Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-5

__devil__09 Level 210 Stories100 Login
July 7, 2025 2 Mins Read
0 Comments

*ފަޅުރަށަށް ދެވުނު އިރު ހެނދުނު އަށެށް ޖަހަނީ އެވެ. ބޮޑެތި މީހުން ސައިހަދަން ފެށުމުން މިންހާ އާއި ރަނާ ގޮވައިގެން މައިހާ މިސްރާބުޖެހީ ރަށުތެރެ އާއި ދިމާލަށެވެ.*

“މާޔާ! ހިނގާ އަހަރެމެން ވެސް އެމީހުން ފަހަތުން ދާން.” ރަނާމެން ގަސްތަކުގެ ތެރެއިން ވަދެގެން ދިޔަތަން ފެނިފައި ހަނާ ބުނެލި އެވެ.

“ބަސްޓު ވެދާނެ. ވެއްޖެއްޔާ ވަރަށް ސަކަރާތް ވާނެ.” މާޔާ ބުނެލި އެވެ. “އަހަރެމެން ހިނގާ ތުނޑި އަށް. ވަރަށް ރީތި ތުނޑިއެއް އޮންނާނެ މިރަށުގަ.”

“އެއީ ކީއްވެ؟” މިންހާ ލިބުނީ ހައިރާން ކަމެކެވެ. “ކީއްވެ ރީހާން ކައިރީ ނުބުނާނާމޭ ތިކިޔަނީ؟”

“އާނ. މައި. ރީހާން ކައިރީ ބުނަން ވާނެ.” ރަނާ ވެސް މިންހާ އާއި އެއްބައިވެލަމުން ބުންޏެވެ.

“މިންހާ އަށް ކެރޭނެތަ ނާއިލް ކައިރީ ބުނަން؟ ރަނާ އަށް ކެރޭނެތަ މަޔާން ކައިރީ ބުނަން؟” މައިހާ ދެކުދިންގެ މޫނަށް ވަކިވަކިން ބަލައިލަމުން އެހިއެވެ.

“އާނ. މަ ބުނާނަން.” ރަނާ ބުންޏެވެ.

“އަހަރެންނަކަށް ނޭނގެ ބުނާނެ ގޮތެއް. ރީހާން ރިއެކްޓް ކުރާނެ ގޮތެއް ވެސް ނޭނގެ.” މައިހާ ދެކޮޅަށް ހިގަން ފެށި އެވެ.

“ފައިން…ހިނގާ ދާން.” ހަނާ ލޯއަޅައިލަމުން ބުންޏެވެ.

“މިންނާ! އާދޭ ތުނޑި އަށް ދާން.” މާޔާ މިންނަ އަށް ގޮވައިލި އެވެ.

“ބީ އެފް ގޮވައިގެން ދާން ވަރަށް ސަޅި ވާނެ.” މިންނަ އައިސް އެކުދިންނާ އަރާ ހަމަވުމުން ހަނާ ބުނެލި އެވެ.

“ހަނާ ވެސް ދޯ. އަބަދު ތިކަހަލަ ހިޔާލެއްގަ. ދެން މިއޮތީ ރަށަށް ވެސް އާދެވިފަ. ހަނާ ވާނެ ބީ އެފް އެއް ހޯދަން.” މިންނަ ބުންޏެވެ. ތިން ކުދިން އެކުގައި އަތިރިމަތިން ތުނޑި އާއި ދިމާލަށް ހިނގައިގަތެވެ.

“އޯކޭ. މިން މެސެޖު ކޮށްފާނަން.” މިންހާ ބުންޏެވެ.

“އެކަމަކު ގުޅައިގެން ވާހަކަ ނުދައްކާތި. ފާރުގައި ވެސް ކަންފަތް ހުންނާނެ.” މައިހާ ހުރީ ހާސް ވެފަ އެވެ.

“މިން ވީނު މިރޭ ރީހާން އާ މީޓް ކޮށްފަ ކިޔައިދޭނީ.” ރަނާ ހިޔާލެއް ދިނެވެ. “އަނެއްކާ ނާއިލް އަށް އިވިގެން މައްސަލައެއް ނުޖެހޭނެތަ.”

“މާއިލް އަކަށް ވެސް އަހަރެން ބޭބެއަކާ ވާހަކަ ދެއްކުން މާނަ އެއް ނުކުރެވޭނެ. މިއަދު ދޯ މަޔާން އަންނަނީ. ނެތްތަ ކަމެއް؟” ލާނެތް ރާގަކަށް މިންހާ އަހައިލި އެވެ.

“ކަމެއް ނުރާވަ އެއް ނޯންނާނެ. ދެން ތި ވާހަކަ ބާވަބަލަ. ހިނގާބަލަ ތުނޑި އަށް ދާން.” މައިހާ ބުނެލި އެވެ.

މިންހާ މެންނަށް ތުނޑިއަށް ދެވުނު އިރު މާޔާ މެންވެސް އެތާގައި ތިއްބެވެ. ހުރިހާ ކުދިން އެކުގައި މަޖާކޮށް ހަދައި މަންމަމެން ކައިރިއަށް ދިޔައިރު މެންދުރު ކާން ތައްޔާރުވެ ނަދީމް ގުޅުމުންނެވެ.

ވެފައި ހުރީ ވަރުބައްޔެއްގެ ބޮޑުކަމުން އެންމެން ރޭގަނޑު ކެއިގޮތަށް ނިދަން ވަނެވެ. މިންހާ ގެއިން ނިކުތީ އޭގެ ފަހުންނެވެ. އޭނާ މަންމަ ކައިރީ ބޭރަށްދާ ވާހަކަ ބުނެފައި އޮތުމުން މާ ސިއްރުން އުޅޭކަށް ނުހަދާ އެވެ.

ބޭރު ދޮރުއަށި ދޮށުގައި ރީހާން އޭނާގެ އިންތިޒާރުގައި އިންތަން ފެނުމުން މިންހާ ވަށައިގެން ހޯދައިފި އެވެ. ޝަޔާން ނުވަތަ ޒައިދު އުޅިފާނެތީ އެވެ.

” ކޮން ވާހަކަ އެއް ދައްކަން އުޅުނީ؟” ސުވާލުން ފުރިގެންވީ ނަޒަރަކުން މިންހާ އަށް ބަލައިލަމުން ރީހާން އެހިއެވެ.

“މިތާކު އެވާހަކައެއް ނުދެއްކޭނެ.” މިންހާގެ މޫނުމަތީގައި ވީ ހާސްކަން ފެނި ވަރަށް ބޮޑު ކަމެއް ވެއްޖެ ކަން ރީހާން އަށް އިނގުނެވެ. މިންހާ އެދުނު ފަދައިން ރީހާން އެތާ ނުތިބެން މިންހާ ގޮވައިގެން ހިނގައިގަތީ އަތިރިމައްޗަށެވެ.

“މައި ކީއްވެތަ ބުނަން ނުކެރިގެން އުޅެނީ. މަ ބޭނުން މައި އާ ވާހަކަ ދައްކަން. މިރޭ.” މިހެން ބުނެފައި ރީހާން ހިނގައިގަތީ މިންހާ ގެއަށް ލާން ދާށެވެ.

“މަޑު ކޮއްބަލަ. ގޯތިތެރޭ ވާހަކަ ދައްކަން ތިބުމަކީ ސޭފް ގޮތެއް ނޫން.” މިންހާ ބުންޏެވެ.

“މަ ނޫޅެމޭ ގޯތިތެރޭ ވާހަކަ ދައްކަން ތިބޭކަށް. މަ އަންނާނީ މައި ގޮވައިގެން މިތަނަށް.”

“ތިއްތަ ކައިރީ ނާއިލް އެބައިން. އޭނަ އަށް ގުޅާފަ ބުނަންވީނު ހޮވައިގެން އަންނަން. ގެއަށް ގޮއްސަ އައުމަށް ވުރެ ރަނގަޅުވާނެ.” މިންހާ އޭނާގެ ހިޔާލު ފާޅު ކުރި އެވެ.

“ރަން ކޮބާ؟ ހުރިހާ ކާމެއް ވީމަ ވެސް މައި އެކަނި ގޭގަ ބައިންދާފަތަ ތިއައީ؟” ރީހާން ހުރީ ހާސްވެފަ އެވެ.

“ނާއިލް އިންނާނޭ ތިއްތަ ކައިރީ. ރަނާ ދިޔައީ މަޔާން އާ އެއްކޮށް ކޮންމެވެސް ތާކަށް.”

“ދެން އެހެން ވީއިރު ގުޅާފަ ބުނެބަލަ އަންނާށޭ.”

“މިން ފޯނު ގެންނާކަށް ހަނދާނެއްނެތް.” އަތުގައި ފޯނު ނެތްކަން ހަނދާން ވެގެން މިންހާ ބުންޏެވެ. ރީހާން ގާތަށް ރުޅި އައެވެ.

“ތަން ކޮޅެއް ފަރުވާތެރިވާން ވެއްޖެއްޔާ.” ނާއިލް އަށް ގުޅުމެއް ފަހު ރީހާން މިންހާ އާއި ދިމާލަށް ބުންޏެވެ.

ـނުނިމޭـ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ހިތަށްވި ހަމްދަރުދީ 3

Next

ކަޅު ބުޅާ 1

Next
July 7, 2025

ކަޅު ބުޅާ 1

Previews
July 7, 2025

ހިތަށްވި ހަމްދަރުދީ 3



All Right Reserved!