” އެކްސް ނޭނގޭ ވީ ތަނެއް… އެކްސް އާ ރުޅިވީކީނޫން .. އެކްސް އާއި ދުރުވާން މަޖުބޫރުވީ.. ދިރިއުޅުމުގަ ބޭނުންހާ ކަމެއް ވޭތަ؟” ލޮލަށް ކަރުނަތައް ޖަމާވަމުން ދާތީ އިވްލީން ވާހަކަ ދެއްކީ ފުދޭވަރަކަށް މަޑުމަޑުންނެވެ.”އުހުން ދިރިއުޅުމުގަ ނުވޭ ބޭނުންވާހާ ކަމެއް.. އެހެންނަމަ މިއަދު ލީން ހުންނާނީ ލީންގެ އެކްސް އާއެކު އަހަރެން ހުންނާނީ އަހަރެންގެ ލޯބިވެރިޔާއާއެކު… މަޑުކޮށްބަ ތިބުނީނު މަޖުބޫރުވީއޭ އެ ކީއްވެ؟” ޒިލާލް ކުރަމުން ދިޔަ ސުވާލުތަކުން އިވްލީންގެ ހިތަށް ދިޔައީ ފުން އަސަރުތަކެއް ކުރުވަމުންނެވެ. ކަރުތެރެެ ބެދޭގޮތްވެ ކަރުނަތައް ޖަމާވަމުން ދިޔައީ ސިކުންތު ހިނގާހައި އަވަހަށެވެ. އިވްލީީންގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައީ ޒިލާލްއަށް ވާހަކަތައް ހިއްސާކުރުމަށެވެ. ނަމަވެސް ހިތް ބުނަމުން ދިޔައީ ނުބައި ވާހަކައެކެވެ.
* * * * * * *
ހިތް ބުނަމުން ދިޔައީ ވާހަކަތައް ހިއްސާ ކޮށްގެން އިތުރަށް ޒިލާލް އިވްލީން ދެކެ ރުޅި އަންނާނޭ ކަމަށެވެ.” އަސްލު މާޒީގެ ވާހަކަތައް ދައްކާކަށް އެހާ އީޒީ އެއްނޫން… އެކަމު ވެސް މިހާރު އަހަރެންގެ ވާހަކަތައް އަޑުއަހާލަން ހުރި މީހަކީވެސް އަހަރެންގެ ފިރިމީހާ ކަމަށް އަހަރެން ގަބޫލުކުރަން… ވީގޮތަކީ އަހަރެންގެ އެކްސް އާއި އަހަރެންގެ ކައިވެނީގެ ވާހަކަތައް ބައްޕަމެން ކައިރީގަ އަހަރެން ބުނީމަ ބައްޕަ ވަގުތުން އެކަމާ އިންކާރުކުރީ ނޭނގެ ކީއްވެގެން ކަމެއްވެސް…ދެން އެރޭ ބައްޕައަށް ޝޮކެއް ޖެހިގެން ވަރަށް އެމަރޖެންސީކޮށް ހޮސްޕިޓަލަށް ގެންދިޔައީ…. ދެ..ދެން އެނގުނީ ބައްޕައަކީ ހާރޓް ޕޭޝަންޓްއެއްކަން… ދެ..ދެން ދޮންބެ އާއި މަންމަމެން ބުނީ ބައްޕަ ކުރިމަތީގައި އެއްވެސް ކަމަކަށް އިންކާރުނުކުރަން.. ދެން ބައްޕަ އެރޭންޖް ކުރީ އަހަރެންގެ ކައިވެނި ޒިލާލްއާ.. އަހަރެންގެ އެކްސް އާއި އެންމެ ފަހުން ބައްދަލުވި ދުވަހު އޭނަ ބުނި މަންމަމެން ބުނާގޮތް ހަދައިގެން އުޅެން.. އޭނަ ބުނީ އެންމެ ފަހު ބަހަކަށް ކޮންމެ ކަމެއްވެސް ވަނީ އެންމެ ރަނގަޅަށް ކަމަށް..” ހުރިހާ ވާހަކަތަކެއް ކިޔައިދީ ނިންމާލެވުނު އިރު އިވްލީންއަށް ދިޔައީ މަޑު ގިސްލުމުގައި ރޮވެމުންނެވެ.
“އެކަމު ކީއްވެގެންބަ ލީންގެ މަންމަމެން އޯކޭ ނުވާންވީ؟ އެހެންމަ ދެމީހުންނަށް ވެސް މިވީ ހަމަ އެއްގޮތެއްނު.. ލީންއަށް ވެސް ވީ މަޖުބޫރު އަހަންނަށް ވެސް.. އަދިވެސް ލޯބިވޭތަ އެކްސް ދެކެ؟” ޒިލާލްގެ ހިތުގައި އުފެދިފައިވާ ސުވާލުކޮށްލަމުން ބުންޏެވެ.” ހަމަ އެއްގޮތަކަށްވެސް ނޭނގެ ކޮބާ ކަމެއް މަންމަމެން ނުގަބޫލުވީ ސަބަބެއް…ޔެއާ ދިރިއުޅުމުގަ މިސްރާބު އޮޅިފަ ތިބޭ މީހުންނަށް ޖެހޭނީ މިކަހަލަ ހާލެއްނު ….. ނޫނޭ މިހާރު ނުވޭ އެކްސް ދެކެ ލޯތްބެއް…މިހާރު އެ ލޯބި ވަނީ އެހެންމީހަކު ދެކެ…” އިވްލީީން ބުންޏެވެ. ދެން އެދެމެދުގައި ދިޔައީ ހިމޭންކަމުގެ ވަގުތު ކޮޅެކެވެ. ހީވާ ކަހަލައެވެ. ވަގުތު ވެސް އެދެމީހުންގެ އިހްސާސްތަކާއި ޖަޒުބާތުތަކަށް އިހްތިރާމްކުރަނީއެވެ.
“ލީން އެނގޭތަ އަހަރެން ގެއްލިގެން އުޅޭ ކީ އަދިވެސް ނުފެނޭ … އަނެއްކާ ކޮންތާކަށްބަ އެ ލެވުނީ .. ވަޓް އެވަރ މަ ނުދާނަން މާދަން އޮފީހަކަށް… އެކަމު ލީން ޑިއުޓީއަށް ލާދޭން ދާން ހޭލާނަން ގޮވައްޗޭ އިނގެ… ދެން ދޭ ނިދަން އަހަރެން އޮންނާން ސޯފާގަ ލީން އޮވޭ އެނދުގަ…” ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން ޒިލާލް ބުންޏެވެ. ނިދަން އަރާ އޮތް އިރު ވެސް ޒިލާލްގެ ބޮލަށް ހުރީ ބަރުވެފައެވެ. އެއްވެސް ވަރަަކަށް ނިދީގެ ކަންފުޅެއްވެސް ޒިލާލްގެ ލޮލަކުނެތެވެ. ދެން ޒިލާލްގެ ބޮލުގައި ޓަކި ޖަހައިލި އުސޫލުން ހަނދާންވީ ރާއިލް އާއި ޔުމްނާގެ ވެޑިން ނިންމިރޭގައި ޒީޝާލްގެ ފަރާތުން އިވުނު ވާހަކަތަކެވެ. އެއީ ތެދަކަށް ވާނަމަ ޒީޝާލް ނޯރާދެކެ ރުޅި އަންނަން ޖެހޭ ސަބަބެއް ވެސް އޮންނާނެއްނޫން ހެއްޔެވެ؟ އަނެއްކާ ޒެއިންގެ ދިރިއުޅުމާއި ނޯރާއާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ހުރިހާ ވާހަކަތަކެއް އިވްލީންއަށް އެނގޭނެ ކަމަށް ނިންމާ އެވާހަކަ ފަހުން ދައްކަން ހިތުލައިގެން އޮއްވައި ޒިލާލްގެ ލޯ މަޑުމަޑުން ލެއްޕުނެވެ.
ދަންވަރުގެ ވަގުތެވެ.ސިކުނޑި ތެރޭގައި އެނބުރެމުން ދިޔަ ޚިޔާލަކަށް ވެފައިވީ އެތައް ރެއެއްގެ ނިދި ނަގައިލި ޙިޔާލެވެ. ޙިޔާލު ތެރޭގައި އޮއްވައި 3 އަހަރުގެ ކުޑަކުޑަ ކުއްޖާ އައިސް ޔަޒަކްގެ މޫނަށް ދޮނެއް ދިނެވެ.
“ދޫނީ އަދިވެސް ނުނިދަންތަ؟” ޔަޒަކްގެ ސުވާލާއެކު މަޑު ހުނުމެއް ދީފައި ބޯ ޖަހައިލި އިރު އެމޫނުގައި މައުސޫމްކަން ވެއެވެ.”ދޫނީ މަންމަ އެއޮށްގޮވަނީނު ނިދަންދާން އަވަހަށް ދޭ ބަސް އަހައިގެން… މިހާރު ވަރަށް ލަސްވެއްޖެއޭ” ދޮނެއް ދެމުން އުރާލާފައި ބެހެއްޓި އިރު ވެސް ނިދަން ވެގެން ނުދާން ވެގެން އެކުއްޖާ ބޮޑާހާކަމުންދިޔައެވެ.
ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު އިރަށް ތަން ދެމުން ވަކިވެލިއެވެ. އިރުގެ އަލި ކޮޓަރިތެރޭގައި ހިފާލީ ދޮރުފޮތިގަނޑު އެއްފަރާތަކަށް ކަހާލާފައި ހުރުމުންނެވެ. ލޮލަށް އިރުގެ ދޯދިތައް އެޅިފައި ހުރުމުން ޒިލާލްގެ ނިދި ފިލައިގެންދިޔައެވެ. ލޯ ހުޅުވައިލި ވަގުތު ނަރުސް ޔުނިފޯމްގައި ހުރި އިވްލީން ޒިލާލްގެ ލޮލުގައި އަޅައިގަތުމާއެކު ޒިލާލް ޖެހުނީ ކޮޅަށެވެ.
“ލީން ކީއްވެ ނުގޮވީ؟ ލީން ހޭލިގަޑީގަ ގޮވިނަމަ” ލޯ އުނގުޅަމުން ތެދުވެ ފޯނު ނަގައި ގަޑި ބަލައިލަމުން ޒިލާލް ބުންޏެވެ.”ގޮވިން ގޮވީމަނުއެއް ހޭލި އިރުކޮޅަކުން ގޮވަން މިހުރީ އެކަމު ތިހޭލީނު މިހާރު..” މިހާރު އިވްލީންގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ. ބަލައިލި ކޮންމެ މީހަކަށް ވެސް އިވްލީން ހިތްހަމަޖެހިފައި ހުންނަކަން އެނގޭނެއެވެ.
އިވްލީން ޑިއުޓީއަށް ލާފައި އައިސް ކޮޓަރިއަށް ވެދެ ޖައްސާލާ އޮއްވައި ހަމްދާން ގުޅަންފެށިއެވެ. “ކީކޭ ބްރޯ؟ ވަޓް! ކީއްވެ! ތި ކިހިނެއް ވާނެކަމެއް… ބައްޕަ ވަރަށް ބޮޑަށް ހާރޑުވެފަދޯ ހުރީ ؟” ހަމްދާން ބުނެލި އެއްޗަކުން ޒިލާލް ދިޔައީ ކޮޅަށް ޖެހިގެނެވެ.”ހާރޑުވެފަދޯ ހުންނާނީ ދެން ކައެ ދައްކާ ވާހަކަ… ދެން ވެސް މިކޮޅަށް އާދެބަލަ މިތަނަށް ގޮތެއް ވޭތޯ ބަލަން…” ފޯނު ބޭއްވުމާއެކު ޒިލާލް ތެޅިގަތީ އޮފީހާއި ދިމާއަށް ދާށެވެ. ގެއިން ނުކުންނަނިކޮށް ޒެއިން ފެނުމުން ވީގޮތް ޒިލާލް ކިޔާދިނެވެ. އޮފީހާއި ދިމާއަށް ދިޔައިރު ކަމަކުދާކަށް ނެތެވެ. ޖާރނަލިސްޓުންތައް އެކީހެން ސަރަހައްދު ފުރާ ލާފައި ވެއެވެ.10 ބުރިއަށް ހަދާފައިވާ އެ ބޮޑު އިމާރާތުގެ ދޮރުތަކުގައިވާ ބިއްލޫރިތައް އެކީހެން ފުނޑާފައިވާއިރު މަގުމަތީގައި ވެސް ހުރީ ހުސް ބިއްލޫރިއެވެ. އެހެންކަމުން ގިނަ އަދަދެއްގެ ފުލުހުން ވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ޒެއިން އާއި ޒިލާލް ދެމީހުން އެކީހެން އެރީ އެންމެ މަތީ ފްލޯއަށެވެ. އެންމެ މަތީ ފްލޯއަކީ ވަރަށް ބައިވަރު ޑޮކިއުމަންޓްތައް ރައްކާތެރި ކުރެވިފައިވާ ބައެކެވެ.”ބައްޕާ!” ޒިލާލް ވަރަށް މަޑުމަޑުން ގޮވާލިއެވެ.”ކޮން ބައްޕާއްސެއް ލައްވާކަށް މިހެން މިވީ ޒިލާލް އާއި ހެދީއޭ… މަ ހާދަ ދުވަހެއްގެ މަސައްކަތެކޭމީ… ކީއްކުރާނީ ކަން ކުރިބަޔަކު މިހިރީ އަހަރެންގެ މަސައްކަތްތައް ވަރަށް ރަނގަޅަށް ބަނގުރޫޓު އަރުވާލާފައެއްނު….. ޒިލާލްގެ އަތަށް ބައްޕަ ދީފަ އޮންނަ ތަޅުދަނޑި ކޮބާ؟؟” ޒުބޭރުގެ ސުވާލާއެކު ޒިލާލް ދުރު ބަލައިލީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ. އެވަގުތުވީ އެތަނަށް ޒެއިން ތިރީ ފްލޯގައި އުޅެފައި އެރިވަގުތަށެވެ. ” ބައްޕާ ކެމެރާތައް ބަލާލަންވީނު ވަރަށް ބޮޑަށް ތަހުގީގު ކުރަމުން މިދަނީ އެކަމު ނުވި ކާމިޔާބެއް ދެން ފެންނަނީ ހުރިހާ ކެމެރާތައް ބަލާލަން …” ޒެއިން ބުނިއެއްޗަށް އެންމެ ތާއިދުކުރީ ޒިލާލްއެވެ. ޒުބޭރުގެ ހުއްދަ ލިބުމާއެކު ފުލުސް ޓީމުން ކެމެރާތައް ބެލުމުގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ކެމެރާތައް ބެލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ ރާއިލް ޒެއިންއަށް ގޮވާލިއެވެ. އެވަގުތު އެތާނގައި ޒުބޭރު ވެސް ހުއްޓެވެ. ނަމަވެސް އޭރު ޒިލާލް އެތަނުން ނުކުމެއްޖެއެވެ. އިވްލީން ޑިއުޓީ ނިމުނު ވާހަކަ ބުނުމުން އިވްލީން ބަލާދާން ނުކުތީ ވެސް އެތަނުން ޒިލާލް ރެކެން ވެގެނެވެ.” ޒެއިން އަހަރެން ބުނީ ނެތޭ މިކަން އީޒީކޮށް ދާކަށް… މީގެން އެނގެނީ އެ ބަޔަކު ވަރަށް ވިސްނުން ރަނގަޅަށް މިކަމެއް ކޮށްފަ ހުރިކަން ހަމަ ގައިމު ވެސް މިހުރީ ކީއެއްގެ ބޭނުންކޮށްގެން ވަދެފަ… އެ މަންޒަރު އެބަ ފެނޭ … އެކަން ކޮންބައެއް ކަމެއް ނޭނގޭނުން ކަޅު ކޯޓުތަކަކުން ނިވާވެފަ ވިއްޔަ މިތިބީ ދެ މީހަކު މި ހަރަކާތްތެރިވަނީ ތިން ވަނަ މީހެއް ނުފެނޭ މިޔަކުން އެމީހުން މިތަނަށް ވަތްލެކެ ބާރުމިނުގަ މިހުރީ ކެމެރާތައް ވަށާ ކޮންމެވެސް އެއްޗަކުން ބަންދުކޮށްފަ.. އެ ހިސާބުން ދެން މިތާ ތެރޭގަ ވެފަ ހުރީ ކޮންކަމެއް ކަމެއްވެސް ނޭނގޭނެއެއްނު ބޭބޭ އަނެއްކާ އެއްވެސް މުހިއްމު އެއްޗެއް މަދުތަ؟” ރާއިލް ސުވާލު ކުރުމާއެކު ދެލޮލުން ކަރުނަ ހިލޭ ހާލުގައި ހުރި ޒުބޭރު ބޯ ޖަހައިލިއެވެ. “ވަރަށް ބޮޑަށް މުހިއްމު ޑޮކިއުމަންޓްސްތައް މަދު ވަރަށް ބައިވަރު ޕްރޮޖެކްޓް ތަކުގަ ސޮއި ކޮށްފަ ހުރި ލިޔުންތައް ވެސް ނެތް…” ދެރަވެފައި ހުރެ ޒުބޭރު ވާހަކަ ދެއްކިއެވެ. ދެން ޒުބޭރު ހީއްކުރެވުނީ ހުރިހާ ކަމެއް ކުރީ ހަމްދާން ކަމަށެވެ.
އިވްލީން ޒިލާލްގެ ސައިކަލު ފަހަތަށް އަރާ ހަމަޖެހިލި އިރު ވެސް ޒިލާލް އަނގައިންވެސް ނުބުންޏެވެ. އިވްލީން ޒިލާލް ސައިކަލު ފަހަތުގައި އިން އިރު އިނީ ޒިލާލްގެ ފޯނު ހިފައިގެންނެވެ. އެހެން އިންދާ ޒިލާލްގެ ފޯނު ރިންގުވާންފެށުމުން ސްކްރީންއަށް ބަލައިލި ވަގުތު އިވްލީންގެ ބޯ ވެސް ދިޔައީ އަނބުރައިގަނެގެނެވެ. ހީވީ ހަތަރުއުދަރެސް ފެނުޖެހުނު ހެނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.





Girl you’re story hama bestu inge🥹❤️
Keep it up!
Thank yu Writerr ❤️
keep it up lim
Thank yu shynyx inax ❤️