
ދަތުރު-9
*އެހާ ދުވަސް ކޮށްފައި ވެސް ނާއިމް މެސެޖުކުރީ ހަޑި އެއްޗެކޭ ކިޔައިފަ އެވެ. އައިރުޅީގައި އަހަރެން އޭނާ ބްލޮކް ކޮށްލީމެވެ.*
އަހަރެންނަށް ރަށަށް ދެވުނީ ވަރަށް ގިނަ ދުވަސް ފަހުންނެވެ. ސްކައުޓް ހުވައިކުރުން ވަރަށް އަވަހަށް އޮތުމާއި އެކު ގެއްލި ދިޔަ ފިލާވަޅުތައް ހޯދުމުގައި އަހަރެން އުޅުނީ ވަރަށް ބުރަކޮށެވެ. އަދި ރާއިމް އާއި ވެސް އެހާ ގިނައިން ވަހަކަ އެއް ނުދެއްކެ އެވެ. އަނެއްކާ ވެސް ދެމީހުންގެ މެދުގައި ހަމަނުޖެހުން އުފެދެން ފެށި އެވެ. މިގޮތަށް އަބަދު ނޫޅެވޭނެ ކަމަށް ބުނެ މިފަހަރު ‘ބްރޭކް އަޕް’ ވީ އަހަރެން އަމިއްލަ އަށެވެ. ކުރީއެކޭ ވެސް އެއްފަދައިން ރާއިމް އެދުނީ އެކުވެރިއެއް ފަދައިން ވާހަކަ ދައްކަން އެދުނެވެ. އަހަރެން އެއްބަސް ވީމެވެ. އެގޮތަށް ވެސް މާގިނަ ދުވަހަކު ނޫޅެވުނެވެ. ރައިމް އަހަރެންގެ އަމިއްލަ ކަނކަމަށް ބަރުފޯރުވަން ބޭނުންވަހެން ހީވުމުން އަހަރެން އޭނަ އާއި ވާހަކަ ދެއްކުން ވެސް ހުއްޓައިލީ މެވެ.
ސްކައުޓް ހަރަކާތްތައް ފެށުމައެކު އަނެއްކާވެސް ނައިމް އާއި ދިމާވާން ފެށި އެވެ. މަދުމަދުން ނަމަވެސް ވާހަކަ ދެއްކެން ފެށުނެވެ.
އޭރު ވެސް އަހަރެންނާއި ކުޑަބެ އަށް ހީވެފައިވަނީ ނާއިމް އަށް އަހަރެންގެ ދޮންތަ ކަމުދިޔައީ ކަމުގަ އެވެ. އެހެން ކަމުން ނާއިމް ކައިރީ އަބަދު ވެސް ދޮންތަ އާއި ލައިގެން އަޅުވާ ކިޔަމެވެ. އެކަމާ އޭނާ ހުންނަނީ ވެސް ނުރުހުން ވެފަ އެވެ. ގޭތެރޭގައި ވެސް އަހަރެން ދޮންތަ ކައިރީ ނާއިމް އާއި ލައިގެން އަޅުވާ ކިޔަ އެވެ.
ކަންއެހެން ހިނގަމުން ދިޔަކަމުގައި ވިޔަސް، ހަގީގަތުގައި ކަން އޮތް ގޮތަކީ އެއީ އެއް ނޫނެވެ. ނާއިމް އަމިއްލަ އަށް ބުނިކަމަށް ދޮންތަ އާއި ކުޑަބެ ބުނަން ފެށި އެވެ. އޭނާ އަށް ކަމުދަނީ އަހަރެންނެވެ. ދޮންތަގެ ވަހަކަ އަހރެންކައިރީ އަހަނީ އަހަރެންނާއި ވަހަކަ ދެއްކުމުގެ ބަހަނާގައި ކަމަށް ބުނިކަމަށް ވެއެވެ. ނާއިމްގެ އެންމެ ގަތް އެކުވެރިޔަ ވެސް އަހަރެން ކައިރީ ބުނީ ހަމަ އެހެންނެވެ. އޭނަ ބުނަ ގޮތުންނަމަ ނައިމް އަށް އަހަރެން ކަމުދިޔައީ އޭނާ އަށް 15 އަހަރުގަ އެވެ. ނަމަވެސް އަހަރެން އެއްވެސް ވަހަކަ އެއް ގަބޫލެއްނުކުރަމެވެ.
ކުރިން ދޮންތަ އާއި ނާއިމް އާއި ލައިގެން އަޅުވާ ކިޔުނު ކިޔުމާ މެދު ލަދުވެތި ވެވުނެވެ. އެހާ ގިނަދުވަސް ވަންދެން ނާއިމް އެކަން ސިއްރުކޮއްގެން ހުރުމުން ހިތުގައި ޝަކުވަ އުފެދުނެވެ. ނަމަވެސް ކީއްވެބަ އެވެ؟ ނާއިމް ޝަބީނާ އާއި ގަތްކޮށް ވާހަކަ ދެއްކުމުން ރުޅިއާދެވެނީ ކީއްވެބާއެވެ. ނާއިމްގެ ކޮންމެ ހަރަކާތެއް އެހާ ޝައުގުވެރި ވަނީ ކިއްވެބާ އެވެ؟ ނާއިމް އެއީ އހަރެންގެ ކާކުބާ އެވެ؟ މިއީ މާކުރިން ވެސް އަހަރެންގެ ހިތަށް އަރައި ފައިބާ ސުވަލު ތަކެވެ.
ދެން ހިތަށް ވެރިވާން ފެށި ސުވާލުތައް ރޭގަނޑުގެ ނިދި ގެއްލުވައިލި އެވެ. އެއްވެސް ކަމެއް ރަނގަޅަކަށް ނުވެސް ކުރެެވެއެވެ. ހަސްވެ ކަންބޮޑުވާން ފެސުމުގެ ސަބަބުން ބަލިވާން ފެށި އެވެ. ނެނގި ނަމަވެސް ދުލުން ބޭރުވާ ބައެއް ބަސް ތަކުގެ ސަބަބުން، އަމިއްލަ ނަފްސަށް ދޮގު ކުރަން އުޅޭ ކަންކަމުގެ ތެދުކަން ސަބިތުވާން ފެށި އެވެ.
ދުވަސް ކޮޅަކުން ނައިމް އަނެއްކާ ވެސް އަހަރެންނަށް މެސެޖު ކުރަން ފެށި އެވެ. ގިނައިން ވާހަކަ ދެކެވެސް ފެށުނެވެ. ނޭނގުމެއްގެ ތެރޭގައި ހަމަ ރަނގަޅަށް ވެސް އަހރެންގެ ހިތް ނައިމް އަށް ލެބިއްޖި އެވެ. ދޮންތަ އާއި ކުޑަބެ އައްވެސް އެކަން އަހަރެންނަށް ވުރެ ކުރިން އިނގުނެވެ. އެދެމީހުން ތިބީ އަހަރެން އަމިއްލައަށް ބުނާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. ނަމަވެސް އަަހަރެން އަމިއްލަ އަށް ވެސް އެކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ.
އަމިއްލަ ނަފްސައް ދޮގުހަދައި އޮޅުވައިލައިގެން އުޅެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ އެކަމާ ހުރެ ހަށިގަނޑަށް ލިބެ އަނިޔާއަށް ކެއްވާނީ ކިހަ ދުވަހަކަށް ބާ އެވެ؟ ހިތް މަތީ ގާ ގަނޑެއް ބައްވައިގެން މިއުޅެނީ ކީއްވެ ބާވައެެވެ؟ އެންމެންނަށް އިނގެ އިތު ވެސް އަމިއްލަ ނަފްސު ގަބޫލުކުރަން ބެނުން ނުވަނީ ކީއްވެބާއެވެ؟ އަހަރެން ބިރުގަންނަނީ ބާއެވެ؟ ނަމަެވެސް ކޮންކަމަކާ ހެއްޔެވެ؟ ނާއިމްގެ އުނިވަނީ ކޮންސިފައެއް ހެއްޔެވެ؟ ނޫނީ އެއަޅާލުމާއި ގާތްކަން ގެއްލެން އަހަރެން ބޭނުން ނުވަނީ ހެއްޔެވެ؟ އެފަދަ ހިޔަލުތައް އަބަދު އަހަރެންހެ ހިތަށް އަރައި ފައިބަމުން ދެއެވެ. އެވަރަށް ވިސްނަން ބޭނުން ނުވިޔަސް ވިސްނެނީ އެވެ. އެންމެ ފަހުން އަހަރެން ނީންމީ ހުރިހާ ކަމަކާއި ކުރިމަތިލާށެވެ.
ހަވިރުގެ ވަގުތެވެ. އަހަރެެން ޝަބީނާ އާއި އެކު ބޭރަށް ނިކުމެލީ ހިތަށް ހަމަޖެހުމެއް ހޯދައިދީ ސިކުނޑި ތާޒާ ކޮއްލުމަށެވެ. ހިނގައިފައި ދިޔައިރު ޝަބީނާ އެކި ވާހަކަ ދައްކަމުން ދިޔަ އެވެ. އަހަރެންނަށް އެވާހަަކަ ތަކަށް މާބޮޑު ސަމާލުކަމެއް ދެވޭގޮތެއް ނުވިއެވެ.
ޖެހިލާ ފިނި ވައިރޯޅިތަކުން ހިތަށް ހަމަޖެހުން ގެނެސް ދިނުމުގެ ބަދަލުގައި، ހިތް އިތުރަށް ނުތަނަވަސް ވިއެވެ. ރުއްތަކު ފަންތައް ހެލިލާ އަޑުން ސިކުނޑި ތާޒާ ވުމުގެ ބަދަލުގައި ބޮލުގެ ރިހުމަކަށް ވިއެވެ.
-ނުނިމޭ-