
އަބަދަށް-24
މާއިލް އޭނާ އާއި ބެހޭގޮތުން އަރަން މެންނަށް ކިޔައިދިނެވެ. އޭނާ އަކީ ބޮޑުވިޔަފާރީ ވެރިއެއްގެ ހުރި ހަމައެކަނި ދަރިކަމާއި އޭނާ އަށް ދިހަ އަހަރުގައި މެލޭޝިއާ އަށް ބަދަލުވި ކަމެވެ. އަރަން އަށް ނުވިސްނުނު ކަމަކީ މާއިލް މާހީ ދެކެވަނީ ހަގިގީ ލޯބިބާއެވެ؟
*ޕާރްޓް-24*
“ވަރަށް ބޮޑަށް ތޭންކްސް.. އަހަރެމެން ދާން ވެއްޖެ.. ފަހުން ދިމާވާން ވާނެ..” ޖައިޝް ހޮޓާއިން ނުކެމެ ހުއްޓިލަމުން ބުނެލިއެވެ.
“ޔާރް ސީޔާ..” މާއިލް ހިގައިގަތެވެ. މާއިލް އެހެން ގޯޅިއަކަށް އަޅާލުމުން އަރަން ޖައިޝްގެ ކޮޑަށް އަތް ވައްޓާލިއެވެ. ޖައިޝް ބަލާލައިފައި ބުމަ އަރުވާލި އެވެ.
“މި މާއިލް ވެސް ވަރަށް މިސްޓިރިއަސް.. އޭނާ އަކަށް ޓްރަސްޓެއް ނުކުރެވެ.. އަރަން ބުނެލިއެވެ.
“ތިބުނީވެސް ތެދެއް.. އެކަމު އޭނާ އާ ބެހޭގޮތުން އަހަރެމެންނަށް އެނގިޖެއްނު..” ޖައިޝް ވެސް އެއްބަސް ވިއެވެ.
ހެދުނު ހޭލައިގެން މާހީ ސައި ތައްޔާރުކުރަން ފެށިއެވެ. ޒިކް އަށް ކަމުދާނެ ކަމަށް އޭނާ ފަތް މަސްހުނި ހެދިއެވެ. އަދި ޒިކް އަށް ބުއްތައްޓެއް ވެސް ހެދިއެވެ. ސައި ހަދާނިއްމާފަހުން މާހީ ގޮސް ޒީކް އަށް ގޮވިއެވެ. ދެމީހުން އެއްކޮށް ސައިބޯން ތިބީރު ދެކެވެމުން ދިޔަވާހަކައަކީ ޒީކްގެ މައިންބަފައިން ކައިރީ މިވާހަކަ ބުނާނެގޮތަކާއި މެދުއެވެ. މާހީ ޒީކް އަށް ނަސޭހަތް ދިނެވެ. މައިންބަފައިން ކޮންމެ ފިޔަވަޅެއް އެޅިއަސް އެއީ ކުއްޖާ އަށް ރަގަނޅަކަށް ކަމަށް ބުންޔެވެ. މާހީ ދިން ހިއްވަރާއި އެކު ޒީކް ނިއްމީ އޭނާގެ މައިންބަފައިން ކައިރީ އެވާހަކަ ބުނުމަށެވެ. ނުބުނެ ހުރުމަށް ވުރެ ހަގީގަތަށް ހުރިހާ ވާހަކައެއް ކިޔާދިނުން ބުއްދިވެރިއެެވެ.
އެދުވަސްވެސް އާދައިގެ ގޮތަކަށް ނިމިގެން ދިޔައެވެ. އަނެއް ދުވަހު ކޮލެޖް އަށް ދާންވީއެވެ. މާހީ ތައްޔާރުވެލައިގެން ނިކުތީރު ޒީކް ސޮފާގައި އިށީން ދެލައިގެން އިނެވެ.
“ރަގަނޅަށް ސައިބޮށްޗޭ.. ދެން މިދަނީ..” މާހީ ޒީކް އަށް ހަދާން ކޮށްދިނެވެ. މިއަދު މާއިލް މާހީގެ އިންތިޒާރުގައި ގޭޓުކައިރީ ހުއްޓެވެ. އެކަމާ މާހީ އުފާވިއެވެ.
“ކޮބާތަ ޒީކް..؟ މިހާރު އަބަދު ފެންނަނީ އެކަނި އަންނަތަން..” މާއިލް ހިނިތުންވުމެއް ރައްދުކޮށްލި އެވެ.
“އާން ކޮދަކަށް ބަލިވެ އުޅޭތީވެ..” މާހީ އަސްލު ވީގޮތެއް ނުބުނެެއެވެ.
މާއިލް އާއި ދެމީހުން ވަދެގެން އައި ވަގުތު އަރަން އާއި ޖައިޝް ވެސް ވަދެގެން އައެވެ. މާއިލް އަށް އަރަން މެން ފެނުމުން ގޮވާލި އެވެ. ޖައިޝް އާއި އަރަން ބަލައިލިއިރު މާހީ ވެސް ހުއްޓެވެ.
“ހާޔް..” މާއިލް ކައިރިއަށް އަންނަން ފެށިއެވެ. މާހީ އާއި އަރަންގެ ހަތަރު ކަޅިހަމަވިއެވެ. މާހީ އަށް ލިބުނީ ސިހުމެވެ. އަރަން ވެސް މިތާ އެބައުޅޭ ހެއްޔެވެ. މާތް ކަލާކޯއެވެ. އަނެއްކާވެސް އޭނާ ފަހަތު އަޅުވައިލަފާނެވެ. އެކަމު މިހާ ދުވަސްވިއިރު އަރަން މާހީ އާއި ދިމާނުކުރީ ކީއްވެހެއްޔެވެ. އަރަން މާހީ އަށް ފަނޑު ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. މާހީ އިނީ ލޮލުފިޔަވެސް ޖަހާނުލާ ބަލަހައްޓައިގެންނެވެ.
“މާހީ މީ އަހަރެންނަށް އިއްޔެ ދިމާވިދެކުދިން.. އެކަމު މިހާރު ވަރަށް ގޫޑް ފްރެންޑްސް.. ގާއިޒް ދިސް އިޒް މާހީ..” މާއިލް އެމީހުންނަށް މާއިލް ތަޢާރަފް ކޮށްދިނެވެ.
“އަހަ މާހީތަ.. ދިމާވެސް ނުވޭ.. ކިހިނެއް..؟” ޖައިޝް ވަރަށް ގާތް ގޮތަކަށް ވާހަކަދެއްކި އެވެ.
“ރަގަނޅު.. ލަވްޔާ އާ ދެމީހުން ހާދަ ހިންގާލައިފިއޭ ދޯ..” މާހީ ދިމާކޮށްލިއެވެ. ޖައިޝް ރަކިވެގެެން ބޯކަހާލިއެވެ.
ހަތަރު މީހުންވެސް އެކީގައި ކްލާސްތަކާއި ހަމަ އަށް ދިޔައެވެ.
“ސީޔޫ..” އަރަން އެހެންބުނެލައިފައި ވަދެގެން ދިޔައެވެ. މާއިލް ވެސް މާހީ ގޮވައިގެން ކްލާހަށް ވަނެވެ. މާހީ އަށް ފާހަގަ ކުރެވުނު ކަމަކީ އަރަން ފަހުން އޭނާ އަށް ނުބަލާ ކަމެވެ. އަނެްކާ އަރަން މާހީ އާއި ދޭތެރޭ ދެކޭގޮތް ބަދަލުވީ ހެއްޔެވެ. ބަދަލު ވެއްޖެއްޔާ ކިތަށްމެހާ ވެސް ރަގަނޅެވެ. އޭނާ ވެސް އެވަނީ ކަމުދާ ކުއްޖަކު ފެނިފަ އެވެ.
“ހާދަ މަޑުން އިންނަ ދުވަހެއް އަނެއްކާ ކިހިނެއްވީ..؟” މާހީ އަށް މާއިލް މާމަޑުން އިންނަކަން ފާހަގަވެގެން އަހާލިއެވެ.
“ވަރަށް ނާވެސް ވެފަ މީނީ..” މާއިލް ދެއަތް ދެއަތާ މޮޑެލަ މޮޑެލަ ހުރީރު ހީވަނީ ހަމައަސްލަށްވެސް ކަމަކާއި ޖެހިލުންވެފަ ހުރިހެންނެވެ.
“ކޮންކަމަކާ..؟”
“މިއަދު މިއުޅެނީ ކުއްޖެއްކާރީ ރައްޓެހިވާން އަހަން..” މާއިލް މޫނުމައްޗަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. މާހީ ވަރަށް ބޮޑަށް ކަންބޮޑު ވިއެވެ. އެއީ ކޮންކުއްޖެއް ހެއްޔެވެ؟ މާއިލް ކުރިން މިކަހަލަ އެއްވެސް ވާހަކަ އެއް ނުދައްކަ އެވެ.
“ކޮންކުއްޖެއް..؟ ކީއްވެކުރިން ނުބުނީ..؟” މާހީ އުފާވާކަމަށް ހަދައިގެން އަހާލިއެވެ.
“އެއީ ކޮންކުއްޖެއްކަން އެނގޭނެ މިރޭ މާހީ ވެސް އެތަނަށް ދިޔައީމަ.. މިރޭ ނުވައެއް ޖަހާރު އެތާ ބީޗަށް އަންނަށްޗޭ..” މާއިލް މާހީ އަށް ދައުވަތު އެރުވިއެވެ.
“އުފަލުންވެސް ދާނަން.. އެކަމު ކޮންކުއްޖެއްކަން ބުނެބަ..؟” މާހީ އަހާލި އެވެ. އެއީ ކޮންކުއްޖެއްތޯ އިގެން މާހީ ހުރީ ކެއްމަދުވެފައެވެ.
“ހަމަޖެހިބަ.. އައީމަ އެނގޭނެ.. އަންނައްޗޭ..” މާއިލް އަނެއްކާވެސް ބުނެލިއެވެ. މާހީ ބޯޖަހާލިއެވެ. އާދައިގެ ގޮތަކަށް ގަޑިތަށް ދިޔައެވެ. މާހީ އަށް ހަމަ ވިސްނެމުންދިޔައީ މާއިލް ރައްޓެހިވާން އަހަން އެއުޅެނީ ކޮންކުއްޖެއްކާއި މެދުއެވެ. އެކަމާއި މެދުވިސްނަން ފެށުމުން މަހީ ރުޅިއަންނަން ފެށިއެވެ. ކެންޓީނަށް ގޮސްވެސް މާހީ ސުވާލުކުރަމުން ދިޔައީ އެއީ ކޮންކުއްޖަކާއި މެދުއެވެ.
“މިކްލާސް ކުއްޖެއްތަ..؟” މާހީ އަހާލި އެވެ.
“އާން..” މާއިލް އެއްބަސް ވިއެވެ. މާހީ އުލޭގޮތުން މާއިލް އިނީ ހިނިއައިސް އެވެ.
މާހީ ހިތަށް އެރިއެވެ. ކްލާސް އެއްވެސް އެހެން އަންހެން ކުއްޖަކާއި މާއިލް އެއް ވާހަކައެއް ނުދައްކައެވެ. ދެން އެހެންވީރު ކާކު ހެއްޔެވެ؟
“ކިޔާރާ..” ކުދިންގެ ނަންތަށް ކިޔަމުން ގޮސް މާހީ އަހާލިއެވެ.
“ނޮޓް އީވެން ކްލޯސް..” މާއިލް ފެށީ ހޭށެވެ.
“އައި ގިވްއަޕް..” މާހީ އެއްމެ ފަހުން ހަތިޔާރު ބެހެއްޓިއެވެ. އޭނާ އަކަށް ދެން މިކަމެއް ނުވާނެ އެެވެ. މާހީ އިނީ މިރޭ އެތަނަށް ދާން ބޭނުން ނުވެފައެވެ. މާއިލް އެހެން ކުއްޖެއްކައިރީ ރައްތެހިވާ ތަންބަލަން އިދެގެން އަމިއްލަ ހިތް ފިސްފިސް ވުމުގެ ބަދަލުގައި ގޭގަ އިނުންވެސް މާރަގަނޅު ވާނެއެވެ. ކޮލެޖް ނިންމާފައި ގެޔަށް އައި މަގުމަތީވެސް މާއިލް އެދުނީ މާހީ ކައިރީ އެތަނަށް އައުމަށެވެ. ހީވަނީ އޭނާ ނޮގޮސްއިއްޔާ އެކަންތަށް ފުރިހަމަ ނުވަނީ ހެންނެވެ. މާހީ މާއިލް އަށް އެތަނަށް ދާނެ ކަމަށް ބުނެ ހުވައިވެސް ކުރިއެވެ.
*ނުނިމޭ*