ދެވުނީ ވޭނޭ 45
“އޯހް. އަހަރެންގެ ލައިފް ސްޓޯރީ އެކަށް ކިޔައިދިން އިރު ސެންގެ ފޮޓޯއެއް ހާ ހިސާބު ވެސް ދައްކާ ނުލާ ދޯ މި އުޅެނީ. ވަރަށް ރީތި ހަރުދަނާ މީހެއް އެއީ. ފެނުނީމަ އެނގޭނެ އަހަރެން އެހާ ބޮޑަށް އެ ސޮރަށް ފޯލް ވީ ކީއްވެގެން ކަން.” ނައުރީން ފޯނު ނަގާ ހުޅުވާލިއެވެ. ލީވާން ކެތްމަދުވެފައި އިނީ އެއީ ކާކުތޯ ބަލަން ބޭނުންވެފައެވެ. ނައުރީން ފޯނުގެ ސްކްރީން ދައްކާލުމުން އެ ސޮރަށް ވީގޮތެއް ވެސް ނޭނގުނެވެ. ދެލޯ ބޮޑުކޮށްލެވި އަނގަ ޗޭ ކޮށްލެވުނެވެ. ނައުރީންގެ އަތުން ފޯނު ނަގާ އެހެން ފޮޓޯތައް ބަލައިލީ މި ފެންނަ އެއްޗެއް ޤަބޫލުކުރަން އުނދަގޫ ވުމުންނެވެ.
“ކިހިނެއްވީ އެހާ ފާޑަކަށް ތި ބަލަނީ.” ނައުރީން އެއްސެވެ. “މިއީ… މިއީ އަހަރެންގެ ބެސްޓީ އޭ. އެހެންވެޔޭ ފާޑަކަށް މި ބަލަނީ” ލީވާން ރައްދެއް ދިނީ އިރުކޮޅެއް ފަހުންނެވެ. “އޭނ. ޒެވް އެއް ނޫންތަ ސެންގެ ބެސްޓީ އަކީ؟” ނައުރީން ހައިރާންވެފައި އެއްސެވެ. “އަހަރެންނާ ޒެވް އާއި ސެން އަކީ ވަރަށް ކުރިއްސުރެ ގާތް އެކުވެރިން. އެހެންވިއްޔާ ނޫރީ ވެސް ކިޔެވީ ހުރަވީ ސުކޫލުން ދޯ. ބާރައިގަ އަހަރެމެން އެއް ކުލާހެއްގައެއްނު އުޅުނީ. އަދި ކިރިޔާ މި އެނގުނީ ނޫރީ ދަންނަ ވައްތަރު ޖަހާ ސަބަބު ވެސް.” ލީވާން އިތުރަށް ތަފްސީލު ކޮށްލަދިނެވެ.
ނައުރީން ލިބުނު ޝޮކުގައި ބަލަހައްޓައިގެން ހުރެވުނީއެވެ. ދެމީހުން ފާޑަކަށް ތިބީ އަމިއްލަ ގަމާރުކަން ވިސްނައިނުގަނެވިފައެވެ. ފުރަތަމަ ހޭން ފެށުނީ ނައުރީނަށެވެ. އެއާއި އެކު ލީވާނަށް ވެސް ހެވިއްޖެއެވެ.
“މިގޮތަށް ކަންތައް ވިޔަސް އަހަރެމެންގެ ގުޅުމަށް ބަދަލެއް ނުގެންނައްޗޭ. ވާން ތިއީ އަހަރެންނަށް ލިބުނު އެންމެ ސަޕޯޓިވް އެންމެ އިތުބާރު ކުރެވޭ އެކުވެރިޔާ. އިއްތިފާގުން ވިޔަސް މިވީ ހާދަ ތަފާތު ކަމެކޭ.” ނައުރީން ވާހަކަ ދެއްކީ އިރުކޮޅެއް ފަހުންނެވެ. “ހާސްނުވޭ. މި ފްރެންޑްޝިޕާއި އެމީހުންނާއި އެއްވެސް ގުޅުމެއް ނޯންނާނެ. އަހަރެންނަށް ކިހިނެއްތަ ލޯބިވާ ފަރާތާއި ގާތުގައި އެކުވެރިއެއްގެ ގޮތުގައި ހުރުމުގެ ފުރުސަތު ލިބިފަ އޮއްވާ ދޫކޮށްލެވޭނީ؟” ލީވާންގެ ފަހު ޖުމްލަ އޮތީ ހިތުގައެވެ. އެ ޖުމްލަ ދުލާއި ހަމައަށް ގެންނާކަށް ހިތްވަރެއް ނުކުރެވުނެވެ.
ނައުރީން ގެއަށް ލައިފައި ލީވާން ދިޔައީ އިޙުސާނު އުޅޭ އެޕާޓްމަންޓަށެވެ. ސޯފާ އަށް ވެއްޓިގަނެފައި ލީވާން އިސްތަށިގަނޑަށް އަތް މަހާލިއެވެ. “ބްރޯ ހާދަ ސްޓްރެސްވެފަ. ކިހިނެއްވީ؟” ސޯފާގައި އިށީންނަމުން އިޙުސާނު އެއްސެވެ. “އަހަރެންނަށް މީހެއް ދެކެ ލޯބި ވެވިއްޖެ. އަބަދުހެން އެ އަންހެން ކުއްޖާ އާއި މެދު ވިސްނޭ. ފެންނަ ކޮންމެ ފަހަރަކު ހިތް އަވަސްވޭ. އެ ސާފު ދެލޮލުން ކަރުނަ ތިއްކެއް ވެއްޓުނަސް ހިތުގަ ރިއްސާލާ.” ލީވާން މޭގައި އަތް އަޅާލަމުން އެ ހިތުގައިވީ އިހުސާސްތައް ބޭރުކޮށްލިއެވެ.
“ވޯހް ވޯހް. ހާދަ ޑްރާމަ ވެލާފަ އިޝްޤީ ގޮތަކަށޭ ތި މޭގައި އަތް އަޅާލީ. ފިލްމު ސްޓާރަކަށް ދޫ ނުކުރޭ. އެކަމަކު ހަމަ ހުވާތަ. ކޮން އިރަކު ދިމާވީ؟ ބްރޯގެ ލޮލުގަ އައިނާގެ އިތުރުން އަންހެން ކުއްޖަކު އަޅައިގަނެފިދޯ. ކާކުތަ އަނެއްކާ.” އިޙުސާނު ފޯރީގައި އެއްސެވެ. “ދުވަސްކޮޅެއް ވެއްޖެ ދިމާވިތާ. އެ އައިނާ ކަހަލަ ހިތެއް ނެތް ބޭވަފާތެރިޔާގެ ނަން ނުކިޔަބަލަ. އަހަރެން ލޯބިވާ ކުއްޖާ ދޯ. މައްސަލަ އަކީ… އެ ކުއްޖާ ލޯބިވަނީ އެހެން މީހެއް ދެކެ. ވަރަށް ދުވަސް ވެއްޖެ އެ މީހެއްގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާ ތާ. މުޅިން ވެސް ރިޖެކްޓް ކުރަނީ. އެ ވަރުން ވެސް އެ ކުއްޖާ މޫވް އޯން އެއް ނުކުރޭ. އަހަރެންނަށް އެ ކުއްޖާ ފުރަތަމަ ފެނުނީ މޫދަށް ފުންމާލައިފަ ގެނބިގެން އަމިއްލައަށް މަރުވާން އުޅެނިކޮށް.” ލީވާން ލަސްލަހުން ކިޔައިދޭން ފެށިއެވެ.
“ބްރޯ ކުޑަކޮށް މަސައްކަތް ކޮށްލަބަލަ އެ ކުއްޖާގެ ހިތް އަނބުރާލެވޭތޯ. ކޮން ނަމެއް ކިޔާ މަންޖެއެއްތަ؟ މަ ދަންނަ މީހެއްތަ؟” އިޙުސާނު ބުނެލިއެވެ. “އަހަރެމެންގެ އެކުވެރިކަމުގެ ގުޅުމަށް ބުރޫ އަރައިފާނެތީ ކަމެއް ނުކޮށް މި ހުންނަނީ. އައި ކާންޓް ރިސްކް ލޫޒިން ހާރ.” ލީވާން ރައްދުގައި ބުނެލިއެވެ.
“ދެން ވާހަކަ ދިގު ނުކޮށް އެ މަންޖެގެ ނަން ބުނެބަލަ.” އިޙުސާނު ހުރީ އެއީ ކާކުކަން އެނގޭ ހިތުން ހަލާކުވާވަރު ވެފައެވެ. “ނަމެއް ނުބުނެވޭނެ. ވަރަށް ކޮންޕްލިކޭޓެޑް ކަމެއް ވީމަ. ހުރިހާ ކަމެއް ހަމައަކަށް އެޅުނީމަ ބުނާނަން. ކާކުތޯ ބަލަން މަސައްކަތް ނުކުރާތި.” ލީވާން އިންޒާރުގެ ކަޅިއެއް އެއްލިއެވެ. އިޙުސާނު އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. “ހޫން. ހަކުރަށް ވުރެ ފޮނިވެއްޖެއްނު. ތަނަކުން މަންޖެއެއް ފެނުނީމަ މަށަށް ކަންކަން ސިއްރު ކުރަން ފަށައިފި. ތީތި ކަޑަ. ވަރަށް ކަޑަ.” އިޙުސާނު ލީވާންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
“ކީކޭ. އެ ** ބަނޑުބޮޑޭ. ގައިމު ޔަލާ އެއް ނޫންތަ ބުނީ އެ މީހުންގެ ގުޅުން ރަނގަޅެއް ނޫނޭ.” ޝައުލާ މޭޒުމަތީގައި ހުރި ރާ އެޅި ތަށި ނަގާ ހޫރާލިއެވެ. ރުޅިއައިސްގެން ގޮސް އޭނާ ދިޔައީ ތުރުތުރު އަޅަމުންނެވެ. އެ މީހުން ތިބީ ޔޫލީންގެ ސްޕާގެ ތިރީ ބައިގައެވެ. އެއީ ގިނަ މީހުންނަށް ނޭނގޭ ގޮތަށް ހަދައިފައިވާ ނައިޓް ކުލަބެއް ކަހަލަ ތަނެކެވެ. އެކި ކުލަކުލައިގެ ޕާޓީ ލައިޓްތައް ޖައްސައިފައި ހުރި އިރު ބާރަށް މިޔުޒިކް ކުޅެމުން ދިޔައެވެ. ޔޫލީން މިތަން ހަދައިފައި ހުންނަނީ ބޮޑު އަގު ދީފައި ސައުންޑް ޕްރޫފްކޮށްގެންނެވެ.
“ޝަލް ހަމަޖެހޭ. އެ ހަރުފަ މިހާރު އުޅެނީ ޒެވް އާއި އެއްކޮށެއް ނޫނޭ. ވަކިން ހޮޓެލެއްގަ. ޑައިމަންޑް ސްކައި ހޮޓެލްގެ ވީއައިޕީ ރޫމެއްގަ. އެއްކަލަ ސޮރު ވާ ވައްދާލައިގެން ވިޔަސް އެޓޭކް ކުރަންވީނުން. މިހާރު އެ ފިރިހެން ސޮރަކާއި ހެދި ވިއްޔާ އަހަރެމެންނަށް އެ ހަރުފައަށް ކަމެއް ނުކުރެވެނީ.” ޔޫލީން މަސައްކަތް ކުރީ ޝައުލާ ހަމައަކަށް އަޅުވާށެވެ.
“ހީވޭތަ އެކަން ވާނެހެން.” ޝައުލާ ބުނެލިއެވެ. “އާން. މިފަހަރު އަމާޒު ކުރޭ ބަނޑުގަ އެ އޮތް ދަރިއަށް. މާދަމާ އޭނާ އަންނާނެ ކްލަބަށް. ކޮންމެ ބުރާސްފަތި ދުވަހެއްގެ ރެއަކު އެކަނި ރޫމެއް ނަގާނެ އެ ގޮލާ. އެއްވެސް އަންހެން ކުއްޖަކު ނުވައްދާނެ. މަ ޝަލް އަށް ދޭނަން ފުރުސަތެއް.” ޔޫލީން ބުނެލިއެވެ. ޝައުލާ ހަމައަކަށް އެޅުނީ ދެނެވެ. އެއަށްފަހު މޭޒުމަތީގައި ހުރި ރާ ފުޅި ނަގާ އޭގައި އަނގަ ޖެއްސެވެ. ދެ ޖިންސުގެ މީހުން މައްސުނިވެގެން ނަށަމުން ދިޔަ މީހުންގެ ތެރެއަށް އޭނާ ނުކުތެވެ. އެކި އުމުރުގެ ފިރިހެނުންގެ ގައިގައި ތަތްވެގަނެގެން އުޅުނު ތުއި އަންހެން ކުދިންނަށް ބަލައިލަން ނުކެރޭވަރުވެއެވެ. ޔޫލީން ޙަޤީޤަތުގައި އެންމެ ގިނަ ފައިދާ ލިބިގަންނަނީ މި ކަން ކޮށްގެންނެވެ.
ވިހެއުމުގެ ކުރިން މަސައްކަތަށް ނުކުންނަ ފަހު ދުވަހަށް ވުމުން އަރީން މިއަދު ލޯވް ފާރމަށް ދިޔައީ އެހެން ދުވަސް ދުވަހަށް ވުރެ އަވަހަށެވެ. މިހާރު އޭނާ ހަވާލުވެގެން އުޅޭ ދެ ފެމިލީ ކޭހަކާއި ކޯޕަރޭޓް ކޭހުގެ މައިގަނޑު މަސައްކަތައް ނިންމާ އެހެން ލޯޔަރުންނާއި ހަވާލުކުރަން ޖެހޭތީ މިއަދު ވަރަށް ބުރަ ދުވަހަކަށް ވާނެއެވެ.
ޔުނީފޯމު ލައި ތައްޔާރުވެ ނިމުމުން ސުމައްޔާ ކޮޓަރިން ނުކުތެވެ. “ދަރިފުޅާ. މާދަން ރޭ ގެއަށް ގެންނަން ވީނުން ތި ރައްޓެހިވެގެން އުޅޭ ސޮރު. ބައްޕަ ޖެހޭނޭ އެއީ ރަނގަޅު މީހެއްތޯ ނޫންތޯ ބަލަން.” ޢަބްދުއްރަޙްމާން ލާނެތް ހިނިތުންވުމަކާއި އެކު ބުނެލި ޖުމްލަ އިވިފައި ސުމައްޔާ އަށް ސިހިފައި ބަލައިލެވުނެވެ.
“ކިހިނެތް… ކިހިނެތް ބައްޕައަށް އެނގުނީ.” ލޯ ބޮޑުކޮށްލައިގެން މައުސޫމް ގޮތަކަށް އިނދެ ސުމައްޔާ އެއްސެވެ. “ކޮންމެ ދުވަހަކުހެން ދަރިފުޅު ބަލައި ކާރެއްގައި އާދެއެއްނު ސޮރެއް. އިހަށް ދުވަހު ބައްޕަ އަށް ވެސް އިވޭ ވަރަށޭ އެ ސޮރު ލޯބިވާ ވާހަކަ ބުނީ. ބޭރުފުށުން ބަލާފަ ރަނގަޅު. ދެން މިޒާޖާއި އަޚުލާޤު ވަޒަން ކޮށްލަން ޖެހޭނީ.” ޢަބްދުއްރަޙްމާން ބުނެލިއެވެ. ސުމައްޔާ ލަދު ގަތްވަރުން މޫނަށް ރަތް ކުލަ ފާއްދާލައިފިއެވެ. އިތުރު އެއްޗެއް ބުނަން ނުކެރުމުން ސުމައްޔާ އާއެކޭ ބުނެފައި އަވަހަށް ނުކުމެގެން ދިޔައީއެވެ.
އިޙުސާނުގެ ކާރު ކުރީ ސީޓަށް އަރައިފައި ސުމައްޔާ ސީޓު ބެލްޓު އަޅުވާލިއެވެ. “މިސްޓަ އުންމަތުލް ވަބާ! ބައްޕަ ބުނީ މާދަން ރޭ ކާން އަންނާށޭ. އޭރު ވެސް ބުނީމޭ މިހެން ނާންނާށޭ. ބައްޕަ އަށް އެނގޭނޭ. ކުރިން ދުވަހު މަ ލަދު ގަންނަވަން ޖެއްސި ސްޓަންޓުގެ އަސަރު މިއީ.” ދެލޯ އަޅާލައިގެން އިނދެ ސުމައްޔާ ބުނެލިއެވެ.
“ވާވް. ސަޅި. ބަލައްޗޭ މާދަން. އައި ވޯންޓް ޑިސަޕޮއިންޓް ޔޫ މައި ސަންތީ!” އިޙުސާނު ސުމައްޔާގެ ދޮން މޫނުގައި ހިފާލަމުން އެ ނިތަށް ބޮސް ދީފައި ބުނެލިއެވެ. ސުމައްޔާ އަށް އިޙުސާނު ހަމަޖެހިފައި ހުރި ގޮތުން ޤަބޫލުނުކުރެވިގެން އަނގަ ހުޅުވާލެވުނީއެވެ. ބައްޕަ ކަހަލަ އޯވާޕްރޮޓެކްޓިވް މީހެއްގެ ސްޓޭންޑާޑް މަތިވާނެކަން ޔަޤީނާއި ގާތަށް އެނގޭތީ އޭނާ ހުރީ ހާސްވެފައެވެ. ސުމައްޔާ ހާސްވެގެން އަނެއް އަތަށް އަޅާއިރު ވެސް އިޙުސާނު ހަމަޖެހިލައިފައި ހުރުމުން ސުމައްޔާ މޫނުގައި އަތް އަޅާލަމުން ސީޓުގައި ލެނގިލިއެވެ.
“އެންމެ މިސްޓޭކެއް ވެސް ނުޖައްސާތި. މަށަށް ތި ވަކަރު ބޯ ދުލެއް ނުކޮށްލެވޭނެ. މި ބަސްނާހާ ހިތަށް ވެސް އެނގުނީ މި ވިސްނުން ކޮށި މީހާއާއި އަޅައިގަންނަން. ކުރިން ވެސް ބުނެފަ އޮންނާނީ ބައްޕަ އަކީ ވަރަށް ތަފާތު މީހެކޭ. ފެމިލީ ސީކްރެޓްސް ދަމަހައްޓާ އިތުރަށް އެކަންކަން ނުހޯދަން ހުވާ ކުރުވަން ވެސް ހުންނާނީ ތައްޔާރަށް. އެންޑް ރަނގަޅަށް އިޙުތިރާމް ކޮށް ވިސްނައިގެން ވާހަކަ ދައްކާތި.” އެހެން އިނދެފައި ސުމައްޔާ އިޙުސާނުގެ އަތުގައި ހިފާލިއެވެ. “ދެން ތިހާ ބިރުނުގަނެބަލަ. ސޫމޯގެ ބައްޕައެއްނު އެއީ. އަހަރެންނަށް އިތުބާރު ކުރޭ. ސުމައްޔާ ބައްޕަ އަހަރެންނަށް ވަލީ ދޭނެ ވަރު ކުރާނަން.” އިޙުސާނު އެއް ލޯ މަރާލަމުން ހީނލިއެވެ.
ފަހު ކޭސްގެ ތަފްސީލުތައް ދޭން އަރީން އިނީ ޝައިނާގެ ކެބިނުގައެވެ. ފެމިލީ ދެ ކޭސް ދިނީ އެހެން މީހަކަށެވެ. ޝައިނާ ފެމިލީ ކޭސްތަކާއި ހަވާލު ވާން ބޭނުން ނުވާނެ ކަން އެނގޭތީ އޭނާއަށް ދިނީ ކޯޕަރޭޓް ކޭހެވެ.
“ލީވް ނަގަންވާއިރަށް ކޭސްތަކުގައި ކުރަން ޖެހިފަ ހުރިނަމަހާ މަސައްކަތެއް ކުރަން ހިފާލައިގެން އަމިއްލަ ނަފުސަށް ބަލާނުލާ އުޅޭކަށް ނުވާނެއްނު. މިހާރު އެއޮށް ނުވައެއް ޖަހަނީ. މެންދުރު ބްރޭކަށް ވެސް ނުދަމެއްނު. މިވަރުން އެނގޭނޭ. ދެން އަވަހަށް ގެއަށް ދާން ވީނުން.” ޝައިނާ ފައިލްތައް ނަގާ ކަބަޑަށް ލަމުން ބުނެލިއެވެ. “ހޫމް. ދެން މިހެން ބުރަކޮށް އުޅޭނެ ފަހު ދުވަހެއްނު މިއީ. ގޭގައި އިނދެ އިނދެ ފޫހިވާނެ ދެން.” އަރީން ރައްދުގައި ބުނެލިއެވެ. އެއަށްފަހު އެ ކެބިނުން ނުކުމެގެން ދިޔައެވެ.
ކެބިނުގައި ހުރި އޭނާގެ އެއްޗެހި ދަބަހަށް އަޅަމުން ދިޔައިރު އަރީންގެ މޫނުމަތީގައި ވަނީ ބަޔާންކުރަން ދަތި އަސަރެކެވެ. ދަބަސް ކޮނޑުގައި އަޅުވާލަމުން އަރީން ފަހު ފަހަރަށް ކެބިނުގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. ދެން މި ތަނަށް އާދެވޭނީ ވަރަށް ދުވަސް ފަހުންނެވެ.
ޔޫލީން ބުނިހެން އެގާރަ ޖެހުމަށް ނާއިލް ކްލަބަށް އައެވެ. އެ ތަނުގައި އުޅުނު މީހުންގެ ތެރެއިން ފުރޭނިގެން ގޮސް އޭނާ ވަނީ އެންމެ ކަނުގައި ހުރި ކޮޓަރިއަށެވެ. އެތަނުގައި ފަނޑު އޮރެންޖް ބޮތްކެއް ދިއްލައިފައި ހުރި އިރު މެދުގައި އެނދެއް ހުއްޓެވެ. އެނދާއި ޖެހިގެން ހުރީ ރާ ފުޅި ފުޅި އަތުރާލެވިފައިވާ މޭޒެކެވެ. އޭސީގެ ފިނިކަން ހިފާލައިފައި ވީއިރު އެތަނުގައި ލެވެންޑާ މަލުގެ ވަސް ފެތުރިފައި ވިއެވެ.
އެނދަށް ވެއްޓިގަނެފައި ނާއިލް ރާފުޅިއެއް ކަނޑާލިއެވެ. ތަށި ފުރޭންދެން ރާ އަޅައިފައި އޭނާ އޭގައި ތުން ޖެހިއެވެ. ފޯނުން އަރީންގެ ފޮޓޯތައް ބަލަމުން އޭނާ މަސްތުވާތަކެތީ ބޭނުން ކުރަމުން ދިޔައެވެ.
“އަރީ މައި ބޭބް. ކީއްވެތަ ޒަވިއަން ކަހަލަ ތާކުންތާކު ނުޖެހޭ މީހެއްގެ ދަރިއަކަށް ބަލިވެ އިންނަނީ؟ ކީއްކުރަންތަ އަރީ އަށް އެހާ ނަފުރަތު ކުރާ މީހަކަށް ތި ނަސީބު ދިނީ؟ އަރީ އަހަރެންނަށް އާއެކޭ ނުބުނެގެން ކިތަންމެ ނުލަފާ ކަމެއް ކުރެވިއްޖެ. އަދިވެސް އޭނާ ގާތު ހުންނާނީތަ؟” ހޭބަލިވެފައިވާ މީހެއް ފަދައިން ނާއިލް ދިޔައީ އަރީންގެ ފޮޓޯގަނޑާއި ވާހަކަ ދައްކަމުންނެވެ.
ޔޫލީން އަތުން ތަޅުދަނޑި ހިފައިގެން ޝައުލާ ދިޔައީ ނާއިލް ވަތް ކޮޓަރި އާއި ދިމާލަށެވެ. އެ ހިސާބަށް ގޮސް ލައިގެން ހުރި ޖެކެޓު ބާލައިފައި އެއްލާލިއެވެ. ތަޅު ވަޅަށް ތަޅުދަނޑި ޖަހާލައިފައި ޝައުލާ އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެނދުގައި ފޯނަށް ބަލަމުން ވާހަކަ ދައްކަން އޮތް ނާއިލް ފެނި އޭނާގެ މޫނުމަތީގައި ނުލަފާ ހިނިތުންވުމެއް ކުޅެލެވުނެވެ. ދޮރު ތަޅުލައިފައި އޭނާ ގޮސް އެނދަށް އެރިއެވެ.
“ކަލޭ ކޮން މޮޔައެއް ވެގެންތަ މި ތަނަށް އައިސް ވަދެގަތީ. އޭނ. ގޮތް ކުޑަ އަންހެނާ. ހަމަ މިހާރު މި ތަނުން ނުކުމެގެން ދޭ.” ނާއިލް ޝައުލާ އެނދުން ވައްޓާލަމުން ހަޅޭއްލަވައިގަތެވެ. މި އަމަލުން ޝައުލާ އަށް އައި ރުޅިން ދަތްކުނޑި ވިކާލެވުނެވެ. ބިމުގައި އަތް ވިއްދާލައިފައި ތެދުވިއިރު އެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.
“ކަލޭ އަކާ ހެދި މަށަށް އެ ހަރުފަ އަށް ގޮތެއް ނުހެދި ހައެއްކަ މަސް ފާއިތުވެގެން އެ ދިޔައީ. މިހާރު ބަލާބަލަ. އެ އެތީގެ ބަނޑުގައި ހެދިބޮޑުވަމުން އެ ދަނީ މަގޭ ޒެވްގެ ދަރިއެކޭ. އަދިވެސް މަ ހުއްޓުވާނީތަ؟ ނޫނީ އެ ދަރި މަރާލަން އެހީވާނީތަ؟” ޝައުލާ ފެލިގަތެވެ. އަދި ގޮސް ނާއިލްގެ މޫނުމަތީގައި ޖެހީ ވައްޓާލީމަ އޭގެ ބަދަލު ދޭށެވެ.
ޝައުލާގެ އަމަލުން ނާއިލް އައި ރުޅީގައި އޭނާ އަނބުރާ އެނދަށް ވައްޓާލިއެވެ. އޭނަގެ ގައިމައްޗަށް އަރާ ދެއަތުން ކަރުގައި ހިފީ އެ ވަގުތުން ވަގުތަށް ޝައުލާ މަރާލަން ހިތުލައިގެންނެވެ. މަސްތުގެ އަސަރު ކުރަމުން ދިޔަ ވަގުތެއްގައި ނާއިލް ރުޅިއަރުވާލުމަކީ ނުރައްކާތެރި ކަމެއްކަން އިޙުސާސްވުމުން ޝައުލާ ފާޑަކަށް ހާސްވިއެވެ. ނާއިލްގެ އަތް ނައްޓާލަން އޭނާ މަސައްކަތް ކުރިއެވެ. އެކަން ކުރަން އުނދަގޫ ވުމުން އޭނާ ނާއިލްގެ ލޮލަކަށް އިނގިލި ކޮށްޕާލިއެވެ. ނާއިލް ވީ ތަދުން ލޯ މަރާލަމުން އަތް ދޫކޮށްލިއެވެ.
“*****. ކަލޭ މައިތިރިވެބަލަ. އަރީންގެ ބަނޑުން ޒަވިއަންގެ ދަރިއަކު އުފަންވާން ކަލޭ ވަކި ބޭނުންތަ. މަށަށް އެއްބައިވެބަލަ. އޭރުން އެ ބަނޑުތެރޭ އޮށްވާ އެ ކުއްޖާ މަރާލެވިދާނެ. މިހާރު ދެމީހުން އެ ތިބީ ވަކިވެފަ. މި ކަމަށް ފަހު ކަލޭ އެ ހަރުފަޔާއި އެކު އުޅެވިދާނެއްނު. ތިހެން އުޅެގެން އެއްކަމެއް ވެސް ނުވާނެ.” ޝައުލާ ނާއިލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައިގަތެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







Mi part ves varah reethi. Someone please send naail and shaula to guraidhoo. They are crazy. Shauna zavian ah moyavanee. Naail areen ah moyavanee. Areen please leave nagaafa zev kairi ah dhachchey. Can’t wait to see reen and zev cute koh ulheythan! Alhey naureen pls leevaan aa gulhiba. He really loves you! Curiously waiting for next part???
Hama rangalhah ves guraidhoo ah fonuvaalan jehifa thibi ba eh 🤣🤣
Naureenah ehaa faseyha in ihusaan mathin handhaan nahthaa leveyne tha? 🤔🤔
Shukran Miss jennie ✨✨
Omg what a supriseeee!!!!!!
School ah dhiyumu ge kurin up vefa indha fenunee but unfortunately didn’t have that time to read n comment!
Hehe isse fakkalehnu? Sumy dad ah bust kollee viyya! Well let’s see sumy ge dad ah isse kamudhaane thw!
Shaula n Naail OMG hama kandu fathaalan vee… How dare she talk about harming the baby who ain’t born!!!!
As usual I’m sitting on the edge of my seat😁
When next?
Lysmm
Btw I have my campaign event today so plz wish me good luck on that! I freaking need to be electedd!!!!!
Hehe, isse beynun vaanee dhaaimee koh sumee eynage meehakah hadhaakahnu 😅😅
Thi bunaahen kandu fahthan vee e dhuthuraa bodu dhemeehun 😒😒
IA next Thursday
Good luck with your campaign 🫠🫠
Shukran Your fav bab ✨✨
Lyt darl 🫶🏻🫶🏻
Wow! V reethi 🩷
Dhen alhe naail are shaula vehjehnu reethikoh hunnan
Sheex ah heevanee shaula ar naail are gulhey henn!!! hehe!!😁😁
Zev save areen pls!!!❤️🩹
Baby save kohbala plsssss v dheravaane baby eh maruvaathan balan😭👶
I’m so excited sumee & isse are one of the perfect police couples ☺️☺️
Hama v kiyaa hiyvaa thanthanun thi ninmaalanee!
Waiting for next part!
Shaula aa naail reethi kon hunnaanetha 😒
Dhww, areen mennah nubehi e dhemeehun gulhen maa match vey 🤣🤣
Yhh, its gonna be heart breaking to see the lil one die 🥀🥀
Frr, sumee aaa isse is the PERFECT police couple 🤌🏻🤌🏻
Hehe, I have this random obsession to end with cliffhangerz 😅😅
Shukran Sheex♡ ✨✨✨
Naureen’s crush turns out to be Leevaan’s closest friend. Leevaan so heart broken 💔💔 I hope Naureen falls for him very soon.
Alhe Shaulaa! Kihaa dhera kameh mi dhn Reen hamajehilaigen ulhuna dheebala!😤 Reen ge baby aa nubehi hurebala!😠Hama Xev ge vs baby dhw ei. Reen ekani ulhenee ey kiyaafa ekamuge advantage nunagabala.
Ihsaan aa hedhi Sumeee ge dad ah bust v dhw. Sumeee ge lecture adu ahaigen bunaa goi hadhaathi ingey.
Whn nxt?????
Luv u 💗
Yeaa, leevan’s really heartbroken 💔💔
Dhww, unborn baby akah behen ves fasnujehey.
Hehe, isse aan bust kohlaifi 🤣🤣
IA next Thursday
Shukran Anonymous ✨✨
Lyt darl 🫶🏻🫶🏻
Mi part vx varah Reethi Masha Allah…
Leevan haadha dhera vaane ey dhw. 🥺 Sumee ge dad haadha smooth koh ebunely isse gennaashey hehe 😅 Sumee freak out vaairu vx isse mi hunnany hama jehilaigen 😂 Shaula and Naail huvaa mibuny dhn, Maraalan v E dhemeehun 😤 Reen ah kameh koffiya hurebala story thereah vadhefa, E dhemeehunnah rangalhu filaavalheh nagaidheynan 🤬 Reen akee eh noon kanneyn harufa akee, this Shaula gandakee emme bodu harufa 🙄 Reen and baby ah dhera gotheh nahadhacheyy.. Pls 🥺🙏 Kommes gothakun Zev ah mikan engeynama dhw 😭 When Next??? Curiously waiting for the next part… Appreciate your hard work 🥰
Lyssm 🤍
Yeaa, leevan vrh dhera vaane 💔💔
Hehe, maybe isse has too much self confidence 🤣🤣
Naail mennah rangalhu filaavalheh dheveythoa balaa 😅😅
IA next Thursday
Shukran Shiu ✨✨✨
Lyt darl 🫶🏻🫶🏻🫶🏻
Oh guys wait! Emeehun vhk dhehki iru bunee ” e dhe meehun e thibee vakivefa ” so they don’t know zev ge perspective change vejje kan!!
Yes, they don’t know abt it yet
Shukran Rrrrrr ✨✨
Ramadan Mubaarak my loving author…. ❤️🤝🏻
Ramadan Mubarak Alaika_22 🤝🏻