ވާނަމޭ އުމުރަށް އެކީ ޖާނާ………….16
“ޕޭޝަންޓްގެ ހާލު މިހާރު ރަނގަޅު..އެކަމަކު ބުނެލަން އޮތީ އަދި ޕޭޝަންޓް އެހާ ބޮޑަށް ކަންކަމާ ވިސްނުމުގެ ފުރުސަތު ނުދެއްޗޭ..އެއީ ވިސްނި ވަރަކަށް ސިކުނޑިއަށް ބާރު ބޮޑުވަމުން ދާނެތީވެ.އެންމެ ރަނގަޅު ވަދެލިއަސް.”ޑޮކްޓަރުގެ ޖަވާބާއިއެކު ހުރިހާ އެންމެނަށް ފުން ނޭވާއެއް ދޫކޮށްލެވުނު އިރު ﷲއަށް ހަމްދު ކުރެވުނު އަދަދެއްވެސް ނޭނގެއެވެ.ފަހަރަކު މީހަކު ވަދެ ޒައިނާގެ ހާލު ބަލާލައިފައި ނުކުމެގެން ދަމުން އެންމެ ފަހުން އައިސް މާޢިޝް އާއި ޖެހުނެވެ.
މަޑުމަޑު ފިޔަވަޅުތަކެއްގައި މާޢިޝް ގޮސް ޒައިނާ ބާއްވާފައި އޮތް އެނދުކައިރީގައި ހުއްޓިލިއެވެ.ދެޖީބަށް އަތް ޖަހާލައިގެން ހުރި އިރު އޭނާގެ ދެލޯ އަމާޒުވެފައި ވީ މަޑު މަޑު ނޭވާތަކެއް ލަމުން ދިޔަ ޒައިނާއަށެވެ.ބޮލުގައި ބެންޑޭޖު އޮޅާފައިވީއިރު އަތަށްވެސް ވަނީ އައިވީ ގުޅާފައެވެ.ޒައިނާ އޮތް ހާލު ފެނި މާޢިޝްގެ ހިތުގައި ރިއްސާލިއެވެ.އެހިތުގައި ރަނިކަންކުރަމުންދާ ރާނީ އެހާލުގައި އޮތްތަން ބެލުންވީ މާޢިޝްގެ ހިތް ކުދިކުދިކޮށްލިކަމަކަށެވެ.މަޑުމަޑުން ޒައިނާގެ އޮމާން އަތްތިލައިގައި އޭނާ ހިފަހައްޓާލިއެވެ.އަދި ތުންފަތާއި ކައިރިކޮށްލަމުން ބޮސްދިން އިރު އެލޮލުގައި ވީ ބުނެދޭންނޭނގޭ ކަހަލަ އަސަރެކެވެ.
“އައި އޭމް ސޯ ސޮރީ ލަވް..އަހަރެންނަށް ޒައި އެންމެ ބޭނުންވި ވަގުތު ދިފާޢުގައެ ނުހުރެވުނު.ޒައި ރައްކާތެރިކޮށެއް ނުދެވުނު.ބަޓް އައި ޕްރޮމިސް..ދެން އެހެންވިޔަކަ ނުދޭނަން.އައިލް ޕްރޮޓެކްޓް ޔޫ ޓިލް މައި ލާސްޓް ބްރެތް..”ޒައިނާގެ އަތުގައި ފިރުމާލަމުން ހިތާހިތުން މާޢިޝް ކިޔާލިއެވެ.
ހޮސްޕިޓަލުގެ ގޯތިތެރެއަށް ނިހާ ނިކުތީ ހިތްހަމަޖައްސާލުމަށެވެ.އެހެންނަމަވެސް އޭނާ ސިހުނީ ބާރުގަދަ އަތަކުން އޭނާގެ އަތުގައި ހިފާ ފަހަތަށް ދަމާލުމުންނެވެ.ކަން ދިމާކުރިގޮތުން ނިހާ ގޮސް ލައްވީ އެނާގެ މޭމަތީގައެވެ.އިސްއުފުލާލުމާއެކު ފެނުނު މޫނަކުން ނިހާ ލައިލައި ހުރި ނޭވާވެސް ކަރުގައި ތާށިވިކަހަލައެވެ.
ކަޅި ޖަހާ ނުލާ ޒައިންގެ މޫނަށް ބަލަން ނިހާއަށް ހުރެވުނީ އިޚްތިޔާރުން ބޭރުގައެވެ.ކައިރިން ފެންނަ އިރު ޒައިން މާރީތިހެން ވެސް ނިހާއަށް ހީވިއެވެ.”ހޫން ތިވަރަށް ނުބެލިއަސް މަށަށް އިނގޭ މަރީތިކަން..”އެހުރިގޮތަށް ހުރެ ޒައިން ބުނެލިއެވެ.ވަގުތުން ހޭވެރިކަންވީ މީހެއްފަދައިން ތެޅިގަނެފައި ނިހާ ޒައިންއާއި ދުރުވެލަމުން ދެބުމަގާތް ކޮށްލިއެވެ.”ކާކު ބުނީ ކަލޭ ރީއްޗޭ..ތިއަށް ވުރެ މިތަނުން ބަންގާޅިއެއް ވެސް މާރީތި ވާނެ..”އެހެންލާފައި ދިޔަ ބިދޭސީ މީހަކަށް އިޝާރާތް ކުރަމުން ނިހާ ބުނެލިއެވެ.”އޮހް ޕްލީޒް ޗިޕްމަންކް..އަހަރެން ރީއްޗޭ ބުންޏަސް އަދި ޗިޕްމަންކްގެ ގައިން ތަންގަނޑެއް އުންޏެއް ނުވާނެ..”ޖީބަށް އަތްޖަހާލަމުން ޒައިން ބުނެލިއެވެ.”މަށަށް…ކަލޭ…ރީތިވުން..ޗި..ތިއީ މިއިން ދުވަހަކުވެސް ވާނޭކަމެއް ނޫން..”ޒައިން އައި ދިމާލަށް އިނގިލި ދިއްކޮށްލަމުން ނިހާ ބުނެލިއެވެ.
ޔޫލީއަށް ޒައިނާ ކައިރިއަށް ވަދެވޭ ވަރުވީ އެއްދުވަސް ފަހުންނެވެ.ޒައިނާގެ ހާލުވެސް މިހާރު ރަނގަޅު ވެފައިވާތީއާއި އެކުގައެވެ.މަޑުފިޔަވަޅުތަކެއް ގައި ޔޫލީގޮސް ޒައިނާ ކައިރީގައި ހުއްޓިލިއެވެ.”ހޭއި..”ޔޫލީ ފެނުމާއިއެކު ހިނިތުންވެލަމުން ޒައިނާ ގޮވާލިއެވެ.”އައި..އައި އޭމް ސޯ ސޮރީ ބެސްޓީ..ޔޫލްއާ ހެދި ޒައި ތިހާލުގައި އޮންނަން ޖެހުނީ..”ޔޫލީ ހިފަހައްޓައިގެން ހުރި ކަރުނަތަށް އިޚްތިޔާރަކާއި ނުލައި އޭނާގެ ކޯތާފަތްމައްޗަށް ފައިބައިގެން ދިޔައެވެ.”ނޯ ޔޫލް..ތިހެން ނުބުނޭ..މިއީ އެއްވެސް މީހެއްގެ ސަބަބުން ވީ ކަމެއްނޫން..”ހިނިތުންވެލަމުން ޒައިނާ ޔޫލީގެ އަތުގައި ހިފައިލިއެވެ.
4 މަސް ފަސް……………..
އަމާން އޮމާން ކަމާއި އެކު ދުވަސްތައް ފާއިތުވަމުން ދިޔައެވެ.ޒައިނާ ގެއަށް ދޫކޮށްލެވުމާއިއެކު ސާޖިދާމެން އަނބުރާ ބޭރަށް ފުރައިފިއެވެ.
ޒައިން އޮތީ ސޯފާގައި ޓިވީ އަޅުވައިގެނެވެ.ދުވަހަކީ އޮފީސް ބަންދު ދުވަހެއް ކަމުން ކުރާނޭ ކަމެއްނެތިފައެވެ.ޔަޢީޝް ވެސް ލަމްހާ ގޮވައިގެން ބޭރަށް ގޮސްވާތީ ކަމެއް ކުރާނެ މީހަކުވެސް ނެތެވެ.މާޢިޝްވެސް މީގެ މަހެއްކުރިން އޭނާގެ ބައްޕައާއި އެކު ސިންގަޕޫރަށް ދިޔައީ ބިޒްނެސް ކަމަކުއެވެ.
ފޫހިވެެގެން ހަދާނެ ގޮތް ހުސްވެފައި އޮއްވާ ޒައިން ސިހުނީ ގޭގެ ދޮރުގައި މީހަކު ޓަކި ދިނުމުންނެވެ.މިއޮއްފަދަ ރޭގަނޑު ގަޑީގައި ގެއަަށް އަންނާނީ ކާކުބާއޭ ޒައިން ހިތަށް އެރިއެވެ.ދޮރު ހުޅުވާލުމާއިއެކު ކުރިމަތީގައި ހުރި މީހާފެނި އޭނާގެ ދެލޯ ބޮޑުވެގެން ދިޔައީ އިޚްތިޔާރަކާ ނުލައެވެ.ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައިރު އޭނާ ހުރީ ލިބުނު ސިހުމެއްގެ ބޮޑުކަމުން ހަދަންވީ ކިހިނެއްކަން ނޭނގިފައެވެ.
“ޝައިއްޓެ؟؟؟؟”ހައިރާންވެފައި ޒައިންއަށް ބުނެވުނެވެ.”ޔެސް ބުރޯ.ނޭނގުނުތަ؟؟”ޒައިން ބަލަން ހުރި ގޮތުން ޝައިމް އަހާލިއެވެ.”ނޫން.ސަޕްރައިޒްވީ”ޝައިމްގެ ކޮނޑަށް އަތް ވައްޓާލަމުން ޒައިން ބުނެލިއެވެ.”ދެން މަ އެތެރެއަށް ވެސް ނުވައްދާނަންތަ؟؟”ހިނިއައިސްފައި ހުރެ ޝައިމް އަހާލިއެވެ.”ނޫން ނޫން..ވަދޭ..”ތަންދައްކަމުން ޒައިން ބުނެލިއެވެ.
ކޮޓަރީގައި އިނގިރޭސި ވާހަކަ ފޮތެއް ކިޔަން އޮތް ޔޫލިގެ ކަންފަތުގައި ޖެހުނުއަޑަކުން ސިހިފައި އޮތްތަނުން ތެދުވެވުނެވެ.ކިތަންމެ ދުވަހެއްވިޔަސް އޭނާއަކަށް އެއަޑެއް ނޯޅޭނެއެވެ.ލޯގަނޑުން މޫނުބަލާލަމުން އަތުން ބޯއޮމާން ކޮށްލައިގެން ޔޫލީ މަޑުމަޑުން ކޮޓަރީ ދޮރުހުޅުވާލަމުން ބޭރަށް ބޯދިއްކޮށްލިއެވެ.ސޯފާގައި އިށީންދެގެން އިން ޝައިމްފެނި އޭނާގެ ހިތް ހިވީ އޭގެ މަޤާމުން ފުއްމާލާފާނެ ހެންނެވެ.
ބޯ ތުނިކޮށްކޮށާފައި ހުރި އިރު މިހާރު ކުރިއަށް ވުރެ ޒުވާންކަމަށް ދައްކައެވެ.އަތުގެ މަސްތައް ހަރުވެފައި ނަރުތައް ފެންނަން ހުރުމުން ނުލާހިކު ހިތްގައިމެވެ.ލައިގެން ހުރި ކަޅުކުލައިގެ އަތްދިގު ގަމީސް އުޅަނބޮށްޓާއި ހަމައަށް އޮޅައިފައިވީއިރު ބޭރުތަންތަނުގެ ތަޅާފޮޅާ ރޯލް ކުޅޭ މީހެއް ފާޑުޖަހައެވެ.އާޝޯޙުވެފައި ޝައިމްއަށް ބަލަން އިން ޔޫލީއަށް ހަމަބިމަށް އާދެވުނީ އަތުގައި އޮތް އޭނާގެ ފޯން ރިންގް ވާންފެށުމުންނެވެ.އެވަގުތުވީ ޝައިމްވެސް އެދިމާލަށް ބަލާލިވަގުތަށެވެ.ތެޅިގަނެފައި ޔޫލީ ކޮޓަރިތެރެއަށް ދެމިގަތެވެ.މަޑުމަޑުން ކޮޓަރީ ދޮރުލައްޕާލަމުން ދޮރުގައި ލެނގިލީރު ޔޫލީގެ މުޅި މޫނަށް ވަނީ ރަތް ކުލަ ފާއްދާއިފައެވެ.ބާރުބާރަށް ތެޅެމުން ދިޔަ އޭނާގެ ހިތް ހަމައަކަށް އަޅުވާލަމުން ޔޫލީ ގޮސް އެނދަށް ވެއްޓިގަތެވެ.
ދޮރުން ބޯދިއްކޮށްލައިގެން ހުރި ޔޫލީ ފެނިފައި މިއަދު ޝައިމްގެ ހިތަށް އެހެންޏާ ނުވާކަހަލަ ގޮތްތަކެއް ވެގެން ދިޔަކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ.އެއީ މީގެ ކުރިން އައިކާ ފެނުމުން އޭނާ ތަޖުރިބާ ކުރި ގޮތްތަކެކެވެ.އައިކާގެ އަނދިރިފަރާތް ހާމަ ވެގެން ދިއުމާއި އެކު އެނަން އެހިތުން ފޮހެލަން ޝައިމް މަސަތްކަތް ކުރާތާ މިހާ ދުވަސް ވީރު މިނޫނީ މިކަހަލަ ގޮތްތަކެއް އަދި ނުވެއެވެ.އައިކާ އާއި ހުމެއިދް ކުރި ކަންތަށް ޔަޢީޝް އާއި ޒައިންގެ އިތުރުން މާޢިޝް ގުޅައިގެން އޭނާއަށް ކިޔައިދިން ހިސާބުން އޭނާ ފޯނުން އެދެމީހުން ބްލޮކް ކޮށްލިތާ ކިތަންމެ ދުވަހެކެވެ.މޭގައި މަޑުމަޑުން ފިރުމާލަމުން ޝައިމްއަށް ހިނިތުންވެވުނެވެ،
“އޭ ކަލޭ ކޮންކަމަކާތަ މާ ސޭކު ހިންޏެއް އައިސްފަ ތިއިންނަނީ؟”ހެވިފައި އިން ޝައިމް ފެނި ޒައިންއަށް އަހާލެވުނެވެ.”ހެވިފަތަ މީނީ؟”ބޯކަހާލަމުން ޝައިމް ބުނެލިއެވެ.”ނޫނޭ.ރޮވެނީ”ލޯ އަނބުރާލަމުން ޒައިން ބުނެލިއެވެ.އެވަގުތު ގޭ ދޮރުހުޅުވާލާފައި ވަތް ޔަޢީޝް ފެނި ޝައިމް ސޯފާއިން ތެދުވިއެވެ.”އޯ މައި ގޯޑް..މައި ބުރޯ..ކޮން އިރަކު އައީ؟”ތެޅެމުން ފޮޅެމުން ޔަޢިޝް އައިސް ޝައިމްގެ ގައިގައި ބައްދާލިއިރު ލަމްހާ ކައިރީގައި ހުރިކަންވެސް ޔަޢީޝް ހަނދާން ނެތް ކަހަލައެވެ.”އެހެ އެހެމް.އަހަރެން މިގެއަކަށް ނުވެސް ވައްދާނަންތަ؟؟އެހެންވީރު ދަނީ!”ތުންކޮޅު އޫކޮށްލަމުން ލަމްހާ ޔަޢީޝްއަށް އަޑުއިވޭވަރަށް ބުނެލިއެވެ.”އޯހް..ސޮރީ ބޭބީ..މާ ބޮޑަށް އެކްސައިޓް ވީމަ އެހެންވީ..”ބޯކަހާލަމުން ޔަޢިޝް ލަމްހާގެ އަތުގައި ހިފައިގެން ގެނެސް ގޭތެރެއަށް ވެއްދިއެވެ.”ޔޫލް އެބައުޅޭ ކޮޓަރީގަ.”ޒައިން ލަމްހާ ގާތު ބުނެލިއެވެ.
“އޭ..މާޢިޝް އަންނަނީ ކޮން އިރަކުންތަ؟”ވަޔާ ވިހުރެމުން ދިޔަ އިސްތަށިގަނޑު އެއްފަރާތް ކޮށްލަމުން ނިހާ ޒައިނާގެ ގާތުގައި އަހާލިއެވެ.”ނޭނގެ..ނުބުނެ އަންނަ އިރެއް”ޒައިނާ ޖަވާބުދިނެވެ.އެވަގުތު ޒައިނާ ސިހުނީ އޭނާގެ ފޯން ރިންގުވާން ފެށުމުންނެވެ.”އޫޕްސް.ދޮންބެ އެގުޅަނީ.ލަސްވެގެން ކަންނޭނގެ.”ފޯނުގެ ސްކްރީންއަށް އަރާފައިވީ ޒައިންގެ ނަމަށް ބަލާލަމުން ޒައިނާ ބުނެލިއެވެ.”ހަލޯ.ކީކޭ ދޮންބޭ”ޒައިނާ ގޮވާލިއެވެ.”އާނ މި ދޮންބެ ބުނީ ކޮން އިރަކުން ގެއަށް އަންނަނީ؟’ޒައިން އަހާލިއެވެ.”މިހާރު މިދަނީ..ކީއްވީ؟؟”ޒައިނާ ޖަވާބުދިނެވެ.”އަންނަމުން ހެދިކާ ކޮޅެއް ހިފައިގެން އާދެބަ.ޝައިމް އައިސް އެބައިން.ދެން ލަމްވެސް އެބަ އުޅޭ!ސޯ އެންމެނަށް ވާވަރަަށް ގެންނާތި!”ޒައިން ބުނެލިއެވެ.”އޮހް އޯކޭ.އެބަދަން އިރުކޮޅަކުން”ޒައިނާ ފޯނުބޭއްވުމަށްފަހު ޝައިމް އައި ޚަބަރު ނިހާއަށް ދިނެވެ.
ސަކަރާތުގައި ތިބި ޒައިންމެން ސިހުނީ ގޭގެ ބެލް އެޅިއަޑަށެވެ.”ކާކު އަނެއްކާ މިގަޑީގަ؟ޒައި ނާޅަނެ ދޯ ބެލް އެއް.”ހައިރާންވެފައި ޔަޢީޝް ބުނެލިއެވެ.”ޒައިން ގޮސް މަޑުމަޑުން ދޮރު ހުޅުވާލުމާއެކު ކުރިމަތީ ހުރި ނިހާފެނި ކުޑަކޮށްހުއްޓުން އެރިއެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތިން ފެނުނީ ލާނެތްކަމެވެ.”އަނހަ ޗިޕްމަންކް.އެކަނިތަ؟ކޮބާ ޒައި؟”ޒައިން އަހާލިއެވެ.”ޒައި އެބައާދޭ.”ނިހާ މަޑުމަޑުން ބުނެލިއެވެ.އެވަރުންވެސް ޒައިން އޭނާ ވަންނާކަށް ޖާގައެއްނުދެއްކިއެވެ.”ދައްކާ އަހަރެން ވަންނަން.”ދެބުމަ ގޮށްޖަހާކަލަމުން ނިހާ ބުނެލިއެވެ.”ނުދައްކައިފިއްޔާ.”ހިނިއައިސްފައި ޒައިން ބުނެލިއެވެ.އޭނާވެސް ހުރީ ދޫދޭގޮތަކަށް ނޫނެވެ.ދެންފެނުނީ ނިހާ އެނބުރި ލިފްޓާ ދިމާލަށް ހިނގާގަތް ތަނެވެ.އެވަގުތު ޒަައިން ނިހާގެ އަތުގައި ހިފައި ދަމާލީ އޭނާއާއި ދިމާލަށެވެ.ނިހާ އައިސް ތަތްވީ ޒައިންގެ މޭމަތީގައެވެ.
ޒައިންގެ އެކުއްލި އަމަލުން ހަރަކާތެއް ގެންނަން ނޭނގިފައި ނިހާ ހުރިއިރު ސޯފާގައި ތިބި ޔަޢީޝް އާއި ޝައިމްވެސް ތިބީ ހައިރާންވެފައެވެ.ނުވީތާކަށް ލިފްޓުން ފޭބި ޒައިނާވެސް ހުރީ ފެނުނު މަންޒަރުން ނަގަންވީ މާނައެއް ނޭނގިފައެވެ.”އެހެމް އެހެމް.އޭ އަހަރުމެން ވެސް އެބަތިބިން.”އެތެރެއިން ޝައިމް ގޮވާލިއަޑަށް ތެޅިގަނެފައި ނިހާ ޒައިންއާއި ދުރުވެލީރު އޭނާގެ މޫނު ހީވަނީ ރަތް ޓޮމާޓޯއެއް ހެނެވެ.”ވަޓް ވޯޒް އޯލް ދެޓް.؟”ހައިރާންވެފައި ޒައިނާ އެއްސެވެ.ބޯކަހާލަމުން ޒައިން ނިހާ ވަންނަން ތަން ދެއްކިއިރު އޭނާއަށް ޒައިނާ ބުނިއެއްޗެއް އަޑުއިވުނު ކަމަށްވެސް ނެހެދިއެވެ.
ސަކަރާތާއި މަޖަލުގައި ވަގުތު ހޭދަކުރުމަށްފަހު އެމީހެއް އެމީހެއްގެ ގެއަށް ދިޔައިރު ރޭގަނޑު ބާރަ ޖަހަނީއެވެ.ވެފައިވީ ވަރުބަލިން ޒައިނާ ވަނީ ފެންވަރާލާށެވެ.ފެން މާގަނޑު ދޫކޮށްލައިގެން އޭގެ ދަށަށް ވަދެ އޭނާ ހުރި އިރު އެއިން ފައިބަމުން ދިޔަ ފިނި ފެނުގެ ސަބަބުން ހަށިގަނޑަށް އަރާމުވާހާވެއެވެ.”އޭ ޒައި..ހާދަ ލަހޭ.މާޢިޝް އެބަ ގުޅާ”އިވުނީ ޔޫލިގެ އަޑެވެ.ތެޅިގަނެފައި އަވަސް އަވަސް ކޮށްލައިގެން ޒައިނާ އަވަހަަށް ފާހަނައިން ނުކުތެވެ.ނިދަން ތައްޔާރުވެގެން ފޯނުހިފައިގެން ޒައިނާ ނުކުތީ ކޮޓަރީ ބެލްކަންޏަށެވެ.
މާޢިޝްއަށް ގުޅާލިތަނުން ދެފަހަރަކު ރިންގް ވިއިރަށް މާޢިޝް ފޯނު ނަގައިފިއެވެ.”ކީއްވެ ފޯނު ނުނެގީ؟”އެންމެ ފުރަތަމަވެސް މާޢިޝް އަހާލިއެވެ.”ފާހަނައިގަ އުޅުނީ.މިއަދު ޝައިމް އައި.”ޒައިނާ ބުނެލިއެވެ.”އެހެންތަ.ނުވެސް ގުޅައޭ އަދި.”މާޢިޝް ބުނެލިއެވެ.”ދެން ކޮން އިރަކުން މާޝް އަންނަނީ؟؟”މޫނު ހަދާލަމުން ޒައިނާ އަހާލިއެވެ.”ހަހަހަ ނުބުނާނަމޯ.”މާޢިޝް ހިނިގަނޑެއް ޖަހާލިއެވެ.”ދެންންން ބުނޭ.”ޒައިނާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.”ސަޕްރައިޒެއް އެއީ.ނުއެއް ބުނެވޭނެ.”މާޢިޝް ބުނެލިއެވެ.އެތަށް އިރަކު ވާހަކަ ދައްކަން ތިބުމަށްފަހު ޒަައިނާ ދެން ދިޔައީ ނިދާށެވެ.
އެނދުގައި ދެއަތަށް ފުރޮޅިލަަ ފުރޮޅިލަ އޮތް އިރު ނިހާގެ ލޮލުގައި ނިދީގެ އަސަރެއްވެސް ނެތެވެ.މިރޭ ނިދި ނިހާއާއި ރުޅިވެފައި ވީކަހަލައެވެ.އޭނާގެ ސިކުނޑިގައި ކުލަވަމުން ދިޔައީ މިއަދު ޒައިން އާއި އެކު ހިނގައި ދިޔަ ހާދިސާއެވެ.ޒައިންގެ މޭގައި އޭނާގެ ބޯޖެހުނުއިރު ޒައިންގެ ހިތުގެ ތެޅުން އަދިވެސް ނިހާގެ ކަންފަތުގައި ތަކުރާރުކޮށް ގުގުމަމުން ދިޔައެވެ.އެބާރުގަދަ އަތުން ނިހާގެ އަތުގައި ހިފެހެއްޓި މަންޒަރު ސިފަވުމުން އެކަނި އޮތްނަމަވެސް ނިހާގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.ދެވަނަ ސިކުންތގައި އޭނާ ބޯހޫރާލަމުން މޫނުގައި ދެއަތުން ޖަހާލިއެވެ.”އޯއެމްޖީ..ކީއް އަހަންނަށް މިވަނީ؟؟ޒައިން އާއި މެދު ވިސްނެނީ؟ޗި..މަނޫޅެން އޭނައާއި ހެދި މޮޔަވެގެނެއް.އަހްހް.އަދި މާދަމާ ޑިއުޓީއަށްވެސް ދާންޖެހޭ..ހަމަ އޭނާގެ ކުރިމައްޗަށް.”ދެފަރާތަށް ބޯހޫރާލަމުން ނިހާ ބާލިސް ނަގާ މޫނުމަތީގައި އަޅާލިއެވެ.
ހެނދުނުގެ ހިތަގައިމު ވަގުތެވެ.ދުވަހަކީ ސަރުކަރު ބަންދު ދުވަހަކަށްފަހު މީހުން އޮފީސްތަކަށް ނިކުންނަ ދުވަސް ކަމުން މަގުތަށްމަތި އޮތީ ވަރަށް ބާރުބޮޑުކޮށެވެ.ޒައިން އަށް ހޭލެވުނީ ގަޑި އެލާމް ވާންފެށުމުންނެވެ.މޯޅިއަކަށް ދެމިލަމުން އޭނާ ތެދުވެ ރީތިވިއެވެ.އޭރު ޔަޢީޝްވީ ޑިއުޓީއަށް ގޮހެވެ.ޒައިން ކޮޓަރިން ނުކުތަ އިރު ޒައިނާ ހުރީ ސައިހަދައިފައެވެ.”ކޮބާ ޔޫލް؟”ގޮނޑި ދަމާލަމުން ޒައިން އެހިއެވެ.”ބުނީމެއްނު ޔޫލް ޖޮބް އަކަށް ލީ ވާހަކަ ބުކްޝޮޕްއަކަށް.އެތަނުން ޖޮބް ލިބިގެން އެދިޔައީ މިއަދު.”ޒައިނާ ބުނެލިއެވެ.”ދެން ޒައި ކީއްކުރަން ތި ވިސްނަނީ.؟”ޒައިން އަހާލިއެވެ.”ޑޮކްޓަރ..”ޒައިނާ ބުނެލިއެވެ.”އޮކޭ ޑރ.ޒައިނާ.”ކޮފީ ތަށި ބޮއިލަމުން ޒައިން ގެއިން ނިކުންނަން މިސްރާބު ޖެހީ ގަޑި ޖެހެން ކައިރި ވެފައި ވީތީއެވެ.
ބުކްޝޮޕްގެ އެކައުންޓެންޓްގެ ވަޒީފާގައި އިން ޔޫލީގެ ކަޅި ގޮސް ހުއްޓުނީ ބުކްޝޮޕް ތެރެއަށް ވަދެގެން އައި ޒުވާނާފެނިފައެވެ.ބާރުބާރަށް އޭނާގެ ހިތް ތެޅެން ފެށިއިރު ޔޫލީ ހުރީ އެހެން ދިމާލަކަށް ބަލާލަންވެސް ނޭނގިފައެވެ.
2 Comments!
Comments are closed.


Mi part ves varah reethi
Keep the good work
You are the best
Mi part ves varah reethi
Keep the good work
You are the best