
މަޢާފް އެދެމުން 26

“އޭރު ހެދުނު މިސްޓޭކް މަތިން ހަނދާން ނެތުނީތަ؟” މަޑުމައިތިރި އަޑަކުން ރީވާ އަހާލިއެވެ.
އާރިޝް ޖަވާބެއް ނުދީ ރީވާގެ އަތުން ދޫކޮށްލަމުން ކުށްވެރިއެއް ފަދައިން އިސްޖަހާލިއެވެ.
“މިހާރު ތި ހެދެނީ އެއަށް ވުރެ ބޮޑު މިސްޓޭކެއް… ތީ މީހެއްގެ ފިރިއެއް… އެކަން ހަނދާން ނެތުނީތަ؟ ބުނީމެއްނު އަހަރެން ބޭނުމެއް ނޫނޭ؟ އާރިޝް ހަނދާން ނެތުނަސް އަހަރެން ހަނދާން އެބަހުރި… ރަނގަޅު ވާނީ އާރިޝްވެސް ހަނދާން ނައްތާނުލިއްޔާ” އެހެން ބުނެފައި ރީވާ މަޑުނުކޮށް ދިޔައީއެވެ.
އާރިޝް އެނބުރި ރާނިޔާ ކައިރިއަށް ދިޔަ އިރު ރާނިޔާ ކައިރީ ރީވާ އިނެވެ. ހޮސްޕިޓަލުގައި އާރިޝް ހޭދަ ކުރި ގަޑިއެއްހާ އިރުގެ ތެރެއިން ގިނަ ވަގުތު ހޭދަވީ ރީވާއާ ދިމާއަށް ސިއްރުން ބެލުމުގައެވެ. ނަމަވެސް ރީވާ އެއް ފަހަރުވެސް އާރިޝްއާ ދިމާއަށް ބަލައެއް ނުލައެވެ.
އާރިޝްއާ ދިމާއަށް ނުބަލަން އިން ނަމަވެސް އާރިޝްގެ ނަޒަރު ރީވާއަށް ހުރިކަން ރީވާއަށް އިހުސާސް ކުރެވެމުން ދިޔައެވެ. އެހެން ނަމަވެސް އެކަން ނުދައްކާ ރީވާ އިނީއެވެ. ރާނިޔާގެ ކޮނޑުގައި ބޯ އަޅާލައިގެން އިން އިރު، އާރިޝްގެ ސަބަބުން ހިތަށް އުނދަގޫ ވެފައި އިން ރީވާއަށް ވިސްނެމުން ދިޔައީ އެ ދުވަހު އެދެމެދުގައި…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.