Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 43

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
February 9, 2026 8 Mins Read
64 Comments

އެލާމުގެ އަޑަށް ޒަވިއަން އެނދުން ތެދުވިއެވެ. ރޭގައި ރަނގަޅަށް ނުނިދޭތީ އޭނާގެ ދެލޯ ކައިރި ވަނީ ކަޅުވެފައެވެ. ސޯފާ އާއި ދިމާލަށް ބަލަން އިރުކޮޅަކު އޮވެފައި އޭނާ ތެދުވިއެވެ. ކޮޓަރީގެ ކޮންމެ ދިމާއަކަށް ބަލައިލިއަސް އޭނާގެ ހަނދާނަށް އަންނަނީ އަރީނެވެ. މި ހަތަރު ފާރު ތެރޭ ހުރެ އޭނާ އަރީނަށް ގޯނާ ކުރި ގޮތެވެ. އެއިން އެންމެ ފަހަރަކު ވެސް އަރީން އޭނާ އާއި ޖަދަލުކުރަން މަސައްކަތް ނުކުރާ ކަމެވެ. ފިރިއެއްގެ ހައިސިއްޔަތުން އަރީނަށް އަދާކޮށްދޭން ޖެހޭ ޙައްޤުތައް ޒަވިއަން ފުރިހަމައަށް އަދާނުކުރިއެއް ކަމަކު އަރީން ޒަވިއަންގެ ޙައްޤުތައް އަދާކޮށްދިން ހަނދާނެވެ. “މީ އެންޑް މައި ޑޭމްން ޓެމްޕާ” އަމިއްލަ މޭގައި އަތުން ޖަހާލަމުން އޭނާ ގޮސް ފާޚާނާ އަށް ވަނެވެ.

ފަތިސް ނަމާދަށް ދާން ތައްޔާރު ވެގެން ޒަވިއަން ގެއިން ނުކުތެވެ. ސައިކަލަށް އަރައިފައި އޭނާ އެ ދުއްވާލީ ކައިރި މިސްކިތަށް ދާށެވެ. ޖެހެމުން ދިޔަ ފިނިފިނި ވައި ރޯޅިތަކުން އޭނާގެ ބޮލުގެ ރިހުން ލުއިވެގެން ދިޔައެވެ.

ނަމާދަށް ފަހު ކަސްރަތު ކުރަން ދިއުމުގެ ބަދަލުގައި ޒަވިއަން ސައިކަލު ދުއްވަމުން ދިޔައެވެ. ހައިވޭ ހުރަސްކޮށް ބްރިޖަށް އެރިއިރު ވެސް އެ ސިކުނޑީގައި އެތައް ޚިޔާލެއް ދައުރުވަމުން ދިޔައެވެ. ބުރިޖުން މާލެ ފޭބި ވަގުތު އެ ލޮލުގައި ލޮނުޒިޔާރަތް ޕާކު އަޅައިގަތުމުން ސައިކަލު ހުއްޓާލެވުނެވެ. އަދި ރަނގަޅަށް އިރު ނާރާތީ އެހާ އައްޔެއް ނޫނެވެ. އެ ތަނުގައި ކުރިން ކަމެއް ހިނގިކަން ޔަގީންކަމާއި އެކު އެނގޭތީ ސައިކަލުން ފައިބައިފައި ކުރިއަށް ހިނގާލިއެވެ. ޒަވިއަނަށް ހަނދާން ކުރަން އުޅުނު ކަންތައް ވިސްނުމަށް އައީ ވަކި ހިސާބަކުން ދަގަނޑު ފެންސެއް ފެނުމުންނެވެ.

“އަހަރެންނަށް އެ ފިރިހެނާ އަށް އަދި ރަނގަޅު އަދަބެއް ނުދެވޭ. ކީއްވެބާ އެ ރޭ ރީން ކިޑްނެޕް ކުރީ. ވަރަށް ރީނާއި ހެދި ވެފަ ހުރެގެން އެރޭ އެއްޗެހި ކީ. އެކަމަކު ދެވަނަ ފަހަރަށް ފެނިގެން ތާ ފޮޓޯ އެއް ނަގައިގެން ވިޔަސް އިލެވެން ލައްވާ ކާކުތޯ ބެލޭނީ. ސެކްސައިން ކަހަލަ ޑްރަގެއް ބޭނުން ކުރި މީހަކަށް ވިއްޔާ ރީން ވާނީ ނުރައްކަލެއްގެ ތެރޭގައި.” ޒަވިއަން އެ ފެންސު މަތީގައި އަތް ހިންގާލިއެވެ. އޭނާ އަނބުރާ ސައިކަލަށް އެރީ އިރުކޮޅަކު އެ ތަނުގައި ހުރެފައެވެ.

ފަތިސް ނަމާދަށް ހޭލައިފައި އަރީން ސުމައްޔާ އަށް ގޮވިއެވެ. މޯޅިއަކަށް ދެމިލަމުން ސުމައްޔާ ތެދުވުމުން އަރީން ގޮސް ފާޚާނާ އަށް ވަނެވެ. މޫނު ދޮވެ ވުޟޫކޮށްލައިގެން ނުކުމެ އަރީން ނަމާދަށް އަރަން ތައްޔާރު ވެލިއެވެ. އޭނާ ނަމާދު ކުރަން ފެށީ ސުމައްޔާ އައުމުން އޭނާ އާއި އެކުގައެވެ. ދެ މިތުރުން ނަމާދުކޮށް އަވަދިވުމުން ތެދުވިއެވެ.

“ދެން ދަނީ. އޮފީހުގައި ބަލައިގެން އުޅެއްޗޭ. އެ ނާއިލް ޑެވިލް އާއި ވީހާ ވެސް ދުރުދުރުން އުޅެވޭތޯ ބަލާތި.” ސުމައްޔާ އަރީންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އަރީން ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ގިނަ ދުވަސްތަކާ ޚިލާފަށް މިއަދު އެ ހިނިތުންވުމުގައި ވަނީ ހިތްހަމަޖެހުމެވެ.

ސުމައްޔާ ދިއުމުން އަރީން އުޅުނީ ލޯވް ފާރމަށް ދާން ތައްޔާރު ވާށެވެ. އެއަށްފަހު ފޮށި ނަގާ އަންޕެކް ކޮށްފައި އެ ތަން ހަމައަކަށް އަޅުވާލިއެވެ. ކޮނޑުގައި ދަބަސް އަޅުވާލައިފައި ހެނދުނު ކެއުމަށް އޭނާ ދިޔައީ ހޮޓެލްގެ ރެސްޓޯރެންޓަށެވެ.

ފުލުސް ތޮފި އަޅާލަމުން ސުމައްޔާ އެޕާޓްމަންޓުން ނުކުތެވެ. ސިޑިން ތިރިއަށް ދާން ބޭނުންވެފައި ހުރުމުން އޭނާ ސިޑި ގޮޅިއާއި ދިމާލަށް މިސްރާބު ޖެއްސެވެ. އެތަނުން ތިރިއަށް ދުވެފައި ފައިބައިގެން ދިޔަ އިރު ބިރެއްގެ ކަންފުޅެއް ވެސް ނެތެވެ. މިއަދު ވެސް އޭނާ ފުލުސް ސްޓޭޝަނަށް ދާން މިސްރާބު ޖެހީ ފައިމަގުގައެވެ.

“އަރާ.” އިޙުސާނު ސުމައްޔާގެ ކައިރިއަށް ކާރު ހުއްޓާލަމުން އެއް ފަރާތު ބިއްލޫރިގަނޑު ތިރި ކޮށްލަމުން ބުނެލިއެވެ. ރައްޓެހިވިފަހުން ކޮންމެ ދުވަހަކު މިހެން އެ ސޮރު އަންނާނެއެވެ. ކޮންމެ ފަހަރަކު ވެސް ސުމައްޔާ ކުރާނީ އިންކާރެވެ. “ބްރޯ ދޭބަލަ. މަ ހިނގައިފައި ދަނީ ކަސްރަތަށޭ. އެހެން ނޫނަސް ބައްޕަ އަށް ފެނިދާނޭ.” އަބަދު ވެސް ދޭ ރައްދު ހަމަ އެ ރާގުގައި ސުމައްޔާ ދިނެވެ.

“އެންމެ ދުވަހަކު ތި ކަސްރަތު ނުކޮށްލިޔަސް ގޮތެއް ނުވާނޭ. ދެން ބައްޕަ ދޯ. ހިނގާބަލަ ބުނަން. އަހަރެން ބޭނުމޭ މެރީ ކުރަން.” އިޙުސާނު ބުނެލިއެވެ. ސުމައްޔާ ދެލޯ އަޅާލިއެވެ. މަގުމަތިން ހިނގާފައި ދިޔަ އެހެން މީހުންނަށް އިވޭ ވަރަށް ބުނުމުން ދެން ލަދު ނުގަނެ ހުންނާނެ ހެއްޔެވެ؟

“ޝަޓް އަޕް. މީހުންގެ ތެރޭ ތިހާ ބާރަށް ތިހެން ނުކިޔަބަލަ. އެހެންޏާ ވެސް ބުނާހެން މަޑުމަޑުން ބުނެވިދާނެއްނު.” ސުމައްޔާ އިޙުސާނުގެ ކާރު ކައިރިއަށް ޖެހިލަމުން ވައި އަޑުން ބުނެލިއެވެ. “އޯހް. އެ ދޯ ބޭނުންވި ޓްރިކަކީ. ހާދަ ދުވަހަކުންނޭ އެނގޭ ވަރު މިވީ.” ފުރަތަމަ ވައި އަޑުން އެ ސޮރު ބުނެލިއެވެ. ސުމައްޔާ މޫނުގައި އަތް އަޅާލިއެވެ. ބޯ ހޫރާލައިފައި އޭނާ ކުރިއަށް ހިނގައިގަތެވެ.

“އައި ލަވް ޔޫ.” އެ ހިސާބަށް އިވޭ ވަރަށް އިޙުސާނު ބުނެލިއެވެ. ސުމައްޔާ އަށް ސިހިފައި ބަލައިލެވުނެވެ. އޭރު އެ ހިސާބުގައި ތިބިހާ ބައެއްގެ ނަޒަރުތައް އޭނާ އަށް އަމާޒުވެފައި ހުއްޓެވެ. ސުމައްޔާ ގަތް ލަދުން ބިން ފަޅައިފައި އަޑިއަށް ދެވޭނެ ނަމައޭ ހިތަށް އެރިއެވެ. އެ ސޮރު ދެވަނަ ފަހަރަށް އެއްޗެއް ބުނަން ވާއިރަށް އޭނާ ގޮސް ކާރަށް އަރައިފިއެވެ. އިޙުސާނު ހިނިގަނޑެއް ޖަހާލަމުން ބިއްލޫރިގަނޑު މައްޗަށް ދަމާލިއެވެ. މި ފުރުސަތަށް ބަލަބަލާ ހުރި ސުމައްޔާ އިޙުސާނުގެ ކަނދުރާގައި އަޅުވާ ދަމާލިއެވެ. “އައްދިޔޯތް. ސަންތީ. މަ މަރުވެދާނޭ. ދޫކޮށްލާ.” އިޙުސާނު އާދޭހުގެ ރާގަކަށް ބުނެލީ އެ އަތް ނައްޓާލަން މަސައްކަތް ކުރަމުންނެވެ.

“ދެން ވެސް މަ ލަދުނުގަންނަވާތި. ސަންތިއޯ މިހާރު އަނެއްކާ އަހަރެންނަށް އިތުރު ވައްތަރު ވައްތަރުގެ ނަން ހަދަން ފެށީތަ؟” ސުމައްޔާ އިންޒާރުގެ ނަޒަރެއް ދީފައި އިށީނދެ ސީޓު ބެލްޓު އަޅުވާލީ ހިތްހަމަޖެހޭ ވަރު ވުމުންނެވެ. “އެއީ ލޯބިންނޭ. ފަތަފޮޅިއަށް ވުރެ ސޫމޯ އަށް އެ ނަން ކަމުދޭ ދޯ. ސޫމޯ ދި ސަންތި. އާނ. އަހަރެންގެ މީހަކަށް ވީމަ ދެން ޚާއްޞަކޮށްލަން ކިޔާނީ ސަންތި.” އިޙުސާނު ކަނދުރާގައި ފިރުމަމުން ލާނެތް ރާގަކަށް ބުނެލިއެވެ. ސުމައްޔާ ކަޅި އަނބުރާލަމުން ތުން އޫކޮށްލައިފިއެވެ.

“ރީން ކިހިނެއް.” އިޙުސާނު ސުވާލެއް ކޮށްލީ އިރުކޮޅެއް ފަހުންނެވެ. “މިހާރު ހަމަ ބަރާބަރު. އެ އީވިލް ޖާރކްގެ ކިބައިން ސަލާމަތްވެގެން ގެއިން ނުކުތީ ވިއްޔާ. ހާދަ ހިތަށް ފަސޭހަ ވިއޭ ފުރަތަމަ ފަހަރަށް ރީން އަމިއްލަ ނަފްސު ދިފާއު ކުރީމަ. އެކަމަކު މައްސަލަ އަކީ އެ ވަރުން ވެސް އެ މައްސަލަ ހުށަހަޅަން ދެކޮޅު ހެދީމަ. އަޅެ އެ ފިރިހެނާ އަށް ހެޔޮ ވިސްނުމެއް ލިބެނީ މިހާ ވަރު ކޮށްގެންތަ؟” ސުމައްޔާ ވާހަކަ ދައްކަމުން ގޮސް ދެއަތް މުއްކަވާލެވިއްޖެއެވެ.

“ހަމަ ދުނިޔޭގެ ހަތް އަޖައިބު ތެރޭ ހިމަނަން ޖެހޭ ވަރުގެ ހިތް ތިރި މަންޖެއެއް ދޯ. ޒެވް ނަފްރަތުގެ ބާބެއް ލިޔަމުން އެ ފަކީރަށް ހުރިހާ ރޯޅިއެއް އެ ބޭލީ. އޭނާ އަށް އަޒާޔާގެ ޤާތިލުންނަކީ އެހެން ބައެއް ކަން ޤަބޫލުކުރެވުނީ ހެއްކާއި އެކު ދެއްކީމަ އޯ. ހެކި ވެސް ހުރި އިރު ކީއްވެގެން ބާ ޒިޔާދުބޭ މެން އެ މައްސަލައިގަ ނުހިފީ. ގައިމު އަމިއްލަ އަންހެން ދަރި ވިއްޔާ. އިންސާފު ހޯދަން މަސައްކަތް ކުރިއްޔާ ކީއްތަ ވާނީ.” އިޙުސާނު ބުނެލިއެވެ.

“އުންމަތުލް ވަބާ! އެއީ ބްލޫ ވޯޓާސް އޭ. އެ ބީޑަބްލިއު ގޭންގަކީ ވަރަށް ނުރައްކާތެރި ބައެކޭ. މި ކަހަލަ ލާއިންސާނީ ކަންކަން ރާވާ މީހުންނެއް ނޫނޭ އަސްލު ކަންތައް ކުރާނީ. ކިހާ ބޭކާރު ކަމެއްތަ މިނިއަންތައް ގޮޅިއަށް ލުމަކީ. އޭރުން އަނެއްކާވެސް އެހެން ބަޔަކު ހޯދާފަ ދެގުނަ ބޮނޑި އަޅާލާނެ. ދެން ދިރި ތިބި މީހުންނަށޭ އެމީހުން އަމާޒު ކުރާނީ. ފުރަތަމަ ޖެހޭނީ ބަރުދަން ހުރި ހެކި ހޯދަން. އެއީ އަދި އެހެން ލެވެލް އެއްގެ ކްރިމިނަލްސް ތަކެކޭ. ހަނދާން އެބަހުރިތަ އާރބަން ޑިވެލޮޕާސް މަތިން. އަހަރެމެން ފަހެއްގަ އުޅެނިކޮށް އިނދަ ޖެހުނު ވިޔަފާރިއެއް. އެ މީހުން ބްލޫ ވޯޓާސް އަށް ގޮންޖެހީމަ އެ ތަނުގެ ވެރިޔާގެ އަންހެނުން މަރާލާފަ، އެއް ދަރި ފްރޭމްކޮށް އުމުރަށް ޖަލަށް ލާފަ، އަނެއް ދަރި އަދިވެސް ކޯމާއެއްގަ ކަންނޭނގެ. ދެން އެ ޗެއާރމަން ދޯ. އޭނާ ޕެރަލައިޒް ވާ ވަރު ކޮށްފަ ދޫކޮށްލީ. ޖަލަށް ލެވުނު އެމީހުންގެ މިނިއަންތައް މިހާރު އުޅެނީ ކިހާ މިނިވަންކަމާއި އެކުގަތަ؟” ސުމައްޔާ އިޙުސާނު އިސްބޯދަށުގައި އަޅުވާލަމުން ބުނެލިއެވެ.

“އަތް އިސްނުކޮށް ވެސް ބުނެވިދާނެއްނު. ކިހިނެއް ސޫމޯ އަށް ތި ހުރިހާ ކަމެއް އެނގެނީ؟” އިޙުސާނު ކުޑަކުއްޖެއް ހެން އަނގަ ހަދާލަމުން ބުނެލިއެވެ. “ސޮރީ މައި ކްރައިބޭބީ. ތަން ކޮޅެއް ބޮޑު އެއްޗެއް ދޯ މި ބުނެވުނީ. ބްރޯ އަތުން އަހަރެން ކޯޑެއް ޖަހައިގަނެފައި ޕޮލިސް އިންޓެލް އަށް ހެކް ކޮށްލީ މި ކަމުގައި. އެ ބްލޫ ވޯޓާސްގެ ބާރު ނައްތާލަން. މިހާރު ޕަޒްލްގެ ބައެއް ޕީސްތައް ހޯދިފަ މި މައުލޫމާތު އެނގޭ. އަދިވެސް ހެކި މަދީ. ނުބުނާތި އެހެން މީހެއް ކައިރީ. ވަރަށް ސިއްރިޔާތުގައި މިކަން ކުރަން ޖެހޭނި.” ސުމައްޔާ އިޙުސާނުގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

އަބާޔާއެއްގެ ބަދަލު މިއަދު އަރީން ލައިގެން ދިޔައީ ކަކުލުން ތިރިއަށް އަރާ ވަރުގެ ގަޔަށް ދޫ ހެދުމެކެވެ. އެހެނަސް ބަނޑުމަތިން އައްސާލެވިފައިވާ ބަންދު ވާކޮޅުގެ ސަބަބުން އެ ބައްޓަން އެނގެން ހުއްޓެވެ. އޭނާ ނާއިލްގެ ކެބިނަށް ވަދެފައި އެ މޭޒު ކުރިމަތީގައި ހުއްޓުނެވެ.

“ވަޓް ދަ **. މެޓާރނިޓީ ލީވް އޭ. އަރީ ކޮން އިރަކު ބަނޑުބޮޑުވީ” ނާއިލަށް ސިހިފައި ކޮޅަށް ތެދުވެވުނެވެ. އަރީން ހިންދިރުވާލިއެވެ. ނާއިލަށް މިކަން އެނގުމުން ކޮށްލާނެ ގޯނާއެއް އޭނާއަށް ޚިޔާލަށް ގެންނަން ވެސް އުނދަގުލެވެ. މިތަނުގައި ގިނަ އިރު ހުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެ ސިކުނޑިން އެލާމު އަޅަން ފެށިއެވެ.

“ޕާރސަނަލް ވާހަކަ ހިއްސާ ކުރުމަކީ ވަޒީފާގަ ހިމެނޭ ކަމެއް ނޫން. މި ހަފްތާ ނިމުނީމަ ބޭނުން ލީވް ނަގަން.” އަރީން އެހެން ބުނެފައި އަވަހަށް އެތަނުން ނުކުންނަން ދިޔައެވެ. ނާއިލް ތެދުވެގެން ގޮސް އަރީންގެ ހަށިގަނޑުގައި ފަހަތުން ބައްދާލިއެވެ. އަރީންގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ނާއިލް އެއް އަތް އަރީންގެ މޭމަތީގައި ހިންގާލިއެވެ. އަރީން ނާއިލްގެ އަތް ނައްޓުވާލަން މަސައްކަތް ކުރިއެވެ. “ބޭބީ ކާމް ޑާއުން. ތި ބަނޑުގައި އޮތް އެއްޗަށް ގޮތެއް ވެދާނެ. ކީއްވެތަ ޒަވިއަނަށް ތި އުފާ ޙާސިލުކުރުމަށް ފުރުސަތު ދިނީ. އޭނާ އަކީ އަރީއަށް ނަފުރަތު ކުރަން ޖެހޭ މީހެކޭ. އެކަން ހަނދާން ނައްތާލައިފައި ތި އަގުބޮޑު ހަށިގަނޑުގެ ފޮނިކަން އަހަރެންނަށް ވުރެ ކުރިން ދެކެން ޖެހޭތަ؟ ބުނެބަލަ. އަހަރެން އަރީ ބުނާ ކޮންމެ ކަމެއް ވެސް ކޮށްފާނަން. ހެޔޮ ތި ޒަވިއަންގެ އެތި ބަލަން ޖެހުނަސް. އަރީ ޒެވް ދޫކޮށްފަ މަ ގާތަށް އާދޭ. ހަމަ މާދަން ވެސް މެރީ ކުރެވިދާނެ. އޭރުން ކޮންމެ ރެއަކު އެ އުފާ ލިބިގަނެވޭނެއްނު. އަރީ އަށް ފުރިހަމަ މިނިވަންކަން ވެސް ލިބޭނެ. ހަމަ އެކަނި ކުޑަކުޑަ ކަމެއް. ވަރިއަށް އެދިފަ އަހަރެންގެ ގާތަށް އަންނަންވީ. އެހާ ދީނަށް ލޯބި ކުރައްޏާ އިއްދަ ނިމެންދެން ވެސް މަޑު ކުރެވިދާނެ.” ނާއިލް އަރީންގެ ކަންފަތް ދޮށުގައި ބުނެލިއެވެ.

“ހުއްޓާލާ. ނާއިލް ބޭނުން ވިޔަސް ދުވަހަކު ވެސް އަހަރެން ކަލޭ ގާތަކަށް ނާންނާނަން. އަހަރެންގެ ގައިގަ އަތް ނުލާށޭ ބުންޏަސް ތި ދެކަންފަތަށް އަޑު ނީވެނީތަ؟ އޭނ.” އަރީން ވަރަށް މަސައްކަތުން ނާއިލްގެ އަތް ނައްޓުވާލިއެވެ. “ދެން އަރީ…” ނާއިލް އަރީންގެ އަތުގައި ހިއްޕެވެ. އަރީން އެ އަތް ފޮޅުވާލައިފައި އެ ތަނުން ނުކުމެގެން ދިޔައެވެ.

“ރީން؟ ކިހިނެއްވީ ހާދަ ހާސްވެފަ.” ޝައިނާ އަށް ނާއިލްގެ ކެބިނުން ނުކުމެގެން ދިޔަ އަރީން ފެނި އެ ދިމާލަށް ދެވުނު ގޮތެއް ވެސް ނޭނގުނެވެ. “އަމް… ކަމެއް ނުވޭ. މެޓާރނިޓީ ލީވް އަށް އެދިފަ މި އައީ. ޔެސް އައިމް ޕްރެގްނެންޓް. ހަތާވީސް ހަފްތާ.” އަރީން ރައްދުގައި ބުނެލިއެވެ.

“މަރުހަބާ. އޭރު ވެސް ހަމަ އަހަރެންނަށް އެނގުނޭ.” އަރީންގެ ހަށިގަނޑުގައި ކުޑަކޮށް ބައްދާލަމުން ޝައިނާ ބުނެލިއެވެ. “ހެހެހެ. ޝައި އަށް ކަމެއް ސިއްރު ކުރަން ފަސޭހަތަ؟ މޫނު މައްޗަށް ބަލާލާފަ އެކަނި ވެސް އަހަރެންގެ އިހުސާސްތައް ދެނެގަނޭ.” އަރީން ރައްދުގައި ބުނެލިއެވެ. “ގާރލް އައިމް އަ ލޯޔާރ. ފަސޭހައެއް ނުވާނެ އަހަރެންނަށް އޮޅުވާލާކަށް. މިހާރު ވެސް ތި ހުރީ ކޮންމެވެސް ކަމަކާ ކަންބޮޑުވެފަ. ރީން ގިނައިން ހުންނަނީ އެހެން. އަހަރެން އެއްޗެއް ނުބުނެ ހުންނަނީ ނޭނގޭތީއެއް ނޫނޭ. ތި މޫނުމައްޗަށް ގެންނަ ފޯރސްޑް ސްމައިލް ދެކެން ބޭނުން ނުވާތީ. އެހިޔަސް ރީން އަމިއްލަ ޕްރޮބްލެމްސް ހިއްސާ ނުކުރަމެއްނު.” ޝައިނާ އިސްޖަހާލަމުން ދެރަވެފައި ބުނެލިއެވެ.

“އެއީ… އެއީ ޝައި ހާސްކުރަން ބޭނުން ނުވާތީ” އަރީން ބުނެލިއެވެ. “އެހެންނޭ ކިޔާފަ އަމިއްލަ އަށް ހުރިހާ ކަމަކާ ކުރިމަތިލާން ޖެހޭތަ؟ އަހަރެން މާ އުފާވާނެ ރީން އަހަރެންނަށް ބަރޯސާ ވަންޏާ. ރީން ބޭނުން ކޮންމެ ކަމެއްގައި އެހީވާން އަހަރެން މި ހުރީ ތައްޔާރަށޭ.” ޝައިނާ އަރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “އަސްލު.. ނާއިލް އަހަރެންނަށް ހެރޭސް ކުރާތީ ކުއްލިއަކަށް ނުކުމެގެން އައީ. އޭނާ އަހަރެންނަށް ވަރަށް ބެހޭނެ.” އަރީން ވައިއަޑުން ޝައިނާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “ވަޓް؟ އެ ކީއްވެ؟ ދެން ތި މައްސަލަ ހުށަނާޅަންތަ؟” ޝައިނާ ސުވާލުގެ ރާގަކަށް އެއްސެވެ. “ނުކެރޭނެ. އޭނާ ހުރީ އަހަންނަށް ވުރެ މަތީ މަޤާމެއްގަ. ފަހުން އެ ވާހަކަ ކިޔައިދޭނަން.” އަރީން ރައްދުގައި ބުނެލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ޒަވިއަން އަށެއް ޖެހުމަށް އަރީން މަސައްކަތް ކުރާ ލޯވް ފާރމް ކައިރިއަށް އައެވެ. ކާރުގައެއް ނޫނެވެ. ސައިކަލުގައެވެ. ހެލްމެޓް އަޅައިގެން ހުރުމުން އަރީނަށް ފާހަގަ ނުވާނޭ ހިތާއެވެ. މިރޭ ކުރަން ހުރި މަސައްކަތް ކެންސަލު ކޮށްފައި އައީ އަރީންގެ ޙާލެއް ބަލާށެވެ. އެހެނަސް ދިމާލަށް ދާން ނުކެރޭތީ ދުރުން ބަލައިލަން އައީއެވެ.

އަރީން ލޯވް ފާރމުން ނުކުތީ ނުވައެއް ޖެހި ފަހުންނެވެ. އޭރު ގިނަ މުވައްޒަފުން ގެއަށް ދިޔަތާ ކިތަންމެ އިރެކެވެ. އަރީން ހިނގައިފައި ދިޔައީ ބަސް ސްޓޮޕާއި ދިމާލަށެވެ. އޭނާގެ ނަސީބު ދެރައީއެވެ. މި ތަނުން ވެސް މި ދިމާވީ ނާއިލާއިއެވެ. “އެކަނި ދާނެ ކަމެއް ނެތް. އަހަރެން ގެންގޮސްދީފާނަން.” ނާއިލް އަރީންގެ އަތުގައި ހިފާލިއެވެ.

ނާއިލްގެ ޙަރަކާތްތަކަށް ކަޅި އަޅާލައިގެން ހުރި ޒަވިއަންގެ ހިތުގައި ޙަސަދައިގެ ހުޅުކޮޅެއް ރޯވިއެވެ. އެއީ ކުރިން އަރީން ކިޑްނެޕް ކުރި ފިރިހެން މީހާ ކަން އެނގުމުން ދަތްކުނޑި ވިކާލެވުނެވެ. ފޯނު ނަގާ އޭނާގެ ފޮޓޯތަކެއް ނެގިއެވެ. އެއަށްފަހު އެ ފިރިހެނާގެ ކިބައިން އަރީން ސަލާމަތް ކުރުމުގެ ނިޔަތުގައި ސައިކަލުން ފޭބިއެވެ.

“ނާއިލް! އޮފީހުން ބޭރުގަ މިހެން ވެސް އަހަރެންނަށް އުނދަގޫ ކުރަން ޖެހޭތަ؟ އަހަރެންނަށް އަމިއްލަ އަށް ބަހުގަ ވެސް ދެވިދާނޭ.” އަރީން ނާއިލްގެ އަތް ފޮޅުވާލައިފައި ގޮސް ބަހަށް އަރައިފިއެވެ. ޒަވިއަނަށް މި މަންޒަރު ފެނި ހިތްހަމަޖެހުނެވެ.

“ކަލޭ ރީން އަށް ނުބެހޭތި. އޭނާގެ ގައިގައި އިނގިލި ކުރި ޖައްސާލިއަސް ނިމުނީ. ނާއިލް ޢަލީ އަހުމަދު. ކަލޭ ހުރީ ތާކުން ހޯދާފަ ބަދަލު ދޭނަން.” ޒަވިއަން ގޮސް ނާއިލްގެ ގަމީހު ގިރުވާނުގައި ހިފާ އޭނާގެ އެމްޕްލޯއީ ކާޑު ބަލައިލިއެވެ.

“ޒަވިއަން ކަލޭތަ؟ މިހާރު ކޯއްޗެކޭ ހިތަށް އަރައިގެން މަށާ ދިމާލަށް ތި އަންނަނީ. މިހާރު އޭނާ އަށް ނަފުރަތު ނުކުރަނީތަ؟” ނާއިލް ޒަވިއަންގެ ކިބައިން ސަލާމަތް ވެގެން ދަމުން ބުނެލިއެވެ.

“ކުރިން ވެސް އޭނާ ބުނި މަ ރީން އަށް ނަފުރަތު ކުރަން ޖެހޭނޭ. މި ނާއިލަކަށް ކޮން އެއްޗެއްތަ މި އެނގެނީ؟” ޒަވިއަން ހިތާހިތުން ބުނެލިއެވެ. ސައިކަލަށް އަރައިފައި ދެން އޭނާ ދުއްވާލީ ތިން ވަނަ ފިޔަވައްސަށް ދިއުމަށެވެ.

ސައިކަލު ޕާކިން ޒޯނަށް ދޫކޮށްލައިފައި ޒަވިއަން ގޮސް ޑައިމަންޑް ސްކައި އެޝޫރަންސްގެ އިމާރާތަށް ވަދެގެން ދިޔައެވެ. އޭނާއަށް ޚާއްޞަ ލިފްޓަށް އަރައިފައި އެންމެ މަތީ ފިތަށް އޮބާލިއެވެ. ފިންގަރ ޖަހާލުމުން އެ މައްޗަށް އަރަން ފެށިއެވެ. އެންމެ މަތީ ފްލޯ އަށް ލިފްޓު ހުއްޓުމުން ޒަވިއަން އެއިން ފައިބައިގެން ދިޔައެވެ.

“ބްރޯ ކަމެއް ކޮށްދީބަލަ. މި ގޮލާ އަކީ ކާކުކަން ހޯދަބަލަ. އެންޑް އެޗް.އެކްސް ލޯވް ފާރމްގެ ސެކިޔުރިޓީ ސިސްޓަމަށް ހެކްކޮށްލަބަލަ. ކެމެރާ ހުންނާނެއްނު. މަށަށް އެނގޭ ގޮތުގައި ކެބިން ތަކުގައި ވެސް ހުރޭ އެއް ކެމެރާ. އެ އެއްޗެހީގެ ފުޓޭޖްތައް ފެންނާނީ ހަމަ އެކަނި ޗެއަރމަން އަށް. ސޯ އެ ބޭފުޅާގެ ޚާއްޞަ ސިސްޓަމަށް ވެސް ހެކް ކޮށްލަން ޖެހޭނެ. މިހާރު އެ ކަހަލަ ކަންކަމަށް ފަރިތައެއްނު.” ފޯނުން ނާއިލްގެ ފޮޓޯއެއް ދައްކާލަމުން ބުނެލިއެވެ. “ނަމަކީ ނާއިލް ޢަލީ އަހުމަދު.” ޒަވިއަން އިތުރަށް ބުނެލިއެވެ.

“އަނެއްކާ ކިހިނެއްވީ؟ މާދަމާ ރެއަށް ނިންމާލެވިދާނެ.” ލީވާން ރައްދުގައި ބުނެލިއެވެ. “މާދަމާއޭ. ނޫނޭ މާ ލަސް. މިހާރު ފަށައިގެން ނިންމޭތޯ ބަލާބަލަ.” ޒަވިއަން ބުނެލިއެވެ. “ދެން މި މަސައްކަތޯ؟ މި ހުރިހާ ޑޭޑާ އެނާލަސިސްތައް ރިވިއު ކުރަން އެހާ ވަގުތު ދެޔޭ.” ލީވާން ރައްދުގައި ބުނެލިއެވެ. “ތެދުވޭ. އަހަރެން ތިކަން ކޮށް ނިންމަފާނަން. އަރީން މަސައްކަތް ކުރާ ތަނުގަ އުޅޭ ސޮރެއް ވީމައޭ. ކޮންމެވެސް ލެވަލް ދޭއްގެ ޗީފް އެކޯ. އޭނާ އަރީނަށް ކަމެއް ކުރޭތޯ ނޫންތޯ ބަލާލަން ކަމަށް.” ޒަވިއަން ލީވާންގެ ގޮނޑީގައި ހިފާ ދުރަށް ޖައްސާލިއެވެ. ލީވާން އިތުރަށް އެއްޗެއް ބުނާކަށް ނޫޅުނެވެ. އޭނާ ހެކު ކުރަން ގެންގުޅޭ ލެޕު ނަގައިފައި ތައްޔާރު ވެލިއެވެ. ޒަވިއަން ފަރިތަކަމާއި އެކު ޑޭޓާ އެނާލަސިސްތައް ބަލާ އިންސްޓްރަކްޝަންތައް ފޮނުވަމުން ދިޔައެވެ.

ލީވާން މަސައްކަތް ކުރަމުން ދިޔައިރު އިރު އިރު ކޮޅާ ދަތްކުނޑި ވިކާލެވެއެވެ. ޒަވިއަން ބޭނުންވާނެ ކްލިޕްތައް ނަގާ ފޯލްޑާއަކަށް އަޅައިފައި ނާއިލްގެ ޒާތީ މައުލޫމާތު ވެސް އޭނާ ހޯދިއެވެ.

“މި ހުރީ. ބަލާ.” ލީވާން އޭނާގެ ލެޕުން އެ ފޯލްޑާ ހުޅުވާލައިފައި ދައްކާލިއެވެ. ނާއިލް އަރީނަށް ބެހޭ މަންޒަރު ފެނި އޭނާގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. އޮފީހުގައި ވެސް އަރީން ބައެއް ފަހަރު މި ތަހައްމަލު ކުރަން ޖެހޭ އުނދަގޫ ކަންތައްތައް ފެނި ދެރަވިއެވެ. އަރީން ފަކީރު އުޅޭ ނިކަމެތި ޙާލު ފެނި ހިތުގައި ޖެހުނެވެ. މި ކަންކަމުން އަރީން ރައްކާތެރިކުރަން ޖެހޭނެ މީހަކީ ޚުދު އޭނާއެވެ. އެހެނަސް ޒަވިއަނަށް ވެސް އަރީނަށް ދެވުނީ އިތުރު ދެރައެކެވެ.

ޒާތީ މައުލޫމާތުތައް ކިޔަމުން ގޮސް އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ މެދަކާއި ހިސާބުން ފެނުނު އެއްޗަކުންނެވެ. “ވަޓް ދަ **. މި ވެސް އެ މީހުންނާއި ގުޅުން ހުރި އެއްޗެއްތަ؟ ލައިކް ފާދަރ ލައިކް ސަން.” ޒަވިއަން ގޮށްމުއްކަވައިފައި މޭޒުގައި ޖަހާލަމުން ބުނެލިއެވެ. ލީވާނަށް އަނގަ ޗޭ ކޮށްލެވުނީ ޒަވިއަނަށް އެ ވީ ގޮތުންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 2 (26)

Next

މިހިތަށް ލޯބިދޭށޭ – 16 ބައި

Next
February 9, 2026

މިހިތަށް ލޯބިދޭށޭ – 16 ބައި

Previews
February 9, 2026

އަބަދުވޭ ހިތުގާ މަގޭ 2 (26)

64 Comments!

  1. Svetlana says:
    February 10, 2026 at 12:36 am

    I had a feeling that Naail was related to the blue water’s ppl.its getting more interesting.keep up the good work white 🌹

    1. White rose White rose says:
      February 10, 2026 at 7:42 am

      Happy to hear that, Shukran Svetlana ✨✨

  2. Your fav bab Your fav bab says:
    February 10, 2026 at 12:34 pm

    Just love it!
    Oo. So thi naail akee ves blue waters ge meeheh dhw? Like father like son.. Hmm his dad is also nau’s dad ehnu?
    Zev reen protect kuran vee dhuniyey ga aniyaa dheefa dhen ekama dhera veema vanee koachakah baa?😒
    Then mi oth ulhey firiheneh! magumathin ves reen aa beheny! kihaa dhera kameh! Zev’s eyes should be on reen each n very sec😁
    When next?
    Ly💗

    1. White rose White rose says:
      February 12, 2026 at 1:49 pm

      Yes, naail and naureen are siblings
      Well, zev is trying his best to improve himself ehnu 😅😅
      IA next Friday
      Shukran Your fav bab ✨✨
      Lyt darl 🫶🏻🫶🏻

  3. Anonymous says:
    February 10, 2026 at 12:53 pm

    Nail ge dad ennun tha…nail is related to this? I mean he likes her hehe
    No idea
    Zev don’t hurt areen so much take care of your further child 🚸

    1. White rose White rose says:
      February 10, 2026 at 9:15 pm

      Yep, he’s related
      Hopefully he will
      Shukran Anonymous ✨✨

  4. shynyx inax shynyx inax says:
    February 10, 2026 at 12:58 pm

    Masha Allah keep it up
    When’s next?

    1. White rose White rose says:
      February 12, 2026 at 1:50 pm

      IA maadhan submit kohlaanan
      Shukran shynyx inax ✨✨

  5. Anonymous says:
    February 10, 2026 at 1:18 pm

    Mi part ves vrh reethi MA!
    It’s happy to see Xev trying to protect Reen.
    Sumeee and Ihsaan vrh cute😍❤️
    Reen Xev ah forgive koh gen ekuga ulhey than dheken emme beynunvanee
    Whn nxt
    Luv u💗💗

    1. White rose White rose says:
      February 10, 2026 at 9:16 pm

      Yeaa, he’s trying his best to improve himself
      IA next Friday
      Shukran Anonymous ✨✨
      Lyt darl 🫶🏻🫶🏻

  6. Shiu says:
    February 10, 2026 at 1:20 pm

    Mi part vx varah Reethi Masha Allah…
    Zev ah Hageegaiy engijje dhw finallyy, Dhn reen dheke Loabi vevey nama kihaa rangalhu vees, 😅 Awwwn, Ihusaan and Sumee Sooo cute 🥰 Sumeee kui mulhin ladhu gannuvaalaifi dhw 🤣 Issey E buny hama thedheh, reen sky hama dhuniyeyge 7 ajaibuge thereyga reen hama ehuree himanan jehifa, 😅 Wtf Naail hama reen aaa nubehi nuhureveneetha?? Loabi vaa meehun ulheny thivahtharakah nooney,🤬 story thereah vadhefa e Naail gandah rangalhu filaavalheh nagaidheyn v thwche, reen aa nubehen 😁 Zev reen ah nafrathu kurumuga Naail ge Atheh vey dhw??? Leevan kairiah dhaan v dhw Hack kuran dhas kuran, hehe 😅 When Nexxxt??? Curiously waiting for the next part.. Appreciate your hard work 🥰 btw sorry for not commenting on the last part 😔
    Lyssm 🤍

    1. White rose White rose says:
      February 12, 2026 at 1:55 pm

      Yeaa, finally zev learnt the truth ☺️☺️
      Aan, sumayya fakeeru ladhun halaaku kohlaifi 🤣🤣
      Dhww, naail does not know how to express love, he’s not respecting her at all 😒😒
      I wanna learn from leevan too
      IA next Friday
      Issoke, genuinely luv this comment 🫰🏻🫰🏻
      Shukran Shiu ✨✨
      Lyt darl 🫶🏻🫶🏻

  7. Shira says:
    February 10, 2026 at 1:28 pm

    Its 8 mins read but i feel like its too short, maybe I’m way too curious to know.. Don’t take the bad meaning.. I know the pain of an author.

    1. White rose White rose says:
      February 10, 2026 at 9:18 pm

      Hehe, maa kiyaahiyvefa huriyya alhugandah 10 mins ves kuru 😅😅 but liyaairu vrh time consuming 🥲🥲
      Shukran Shira ✨✨

  8. shynyx inax shynyx inax says:
    February 10, 2026 at 4:08 pm

    Mines vx vrh reethi..
    keep it ✨✨
    You’ll shine bright

    1. White rose White rose says:
      February 12, 2026 at 1:51 pm

      Happy to hear that, Shukran shynyx inax ✨✨

  9. maan lover says:
    February 10, 2026 at 6:48 pm

    Hey guys remember that Ali Ahmed sumee was talking to her dad about… He is Naail’s dad.. Naail ALI AHMED… it really makes sense..

    1. White rose White rose says:
      February 10, 2026 at 9:19 pm

      Mihaaru konmeves varakah mystery dot thah gulhen fashaifi dhw
      Shukran maan lover ✨✨

  10. Jennie says:
    February 10, 2026 at 8:09 pm

    Mi part ves varah reethi. Naail get ready to get cooked and boiled. Zev naail ah hadhaanee kihinaybaa? Curiously waiting for next part???

    1. Anonymous says:
      February 10, 2026 at 8:54 pm

      Cooked boiled and fried*

    2. White rose White rose says:
      February 10, 2026 at 9:20 pm

      Let’s see wht he’s gonna do, stay tuned
      Shukran Jennie ✨✨

  11. No.1 JYP says:
    February 12, 2026 at 6:59 pm

    Submitted? Just to make sure the next ep gets uploaded tmrw!

    1. White rose White rose says:
      February 12, 2026 at 10:33 pm

      Yes
      Shukran No.1 JYP ✨✨

  12. Shaba_73 says:
    February 13, 2026 at 12:33 pm

    Still pending??

    1. White rose White rose says:
      February 13, 2026 at 12:40 pm

      Yeah 🥀
      Shukran Shaba_73 ✨✨

  13. Rt says:
    February 13, 2026 at 12:58 pm

    Alheyyyy😭😭😭😭😭😭😭

  14. Anonymous says:
    February 13, 2026 at 3:38 pm

    Kobaa story

    1. White rose White rose says:
      February 13, 2026 at 4:02 pm

      Submit kohlaafa vee
      Shukran Anonymous ✨✨

  15. Anonymous says:
    February 13, 2026 at 3:47 pm

    Still 💔

    1. White rose White rose says:
      February 13, 2026 at 4:02 pm

      Yes, adhivex pending ga 🥀🥀
      Shukran Anonymous ✨✨

  16. Anonymous says:
    February 13, 2026 at 4:06 pm

    Ahhh tell them to be fast

    1. White rose White rose says:
      February 13, 2026 at 6:51 pm

      Ok I will send a request
      Shukran Anonymous ✨✨

  17. Anonymous says:
    February 13, 2026 at 6:44 pm

    Still pending 😭

    1. White rose White rose says:
      February 13, 2026 at 6:52 pm

      Yup 🥀🥀
      Shukran Anonymous ✨✨

  18. Anonymous² says:
    February 13, 2026 at 6:48 pm

    Alhey mioth gen halaaluvany😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    1. White rose White rose says:
      February 13, 2026 at 6:52 pm

      Let’s wait a little longer 🥀🥀
      Shukran Anonymous ✨✨

  19. Anonymous says:
    February 13, 2026 at 7:01 pm

    Did you send the request??
    Plzz make tell them to be fast… I’M going crazy 😭😭

    1. White rose White rose says:
      February 13, 2026 at 7:27 pm

      I did, they said they will check, so prolly mirey ge vaguthehga kiyaalan libeyne Inshaallah
      Shukran Anonymous ✨✨

  20. Anonymous°2 says:
    February 13, 2026 at 7:21 pm

    Omg what’s wrong with them…. 😒
    Buneba avahah up kuraashey 😭

  21. White rose White rose says:
    February 13, 2026 at 7:28 pm

    Maybe they are a little busy, Inshaallah vrh avahah kiyaalan libeyne, ehenveema let’s wait a lil longer 😅😅
    Shukran Anonymous2 ✨✨

  22. Op says:
    February 13, 2026 at 7:32 pm

    Huhhh…… Plsss Make it fast…… 😭😭

  23. 🌺 says:
    February 13, 2026 at 7:35 pm

    Still pending?????
    Im going insane😭😭😭

  24. diva_gurly says:
    February 13, 2026 at 7:37 pm

    im dying hereeeeeeeeeeeeeeeeeeeeeeeeeeee

    where is it? still pending?

  25. Shaba_73 says:
    February 13, 2026 at 7:42 pm

    OMG still pending why it’s so slow Can’t wait to read
    My heart is breaking 💔

  26. Arrll says:
    February 13, 2026 at 7:59 pm

    Same I’m feeling out😭😭💔 I’m getting a heart attack😭

    1. Arrll says:
      February 13, 2026 at 7:59 pm

      Freaking*

  27. Kyra says:
    February 13, 2026 at 8:17 pm

    Bro adhives tha alhe????? Mirey dhanvaru 3 jeheema tha up vaanee😭😭😭😭 admins ves dhw😭😭😭😭

  28. Kyra says:
    February 13, 2026 at 8:45 pm

    Bruh mirey dhanvaru 3 jahaa iru up veema ppl like us can’t read kan Hama neygenee baa eye hithah aranee!! To those who are responsible for uploading this! 24/7 therey up nuvey! Kada dhw?!?

  29. Anonymous says:
    February 13, 2026 at 8:56 pm

    Yess vrh kada.. Yhh ingen jeheyne 🙄 dhanvaru 3 jehyma nukiyene dhw vrh foohivey

  30. Al says:
    February 13, 2026 at 9:57 pm

    Guys just calm down 😭

  31. Anonymous says:
    February 13, 2026 at 11:12 pm

    Mihaaru e oh 11 jehy… adhi vx pending…
    Admin team heyonuvaane…
    Kiyuntherin mi vhk maa support kuraa thy the thihen thi hadhanee…
    Plzzz heyonuvaane admin up kohdhyba…

  32. Anonymous says:
    February 14, 2026 at 7:16 am

    Still 😭😭😭

  33. Bros code 👀 says:
    February 14, 2026 at 8:10 am

    Really?😕 adhives

  34. Annokey says:
    February 14, 2026 at 8:26 am

    Guys who’s sick of this now?🤕

  35. Anonymous says:
    February 14, 2026 at 8:33 am

    Me 😪🤧

  36. White rose White rose says:
    February 14, 2026 at 9:39 am

    I’m sorry. I really can’t do anything more to speed up now 😭 😭 😭

    1. Rh says:
      February 14, 2026 at 11:00 am

      We k it ain’t your fault but still tho😭😭😭😭😭😭😭

  37. Anonymous says:
    February 14, 2026 at 10:45 am

    Still pending pls fast I’m going insane 😭😭😭😰😰😰😨😨

  38. 🌺 says:
    February 14, 2026 at 10:50 am

    Im literally dieing 😪😭😭😭

  39. Anonymous says:
    February 14, 2026 at 11:01 am

    Alheyyy admin heyonuvaane…

  40. R@@jihà🧕 says:
    February 14, 2026 at 11:19 am

    White rose do U use Pinterest? 🧐😅

    1. White rose White rose says:
      February 14, 2026 at 11:49 am

      I have Instagram account, bio ga e in icon akee link ☺️

  41. Curiosity says:
    February 14, 2026 at 11:22 am

    Who has a plato id here?

  42. White rose White rose says:
    February 14, 2026 at 11:49 am

    Now uploaded ☺️ ☺️

Comments are closed.

Next Episodeދެވުނީ ވޭނޭ 44←


All Right Reserved!