Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-26

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
July 17, 2025 3 Mins Read
0 Comments

މާހި ލަސްހިގުމެއްގައި އައިސް ބީޗަށް ފޭބިއެވެ. މުޅިތަން ހީވަނީ އަދިރިކަމުން ކައްވަޅެއް ހެންނެވެ. މިހާރު މާއިލް އަންނަހާއިރު ވެއްޖެވެ. އޭނާ ނާންނަނީ ކީއްވެހެއްޔެވެ؟ އަނެއްކާ މާހީ މިތާ ބައިންދައިފައި ދިޔައީ ހެއްޔެވެ؟ މާހީ ހިތްބިރު ގަންނަން ފެށިއެވެ.

*ޕާރްޓް-26*

“މާއިލް..” މާހީ އެނބުރި އައިކޮޅަށް ހިގައިގަންނަމުން ގޮވާލި އެވެ. އޭނާ ސިހުނީ ކުއްލިއަކަށް މުޅިތަން އަލިވެގެން ދިޔައީމަ އެވެ. ފަސް އެނބުރި ބަލާލީރު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކުރިމަތީ ހުރި ބުރެއްގައި ބޮކޭއެއް އަތައް ލައިގެން ހުރި މާއިލް އެވެ. އޭނާ ހުރިތަނުން އެކޮޅަށް ވޯރކްވޭއެއް ގޮތަށް ބޮކިތަކެއް ދައްކައިފައި ހުއްޓެވެ. މާހީ ހުރީ ބަސްހުއްޓިފައެވެ.

“މާހީ.. މާހީ އާއި ފުރަތަމަ ދިމާވި ދުވަހު އަހަރެން ނިންމައިގެން ހުރީ ތީހަމަ އެކަނި އެކުވެރިއެއް ކަމަށް.. އެކަމު ފަހުން އަހަރެންނަށް މާހީ އަށް ބެލެން ފެށުނީ އެހެން ނަޒަރަކުން.. އަހަރެން ހިތަތް އެރި މިވަނީ ކިހިނެއްބާއޭ.. ކީއްވެހޭ އަބަދު އަހަރެން މާހީ އާއި މެދު ވިސްނެނީ.. ދެން އެނގުނީ އަހަރެންނަށް މާހީ ދެކެ ލޯބިވެވުނީ ކަން.. ދެން އަހަރެން ބޭނުންވަނީ ސުވާލެއްކޮލަން.. މާހީ، ވިލް ޔޫ ބީ މައި ގާރލް ފްރެންޑް..؟” މާއިލް އެހުރިހާ ވާހަކައާ ދެއްކީރުވެސް މާހީ ހުރީ ޖެހިބުދެއް ފަދައިންނެވެ. ވަމުން ދިޔަ ކަންތަށް ގަބޫލުކުރަން ދަތިވެފަ އެވެ.

މާހީ މަޑުމަޑުން ބޯޖަހާލިއެވެ. މާއިލްގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. މާއިލް ކުރިޔަށް ފިޔަވަޅެއް އަޅައިފައި މާހީގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. މާހީގެ ގަޔަށް ހީވީ ފިނި ގަނޑެއް އަރައިގެން ދިޔަހެންނެވެ. މާހީގެ ލޯފުރި ކަރުނަ އަންނަން ފެށިއެވެ. އެއީ އުފާވެރިކަމުގެ ކަރުނަ އެވެ.

“ރޮނީތަ..؟” މާއިލް ބޯ ގުދުކޮށްލައިފި އަހާލިއެވެ.

“ދެންހަމަ އަހަރެންނަށް ދޮގުހަދައިފަ..” މާހީ މާއިލްގެ އަތުގައި ޖަހާލަމުން ބުނެލި އެވެ.

“ހެހެ.. ހަމަ ސަޕްރައިޒް އެއް ދޭހިތުން..” މާއިލް މާހީ ގޮވައިގެން ރާޅުޖަހާހިސާބުކައިރިއަށް ހިނގައިގަތެވެ. ދެލޯބިވެރިން ވެސް ވެލިގަނޑު މަތީ އިށީންދެލައިގެން ތިބީރު މޫނުމަތިން ފެންނަނީ އނިމުމެއް ނުވާ އުފާވެރި ކަމެވެ.

އެދެލޯބިވެރިންގެ އުފަލަށް އަރަން އަށް ލިބުނީ އުދާސްކަމާއި ހިތާމައެވެ. މާހީ މާއިލް އާއި އެކީ އެއުޅެނީ ހާދަ އުފަލުންނެވެ. އޭނާ ބޭނުން ވަނީ މާހީ އުފަލުގައި އުޅޭށެވެ. ނަމަވެސް އެހެން މީހަކާއި އެއްކޮށެއް ނޫނެވެ. ނަމަވެސް އޭނާއަކީ މާހީ އަށް ބޮޑު އުދަގުލެކެވެ. މާހީ އޭނާ ދެކެ އެހާ ފޫހިވަނީ އޭނާގެ ކޮންސިފައެއް ހުރެގެން ހެއްޔެވެ. މިސުވާލު ކިތައްމެގިނައަކުންވެސް އޭނާގެ ހިތަތް އަރައެވެ. ނަމަވެސް ގަދަކަމުން ނުފޫޒުފޯރުވައިގެން މީހެއްގެ ލޯބެތް ހާސިލެއް ނުކުރެވޭނެއެވެ. ލޯތްބަކީ ވެވޭ އެއްޗެކެވެ. އެހެންކަމުން ގަދަކަމަކުންނެއް މީހެއްގެ ލޯތްބެއް ހާސިލްއެއް ނުކުރެވޭނެއެވެ. ގަހެއްގައި ލެނގިލައިގެން ހުރި އަރަން ފެނި ކޮންމެ މީހަކަށްވެސް އެދެލޮލުން ވޭން ފެންނާނެއެވެ. އަރަން ހިނިތުން ވެލައިފައި ހިނގައިގަތެވެ.

ކޮލެޖް އަށް ދާން ވެގެން ސައިބޯން ހުރީރު ވެސް އަރަން އަށް ވިސްނެމުން ދިޔައީ އެކަމާ އެވެ. އެކުވެރިޔާގެ މިލާ މޯޅި ވެފައިވާ މޫނުފެނި ޖައިޝް ކަންބޮޑުވިއެވެ.

“ބުރޯ ކިހިނެއްވެފަ..؟” ޖައިޝް އަހާލިއެވެ. އަރަން ސިއްސައިގެން ގޮސް ބަލައިލި އެވެ. ކަމެއްނުވެއޭ ބުނުމުގެ ގޮތުން އޭނާ ބޯ ހޫރާލިއެވެ.

ޖައިޝް ފަހަކުން އަޅައެއް ނުލައެވެ. ނަމަވެސް ކޮންމެވެސް ކަމެއްވެއްޖެކަން އޭނާ އަށް އެގެއެވެ. އެކުވެރިޔާ އަށް ވަގުތުދީގެން ޖައިޝް ހުރީއެވެ. ކޮލެޖް އާއި ހަމައަށް އައިރުވެސް ދެމީހުން ދެމެދަކު އިތުރު ވާހަކައެއް ނުދެކެވެއެވެ. ދެމީހުން ވެސް މަޑުޖެހިލީ މާއިލްގެ އަޑުއިވުމުންނެެވެ. ބަލާލީރު މާއިލް މާހީގެ އަތުގައު ހިފާއްޓައިގެން އެބައާދެއެވެ. މާހީގެ މޫނުމަތީގައިވީ ލަދުވެތިކަން ފެނި ވީގޮތް ޖައިޝް އަށް އެނގުނެވެ. އަރަން އަށް ބަލާލީރު އޭނާ އިނީ ފޯނާ ކުޅޭށެވެ. އަރަންގެ މޮހަރަކާތުންވެސް މިކަންތަށް އޭނާ އަށް މާކުރިންވެސް އެނގޭކަން ޖައިޝް އަށް ފަހުމްވިއެވެ.

“އޯހޯ.. މާއިލް..” ކަރުކެހިލައިފައި ލާނެތްގޮތަކަށް ޖައިޝް ގޮވާލިއެވެ.

“ހެހެ.. ރޭގަ އެއީ..” ބޯކަހާލަމުން މާއިލް ބުނެލިއެވެ.

“ކޮންގްރާ..” އަރަން ހަމައެކަނި ބުނެލީ އެހެންނެވެ.

“އަހަ އަހަރެމެން އެބަޖެހޭ ސްޓާފް ރޫމްއަށް ގޮސްލަން.. ބާޔް..” ޖައިޗް އުޅުނީ އަވަހަށް ދުރަށް ދާށެވެ. ދެމީހުންވެސް ބާރުހިގުމެއްގައި ގޮސް ކޮރިޑޯ ތެރެއަށް ވަންތަނާހެން މާހީ ގޮވާލި އަޑުއިވުނެވެ. މާއިލް އެއް ނެތެވެ.

ކޭންވީ ޓޯކް..؟” މާހީ އަރަން އަށް ބަލަން ހުރެ ބުނެލިއެވެ. ޖައިޝް ވަރަށް ނުވާކަމަށް ހެދިލައިފައި އަރަންގެ ކޮޑުގައި ކޮށްޓާލިއެވެ. އަރަން ބޯޖަހާލިއެވެ.

“ޔޫކޭން އޯލްސޯ ކަމް.. ބޭނުމިއްޔާ..” މާހީ ޖައިޝް އަށް ބުނެލިއެވެ. ޖައިޝް ނިކަން ފުޅާހިނިތުންވުމެއް ދީފައި އާއެކޭ ބުނެލިއެވެ. ހަމައެވަގުތު އަރަން ކެއްސާލިއެވެ.

“އުފް.. އަހަރެން އަހަރެން ވަރަށް ބޮޑަށް ފެންބޮވާ އެބަ.. އަންނާނަން ކެންޓީނަށް ގޮސްލާފަ..” ޖައިޝް އެހެން ބުނެ ކެންޓީނާއި ދިމާއަށް ދުވައިގަތެެވެ. އަންނާށޭ ކިޔައިފައި މާހީ ނުކުތީ ކްލެޖް ގޯތިތެރެއަށެވެ. އަރަން ވެސް މާހީ ފަހަތުން ލަސްހިގުމެއްގައި އައިސް ބެންޗްގައި އިށީންދެލިއެވެ.

“އަހަރެން މާއިލް ކައިރީ ބުނީ ވާހަކައެއް ދައްކާލަންވެފަ އޮތީމަ އެބައަންނަމޭ.. އޭނަވީ ކްލާހުގަ..” އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށް ފަހު މާހީ ބުންޔެވެ. އޭރު އަރަން އިނީ ދުރުބަލާށެވެ.

“އަހރެން އަސްލު ބުނަން ބޭނުމީ ތެންކިޔު އޭ..” މާހީ އަސްލު މައުލޫއަަށް ދިޔައެެވެ.

“ކޮންކަމަކާ..؟” އަރަން އަހާލިއެވެ.

“އަރަން ކުރީގަ އަބަދު އިންނާނީ އަހަރެންނަށް ފާރަލައިގެން.. އަބަދުހެން ބަލާނީ އަހަރެން ކީއްތޯކުރަނީ ނޫނީ ކާކާއެކީގަތޯ އުޅެނީ.. އަހަރެން ކިރިޔާވެސް ފިރިހެން ކުއްޖަކާއި ވައި އެޅިލާރަށްވެސް، ވާހަކަ ދައްކާލާރަކަށްވެސް އެކުއްޖަކަށް ވާނިން އަަޅައިލާފަ.. އެކަމު މިކޮޅަށް ބަދަލުވި ފަހުން، ޔޫހޭވް ޗޭންޖްދް އަ ލޮޓް..” މާހީ ވާހަކަދައްކަމުން ދިޔައިރު އޭނާ އިނީ އަރަންގެ މޫނަށް ބަލާށެވެ. ނަމަވެސް އަރަން ހުރީ އިސްޖަހާލައިގެނެވެ. ދެއަތް ދެއަތާއި މޮޑެލާ މޮޑެލާ ހުރީރު އެއަތުގައި ކުޑަ ތުރުތުރެއް ހުއްޓެވެ.

“މިހާރު އަރަން ނުވެސް ފެނިލާ.. އަހަރެން އުޅޭގޮތެއް ނުވެސް ބަލާ.. އަހަރެން މާއިލް އާ އެކު އުޅުނަސް އަޅައެއް ނުލާ.. އެކަމާ އަހަރެން ވަރަށް އުކުރަން..” މާހީ އޭނާގެ ހިތުގައިވާ އެއްޗެއް ބޭރުކޮށްލިއެވެ. އޭނާގެ ހިތް ނުތަނަވަސް ވާން ފެށީ އަރަން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުންނެވެ. އަނެއްކާ އޭނާ އަށް ގޯސްކޮށް އެއްޗެކޭ ބުނެވުނީ ހެއްޔެވެ؟

“އަރަން..؟” މާހީ ގޮވާލުމުން އަރަން ދިޔައީ ސިއްސއިގެނެވެ. އޭނާ މާހީ އާއި ދިމާއަށް ބަލައިލައިފައި ބޯޖަހާލިއެވެ. އެވާހަކަތަކާއި އެއްބަސް ވުމުގެ ގޮތުންނެވެ.

“އަރަން އަހަރެން-” މާހީގެ ވާހަކަ މެދުކަނޑާލީ ލިޔާ އެވެ.

“އަރަން މިތާ ކީއްކުރަނީ.. މިހާރު ބެލްޖަހަން އެއްމިނެޓް އަށްވީ.. ހިގާ ކްލާހަށް..” ލިޔާ އަށް އެތާ އެހެންމީހަކު އިންހެނެއްވެެސް ހިއެއް ނުވެއެވެ. އަރަން އާއެކޭ ބުނެލައިފައި ތެދެުވެ ހިގައިގަންނަމުން މާހީ އަށް ޓާޓާ އަޅާލިއެވެ. މާހީ ހުރީ ލޮލުކޮޅަށް އަރަން ގެއްލެންދެން ބަލާށެވެ. އަރަން އަށް މިވީ ކިހިނެއް ހެއްޔެވެ؟ އެހެންނޫނީ އޭނާ އާއި ވާހަކަނުދެއްކިފައި އިންނަ މީހަކު ވާހަކަދައްކާލާނެ ފުރުސަތެއް ލިބުމުން އެކެއްޗެކޭވެސް ނުބުންޔެވެ. އަރަންގެ އުޅުން ހުރިގޮތުން އޭނާ ބަދަލު ވެފައިވާވަރު އެނގެއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ހިތުގެ ނާރުތަކުގާވެސް ތިބާ… 12

Next

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-6

Next
July 17, 2025

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-6

Previews
July 17, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 12



All Right Reserved!