Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާމުބާރާތްދީނީލޯބި

ލޯބީގެ ކުރި ދަތުރު 16

darkqueen38
darkqueen38 Level 210 Stories
July 20, 2025 3 Mins Read
0 Comments

” ގޫޑް މޯރނިންގް މަމް އެންޑް ޑޭޑް.”

އަވަަހަށް އާދޭ ސައިބޯން.

” ދަރިފުޅު މިޔަދު ކޮންކަމެއް އޮތީ؟.”

” މްމް، ސައިބޮއިގެން ކިޔަވާލާފަ ދެން ވާހަކަ ފޮތެއް ކިޔާލާފަ ބޭރަށް ދާނީ ދެން.”

” އެހެންތަ، ދަރިފުޅު ކޮންތާކަށް ދަނީ.”

” ރައްޓެހިން ކުދިންނާ އެކު ބޭރަށް ތުނޑިޔަށް.”

” ކިހާއިރަކު ދަނީ؟.”

” މެންދުރު، އިރުއޮއްސުމުގެ ކުރިން މަލް ގެއަށް އަންނާނަމޭ.”

” އޭގެ ކުރިން ބައްޕަ ބޭނުން މަލް ގެއަށް އަންނަން.”

” އެއީ ކީއްވެ؟.”

” ފުރަތަމަ ފަހަރަށް މަލްޝާ މައިންބަފައިންނާ ދެކޮޅަށް ސުވާލު ކުރިއެވެ.”

” އެއީ ހަމަ ބައްޕަ ބުނުއްވީމަ، މަންމަ ވެސް އެހާ ހިތްހަަމައެއް ނުޖެހޭ މަލް އެހާ ކުޑައިރު ފިރިހެން ކުދިންނާ އެކު ގިނައިރު އުޅޭކަށް.

 

” މެޑަމް، ބްރެކްފަރސްޓް އިޒް ރެޑީ.”

” ކަމިންގް.”

” މަޑު ނޫކުލައިގެ ޖިންސަކާ އެކު މަޑު ފިޔާތޮށި ކުލައެއްގެ ސްވެޓަރ އެއް ލައިގެން ހުއްޓެވެ.”

” ބުޅި އިސްތަށިގަނޑު ކުލިޕުގެ އެހީގައި ހުޅިއެއް ޖަހާފަ އިން އިރު ލޮލަށް ވެއްޓޭ ގޮތަށް ދެތިން އިސްތަށިކޮޅު އިނެވެ.”

” ކުކުޅު ސޭންޑްވިޗް އަކާއި ޖޫސް ތައްޓެއް ބޯން އިން އިރު ނޯކަރުންތައް ހެވިފަ ކައިރާއަށް ބަލަން ހުއްޓެވެ.”

” ދުވަހަކުވެސް ރަންގަޅު ނާސްތާއެއް ނުކާ ކުއްޖާ ރަންގަޅަށް ހެންދުނު ނާސްތާ ކާތަން ފެނި އުފާވެސްވިއެވެ.”

” މޭމެ، ވުޑް ޔޫ ލައިކް އެނީތިންގް އެލްސް؟”

” ސެންޑް އަ ފްރެޝް ފްރުޓްސް އެންޑް ޖޫސް ބާސްކެޓް ޓު ރޯޒީ.”
” ޗެކް އޮންހާ ވަންސް އަ ވައިލް.”

” ޔެސް މޭމް.”

 

ރައިނާ އާދަިއގެ މަތިން ޖޯލީގައި ފޮތް ކިޔަން އިނެވެ. އޭރު އޭނާގެ ދެ ކޮއްކޮ ފަންވަތް ނަގައިގެން ގަަޑި އާއި ބޯޅަ، ދޫނި ފަދަ އެއްޗެހި ހަދަން އިނެވެ. މި މަންޒަރު ފެނުމުން ރައިނާ އަށް ކުރީގެ ހަނދާނެއް އާވެގެން ދިޔައެވެ. ރައިނާ އަކީ އެއް އިރަކު ފަންވަތުން ވަރަށް ރީތިކޮށް މާ ބޮނޑި ހަދާ އުޅުނު ކުއްޖެކެވެ.

” ރިފޫ، ތީ ކޮންތާކުން ހޯދި ފަންވަތް ބޮންޑިއެއްތަ؟”

” މްމް، މަންމި ގެ ގަނޑުގަ ބަހައްޓާފަ ހުރި އެއްޗެހިތަކެއް.”

” ރިޔާނާ އަކީ ފަންވަތުން ތަކެތި ހަދައިގެން ރިޒޯޓުތަކަށް ވިއްކާ އުޅުނު މީހެކެވެ.”

” އެގޮތުން އެންމެ ގިނައިން ވިކޭ އެއްޗަކަށް ވެފަ އޮންނަނީ މާ ބޮނޑިއެވެ.”

” ރައިނާ އެ ހުނަރު ދަސްވެގެން ދިޔައީވެސް ރިޔާނާގެ އަތުންނެވެ.”

” ރައީ، ދަރިފުޅާ”

” ލައްބަ، އާދެބަލަ މި ކޮޅަށް މަންމަ ކައިރިއަށް.”

” ކޮބާ، މަންމަ ދެއްކި ވާހަކަ އާ ދޭތެރޭ ދަރިފުޅު ވިސްނާލިންތަ؟.”

” ލައްބަ، ދަރިފުޅު ހާދަ ރަންގަަޅޭ.”

” ހަވީރު 4 ޖަހާއިރު ޑިޔުޓީ އިންނާނެ އިންގޭ.”

 

” ނާއިފޫ، ނާއިފޫ.”

” ޕިސްޕސް، ބަލަ މަންމަ ދަރިފުޅަށޭ މި ގޮވަނީ.”

” މަޑު ރާގަކަށް ގިޓާރ ޖަހަމުން ހެޑްފޯނެއް ޖަހައިގެން އިނެވެ.”
” މަންމަ ގޮވިންތަ؟”

” ޒައިޝާ ނާއިފް ކުރިމައްޗަށް އައިސް ހުއްޓި ދެ އަތް އުނަގަނޑުގަ ވިއްދައިގެން ހުރުމުން ނާއިފް އަހާލިއެވެ.”

” ދަރިފުޅު ކަންފަތައް އުނގުރި ޖަހާފަ ހުންނަންޏާ އަޑުއިވޭނެތަ؟.”

” މަންމަ ގޮވާ ގޮވާ ކަރުން އަޑު ދިޔަޔަސް.”

” މަންމަަމެން މިޔަދު މި އުޅެނީ ދަތުރު ދާން.”

” ދަރިފުޅު ވެސް ދާންވީނުން.”

” ސޮރީ، މިޔަދު އެބަ އިން ޕްލޭންސް.”

” ކޮން ޕްލޭންސެއް؟.”

” ޝައިދާން އާ ޒައިން އާ އެއްކޮށް މޫދަށް ދާން.”

“މިޔަދު ފަތިހު އެ ކުދިންނާ އެކީ އެއް ނޫންތަ ފުޓްބޯޅަ ކުޅެން ދިޔައީ؟.”

” ދެން ޕްލީޒް މަންމާ.”

” ތެދެއް ދެން ޕްލީޒް މަންމާ، ދޮންބެ ފޮނުވަބަލަ.”

” އެހެން ނޫނީ ދޮންބެގެ މަލްޝާ ފޫހި ވެދާނެ.”

” ވަގުތުން އެއްކަލަ ނާއިފް ފުންމައިގެން ތެދުވެ ނަފާގެ ފަހަތުން އިލޮށިފަތި ހިފަިއގެން ދުއްވައިގެނެއްޖެއެވެ.”

 

” ރާއިކް.”

” ކޮބާ މިޔަދު އެއްކޮށް ގޭގަ ހުންނަ ދުވަހެއްތަ؟.”

” ކިހިނެއްވީ ބޮޑުބޭބެ.”

” ބޭބެ އެކުވެރިޔަކު ބުނެފި މަހަށް ދާން.”

” ރާއި ދާންވީއެެއްނު.”

” ތެދެއް، ދޭ ގޮސްލާފަ އަންނަން.”

” އަބަދު ގޭގަ އެކަނި އިންނާކަށް ނުވާނެއްނު ދޯ.”

” ލައްބަ، އަޅުގަނޑު ދާނަަން.”

” ކޮން އިރަކުތޯ ދާނީ؟.”

” މެންދުރު ނަމާދު ކޮށްލައިގެން ކާލައިގެން ނައްޓާލަންވީ.”

 

ރާއިކް ކޮޓަރިއަށް ވަދެ ކޮޓަރީގެ ކަނުގައި އިން ފޮތް ހަރުގަނޑު ދޭތެރޭ ލައްގާފަ އިން ދޮށި ނެގިއެވެ. ބޭނުން ނުކޮށް ދުވަސްކޮޅެއް ވެއްޖެކަން އިނގެނީ ހިރަފުސް އަރާފަ ހުރުމުންނެވެ. ފޮތިކޮޅެއް ހިފައިގެން އައިސް ދޮށި ސާފުކުރަން ފެށިއެވެ. ބޮޑުބޭބެގެ ވާހަކަަތަކުންނަމަ ބައްޕަ އަކީ ވަރަށް ފަރިތަކޮށް އަވަސް ހަރަކާތްތަކާއެކު މަސްބާނާ މީހެކެވެ. އަދި އޭރު ނަން މަޝްހޫރު ފަޅުވެރިޔެއް ވެސްމެއެވެ.

މަލްޝާ ތައްޔާރު ވަމުން ދިޔައީ އެކުވެރިންނާ އެކު އަތިރި އަށް ދިޔުމަށެވެ. އަތް ކުރު މެސީ ޖޯޒީ އަކާއެކު ސްޕޯޓްސް ޓަައިޓުގެ އިތުރުން އިސްތަށިގަނޑު ކްލިޕެއް ޖަހާ ހައްޔަރު ކޮށްލިއެވެ.

” ހެލޯ ޕީޕަލްސް.”

” އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.”

” ވަޢަލައިކުމުއް ސަލާމް ވަރަޙްމަތުﷲ ވަބަރަކާތު.”

” ދަރިފުޅޫ.”

” މަންމާ.”

އެތައް ދުވަސް ކޮށްލާފަ މަންމަ ފެނުމުން މަންމަ ގައިގާ ވަރަށް ލޯބިން ބައްދާލިއެވެ.

” ދަރިފުޅު މިހާރު ޑިޔުޓީ ނިމުނީތަ.”

” ޗުއްޓީއެއްނު.”

” އަސްލު.”

” މިޔަދު ޗެކުރޭޓު އަޅާފަ، މާދަމާ އިން ފެށިގެން ޗުއްޓީ.”

” މާޝާ ﷲ، މަންމަ ދޮންކަލޯ ފާސްވީ ދޯ.”

” ކޮބާާ މަލޭޑި؟.”

” އެބަ އުޅޭ ކޮޓަރީގަ.”

” މަލޭޑީ އަކީ މާއިދު މަލްޝާ އަށް ލޯބިން ގޮވާ ނަމެކެވެ.”

ކައިރާގެ ކުއްލިއަކަށް މި އައި ބަދަލާ މެދު އެތައް ވާހަކައެއް ކިޔަރައިން ޕެލެސް ގޭގައި ދަނީ ދައުރުވަމުންނެވެ. ސައިބޯއިގެން ޙަަޔާތުގެ ފުރަތަމަ ފަހަރަށް ކައިރާގެ ސްޓަޑީ އަށް ވަންނިއެވެ. މި ތަނަކީ ކަައިރާ އާންމުކޮށް ވަންނަ ތަނަކަށް ނުވިޔަސް އެންމެ ހިރަފުސް ކޮޅެއްހާ ހިސާބުވެސް ނުފެނެއެވެ. މުޅި ކޮޓަރިން ވެސް ފެންނަނީ ތާހިރު ކަމާއި ތަރުތީބު ކަމެވެ. ކައިރާގެ މި އުޅުމަށް މި އައި ކުއްލި ބަދަލުގެ ސިއްރަކީ ކޮބައިތޯ؟. މުޅި އުމުރު ދުވަހުވެސް ކައިރާ ބޭނުންވި އެންމެ އަގުބޮޑު އެއްޗަކީ އަދި އަދަށް ދާންދެން ވެސް ނުލިބުނު އެއްޗަކީ މައިންބަފައިންގެ ލޯތްބެވެ. ކޮންމެ ދުވަހެއް އިރު އަރާ އޮއްސިގެން ދާއިރު ދަރިއެއްގެ ޙާލު ބަލައިނުލާ ކެތްވޭހެއްޔެވެ؟. ކޮންމެއަކަސް އެ މައިންބަފައިން ސާބިތު ކޮށްދިނީ އަަމިއްލަ މީހާ ނޫން އެހެން މީހަކު ނުހުންނާނެކަމެވެ. މި ސަބަބަށްޓަކައިވެސް އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހެއެވެ. އެންމެ ފުރަތަމަ ކަމަކީ ކިޔަވައި ރަންގަޅު ނަތީއްޖާ އެއް ހޯދުމަށެވެ.

އަތިރިމަތީގައި މަޖާ ހެދުމަށް އަންހެން ކުދިންތަކެއް އުޅުނެވެ. ފިރިހެން ކުދިންތައް ވެގެން އަލިފާނގަނޑެއް ރޯކުރެވޭތޯ އުޅުނެއެވެ.

” އޭތް ދެން މިޔަދު ކީއްކުރަންތަ ހުރިހާ އެންމެން އެއްތަން ކުރީ؟، ޝައިދާން އަހާލިއެވެ.”

” މީ ދެން ހަމަ މަޖާ ކޮށްލަން.”

” ހުރިހާ ފިރިހެން ކުދިން ވެެގެން އަލިފާނގަނޑެއް ރޯކޮށް މާރޝްމެލޯ ފިހަމުން ދިޔައެވެ.”

” އަންހެން ގުރޫޕް މޭޒުމަތީ ކާއެއްޗެހި ތައްޔާރު ކުރަމުން ދިޔައެވެ.”

މަޖާ ތައްޓަކާއި، ޕާސްތާ ތައްޓެގެ އިތުރުން ކުކީސްއެވެ. ޑްރިންކްސް އަށް ފެނާއި ކޯކެވެ. އުމުރުން ކުޑައީ އޭ ކިޔާފަ ކަންތައްތައް ރާވާ އިންތިޒާމު ކޮށްލާއިރު ވަކި ބޮޑެތި މީހުންނަކަށް ދޫނުކުރެއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

darkqueen38
Follow Me Written By

darkqueen38

Level 210 Stories

Im a girl who loves reading and writing her own story. Through my fantasies in my own world.

Other Articles

Previous

ކަޅު ބުޅާ 8

4 ވާރޭގެ ތެރެއިން
Next

ވާރޭގެ ތެރެއިން

Next
4 ވާރޭގެ ތެރެއިން
July 20, 2025

ވާރޭގެ ތެރެއިން

Previews
July 20, 2025

ކަޅު ބުޅާ 8



All Right Reserved!