Skip to content
އެސްފިޔަ

ލޯބީގެ ކުރި ދަތުރު 11

އެއް ހަފްތާ ފަސް. މިޔަދަކީ އެތައް ކުދިންގެ ހުނަރު ދައްކާލުމަށް ލިބޭ ދުވަހެވެ. އިންޓަރ ހައުސް މަދަހަ މުބާރާތް ބާއްވާ ދުވަހެވެ. ބެލެނިވެރިންނާއި އެތައް ކުދިންނެއް އެ ކުދިންގެ ދައްތައިންނާއި ބޭބެއިންނާއި ކޮއްކޮމެން ގޮވައިގެން ހިއްވަރުދިނުމަށް އަންނަމުން އާދެއެވެ.

” އޭތް، މިޔަދު ވެސް ރައިނާ ނާދޭތަ”

އެތަނުން އެއް ކުއްޖެއް ޒައިނީ ކައިރީ އަހާލިއެވެ.

” ނޭންގެ”

ޒައިނީ އާއި ރައިނާ މަދުމަދުން ވާހަކަ ދެއްކިޔަސް ރައިނާގެ ބަސްމަދު މިޒާޖާ ޒައިނީގެ އަންގަގަދަ މިޒާޖަކާ ނުގުޅެއެވެ. ޒައިނީ ނޫނަސް ކުލާހު ހުރިހާ ކުދިންނާއި މުދައްރިސުންނަށް ވެސް ރައިނާ އަށް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވުނެވެ.

” އަޅޭ، ކޮބާތަ މި އުޅޭ މަލް”

” ފައިނާން ކައިރީ ޒައިނީ އަހާލިއެވެ”

” ނޭންގެ، ގަޑިވެސް ޖެހެނީ އެއޮތް”

” ފަސް މިނެޓު އިނީ ބާކީ”

” އޭތް، އެ ހުރީ ނާއިފު ޔަޤީން އޭނައަށް އިންގޭނެ”

 

” ނާއިފޫ، އޯއި”

” ކޮބާހޭ ކަލޭގެ ލޯބި މަލްޝާ؟”

” އެއީ މަގޭ މަލްޝާ އެއްތަ؟”

” ތިއީ އަދި މަ ނުދަނެހުރި ކަމެއް”

” ރިލޭކްސް، ތަންކޮޅެއް ހަމަޖެހިބަލަ ގާއިޒް”

” ޝީ ވޯންޓް މިސް ދިސް މޮމަންޓް”

ކައރިާ ވަރަށް ދުވަސް ކޮށްލާފަ ބޭރަށް ދިޔުމަށް އަލަމާރި ކޮށްޓަމުން ދިޔައެވެ. ކިޔާރާ އާއި ކައިފް މި ފަހަރު އައިރު ވެސް ކައިރާއަށް ގެނެސް ދިނީ ސޫޓްކޭސް އެއް ފުރާ ހެދުމެވެ. އެތަނުން އެކަތި ވެސް އަތްޖައްސާނުލާ އިންގޮތަށް އިނެވެ. ކައިރާ އެއްގޮތަކަށް ވެސް ހުރީ ކޯއްޗެއްތޯ ބަލާކަށްވެސް ބޭނުމެއް ނުވިއެވެ. ފާއިތުވެދިޔަ ދެ ތިން ހަފްތާ ތެރޭ ކިޔާރާ އާއި ކައިފް ކައިރާ ގެ ހާލުވެސް ބަލާވެސް ނުލައެވެ. ދަރިފުޅު ހުރީ ކައިގެންތޯ، ސުކޫލަށް ދިޔަ ތޯ؟. މިއިން އެއް ކަމަކީ ވެސް އެ ދެ މީހުންނަށް މުހިންމު ކަންކަމެއް ނޫނެވެ. ދަަރިންނަކީ މަޔަކާއި ބަފަޔަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތެވެ. އަދި އެ ދަރިން ހެޔޮ ގޮތުގައި ބޮޑު ކުރެވިއްޖެނަމަ އެ މައިންބަފައިންނަށް ސުވަރުގޭގެ ނިޢުމަތްތައް ވެސް ލިބުމަށް ދޮރު ކޮށައިދެއެވެ. ނަމަވެސް ދުނިޔެއަށް ހެއްލި ކަނުވެފައިވާ ބަޔަަކަށް ހެޔޮ ގޮތްތައް ފެންނާނެ ހެއްޔެވެ؟

ރާއިކް ގެ އިތުރުން ބޮޑުބެދައްތަ އާއި ބޮޑުބެ ގޮންޑިބަރީގަ ޖައްސާލައިގެން އިނެވެ. ފަހަރަކު ކުއްޖަަކަށް ޖެހެމުން އައިސް ރާއިކް ގެ ނަން ވެސް ގޮވާލިއެވެ. މުހައްމަދު ރާއިކް ރިޔާޝް ނޫވާތަރި ހައުސް. ހުށަހަޅައިދޭ މަދަހައިގެ ނަމަކީ ބައްޕަ ދޭ ހެޔޮހާ ނަސޭޙަތް އަޑު އަހާށޭ ދަރިފުޅާ

” ބައްޕަ ދޭ ހެޔޮހާ ނަސޭޙަތް އަޑުއަހާށޭ ދަރިފުޅާ”

“ބައްޕަ ދުނިޔެއިން ވަކިވެ ދިޔަޔަސް ބަސް އަހާށޭ ދަރިފުޅާ”

” ބައްޕަ އާއި މަންމަގެ މި އާދޭސް އަޑު އަހާށޭ ދަރިފުޅާ”

“ބައްޕަ އާއި މަންމަގެ މި އާދޭސް އަޑު އަހާށޭ ދަރިފުޅާ”

 

“ހެޔުލަފާ އިންސާނަކަށް ވާން ދަސް ކުރާށޭ ދަރިފުޅާ”

” ހެޔޮ ކަމެއް ނޫނީ ނުކުރުމަށް އިސް ނަގާށޭ ދަރިފުޅާ”

” ހެޔޮ ނުވާނޭ މާދަމާ ވެސް މަރުވެދާނޭ ދަރިފުޅާ”

“ބައްޕަ ދޭ ހެޔޮހާ ނަސޭޙަތް އަޑު އަހާށޭ ދަރިފުޅާ”

 

“މަންމަ އަށް ހިތްހެޔޮ ކަމާއެކު ބަސް ބުނާށޭ ދަރިފުޅާ”

” މަންމަ ރޮއްވައި ދެރަކުރާ ކަށް ހެޔޮ ނުވާނޭ ދަރިފުޅާ”

” މަންމަ އާއި އެއްސަފުގަ މީހަކު ނުހިމަނާށޭ ދަރިފުޅާ”

“ބައްޕަ ދޭ ހެޔޮހާ ނަސޭޙަތް އަޑު އަހާށޭ ދަރިފުޅާ”

 

” ރައްޓެހިންނަށް މާ ބޮޑަށް އިތުބާރު ނުކުރޭ ދަރިފުޅާ”

” ރައްޓެހިންވެސް ގާތް ކުރަން ވަކި މިންގަނޑެއް ވޭ ދަރިފުޅާ”

” ރައްޓެހިން ދުނިޔޭގަ ހަތުރުންނަށް ބަދަލުވޭ ދަރިފުޅާ”

” ބައްޕަ ދޭ ހެޔޮހާ ނަސޭޙަތް އަޑު އަހާށޭ ދަރިފުޅާ”

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.