Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-25

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
July 10, 2025 3 Mins Read
1 Comment

ކޮލެޖް ނިންމާފައި ގެޔަށް އައި މަގުމަތީގައި ވެސް މާއިލް އެދުނީ މާހީ ކައިރީ އެތަނަށް އައުމަށެވެ. ހީވަނީ އޭނާ ނުގޮސްއިއްޔާ އެކަންތަށް ފުރިހަމަ ނުވަނީހެންނެވެ. މާހީ މާއިލް އަށް އެތަނަށް ދާނެކަމަށް ބުނެ ހުވައިވެސް ކުރިއެވެ.

*ޕާރްޓް-25*

ރޭގަނޑު ވެއްޖެވެ. މާހީގެ ނުތަނަވަސްކަންވީ އިތުރެވެ. މާއިލް ހަމަ އަސްލައްވެސް ކުއްޖެއްކައިރީ ރައްޓެހިވާން އަހަންއުޅެނީ ހެއްޔެވެ. އެހެންވީރު ކޮންމެހެން އޭނާ ގެންދަން އުޅެނީ ކީއްވެހެއްޔެވެ. އެކުވެރިއަކަށްވީމާ އޭނާގެ އުފަލުގައިވެސް އެކުވެރިޔާ ބައިވެރިކުރަނީ ކަމުގައިވެސް ވެދާނެއެވެ. އެކަމު އެތަނަށް އެއްގޮތަކަށް ވެސް މާހި ދާކަށް ބޭނުމެއްނޫނެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ވިއަސް އޭނާ ނުގޮސް މަޑުކުރާނެކަން ޔަގީނެވެ. މާހީ ވިސްނައިލުމަށް ފަހު މާއިލް އަށް މެސެޖް ކޮށްލިއެވެ.

“އަހަރެން މިއުޅެނީ ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ.. އެހެންމަ ދެވޭކަށް ނެތް.. ހޭވް ފަން..” މާހީ މެސެޖް ފޮނުވާލައިފައި ރާޔާ އަށް ގުޅާލިއެވެ. ދެތިން ރިންގަކަށް ފަހު އޭނާ ފޯނު ނެގިއެވެ.

“ހަަލޯ.. ކިހިނެއް..؟” ފުރަތަމަވެސް ރާޔާ އަހާލިއެވެ.

“ރަގަނޅު.. ފްރީތަ..؟” މާހީ އަހާލިއެވެ.

“އާން.. ކިހިނެއްވީ..؟”

“މާއިލް މިރޭ އެއުޅެނީ ކުއްޖެއްކައިރީ ރައްޓެހިވާން އަހަން.. ބުނީ އަހަރެންވެސް އަންނަން ވާނެއޯ..” މިއަދުކަންތަ ވެގެން ދިޔަގޮތް މާހީ ކިޔައިދިނެވެ.

“މާހީ އައިމް ސޯސޮރީ ޓުޓެލް ޔޫދިސް ބަޓް.. ޔޫއާރް އިން ފްރެންޑް ޒޯން..” ރާޔާ ބުނެލިއެވެ. މާހީ އަށް ހީވީ އޭނާގެ ހިތުގައި މީހަކު ހިފާ ބާރުކޮށްލިހެންނެވެ.

“ވެދާނެ އެހެންވެސް..” މާހީ އިނީ ވަރަށް ބޮޑަށް ދެރަވެފަ އެވެ. އޭނާ އަށް ކަމުދާ މިހާ އޭނާ ދެކެނީ އެކުވެރިއެއް ގޮތުގަ އެވެ. އޭނާ ލިބުމުގެ އެއްވެސް އުންމީދެއް ނެތެވެ.

ބަރުވެފަވާ ހިތަކާއި އެކު މާހީ އައިސް ސްޓަޑީ ޓޭބަލް ކައިރީ ހުއްޓިލިއެވެ. ނޯޓްފޮތް ނަގާ ބަލާލިއެވެ. އޭގައި “ޓިކްޓެކްޓޯ” ކުޅެފައި ހުއްޓެވެ. އެއީ އެއްދުވަހު ކްލާސް ގަޑީގައި މާހީ އާއި މާއިލް ފޫހިވެގެން ކުރިކަމެެކެވެ. ދެމިހުން އެއްކޮށް ހޭދަކުރިވަގުތުތަށް މަތިން ހަދާންވާން ފެށުމުން މާހީ އަށް ރޮވެން ފެށުނެވެ. ލޮލުން ވެއްޓުނު ފުރަތަމަ ކަރުނަތިއްކާއި އެކު މާހީ ލޯފެހެލިއެވެ. އަދި ހިނިތުންވެލިއެވެ. މާއިލް ނުލިބުނަސް އެއީ ނުލާހިކު ރަގަނޅު އެކުވެރިއެކެވެ. އެވަރުން މާހީ އަށް ފުދެއެވެ. މެސެޖް އެއް އައުމުން މާހީ ފޯނުބަލާލިއެވެ. މާއިލްގެ މެސެޖެއްކަމުން އޭނާ  މެސެޖް ހުޅުވައިވެސް ނުލާ ފޯނުބޭއްވިއެވެ.

ގަޑިން މިހާރު އަށްގަޑި ބައިވަނީ އެވެ. މާހީ ޒީކް އާއި އެކު ރޭގަނޑުގެ ކެއުން ކެއުމަށްފަހު ނިކުމެލީ ބެލްކަންޔަށެވެ. އުޑާއި ދިމާއަށް ބަލަހައްޓައިގެން ހުރީރު މާހީ އަށް ވިސްނެމުންދިޔައީ ކިޔެވުމާއި މެދުއެވެ. ދެހަފްތާ ފަހުން މިއޮތީ ޓެސްޓެވެ. އޭނާ މިފަހަރުވެސް ރަގަނޅު ނަތީޖާ ހޯދަން ޖެހޭނެއެވެ. ބޮޑުދައިތަ އުފާވާނެ ފަދަ ނަތީޖާ އެކެވެ. ކުރިމަގަށް މިޓެސްޓުތަށް ވަރަށް މުހިއްމެވެ. މާހީ ސިހުނީ ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ބަލާލީރު މާއިލް އެވެ. ފޯނު ނަގަން ނުނަގަން ހުރެފައިވެސް މާހީ ފޯނު ނެގިއެވެ.

“ކީއްވެ ނާންނާނަމޭ ބުނީ..؟” މާއިލް ފުރަތަަމަވެސް ކޮށްލީ ސުވާލެކެވެ.

“ބުނެފީމެއްނު ބޮލުގަ ރިއްސާތީއޭ..” މާހީހެ ރާގު ހުރީ ރުންކުރުކޮށެވެ.

“އެހެން.. ދެން ބޭސް ކައިފިން..؟” މާއިލް ވާހަކަދެއްކީ މަޑުމަޑުއިތިރިކޮށެެވެ.

“ނުކަންދޯ..؟” މާހީ އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން މާއިލް އަހާލިއެވެ.

“ދެން ހަމަ އަހަރެންނަށް ނިދިނިދިއޮށްވަ ތިގުޅީ..” މާހީ އެއްގޮތަކަށް ވެސް މާއިލް އާއި ވާހަކަދައްކާކަށް ބޭނުމެއްނޫނެވެ.

“އަހަރެން ނުދެނެ ހުރިން މިހާރު މާހީ ނިދަނީ ބެލްކަނީގަ ކަމެއް..” މާއިލް އެހެން ބުނުމުން މާހީ ދިޔައީ ސިއްސައިގެނެވެ. މާއިލް އަށް އޭނާ އިންތަނެއް އެނގެނީ ކިހިނެއް ހެއްޔެވެ. އަނެއްކާ އޭނާ މިތާ އިނީ ހެއްޔެވެ. އެހެން ހިތަށް އަރައި މާހީ ތިރިބަލައިލިއެވެ. އޭރު މާއިލް މާހީ އަށް ބަލަން ހުއްޓެވެ. މާހީގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. އޭނާ ލައިގެން ހުރި ހުދު ގަމީހުގެ އަތް ވަނީ އުޅަންބޮށްޓާ ހަމައަށް އޮޅާ ލައިފައެވެ. އެއާއި އެކު ކަޅު ޓައިއެއް ވެސް އަޅައިގެންނެވެ.

“ކީއްވެ އަހަރެންނަށް ދޮގުހެދީ..؟” މާއިލް ޝަކުވާގެ ރާގަކަށް އަހާލިއެވެ.

“އަހަރެން އަސްލު އެހާ ދާހިތެއްނެތް.. އެކަމު އެހެން ބުނެފިއްޔާ މާއިލް ދެރަވެދާނެތީވެ..” މާހި މިފަހަރު ބުނީ ތެދަށެވެ.

“ދެން ޕްލީސް ހިގާބަދާން..” މާއިލް އާދޭސް ކުރަންފެށިއެވެ.

“ކީއްވެ ކޮންމެހެން އަހަރެން ދާންޖެހެނީ..؟” މާހީ ހިތުގައި އޮތް ސުވާލު ކޮށްލިއެވެ.

“ބިކޯސް އިޓްސް އަސަޕްރައިސް ފޯރްޔޫ..” މާއިލް ހީލި އެވެ.

“ކޮން ސަޕްރައިސް އެއް.. އޯހް އެއަންހެން ކުއްޖާ ދޯ..” މާހީގެ މޫޑު އިތުރަށް ހަރާބުވީއެވެ.

“ދެން ދިޔައީމަ އެނގޭނެ..” މާއިލްހުރީ ގޮތުގައި ހިފާއްޓައިގެންނެވެ. އޭނާ އިނީ ގަހެއްގައި ލެގިލައިގެން ނުލާހިކު ފިރިހރން ވަންތަ ކޮށެެވެ. މާހީ ގަޑިބަލައިލިއިރު މިހާރު 8:45 ވަނީއެވެ.

“މިހާރު މާލަސްވެއްޖެ.. ދެން އަހަރެން ރެޑީވެގެން ދާނީ ކިހިނެއް..” މާހީ ދާން އެއްބަސްވީކަން އެގުމުން މާއިލް އަށް ހިނިތުންވެލެވުނެވެ.

“ހެޔޮ ކިތައްމެ ގިނައިރެއް ވިއަސް.. އައިވިލް ވެއިޓް ފޯރްޔޫ..” މާއިލް މަޑުމަޑުން ބުނެލިއެވެ. އެއަޑުގައި ތަފާތު ކަމެއް ހުއްޓެވެ. މާހީ އިރުކޮޅަކު ބަލަން ހުރެފައި ގޭތެރެއަށް ވަދެގެން ހިގައްޖެވެ.

މާއިލް އިރުކޮޅަކު އެތާ މަޑުކޮށްލުމަށްފަހު ހިގައިފައި ދިޔައީ ކާރުކައިރިއަށެވެ. އޭނާ ކާރުގައި ލެގިލައިފައި ފޯނުހުޅުވާލި އެވެ.

“ކޮބާ ހުރިހާކަމެއް ރެޑީ..؟” މާއިލް އަހާލިއެވެ. އެކޮޅުން ޖަވާބު ލިބުމުން މާއިލް ފޯނު ބޭއްވިއެވެ. އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. ޕްލޭން އާއި އެއްގޮތަށް ހުރިހާކަމެއް އެބަދެއެވެ. މިކަންތަށް ކާމިޔާބު ވުަމަކީ ޝައްކެއްވެސް ނެތް ކަމެއްކަން ޔަގީނެވެ.

ފެންވަރާ ހަދައިލައިގެން މާހީ ހެދުންއިސްތިރި ކުރަން ބޭރަށް ނުކުތެވެ. މާއިލް ކޮބައިތޯ ބަލައޮލަން އޭނާ ބެލްކަނިން ބޯދިއްކޮލިއެވެ. މާއިލް އެއް ނެތެވެ. އަނެއްކާ އޭނާ މާލަސްވީމަ ދިޔައީ ހެއްޔެވެ. ތުންކޮޅު އޫކޮށްލައިގެން ހުރެ މާހީ އައިސް ސޯފާގައި އިށީނުމާއި އެކު މެސެޖް އެއް އައެވެ.

“އަަހރެންނެއް ނުދަން.. އަވަސްކޮށްލަބަލަ ޕްލީސް..” މާހީ ތުންފަތްމައްޗަށް ވެރިވީ ރަކި ހިނިތުންވުމެކެވެ. މާއިލް ބުނިހެން އޭނާ މަޑުކުރަނީތާ އެވެ. މާހީ ހިތުލީ ވީހާވެސް ލަހުން ނުކުތުމަށެވެ. ލަސްލަހުން ޝޯލް އަޅައި ރީތިވެގެން އޭނާ ނިކުންނަނީ ކަމަށް ބުނެ މެސެޖް ކޮށްލިއެވެ.

“އައްދެ ހާދަ ލޯތްބޭ ދޯ ތިހެދުމާއި އެކު..” މާހީ ސިޑިން ފޭބުމާއި އެކު މާއިލް ބުނެލިއެވެ. މާހީ ލައިގެން ހުރީ ދަނބު ކުލައިގެ ކަކުލާއި ހަމައަށް އަންނަ ބަންދުލީ ހެދުމެކެވެ. މާހީ އަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ. މާއިލް އަންނާށޭ ކިޔައިފައި ހިގައިގަތެވެ. މާހީ ގަޑިބަލައިލި އެވެ. އޭރު ގަޑިން 9:30 ބޮޑުވެއްޖެވެ.

“މިހާރު ބުނިގަޑިޔަށް ތުރެ ބޮޑުތަން ލަސް ވެއްޖެއްނު..” މާހީ ހިގުން މަޑުކޮށްލިއެވެ.

“ބުނިން ލަސްވާނެއޭ..” މާއިލް ގޮސް ކާރު ދޮރު ހުޅުވައިދިނެވެ. މާހީ ބަލަން ހުރުމުން މާއިލް ކާރަށް އަރަން އިޝާރާތް ކޮށްލިއެވެ. މާހީ ސީޓުގައި ހަމަޖެހިލުމުން މާއިލް ދޮރު ލައްޕާފައި ކާރަށް އަރައި ދުވައިލިއެވެ. އެދަތުރު ހޭދަވީ ދެމީހުން ދޭތެރޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. ދިހަ ވަރަކަށް މިނެޓުގެ ދަތުރަކަށް ފަހު ކާރު މަޑުކޮށްލީ ބީޗުކައިރިއަށެވެ. މާހީ ކައިރީ ބީޗަށް ފައިބާށޭ ކިޔައިފައި މާއިލް ދިޔައީ ކާރުޕާކު ކުރަނީކަމުގެ ބަހާނާގަ އެވެ. މާހީ ލަސްހިގުމެއްގައި އައިސް ބީޗަށް ފޭބިއެވެ. މުޅިތަން ހީވަނީ އަދިރިކަމުން ކަށްވަޅެއް ހެންނެވެ. މިހާރު މާއިލް އަންނަ ހާއިރު ވެއްޖެވެ. އޭނާ ނާންނަނީ ކީއްވެހެއްޔެވެ؟ އަނެއްކާ މާހީ މިތާބައިންދައިފައި ދިޔައީ ހެއްޔެވެ. މާހީ ހިތް ބިރުގަންނަން ފެށިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ލޯބީގެ ކުރި ދަތުރު 14

Next

ލޯބީގެ ހަނގުރާމަ 1

Next
July 11, 2025

ލޯބީގެ ހަނގުރާމަ 1

Previews
July 10, 2025

ލޯބީގެ ކުރި ދަތުރު 14

One Comment

  1. Bloom says:
    July 10, 2025 at 8:45 pm

    Omgg he’s going to ask her to be his gf!! Soo cutee

Comments are closed.

Next Episodeއަބަދަށް-26←


All Right Reserved!