Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދަތުރު-10

__devil__09 Level 110 Stories100 Login
July 5, 2025 2 Mins Read
0 Comments

*ޖެހިލާ ފިނި ވައިރޯޅިތަކުން ހިތަށް ހަމަޖެހުން ގެނެސް ދިނުމުގެ ބަދަލުގައި، ހިތް އިތުރަށް ނުތަނަވަސް ވިއެވެ. ރުއްތަކު ފަންތައް ހެލިލާ އަޑުން ސިކުނޑި ތާޒާ ވުމުގެ ބަދަލުގައި ބޮލުގެ ރިހުމަކަށް ވިއެވެ.*

ދެމީހުން އެކުގައި ގޮސް ބެންޗެއްގައި އިށީންދެލީ މެވެ. އަހަރެންގެ ހިމޭން ކަން ފާހަގަ ކުރެވި ޝަބީނާ ވީ ކީއްތޯ އަވި އެވެ. ކަމެއްނުވާކާމަށް ބުނެ އަހަރެން ފުއްދައިލީމެވެ. ދެން ޝަބީނާ ދައްކަން ފެށީ ނާއިމްގެ ވާހަކަ އެވެ.

“އިނގޭތަ، ކުރީ ދުވަހު މިޝްޔާ ބުނި ނައީމް ބުންޏޭ ދިމާ ކީއްކަން. އަހަރެން ދިޔައީމޭ. ދެން ނާއިމް ބުނީމަ ނުގޮސް ހުންނާކަށް ނުވެސް ކެރުނު. އިނގޭތަ ނާއިމް ދެއްކީ ހުސްމެން ޒީވާގެ ވާހަކަ. ޒީވާ ކޮބާހޯ. ޒީވާ ރަނގަޅުހޯ. ޒީވާއަށް ރަނގަޅަށް ބަލައްޗޯ. އޭނަ އުޅޭ ގޮތުން ހީވަނީ ޒީވާ އަކީ ކުޑަ ކުއްޖެއްހެން. އަބަދު ދައްކާނީ ޒީވާގެ ވާހަކަ. އެކަމަކު ޒީވާ އަށް ވުރެ ގިނައިން މީޓް ކުރާނެ އަހަރެންނާ. މިޝްޔާ ކާއިރީގައޭ ބުނަނީ ވެސް އަހަރެން ކައިރީ ބުނާށޭ. ދުވަހަކު ވެސް ޒީވާ ކައިރީ ބުނާށެކޭ ނުބުނެ. މަދު ފަހަރަކު ޒީވާ އާ މީޓް ކުރަނީ ވެސް. މީޓް ވަނީހެން އަހަރެންނަށް ހީވަނީ. އަހަރެން ހިތަށް އަރާ ނާއިމް އެވަރަށް ޒީވާގެ ވާހަކަ ދައްކާ އިރު ވެސް ޒީވާ އާ ވާހަކަ މިދައްކަނީ ކީއްވެބާއޭ. އެންޑް ނާއިމް ކީއްވެތަ އެހާ ގިނައިން ޒީވާގެ ވާހަކަ ދައްކަނީ؟”

“ޝަބީނާ ހިނގާ ގެއަށް ދާން” އަރަން ބޮލުގައި ރިއްސުން ފެށުމުން ބުނީމެވެ.

“ކީއްވެ؟ ހާދަ އަވަހަށް؟ ވަރަށް ރިލެކްސިން އޭ. މަޑުކޮށްބަލަ.”

“ބޮލުގަ ރިއްސާތީ”

” ނިކަން ދޯ؟ ޒީވާ ކައިރީ އަބަދުވެސް ބުނީމެއްނު ރަނގަޅަށް ކާން ވާނޭ” ޝަބީނާ އާދައިގެމަތިން އޭނާގެ ނަސޭހަތް ފެށި އެވެ.

” ވަރަށް ރަނގަޅަށް މިއަދު ކެއިން. ހަމަ ކުއްލިއަކަށް ރިއްސުން ފެށީ.” އެންމެ ގާތް އެކުވެރިޔާ އަށް ދޮގު ހަދަން ބޭނުން ނުވި ކަމުގައި ވިޔަސް އަހަރެންނަށް އެއްވުރެ ރަނގަޅު ގޮތެއް ނުވިސްނުނެވެ. ޝަބީނާ އަށް ނާއިމް ކަމުދާ ކަން އަހަރެންނަށް ކިތަންމެހާވެސް ރަނގަޅަށް އިނގެއެވެ. އެހެން ވީއިރު އަހަރެންގެ ހިތުގައިވާ އެއްޗެއް އަހަރެން ޝަބީނާއަށް ހިއްސާ ކުރާނެހެއްޔެވެ.

“އޯކޭ. ހިނގާ ދާން” އެންމެ ފަހުން ޝަބީނާ ގެއަށް ދިއުމަށް އެއްބަސް ވި އެވެ. އޭރު އުޑުމަތިން އިރުއޮއްސުމުގެ ކުލަވަރު ފެންނަމުން ދިޔައެވެ.

“ނާއިމް ވާހަކަ ދައްކާ ގޮތުން ހީވަނީ އޭނަ ޒީވާ ދެކެ ވާހެން. ވެދާނެތަ އެހެން؟” އަނެއްކާ ވެސް ޝަބީނާ ނާއިމްގެ ވާހަކަ ދައްކަން ފެށިއެވެ.

“ނާއިމް އަހަރެން ދެކެ ލައިކް ވާންވީ ކީއްވެ؟ އަހަރެން ހަމަ އެހާ ރީތީތަ؟” ކުޑަކޮށް ހީލަމުން އަހަރެން އަހައިލިއެވެ.

” ޔަގީނެއްނު. ޒީވާ ހާމަ ވަރަށް ރީތި. މާޝާ ﷲ. އެހެންވެ އެއްނު ރާއިމް ވެސް ޒީވާ އާ ރައްޓެހި ނުވެވިގެން އުޅުނީ.”

“ނޭނގެ ދެން. އޭނަ އެއްވެސް ރަނގަޅަށް ނޫން. އެއަށް ވުރެ ރަނގަޅު މީހުން އުޅޭ.”

“ލައިކް ނާއިމް. އޭނަ ކިހާ ރަނގަޅު. އޭނަ ހަމަ އެންމެ ޕާފެކްޓްއީ. ޒީވާ. ޔޫ ޑިޒާވް ވޭ ބެޓާ ދެން ރާއިމް.”

“ޝަބީނާ ޕްލީޒް. ތި ވާހަކަ މިދައްކަނީ. ތިކަހަލަ ވާހަކަ ދައްކާކަށް މޫޑް އެއް ނެތް. ވަރަށް ބޮލުގަ ރިއްސާ. ތަންކޮޅެއް ބާރަށް ހިނގާ ބަލަ.” އަހަރެންނަށް ވާހަކަ ދެއްކުނީ ހިސާބަކަށް ރުޅި އައިސް ހުރެ އެވެ. ނަސީބަކުން ޝަބީނާ ވެސް އިތުރު ވާހަކަ އެއް ނުދެއްކި އެވެ.

ގެއާއި ހަމައަށް ދެވުމުން އޭނާ މަޑުކުރަނީ ވީތޯ ޝަބީނާ އަހައިލި އެވެ. މަޤްރިބް ނަމާދަށް ބަންގި ގޮވަން ގާތް ވެފައި ވުމާއި އެކު އަހަރެން ނިދަން ބޭނުންވާ ކަމަށް ބުނެ ޝަބީނާ ފޮނުވައިލީމެވެ.

ކޮޓަރިއަށް ވަން ގޮތަށް އަހަރެން ބުރުގާ ބާލައި އެނދުމައްޗަށް ވެއްޓިގަތެވެ. އޭރު ދޮންތަ އާއި ކޮއްކޮ ތިބީ ކޮންމެވެސް ކަމެއް ކިރާށެވެ. ކިހިނެއް ވީތޯ ދޮންތަ ސުވާލު ކުރަން ފެށިއެވެ. ކަމެއްނުވާކާމަށް ބުނެ އަހަރެން ތެދުވެ ހެދުން ބަދަލު ކޮށްލީމެވެ. އަނެއްކާ ވެސް އެނދުގައި އޮށޯވެލީ އެއްވެސް ކަމެއް ކުރާހިތް ނުވާތީ އެވެ.

“ޝަބީނާ އާ ދެމީހުން ތޮޅުނީތަ؟” ދޮންތަ އަހައިލި އެވެ. އަހަރެން ދެފަރާތަށް ބޯހޫރައިލީމެވެ. “ހާދަ އަވަހަށް ތިއައީ. ކަމެއްވީތަ؟”

“ވަރަށް ބޮޑު ވާހަކަ އެއް އެބައޮތް” ތެދުވެ އިށީންދެލަމުން އަހަރެން ބުނީމެވެ. ކޮއްކޮ ބޭރަށް ފޮނުވައިލައިފައި ދޮންތަ އައިސް އަހަރެން ކައިރީ އިށީނެވެ.

“ކިހިނެއްވީ؟ މީހަކު އެއްޗެކޭ ބުނީތަ؟ މީހަކު ކަމެއް ކުރީތަ؟”

“ތިހާ ބައިވަރު ސުވާލު އެއްފަހަރާ ނުކޮށްބަލަ. ބޮލުގަ ރިއްސަައޭ. އެއްވެސް ކަމެއް ނުވޭ. މީހަކު އެއްޗެކޭ ބުނި އެއްވެސް ނޫން.” އަހަރެން ގާތަށް ރުޅި އައެވެ.

“ދެން؟ ބުނެބަލަ!” ކެތް ވެރިކަން ކުޑަ ވެފައި ދޮންތަ ވާހަކަ ދެއްކީ އަހަރެން ދައްކަން އުޅޭ ވާހަކަ އެއްވެސް ބާރަކަށް ނޭނގޭ ހާލުގަ އެވެ.

ـނުނިމޭـ

Share Article

Follow Me Written By

__devil__09

Level 110 Stories100 Login

Other Articles

Previous

ބަރުބާދުކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-3

Next

ބައިވެރިޔާ-4

Next
July 5, 2025

ބައިވެރިޔާ-4

Previews
July 5, 2025

ބަރުބާދުކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-3


All Right Reserved!