Skip to content
އެސްފިޔަ

ލޯބީގެ ކުރި ދަތުރު 12

ގޮންޑިީގަ އިށީންދެގެން އިރުއިރުކޮޅާ އިނގިލިތަކާ ކުޅެލައެވެ. ނުވަތަ އިސްތަށިގަނޑުގަ އިން ރެބަން ކޮޅާ ކުޅެލައެވެ. މި ހަރަކާތްތަކުން ވެސް ފެންނަމުން ދިޔައީ މަލްޝާ ނުތަނަވަސްވެފަ ހުރި މިންވަރުކަން އެންގިގެންދެއެވެ. ދެން އަންނަ ބައިވެރި އަކީ ރެހެންދި ހައުސްގެ ދަރިވަރު އައިމިނަތު މަލްޝާ ޖައިދާން. މަދަހައިގެ ނަމަކީ ޤާފިލް.

“ގާތޭވެގެން ދާނީ ދާ މަންޒިލާ”

“ޤާފިލް ކަމުން ހޭލާ ހޭ އަރާ”

“ދާހެން ފަތްތައް ވެރެމުން ވައިރޯޅިއާ”

 

“ނުރުހުނަސް ނިމޭން ފެށި ދަތުރުު”

“އިޙުސާސްއެއް ނުވެޔޭ ދާކަން ޢުމުރު”

” ވީހެން ފަތިސް ގޮސް އޮއްސޭނެ އިރު”

“ގާތޭވެގެން ދާނީ ދާ މަންޒިލާ”

“ޤާފިލް ކަމުން ހޭލާ ހޭއަރާ”

 

” މެންދަންތަކާ ހުސްވަގުތުތައް”

“ދުނިޔޭގެ ޤާފިލު ކަންމަތީ”

“ޒީނާތް ވެގެން ހެއްލުން ތަކުން”

” ޒިކުރާ ތަކޭ ވީ ނަންމަތީ”

 

” ހިނިތުންވުމާ އެކު ރުހުމެއް ގެނައި”

” މެންދުރު އޮބާ ގޮސް ވާނޭ ޢަސުރު”

” ގާތޭވެގެން ދާނީ ދާ މަންޒިލާ”

“ޤާފިލް ކަމުން ހޭލާ ހޭއަރާ”

 

“މަޤުސަދު ކޮބާ؟”

” މަންޒިލް ކޮބާ؟”

” ދުނިޔެއިން ލިބުނު އެއްޗެއް ކޮބާ؟”

” ވާދީ ތަކާ ހިތްގައިމު ކަން”

“މަންޒަރު އޮބާލީ މާ ދުރަށް”

“ފަސްދީ ވިލާ ރަތް އިރު އޮއްސުނީ”

“ޤާފިލް ކަމެއްގައި ނިމެނީ ޢުމުރު”

 

“ގާތޭ ވެގެން ދާނީ” “ދާ މަންޒިލާ”

“ޤާފިލް ކަމުން ހޭލާ ހޭއަރާ”

“ދާހެން ފަތްތައް ވެރެމުން ވައިރޯޅިޔާ”

 

” ނުރުހުނަސް ނިމޭން ފެށި ދަތުރު”

” އިޙުސާސް އެއް ނުވެޔޭ ދާކަން ޢުމުރު”

“ވީހެން ފަތިސް ގޮސް އޮއްސޭނެ އިރު”

“ގާތޭ ވެގެން ދާނީ ދާ މަންޒިލާ”

“ޤާފިލް ކަމުން ހޭލާ ހޭއަރާ”

ޝުކުރިއްޔާ

ކައިރާ އެއްކަލަ އަތިރިމަތީ އިން އުނދޯލީގައި އިށީންނިއެވެ. ދުވަސްގަނޑަކަށްފަހު އަތިރިއަށް އާދެވުމުން ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. ޖެހޭ ފިނި ވައިރޯޅިންނާ ސިކުނޑިއަށް ތާޒާކަން ލިބެމުންދިޔައެވެ. މަންބަފައިން ކައިރީ ހުރެ އެ މީހުންގެ އަޅާލުން ނުލިބުމުން ކުއްޖާއަށް ހާދަ އަސަރެއް ކުރާނެތާއެވެ. އެއް ފުރާޅެއްގެ ދަށުން އުޅެމުންދާ މި ކުޑަ އާއިލާގެ ގުޅުންތައް ދުވަހަކަށް ވުރެ ދުވަހެއް ދަނީ ހީނަރުވަމުންނެވެ. ކޮންމެ ދުވަހެއްވެސް އިރު އަރާ އޮއްސެނީ މި ކުޑަ އާއިލާ އެކަކު އަނެކެއްގެ މޫނުވެސް ފެނި ނުލައެވެ. ކޮންމެ އަކަސް އަމިއްލަ ޚިޔާލުގައ އިންދާ ފަހަތުން ފިޔަވަޅުގެ އަޑު އިވެންފެށިއެވެ.

އެއްކަލަ ރާއިކް މަޑުމަޑުން ހިންގަމުން އާދެއެއްނު. ކައިރާއާ ތަންކޮޅެއް ދުރުގައި އިން އެއްކަލަ ރުށްބުޑަށް ލެންގިގެން އެއް އަތް ޖީބަށް ޖަހައިގެން ހުއްޓެވެ. ޔުނީފޯރމުގައި އެންމެ ރުލެއްވެސް ނެތެވެ. އަރައިގެން ހުރި ކަޅު ބޫޓާއި ވަޔާ ވިހުރެން ދޫކޮށްލާފަ ހުރި އިސްތަށިކޮޅެވެ. ބަލާ ފޫހިނުވާނެ މަންޒަރެކެވެ. ކައިރާ އަތިރިއަށް އަންނަން މަޖުބޫރުވާ އެއް ސަބަބުގެ ތެރެއިން މި މަންޒަރު ވެސް ހިމެނެއެވެ. ސުވާލަކީ ރާއިކް މިޔަދު މި ގަޑީ ޔުނީފޯރމުގައި އެހުރީ ކީއްވެބާ؟ ސުކޫލުގަ އަނެއްކާ ކަމެއް އޮތީބާ؟ ކައިރާ ސުކޫލަށް ނުދާތާ ވެސް ދުވަސް ކޮޅެއް ވެއްޖެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.