Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދަތުރު-8

__devil__09 Level 210 Stories100 Login
July 2, 2025 2 Mins Read
0 Comments

*”ކީއްކުރަން؟”*

“މަ އޭނަ ކައިރީ ވަހަކަ އެއް ދައްކަން”

“ފަހުން ވެސް ދެއްކިދާނެ އެއްނު” އޭރު ވެސް އަހަރެން ދިޔައީ ރާއިމްގެ މެސްޖަކަށް އިންތިޒާރު ކުރަމުންނެވެ.

“ވަރަށް ސީރިއެސް ވާހަކަ އެއް ދައްކަން”

“ތި ދެމީހުން ކަމެއް ދޯ” ދިމާކޮށްލުމުގެ ގޮތުން އަހަރެން ބުނީމެވެ.

“ޒީވާ…މައުނާ އޮންލައިން ނުވަންޏާ މަ ޒީވާ އަށް އުނދަގޫކުރާނަން”

“ކިހިނެއް؟”

“މެސެޖު ކުރާނަން. އުނދަގޫވާ ވަރަށް.”

“އެޓް ލީސްޓް އަހަރެންގެ ފޫހި ފިލާނެ. ދެން މައުނާ ބޭރުގަ އުޅެންޏާ އަހަރެންގެ މައްސަލައެއް ނޫން.” އަހރެން އެހެން ބުނުމުން ނާއިމް ގާތަށް ރުޅި އައީ ކަންނޭނގެ އެވެ. ދެން އޭނަ ކުރި މެސެޖުތަކުގެ ވާހަކަ ރަނގަޅުވާނީ ވެސް ނުދެއްކިއްޔާ އެވެ. ހުސްމެން ހަޑި އެއްޗެހިކީ އެވެ. އަހަރެން ވެސް ވަކި ދުލެއް ނުކުރަމެވެ. އެންމެ ފަހުން ބޮޑު ޒުވާބަކަށް ބަދަލުވި އެވެ.

ސްކައުޓް ކޭމްޕް ނިމުމުން މަންމަ އާއި އެކު އަހަރެން މާލެ ދިޔައީމެވެ. ރާއިމް އާއި ދެމީހުންގެ ގުޅުން ރަނގަޅުވެފައި އޮއްވައި އަހަރެން ސިއްސުވައިލި މެސެޖެއް އައީ އަހަރެން މާލޭގައި ހުއްޓަ އެވެ.

“މިހިސާބުން މިގުޅުން ނިމުނީ” އޭރު އަހރެން އުޅުނީ ރައިޝާ އާއި އަހަރެންގެ ދޮންތަ އާއި އެކު މަޖާ ކުރާށެވެ. އެވަގުތު އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ. ބުނާނެ އެއްޗެއް ސިކުނޑިއާއި ހަމައަށް ނުވެސް އައި އެވެ.

އެތަށް އިރަކަށް ފަހު އަހަރެން އަނެއްކާ ވެސް ރާއިމްގެ މެސެޖު ހުޅުވައިލީމެވެ. ދޮންތަ އާއި ރައިޝާ ކިޔާވަރުންނެވެ. އޭރު އިތުރު ހަތަރު މެސެޖު އައިސްފައި އިނެވެ. އޭގައި ވަނީ “އަހަރެން މިގޮތަށް ކަންތަށް މިކުރީ ޒީވާ ބޭނުން ވަނީ މިގޮތް ކަމުގައި ވާތީ. ޒީވާ ނުބުންޏަސް އަހަރެންނަށް އިނގޭ. އަހަރެން ބޭނުންވަނީ ޒީވާ އުފަލުގަ ހުންނަން. އަހަރެން މިގޮތަށް ކަންތައް ކުރުމުން ޒީވާ އުފާވާނެ ކަމަށް އުންމީދު ކުރަން. އެކަމަކު އަހަރެން އަބަދުވެސް ޒީވާ އަށް އިންތިޒާރު ކުރާނަން. ޒީވާ ދެކެ ލޯބި ވެސް ވާނަން.” މިހެން ނެވެ.

އަހަރެން ދެން ވަކި ބުނާނީ ވެސް ކީކޭހެއްޔެވެ؟ އަހަރެން ދެން ބުނާނެ އެއްޗެއްް އޮންނާނެ ހެއްޔެވެ؟ ކުއްލިއަކަށް ރާއިމް މިގޮތަށް ކަންތަށް ކުރަން ނިންމި ސަބަބެއް ވެސް އަހަރެންނަކަށް ނުވިސްނުނެވެ.

“ކުއްލިއަކަށް ހުރެފަ ބްރޭކް އަޕް ވީ ކީއްވެ؟ ހުރީހާ ކަމެއް ވެސް ރަނގަޅަށް ދަނިކޮށް. ކުދިކުދި މައްސަލަ ޖެހުނަސް އެއީ މާބޮޑު މައްސަލައެއް ނޫނޭ. ރިލާޝަންޝިޕް ތަކުގަ އެހެން ވާނެ. އެންޑް ބޮޑު މައްސަލައެއް ޖެހުނަސް ވީ ކޭން ވޯކިޓް އައުޓް.”އަހަރެން ޖަވާބުގައި ލިޔުނީމެވެ.

“އަހަރެންނަށް އަބަދުވެސް ހީވަނީ ޒީވާ ހުންނަނީ އުފަލަކު ނޫންހެން. ވަރަށް ވިސްނާފަ ނެގި ފިޔަވަޅެއް މީ. ވަރަށް ލޯބިވޭ ޒީވާ ދެކެ.” ޖަވާބުގައި ރާއިމް ބުންޏެވެ.

އޭގެފަހުން ވެސް ކޮންނެ ދުވަހަކު ވެސް ރާއިމް އަހަރެންނަށް މެސެޖުކުރެއެވެ. ސަބަބަކަށް އޭނާ ބުނަނީ ލޯބި ވާތީ ކަމަށެވެ. އަަހރެން ވެސް މައްސަލައަކަށް ނުހަދަމެވެ.

ދުވަސްތަށް އޭގެ ހަލުވި މިނުގައި ދައުރުވަމުން ދިޔައެވެ. މިހާރަކަށް އައިސް ނައިމްގެ ހަބަރެއް އެއްވެސް ވަރަކަށް ނުވެއެވެ. އެކަމާ އަހަރެން އަޅައެއް ނުލަމެވެ. ވާހަކަ ދެއްކިޔަސް އަހަރެންނާއި ޖެއްސުމަށް ނޫނީ އޭނައަކަށް އެއްޗެކޭ ނުބުނެވޭނެ އެވެ. އެހެން ކަމުން އަހަރެން ހުރީ ވަރަށް ހަމަޖެހިފަ އެވެ. އަދި އަހަރެން އަނެއްކާ ވެސް ރާއިމް އާއި ރައްޓެހި ވީމަ ވެސް މެއެވެ. ކުރިއާއި ހިލާފަށް ރާއިމް ވަރަށް ގިނައިން އަހަރެންނާއި ވާހަކަ ދައްކަ އެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް ފަޅުކަމެއް އިހުސާސް ކުރެވެ އެވެ. ކޮންމެ ދުވަހަކު ވެސް ނާއިމްގެ ޗެޓުހުޅު ވައިލަމެވެ. އޭނާ އަށް ކަމެއްވީބާއޭ ވެސް ހިތަށް އަރަ އެވެ.

ގުރޭޑު 7 ގެ ދެވަނަ ޓާމް އަށް ސްކޫލް ހުޅުވުނެވެ. ސަބަބު ތަކަކާ ހުރެ އަހަރެންނަށް ރަށަށް ދެވޭގޮތެއް ނުވި އެވެ. ކޮންމެ ދުވަހަކު ވެސް މެންދުރުފަހު ރާއިމް އަހަރެންނާ ވާހަކަ ދައްކަ އެވެ. އަހރެން ނެތުމުން ސްކޫލުއަށް ދާހިތް ނުވެއޭ ބުނެ އެވެ. މިޝްޔާ ވެސް އަހަރެން ނެތުމުން ފޫހި ވާތީ އުޅޭ ވަހަކަ ބުނެ އެވެ. ކުލާސްތެރޭގައި ހިނގާ އެތައް ވާހަކަތަކެއް ކިޔައިދެ އެވެ.

އެއްރެ އެވެެ. އަހރެން އޮތީ ރައިމް އާއި މެސެޖު ކުރާށެވެ. އެހެން އޮއްވައި ނާއިމްގެ މެސެޖެއް އައެވެ. ހިތަށް ވެރިވީ ބުނެދޭން ނެނގޭ އުފާވެރި ކަމެކެވެ. ވަގުތުން މެސެޖު ހުޅުވައިލަން ހިތައް އެރި އެވެ. ނަމަވެސް އިރުކޮޅަކު މަޑުކޮއްލީ ނާއިމް އަށް އަަހަރެން އިނީ އޭނަގެ މެސެޖެއްގެ އިންތިޒާރުގައިހެން ހީވެދާނެތީ އެވެ.

އެހާ ދުވަސް ކޮށްފައި ވެސް ނާއިމް މެސެޖުކުރީ ހަޑި އެއްޗެކޭ ކިޔައިފަ އެވެ. އައިރުޅީގައި އަހަރެން އޭނާ ބްލޮކް ކޮށްލީމެވެ.

-ނުނިމެ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

މާޒީ…

Next

އެކުގައިވާނަން-4

Next
July 2, 2025

އެކުގައިވާނަން-4

Previews
July 2, 2025

މާޒީ…



All Right Reserved!