Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދަތުރުـ11

__devil__09 Level 210 Stories100 Login
July 7, 2025 2 Mins Read
0 Comments

*”ދެން؟ ބުނެބަލަ!” ކެތް ވެރިކަން ކުޑަ ވެފައި ދޮންތަ ވާހަކަ ދެއްކީ އަހަރެން ދައްކަން އުޅޭ ވާހަކަ އެއްވެސް ބާރަކަށް ނޭނގޭ ހާލުގަ އެވެ.*

“އިޓްސް ނާއިމް” ވާހަކަ ފަށާނެ ގޮތެއް ނޭނގިގެން އަހަރެން ބުނެލީމެވެ.

“ނާއިމް އެއްޗެކޭ ބުނީތަ؟”

“ވާހަކަ ދައްކާ ނިމެންދެން މަޑުކޮއްބަލަ.” އަހަރެން ގާތަށް އިތުރަށް ރުޅި އައެވެ.

“އޯކޭ. ސޮރީ ދެން ކިޔާބަލަ.”

“އައި ތިންކް އައި…” އެހެން ބުނެވުނީ އިރަށް އަހަރެންގެ އަޑު ބެދުނެވެ.

“ޔޫ ލައިކް ހިމް” އިރުކޮޅަކު އިނުމަށް ފަހު ދޮންތަ ބުންޏެވެ. އަހަރެންގެ ދެލޯ ބޮޑުވި އެވެ. ބުނާނެ އެއްޗެއް ނޭނގި އަހަރެން ދެކޮނޑު އަރުވައިލީމެވެ. މޫނަށް ވައްތަރެއް ވެސް ޖެއްސުނެވެ.

“ކުރިން ވެސް އިނގޭ.” ދެން ވެސް ވާހަކަ ދެއްކީ ދޮންތަ އެވެ. “ހިތުގަ ހުރި ހުރިހާ އެއްޗެއް  މިވަގުތު ބޭރުކޮއްލިއްޔާ ފަސޭހަވާނީ.”

“އައި ޑޯންޓް ނޯ. ހީ އިޒް ވެރީ ކެއަރިންގް. ވަރަށް ރަނގަޅަށް ޓްރީޓް ކުރަނީ. ކުރިން ނާއިމް އަހަރެން ދެކެ ލައިކް ވާކަން އިނގޭނަމަ އަހަރެން ރާއިމް އާ ރައްޓެހި ނުވާކަން.” އަހަރެންގެ އަޑު ވަނީ ކުރެވިފަ އެވެ.

“ރާއިމް އާ ރައްޓެހި ނުވީހޭ؟ ލިބުނީ ކުރިން ވެސް ނާއިމް ދެކެ ލައިކް ވެއޭތަ؟” ދޮންތަ އަހައިލި އެވެ. ބުނެވުނީ ކީކޭކަން ރޭކައިލީ ދެނެވެ. އަހަރެންނަށް ބުނެވުނީ އެއްޗެއްގެ މާނަ ޙުދު އަހަރެންނަށް ވެސް ނޭނގެ އެވެ.

“ބުނެބަލަ. ނާއިމް ދެކެ ލައިކް ދަންޏާ ރާއިމް އާ ރައްޓެހިވީ ކީއްވެ؟” އަނެއްކާ ވެސް ދޮންތަ އަހައިލި އެވެ.

“ނޭނގެ ނާއިމް ދެކެ ލައިކް ވެވުނީ ކޮންއިރަކު ކަމެއް. އިނގޭތަ ވެސް އެއްޗަކީ ނާއިމް މާރަނގަޅުކަން.”

“ދެން ރާއިމް އާ ރައްޓެހި ނުވީހޭ ތިބުނީ؟”

“އައި ޑޯންޓް ނޯ. ރާއިމް އާ ރައްޓެހި ވުމުގެ ކުރިން…ކުރިން ވެސް ނާއިމް އަހަރެން ލައިކް ވާކަން އިނގުންނަމަ، ނާއިމް މިހާރު ބާއްވާ ކްލޯސްކަން ބޭއްވިނަމަ އަހަރެން ރާއިމް އާ ރައްޓެއްހި ނުވާކަން ކަން އިނގެނީ. ރާއިމް އަށް ވުރެ ނާއިމް ހާސް ގޮތުން ތަފާތުކަން އިނގެނީ. ކޮންމެ މީހަކު ވެސް ބޭނުންވާނީ އެންމެ ރަނގަޅު ގޮތް.”

“ޒީވާ އެއްވެސް ވަރަކަށް ރާއިމް ދެކެ ލައިކް ވެވުނުތަ؟” މަޑުމައިތިރި ކަމާއެކު އަހައިލި އެވެ.

“ނުވެވެ. އެއްވެސް ވަރަކަށް ނުވެވެ.”

“ރާއިމް އާއި ބްރޭކް އަޕް ވީފަހުންތަ ނާއިމް ދެކެ ލައިކް ވެވުނީ؟”

“ނާއިމް ފުރަތަމަ ވާހަކަ ދެއްކީ ސްކައުޓް ކޭންމްގަ އުޅުނު އިރު. އޭރު ރާއިމް އާ ރައްޓެހި ވެގެން އުޅޭނީ. އައި ޑޯންޓް ނޯ ނާއިމް ދެކެ ލައިކް ވެވުނު އިރެއް. ދެވޭ ހީ ޓޯކްޓް ޓުމީ ދެޓް ޑޭ. އިޓް މޭޑްމީ ފީލް ސަމްތިގް ކޮންމެވެސް ދުވަހަކު. ނޭނގުމެއްގެ ތެރޭ. ވިސްނާލީމަ ވެސް އިނގުނު ރާއިމް އެހެން ނުވާނެކަން. ފުރަތަމަ އަމިއްލައަށް ވެސް، ކުޑަބެ އަށް ވެސް ހީވީ ނާއިމް ލައިކް ވަނީ ދޮންތަ ދެކެހެން. އެހެންވެ ވަރަށް ބިރުގަތް ލައިކް ވެވިދާނެތީ.”

“ޒީވާ ލައިކް ވަނީ ނާއިމް ދެކެ. ނާއިމް ވެސް ލައިކް ވަނީ ޒީވާ ދެކެ. ވަރަށް ގިނަ ދުވަސް ވެސް ވެއްޖެ. މިހާރު އެހާ ކްލޯޒް ކޮށް އުޅޭތީ ނާއިމް ހުންނާނީ ޒީވާ އަށް ނާއިމް ލައިކް ވެެވޭނެ ކަމުގެ އުންމީދުގަ ކަންނޭނގެ. ބުނަންވީނު.” ދޮންތަ ބުނީ ރަނގަޅު ވާހަކަ އެއް ނަމަވެސް އަހަރެން އެކަމަށް ފަސްޖެހެވުނެވެ.

“ފްރެންޑްޝިޕް ގެއްލިދާނެތީ ބިރުގަނޭ. ދިސް އިޒް ޓޫ މަޗް ފޯ މީ. އައިމް ނޮޓް ޔޫސްޓު އިޓް.”

“ތިހެން ތިވީ ރާއިމް އާ ރައްޓެހި ވެގެން، އިޓް ވޯސް ނޮޓް އަ ހެލްތީ ރިލޭޝަންޝިޕް. ހުރިހާ އެންމެން އެއްގޮތެއް ނުވާނެ. ނާއިމް އިސް އަ ގުޑް ޕާސަން. އައި ނޯހީ ވުޑް ޓްރީޓް ޔޫ ބެޓާ. ގިވް ސަމް ޓައިމް ޓު ޔޯ ސެލްފް. ޒީވާ ރެޑީ ވީމަ ނާއިމް ކައިރީ ބުނޭ ނޯ ޕްރެޝާ.” އަހަރެންނަށް އެކަނި ވަގުތުކޮޅެއް ދިނުމަށް ދޮންތަ ވެސް ކޮޓަރިން ބޭރަށް ދިޔަ އެވެ.

ދޮންތަ ބުނީ ތެދެކެވެ. ހުރިހާ އެންމެން އެއްގޮތެއް ނުވާނެ އެވެ. ނާއިމް ކިތަންމެހާ ވެސް ރަންގަޅެވެ. އޭނާ ހުރީ އަހަރެން އެ ވާހަކަ ބުނާނެ ދުވަހެއްގެ އިންތިޒާރުގައި ކަމުގައި ވާނަމަ ވެސް އަހަރެން ދުވަސް ކޮޅެއް ބޭނުމެވެ. ދެން ކަންތަށް ވާނެ ގޮތެއް ނޭނގިތި ނަފްސު ތައްޔާރު ކޮށްލަން ޖެހޭނެ އެވެ.

ـނުނިމޭـ

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ﷲ

Next

ހިތަށްވި ހަމްދަރުދީ 3

Next
July 7, 2025

ހިތަށްވި ހަމްދަރުދީ 3

Previews
July 7, 2025

ﷲ



All Right Reserved!