. ބިއްލޫރިގަނޑުގައި ގުށްމުއްކަވާފައި ޖެހުމުން އެ ތަޅައިގެން ދިޔަ އަޑު އެ ތަނުގައި ގުގުމާލިއެވެ. އަތް ތުރުތުރު ލަމުން ދިޔަ ޙާލު މުޅި ކޮޓަރި އެފުއް މިފުށަށް ޖަހައިފައި ގޮސް ނައުރީން ބަންޑުން އެނދަށް ވެއްޓިގަތެވެ.

“ވައި؟ ޖަސްޓް ވައި ދަ ** ޔޫ ޗޯޒް އަނަދަރ ވުމެން. މަށަށް ވުރެ އެ މީހަކު ކިހާ ފުރިހަމަވީމަތަ؟ ސެން. އަހަރެން އެހާ ވަރަށް ލޯބިވާ އިރު ވެސް އެންމެ ފަހަރަކު ވެސް އެޓެންޝަން ނުދީ އެހެން މީހަކު ހޯދީ ކީއްވެތަ؟ އަހަރެންގެ ކިބައިގައި ކޮން ސިފައެއްތަ ނެތީ.” ބާލީހަކަށް މޫނު ކޮށްޕާލަމުން ނައުރީން ހަޅޭއްލަވައިގަތެވެ.

ލިފްޓުން ނުކުތް ނާއިލަށް ނައުރީންގެ ކޮޓަރިން އަޑުގަދަވުމުން އެ ދިމާލަށް ދިޔައެވެ. ފުރަތަމަ ޓަކި ޖަހައިފައި އޭނާ މަޑުކޮށްގެން ހުރީ ނައުރީން ހުޅުވާންދެކަށެވެ. ނައުރީން ދޮރު ނުހުޅުވުމުން ނާއިލް އެތެރެއަށް ވަނެވެ. ކޮޓަރިއަށް ޖައްސައިފައި އޮތް ޙާލު ފެނި ނާއިލަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އެނދަށް ވެއްޓިގަނެފައި އޮތް ނައުރީންގެ ގާތުގައި އޭނާ އިށީނެވެ.

“ދޮންތީ. ކިހިނެއް ވީތަ؟ މީހަކު ކަމެއް ކުރީތަ؟” ނާއިލް އެހިއެވެ. ނައުރީން އުއްޑުން ޖެހުނީ ދެނެވެ. “ނާއީ. ދޮންތިގެ ސެން. ސެން އެހެން މީހަކާ ރައްޓެހިވެއްޖެ. އޭނާ މި ދިހަ އަހަރު ތެރޭ އަހަރެންނަށް ކުޑަވެސް ފުރުސަތެއް ނުދޭ. ހާދަ ހިތް ހަރޭ.” ނައުރީން ރޯން ފަށަމުން ބުނެލިއެވެ. “އެހެންތަ؟ އަދި ކިރިޔާނުން ރައްޓެހިވީ. ކޮންމެވެސް ގޮތަކުން އެ ރިލޭޝަން ހަލާކުކޮށްލަން ވީނުން. ކޮއްކޮ ހެލްޕް ވާނަން.” ނާއިލް ނައުރީންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. އެހެން ބުނުމުން ނައުރީން ހުރެފައި ފަހަތަށް ޖެހުނެވެ.

“އޭރުން ސެން އިތުރަށް އަހަރެން ދެކެ ރުޅި އަންނާނެ. އެކަން ކުރާނެ ކަމެއް ނެތް.” ނައުރީން ވަގުތުން ދެކޮޅު ހެދިއެވެ. ނާއިލް އެއަށްފަހު ނައުރީން ހެއްވާލެވޭތޯ އެހެން ދިމާލަކަށް ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. އެހެނަސް ނައުރީންގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ނުލިބުނެވެ.

“ދެން ހެވޭ. ނުކުމޭ. އަހަރެން ފެންވަރަން ވެއްޖެ. ކޮންމެވެސް މެއިޑެއް ފޮނުވާލަދީބަ މިތަން ސާފު ކުރަން.” ނައުރީން ތެދުވެގެން ހިނގައިގަތީ ނާއިލްގެ ވާހަކަތަކުން އިތުރަށް ބޮލަށް އުނދަގޫ ވުމުންނެވެ.

ނައުރީން ފެންވަރާ ތާޒާ ވެލައިގެން ނުކުތް އިރު ކޮޓަރި ހުރީ ސާފު ކޮށްފައެވެ. ދޫ ހޫޑީއަކާއި ޓްރައުޒާއެެއް ލުމުން އޭނާ ގަޔަށް އަރާމެވެ. ހިތް އުދާސްވެފައި ހުރުމުން ނައުރީން ގުޅާލީ ލީވާނަށެވެ. އޭނާގެ ނަފްސަށް ބުރަވެއްޖެނަމަ އަބަދުވެސް ހިތްހަމަޖައްސާލަން އެނގޭ މީހަކީ ލީވާނެވެ. އޭނާގެ އެދުމަކަށް ވަރަށް މަދުން ނޫނީ ލީވާން އިންކާރު ކޮށްފައެއް ނުވެއެވެ. ބުނި ކަމެއް ކޮށްދޭން ހުންނާނީ ތައްޔާރަށެވެ. ފިރިހެނަކަށް ވިޔަސް އެ ކަހަލަ އެކުވެރިއެއް ލިބުނުކަމަށް ނައުރީން ޝުކުރުވެރިވެއެވެ.

ލީވާން އައިސްފައި މެސެޖް ކުރުމުން ނައުރީން ބޭރަށް ނުކުތެވެ. އޭނާ ގޮސް އެރީ ލީވާންގެ ކަޅުކުލައިގެ ކާރުގެ ކުރީ ސީޓަށެވެ. “ހިނގާބަލަ އާރޓިފިޝިއަލް ބީޗަށް.” ސީޓު ބެލްޓު އަޅުވާލަމުން ނައުރީން ބުނެލިއެވެ. ލީވާން އިތުރު އެއްޗެއް ނުބުނެ ކާރު ދުއްވާލިއެވެ. އެ ހުރީ ކޮންމެވެސް ކަމަކާ ދެރަވެފައި ކަން އޭނާއަށް ނައުރީންގެ މޫނަށް ބަލާލުމުން އެނގުނެވެ. ދެން އާރޓިފިޝިއަލް ބީޗަށް ދާން ބުނުމުން އެ ހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައި ކަން ޔަޤީންކުރެވުނެވެ. ނައުރީން އަބަދު ވެސް ކަމަކާ ދެރަވިޔަސް ހިތް ނުތަނަވަސް ވިޔަސް ދަނީ އާރޓިފިޝިއަލް ބީޗަށެވެ. ހާސްވެފައި ހުރުމުން ދޭތެރެއަކުން ލީވާން ނައުރީނަށް ކަޅިއެއް އެއްލައެވެ.

ކާރު ޕާކު ކޮށްފައި ދެމީހުން އެއިން ފޭބިއެވެ. ހިނގާލައިފައި އާރޓިފިޝިއަލް ބީޗުތެރެއަށް ވަދެގެން ދިޔައިރު ވެސް ލީވާންގެ ތޫނު ނަޒަރު އަމާޒުވެފައި ހުރީ ނައުރީނަށެވެ. މިއިން ކަމެއް ރެއަކާ ނުލާ ހާލު ނައުރީން ހިނގައިފައި ގޮސް އިށީނީ ހިލަތައް ކައިރީގައި ހުރި ބެންޗެއްގައެވެ. ހަނދުގެ އަލިކަން ފެތުރިފައިވީ އިރު އެ ދިމާ ފެންނަނީ ނިކަން ހުވަފެނީ ގޮތަކަށެވެ. ޖެހިލާ ފިނިފިނި ވައި ރޯޅިތަކުން ނަފްސަށް ހަމަޖެހުން ލިއްބައިދޭނެކަން ގައިމެވެ.

“ކިހިނެއްވީ؟” ލީވާން ނައުރީނާއި ޖެހިގެން ބެންޗުގައި އިށީންނަމުން އެއްސެވެ. ނައުރީން މިއަދު ކަންތައް ވެގެން ދިޔަ ގޮތް ތަފްސީލުކޮށްދިނެވެ. ވާހަކަ ދައްކަމުން ދިޔަ އިރު ނައުރީނަށް އިރުއިރުކޮޅާ ނޭފަތް ދަމާލެވެއެވެ. އެ ލޮލުން ކަރުނަ އޮހޮރެމުން ދިޔަ ގޮތުން ވެސް ލީވާންގެ ހިތަށް ތަދުވިއެވެ. ނައުރީންނަށް ހިތް ފުރޭންދެން ރޯލުމަށް ލީވާން ފުރަތަމަ ފުރުސަތު ދިނެވެ. އެއަށްފަހު ނައުރީން ހިތްހަމަ ޖައްސަން އޭނާ ތަފާތު ވާހަކަ ދައްކަން ފެށިއެވެ.

“ހެހެހެ. ވާން ތެރަޕިސްޓަކަށް ވުރެ ކުޅަދާނައެއްނު. އެހާ ވެސް ބޮލަށް ލުއި ވެއްޖެ މިހާރު.” ނައުރީން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ނައުރީންގެ މޫނުމަތި އުޖާލާވުމުން ލީވާނަށް ހީނލެވުނެވެ. “ނޫރީއަށް ރަނގަޅެއްނު. ތި ބުނާ އިޙުސާނެއް ހޯދާފަ ލެކްޗަރެއް އަޅާލަންވީ. ދައްކަބަލަ އޭނަގެ ފޮޓޯއެއް.” ލީވާން ބުނެލިއެވެ. މި ހުރިހާ ދުވަހެއް ވެގެން ދިޔަ އިރު ވެސް ލީވާނަށް އެ ސޮރެއްގެ އަސްލު ތަފްސީލެއް ނޭނގެއެވެ. ނަމުގެ އިތުރުން އެނގެނީ އެއީ ހަމައެކަނި ފުލުހެއް ކަމެވެ.

“އޯހް. އަހަރެންގެ ލައިފް ސްޓޯރީ އެކަށް ކިޔައިދިން އިރު ސެންގެ ފޮޓޯއެއް ހާ ހިސާބު ވެސް ދައްކާ ނުލާ ދޯ މި އުޅެނީ. ވަރަށް ރީތި މީހެއް އެއީ. ފެނުނީމަ އެނގޭނެ އަހަރެން އެހާ ބޮޑަށް އެ ސޮރަށް ފޯލް ވީ ކީއްވެގެން ކަން.” ނައުރީން ފޯނު ނަގާ ހުޅުވާލިއެވެ. ލީވާން ކެތްމަދުވެފައި އިނީ އެއީ ކާކުތޯ ބަލަން ބޭނުންވެފައެވެ. ނައުރީން ފޯނުގެ ސްކްރީން ދައްކާލުމުން އެ ސޮރަށް ވީގޮތެއް ވެސް ނޭނގުނެވެ. ދެލޯ ބޮޑުކޮށްލެވި އަނގަ ޗޭ ކޮށްލެވުނެވެ. ނައުރީންގެ އަތުން ފޯނު ނަގާ އެހެން ފޮޓޯތައް ބަލައިލީ މި ފެންނަ އެއްޗެއް ޤަބޫލުކުރަން އުނދަގޫ ވުމުންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ތި ސޫރަ ނޫން 45

Next

ވަޢުދޭ ވެވޭމީ 16

Next
February 14, 2026

ވަޢުދޭ ވެވޭމީ 16

Previews
February 13, 2026

ތި ސޫރަ ނޫން 45

22 Comments!

  1. R@@jihà🧕 says:
    February 14, 2026 at 11:48 am

    Finally

    1. White rose White rose says:
      February 14, 2026 at 11:58 am

      Hehe, yeaa enme fahun kiyaalan libijje
      Shukran R@@jiha🧕 ✨ ✨

  2. Your fav bab Your fav bab says:
    February 14, 2026 at 11:51 am

    Haaadha inthizaarakah fahuga ey dhw😭😭
    Vrh reethi mi part ves!!
    Naail alhe vasavaas dheyn hunna ibbe akah vure neba ehnu!
    Azaa ge e writing kolhu dhw😭 ah miss her so much!!
    Leevan haadha molhey dhw aga chey kuran ves😂 then nau kairee buney isse is taken by a literal WOMEN ey! Jehunuhaa girl akah isse ehen nulibeyne ey!
    Next Friday ga thr?
    Lysm💗💗

    1. White rose White rose says:
      February 14, 2026 at 7:00 pm

      I miss her too
      Hehe, leevan maa bodah shock vee ehnu 🤣🤣
      Thats true, isse libeyni sumee kahala strong kujjakah
      No, Monday ga submit kohlan kamah
      Shukran Your fav bab ✨✨
      Lyt darl 🫶🏻🫶🏻

  3. Diva_gurly says:
    February 14, 2026 at 11:53 am

    Wow very intresting
    Naail is such a bad person
    Zev mihaaru eba kuhveri kurey dho ammihla nafs
    Mibai ves varah salhi
    Whn nexttt???

    1. White rose White rose says:
      February 14, 2026 at 12:00 pm

      Aan, naail vrh goas
      Yeaa, zev regrets his actions a lot
      IA next Monday
      Shukran Diva_gurly ✨✨

  4. Uk me says:
    February 14, 2026 at 12:39 pm

    Monday? Yayyyyyyyyyy

    1. White rose White rose says:
      February 14, 2026 at 1:56 pm

      Yes Inshaallah
      Shukran Uk me ✨✨

  5. 🌺 says:
    February 14, 2026 at 1:32 pm

    Finallyyyy yayayay

    1. White rose White rose says:
      February 14, 2026 at 1:57 pm

      Shukran 🌺 ✨✨

  6. Miss jennie says:
    February 14, 2026 at 1:39 pm

    Mi part ves varah reethi. Hehe naureen ge sen is ihusaan sumayya ge ummathul vabaa. Naail sister naureen akee? Naail is so evil. Naureen is not like that. Hehe leevaan has fallen for naureen? Curiously waiting for next part???

    1. White rose White rose says:
      February 14, 2026 at 2:00 pm

      Yes naail ge dhontha naureen akee.
      Naureen ehaa goas noon kamee ves hama naseebeh
      Leevan fall vejje hen dhw heevany
      Shukran Miss jennie ✨✨

  7. Shiu says:
    February 14, 2026 at 1:40 pm

    Finalllyyyy,kiyaalan libijje, I’ve been waiting since yesterday.. Mi part vx varah Reethi Masha Allah….
    Allheyyy, Zev Anekka moya kameh nukuraathi, rulhi aisgen 😑 Zev ah vx miraahu reen dheke Loabi vevuny thwche dhw?? Azaa ge dream Bai kiyaafa varah dhera vejje, she just wanted Reen and Zev ge wedding plan kuran,🥺 Man, Azaa Maraali meeha maraalan v huvaa dhn 😭 Naureen Adhives Issey ge fahathun dhw 🤦‍♀️ Naail dhn v amilla dhattha ah vx nubai naseyhai dheegen dhemeehun dhuru kurvan dhw. Kihaa dhera kameh dhn Naail akaa hedhi,😤 Mihaaru Eyna aaa hedhi Zev and reen ge dhiriulhun mulhin halaak. Alhey Leevaanooo, Adhi Naureen thi beyfulha dheke vx Loabi vaane thwche, thihuree viyya rangalhu Kan,hehe 😅 Leevan ge reaction is priceless 🤣 When Next?? Curiously waiting for the next part… Appreciate your hard work 🥰
    Lyssm 🤍

    1. White rose White rose says:
      February 14, 2026 at 2:04 pm

      Zev ah ehaa avahah reen dheke loabi veveynetha?
      Dhww, she could have been a great party planner 🥀🥀
      Naail rangalhu naseyhatheh dheyne tha 😒 😒
      Thi bunaahen leevan is so goood to her
      IA next Monday ga submit kohlaanan
      Shukran Shiu ✨✨✨
      Lyt darl 🫶🏻🫶🏻🫶🏻

  8. Anonymous says:
    February 14, 2026 at 3:53 pm

    Finally mi part kiyaalan libijje!
    Axaa ge letter kiyaafa Xev ah vrh asaru kohfi dhw. I miss Axaa a lot Xev and reen ge bai thah kiyaa iru😢😢💔
    Naail that bad devil. Adhabu ulhenee konme ves meehakah dhera eh dhevey tho😠😤😡
    Make Naureen fall for Leevaan plzzz
    Whn nxt????
    Luv u

    1. White rose White rose says:
      February 14, 2026 at 5:28 pm

      Yeaa, Xev mihaaru e ulhenyy intense level regret phase ga
      Same, I miss that kind sweet girl 🥀🥀
      Ehenney, vrh undhagoo bodu firiheneh mi Naail akee 😒😒
      It depends on naureen 😅😅
      IA next Monday
      Shukran Anonymous ✨✨
      Lyt darl 🫶🏻🫶🏻

  9. Aisha says:
    February 14, 2026 at 5:16 pm

    Vrh reethi ♥️♥️.. leevan ah nauree kurin nufenanee tha nooney handhaan nethifatha?

    1. White rose White rose says:
      February 14, 2026 at 5:29 pm

      Meege aharu thakeh kurin skl in fenifa ehnu hunnnaany, maybe he doesn’t remember 🤔🤔
      Shukran Aisha ✨✨

  10. mary says:
    February 14, 2026 at 8:05 pm

    nice

    1. White rose White rose says:
      February 14, 2026 at 8:50 pm

      Shukran mary ✨✨

  11. ^-^ says:
    February 14, 2026 at 11:06 pm

    Next part ga hope reen n zev ge baeh kiyaalan libeynekamh btw this story is absolutely perfect n hama keih nuvey nxt part kieyne irakah
    😃😃✨✨

    1. White rose White rose says:
      February 14, 2026 at 11:22 pm

      So glad to hear that ☺️☺️
      Shukran ^-^ ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 45←


All Right Reserved!