ދެވުނީ ވޭނޭ 37
Warning: Contains explicit references to domestic violence and abusive language
“ކަލޭ ގާތު ވަރަށް ސާފު ރީތި ދިވެހި ބަހުން ބުނެފަ ދޯ އޮންނާނީ އަހަރެންގެ އެކުވެރިންނަށް ވައި އެޅިލައިގެން ވެސް ނުވާނޭ. ކިތަށް ފަހަރު ބުނެގެންތަ އަޑު އިވޭނީ؟” ޒަވިއަން އަރީންގެ އަތުގައި ހިފާ ކާރުގެ އެއްފަރާތު ބިއްލޫރިގަނޑު މައްޗަށް ކެހެމުން ދިޔަ ވަގުތު ބޭރަށް ނެރުނެވެ. އަރީނަށް އަތް ފިތުމުން ވީ ތަދުން ދެލޯ މަރާލެވުނީއެވެ.
ކާރަށް އަރަން އައި އިޙުސާނަށް ކުރިމަތިން ފެނުނު މަންޒަރަކުން ދެއަތް މުއްކަވާލެވުނެވެ. ދުވެފައި ގޮސް އެއްކޮށް ނުކެހި ހުރި ބިއްލޫރިގަނޑުގައި ގޮށްމުއްކަވައިފައި ޖެއްސެވެ. ޒަވިއަން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލީ ދެނެވެ. “ޒަވިއަން ކޮން މޮޔައެއް ވެގެންތަ ތި އުޅެނީ؟ ރީންގެ އަތް ފިއްތާ ރަތް އަރުވާލަން ކެރޭ ވަރުގެ ދަށް ފެންވަރަކަށް ވެއްޓެން ޖެހޭތަ؟ އޭނ” ޒަވިއަން ގަމީހުގައި ހިފައިގަންނަމުން އިޙުސާނު އެއްޗެހި ކިޔައިގަތެވެ.
“ހަހް. މިއީދޯ ކަލޭ އަހަރެންގެ އެކުވެރިންނަށް ވިހަލާ ގޮތަކީ.” ޒަވިއަން އިޙުސާނުގެ އަތް ނައްޓުވާލަމުން އަރީނަށް އިންޒާރުގެ ނަޒަރެއް ދިނެވެ. “ވިހައޭ. ބަލަ ކައެ އޭ ހަމަޖެހެންވީ. އަރީން ދުވަހަކު ވެސް ނޫޅޭ އަހަރެންގެ ފަހަތަކުން. އެ ފަކީރު އަހަރެންނާއި ވާހަކަ ދައްކަން ވެސް ފަސްޖެހެނީ ޒަވިއަން ތި އުޅޭ ގޮތަކުން. މިއަދު ރީންގެ ގާތަށް ދިޔައީ ވެސް އަހަރެން އަހަރެންގެ އަމިއްލަ ކަމެއް އޮޅުން ފިލުވަން.” އިޙުސާނު ކާރުގެ ތެރެއަށް ބޯ ދިއްކޮށްލަމުން އިޙުސާނު ބުނެލިއެވެ.
“އިޙުސާން ޕްލީޒް. މި ތަނުން ދޭ. ތި ގޮތަށް ޒެވް އަށް އެއްޗެހި ނުކިޔާ.” އަރީން ކަރުނަވީ ނަޒަރެއް ދެމުން އެދުނެވެ. “ރީން. އަހަރެންނަށް މާ ރަނގަޅަކަށް ނޭނގެ ޒަވިއަން ރީނަށް ކޮށްލާނެ ވަރެއް. ބޭރު ތެރޭގައި މިހެން އަނިޔާ ކުރާނަމަ ސިއްރުން އަދި ކިހާވަރެއް ކޮށްލާނެ. އެހެން ޒަވިއަން އަނިޔާ ކުރާނަމަ މައްސަލަ ހުށަހަޅަންވީ. ތިއީ ލޯޔަރެކޭ. ޑޮމެސްޓިކް ވަޔަލެންސް އަކީ ކޮބައިކަން އެންމެ ރަނގަޅަށް ރީނަށް އެނގޭނެ. ތިޔަހެން ވޭންދެނިވި ދިރިއުޅުމެއްގަ ދުވަސްތައް އޮޔާލާނެ ކަމެއް ނެތް. އަހަރެންނަށް ޒަވިއަންގެ މި ނުރަނގަޅު މިޒާޖު ވަރަށް ރަނގަޅަށް އެނގޭ.” އިޙުސާނު ވިސްނައިދެވޭތޯ ވާހަކަ ދައްކަން ފެށިއެވެ. މިކަމުގެ ސަބަބުން އަރީން އިނީ ކިރިޔާ ނުރޮވިއެވެ. ޒަވިއަން މިރޭ އޭނާ އަށް ވަރުގަދަ ބޮނޑިއެއް އަޅާލާނެކަން އެނގޭތީ ހާސްވެފައެވެ. އަމިއްލަ ނަފްސު ދިފާއު ކުރުމަކީ ކޮބައިކަން އޭނާ އަށް ނޭނގޭ ކަހަލައެވެ.
“އިޙުސާން! އަހަރެންނެއްނު މި ބުނީ ހުއްޓާލާށޭ. މިއީ އިޙުސާނާއި ބެހޭ ކަމެއް ނޫން. އަހަރެމެން ދެމެދު އޮތް ކަމެއް. އިތުރަށް ވާހަކަ ނުދައްކާ ދޭ. މި ބުނީނުން ދުރަށް ދާށޭ.” އަރީން ޒަވިއަންގެ ގަމީހުން އިޙުސާނުގެ އަތް ނައްޓުވާލައިފައި ހަރުކަށި އަޑަކުން ބުންޏެވެ. އެ ފަކީރު ކަރުނަ އޮހޮރުނަކަ ނުދޭން ކުރަމުން ދިޔައީ އުނދަގޫ މަސައްކަތެކެވެ.
އަރީންގެ ވޭނީ ދެ ލޮލަށް ބަލާލައިފައި އިޙުސާނު ދުރަށް ޖެހުނެވެ. އެއާއެކު ޒަވިއަން ކާރުގެ ބިއްލޫރިގަނޑު ކަހާލިއެވެ. އިޙުސާނު ގޮސް ފަހަތުގައި ޕާކު ކުރެވިފައިވީ އޭނާގެ ކާރަށް އަރައިފިއެވެ. އެއަށް އަރާ ދޮރު ޖަހާލުމަށް ފަހު އޭނާ ސަރަކައިގައި ބޯ އަޅާލަމުން ދެލޯ މަރާލިއެވެ. އެ ވަގުތު އޭނާއަށް ސިފަވީ އަރީންގެ މިލައިފައިވާ މޫނެވެ. އެ ހިތާމަވެރި ނަޒަރެވެ. “އަނެއްކާ މަ އެގޮތަށް އެއްޗެހި ކިޔައިގަތީމަ އޭގެ ބަދަލު ރީނަށް ގޮތެއް ހަދާލާނެބާ؟” އިޙުސާނުގެ ހިތަށް ސިފަވެލީ އެ ކަހަލަ ރަޙުމް ކުޑަ މަންޒަރެކެވެ. އިޙުސާނަށް އޭނާގެ އިސްތަށިގަނޑަށް ދަމާލެވުނެވެ.
“ކަލޭ ހަނދާން ކުރާތި. ކަލޭގެ ސަބަބުން އަހަރެންގެ ޅައުމުރުއް ސުރެ އެކުގައިވި ގާތް އެކުވެރި އަކާ ޒުވާބުކުރަން އެ ޖެހުނީ. އެކަމުގެ ހިތި އަދި ދެކެން ޖެހޭނެ.” ގެއާއި ހަމައަށް އާދެވުމުން ޒަވިއަން އިންޒާރެއް ދިނެވެ. އަރީން ހިންދިރުވާލައިފައި ކާރުން ފޭބިއެވެ. އޭނާގެ އަތަށް ފުމެމުން ދިޔައީ ވޭން އަޅާތީއެވެ. އެ ހިތް ޑަންޑަޑަން ލައިފައި ތެޅެމުން ދިޔައީ މިރޭ ޒަވިއަން ބާލާނެ ރޯޅިއެއް ނޭނގޭތީއެވެ.
އަނބުރާ މަސައްކަތަށް ގޮސްފައި ވެސް އިޙުސާނަށް ވިސްނެމުން ދިޔައީ އަރީނާއި މެދުގައެވެ. އަދިވެސް އޭނާގެ ލޯ މައްޗަށް ސިފަވަނީ އަރީންގެ ވޭނީ ދެ ލޮލެވެ. ޒަވިއަނާއި ވާހަކަ ދައްކަން ދާން ވެސް ހިތަށް އެރިއެވެ. އެހެނަސް އެ ސޮރު ގާތަށް އައިސްފައިވާ ރުޅިގަނޑު ފިނިވާ ގޮތެއް ނުވިއެވެ. ކިތަންމެ ރުޅިއަޔަސް އަރީން ކަހަލަ ކުށެއް ނެތް ކުއްޖަކަށް އެހެން ހަދަން ޖެހޭ ހެއްޔެވެ؟ މި ކަހަލަ ހެކި ފެބްރިކޭޓް ކުރަން ފަސޭހަ ޒަމާނެއްގަ އެހެން ފެންނަ ހެއްކަކަށް ބަރޯސާވާން ޖެހޭ ހެއްޔެވެ؟ ކުރިން އިޙުސާނު އެ މައްސަލަ އަލުން ތަޙުޤީޤު ކުރަން އުޅުނު ނަމަވެސް މަތިން އެ ފުރުސަތެއް ނުދިނެވެ. އަރީން އެ އަނިޔާވެރިކަމުން ސަލާމަތް ކުރުމަށް ޓަކައި އެ ކޭސް ސޯލްވް ކުރުމުގެ ޢަޒުމް އެ ހިތުގައި އުފެދިއްޖެއެވެ. ޒަވިއަން މައިތިރި ކުރެވޭނެ ހަމައެކަނި ގޮތަކީ އަޒާ މަރާލި ޙަޤީޤީ ކުށްވެރިޔާ އަތުލައިގަތުމެވެ. އޭރުން އަރީންގެ ކުށެއް ނެތް ކަން ސާބިތު ކުރެވޭނެއެވެ.
ޑިޔުޓީ ނިންމާފައި ގެއަށް ދިއުމަށް ފަހު ވެސް އިޙުސާނުގެ ޚިޔާލުގައި ވަނީ އޭނާއަށް މިއަދު އުޅެވުނު ގޮތެވެ. ޒަވިއަނަށް އެއްޗެހި ކިޔުނު ގޮތެވެ. އެ ކަމުގެ ސަބަބުން އަރީނަށް ވެދާނެ ގޮތަކާއި މެދުގައެވެ. ޔުނީފޯމު ބަދަލުކޮށްފައި އޭނާ ނުކުތީ ބޭރަށެވެ. ކާރަށް އަރައި ދުއްވާލަމުން އޭނާ ގުޅާލީ ލީވާނަށެވެ. “ހަލޯ! ޒެވް ކޮންތާކު؟ އަދި ގެއަކަށް ނުދާނެ ދޯ!” އިޙުސާނު ވާހަކަ ދައްކަން ފެށިއެވެ. “ހޫމް. ކިހިނެއްވީ؟” ލީވާން އެއްސެވެ. އިޙުސާނު ވީގޮތް ކުރު ގޮތަކަށް ތަފްސީލު ކޮށްދިނެވެ.
ޑައިމަންޑް ސްކައި އެޝޫރަންސްގެ ޕާކިން ޒޯނުގައި ކާރު ޕާކު ކޮށްލައިފައި އިޙުސާނު އެއިން ފޭބިއެވެ. އެ ބޮޑު އިމާރާތުގެ ތެރެއަށް ވަދެގެން ދިޔައިރު އެ ތަނުގެ މުވައްޒަފުންގެ ލޯތައް އޭނާ އާއި އަމާޒުވަމުން ދިޔައެވެ. އިޙުސާނު ގޮސް އެރީ ޒަވިއަނަށް ޚާއްޞަ ލިފްޓަށެވެ.
ކެބިނުގެ ދޮރުގައި ޓަކި ޖަހާލުމަށް ފަހު އިޙުސާނު އެތެރެއަށް ވަނެވެ. “ޒެވް. އައިމް ސޮރީ. މިއަދު ބެހެން ނުޖެހޭ ވަރަށް ޒެވްގެ އަމިއްލަ ކަންކަމާއި ބެހެވިއްޖެ. ކުށް ކުރީ އަހަރެން. ކުރާ ކަމެއް އަހަރެންނަށް ކުރޭ.” ސޯފާގައި އިށީންނަމުން އިޙުސާނު މަޢާފަށް އެދުނެވެ. ޒަވިއަން ގޮނޑިން ތެދުވެގެން އައިސް އިޙުސާނުގެ ކޮނޑަށް އަތް ވައްޓާލިއެވެ. “ދެން އެ ކަން ދޫކޮށްލާ. އަސްލު އަރީން ފެނިފަ އަހަރެން ހަނދާން ވަނީ އަޒާ މަތިން. އޭނާ ދެކެ އެހާ ރުޅި އާދެވެނީ އެހެންވެ. މަށަށް އޭރު ވެސް އެނގޭ އެ އަންހެނާ އާއި ކައިވެނި ކޮށްފިނަމަ މިހެން ކަންތައް ވާނެކަން. އަހަރެންނަކަށް ރުޅި ކޮންޓްރޯލެއް ނުކުރެވޭ.” ޒަވިއަން ތެދުތެދަށް އެ ވާހަކަތައް ހިއްސާ ކުރިއެވެ.
“ތިޔަ ވަރުން ދަންޏާ ވަރިކުރަންވީނުން.” ލީވާން ތެދުވެގެން އައިސް ސޯފާގައި އިށީނެވެ. “ތި ކަމެއް ނުކުރެވޭނެ. އެ އަރީނަކަށް ވެސް އެނގުނީ ޒައްކޮ މަރާލަން ވިއްޔާ. ކިހިނެއްތަ އެ ރުޅި މައިތިރިކުރެވޭނީ. ޤާނޫނީ އަދަބު ލިބިގަންނަން ދެކޮޅު ހަދާފަ ޤައުމުން ރައްކާވަން ކެރުނު މީހެކޭ އެއީ.” ޒަވިއަން ދެއަތް މުއްކަވާލަމުން ބުނެލިއެވެ. މި އަޑު އިވިފައި ލީވާނާއި އިޙުސާނަށް ސިއްރު ނަޒަރެއް ބަދަލުކޮށްލެވުނެވެ.
“ތި މައްސަލަ ދޯ! އެދިގެން ވެސް އަލުން ތަޙުޤީޤު ކުރަން ނުފެށުނު ކޭސްއެއް ތިއީ. ޕްރައިމް ސަސްޕެކްޓަކަށް ބެލެވިފަ އިނީ އަރީން. އެކަމަކު މިހާރު އެ ގޮތަށް މީހަކު ފްރޭމް ކޮށްލުމަކީ އުނދަގޫ ކަމެއް ނޫން. އަހަރެން ދެކެ ގޮތުގައި ރީން އަކީ އެހެން ފްރޭމް ކޮށްލެވުނު މީހެއް.” އިޙުސާނު މަސައްކަތް ކުރީ ރީތިކޮށް މަޑުމައިތިރި ކޮށް ވާހަކަ ދައްކައިގެން ވިޔަސް ޒަވިއަންގެ ޚިޔާލު ބަދަލުކޮށްލެވޭތޯއެވެ. “އެކަކަށް ވެސް އެކަން ސާބިތު ކުރެވުނުތަ؟ އެ އަރީންގެ ކޮޓަރި ތެރޭގައޭ ޒައްކޮ މަރާލާ ލޭކޮށާލެވިފައި އޮތީ. ނުވީތާކަށް އޭރު ފުލުހުން ހޯދި ހެކިތައް. ސީދާ އެ ކްރައިމް ސީނުން އަހަރެންގެ ލޯ ކުރީމަތީގައޭ އެ އެއްޗެހި ނެގީ. އެ ހުރިހާ އެއްޗެއް ވެސް އިނގިލި ދިއްކުރަނީ އޭނާއަށް.” ޒަވިއަން ރުޅިވެރި ރާގަކަށް ބުނެލިއެވެ.
“ދެން ނިމުނީ އެ ވާހަކަ ދައްކާނެ ކަމެއް ނެތް.” އިޙުސާނު ބުނެލިއެވެ. އެއަށްފަހު ތިން އެކުވެރިން އެކުގައި ވަގުތުކޮޅެއް ހޭދަ ކޮށްލިއެވެ. ޒަވިއަން އަނބުރާ ގެއަށް ދިޔައިރު ވެސް ހުރީ ރަނގަޅު މޫޑެއްގައެވެ. އަރީނަށް ނުބެހި ނިދަން އޮށޯތީ ވެސް އެހެންވެގެންނެވެ.
ލޯވް ފާރމަށް ދެވުމުން އަރީން ގުޅާލީ ލިވާޒާއަށެވެ. ކޭސް ނިމުނެއް ކަމަކު އޭނާ ދައްކަން ބޭނުން ވާހަކައެއް އޮތުމުންނެވެ. ލިވާޒާ އަށް ލޯވް ފާރމަށް އަންނަން އުނދަގޫ ވާނެތީ އަރީން ބަހަށް އަރައިގެން ދިޔައީ ލިވާޒާ އުޅޭ އެޕާޓްމަންޓަށެވެ.
“ކޮން ކަމެއް އޮޅުންފިލުވަންތަ އުޅުނީ.” އަރީން ސޯފާގައި އިށީނުމުން ލިވާޒާ އެހިއެވެ. “އެއްކަލަ ބިރުދެއްކި ވީޑިއޯގަ އަންހެން ކުއްޖަކު މަރާލި ވާހަކަ ބުންޏެއްނު. އެ ކަން ކުރި ރޭ މާނިއު ހުރީ ކޮން އެކުވެރިއެއްގެ ގެއެއްގަތަ؟” އަރީން އިތުރު ވާހަކައެއް ނުދައްކާ ސީދާ މައުޟޫ އަށް ދިޔައެވެ. “އެއީ…. ރިޝްވާން އަހުމަދު އެއް. އޭނާ އުޅޭ އެޕާޓްމަންޓަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފުލެޓު ނަންބަރު 21. ހަނދާންވާ ގޮތުން އެއީ އަށްވަނަ ފުލޯގެ ބާރަ ވަނަ ޔުނިޓް” ލިވާޒާ ބުނެލިއެވެ. އަރީން ޝުކުރު އަދާކޮށްލައިފައި ނުކުމެގެން ދިޔައީއެވެ.
އަރީން އަނބުރާ ގޮސް ކެބިންގައި އިނީ އަޒާޔާގެ މައްސަލަ ދިރާސާ ކުރާށެވެ. ސިއްރިޔާތުގައި އެ މަސައްކަތް ކުރާތީ މާ ބޮޑު ކުރިއެރުމެއް ނުލިބެއެވެ. ހަމައެކަނި އެނގެނީ އެކަމުގައި ބްލޫ ވޯޓާސްގެ އަތެއް އެކަމުގައި ވާ ކަމެވެ. އެއީ ޑައިމަންޑް ސްކައިގެ ވިޔަފާރި އިނދަ ޖައްސާލާ އެ ރިސޯޓުތަކާއި ހޮޓެލްތަކަށް ވެރިވެގަތުމަށް އެ މީހުންގެ ބަޔަކު ހިންގި ލާއިންސާނީ ޖަރީމާއެއް ކަމެވެ.
ހެނދުނު ހޭލީއްސުރެ ނައުރީން އުޅުނީ އޭނާގެ އެހީތެރިޔާ އާއި އެކު ފޮށްޓަށް އެއްޗެހި އަޅާ ދަތުރަށް ތައްޔާރު ވާށެވެ. ހުރިހާ ކަމެއް ކޮށް ނިމުމުން ނައުރީން ލަސްނުކޮށް ފެންވަރައިގެން ނުކުތެވެ. ރީތިވެލައިފައި އޭނާ ގޮސް ބީން ބޭގު މައްޗަށް ވެއްޓިގަތެވެ. ފޯނު ނަގައިފައި އޭނާ ގުޅާލީ ލީވާނަށެވެ. ނައުރީން އެދުނީ މެންދުރު އެކެއް ޖެހުމަށް އޭނާ ބަލައި އައުމަށެވެ. އެއީ ޗެކިން ފެށޭ ޖެހޭ ގަޑި ކަމަށް ވާތީއެވެ.
އަޒާޔާގެ ކޭސް ދިރާސާ ކުރުން ހުއްޓާލައިފައި އަރީން ކެބިނުން ނުކުތީ އައު ކޭހަކާއި ހަވާލު ވުމުގެ ނިޔަތުގައެވެ. އޭނާ ގޮސް ނާއިލްގެ ކެބިން ކުރިމަތީގައި ހުއްޓިފައި ހުރެވުނީ ޓަކި ޖަހާނެހާ ހިތްވަރު ނެތުމުންނެވެ. އެހެން ހުއްޓާ ނާއިލް ދޮރު ހުޅުވާލައިފިއެވެ. ލިބުނު ސިހުމުގައި އަރީނަށް ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނެވެ. ނާއިލް އަރީންގެ އަތުގައި ހިފާ ދަމައިގަންނަމުން ކެބިންގެ ދޮރު ތަޅު ލިއެވެ.
“އަރީ. އަހަރެން ވަރަށް ސާފުކޮށް ބުނިންދޯ ބްލޫ ވޯޓާސް އާއި ދެކޮޅު ކޭސްތަކާއި ހަވާލު ނުވާށޭ. ލިވާޒާގެ ކޭހަށް ފަހު އެ ކަހަލަ ދެވަނަ ކްލައިއެންޓެއް ނަގަން ނުވިސްނަބަލަ. މަ ހިމޭނުން ވާހަކަ ދެއްކިޔަސް ހުރިހާ އެންމެން އެހެނެއް ނުވާނެ.” އަރީންގެ ވާހަކަ އަހައިފައި ނާއިލް މޭޒުގައި ޖަހާލައިފައި ތެދުވެވުނީ ރުޅި އާދެވުމުންނެވެ. “އަޅުގަނޑަށް އަޅުގަނޑު ބޭނުން ކްލައިއެންޓެއް ނެގުމުގެ ފުރުސަތު އޮންނަން ޖެހޭނެ. ނާއިލް މި ލެވެލްގެ ޗީފް އަކަށް ވިއެއް ކަމަކު ތިހެނެއް ބާރުގެ ބޭނުން ނަހަމަ ގޮތުގައެއް ބޭނުމެއް ނުކުރެވޭނެ.” ސާބިތު ކަމާއެކު އަރީން ވެސް ވަރުގަދަ ރައްދެއް ދީފިއެވެ.
“އަރީއަށް ރަނގަޅަކަށޭ މަ އެހެން މި ބުނީ. ތިހެން އުޅެން ދިމާކުރަންޏާ މަށަކަށް ވަކި މައިތިވެގެންނެއް ނުހުރެވޭނެ. އެހެން ގޮތް ގޮތުން ޕްރެޝަރު ކުރަން ޖެހޭނީ.” ނާއިލް އައިސް އަރީންގެ އަތުގައި ހިއްޕެވެ. އަރީން ހާސްވެ ބިރުގަންނަން ފެށީ އެ ހިސާބުންނެވެ. ނާއިލް އަރީންގެ އަނގަމަތީގައި އަތް އަޅައިފައި ގެންގޮސް ސޯފާ އަށް ގަންނަވާލިއެވެ. އަރީން ގަދަ ހެދީ ސަލާމަތް ވުމަށެވެ. އޮފީހުގައި ރޯމާ ދުވާލު އެ ކަމެއް ކުރަން ނާއިލް ޖެހިލުން ނުވީތީ އަރީން ހައިރާންވިއެވެ.
“ހުއްޓާލާ. ނާއިލް. ދެން ހުއްޓާލާށޭ. ތިހެން ނުހަދާ! އާދޭސް ކޮށްފަ މި ބުނީ.” ރޮއިރޮއި ގޮސް ދެލޮލަށް ރަތް ލޭ ކުލަ އަރައިފައިވާ ޙާލު އަރީން އާދޭސް ކުރަމުން ދިޔައެވެ. ނާއިލްގެ މަޤްސަދު ޙާސިލުވިޔަކަ ނުދޭން އޭނާ ކުރަމުން ދިޔައީ ހަނގުރާމައެކެވެ. އޭރު ހުއްޓުމެއްނެތި ނާއިލްގެ ފޯނު ރިންގުވަމުން ދިޔައެވެ. “ނާއިލް! ތިކަން ނުކުރާތި. ހެޔޮ ނުވާނެ” އަރީން ނާއިލްގެ ކޮނޑުގައި ހިފާ ދުރަށް ޖެއްސޭތޯ އުޅުނެވެ. ނާއިލް އަރީން ދޫކޮށްލާފައި ތެދުވީ އޭނާގެ ފޯނަށް އެ ގުޅާ މީހަކު ނުހުއްޓުމުންނެވެ.
ނާއިލް އަރީންގެ ގައިމަތިން ތެދުވުމުން އެ ފަކީރު އަވަހަށް ލައިގެން ހުރި ގަމީހުގެ މަތީ ތިން ގޮށް އަޅުވާލިއެވެ. ކުރިން ވެސް ފޮށުނެއް ކަމަކު މިހާ ވަރެއް ނުކުރެއެވެ. ހިތް ކުދިކުދި ވެފައިވީ ޙާލު އަރީން ޝޯލް ނަގައި އަވަސް އަވަހަށް ބޮލުގައި އޮޅާލިއެވެ. ބިންމަތިން އޭނާގެ ކޯޓު ނަގައިފައި އެ ކެބިނުން ނުކުމެގެން ދިޔައީ ދުވެފައެވެ. އަމިއްލަ ކެބިނަށް ވަދެ ދޮރު ތަޅުލައިފައި އަރީން ބިމަށް ތިރިވިއެވެ. ހިތްދަތި ވެފައިވީ ވަރުން އެ ފަކީރު ގިސްލަ ގިސްލައިފައި ރޮމުން ދިޔައީ އަހާ މީހެއްގެ ހިތަށް ވެސް އަސަރު ކުރާނެ ފަދައަކުންނެވެ. ކެބިންތައް ސައުންޑް ޕްރޫފްކޮށްފައި ނުހުންނަ ނަމަ ބޭރުން ލައިފައި ދާ މީހަކަށް އަރީން ރޯ އަޑު އިވޭނެއެވެ.
އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލެވުމުން އަރީން ކަރުނަތައް ފުހެލައިފައި ތެދުވިއެވެ. ފާޚާނާއިން މޫނު ދޮވެލައިފައި އަރީން ކެބިނުން ނުކުތެވެ. މިފަހަރު އޭނާ ދިޔައީ ޗެއާރމަންގެ ކެބިނަށެވެ. އަރީން ބޭނުންވި ކޭހާއި ހަވާލުވީ އެ ފިރިހެން މީހާ އާއި ވާހަކަ ދައްކައިގެންނެވެ. ނާއިލް އެ ދިން އަނިޔާގެ ބަދަލު ދައްކާލަން އަރީން ބޭނުންވީ މި ކޭސް ނަގައިގެންނެވެ. ބްލޫ ވޯޓާސް އިނދަ ޖައްސާލެވޭވަރަށް ގިނަ ކޭސްތައް ނަގާ ކާމިޔާބު ކުރުމުގެ އަޒުމް މިއަދު އެ ހިތުގައި އުފެދިއްޖެއެވެ. މީގެ ފަހުން އަންހެން ކުއްޖަކަށް ވީތީ އޭނާގެ މައްޗަށް ބާރު ފޯރުވިޔަކަ ނުދޭން އޭނާ ބޭނުން ވިއެވެ.
ނައުރީން ކާރަށް އެރުމުން ލީވާން އެ ގިޔަރަށް ލައި ދުއްވާލިއެވެ. “މިފަހަރު ކޮން ޤައުމަކަށް؟” ލީވާން އެއްސެވެ. “ޓައިވާނަށް މި ދަނީ. ދެ ހަފްތާ ވާނެ. ބެސްޓީ މަތިން މިސްވިޔަސް އެކޮޅަށް ގޮސްފައި ނުގުޅޭނެ އިނގޭ. ވަރަށް ބިޒީ ވާނެ ވިއްޔާ.” ނައުރީން ސަކަ ގޮތަކަށް ބުނެލިއެވެ. “ހެވޭ ނުގުޅިޔަސް. ނޫރީ މިހާރު އަމިއްލަ އޭޖެންސީގެ މީހުންނާއި އެކު އެއާޕޯޓަށް ނުދަނިއްޔޯ. ކޮންމެ ފަހަރަކު މަށަށް ގުޅާފަ އަންނަންޏާ އެ މީހުން ކޮން އެއްޗެކޭތަ ހިތަށް އަރާނީ؟ މިހާރު ވެސް ނެޓުގަ އެތައް ބަޔަކު އަހަރެމެން ތަތްކޮށްފަ ލައްކަ ވާހަކަ ދައްކާ.” ލީވާން އަނގަހަދާލަމުން ބުނެލިއެވެ.
“ހެހެހެ. ވާން ހިތްހަމަ ނުޖެހުނީތަ؟ ވާން މޮޅު ޑްރައިވަރަކަށް ވީމައޭ ގެންގޮސް ގެނެސްދޭން ބުނަނީ. ޕްލަސް ތިއީ ބޮޑީ ގާރޑަކަށް ވާން ޓްރެއިން ކޮށްފަ ހުރި މީހެއް. މީހުން ދައްކާ ވާހަކަ ތަކާ މެދު ނުވިސްނާ. އެކަހަލަ ވާހަކައަކުން އަހަރެންނަކަށް އެއްވެސް އަސަރެއް ނުކުރާނެ.” ނައުރީން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ނިކަން އެކުވެރިކަމާއި އެކު ދެމީހުން ވާހަކަ ދައްކަމުން ދިޔައިރު ނައުރީންގެ މޫނުމަތި ފަޅުފިލުވާލެވިފައި ވަނީ ހިތްގައިމު ހިނިތުންވުމަކުންނެވެ.
“އަމްމް.. މިރޭ އިއްސޭ އަށް ނައިޓް ޑިއުޓީ އެބައޮތެއްނު. އަހަރެންނާއި ބަދަލުކޮށްލެވިދާނެތަ؟ މިރޭ ވަރަށް މުހިންމު ކަމެއް ކުރަން އެބަ ޖެހޭ.” ހެނދުނުގެ ޓާސްކު ނިންމާލައިފައި އިޙުސާނުގެ ކެބިނަށް ވަދެފައި ސުމައްޔާ ބުނެލިއެވެ. “މިރޭ ކީއްކުރަންތަ ތިއުޅެނީ؟” ބަދަލުގައި އޭނާ ކޮށްލީ ސުވާލެކެވެ. ސުމައްޔާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. “މި ވެސް ހާދަ ފޮނިބޮޑު ފިރިހެނެކޭ. މަ ކުރާހާ ކަމެއް ބަލަން ޖެހޭތަ؟” ހިތާހިތުން އެހެން ބުނެލިއެވެ.
“އަހަރެން ސުވާލެއް ކޮށްފީމޭ.” އިޙުސާނު ތެދުވެ މޭޒުގައި އަތް ވިއްދާލަމުން ސުމައްޔާގެ މޫނާއި ގާތްވެލަމުން އެ މޫނަށް ފުން ނަޒަރެއް ދިނެވެ. ކޮންމެހެން ތެދުވަންނަން ނުޖެހުނަސް އެގޮތަށް ގާތްވެލުމަށް އެ ހިތް އެދޭ ވަރުން ތެދުވެވުނީއެވެ. މި އަމަލުން ސުމައްޔާ ފާޑަކަށް ސިހުނެވެ. އެ ޖާދުވީ ނަޒަރުގައި ޖެހިފައި ހިނދުކޮޅަކު ހުރެވުނެވެ.
“މީހަކާ ބައްދަލުކޮށްލަން. ވަރަށް މުހިންމު ކަމެކޭ. މިފަހަރު ސްވިޗް ކޮށްލަދީ.” ސުމައްޔާ މަސައްކަތް ކުރީ އިޙުސާނު ހިތްހަމަޖެހޭ ފަދައަކުން ވާހަކަ ދެއްކޭތޯއެވެ. މަޤްސަދު ޙާސިލުކުރެވޭނީ އޭރުންނެވެ. މިއާއެކު އިޙުސާނުގެ މޫނުމަތީގައިވީ ހިނިތުންވުން ގެއްލުނެވެ. އަތް މުއްކަވާލެވުނެވެ. “ފިރިހެނެއްތަ؟” އިޙުސާނަށް އެ ސުވާލު ކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. މިއާއި އެކު ސުމައްޔާގެ ދެބުމަ ގާތްވެލައިފިއެވެ.
“ފިރިހެނަކަށް ވިއްޔާ މައްސަލައެއްތަ؟” ސުމައްޔާ އެހިއެވެ. “ޑިޔުޓީ ބަދަލެއް ނުކުރެވޭނެ.” އިޙުސާނު އެހެން ބުނެފައި އިޙުސާނު ގޮނޑީގައި އިށީނެވެ. ސުމައްޔާ އަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. “ދެން އަޅެ… ރީން އެކަނި ފޮނުވާލަން ބޭނުން ނުވާތީއޭ. ތިހާ ފާޅުކަން ބޮޑު ގޮތަކަށް ޖެލަސް ވާ މިންވަރު ނުދެއްކިޔަސް ވަރިހަމަ.” ސުމައްޔާ ހަށަން ބަނދެލަމުން ބުނެލިއެވެ. މިއާއި އެކު އިޙުސާނަށް އިސް އުފުލާލެވިއްޖެވެ. އެ ސޮރު ރަކިވެފައި ސުމައްޔާ އަށް އާނ ބަސް ދީފައި ފޮނުވާލައިފިއެވެ.
“ވާހް. މަށަށް މިއޮއް ވާގޮތެއް. ސޫމޯ އައި ނީޑް ޔޫ އޭޒް މައިން.” މޭގައި އަތް އަޅާލަމުން އިޙުސާނު އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. ސުމައްޔާ އެހެން ފިރިހެނަކާއި އެކު ވެދާނެ މަންޒަރު ހިތަށް ސިފަވުމާއި އެކު އޭނާއަށް ބޯހޫރާލެވުނެވެ.
ރޭގަނޑުގެ ވަގުތެވެ. އަރީނާއި އެކު ސުމައްޔާ ދިޔައީ އަރީން ކުރިން އުޅުނު ފުލެޓަށެވެ. އެ އިމާރާތުގެ ތެރެއަށް ވަންނަން އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު އަރީންގެ ހިތަށް ޒާތެއްގެ ގޮތެއް ވިއެވެ. އެތަށް އަހަރެއް ކުރީގެ ހިތި ހަނދާންތައް އޭނާގެ ލޯ ކުރިމަތީގައި ފިލްމެއް ހެން ރޯލް ވާން ފެށިއެވެ. ސުމައްޔާ ހުއްޓުން އަރައިފައި ހުރި އަރީންގެ އަތުގައި ހިފާލަމުން ގޮސް ލިފްޓަށް އެރިއެވެ.
“އެ ރިޝްވާނެއް އަހަރެމެންނަށް އެހީވާން ރުއްސޭނެބާ؟” ރިޝްވާންގެ އެޕާޓްމަންޓު ކަމަށް ލިވާޒާ ބުނި ޔުނިޓު ކުރިމަތީގައި ހުއްޓިލައިފައި ސުމައްޔާ ބުނެލިއެވެ. “އެނގިދާނެތާ” އަރީން ބެލް އަޅާލިއެވެ. އުންމީދު ކުރި ގޮތާއި ޚިލާފަށް އެތެރެއިން ދޮރު ހުޅުވާލީ މެދު އުމުރުގެ އަންހެނެކެވެ.
“ދައްތާ! ރިޝްވާން އެބައުޅޭތަ؟” އަރީން އިސްވެ އެހިއެވެ. “ކޮން ރިޝްވާނެއް. މިތަނުގައި އުޅެނީ ދައްތަ އާއި ދައްތަގެ އަންހެން ދަރިފުޅު. ތިއީ ކީއްކުރާ ކުދިންކޮޅެއް.” އެ ދައިތަގެ ޖަވާބު އިވިފައި ދެ މީހުން މާޔޫސް ވިއެވެ. “އެހެންތަ. ކުރީގައި މިތަނުގައި އުޅުނު މީހެއް ކަމަށް ވާނީ. ކޮން އިރަކު ދައްތަ މިތަނަށް ބަދަލުވީ؟” ސުމައްޔާ އެހިއެވެ. “ނިމިދިޔަ އަހަރުގެ މެދުތެރެއިން ބަދަލުވެއްޖައިން.” އެ މީހާ ރައްދުގައި ބުނެލިއެވެ. އަރީންމެން ޝުކުރު އަދާކޮށްލައިފައި އަނބުރާ ގޮސް ލިފްޓަށް އެރިއެވެ. އެއަށްފަހު ދެމީހުން ދިޔައީ ސުމައްޔާގެ ގެއަށެވެ.
“ދެން ކީއްކުރާނީ؟ ހެކިވެރިއަކަށް ބެލެވޭނެ މީހަކު ހުއްޓަސް އޭނާ އުޅޭ ތަނެއް ނޭނގެންޏާ އެއްވެސް ކުރިއެރުމެއް ނުލިބޭނެއްނު.” އަރީން މާޔޫސްވެފައި އިނދެ ބުނެލިއެވެ. “ރީން ހާސްނުވޭ. އަދި އެ މީހަކު ހޯދިދާނެ. މާނިއު އަށް އެހެން ހަދާލީމަ ރިޝްވާން އަމިއްލަ ސަލާމަތްތެރިކަން ހޯދުމަށް އެހެން ހިސާބަކަށް ދިޔައީ ކަމަށް ވާނީ.” ސުމައްޔާ ވިސްނަން އިނދެފައި ބުނެލިއެވެ.
ނެގި އައު ކޭސްގެ ސަބަބުން ވަޒީފާގައި ބުރަ ވުމުން އަރީނަށް އަޒާޔާގެ ކޭސް އާއި މެދު ވިސްނާލާކަށް މިހާރު ވަގުތެއް ނުލިބެއެވެ. ސުމައްޔާ ވެސް ފުލުސް އޮފީހުގައި އުޅެން ޖެހޭލެއް ބުރަ ކަމުން އެހެން ކަމަކަށް ސަމާލުކަން ދޭނެ ފުރުސަތެއް ނުލިބެއެވެ.
ރޭގަނޑުގެ ވަގުތެވެ. ގެއަށް ގަންނަން ޖެހޭ ބައެއް ތަކެތި ހުރުމުން ސުމައްޔާ ނުކުތީ ފިހާރަކޮށްލުމަށެވެ. ހުޅުމާލޭގެ ބާރު ބޮޑު ފިހާރަތަކުން ތަކެތި ގަނެ އުޅުމަކީ ފަސޭހަ ކަމެކޭ ނުބުނެވޭނެއެވެ. ކިޔުގައި ޖެހިފައި ވެސް އެތައް ވަގުތެއް ފެނަށް ދުއްވާލަން ޖެހިދާނެއެވެ. އެއީ ސުމައްޔާ ނިކަން ފޫހިވާ ކަމެކެވެ. އެހެންކަމުން އޭނާ ބަލަނީ އެއް ފިހާރައަކުން ހުރިހާ އެއްޗެއް ގަނެ ނިންމާލެވޭތޯއެވެ. އޭރުން އެކި ފަހަރު މަތިން ކިޔުގައި ތާށިވެފަކާ ހުންނާކަށް ނުޖެހޭނެތާއެވެ.
“ހީވަނީ ރޯދަ މަސް ލައިގަނެގެން އުޅޭހެން. މީހަކު ރުޅިއެއް ނާންނާނެތަ؟ މިރޭ ވެސް ހާދަ ގިނަ އިރަކު ބިލް ދައްކަން ކިޔުގައި ތާށިވެފަ ހުންނަން ޖެހިއްޖެޔޭ.” އަނގަޔަށް ގޮތެއް ހަދާލައިފައި ސުމައްޔާ މިސްރާބު ޖެހީ ގެއަށް ދާށެވެ. ދެ އަތުން ބަރު ދެ ކޮތަޅު ހިފައިގެން ތުން ފުމެމުން ދިޔައިރު ހީވަނީ ޒުވާން ފިރިހެން ކުއްޖެއް ހެނެވެ. ލައިގެން ހުރީ ވެސް ކަޅު ހުޑީއަކާއި ޓްރައުޒާއެއް ވިއްޔާއެވެ. ސައުވީސް އަހަރު ވިޔަސް ހަރު ވައްތަރެއް ނުޖަހައެވެ.
ވަކި ހިސާބަކުން ދެ މީހަކު އައިސް ސިއްރު ސިއްރުން ސުމައްޔާ އާއި އަރާ ހަމަކުރިއެވެ. ސުމައްޔާ އަށް އެކަން ރެއަކާ ލުމުން ފަހަތަށް އެނބުރެލީ ކާކު ތޯ ބަލައިލުމަށެވެ. އެ އަމަލުން އެ މީހުން ސިހުނު ނަމަވެސް އެކަކު އަތުގައި އޮތް ފޮތިގަނޑެއް ސުމައްޔާގެ މޫނުމަތީގައި އަޅާ ބާރުކޮށްލިއެވެ. “ދީސް ބްރެޓްސް ޕްލެއިން ޑާރޓީ” ސުމައްޔާ އަށް ދަތްކުނޑި ވިކާލެވުނީ އެއިން ކްލޮރޯފޯމްގެ ވަސް ދުވުމުންނެވެ. އޭނާ އަށް ދެން ކަމެއް ނުކުރެވޭނެތީއެވެ. އިސާހިތަކު ސުމައްޔާ ޚަބަރު ހުސްވެގެން އެ ފިރިހެނާގެ އަތް މައްޗަށް ދެމުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.







Aaaahhhhhh sumo…. when next alhe ihusaan is gonna beat their asses badly.
IA next Friday
Shukran K ✨✨
Me first dho?
Mibai varah salhi and interesting
Zevian alhe areen ge kusheh neikan ingeyny Kon irakuntha
When next??
Masha allah you’re a very talented author keep it up
LYSM ❤️❤️
Reen ge kusheh neiy kan engeyni kon dhuvahakun baa, alhugandah vrh inthizaaru kurevey dhuvaheh eii 🥀🥀
IA next Friday
Glad to hear that, Shukran Diva_gurly ✨✨
Lyt darl 🫶🏻🫶🏻
Should thank isse! zev bro hama akah alhuvaalee viyya!
Naail alhe haadha nulafaa ey dhw? Kon irakun tha eyna ge massala hushahalhanee😭😭
Finally isse rangalhu vhk eh dhahkaifi! He really needs sumy as his’💗
Alhe sumy ah ehen ehedhy kaaku? Isse is gonna pin their a$$es!
Well loved this part sm!
When next?
Ly!
Aan, naseebeh e soru hamayakah alhuvaalikan 😮💨😮💨
Naail ge mahsala hushahalhaane dhuvaheh adhi neyngey 😖😖
Hmmm, isse e ulhenyy loabi vevigen kan enme fahun gaboolu kohfi
IA next Friday
Shukran Your fav bab ✨✨
Lyt darl 🫶🏻🫶🏻
Sumee ah gotheh nahadhahchey!!
Gotheh vaane hen heevany ekm 😖😖
Shukran Diva_gurly ✨✨
So that means eii isse men eh nooney dhw?😭😭 aaaghhh I thought prank akah vedhaane kamah! Well true isse is not gonna spare those asses!
Prank akah drugs beynun kuraane tha 😣😣
Shukran Anonymous ✨✨
Mi part ves Vrh Reethi MA!!!
Sumayya ah Kihineh Baa vaany….
Curiously waiting for next part….
Whn nxt…
Lysm and Tc my dear author 🖤🤗
Sumee ah vaa gotheh balamaa hingaa
IA next Friday
Shukran Alaika_22 ✨✨
Lyt darl 🫶🏻🫶🏻
Mi part ves v reethi MA
I can’t believe it!!
What is gonna happen to sumayya??
Can’t wait for next part
Lysm
Tc
Sumayya ah vaa gotheh balamaa hingaa, stay tuned 😊😊
Shukran Anonymous ✨✨
Lyt darl 🫶🏻🫶🏻
Mi part ves varah reethi. Dhen zavian areen ah aniyaa nukoh varikobba areen ah thihaa nafrathu kuranyaa. Finally ummathul vabaa ah meeheh dheke loabi vevijje😂😂. Livaan and naureen so cute. Curiously waiting for next part???
Ebunynu vari eh nukuraaanamey 😮💨😮💨
Hmmm, loabi vevijje e sorah 😁😁
IA next Friday
Shukran Miss jennie ✨✨
When nextt???
I’ve submitted last night 🥀🥀
Submitted dhw? Iru eryssure site refresh kohla kohla mi innanee but still😔
Yeaa, submitted. I’m also waiting for it to be uploaded 😔😔
Shukran Waiting … ✨✨
Alheyyy esfiya kudhin vaahaka nulanee tha waitinggggg
Idk, mirey viyas kiyaalan upload kamuge unmeedhuga 🥀🥀
Shukran K ✨✨
Anekka part submit nukuraneeba😭😭 white rose answerr
I did submit last night. Ekm adhivex pending ga 🥀🥀
Shukran Merrr ✨✨